Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

އިންސާފެއް ނެތް އަނިޔާ (1)

shiuraa Level 1
October 8, 2017 4 Mins Read
10 Comments

ޒުވާން އުމުރު ވޭތުވަމުން ދިޔައީ އާއިލާ އާއި ރައްޓެހިން ތިބިނަމަވެސް ޢިޝްޤީ އެކަނިވެރިކަމުގެ ތެރޭގައެވެ. އަމިއްލައަށް އެކުލަވާލައިފަވާ ޝަރުތުތަކާ ބައްދަލުވާ ފަރާތަކާ ދިމާނުވާތީއެވެ. މާބުރުގެ އުސޫލުން އަޖުމަ ބެލުމުގެ ސިލްސިލާއެއް ފެށުމަށް ނިޔަތެއް ވެސް ނެތީމައެވެ. ރައުދާ އާ ދިމާވީ އިއްތިފާގަކުންނެވެ. ފުރަތަމަ ނަޒަރުން ގަޔާވިނަމަވެސް ލޯބިވެވުނީ ވަަރަށް ރަނގަޅަށް އޭނާ ދަސްވެ ބޭނުންވާ ޝަރުތުތައް ފުރިހަމަ ވާކަން އިނގިގެންނެވެ.

އުއްމީދު ކުރި ހުރިހާ ސިފައެއް ހުރިކަން ޔަގީންކޮށް ފަހުރުވެރި ކަމާއެކު ޒަވާޖީ ހަޔާތަށް ފެށީމެވެ. އެރީތި ޖިސްމުން ހުރިހާ ހިތްހަމަޖެހުމެއް ހޯދަމުން އައީ ފަރުދާގެ ފުރަގަހުގައި ކަންތައްތަކެއް ހިނގާކަން އެއްވެސް ވަރަކަށް ނޭގިހުރެއެވެ. އެކަހެރިވެލެވޭ ކޮންމެ ވަގުތަކު އިޝްގުގެ އެންމެ ފުންކަނޑަށް ފީނާ އަސްލު ރާހަތު ލިބިގަންނަނީ އުނިކަމެއް އައިބެއް އެޖިސްމުން އަމުދުންވެސް ފާހަގަ ނުކުރެވޭތީ ވަރަށް ގަޔާވެ ހުރެގެންނެވެ. ކައިވެންޏަށް އަހަރު ވީއިރުވެސް ކައިވެނީގެ ފުރަތަމަ ރެއި ކުރެވުނު އުފާވެރި އިޙްސާސްނޫން އެހެން އިހްސާސެއް ކުރާކަށް ފުރުޞަތެއް ނުދެއެވެ. އަހަރު ވީއިރުވެސް ކޮންމެ ގައިގޯޅި ވެލުމަކުން އިހްސާސް ކުރެވެނީ އާކަމާ ތާޒާކަމެވެ.

ކައިވެންޏަށް އަހަރުވީފަހުން ތަފާތުތަކެއް ފާހަގަ ކުރެވެން ފެށިއެވެ. އަޅާލުން ކުޑަވެ ކޮންމެ ގޮތެއް ވަރިހަމަވާން ފަށައިފިއެވެ. ކޮންމެ ވަގުތަކުވެސް އެންމެ ފްރެޝްކޮށް ހުންނަން މަޖުބޫރުކުރުވި ކުރުވުން ނިމުމަކަށް ގެނައެވެ. ރޭގަނޑު ހަތަރުދަމު ފެންނުވަރާ ހުއްޓަސް އަޅާވެސް ނުލައެވެ. ހުރިހާ ހައިކަމެއް އިހްސާސް ކުރަމުން ނިންޖާ ހަނގުރާމަ ކުރުން ނޫން ގޮތެއް ނެތްހިސާބަށް ހިނގައްޖެއެވެ. މިއައި ބޮޑު ބަދަލާމެދު ވިސްނަންފަށައިފީމެވެ. އެބަދަލު އެއައީ އަހަރެންގެ ފުށުން ހެދުނު ގޯހަކުންބާވައެވެ. އަމިއްލަ ކުށް ގަބޫލް ކުރެވުމަކީ އާއްމު ކަމަކަށް ނުވާފަދައިން ވިސްނާވިސްނާ ވެސް އަމިއްލައަށް ހެދުނު ގޯހެއް ނުވިސްނުނެވެ. އެއްވެސް އިމެއްނެތި އިންތިހާއަށް ލޯބިވާތީ ޝަކުވާ ކުރާނެ ހިއްވަރެއް ނުލިބުނެވެ. ހިތުގައި ޝައްކާ ވަސްވާސް އުފެދެން ފަށައިފިއެވެ. ބަދަލު އައި ސަބަބު ހޯދުމުގައި ކެތްތެރި ކަމާއެކު ދުރުދުރުން މަންޒަރު ބަލަން ފަށައިފީމެވެ. އަސްލެއްނެތް ތުހުމަތެއް ކުރަން ބޭނުންނުވާތީ ޔަގީންކަމެއް ހޯދުމަށް ވަރަށް ގިނަ ދިމަދިމާލަށް ދުރުމި އަޅަން ފަށައިފީމެވެ.

