Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޢެދެމޭ އުފާ….(28)

Dhippi Level 4100 Comments10 Stories
October 8, 2017 6 Mins Read
22 Comments

“ކޮއްކޮ ކީއްކުރަނީ މިތާ؟ ސުބުހާނަﷲ ކިހިނެއްވެފަ ތިހިރީ؟ ތިއީ ކޮންލޭއްތަ؟” އެމީހާ އަހައިލިއެވެ. “ބޭބޭ އަހަރެން އެކުސިޑެންޓުވީ! ވަރަށް ތަދުވޭ އެބަ…” އަލްޔާ ގައިގެ އެކި ތަންތަނުގަ އަތް ހާކަމުން ބުނެލިއެވެ. “އެހެންތަ؟ ހާދަ ބޮޑު ވަރުފައޭ ތިހިރީ! ހިނގާ ހޮސްޕިޓަލަށް ދާން…” އެމީހާ ބުނެލިއެވެ. “ނޫން ބޭބޭ! އެންމެ ފުރަތަމަ އަޅުގަނޑަށް ފޯނެއް ކޮއްދީފާނަންތޯ؟” އަލްޔާ ބުނެލިއެވެ. “ބޭބެ ފޯނެއް ކޮއްދީފާނަން އެކަމަކު ތިހާ ބޮޑު ވަރު ވެފަ ހުއްޓާ ހޮސްޕިޓަލަށް ނުގޮސް ކަމަކު ނުދާނެ… ބޭބެ ގޮސްދާނަމޭ ގޮވައިގެން!” ފޯނު ދިއްކުރަމުން އެމީހާ ބުނެލިއެވެ. އެމީހާޔަށް ޝުކުރު ޢަދާ ކޮއްފަ ފޯނުގަ ހިފުމަށް ފަހު ޖީބުން ކަރުދާސް ކޮޅެއް ނަގައިގެން އަލްޔާ ގުޅަން ފެށީ ކޮންމެވެސް ނަންބަރަކަށެވެ. އެހެން ނަމަވެސް އެނަންބަރު ނިވާލާފަ އޮތުމުން އަލްޔާ ކަރު އެލުވާލައިފަ އެމީހާ އަތަށް ފޯނު ދިއްކޮއްލިއެވެ. “ކޮއްކޮ ވަރަށް ބޮޑަށް ހާސްވެފަ ހުރިހެން ހީވޭ އަނެއްކާ މާބޮޑު ކަމެއް ދިމާވެގެންތަ ތިއުޅެނީ؟” އަލްޔާގެ ހަރަކާތްތައް އެހެން ކަމެއް ހެން ހީވެގެން އެމީހާ އަހައިލިއެވެ. “ނޫން ބޭބޭ ކިހިނެއްވީ ތިހެން ތިއެހީ..؟” ހައިރާން ވެގެން އަލްޔާ އަހައިލިއެވެ. “ވަކި ކަމެއް ވީކީ ނޫން ބޭބެއަށް އެހެން ހީވާތީ އަހައިލީ… ކޮއްކޮ ކޮން އިރަކުންތަ ގެއަށް ދާނީ ބޭބެ މިހެން މިބުނީ ކޮއްކޮ ހޮސްޕިޓަލަށް ވެސް ދާން އިންކާރު ކުރީމަ މިހާ ލަސް ގަޑީގަ ތިވަރުގެ އަންހެން ކުއްޖަކު ބޭރުގަ ހުރުމަކީ ރަނގަޅު ކަމެއް ނޫން…” ނަސޭހަތްތެރި ކަމާއެކު އެމީހާ ބުނެލިއެވެ. އެވަގުތު އަލްޔާ ވިސްނަމުން ދިޔައީ ދާނެ ތަނަކާ ދޭތެރޭގައެވެ. ލީޒާއަށް ގުޅި އިރު އޭނާގެ ފޯނު ވެސް އޮތީ ނިވާލައިފައެވެ. އެހެން ކަމުން ދާނެ އިތުރު ތަނެއް ވެސް ނެތެވެ. ލީޒާޔާ ގާތް ގުޅުމެއް އުފެދިފަ އޮތަސް އަލްޔާ އަކަށް އެގެއެއް ނޭނގެއެވެ. ދެން ހުރީ ނަންނައެވެ. ނަންނަމެން ގެ އެނގުނެއް ކަމަކު އެގެއަށް ދާކަށް އަލްޔާ ބޭނުމެއް ނޫނެވެ. ނަންނަމެން ގެއަށް ގޮސްފިނަމަ ވަޒުނާމެންނަށް އެ ގޭގަ އުޅޭކަން އެނގިދާނެއެވެ. އަލްޔާ ސަލާމަތުން ދުނިޔޭގަ ވެސް ހުރިކަން އަފީފާގެ އާއިލާއަށް އިނގޭކަށް އަލްޔާ އެއް ނޭދެއެވެ. އަފީފާގެ ވިހަ ގަދަ ބަސްތަކާ ކަންތައް ކުރި ގޮތަކީ އަލްޔާގެ ނިކަމެތި ހިތަކުން ފިލައިގެން ދާނެ ކަމެއް ނޫނެވެ. “ކޮއްކޯ ކޮންކަމަކާ ތި ވިސްނަނީ؟” އަލްޔާ ސިއްސައިގެން ދިޔައީ އެމީހާ ގޮވައިލުމުންނެވެ. އޭރު އަލްޔާ ހުރީ ރަނގަޅަށް ވެސް ރޮވިފައެވެ. “ބޭބޭ! އަހަރެން ދާނެ އެއްވެސް ތަނެއް ނެތް މާލޭގަ އަހަރެން ހުރިގޭ މީހުން އަހަރެން އެ ގެއިން ބޭރު ކޮއްލައިފި… ގަޔަށް ލާނެ އަންނައުނު ގަޑެއްހާ ވަރުވެސް ނެތް!” އިސްޖަހައިގެން ހުރެ އަލްޔާ ބުނެލިއެވެ. އޭރު ވެސް އަލްޔާ ރޮނީއެވެ. އަލްޔާއާ ދޭތެރޭ ކަންތައް ވީގޮތް ތެދުތެދަށް ކިޔާ ދޭކަށް އަލްޔާ ބޭނުމެއް ނުވިއެވެ. އަމުދުން އެ ނުދަންނަ މީހާ ކައިރީގައެވެ.

