Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޢެދެމޭ އުފާ….(29)

Dhippi Level 4100 Comments10 Stories
October 9, 2017 8 Mins Read
39 Comments

ޝަރީފުމެން ގެއަށް އަލްޔާ ބަދަލުވީތާ ހަފުތާއެއް ވީއިރު ކޮންމެ ދުވަހަކު ވެސް ދެތިން ފަހަރަށް ލީޒާގެ ފޯނަށް ގުޅާ ނުލާ އެންމެ ދުވަހެއް ވެސް ނުދެއެވެ. އެގޮތުގެ މަތިން މިއަދު ވެސް އުންމީދެއް ނެތް ގޮތަށް ލީޒާގެ ފޯނަށް ގުޅާލާއިވެ. ނަސީބު ރަނގަޅު ކަމުން ފޯނު ރިންގު ވެއެވެ. ދެތިން ފަހަރު ގުޅާލި އިރު ވެސް ލީޒާ ފޯނު ނުނަގާތީ މާޔޫސް ކަމާއެކު ފޯނު ކަނޑައިލައިފަ އަލްޔާ އިށީނީ ސޯފާގައެވެ. “އަލްޔާ ހާދަ ވަރަކަށް ތި ގުޅަނީ… އެއީ ކާކުތަ؟” އައިރަމް އަހައިލިއެވެ. އައިރަމް އަކީ ޝަރީފުގެ ދޮށީ ދަރިއެވެ. އަލްޔާއަށް ވުރެ ގާތް ގަޑަކަށް ފަސް ވަރަކަށް އަހަރު ބޮޑު ވާނެއެވެ. “އެއީ ރައްޓެއްސެއް” ހިނިތުން ވުމަކާއެކު އަލްޔާ ބުނެލިއެވެ. އައިރަމް ހުންނަނީ އަލްޔާ އާ އަޅައިގެން ކަން އިނގޭ އިރު ވެސް އެކަމަކަށް އަލްޔާގެ ސަމާލުކަމެއް ނުހުރެއެވެ. “އެހެންތަ؟ ބޯއި ފުރޭންޑް ދޯ؟!” އައިރަމް އަހައިލިއެވެ. އޭނަ އެހެން އެހި އިރު ވެސް އަލްޔާގެ މޫނު މަތިން ހުރީ މާޔޫސް ކަން ފެންނާށެވެ. “ހެހެ… ނޫނޭ އެއީ ވަރަށް ގާތް ރައްޓެއްސެއް، އަންހެން ކުއްޖެއް…” ހެމުން އަލްޔާ ބުނެލިއެވެ. “ހެހެ… އެހެންދޯ! އަހަރެން ހީކުރީ ބީއެފު ކަމަށް… ނަސީބެއް ނުން” އައިރަމް ހެމުން ހެމުން ބުނެލިއެވެ. އަލްޔާ ވެސް އިތުރު އެއްޗެއް ނުބުނެ އިނީ ޓީވީއާ ދިމާލަށް ލޯދިއްކޮއްގެންނެވެ. “އަލް މަންމަ ނިކުތީމަ ބުނައްޗޭ އަހަރެން ދިޔައީ ތިއްތަ މެންގެއަށޭ އިނގޭ!” ތެދުވެގެން ދަމުން އައިރަމް ބުނެލިއެވެ. އަލްޔާ ހޫމް އޭ ކިޔާ ބޯޖަހައިލިއެވެ. އައިރަމް ދިއުމުން އަނެއްކާވެސް އެގޭ ލޭން ނަންބަރުން ލީޒާޔާ ގުޅޭތޯ ފޯނުނަގާ އަލްޔާ ގުޅާލިއެވެ. ނަސީބު ރަނގަޅު ކަމުން މިފަހަރު ރިންގު ވުމާއެކު ލީޒާ ފޯނު ނެގިއެވެ. “ހަލޯވް..! ހަލޯވް..!” ލީޒާ ފޯނު ނެގުމާއެކު ބުނެލިއެވެ. “މިއީ އަލްއޭ! ލީ ކޮންތާކު ތިއުޅެނީ؟” ލީޒާ ހަލޯއޭ ބުނުމާއެކު އަލްޔާ ބުނެލިއެވެ. “ކީކޭ؟! އަލްއޭ!؟ ކޮންތާކު ތިއުޅެނީ ވަޒޫ ބުނި އަލް އެގެއިން ގޮސްފިއޯ އެއީ ތެދެއްތަ؟! ކޮންތާކު ތިއުޅެނީ؟” ލީޒާ ހައިރާން ވެގެން އަހައިލިއެވެ. “ތިވާހަކަ ބާއްވާ ލީ… އޮޅިގެން ވެސް ވަޒޫ ކައިރީގަ ވެސް ނަންނަ ކައިރީގަ ވެސް ނުބުނާތި އަލް ގުޅި ވާހަކަ! އަލް ގެ އެއްވެސް ހަބަރެއް ވި ވާހަކަވެސް.. ޕުލީޒް!” އަލްޔާ އާދޭހާއެކު ބުނެލިއެވެ. “އޯކޭ! އޯކޭ! ދެން ބުނެބަލަ ކޮންތާކު ތިއުޅެނީ؟ ކޮން ނަންބަރަކުންތަ ތިގުޅީ؟” އަނެއްކާ ވެސް ސުވާލުތަކެއް ލީޒާ އޮއްސާލިއެވެ. “އާދެބަލަ މާފަންނު ހެވަން އަށް އޭރުން ވީގޮތާ ހުރިހާ އެއްޗެއް އިނގޭނީ” އަލްޔާ ބުނެލިއެވެ. ވަޒުނާ މިދަނީ ކަމަށް ބުނެ ފޯނު ކަނޑައިލިއެވެ.