ލަސްތަކެއްނުވެ ހަގީގަތާ ހަމައަށް ވާސިލްވެވިއްޖެއެވެ. ހީކުރެވުނު ގޮތައް ފެނުނީ އެންމެ ދެކެން ބޭނުންނުވާ މަންޒަރެވެ. މަކަރުވެރިކަމުގެ އިންތިހާގައި ހުރެގެން އެހެން މީހެއްގެ ފަރާތުން އެލައްޒަތު ލިބިގަންނަކަން ޔަގީންވުމުން ހިތްކުދިކުދިވިއެވެ. އެއްވެސް އިމެއްނެތި ވެވުނު މަތިވެރި ލޯބީގެ އަގަކީ ބޭވަފާތެރިކަމުގެ ހިތިރަހަ އިހްސާސްކުރުން ކަމުގައި ވެއްޖެއެވެ. ބޭވަފާތެރިކަމުގެ ވޭނާ ހިތްދަތިކަމުގައި ދުވަސްތައް ހޭދަކުރަން ޖެހުމުން ހިތުގައި އުފެދިފައިވާ މަތިވެރި ލޯބި ނަފުރަތަށް ބަދަލުވާން ފެށިއެވެ. އެހެނަސް ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ. އެންމެ ސަބަބަކާ ހުރެއެވެ. އަނބިމީހާގެ އުޅުމާ އަޚުލާގު ކަމުނުދާކަން ޔަގީންވިއިރު ވަގުތު ފާއިތުވެއްޖެއެވެ. އެ ވިޔާނުދާ އަންހެނާގެ ބަނޑުން ބައްޕަކިޔާނެ ދަރިއަކު އުފަންވުމީ ލިބުނު އެންމެ ބޮޑު ހިތާމަ ކަމުގައި ވެއްޖެއެވެ. ދަރިއަކު ލިބުނީތީކީ ނޫނެވެ. ކައިވެނި ރޫޅިއްޖެނަމަ ފުރާނައަށްވުރެ ލޯބިވާ އެދަރިފުޅު ބިކަވެދާނެތީއެވެ. ކެތްތެރިކަން އިސްކުރެވޭތޯ ބެލީ އެލޯބި ލޯބި މައުސޫމް ދަރިފުޅުގެ ހައްގުގައެވެ.

ޒުވާން ކަމުގެ ހުރިހާ އުފާތަކުން މަހުރޫމް ވެގެން ހިތުގައިވާ ފުންޒަހަމް ތަކަށް އެއްވެސް ފަރުވާއެއް ނުދީ ދަރިފުޅުގެ ހައްގުގައި ހުރިހާކަމެއް ގުރުބާން ކުރަމުން ދިޔައީމެވެ. ހުރިހާ ހަގީގަތެއް އެނގުމުންވެސް އެއްވެސް މީހަކަށް އެކަން ނާންގާ ސިއްރު ކުރީމެވެ. ދަރިފުޅުގެ މަންމައަކީ ގޮތެއްފޮތެއްނެތް މީހެއްކަން އެއްވެސް މީހަކަށް އަންގަން ބޭނުން ނުވާތީއެވެ. އެ މަންމަގެ އަގެއް ނެތުމަކީ ދަރިފުޅުގެ އަގަށްވެސް އުނިކަން ލިބޭނެ ކަމެއް ކަމުގައި ވިސްނޭތީއެވެ. ހިތުގައިވާ ޒަހަމްތަކުން ނަގާ ދިލައާ ލިބޭ ވޭންތަކާއެކުވެސް އެހެން މީހުންގެ ލޯތަކަށް އެކަން ސިއްރުކޮށް އެ ބޭވަފާތެރި އަންހެނާއާއެކު ހަމަޖެހިގެން އުޅޭގޮތް ދެއްކީމެވެ. ދަރިފުޅުގެ ހައްގުގައި ކެތްތެރިވުމުގެ އަގަކީ އިތުރުވޭން ތަކެއް ތަހައްމަލް ކުރަން ޖެހުން ކަމުގައި ގަބޫލް ނުކުރުމަށާ، އުނިކަމެއް ނެތްކަން ޔަގީންވާ ހާލު ހުރިހާ އުނިކަމެއް އިހްސާސް ކުރުމަކީ އަމިއްލަ ނަފްސަށް ދެވޭނެ އެންމެ ބޮޑު އަނިޔާކަން އަމިއްލަ ޟަމީރު ބުނެދިން ނަމަވެސް ލޯބިވާ ދަރިފުޅުގެ ހައްގުގައި ކެތްތެރިވެވޭތޯ ކުރި މަސައްކަތް ކޮޅުންލީ ފާޅުގައި އެ ނުބައި ޖަރީމާތަކުރާރު ކުރަން ފެށުމުންނެވެ.