“އެހެންތަ؟ ތިއީ ހާދަ ދެރަގޮތެކޭ… ދެން ކިނެއް ހަދާނީ؟” އެމީހާ އަހައިލިއެވެ. އަލްޔާ އެއްވެސް އެއްޗެއް ނުބުނެ ގިސްލަ ގިސްލާ ރޮނީއެވެ. “ކޮން ނަމެއްތަ ކޮއްކޮއަށް ކިޔަނީ؟” އަލްޔާއަށް ރޮވޭތީ ވާހަކަ ނުދެއްކިގެން އުޅޭ އިރު ވެސް އެމީހާ އަހައިލިއެވެ. “އަ… އަ… އަލްޔާ” ރޮމުން އަލްޔާ ބުނެލިއެވެ. “އެހެންތަ؟ ކޮއްކޮއަށް ކެރޭނެތަ ބޭބެމެން ގެއަށް ދާން؟ ކޮއްކޮއަށް ތަނެއް ލިބެން ދެން ވެސް އެންމެ ރަނގަޅު، ނޫނީ ކޮއްކޮ ހުންނަން ބޭނުން ދުވަހަކު ހުއްޓަސް އެންމެ ރަނގަޅު… ބޭބެމެން ގޭގަ އުޅޭނީ ބޭބެ އަންހެނުންނާ ބޭބޭގެ 3ދަރިން!” އެމީހާ ބުނެލިއެވެ. އިތުރު އެއްޗެއް ނުބުނެ އަލްޔާ ބޮލުގެ އިޝާރާތުން އާއެކޭ ބުނެލިއެވެ. އަލްޔާ އެހެން ބުނުމާއެކު އެމީހާ ކާރަށް އަލްޔާ އަރުވައިގެން ދިޔައީ އެމީހާގެ ގެއަށެވެ. އޭރު އަލްޔާ ހުރީ ދެން ވާނީ ކިހިނެއް ކަމެއް ނޭނގި މަޑު މަޑުން އެކަމާ ވިސްނާށެވެ.

އެމީހާ ކާރުގަ ދިޔަ ގޮތަށް މަޑު ކޮއްލީ ވަރަށް ރީތިކޮށް ހަދާފަ ހުރި ގޭއްގެ ދޮރު މައްޗަށެވެ. ބޭރުން ބަލާލީމަ ވެސް އެގޭގެ ހައިބަތު އެނގޭހާ ވެއެވެ. “ޝަރީފު ތިއީ ކޮން ކުއްޖެއް؟” އަލްޔާ ގޮވައިގެން އެތަރެއަށް ވަނުމާއެކު ޝަރީފުގެ އަންހެނުން ޒާހިދާ އަހައިލިއެވެ. “ތިވާހަކަ ދައްކާނީ ފަހުން ފުރަތަމަ ދޭބަލަ އެމަންޖެއަށް ފެންވެރޭނެ ގޮތަކާ ގައިގަ ބޭސް އެޅޭނެ ގޮތެއް ހަދަން…” ޝަރީފު ބުނެލިއެވެ. ޝަރީފު އެހެން ބުނުމުން މަޑު ކުރުމެއް ނެތި ޒާހިދާ ދިޔައީ އަލްޔާ ގޮވައިގެން ކޮންމެވެސް ކޮޓަރިއަކަށެވެ.