ފޯނު ބެެއްވުމަށް ފަހު ވަޒުނާ ރެޑީ ވެލައިގެން އަވަހަށް ދިޔައީ އަލްޔާ ބުނި އެޑުރެހަށެވެ. “އައްސަލާމު އަލައިކުމް!” އަލްޔާ ބުނި ގެއަށް އައިސް ލީޒާ ސަލާމް ގޮވައިލިއެވެ. “ވައައިލަކު މުއްސަލާމް! ކޮން ކުއްޖެއްތޯ؟، ކާކު ހޯދަންތޯ؟ އާދޭ އިށީންނަން…” ސަލާމް ބަލައި ގަންނަމުން ޒާހީދާ ބުނެލިއެވެ. “އަލްޔާ އުުޅުއްވާތޯ؟” ހިނިތުން ވުމާއެކު ލީޒާ އަަހައިލިއެވެ. “ލައްބަ އަލްޔާ އެބަ އުޅޭ… މަޑު ކޮއްލާ ގޮވާލާނަން!” މަޑު ކުރަން ބުނެފަ ޒާހިދާ އެތެރެއަށް ވަނދެގެން ހިނގައްޖެއެވެ. ޒާހިދާ ދިޔަތާ އިރުކޮޅެއް ފަހުން އައީ އަލްޔާ ގޮވައިގެންނެވެ. ލީޒާ ފެނުމާއެކު އަލްޔާ ދިޔައީ ފަޅައިގެންނެވެ. “ޝްޝް… ނުރޮއެބަލަ އަލް! ކީއްވެ ތިރޮނީ؟ ހަމަޖެހިބަލަ…” އަލްޔާ ރޯތީ ހަމަޔަކަށް އަޅުވަން ވެގެން ލީޒާ ބުނެލިއެވެ. އަދި އަލްޔާގެ މާޔޫސް ކަން ފެނި އަލްޔާ ބައިވަރު ވާހަކަ ބުނަން އުޅޭފަދަ އިހުސާސެއް ލީޒާއަށް ވިއެވެ. “ދައްތާ އެންމެ ރަނގަޅުތޯ އަޅުގަނޑު އަލްޔާ ގޮވައިގެން އެފަރާތަށް ގޮސްލިއަސް؟ އަޅުގަނޑު ކުޑަ ވާހަކައެއް ދައްކާލަން ވެގެން…” ލީޒާ ހިނިތުން ވުމަކާއެކު ޒާހިދާ ކައިރިން ހުއްދަޔަށް އެދުނެވެ. ޒާހިދާ ހިނިތުން ވުމަކާއެކު އާއެެކޭ ބުނެލިއެވެ. ޒާހިދާ އެއްބަސް ވުމުން އަލްޔާގެ އަތުގަ ހިފައިގެން ލީޒާ ނުކުތީ އެގޭ ބޭރު ގޯތީގަ ބަހައްޓާފަ ހުރި ގޮނޑިތަކާ ދިމާލަށެވެ.

“އަލް ބުނެބަލަ ކިހިނެއްތަ ވެގެން ތިއުޅެނީ؟ ލީއަށް ޔަގީން ވަރަށް ބޮޑު ކަމެއް ވެއްޖެކަން!” އަލްޔާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަ ފޮހެލަމުން ލީޒާ އަހައިލިއެވެ. ލީޒާ އެހެން އެހުމުން އަފީފާ ކަންތައް ކުރި ހުރިހާ ވާހަކަޔާ އަދި ދެން ވިނާން އާ ގުޅުމެއް ބާއްވަން ބޭނުން ނޫން ކަމަށާ އަދި އޭނަ ވިއްކާލި ތަނުގެ ހާލަތާ އެތާ ތިބި ކުދިންގެ ހާލަތާ އެކުދިން އެކަމުން ސަލާމަތް ކުރަން ބޭނުން ކަމަށާ ލީޒާގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުން ކަމަށް އަލްޔާ ބުނެލިއެވެ. އޭރު ގިސްލަ ގިސްލާ އަލްޔާ ރޮނީއެވެ. ލީޒާ ހުރީ ހައިރާން ވެގެން ބުނާނެ އެއްޗެއް ނޭނގިއެވެ. ވާނީވެސް އެހެންތާއެވެ. މީގެ ކުރިން އަފީފާ އަކީ އެހާ ނުބާ މީހެކޭ ބުނާތީވެސް އަޑު އަހާފަ ނުވޭ ވިއްޔާއެވެ. “ތިއީ ހަމަ ތެދު ވާހަކައެއްތަ؟!” ގަބޫލް ކުރަން ދަތި ވެގެން ލީޒާ އަހައިލިއެވެ. “އާއެކޭ! ލީ ކީއްކުރަންތަ އަލް ދޮގު ހަދަންވީކީީ؟” އަލްޔާ ޔަގީން ކަމާއަކު ބުނެލިއެވެ. “އެހަންތަ؟! އަލް ދޮގު ހަދާވާހަކައެއް ނޫނޭ ލީ މިބުނީކީ ހަމަ އަފީ ދައްތައަކީ އެހާ ގޯސް މީހެއްބާއޭ މިހިތަށް އަރަނީ!” ލީޒާ ހަރިރާން ވެގެން ބުނެލިއެވެ. އަލްޔާ ހުރީ އިތުރު އެއްޗެއް ނުބުނެއެވެ. “އަލްއަށް ކިހިނެއް މިގެއަށް އާދެވުނީ؟” އޮޅުން ފިލުވަން ލީޒާ އަހައިލިއެވެ. އެގެއަށް އާދެވުނު ގޮތާ އެގޭ މީހުންގެ ހެޔޮ ކަމުގެ ވާހަކަވެސް އަލްޔާ ކިޔާ ދިނެވެ. “އެހެން ވީމަ އަލް ނުދާނަންތަ ލީމެންގެއަށް؟” ލީޒާ ދެރަވެފައި އަހައިލިއެވެ. “ނޫން ލީ އަލް ބޭނުމީ ތިގެއަށް ދާން!، ތިގެއަށް ދާން ވެގެން އެންމެ ފުރަތަމަ ވެސް އަލް ގުޅީ ލީއަށް އެކަމަކު ފޯނު ނިއްވާފަ އޮންނާތީ ނުގުޅެނީ ކޮންމެދުވަހަކު އެތައް ފަހަރަކަށް އަލް ގުޅަން ލީއަށް..!” އަލްޔާ ދެރަވެފަ ބުނެލިއެވެ. އެހަންތަ؟ ލީ ލަންކާގަ އުޅެފަ މިއައީ… މިއަދު ހެނދުނު މިއައީވެސް، ނަސީބު ދެރަކަމުން ލީ ބަލިވެގެން ދާން ޖެހުނީ” ފޯނު ނިއްވާފަ އޮތް ސަބަބު ލީޒާ ކިޔާދިނެވެ. “މިގޭ މީހުން އަލް ފޮނުވާނެތަ ލީއާ އެއްކޮށް؟” ލީޒާ އަހައިލިއެވެ. “އާނ… ފޮނުވާނެ! އަލް ބޭނުމިއްޔާ ދެވޭންނުން އެހެން ނޫނަސް މިގޭ މީހުން ބުނީ އަލް ބޭނުން ދުވަހަކު ހުއްޓަސް އޯކޭޔޯ އެހެން ވީމަ ދެވޭންނުން!” އަލްޔާ ބުނެލިއެވެ. “އެހެންތަ؟! ނަސީބެއްނުން ހިނގާ އެހެން ވިއްޔާ ދާން އަލް މިގެއިން ގޮސްގެނެއްނޫން އެކަންތައް ވެސް ވާނީ!” ލީޒާ ބުނެލިއެވެ. އާއެކޭ ބުނެފަ ލީޒާ އަތުގަ ހިފައިގެން އަލްޔާ ހިނގައިގަތީ ގޭތެރެއާ ދިމާލަށެވެ.