ކުށެއްނެތް މަޢުޞޫމް ދަރިފުޅުގެ ހައްގުގައި ނަމަވެސް އެ ނުބައި އުޅުން އިޞްލާޙު ކުރުމަށް އެތައް ފަހަރަކު ކުރި އާދޭސް ބޮލާލާ ޖަހާ ލަތުވެތިކަމާ، ޢިއްފަތްތެރިކަމުގެ އިން ފަހަނަޅާ ގޮސް ހަޑިމުޑުދާރު އެ އަމަލު ތަކުރާރުކުރަން ފެށުމުން ދެން ކެތްނުވާނެކަން ޔަގީންވުމާއެކު ކައިވެނި ރޫޅާލީމެވެ.

ކައިވެނި ރޫޅުމާއެކު ދަރިފުޅު ގޮވައިގެން އޭނަގެ ގެއަށް އޭނަ ހިނގައްޖެއެވެ. އެތަކެއް އުއްމީދެއް ހިތުގައި ޖަމާކޮށް ބަދަހި ޢާއިލީ ގުޅުމެއްގެ ތެރޭން ހަރުދަނާ ދަރިންތަކެއް މުޖުތަމަޢަށް ނެރެ އުފާވެރި މުސްތަޤްބަލަކަށް އެދިގެން ފެށި ޒަވާޖީ ޙަޔާތް ކުރުމުއްދަތެއްގެ ތެރޭގައި ރޫޅިގެން ދިއުމުން ނާއުއްމީދާ މާޔޫސްކަމުގެ އަޅަކަށް ވެއްޖެއެވެ. މީހުން ތެރަށް ނުކުމެ ހީސަމާސާކޮށް ހެދުމަކީ ކުރެވޭ ވަރުގެ ކަމަކަށް ނުވުމުން ގޭގެ ހަތަރު ފާރުގެ ތެރޭގައި ތާށިވާން މަޖުބޫރުވިއެވެ. އާއިލާގެ މީހުންނާ ހެއުއެދޭ ރައްޓެހިން ކިތަންމެ ހިތްވަރެއް ދިނަސް ހަށިފޮޅާލާފައި ތެދުވެ ދިރިއުޅުމާ ކުރިމަތިލާނެ ހިތްވަރެއް ނުލިބުނެވެ. ތެދުވެރި ލޯތްބަކީ ދުވަހަކުވެސް މަރުވާނެ އެއްޗެއް ނޫންކަމުން އެ ހުރިހާ ބޭވަފާތެރިކަމާ ވޭނާ ކެކުޅުންދިން އަނިޔާވެރި އަންހެނާގެ މަތިން ހަނދާންވެ ރޮވެނީ އަހަރެންގެ ހިތުގައި އުފެދިފައި ވަނީ ތެދުވެރި ހަގީގީ ލޯބިކަމުގައި ވާތީއެވެ. އެއަށްވުރެ ބޮޑު ވޭނަކަށްވީ އެކުޑަ ކުޑަ ދަރިފުޅު ލޮލަށްވެސް ނުފެނި އުރާލާ ލޯބިކޮށްލާނެ ފުރުޞަތު ބަންދުވުމުންނެވެ.

