Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ ދިން އުފާ 23

seym Level 310 Stories100 Login100 Comments
October 10, 2017 5 Mins Read
13 Comments

ޖަނާ އެތަނަށް އައި އެކަހަލަ މަންޒަރެއް ފެނިދާނެކަމަށް އުއްމީދު ކޮއްގެނެއް ނޫނެވެ. މޫދުގައި އޮތްއިރު އީރަމް ދުވެފައިދިޔަ ތަނާއެކު ލާމިހް އީރަމް ފަހަތުން ހިނގައިގަތުމުން ޖަނާ ވެސް ލާމިހް ފަހަތުން އައި ވެގެން އުޅޭ ގޮތް އޮޅުންފިލުވާށެވެ. ހެދިފައި ހުރި ގަހުގެ ފަހަތަށް ވަދެ ޖަނާ ނިވާވެލިގޮތުން އޭނާ އެތާ ހުރި ކަން އީރަމްއަށް އަންގަން ބޭނުންނުވާކަން އިނގެއެވެ. ކުރެވެނީ ގޯސް ކަމެއްކަން އެނގިހުރެވެސް ޖަނާ އީރަމް މެން އިތުރު ވާހަކައެއް ދައްކާތޯ މަޑުކޮއްލިއެވެ.

 

ލާމިހް ގެ ލޮލުން އެކަނި ވެސް އެ ބުނި ބަހުގެ ތެދުކަން އީރަމް އަށް ޔަގީން ކޮއްދީފިއެވެ. އެ ލޮލުން އީރަމް އަށް ފެނުނީ ލާމިހް އޭނާ ދެކެ ވާ ތެދުވެރި ލޯތްބެވެ. ލާމިހް ލޯބިވި ނަމަވެސް އީރަމް އަށް އެ ގުޅުމުގައި ލާމިހް އަށް ދޭންވާ ލޯތްބާއި އަޅާލުން އެ ހިތުގައި ނެތްނަމަ އެ ވާނީ ލާމިހް އަށް ދެވޭނެ ވަރަށް ބޮޑު ދެރައަކަށެވެ. ގާތް އެކުވެރިއެއްގެ ހައިސިއްޔަތުން ލާމިހް އަށް ހިތާމައެއް ލިބޭކަށް އީރަމްގެ ހިތެއް ނޭނދޭނެއެވެ. ލާމިހް ގެ މޫނަށް ބަލަން ކުޅަދާނަނުވުމުން އީރަމް އިސްޖަހާލީ އެ ބުނި ބަހުގެ ރައްދުގައި ލާމިހް ހިތް އެދޭ ކަހަލަ ޖަވާބެއް ދެވެން ނެދުމުންނެވެ. އީރަމް ދުރަށް ޖެހެން މަސައްކަތް ކުރާކަން އެނގުމާއެކު ލާމިހް އީރަމް ގަޔާ ދުރުކޮއްލިއެވެ. ލާމިހް އަށް ފުރަގަސް ދެމުން އީރަމް މޫނު ފޮރުވާލީ މޫނަށް ވެރިވާ އަސަރުތަށް ލާމިހް އަށް ފޮރުވުމަށެވެ. ” އީމް … ބުނޭ އާނއެކޭ.. އީމްގެ ކައިރީ އެންމެ ގާތުގައި ހުރިހާ އުފަލަކާއި ހިތާމައެއްގައި ބައިވެރިވެދޭން އަބަދަށް ހުރެދޭނަން… ” އީރަމް ދިޔުމުގެ ކުރިން ލާމިހް ބޭނުންވީ އެ ހިތުގައި ވާ އެއްޗެއް އޮޅުންފިލުވާށެވެ. ވަރަށް ދުވަހު ކެތްކުރެވިއްޖެއެވެ. ” ދެން އިތުރަށް އީމް ދޭނެ ޖަވާބެއްގެ އިންތިޒާރުގައި އެއް ދުވަސް ވެސް މަޑެއް ނުކުރެވޭނެ..” ލާމިހް އެ ހުރިހާ ވާހަކައެއް ދެއްކި އިރުވެސް އީރަމް ހުރިތާ ހުރީއެވެ. ވާރޭ ގެ ތެރޭ ހުރެވުމުން ހަށިގަނޑު ރޫރު އަޅަމުން ދިޔައީ ހީކަރުވައިގަތުމުންނެވެ. އީރަމް ގެ ކުރިމައްޗަށް އަރަމުން ލާމިހް އެމޫނަށް ބަލާލި ގޮތުން ވެސް އުއްމީދުން ފުރިފައިވާކަން އީރަމް އަށް އެނގެއެވެ. ނޫނެކޭ ބުނެ ލާމިހް ގެ ހިތް ހަލާކު ކޮއްލާނެެހާ ހިތްވަރެއް އީރަމްގެ ނެތެވެ. ލާމިހް އަށް ފުރުސަތެއް ދިނުމަކުން މައްސަލައެއް އޮތް ކަމަކަށް އީރަމް އަކަށް ނުފެނެއެވެ. ހުރިހާ ވާހަކައެއް ކިޔައިދީފިނަމަ އެ ގޮތަކާ ލާމިހް ރުހި ގަބޫލްވާނެކަން އީރަމް އަށް އިނގެއެވެ. އެ ގުޅުމަށް އާނއެކޭ ބުނެ އެކީ އުފަލުގައި ނޫޅެވިއްޖެނަމަ ދެމީހުންވެސް ވާހަކަދައްކައިން ނިމުމަކަށް ގެެނެވިދާނެނޫންހެއްޔެވެ. އީރަމް ހަށިގަނޑުގައި އަތް ވަށާލަމުން އަނގަ ހުޅުވާލުމާއެކު ހުއްޓުން އެރީ ކުރިމަތީ ހުރި ގަހުގެ ފުރަގަހުން ނުކުތް ޖަނާ ފެނުމުންނެވެ، ޖަނާ މިތާ ކީއްކުރަނީ ހެއްޔެވެ. ދެންމެ ހިނގާދިޔަ ކަންތައް ޖަނާ އަށް ފެނުނު ހެއްޔެވެ. އެ ހިޔާލާއެކު އީރަމްގެ މޫނުމައްޗަށް ހާސްކަންވެރިވިއެވެ. އީރަމް ގެ ނަޒަރު ސީދާ ވެފައިހުރި ދިމާއަށް ލާމިހް ވެސް ފަސް އެނބުރި ބަލާލުމާއެކު ޖަނާ ގެ ނަން މަޑު މަޑުން ކިޔާލެވުނެވެ.

 