ލީޒާޔާ އަލްޔާއާ ދެމީހުން އެތެރެއަށް ވަން އިރު ޒާހިދާ ހުރީ ޓީވީން ދައްކަމުން ދިޔަ ޑްރާމާއަކަށް ގެއްލިފައެވެ. “ދައްތާ އަޅުގަނޑު ވާހަކައެއް ނަން ގަންނަންތޯ؟!” ޒާހިދާ ޓީވީއަށް ގެއްލިފަ ހުއްޓާ އަލްޔާ މަޑު މަޑުން އަހައިލިއެވެ. “ހޫމް… ބުނެބަލަ” ޒާހިދާ ޓީވީން ލޯ އެއްފަރާތް ކުރަމުން ބުނެލިއެވެ. “އަޅުގަނޑު ދާނެ ތަނެއް ލިބިއްޖެ! މިއީ އަޅުގަނޑުގެ ވަރަށް ގާތް ރައްޓެއްސެއް ލީޒާ، އޭނަ އެއައީ އަޅުގަނޑު ބަލާ! އެންމެ ރަނގަޅުތޯ އަޅުގަނޑު ދިޔަޔަސް؟” މަޑު މައިތިރި ކަމާއަކު އަލްޔާ ބުނެލިއެވެ. “ހެހެ… އެހެންތަ؟! އަލްޔާ ދާން ބޭނުން ވަންޏާ ދިއުމަކުން ދައްތަގެ އެއްވެސް މައްސަލައެއް ނެތް އެކަމަކު ދިޔަޔަސް މިގެއަށް އަންނަން ވާނެ ދައްތަމެންގެ ހާލު ބަލަން ވާނެ..!” ހިނިތުން ވުމަކާއެކު ޒާހިދާ ބުނެލިއެވެ. “ޝުކުރިއްޔާ ދައްތާ! އަޅުގަނޑު އަބަދު ވެސް ހަނދާން ހުންނާނެ ދައްތަމެން ކޮއްދިން ކަންތައް އަދި އަބަދުވެސް ދައްތަމެންގެ ހާލު ބަލަން މިގެއަށް އަންނާނަން!” ޝުކުރު އަދާކުރަމުން އަލްޔާ ބުނެލިއެވެ. އޭރު ޒާހިދާ ހުރީ ފެންކަޅިވެފައެވެ. ވާނީވެސް އެހެންތާއެވެ. މިވީ ހަފުތާއެއްހާ ދުވަހު ވެސް އަލްޔާ ގެންގުޅުނީ އެމީހުންގެ ދަރިން ވެސް ގެންގުޅޭހާ ލޯބިން ވިއްޔާއެވެ. އެހެން ވީމަ ދެރަވެސް ވާނެތާއެވެ. “ދައްތަ ދެރަ ނުވައްޗޭ އަލްޔާ އަންނާނަމޭ..!” ޒާހިދާގެ ގައިގަ ބައްދާލަމުން އަލްޔާ ބުނެލިއެވެ. އޭރު އަލްޔާ ވެސް ހުރީ ފެންކަޅިވެފައެވެ. ލީޒާ ހުރީ އެމަންޒަރު ބަލައިގެން އުފާވެފައެވެ. “ލީ މަޑު ކުރޭ އަލް އެބަ އަންނަން އެއްޗެހި ހިފައިގެން” ލީޒާ ކައިރީގަ މަޑު ކުރަން ބުނެފަ އަލްޔާ ދިޔައީ އޭނަގެ ކޮޓަރިއަށް އޭނަގެ އެއްޗެހި ބަލާއެވެ. އޭރު ލީޒާޔާ ޒާހީދާޔާ ދެމީހުން ތިބީ އޮލަ ވާހަކާގައެވެ. އެތެރެއަށް ވަނދެފަ ފަސްވަރަކަށް މިނިޓު ފަހުން އަލްޔާ ނިކުތީ އޭނަގެ އަންނައުނު ކޮޅު ބާޒާރު ކޮތަޅަކަށް އަޅައިގެންނެވެ. އެތަން ފެނި ލީޒާ ވަރަށް ދެރަވިއެވެ. ނަމަވެސް އެކަމެއް ލީޒާގެ މޫނު މައްޗަކުން ނުދައްކައެވެ. ޒާހިދާޔާ ސަލާން ކޮއްލުމަށް ފަހު އަލްޔާއާ ލީޒާޔާ ދެމީހުން އެގެއިން ނިކުމެ ކާރެއް ހޯދައިގެން އައީ ލީޒާމެން ގެއަށެވެ.