ދަރިފުޅު ދެކެން ކިތަންމެ ބޭނުންވިޔަސް އެ ނުބައި ނުލަފާ އަންހެނާގެ ކުރިމައްޗަށް އަރާކަށް ބޭނުމެއް ނުވެއެވެ. އެހެނަސް އެ ކުޑަކުޑަ ދަރިފުޅު ބައްޕަގެ ލޯބިން މަހުރޫމް ކުރުމަކީ އިންސާފުކަމުގައި ނުވާނެތީއާ، ހިތުގައި އެ ދަރިފުޅާމެދު އުފެދިފައިވާ ލޯބީގެ ސަބަބުން ދަރިފުޅު ދެކިލަން ނުގޮސް ކެތްނުވުމުން ހިތާ ދެކޮޅަށް ނަމަވެސް އޭނަގެ ގެއަށް ދިޔައިމެވެ. ގޭތެރެއިން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ކުރިންވެސް އޭނަ އުޅުނު ކޮޓަރީގެ ތެރެއިން ދަރިފުޅު އޭނާގެ މަންމައަށް ގޮވާއަޑު އިވެއެވެ.

ބާރު ބާރަށް ގޮސް ދޮރުގައި ޓަކިވެސްނުޖަހާ ދޮރު ހުޅުވާލީމެވެ. ފެނުނު މަންޒަރުން ރުޅި އައުމުގެ ބަދަލުގައިވީ ދެރައެވެ. ހެއު ނުބައި ވަކި ކުރަން ނޭނގޭ އެކުޑަ ދަރިފުޅުގެ ލޮލުގެ ކުރިމަތީގައި ހިނގާފައި ވާނެ ހަޑިމުޑުދާރު އެތައްކަމެއް ސިފަވުމުން ދެލޯ ފެންކަޅިވިއެވެ. މައިވަންތަ ކަމުގެ ކުލުނާ ލޯބި ވަޅުލުމަށްފަހު ދަރިފުޅުގެ ގޮވުންތަކަށް ފަރުވާލެއްނެތި ތިމާ ބޭނުންވާ އަރާމު ލިބިގަތުމުގައި މަސްޣޫލްވެގެން އޭނަ އުޅެނީކަން ޔަގީންވީ އަހަރެން ކޮޓަރިއަށް ވަތް އަޑަށް އޭނަ އެނދުން ތެދުވިއިރު އެނދުގައި ބިއްދޮށަށް އެނބުރިގެން އޮތް ފިރިހެނަކު ފެނުމުންނެވެ. އޭ ކާކުތޯ ބެލުމުގެ މާބޮޑު ޝައުގުވެރިކަމެއް ނެތުމާ އަދި އޭނައާ އަނގައިން ބުނުމަކީ މިއަދު އަހަރެން ކުރަން ޖެހޭކަމެއްކަމަށް ނުދެކޭތީ ކޮޓަރީގެ އެއްފަރާތުގައި ހުރި ކުޑަ އެނދުގެ ތެރޭގައި ކޮޅަށްހުރި ދަރިފުޅު އަހަރެން ނެގީމެވެ. ދޮރުގައި ޓަކި ނުޖަހާ ވަނުމުން އޭނަ ރުޅިއައި ނަމަވެސް އަހަރެން ބޭނުން މިސްރާބަށް ދަތުރު ކުރުމަށް ލިބުނު ހިތްވަރާއެކު ދަރިފުޅު މެޔާލާ ބޮނޑިކޮށްލައިގެން ކޮޓަރިން ނުކުތީމެވެ. ކޮޓަރިން ނިކުތުމުން ދަރިފުޅު ރޯން ފެށުމުން އަހަރެން ހީކުރީ އަހަރެންގެ ފަހަތުން އޭނަ ނުކުންނާނެ ކަމަށެވެ. ފަހަތަށް އެނބުރި ބަލާވެސް ނުލާ ދަރިފުޅު ހުއްޓާލެއްވުމަށް މަސައްކަތް ކުރަމުން އަހަރެން އެގެއިން ނުކުތީމެވެ.