ޒާހިދާ ކޮޓަރިއަށް ވަން ގޮތަށް އަލްޔާ ފާހާނަޔަށް ވައްދާފަ ދިޔައީ އޭނާގެ އެ އުމުރުގެ އަންހެން ކުއްޖެއް ހުރީތީ އޭނަގެ ހެދުން ތަކުގެ ތެރެއިން ހެދުމެން ނަގާށެވެ. ހެދުން ހިފައިގެން ޒާހިދާ އައިސް ވަން އިރު އަލްޔާ އިނީ ފެންވަރައިގެން ނިކުމެ އެވެ. ގައިގެ މަށައިގެން ގޮސް ހުރި ތަންތަނުން ދިލަ ނަގާ ވަރުން އަލްޔާއަަށް ރަނގަޅަށް ފެނެއް ނުވެރުނެވެ. އެހެން ކަމުން ގަޔަށް ހުސް ފެންކޮޅެއް އަޅައިގެން ނިކުތީއެވެ. “ކޮން ނަމެއް ކިޔާ ކުއްޖެއްތަ ތިއީ؟ ކީއްވެ ތިހާވަރަށް ތަން ތަން މަށައިގެން ގޮސް ތިހިރީ؟” އަލްޔާގެ އަތަށް ހެދުން ދިތް ކުރަމުން ޒާހީދާ އަހައިލިއެވެ. “އަޅުގަނޑަށް ކިޔަނީ އަލްޔާ… އަޅުގަނޑު ހުރި ގެއިން ބޭރު ކުރީ! ދާނެ ވަކި ތަނެއް ނެތި ހިނގަމުން ދަނި ކޮށް އެކުސިޑެންޓުވީ..” އަލްޔާ އިސްޖަހައިގެން ހުރެ ބުނެލިއެވެ. މިފަހަރު ވެސް ހަގީގަތަށް ބުނާކަށް އަލްޔާ ބޭނުމެއް ނުވިއެވެ. “އެހެންތަ؟ ހާދަ ދެރައޭ! މިއުޅޭ މީހުން ސައިކަލަކަށް ކާރަކަށް އަރާފިއްޔާ ހީވަނީ ސުވަރުގެއަށް ދާން ލަސް ވެގެން އުޅޭހެން..!” އަލްޔާއަށް އެވަރު ވެފަ އޮތުމުން ހިތްހަމަ ނުޖެހިގެން ކާރު ސައިކަލް ދުއްވާ މީހުންނަށް ރުޅި ބާލަމުން ބުނެލިއެވެ. އަލްޔާ ހުރީ އެއްޗެއް ނުބުނެ އިސް ޖަހައިގެންނެވެ. “ގެނޭ ދައްތަ ބޭސް ހާކަ ދޭނަން އަލްޔާ އަކަށް އެކަނި ނުލެވޭންނުން!” ޒާހީދާ ބުނެލިއެވެ. އޭރު އަލްޔާ ހުރީ ފެންކަޅިވެގެން ޒާހީދާ އާ ދިމާލަށް ބަލަހައްޓައިގެންނެވެ. ޒާހިދާގެ އޯގާތެރިކަމާ ހިތް ހެޔޮކަން ފެނުނީމަ ވާނީ އެވަރު ތާއެވެ. އޭރު އަލްޔާގެ ހިތަށް އަރަމުން ދިޔައީ މާލޭގަ ވެސް އިންސާނިއްޔަތު ކަން ހުންނަ އިންސާނުން ވެސް އުޅޭތާއެވެ. އަފީފާ އަކީ ވަލު ޖަނަވާރަކަށް ވިޔަސް މިއީ ކިހާ މާތް އިންސާނެއް ހެއްޔެވެ. “މިއީ އަލްޔާގެ ކޮޓަރި… ދެން ހިނގާ ކާން ދާން! ދައްތަ މިދަނީ ކާން ހަދަން ބޭބެ ވެސް އަދި އެހެރީ ނުކާ” އަލްޔާގެ ގައިގަ ބޭސް ހާކަދީ ނިމުމުން ހިނިތުން ވުމަކާ އެކު ޒާހިދާ ބުނެލިއެވެ. ޒާހިދާގެ ހިތް ހެޔޮ ވަރު ފެނުމުން އަލްޔާ ހުރީ ކަޅި ޖަހާ ނުލާ ޒާހިދާޔާ ދިމާލަށް ބަލަހައްޓައިގެންނެވެ. އެެހެން ނުވާންވީ އެއްވެސް ސަބަބެއް ވެސް ނެތެވެ. އެ އޯގާތެރި ކަމަކީ އޭނަގެ މަންމަގެ ފަރާތުން ވެސް ލިބުނު އެއްޗެއް ނޫން ވިއްޔާއެވެ. ޒާހިދާ ނިކުންނަން ހިނގާ ގަތުމުން އަލްޔާ ވެސް އޭނަގެ ފަހަތުން ނިކުންނަން ހިނގާގަތެވެ.