ލީޒާމެން ގެއަށް ގޮސް ވަން އިރު ގޭގަ އެއްވެސް މީހެއް ނެތުމުން އަލްޔާ ހުރީ ހައިރާން ވެފައެވެ. “އަލް ކިހިނެއްވީ މާ ފާޑަކަށް ތިހުންނަނީ؟ މިއީ އަލްގެ ވެސް ގެކަމަށް ދެކިގެން އުޅުނީމަ ރަނގަޅު ވާނެ…” އަލްޔާ ފާޑަކަށް ހުރުމުން ލީޒާ ބުނެލިއެވެ. “ނޫނޭ ލީ ފާޑަކަށް ނޫނޭ ކޮބާ މިގޭ މީހުން؟ ކޮބާ ލީގެ މަންމަމެން؟” އެއްވެސް މީހަކު ފެންނަން ނެތުމުން އަލްޔާ އަހައިލިއެވެ. “އޯ… އެހެންވެތަ ފާޑަކަށް ތިއިނީ؟ މިގޭގަ އުޅެނީ ލީގެ ދޮންބެއާ ލީއާ އެކަނި” ލީޒާ ހެމުން ބުނެލިއެވެ. “އެހެންތަ؟ ކޮބާ މަންމަމެން؟” ހައިރާން ވެގެން އަލްޔާ އަހައިލިއެވެ. “ލީގެ މަންމަ ވެސް ބައްޕަވެސް މަރު ވެއްޖެ! ލީ ވަރަށް ކުޑަ އިރު ބައްޕަ މަރު ވެއްޖެ… ލީ ޓެންގަ ހުއްޓާ މަންމަ ވެސް މަރު ވެއްޖެ ދެން ދޮންބެއާ ލީއާއެކަނި އުޅެނީ!” އަލްޔާއަށް އޮޅުން ފިލުވާ ދެމުން ލީޒާ ބުނެލިއެވެ. އޭރު ލީޒާ ހުރީ ވަރަށް ދެރަވެފައެވެ. “އޯ… ސޮރީ ލީ!” އަލްޔާ ދެރަވެފަ މާފަށް އެދުނެވެ. “ހެހެ… އިޓްސް އޯކޭ! ކޮންމެ އިންސާނަކީ ވެސް ނެތި ފަނާވާނެ ބައެއް އަލްއަށް ވެސް ލީއަށް ވެސް ހަމަ އެދުވަސް އަންނާނެ..!” ލީޒާ ބުނެލިއެވެ. އަލްޔާ އިތުރު އެއްވެސް އެއްޗެއް ނުބުނެއެވެ.

“ބައްޕާ ކޮންއިރަކުތޯ އައީ؟ ނުވެސް ބުނެ ނޫންތޯ ތިއައީ؟!” ވިނާން ގެއަށް އައިސް ވަން އިރު ސައުދު ސޯފާގައި ހުއްޓާ ފެނުމުން ހައިރާން ވެގެން ވިިނާން އަހައިލިއެވެ. “ހެހެ… ދަރިފުޅުމެންނަށް ސަޕުރައިޒެއް ދޭން ވެގެން ނުބުނީ” ހެމުން ސައުދު ބުނެލިއެވެ. “ހެހެ… ބައްޕަވެސް ކުރާ ކަންތައް! ކޮބައިތޯ މަންމަ؟” އަފީފާ ފެންނަން ނެތުމުން ވިނާން އަހައިލިއެވެ. “ނޭނގެ ބައްޕަޔަކަށް ބައްޕަ އައި އިރަކު ވެސް ނެތް! ޖަޔާ ބުނީ ކޮންމެވެސް މީހަކާ ބައްދަލު ކުރަންށޯ ކިޔާފަޔޯ ދިޔައީ…” ވިނާންއަށް އޮޅުން ފިލުވައިދެމުން ސައުދު ބުނެލިއެވެ. “އެހެންތޯ؟ އަދި ހަނދާން ނެތިފައޭ މިއިނީ ބައްޕަޔަށް އެނގި ލައްވާތޯ މަންމަ އެކަންޏެއް ނޫނޭ އަލްޔާ ވިއްކާލީކީ؟! އުޝާޔާ ދެމީހުން ވެގެން..!” ސައުދުއަށް އެނގިފައި ނެތް ކަމެއް ވީމަ ވިނާން ބުނެލަދިނެވެ. ” އޭ! ކީކޭ؟ ތިއީ ހަމަ ތެދެއްތަ ދަރިފުޅާ؟” ހައިރާން ވެގެން ސައުދު އަހައިލިއެވެ. “ލައްބަ ބައްޕާ ކީއްކުރަންތޯ އަޅުގަނޑު ދޮގު ހަދަންވީކީ؟ އަޅުގަނޑު ކައިރީގަ ބުނީ ވަޒޫ، ވަޒޫ ބުނީ މަންމައާ އުޝާޔާ ދެމީހުން ފޯނުން ވާހަކަ ދައްކާ އަޑު އޭނަޔަށް އިވުނީ ޔޯ!” އޮޅުން ފިލުވައި ދެމުން ވިނާން ބުނެލިއެވެ. “ބައްޕާ އަޅުގަނޑަށް ހީވަނީ މަންމަ އަނެއްކާވެސް އެ ކަންތަކާހެން އެއުޅެނީ! އަޅުގަނޑު މިހެން މިބުނީ މަންމަ މިހާރު ގޭގަ މަޑު ޖެހޭ ވަގުތެއް ނާދޭ އަނެއްކޮޅުން ވަޒޫ ބުނި އަލްޔާ ވިއްކާލި މީހުން ކައިރިން ފިލާފިޔޯ އަޅުގަނޑަށް ހީވަނީ އޭނަ ހޯދުމުގެ މަސައްކަތުގަހެން މަންމަ ގޭ މަޑު ނުޖެހި އެއުޅެނީ..!” ސައުދުއަށް އޮޅުން ފިލުވައި ދޭން ވެގެން ވިނާންއަށް އަޑު އިވުނު ގޮތާ ވިސްނޭ ގޮތް ބުނެލިއެވެ. ސައުދު ހުރީ އެއްޗެއް ނުބުނެ ވިނާން ދެއްކި ވާހަކަޔަށް ވިސްނާށެވެ. “ބައްޕާ އަޅުގަނޑު ދެން ގޮސްލީއޭ… މާކިން ފުރާ ވާހަކަ ބުނި އެހެންވެ އެެނަޔާ ދިމާ ކޮއްލަން މިދަނީ” ތެދު ވަމުން ވިނާން ބުނެލިއެވެ. ސައުދު ވެސް އެންމެ ރަނގަޅޭ ބުނެފަ ދިޔައީ އޭނާގެ ކޮޓަރިއަށެވެ.