އީރަމް އޭނާ އަށް ދޮގުހެދީ ހެއްޔެވެ. ލާމިހް ގަޔާވާ ނޫނީ ލޯބިވާ ކުއްޖެއް ނުހުންނަކަން ބުނީ ލާމިހް ގެ ހިތުގައި ވާ އެއްޗެއް އެނގުމުގެ ކުރިން ނުވަތަ ފަހުން ހެެއްޔެވެ. ފަހުން ކަމަށް ވާނަމަ އީރަމް ގެ މަގްސަދަކީ ކޮބާހެއްޔެވެ. ލާމިހް ދެއްކި ވާހަކަތަކުން ޖަނާ ބޭނުންވީ އީރަމް އެ ދުވަހު އެހެން ބުނިއިރި ކަންތައްވެފައި ވާ ގޮތް ބެލުމެވެ. ޖަނާ ހިނގާލާފައި އަންނަތަން ފެނުމާއެކު ލާމިހް އީރަމް އާއި ދުރަށް ޖެހިލިއެވެ. ޖަނާ އަށް ދެންމެ ދެކެވުނު ވާހަކަ އަޑު އިވުނު ކަމުގައި ލާމިހްގެ ހިތް ބުނެލިއެވެ. “އަހަރެން ކައިރީ ލާމީ ލައިކް ވާ ކުއްޖެއް ނުހުރެޔޭ ބުނީ ލާމީ އީމް ދެކެ ލޯބިވާ ކަން އެނގުމުގެ ކުރިން ނޫނީ ފަހުންތަ..؟” އީރަމް އާއި އެ ސުވާލު ކޮއްލި ޖަނާގެ މޫނުމަތިން އެއްވެސް އަސަރެއް ނުފެނެއެވެ. ޖަނާ ކޮއްލި ސުވާލުން އޮޅުމެއްގެ ތެރޭގައި ހުރި ލާމިހް ގެ މޫނަށް އީރަމް ބަލާލީ ގޯހެއް ހެދިއްޖެ ކަން އިހްސާސްވުމުންނެވެ. މި ގޮތަށް ކަންތައް ވެދާނެ ކަމަށް ކުރިން ވިސްނާނުލެވުނީ ކީއްވެހެއްޔެވެ. ” އީމް.. އާންސާ މީ… ” އިސްޖަހާލި އީރަމް އަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ” ލާާމީ ގެ ހިތުގަ އޮތް އެއްޗެއް ރަނގަޅަށް އިނގޭ އިރު ކީއްވެ ދޮގުހެދީ.. ކީއްވެ ބުނީ ލާމީ ލައިކް ވާ ކުއްޖެއް ވެސް ނުހުރެޔޭ.. ތެދަށް ބުނި ނަމަ..” ޖަނާ ގެ އަޑުން ދެރަވެފައިވާކަން ހާމަވެއެވެ. ހަގީގަތުގައި އީރަމް ގެ ސަބަބުން ލާމިހް ގެ ފަހަތުން އުޅެވުނު ގޮތް ސިފަވުމުން ޖަނާ ލަދުވެސް ގަނެއްޖެއެވެ. ” ޖަނާ.. އަހަރެން..” އީރަމް އެހެން ބުނީ ކީއްވެކަން ޖަނާ އަށް ވިސްނައިދޭން ބޭނުންވިއެވެ. ” ނޫން…” އީރަމް ގެ ވާހަކަ މެދުކަނޑާލި ޖަނާ ހިތްހަމަނުޖެހިފައި ހުރިކަން އީރަމް