ތަންކޮޅަކަށް ހިނގާލުމަށްފަހު އެނބުރި ފަހަތަށް ބަލައިލީމެވެ. އޭނަގެ ހިލަމެއްވެސް ނެތެވެ. މައި ލަގޮނޑިއަށް ކެތް ނުވެޔޭ އެބުނާ ބަހަކީ ތެދު ބާވައޭ އަހަރެންގެ ހިތަށް އެރިއެވެ. އެ ވަހުޝީ އަންހެނާގެ ބެލުމުގެ ދަށުގައި ދަރިފުޅު ދެން ނުބެހެއްޓުމަށް ހިތުގައި އަޒުމް ކަނޑައަޅައިގެން ދަރިފުޅު ގޮވައިގެން އަހަރެންގެ ގެއާ ދިމާލަށް ހިނގަމުން ދިޔައީމެވެ. މަންމައަކީ އަދި ކުއްޖަކު ބެލޭވަރުގެ ބާރު ހަށިގަނޑުގައި ހުރި އެހާ ދުވަސްވީ މީހެއް ނޫންކަމުން މަންމަ އަހަރެންގެ ދަރިފުޅު ބަލާދޭނެކަމުގެ ފުރިހަމަ ޔަގީން ކަމާއެކުގައެވެ. ދަރިފުޅު ގޮވައިގެން ގެއަށް ދިއުމުން މަންމަ އައިސް ދަރިފުޅު އުރާލިއެވެ. މާމަ ދަރިފުޅު އުރާލަން ނުލިބި ދުވަސްތަކެއް ވެފައިވުމުން އެދަރިފުޅު އުރާލުމަށް ބޭނުންވެފައި ހުރި މިންވަރު މަންމަގެ ހަރަކާތްތަކުން އަހަރެންނަށް ޔަގީންވިއެވެ.

މަންމަ ދަރިފުޅު ގޮވައިގެން އުޅޭތީ އަހަރެން ސިޓިންގރޫމްގައި ހުރި ސޯފާގައި ޖައްސާލިމެވެ. ދަރިފުޅު މިގެނައީ ދެން އެ ނުބައި ނުލަފާ އަންހެނާއާ ހަވާލު ނުކުރާ ގޮތައްކަމަށް މަންމައަށް ބުނެދޭން އަހަރެންނަށް އެހާ ފަސޭހައެއް ނުވިއެވެ. މަންމައަކީ ވެސް ހަރުކަށި މިޒާޖުގެ މީހެއްކަމުން މަންމަގެ ރުހުން ނުހޯދައި އެގޮތަޢް ދަރިފުޅު ގެނައުމަށްފަހު ދެން އެވާހަކަ ބުނުމުން މަންމަ ދޭނެ ޖަވާބެއް ނެގެތީ އެކަމާ ވިސްނަން އިންދައި އަހަރެންނަށް ފެނުނީ އެ ގޮތެއް ފޮތެއްނެތް އަންހެނާ އައިސް ގެއަށް ވަތްތަނެވެ. އަދި އެއްވެސް ލަދުވެތިކަމެއް ޖެހިލުމެއްވެސް ނެތި ވަރަށް ހަމަޖެހިލާފައި ހުރެގެން އަހަރެންގެ މަންމައާ ދިމާލަށް ދާތަން ފެނުމުން ސޯފާއިން އަހަރެން ތެދުވެ އަހަރެންވެސް މަންމައާ ދިމާލަށް ހިނގައިގަތީމެވެ. އޭނައަށްވުރެ ކުރިޔަށް އަހަރެންގޮސް މަންމަ އަތުގައި އިން ދަރިފުޅު އުރީމެވެ. އަދި ދަރިފުޅު ގޮވައިގެން ސޯފާގައި އިށީނީމެވެ. އެއްވެސް ހަގީގަތެއް ނޭގޭ ހާލު ވަރަށް މަޖާވެލާފައި ދަރިފުޅު އިނެވެ.