“އަލް މިއަދު އަންނާނެ އެއްކަލަ މަބުނި ޕޮލިސް މީހާ އަލް ވާނެ ހުރިހާ އެއްޗެއް އޭނަޔަށް ކިޔާދޭން..!” ކާން ތިބެފަ ލީޒާ ބުނެލިއެވެ. “ހުރިހާ އެއްޗެއް ކިޔާދެވި ދާނެ އެކަމަކު އަލް ބޭނުމެއް ނޫން ވިނާން މަންމަޔަށް އަނިޔައެއް ލިބޭކަށް އެމީހަކު ކުރި ކަމެއް އެމީހަކަށް!” އަލްޔާ ބުނެލިއެވެ. “ތިއީ ދޯ މައްސަލައަކީ އަލްޔާއާ ދޭތެރޭ އޭނަ ކަންތައް ކުރި ގޮތް ހާދަ ފަސޭހައިންނޭ ދޯ ތި ހަނދާން ނައްތާލީ މަންމަ މަށަށް ދެވެން އޮތް ހުރިހާ އަދަބެއް ދޭނަން އެހެން ނޫނަސް އަލް ބުނީމެއްނުން ދެން ވިނާޔާ އެއްކޮށް ނުއުޅެނަމޭ..!” ހިތްހަމަ ނުޖެހި ހުރެ ލީޒާ ބުނެލިއެވެ. “ތިކަން އޮތީ ތިހެންނޭ އެކަމަކުވެސް އަލް ބޭނުމެއް ނޫން ދައްތަޔަށް އަނިޔައެއް ލިބޭކަށް” ތަކުރާރުކޮށް އަލްޔާ ބުނެލިއެވެ. “އޯކޭ! އަލްއަށް ފެންނަ ގޮތަކަށް ކަންތައް ކުރޭ… ލީ ނުކިޔާނަން އެއްޗެކޭ ހަވީރު ހަތަރެއް ޖަހާކަށް ހާ އިރު އޭނަ އަންނާނެ! އޯކޭ އެއްނުން..؟” ލީޒާ ބުނެލިއެވެ. “އޯކޭ… އަލް ރެޑީ ވާނަން ތި ގަޑިއަށް އެކަމަކު އަދި އަލް ބޭނުން ލީ ކައިރީގަ ކަމަކު ކިޔަން!” އަލްޔާ ދެރަވެފަ ބުނެލިއެވެ. “އަވަހަށް ކިޔާ އަލް ބޭނުން ވާ ކަމެއް ލީއަށް ކިރިއާވެސް ކޮއްދެވެންޏާ ލީ ކޮއްދޭނަން!” އަނގަޔަށް ބަތް ކޮޅެއް ލަމުން ލީޒާ ބުނެލިއެވެ. “މިގޭ ހުރިހާ ހަރަދުތަކެއް ބަލަހައްޓަނީ ލީއާ ލީގެ ދޮންބެއާ… އެހެންވީމަ އަލް ވެސް ބޭނުން ކޮންމެވެސް ޖޮބަކަށް ދާން އޭރުން އަލްއަށް ވެސް ކޮންމެވެސް ކަމެއް ކުރެވޭނެއްނުން؟! އަނެއްކޮޅުން އަލްއަށް ބޭނުންވާ އަމިއްލަ ކަންތައް ވެސް ކުރެވެނެއްނުން!” އަލްޔާ ބޭނުންވާ ގޮތް ބުނެލިއެވެ. “ލީއަށް އޯކޭ އަލް ޖޮބަށް ދިޔަޔަސް އެކަމަކު ލީ ބިރު ގަންނަނީ އަނެއްކާވެސް އެ އިދުރީސް އަލް ގެންދަން އުޅެފާނެތީ” ލީޒާ ދެރަވެފަ ބުނެލިއެވެ. “އިރާދަ ކުރެއްވިއްޔާ ދެން އެހެނެއް ނުވާނެ ލީތިހާ ބިރު ނުގަނެބަލަ…” އުއްމީދާ އެކު އަލްޔާ ބުނެލިއެވެ. “އޯކޭ… ލީ ބަލާނަން، އޯކޭތަ ރެސްޓޯރެންޓެއްގެ ރިސެފުޝަނަށް ވިޔަސް؟” ލީޒާ އަހައިލިއެވެ. “އޯކޭ ކޮންމެ ތަނެއްވެސް އަލް ބޭނުމީ ޖޮބެއް!” އަލްޔާ ބުނެލިއެވެ. މާ ގިނަ އިރު ތކެއް ނުވަނީސް އެ ދެ ކުދިން ކާ ނިމިއްޖެއެވެ. ކާ ނިމިގެން ވެސް ދެ ކުދިން މޭޒު ދޮށުގަ އިށީނދެ އަނެއްކާ ވެސް ފެށީ ވާހަކަ ދައްކާށެވެ. އެގޮތަށް ތިއްބާ ގަޑިން ވީއިރު ވެސް އެތަނުން އެކަކަށް ވެސް ނޭނގެއެވެ. އޮލަ ވާހަކާގައި ތިއްބާ އިވުނީ އެގޭ ބެލް ޖަހާލި އަޑެވެ. އެހެން ކަމުން އަލްޔާ ކައިރި އެތާ މަޑު ކުރުމަށް ބުނެފަ ލީޒާ ދިޔައީ ބެލް ޖަހަނީ ކާކުތޯ ބަލާށެވެ.