އަށް ނަގައިގަނެވުނެވެ. ކަންތައް ކުރެވުނު ގޮތުން އީރަމް ބޭނުންވީ ޖަނާ ކައިރިން މާފަށް އެދޭށެވެ. ލާމިހް އޭނާ ދެކެ ލޯބިވާ ކަން އެނގިހުރެ ލާމިހް އާއި ވާހަކަ ދެއްކުމުގެ މަގު ޖަނާ އަށް ފަހިކޮއްދިން އިރު ނުވާނެ ކަމެއްގެ އުއްމީދު ދީ ޖަނާ ގެ ހިތް ހަލާކުކޮއްލެވުނީއެވެ. އެހާ ގާތް ކޮށް އުޅުނު އިރު ވެސް އެންމެ ފަހުން ޖަނާ އީރަމް އަށް ކުރާ އިތުބާރު ގެއްލުވާލެވުނީއެވެ. ކުރިއަށް ޖެހިލި އީރަމް ޖަނާ ގެ އަތުގައި ހިފުމާއެކު އަތް ފޮޅުވާލުމަށް ފަހު ދުވެފައި ޖަނާ ދިއުމުން އީރަމް ވަރަށް ދެރަވިއެވެ. ލާމިހް އެތާ ހުރިކަން ހަނދާންވުމުން އީރަމް ގެ ހިތަށް ތަދުވެގެން ދިޔައެވެ. ލާމިހް ކަންތައްކުރާނީ ކިހިނެއްބާއެވެ. ނޭވާ ހިފަހައްޓާލައިން ހުރެ ފަސްއެނބުރުނު އިރު ދުރުގައި ހުރި ލާމިހް ފެނުނެވެ. “ލާމީ..” އީރަމް ލާމިހް ގެ ކައިރިއަށް ޖެހިލަމުން ގޮވާލިއެވެ. އެވަގުތު ވީ ވާރޭ ވެސް ތުނި ކޮއްލި ވަގުތަށެވެ. ” ނޫން.. ހެހެ.. އިޓްސް އޯކޭ.. އީމް ގެ ޖަވާބު ލިބިއްޖެ.. ޖަނާ ކައިރީ އެހެން ބުނި ވަގުތު އީމް ގެ ޖަވާބު އަސްލު ތި ދިނީ.. މައްސަލައަކީ އަހަރެން ކައިރީ ނުބުނެ ޖަނާ ކައިރީ ބުނީމަ.. ފުރަތަމަ ވެސް ރީއްޗަށް ބުނި ނަމަ އަހަރެން އީމް ކައިރީ ދެވަނަ ފަހަރަށް އެކަހަލަ އެއްވެސް ވާހަކަ އެއް ނުދެއްކީމުސް…” އިސްތަށިގަނޑުގައި އަތް ފުނާ އަޅާލަމުން ލާމިހް އެހެން ބުނެލި އިރު އެ ހިތަށް މިއަދު އަނިޔާ ވެއްޖެއެވެ. ޖަނާ ގެ ކުށެއް ނެތްކަން އެނގުމުން ލާމިހް ލޯ މަރާލިއެވެ. ލޯ ހުޅުވާލަމުން އީރަމް އާއި ދުރަށް ހިނގައިގަތީ އެ ހަޔާތުން އޭނާ އަށް ޖާގަ އެއް ނެތް ކަން ޔަގީންވުމުންނެވެ. ދެން ހޭދަވި ވަގުތުގައި ތިން މީހުން ވެސް ބެލީ އެކަކު އަނެކަކާ ދުރުން އުޅެވޭތޯއެވެ.