“ނިމުނީދޯ؟ ހިނގާ ބަލަ ދެން ކާނެ އެއްޗެއް ދޭން ހާދަ ބަނޑުހައެއް އެބަ ވެޔޭ” ޒާހިދާ ނިކުތުމުން ޝަރީފު ބުނެލިއެވެ. “ހެހެ… ހިނގާ އަވަހަށް ކާން މަވެސް ހަމަ ތިހާލު” ހެމުން ޒާހިދާ ބުނެލިއެވެ. “ޝަރީފުގެ ދެމަފިރިންނާ އަލްޔާއާ ކާން ތިއްބާ އެެދެމަފިރިންގެ ދަރިން ކޮޅު ވެސް އައިސް ކާން ފެށިއެވެ. ނުދަންނަ މީހަކު ހުރުމުން އެއްމެން ވެސް އަލްޔާއާ ދިމާލަށް ބަލަން ފެށީ ހައިރާން ކަމާއެކުއެވެ. “ދަރިފުޅުމެން ހާދަ ވަރަކަށް އޭނަޔާ ދިމާލަށް ތިބަލަނީ..!” ޝަރީފުގެ ދަރިން އަލްޔާއާ ދިމާލަށް ބަލާތީ އަލްޔާއަށް އުނދަގޫ ވާހެން ހީވެގެން ޝަރީފު އަހައިލިއެވެ. “ނޫނޭ ބައްޕާ… ނުދަންނަ ކުއްޖެއް ވީމަ ބެލެނީ އެއީ ކޮން ކުއްޖެއްތޯ؟” ޝަރީފުގެ ދަރިފުޅު އައިރާ އަހައިލިއެވެ. “ތިވާހަކަ ދައްކާނީ ފަހުން” ޝަރީފު ބުނެލިއެވެ. އޭރު އަލްޔާ ކާ ނިމުނީ ކަމަށް ބުނެ ތެދުވެގެން ހިނގައްޖެއެވެ.

“އެއީ ވަރަށް ނިކަމެތި ކުއްޖެއް! ބައްޕަގެ ފިހާރަ ދޮރުމަތީ ހުއްޓާ ދިމާވަނީ… ބައްޕަ ފިހާރަ ބަންދު ކޮއްފަ ގެއަށް އަންނަން ވެގެން ނިކުތް އިރު ފެނުނީ ވާހަކަ ދައްކާލީމަ ބުނީ ހުރި ގެއިން ނެރެލީއޯ ދެން ބައްޕައަކަށް ނުކެރުނު އެހާ ނިކަމެތި ކުއްޖެއް ވީމަ ބަހައްޓާފަ އަންނާކަށް، އެކުއްޖާ ހުއްޓަކަސް ދަރިފުޅުމެންނަށް ވާނެ އުނދަގުލެއް ނެތެއްނުން ދޯ..؟!” އެ ކުއްޖަކީ ކޮން ކުއްޖެއްކަން ޝަރީފު އޭނަގެ ދަރިންނަށް ބުނެދިނެވެ. ޝަރީފުގެ ތިން ދަރިންނަކީ ވެސް އެ ދެމަފިރިން ގޮތަށް ކިޔަމަން ތެރި ރަނގަޅު އަހުލާގެއްގެ ދަރިންނެވެ.