“އޯ އިއްބެދޯ؟ ހަތަރެއް ޖެހީތަ؟” ގަޑިން ވީއިރެއް ނޭނގޭތީ ލީޒާ އަހައިލިއެވެ. “ހައްހައްހާ..! ލީއަށް އިނގޭންނުން އިއްބެ އަކީ ގަޑިއަށް ފަރުވާތެރި މީހެއްކަން އެހެންވެ އޮން ޓައިމަށް މިވައްޓާލީ…” ހެމުން އިބުރާހީމް ބުނެލިއެވެ. “އެ ބުނާހެންދޯ؟ ވަނދޭ އެތެރެއަށް!” އިބުރާހީމް ވަންނަން ތަން ދައްކަމުން ލީޒާ ވަނީ އެތެރެއަށެވެ. އިބުރާހީމް ކަައިރީގަ މިއަންނާނީ ކަމަށް ބުނެ ލީޒާ ދިޔައީ ބަދިގެއާ ދިމާލަށެވެ. އެތެރެއަށް ވަންތާ އިރުކޮޅެއް ފަހުން އައީ އަލްޔާ ގޮވައިގެންނެވެ. “އިއްބެ މިއީ އަލްޔާ އަކީ ބޭނުން ވާ ގޮތް ލީ ބުނީމެންނުން އިއްބެ މިކަން ކޮއްދޭން ޖެހޭނީ… އެ ކުއްޖާޔަށް މީހަކަށް އެޓޭކެއް ނު ދެވޭނ ގޮތަށް!” އަލްޔާ އެދުނު ގޮތަށް ކަންތައް ކުރަން ވީ ގޮތް ލީޒާ ކިޔާދިނެވެ. “އެންމެ ރަނގަޅު… އޯކޭ! ތިބައި މަ ހަމަ ޖައްސާނަން!އެކަމަކު އަލްޔާ ޖެހޭނެ ފުލުސް އޮފީހަށް ގޮސް ބަޔާނެއް ދޭން އޭރުންތާ މަސައްކަތް ފެށޭނީ!” އިބުރާހީމް ބުނެލިއެވެ. އިބުރާހިމް އެހެން ބުނުމުން އަލްޔާ އެންމެ ރަނގަޅު ކަމަށް ބުނެލިއެވެ. “އަލްޔާއަށް އިނގޭތަ؟ އެއީ ކިހާ ހިސާބެއްގަ ހުންނަ ތަނެއްކަން؟” އިބުރާހީމް އަހައިލިއެވެ. އިރުކޮޅަކަށް ވިސްނަން އިނެފަ ސީދާ އެތަން ހުންނާނެ ކަމަށް ލަފާ ކުރެވޭ ތަން އަލްޔާ ކިޔާދިނެވެ. އަދި އެތާ ތެރޭގަ ކަންތައް ހުރި ގޮތާ އެތާ ތިބި އަންހެން ކުދިންގެ ހާލަތާވެސް އެކުއެވެ. އަދި އޭނަޔަށް އެތަނުން ނިކުމެވުނު ގޮތްވެސް މެއެވެ. އަދި އެތަން އަތުލެވުނު އިރަކުން މުހައްމަދު ބެއަށް އަނިޔައެއް ނުދިނުމަށް އަލްޔާ އެދުނެވެ. “އެންމެ ރަނގަޅު! ތިމައްސަލަ ހިނގައި ގަތީމަ އިނގޭނީ ކުރިއަށް ދާނެ ގޮތެއް އެމީހަކު ކުރި ކުށެއްގެ އަދަބު އެމީހަކަށް ލިބުމަކީ ވަރަށް މުހިންމު ކަމެއް އެކަމަކު އަލްޔާ ބޭނުންވާ ގޮތަށް ތިކަން ކުރިއަށް ގެންދެވޭތޯ ބަލާނަން..، އެބަ އިނގޭތާ އިއްބެ މިބުނާ އެއްޗެއް؟” . އިބުރާހީމް ޔަގީން ކަމާއެކު ބުނެލިއެވެ. “ސޯ… ބިޒީ ނޫނިއްޔާ އަލް ދާންވީނުން ފުލިސް އޮފީހަށް ބަޔާން ދޭން އޭރުން އަވަހަށް ކުރިއަށް ގެންދެވޭނީ…” އިބުރާހީމް އެހެން ބުނުމާއެކު ލީޒާޔާ އަލްޔާއާ ދެމީހުން ރެޑީ ކަމަށް ބުނެލިއެވެ. ލީޒާ އެހެން ބުނުމުން ހިނގާށޭ ބުނެ އިބުރާހީމް ހިނގައިގަތުމުން ލީޒާމެން ވެސް ހިނގައިގަތީ އިބުރާހީމް ފަހަތުންނެވެ. ބޭރަށް ނިކުމެފަ ކާރަކަށް ލީޒާމެން އަރުވާފަ އިބުރާހީމް ދިޔައީ ސައިކަލުންނެވެ.