 

ރޭގަނޑު ކެއުމުގައި އެންމެން ބައިވެރި ވުމާއެކު އާދައިގެ މަތިން އެކި އެކި މައުލޫއަށް ވާހަކަދެކެވެން ފެށުނެވެ. ކާން އިން ހަނާ އަށް ލާމިހް އާއި ޖަނާ މާ މަޑުން އިންނަކަން ފާހަގަ ކުރެވުނެވެ. އަނެއްކޮޅުން ކުރިމަތީ އިން އީރަމް ވެސް ބަތް ތަށި ހާވަލަ ހާވަލަ އިން އިރު އެއިން ބަތް ފުކެއްވެސް ނުކައެވެ. އިސްއުފުލާ ބަލާލެވުނު ވަގުތު ހަނާ ބުމަ ހިއްލާލީ އީރަމް ކައިރީ ކިހިނެއްވެފައި އިންހޭ އަހާލާފަދަ ގޮތަކަށެވެ. ދެ ފަރާތަށް ބޯ ތަޅުވާލަމުން އީރަމް ކަމެއްނުވެޔޭ ބުނެލިއެވެ. ކާން އިން އިރުވެސް ޖަނާ އާއި ލާމިހް އެންމެ ފަހަރަކުވެސް އޭނާ އާއި ދިމާއަށް ބަލައެއްނުލައެވެ. ވީ ދެރައިން އީރަމް ބަތް ތަށި އުކާލަމުން އަތް ދޮވެލީ ނުކެވޭނެކަން އިނގޭތީއެވެ. އީރަމް ކާގެއިން ނުކުތުމާއެކު ހަނާ އަވަސް އަރުވާލައިން ނުކުމެ އީރަމް ހޯދި އިރު އިނީ ބޭރު ޖޯލީގައެވެ. ވިއްސާރަ ދުވަހަކަށް ވުމުން ޖެހޭ ވައިގައި ތެތްފިނިކަމެއް އެކުލެވިފައި ވެއެވެ. ” ކީއްވެ ނުކައި ތި ނުކުތީ.. ” އީރަމް އާއި ޖެހިގެން ހުރި ހުސް ޖޯއްޔަށް ހަށިގަނޑު ދޫކޮއްލަމުން ހަނާ އަހާލިއެވެ. އުޑު މައްޗަށް ބަލާލި އިރު އެންމެ ތަރިއެއްވެސް ފެންނާކަށް ނެތެވެ. ” މާދަން މާލެ ދިޔައިމަ މިކަހަލަ ތާކު އިނދެގެން ހިތްހަމަޖައްސާލެވޭކަށް ވެސް ނޯންނާނެ.. ” ހަނާ އެހެން ބުނެލަމުން އީރަމް އަށް ބަލާލިއެެވެ. ” އޭތް.. ކިހިނެއްވެފަހޭ ތި އިންނަނީ.. ” އީރަމް ގެ އަތުގައި ހިފާ ތަޅުވާޅަމުން ހަނާ އަހާލިއެވެ. ކަންތައް ވީ ގޮތް ވީހާ ވެސް ކުރުކޮށް އީރަމް ކިޔައިދިނުމުން ހަނާގެ ސިކުނޑިވެސް ދިޔައީ ސުމަކަށެވެ. “ސާބަސް.. އީމް ކުރާ ކަންތައް.. ކީއްކުރަންތަ ޖަނާ ކައިރީ އެހެން ބުނީ.. އޭރު ވެސް ބުނި ނަމަ ލާމީ އެއީ ތިމަންނަ ބިޓޭ.. ” ހަނާ ދެލޯ ބޮޑުކޮއްލަމުން އެހެން ބުނެލިއެވެ. ” ދެން ހަނާ.. އަހަރެން ދެކެ ވަރަށް ހިތްހަމަ ނުޖެހިފަ ލާމީ ވެސް ހުރީ.. ނޭނގެ ދެން ވާހަކަ ދައްކާނެ ކަމެއްވެސް.. ” އީރަމް ދެރަވެފައި ބުނެލިއެވެ. ” ތީގަ އަސްލު އީމް އެހެން ބުނީ ގަސްތުގައެއް ވެސް ނޫނެއްނު.. ކޮންމެހެން ލާމީ އަށް ނޫނެކޭ ބުނާކައްވެސް ނޫން.. އޭރު އީމް ހުރި ހާލަތުން އެހެން ބުނެވުނީ.. އެކަން ޖަނާ އާއި ލާމީ އަށް އަންގައިދީ.. އެކަމަކު އެ ދެމީހުންގެ އިތުބާރު ހޯދަން މަސައްކަތް ކުރަން ޖެހޭނީ އީމް..” ހަނާ ގެ ވާހަކަ ކަނުލާ އަޑު އަހަން އިން އީރަމް ފުން ނޭވާ އެއް ފަޒާ ގެ ތެރެއަށް ދޫކޮއްލިއެވެ. ހަނާ އެބުނީ ތެދެކެވެ. ވެ ނިމިދިޔަ ކަމެއް ބަދަލުނުކުރެވުނަސް އީރަމް ގެ ސަބަބުން ވީ ކަމެއް ހައްލު ކުރަން ޖެހޭނީ އަމިއްލައަށެވެ.

 