ގަދަ ނިދީގަ އޮތް ވިނާންއަށް ސިއްސައިގެން ހޭލެވުނީ އަލްޔާއާ އެންމެ ފަހުވަގުތު ފޯނުން ދެއްކި ވާހަކަ ފެންނަން ފެށުމުންނެވެ. ވިނާން ކުއްލިއަކަށް ހިޔާލަށް އައީ އެދުވަހު އަލްޔާ ދެއްކި ވާހަކަ ތަކެވެ. “ކޮންމެވެސް ކަމެއް ވާން އުޅެނީ..! ހަމަ ހިތް ބިރު ގަންނަނީ ކޮންމެވެސް ކަމެއް ވާން އުޅެނީ..!” ވިނާންދެ ހިޔާލަށް އައެވެ. “ކީއްވެބާ މިރޭ އެގޮތަށް ހުވަފެން އެފެނުނީ؟ އަނެއްކާ އަލްޔާއަށް އިތުރު ކަންތަކެއް ވަނީބާ؟” ވިނާން ހިތާހިތާ ބުނަމުން ދިޔައެވެ. ކޮންމެއަކަސް ފެނުނު ހުވަފެނުގެ ސަބަބުން ވިނާންގެ ނިދި މުޅިން ހަރާބު ވިއެވެ. ހަމަ އެހިނދު ވިނާންގެ ލޮލުން ހޯސްލާފަ ކަރުނަ ފައިބައިގަތެވެ. ކޮންމެރެއަކު ވެސް ވިނާންގެ ހާލަކީ މިއެވެ. މުޅި ރޭގެ ނިދި އޮންނަނީ އޭނަޔާ މާ ދުރަށް ގޮސްފައެވެ. އަލްޔާ ނެތުމުން ވިނާންއަށް ހީވަނީ އޭނަގެ ދިރިއުޅުން އެއްކޮށް ނިމިއްޖެހެންނެވެ. މަރު ގެންދަވަންދެން އުޅެނީއެވެ. އެރޭ ހަތުރު ދަމު އުޅެއުޅެ ނުނިދުމުން އެންމެ ފަހުން ވިނާން ނިކުތީ ހިތަށް ހަމަޖެހުމެއް ލިބޭތޯ އެގޭ ބަގީޗާއަށެވެ. އެތަނަށް ނިކުތް އިރު ވެސް އެތަނުގައި ވަނީ އަލްޔާގެ ހަނދާންތައްކަން ވިނާންއަށް އިނގެއެވެ.

“ކުޑަބެ ހޭލަބަލަ! އޮފީހަށް ދާން ޖެހޭނެއްނުން މިއަދު؟” ވިނާން ނިދާފަ އޮއްވާ ގޮވަމުން ވަޒުނާ ބުނެލިއެވެ. ވިނާންއަށް ލޮލު ފިޔައެއް ޖެހުނު އިރު ފަހެއް ޖަހާވެސް ބޮޑު ވެއްޖެއެވެ. އެެހެން ކަމުން ވިނާން އޮތީ ތެދުވާ މޫޑެއްގައެއް ނޫން ކަމުން އަނެއްފަރާތަށް އެބުރި ނިދަން ފެށިއެވެ. “ބަލަ ކުޑަބެ ދެން ތެދުވެބަލަ ބައްޕައެއް ނެތޭ އޮފީހަށް ދާކަށް!” ވިނާން ނިދަން ފެށުމުން ތަން ކޮޅެއް ބާރަށް ގޮވާލައިފަ ވަޒުނާ ބުނެލިއެވެ. “ހޫނ… މި ތެދުވީީއޭ ވަޒޫގެ ކަންތައް ވެސް ހާދަ ބޮޑޭދޯ، އޭ… އަދި ތިއެއް ނޫނޭ ރޭގަ އަލް ހުވަފެނުން ފެނިއްޖެ” ކުއްލިއަކަށް ހުވަފެން މަތިން ހަނދާން ވުމުން ވިނާން ފުއްމާފަ ތެދު ވަމުން ބުނެލިއެވެ. “އެއީ ކޮންކަހަލަ ހުވަފެނެއްތަ؟” ވަޒުނާ ހައިރާން ވެގެން އޮޅުން ފިލުވަން އަހައިލިއެވެ. “ކުޑަބެ ރިސޯޓަށް ދިޔަދުވަހު ފޯނުން ދެއްކި ވާހަކަ… އެދުވަހު އަލް ބުނީ، ނޭނގެޔޯ ހިތް ބިރު ގަންނަނީއޯ… ކޮންމެވެސް ކަމެއް ވާން އުޅެނީކަން ނޭނގެޔޯ! ކުޑަބެ އެދުވަހު ބުނީ ތިއީ ކުޑަބެ ނެތީމަ ވާގޮތެކޭ… ހަމަ ދެއްކި ހުރިހާ ވާހަކައެއް ހުވަފެނުގަ ފެނުނީ!” ތަފުސީލުކޮށް ވިނާން ކިޔާދިނެވެ. “އެހެންތަ؟ އެހެންވީމަ އަލްއަށް އެކަމެއް ޖެހުމުގެ ކުރިން އެކަމުގެ ހިންޓެއް ވެސް ލިބިފަތާ ތިއޮތީ… ކީތް ކުރާނީ؟ އެމީހަކާ ދޭތެރޭ މިންވަރު ކުރައްވާ ހުރި ކަމެއް ވާނެ! އިރާދަ ކުރެއްވިއްޔާ އަލްއަށް ކޮންމެވެސް ރަނގަޅު ގޮތެއް ވާން އުޅެނީކަން ނޭނގެ.. އަބަދު ވެސް ވިސްނަން ޖެހޭނީ އެކަމެއްގަ އޮންނަ އެންމެ ރަނގަޅު ގޮތަށް” ވިނާންއަށް ހިތްވަރު ދެމުން ވަޒުނާ ބުނެލިއެވެ. އޮޅިގެން ވިޔަސް ވަޒުނާއަށް އެބުނެވުނީ ރަނގަޅު އެއްޗެކެއެވެ.