“އަފީފާ ކޮންތާކުން ތިއައީ؟” އަފީފާ ގެއަށް ވަނުމާއެކު ސައުދު އަހައިލިއެވެ. މިއައީ ބޭރަށް ގޮސްފަ… ކިހިނެއްތަވީ؟!” ފޫހި ގޮތަކަށް އަފީފާ ބުނެލިއެވެ. “ކަމެއްވާ ނުވޭ… އަލްޔާ އެތަނުން ސަލާމަތް ވީމަ އަނެއްކާވެސް އޭނަޔަށް ބޮނޑިއެއް ދެވޭތޯ ދެފަޔަށް ރެވިތެޔޮ އެޅިގެނެއްނުން ތި ހިނގަނީ ދެފާ އެއްތާކު ނުޖަހާ!!” ސައުދު ރުޅިވެރި ކަމާއެކު ބުނެލިއެވެ. ސައުދު އެހެން ބުނުމުން އަފީފާގެ ދެލޯ ދިޔައީ ބޮޑު ވެގެންނެވެ. ވާނީވެސް އެހެންތާއެވެ. ރާއްޖޭގަވެސް ނެތް މީހަކަށް އެހުރިހާ ކަމެއް އިނގެންވީ ސަބަބެއް އޭނަޔަކަށް ނުވިސްނުނެވެ. “މީގެ ފަހުން މިގޭ ހަތަރު ފާރުން ބޭރަށް ގޮސް ގެން ނުވާނެ އަދި ކަލޭގެ ލޯބިވާ ބޮޑު ބޭބެގެ ދަރި އުޝާޔާ ވެސް ވާހަކަ ދައްކައިގެން ނުވާނެ! އަހަރެންނަށް އިނގޭ ކަލެއާ އުޝާޔާ ދެމީހުން ވެގެން ކަން އަލްޔާއަށް އެހާ ބޮޑު ލަނޑެއް ދިނީ..!” ސައުދު ރުޅި އައިސް ހުރެ އަފީފާއަށް އަމުރު ކުރަމުން ދިޔައެވެ. “ހޫނ… ސައުދު ނުޖެހޭނެ މަގޭ ކަންތަކާ ބެހޭކަށް! މަ ބޭނުން މީހަކާ ވާހަކަވެސް ދައްކާނަން އަދި މަ ބޭނުން އިރަކު ބޭނުން ތަނަކަށްވެސް ދާނަން!” ފަހުރު ވެރި ކަމާއެކު އަފީފާ ބުނެލިއެވެ. “އާޗާ..! ކަލޭ ހީކުރީތަ؟ ކަލޭ ބޭނުން ކުޅިވަރެއް ކުޅެވިދާނޭ؟ ހަނދާން ނައްތާލާ! ވަރަށް ސާފު ދިވެހި ބަހުން މިބުނީ މަ ބުނާ ގޮތަށް ހަދައިގެން އަފީފާ އުޅެން ޖެހޭނީ” ސައުދު ރުޅި އައިސް ހަޅޭއްލަވައިގަތެވެ. އެއަޑަށް އެތެރޭގަ ތިބެފަ ވަޒުނާޔާ ވިނާން ވެސް ނިކުމެއްޖެއެވެ. “ކިހިނެއްތޯވީ ބައްޕާ؟” އަޑު ގަދަވެގެން ނިކުމެ ވިނާން އަހައިލިއެވެ. “މިހިރަ ނުލަފާ އަންހެން މީހާ ކައިރި އަހާބަލަ! ލަދުގެ ކަންފުޅެއްވެސް ނެތީއޭ އޭނަގެ..!” ސައުދު ރުޅިގަނޑުގަ ބުނެލިއެވެ. “ތެދެއް މަންމާ… ކިހިނެއްތަވީ؟” ވިނާން އަހައިލިއެވެ. “ކަލޭމަށާ ވާހަކަ ނުދައްކައްޗޭ މަ ނުއުޅެން ކަލޭމެންނާ ވާހަކަ ދައްކާހިތަކުން!” އެހެން ކިޔާފަ އަފީފާ ހިނގައްޖެއެވެ. ވަޒުނާޔާ ވިނާންއާ ތިބީ ވާނުވާ ނޭނގި ސައުދުގެ މޫނަށު ބަލަހައްޓައިގެންނެވެ. އެހެން ނަމަވެސް ސައުދުގެ މޫނުމަތިން ރުޅިވެރިކަން ފެނުމުން އެއްވެސް ކުއްޖަކަށް އިތުރަށް ސުވާލެއް ކުރާކަށް ނުކެރުނެވެ. “އެހެރީ ވާ އަންހެނެ!އް ހަމަ ތެދެއް މިބުނީ އޭނަޔަށް އޭނަކުރި ކުށުގެ އަދަބު ލިބެން ޖެހޭނެ އަަހަރުން އަޅާނުލާ ތިބޭތީ އެ ވައްތަރަށް އެ ފުފެނީ!” ހުރި ރުޅިގަނޑު މަތީ ސައުދު ބުނެލިއެވެ. ވިނާންއާ ވަޒުނާޔާ ދެމީހުން ތިބީ ހައިރާން ވެގެން އެކަކު އަނެކަކު މޫނަށް ބަލަންށެވެ. “ދަރިފުޅުމެން ތިތިބީ ވާނުވާ ނޭނގިފަކަން ބައްޕަޔަށް އިނގޭ… ބައްޕަ، އެ އަންހެނާ ކައިރީގަ ބުނީ ގެއިން ނިކުމެގެން ނުވާނެޔޭ އަދި އުޝާޔާ ވާހަކަ ވެސް ދައްކައިގެން ނުވާނެޔޭ..! ބައްޕަޔަށް އިނގޭ ވިއްޔާ އަނެއްކާވެސް އެއުޅެނީ އަލްޔާގެ ކަރަށް އަރަން ކަން!” ސައުދު ބުނެލިއެވެ. “ބައްޕާ ދެން އެހާ ނުވިސްނާ! އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ރަނގަޅު ވާނެ…” ވަޒުނާ ބުނެލިއެވެ. ސައުދުއާ އޭނަގެ ދެދަރިން ވަރަށް ގިނަ އިރު ސައްލާ ކުރަން ތިއްބެވެ.

…..ނުނިމޭ…..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dhippi

Level 4100 Comments10 Stories

My name is Athifa Adam (Dhippi). I like to read and write stories. I am from K.Mal'e. I'm a woman. I'm 35 years old.

Other Articles

Previous

ލޯބިން ހިނިތުންވެލާށޭ 14

Next

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ 42 (ބަޔާޅީސްވަނަ ބައި)

Next
October 9, 2017

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ 42 (ބަޔާޅީސްވަނަ ބައި)

Previews
October 9, 2017

ލޯބިން ހިނިތުންވެލާށޭ 14

39 Comments!

  1. $JK..KOREAN says:
    October 9, 2017 at 6:34 pm

    yeyyy me first.. story hama habeysss.. varah salhi.. 🙂

    1. Adam says:
      October 9, 2017 at 6:58 pm

      Hehe ya

  2. annoying reader says:
    October 9, 2017 at 6:52 pm

    then adam alhey alya and vinaa meet kuruvaba, dhemeehun dhuru nukurachey. afeefa dheyba mahah usha ves govaigen. v reethi mi part ves

    1. $JK..KOREAN says:
      October 9, 2017 at 7:03 pm

      hahaha. kanneyyah dhw ?? 😉 😀

    2. Adam says:
      October 9, 2017 at 9:08 pm

      Yess….Adam ves balaanan e she meehun dhimaa kure veytho…. Dhwww

  3. Adam says:
    October 9, 2017 at 7:03 pm

    Hurihaa kudhinge samaalu kamai next episode in story ai varah bodu twist ei annaane…..