ފަތިހު ހޭލައިން އެންމެ ވެސް ތައްޔާރުވަމުން ދިޔައީ މާލެ ދާން ފުރާށެވެ. ނިދުމުގެ ކުރިން ފޮށި ތައްޔާރު ކޮއްފައި ހުރުމުން އީރަމް އެކަންތައް ކުރާކަށް ނުޖެހުނެވެ. ފޮއްޓަށް އެއްޗެހި އަޅަން ހުރި ޖަނާ އަށް އީރަމް އެ ކޮޓަރީގައި އިންހެން ހީނުވާކަހަލައެވެ. ހައިފާ އާއި ހަނާ އީރަމް އަށް ލޮލުގެ އިޝާރާތުން ޖަނާ އާއި ވާހަކަ ދައްކަން ބުނަމުން ދިޔައިރުވެސް އީރަމް މަޑުކޮއްގެން ހުރީ މާލެ ގޮސް ހަމަޖެހިގެން އެ ވާހަކަ ދައްކާށެވެ. ކުޑަ ގޮަތަކަށް ސައިގެ ކަންތައް ނިންމާލުމަށް ފަހު އެންމެން ފުރަން ދާން ނުކުތް އިރު ހަނާ ގެ ހިތުގައި ވަނީ ފަޒަލް ގެ ނަމެވެ.

 

ފެރީ ލަފާ ސަރަހައްދު ފެންނާނެހެން މަޑުކޮއްލި ގްރޫޕް ގައި ހުރި ހަނާ އަދިވެސް އެއްފަހަރު ވަށައިގެން ބަލާލި ފަޒަލް ފެނޭތޯއެވެ. އެދުވަހަށް ފަހު ފަޒަލް ނުފެންނަނީ އަނެއްކާ އޭނާ އަށް ކަމެއް ވީ ހެއްޔެވެ. ” ކާކު ތި ހޯދަނީ.. ” ހައިފާ ހަނާ މާ ވަރަކަށް ތަންތަނަށް ބަލާތީ އަހާލިއެވެ. ” އޭނ ކީކޭ.. ” ކުރިމަތިން ފެންނަ އޮތް މަގަށް ބަލަހައްޓައިން ހުރި ހަނާ ސިހިފައި އެހެން އަހާލިއެވެ. ” އެއްޗެކޭ އެއް ނޫން.. ” ހައިފާ އެެހެން ބުނަމުން ޒުބޭދާ ގެ ފަހަތުން ހިނގައިގަތީ ރަށުގެ މީހެއް ޒުބޭދާ އަށް ގޮވާލުމުންނެވެ. އެތާ ތިބި ޒުވާން އުމުރުގެ ދެތިން ކުއްޖެއް ލާމިހް އާއި ހުސެން އަށް ގޮވާލަމުން ސަލާމް ކޮއްލިއެވެ. އެ މީހުންނާ ވަކިން ހުރި ޖަނާ ފޯނާ ކުޅެލާ ކުޅެލާ ހުރި އިރު ލޯ ވަނީ އަވިއައިނަކުން ފޮރުވާލެވިފައެވެ. ފެރީ އައުމާއެކު މީހުން އެޔަށް އަރަން ފެށުމުން ހަނާ ވެސް އީރަމް އާ އެކު ހިނގައިގަތެވެ. “ހަނާ.. ” ފަޒަލް ގެ އަޑު ކަންފަތުގައި ޖެހުމާއެކު ހަނާ އަވަސް ހަރަކާތަކާއެކު އެނބުރިއްޖެއެވެ. ނޫ ގަމީހަކާއި ކަޅި ޖީންސްގައި ހުރި ފަޒަލް ފެނުމުން ހަނާ ހުރީ އެސްފިޔަ ޖަހާލަން ވެސް ހަނދާންނެތިފައެވެ. ދިގު އިސްތަށިގަނޑު ތުނިކޮށް ކޮށާލެވިފައި ވާއިރު އެ މޫނާއި ވަރަށް ގުޅެއެވެ. ފިރިހެންވަންތަ ހިނގުމެއްގައި އައިސް ފަޒަލް  އަތް ދިއްކޮއްލި އިރު އިރުވެސް ހަނާ ހުރީ އެ މޫނަށް ބަލަހައްޓައިންނެވެ. ހަމަހޭވެރިކަން ވީ އީރަމް ގައިގައި ކޮއްޓާލުމުންނެވެ. ފަޒަލް ގެ އަތުގައި ހިފަމުން ހިނިތުންވެލިއިރު އެ އަތްތިލައިގެ ފިނިކަން ފަޒަލް އަށް އިހްސާސްވާނެކަން ޔަގީނެވެ. ” ދެން އަވަހަކަށް ނާންނާނަން ދޯ.. ވަރަށް ހަނދާންވާނެ.. ” ހަނާގެ އަތަށް ފިތާލަމުން ފަޒަލް ބުނެލިއެވެ. “ނަމްބަރު ދޭންވީނު.. އޭރުން ހާލުވެސް ބަލާލެވޭނީ..” ހަނާގެ އަތުން ދޫކޮއްލަމުން ފަޒަލް ބުނެލިއެވެ. ފަޒަލް ގެ ފޯނުގައި ނަމްބަރު ޖަހާލަމުން ހަނާ ދަނީ ކަމުގައި ބުނެ ހިނގައިގަތީ ފެރީ އަށް އަރާށެވެ. ފެރީ ގޮސް ލޯމަތިން ގެއްލުމާއެކު ފަޒަލް ގެއަށް ދިއުމަށް ހިނގައިގަތެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