ވިނާން އަވަހަށް ތައްޔާރު ވެލައިގަން ދިޔައީ އޮފީހަށެވެ. ބައްޕަ ނެތުމުން އަނެއްކާވެސް ވިނާންއަށް އޮފީހުގެ މަސައްކަތާ ހަވާލު ވާން ޖެހުނީއެވެ. ކިތަނަމެ މޫޑެއް ނެތަސް އިތުރު ގޮތެއް ވެސް ނެތް ވިއްޔާއެވެ. އަމުދުން ރޭގަ އެ ފެނުނު ހުވަފެނަކުން ވިނާންގެ ސިކުނޑި ވަނީ ބޮޑު ހާޖާނު ގަޑަކަށް ވެފައެވެ. ވިނާން އޮފީހަށް ދިޔަ ގޮތަށް ހުރީ ބޮޑު ގޮނޑިއަށް އަރާ ކުރަންވީ ކަމެއް ނޭނގި އާޝޯހު ވެފައެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ. އޭނަގެ ސިކުނޑީގަ އިތުރު ކަމަކަށް ވިސްނާކަށް ޖާގައެއް ނެތް ވިއްޔާއެވެ.

“ހަލޯ… އުޝާ މިއީ ދައްތައޭ ވަރަށް ސަކަރާތް ވެއްޖެ!” އުޝާ ފޯނު ނެގުމާއެކު އަފީފާ ބުނެލިއެވެ. “ދައްތަ ބުނީމެއް ނުން އަލްޔާގެ ކަންތައް އެއްމެނަށް ފަޅާ އަރައިފިއޭ… އެކަމާ އެއްވެސް މީހަކު ދައްތަޔަކާ އަނގަޔަކުން ނުބުނޭ!” އަފީފާ ދެރަވެފަ ބުނެލިއެވެ. “އެހަންތަ؟ ހާދަ ވަރުގަދަ އަލްޔާއެކޭ ދޯތިއީ؟ އަޅުގަނޑު ވެސް މިއަދު ގުޅަން އުޅެފިން އެކަމަކު ދައްތަގެ ފޯނު ނިވާލައިފަ އޮންނަނީ!” އުޝާ ބުނެލިއެވެ. “އާނ… ދައްތަ މިހާރު ސިމް ބަދަލު ކުރީ އެއްކަލަ އިދުރީސް ދޭތެރެއަކުން ގުޅާތީ، ބުނަނީ ދެން ނެތްހޯ ކުއްޖެއް؟ އެކަމާ ބޯހަލާކު ވެގެން ބަދަލު ކޮއްލީ! އަނެއްކޮޅުން ބޭބެމެންނަށް އެނގުނީމަ އޭނަ ގުޅާ އިރަކުން ބޭބެ ހުރެއްޖެއްޔާ ފަޅާ އަރާފާނެ ތީވެ..!” ސިމް ބަދަލު ކުރި ވާހަކަޔާ ހުރިހާ ތަފުސީލެއް އުޝާއަށް އަފީފާ ކިޔާދިނެވެ. “އާނ… އަދި ތި ވާހަކައެއް ނޫނޭ! އިދުރީސް ގުޅި ރޭ ދަންވަރު… ބުނީ އަލްޔާ ފިލާފިޔޯ އެވާހަކަ ބުނަންށޭ އަޅުގަނޑު ގުޅީވެސް!” އުޝާ ގުޅަން އުޅުނު ސަބަބު ބުނެލިއެވެ. “ކީކޭ؟! ފިލީއޭ!؟ ކީއްވެ އޭނަޔަށް ފިލެންވީ؟!” ހައިރާންވެގެން އަފީފާ އަހައިލިއެވެ.” ތިއެއް ނޭނގެ އިދުރީސް ބުނީ ރޭގަ އޭނަ އޮތީވެސް ވަރަށް ބަލިވެޔޯ އެކަމަކު ވެސް ރައްކާ ވެއްޖެޔޯ!” އިތުރަށް އޮޅުން ފިލުވާ ދެމުން އުޝާ ބުނެލިއެވެ. “އަނެއްކާ އަނެއް މުސީބާތެއްނުން ތިޖެހުނީ! އަނެއްކާވެސް މިގެއަށް ކަންނޭގެ ފެއްސޭނީ! އަޅެ އެހިމާރު މަރު ވާކަށް ވެސް ނުއުޅުނޭ! އެހެންޏާ ފަހެ އެ މުސީބާތަކާ ހުރެ ވިއްޔާ މަށާ މަގޭ ދަރިންނާ މޫނު ކެޑި ފިރިމީހާޔާ ހަތަރު ކަޅި ހަމަ ނުވެގެން މިއުޅެނީ! ހަމަ ތެދެއް މިބުނީ ދެން ފެނުނު އިރަކުން މަރާލާނީ..!” ކިޔޭ ނުކިޔޭ ނޭނގޭ ހާލު އަފީފާ ރުޅި އައިސް ހަޅޭއް ލަވަމުން ދިޔައެވެ. އުޝާ ހުރީ އަފީފާ އެގޮތަށް ވާހަކަ ދައްކާތީ ހެވި ދިލިފައެވެ. ލަނޑަޔާ ވާނީ ލަނޑަޔާ އޭ ބުނާ އުސޫލުން އެއީ އެއްކަހަލަ ދެމީހުން ވިއްޔާއެވެ. ދެން ވާނީ ވެސް އެެހެންތާއެވެ. “އެ މުސީބާތު މިގެއާ ހަމަޔަށް ނާދެވެނީސް ފިޔަވަޅެއް އަޅަން ހިނގާ! އެހެން ނޫނީ އަނެއްކާވެސް މުސީބާތާ ޖެހޭނެ!” އަފީފާ ރުޅި އައިސް ބުނެލިއެވެ. ދެމީހުން ދެއްކި ވާހަކަ ކަނުލާ އަޑުއަހަން ހުރި ވަޒުނާޔަށް ހީވީ ބޮލަށް އުޑު ވެއްޓުނު ހެންނެވެ. އަމާގެ ހުރި ޖަނަވާރު ކަން ހިތަށް އަރައެވެ. އަދި އެކަމަކީ މަންމަޔާ އުޝާޔާ ދެމީހުން ރާވައިގެން ކުރި ކަމެއް ކަން ވެސް ވަޒުނާއަށް ފަޅާ އެރިއެވެ. އަފީފާއަށް ފެނުމުގެ ކުރިން ވަޒުނާ އަވަހަށް ނިކުތީ ބޭރަށެވެ. ޑިއުޓީގަ ހުރެފަ ކުއްލިއަކަށް ގެއަށް އަންނަން ޖެހިގެން އަންނަން ޖެހުނީމަ ވަޒުނާ އައީއެވެ. އަދި މިވަގުތު ގެއަށް އަންނަން ޖެހުނު ކަމަށްޓަކައި ހާސް ފަށުން ޝުކުރު ކުރިއެވެ. އިތުރު ވަގުތު ވެސް ނަގާ ނުލާ ވަގުތުން ވިނާންއަށް ގުޅާ ހުރިހާ ވާހަކައެއް ވަޒުނާ ކިޔާ ދިނެވެ. އަދި ސުހޭލްއަށް ގުޅައިގެން އިތުރަށް އެކަމާ އުޅެން އަންގާފަ ވަޒުނާ ދިޔައީ ހޮސްޕިޓަލަށެވެ.

…..ނުނިމޭ…..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dhippi

Level 4100 Comments10 Stories

My name is Athifa Adam (Dhippi). I like to read and write stories. I am from K.Mal'e. I'm a woman. I'm 35 years old.