  4. sana says:
    October 9, 2017 at 7:05 pm

    Plx then alya and vinaa meet kuruvabala if they two meet then this story is very very beautiful…bad afeefa???.
    And story is very beautiful when next part?

    1. Adam says:
      October 9, 2017 at 9:12 pm

      Kekkolla e DHE kudhin adhi meet vaane…..

  5. ipher says:
    October 9, 2017 at 7:12 pm

    Stry dhaa goiy habeys….afeefa noolhey adhivx maithirivaakah….maithiri vegn geyga othyma v nun…v foohivey afeefa gadu….whn next part..

    1. Adam says:
      October 9, 2017 at 9:13 pm

      Dhww…. Maybe tomorrow… Anyways Thank you

  6. binnu says:
    October 9, 2017 at 7:34 pm

    Afeefa?haadhahaavaa foohi veye

    1. Adam says:
      October 9, 2017 at 9:14 pm

      DHWW……

  7. Shai ? says:
    October 9, 2017 at 7:35 pm

    Lee ge dhonbe aky maakin.. vinan dhaany maakin aa meet kuran e geyah.
    Story vrh reethi

    1. Adam says:
      October 11, 2017 at 12:50 am

      Hehe Shai haadha molhey higaaa balamaa dhw

  8. Afy says:
    October 9, 2017 at 9:45 pm

    Emme loabi Adam alhe haadha loabi veyey
    See alll edhiyaee vinan friend men geyah dhw. ??
    Btw can’t wait hama thi twist akah. Avahah up kollaba emme loabiee ??

    1. Adam says:
      October 9, 2017 at 10:10 pm

      Lowbivaa afy alya dhiyae vazoo frnd geashey ekamaku sharuthu funnei ebaotheh noon

    2. Afy says:
      October 10, 2017 at 3:25 pm

      Yeah dhw. Leeza eiii vazu friend ekam vina ge friend ge ves kokko ennu. Eyna dhiya ennu leeza furuvan dhaan ves. Afy hadhaan vaa gothun. Hehheh
      Yeah dhw e sharuthu thakah lee hunaaane ehhh. Vina ah nuuuny vazu ah egeyah dheveyny. Ehen nuuny allll work ah dhaa thanun meet vaany
      Dhw dhw dhw

    3. Adam says:
      October 10, 2017 at 11:14 pm

      Hehe love handhaan ves huriyey dhw dhw

  9. Fary says:
    October 9, 2017 at 9:51 pm

    Wow.nice waiting for next part avaha up kolati

    1. Adam says:
      October 9, 2017 at 10:11 pm

      Thanks

  10. Dhaitha says:
    October 9, 2017 at 9:58 pm

    Leeza huree emanzaru balaigen ufaavefa.. kon balaigen nei tha alhe fahe.. leeza emanzaru balan huree ufaavefa eve.. migoi kihineh vaane..

    1. Adam says:
      October 9, 2017 at 10:08 pm

      Dhaitha bunaanee heyokoh

  11. khajja says:
    October 9, 2017 at 11:22 pm

    Masha allah stry obiness to the max ?? leezaa jahan jehey baeh thanthanuga vazoo jehifa hurikan faahagavi kurykolhuga but oralkon stry v v rythi whn nxt prt avaskolladhybala gud nyt ly???❤❤????

    1. Adam says:
      October 10, 2017 at 11:17 pm

      Thank khajja

  12. remoo says:
    October 10, 2017 at 1:20 am

    afeefa bandhefa baavan v room ga :/ phne vx athulan v rulhigadha vey eba …..v reethi mi part vx :3

    1. Adam says:
      October 11, 2017 at 12:49 am

      Afeefaa ah hadhan vee molhu gotheh balan vee dhw

  13. Aa says:
    October 10, 2017 at 11:53 am

    Waiting for next part. When will u upload it

    1. Adam says:
      October 10, 2017 at 2:47 pm

      Maadhan up kuraanan vvvv bodu kamakaaa buxy vegen miulheneeee

  14. Shasha says:
    October 10, 2017 at 3:41 pm

    Varah salhi

    1. Adam says:
      October 11, 2017 at 12:51 am

      Thanks

  15. minnu says:
    October 10, 2017 at 3:49 pm

    So v salhi

    1. Adam says:
      October 11, 2017 at 12:53 am

      Thanks

  16. ? says:
    October 10, 2017 at 4:43 pm

    Kurin v salhi story eh mashah mi ‘ haadhisaa bai ‘ ..eyru vx ibaaraih kurun reethi nun vyma eha shauquveri eh nuvevey.. BT now I don’t read anymore.. Mi Adam dhera kuran buna ehcheh nun.. I just gave my thought.. ❤

    1. Adam says:
      October 10, 2017 at 10:55 pm

      Hehe thanks dear ibaarathakee emeehaku kuran beynunva vaa gothakah kureveyne ehcheh adhi gaboal kuran bimmaa Waheed moosa said moosa qasim fadha beyfulhun liyaa gothah liyan neygeyne kamah adhi sordhube has dhivehi bahakah molhuves nuvaane kamah Adam ves mibalanee ehdhuvahah vure aneh dhuvahu ragalhu kureveytho insha Allah

  17. Eynaa says:
    October 10, 2017 at 8:49 pm

    Maves varah foohivey…maa avas aruvaigen liyaa hen heevany

    1. Adam says:
      October 10, 2017 at 10:48 pm

      Hehe foohivaa kujjaku nukeema emme emme Salhi gothakee

  18. Aanaa says:
    October 10, 2017 at 11:26 pm

    Hus noonu beynun kuran nujehey than thaa beynun nukobbala.. bandhige eh noon badhige

    1. Adam says:
      October 11, 2017 at 12:45 am

      Assu hus noon liyaneekee noon Gina faharu liyevifa hunnanee balan vaa varah nubalaa publish kurevenee Adam ah ves igey bandhige eh nukiyaakan badhige Kan kiyanee

  19. Soon says:
    October 11, 2017 at 10:30 am

    Warah reethi vaahaka eh.. Waiting for the next part 🙂

Comments are closed.

Next Episodeޢެދެމޭ އުފާ….(30)←


All Right Reserved!