seym

Level 310 Stories100 Login100 Comments

Bookworm. ? 23. ? ~ Because i am in love with the world in my head.~ ?

Other Articles

RedHand by Shabab
Previous

ރެޑް ހޭންޑް – 01

Next

ލޯބިން ހިނިތުންވެލާށޭ 15

Next
October 10, 2017

ލޯބިން ހިނިތުންވެލާށޭ 15

Previews
October 10, 2017

ރެޑް ހޭންޑް – 01

RedHand by Shabab

13 Comments!

  1. Xee says:
    October 10, 2017 at 8:55 pm

    Wow vvvv reethi whn nxt part pls avahah up kobba nd plx kuda koh digukolaathi hee vany kuruhen

    1. Xee says:
      October 10, 2017 at 8:56 pm

      nd mee first dhw

    2. seym says:
      October 10, 2017 at 10:48 pm

      Thankyou Zee..liye nimunuhaa avahakah up kohla dheynan.. Insha Allah ?♥️

  2. seym says:
    October 10, 2017 at 10:51 pm

    Salaaam ?
    Sorry mi bai lahun genesdhevunyma.. bt still hope kamudhaane kamah.. Btw mihaaru vaahaka kiyaa kudhin kolhu gehlunytha..? Comment eh kohlaane kujjeh vx nuveyy ?
    Anyways goodnight and b safe all ? Loves ♥️♥️♥️

  3. khajja says:
    October 10, 2017 at 10:54 pm

    Masha allah v cute stry ??? whn nxt prt avaskolladhybala plx gud nyt ly??❤❤???????

  4. Ainth says:
    October 10, 2017 at 11:03 pm

    Masha Allah… Mi baives v furihama.. Ekam maa kury.. Next part dhigu kohla dhehchehy

  5. xaan says:
    October 11, 2017 at 11:09 am

    Masha Allah v reethi

  6. pop says:
    October 11, 2017 at 1:56 pm

    Nooney baraabarah kiyan..ekm dhen comment nukureveny .. Vvv salhi mi bai vx ..jana dheke v foohivey huh. . lamy fahathun dhuve dhuvefa eem ah e Jessy.. Eeem nubunnakas Jana ah vx ingen jeheynethaa lamy fahathun nudhuvan evvex interest eh vx eyna ah nudhakkaairu..??

    1. manje says:
      October 14, 2017 at 6:20 am

      I agree with you pop.. I also hate jana

  7. ??? says:
    October 11, 2017 at 4:32 pm

    Vvv rythi

  8. Abdulla says:
    October 11, 2017 at 10:07 pm

    V v reethi mibaives…

  9. manje says:
    October 14, 2017 at 6:21 am

    Miadhu upkohba

  10. Angry birds says:
    October 14, 2017 at 6:15 pm

    Alhe fahe koba tha next part.. I

Comments are closed.

Next Episodeތިޔަ ދިން އުފާ 24←


All Right Reserved!