Other Articles

Previous

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ 41 (އެކާޅީސްވަނަ ބައި)

Next

ހަވޭލީ (1)

Next
October 8, 2017

ހަވޭލީ (1)

Previews
October 8, 2017

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ 41 (އެކާޅީސްވަނަ ބައި)

22 Comments!

  1. Adam says:
    October 8, 2017 at 12:14 am

    Koba miothy up vefa heeves nukuran mirey vedhaaneyekey ves thanks thikuri inthizaarah ummeedhu kuran mi part ves kamu dhaane kamah

  2. Kiyuntheriya says:
    October 8, 2017 at 12:29 am

    Alhey haadha kuru konney thigesdhinee.. dhen konirakun tha next part othy.keh madhuvefa.. mi oart ves vara reethi..dhen alhe vinaan ah alya hurithaneh igeynama dhw

    1. Adam says:
      October 8, 2017 at 12:43 am

      Thanks next part dhigu kureveytho balaanan Al a vinaayaa aa dhimaa vaane

  3. Afy says:
    October 8, 2017 at 12:32 am

    Alhey ehenveyey Afy Adam dheke loabi vany. Mirey ves bedtime story up koddhiny kihaa loabin ??
    Alya fakeeru dhw. Iraadha kurevviyya mifaharu myhun ragalhu vaane. Ekam varah beynun vinan ah alya ge habareh vaan. Esoru ves eyoh vaathaa vany viyya. Haadha dhera veyey ?
    Oiksss Adam lurve. Thanks alot. Good night
    See you ?

    1. Adam says:
      October 8, 2017 at 12:47 am

      Hehe Adam kihaa molhu afy bedah erithan balan hurefaey mi up kuree vinaa hanaa viyaka nudheynan

    2. Afy says:
      October 8, 2017 at 8:29 am

      Bbe ehen vy iru avahah vina ah angaba. Alll e dhiya geyga balaaba vinaage noony vazu ge friend eh ulheytho. Noony vina men office kujjeh viyas. Huvaa hiyfalhaigen midhany thikamaa hithaama koh koh. Nuvithaakah sikudi ah kuraa baarakun boa falhaigen midhany vina aa alll aa dheythereyga visna visnaa. ????

  4. Laal says:
    October 8, 2017 at 12:35 am

    Mashah Miothy first libifa..v reethi vaahaka..

  5. Ram says:
    October 8, 2017 at 12:44 am

    And again after a long time.. hehe.. v salhi mihaaru mivaahaka kuri ah dhaa goiy.. kiyuntheringe vx furihama ehbaarulun libeyy.. and i love this story too… keep it up adam and good luck ?

    1. Adam says:
      October 8, 2017 at 12:56 am

      Thanks ram hehe miss vefa huhtaa habareh thivee?

    2. story addict says:
      October 8, 2017 at 1:39 am

      ram

    3. Ram says:
      October 8, 2017 at 11:07 am

      Labba story addict?

  6. Ammuty says:
    October 8, 2017 at 1:53 am

    I think ey Alya ge aslu mom & dad. Story v salhi. Curious to read next part.

  7. khajja says:
    October 8, 2017 at 1:55 am

    Alhey adamooo haadha kureyyy stry v rythi ekam mihaaru thigenes dheny haadha kurukonneyyy v kiyaahithun kiyaa stry eh mi ee thihennahadhaa thankolheh dhigukongenesdhybala plx whn nxt prt avahah up kolladhybala gud nyt ly ??❤❤??

    1. Adam says:
      October 8, 2017 at 1:15 pm

      Aslu adam thankolhei kuru koi genesdhey reason aky adam varah daily koi up kuraathy…ehn v ma..

  8. Yum says:
    October 8, 2017 at 7:21 am

    Nice…..???????

  9. Mady says:
    October 8, 2017 at 8:18 am

    V nice afyfa ah ladeh dhybala

  10. Reet says:
    October 8, 2017 at 9:12 am

    Vvv reethi vinaan aa dhimaa vaany kon irakun please thankolheh avahah up kohdhee bala

  11. sana says:
    October 8, 2017 at 9:16 am

    Very very very very nice????????????????????????????

  12. Fary says:
    October 8, 2017 at 9:39 am

    Vara nala keep it up,. Waiting for next part

  13. Rishu says:
    October 8, 2017 at 10:58 am

    Mi vaahaka vrh reethi. Kurukoh genes dhinas knme dhuvahaku genes dheythy vrh happy vey?

  14. mai says:
    October 8, 2017 at 2:21 pm

    Adam kon rashetha?

  15. Hajja says:
    October 8, 2017 at 3:00 pm

    Dhen alya ah filan eheevi kudhin nah alya eheevaanebaa

Comments are closed.

Next Episodeޢެދެމޭ އުފާ….(29)←


All Right Reserved!