އަހަރެން ސޯފާގައި އިށީނުމުން މިއައީ ދަރިފުޅު ބަލައޭ އޭނަ ބުންޏެވެ. އަހަރެން އޭނައާ ކުރީ ސުވާލެކެވެ. ދަރިފުޅު ބަލާ ތިއައީ ކީއްކުރަންތޯ އަހަރެން އެހީމެވެ. އެސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އޭނަ ބުނީ އޭނައަށް އެބަ ލަސްވާކަމަށާ ދަރިފުޅު އޭނަ އަތަށް ދިނުމަށެވެ. އެހިސާބުން އަހަރެން ރުޅި ގަދަވިއެވެ. އެގެއަށް ދިޔަ އިރު އެދަރިފުޅު މަންމައަށް އެދި ގޮވަމުން ދިޔައިރު އެކަމާ އަޅާވެސް ނުލާ އޭނަ ގަތްގަނޑު ހިތަށް އައުމުން އަހަރެންގެ ލޭ ކެކިގެން ދިޔައެވެ. މަންމަގެ ހާޟިރުގައި ކަމަށް ވުމުން ބޭނުންވި ހުރިހާ އެއްޗެއް އޭނައާ ދިމާލަށް ގޮވާލަން އަހަރެންނަކަށް ނުކެރުނެވެ. އަހަރެން ހަމައެކަނި ބުނީ ތި ހަޑިމުޑުދާރު އަންހެނާގެ ހަޑިމުޑުދާރު ޢަމަލުތަކުގެ ޝިކާރައަކަށް މި ދަރިފުޅު ވާކަށް ފުރުޞަތެއް ނުދޭނަން ކަމުގައެވެ. އަދި ހަމަ މިހާރު މިގެއިން ނުކުތުމަށް އަހަރެން ބުނީމެވެ. އޭނަގެ ނުބައި ނުލަފާކަމާ މައިވަންތަ ކަމުގެ އެއްވެސް ކުލުނެއް ލޯތްބެއް އޭނަގެ ހިތުގައި ނެތީތީ އަހަރެން އެހެން ބުނުމުން އެއްވެސް އެއްޗެއް ނުބުނެ ގެއިން ނުކުމެގެން ހިނގައްޖެއެވެ.

ވާނުވާ ބަލަން އިން މަންމަ ސުވާލުގެ ނަޒަރަކުން އަހަރެންނާ ދިމާލަށް ބަލަން އިނެވެ. ދަރިފުޅުވެސް ވާނުވާ ނޭގުނަސް ދެރަވެފައި އިންކަން އިހްސާސް ކުރެވުމުން އަހަރެންގެ ދެލޯ ފެންކަޅިވިއެވެ. އެ ކުޑަކުޑަ ދަރިފުޅު މަންމައާ ވަކި ކުރުމުން ލިބޭނެ އުނިކަން އަހަރެންނަށް އިޙްސާސް ކުރެވެއެވެ. އެހެނަސް އެވިޔާނުދާ އަމަލުތައް ހިންގާ މާހައުލުގައި އެ ދަރިފުޅު ބެހެއްޓުމުން ފަހުން ކުރަން ޖެހޭ ހިތާމަ މާބޮޑުވާނެކަން އަހަރެންނަށް ވިސްނެއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shiuraa

Level 1

Other Articles

Previous

އީލާމް -10

Next

ދުރުގައިވިޔަސް…38 ވަނަ ބައި

Next
October 8, 2017

ދުރުގައިވިޔަސް…38 ވަނަ ބައި

Previews
October 8, 2017

އީލާމް -10

10 Comments!

  1. Mariyam Ubaid says:
    October 8, 2017 at 9:03 am

    Varah Reethi

    1. Stories, Poetry and Thoughts from Shabab says:
      October 8, 2017 at 9:36 pm

      Thanks. My very first comment. 😀

  2. sana says:
    October 8, 2017 at 11:55 am

    Wow!When next part?????

    1. shiuraa says:
      October 8, 2017 at 1:56 pm

      Thanks.
      Next part iraadha kurevviyya Tuesday ga. Eyah vure avas ves vedhaane.

  3. Xxxx says:
    October 8, 2017 at 1:32 pm

    V.nice..?

  4. shiuraa says:
    October 8, 2017 at 4:06 pm

    Please give ur comments n feedback.
    Hurihaa faadu kiyunthakah ves maruhabaa kiyan.
    You can offer suggestions n comments at https://www.facebook.com/ShababStories/

  5. alll says:
    October 8, 2017 at 5:50 pm

    V v v reethi ….ekam v faahaga kurevey miharu liyaa vaahaka thakuga ehves varakah sifakurun nuhunna kan….ey vaahakaage v muhinmu kameh….

    1. shiuraa says:
      October 8, 2017 at 7:28 pm

      haha. mee aslu varah kureega fashaafa in vaahaka eh. ekamu dhen mihaaru ge vaahaka thakaa eggoi vee dho. try kuraanan thafaathu kureveytho dhen liyaa vaahaka egga. thanks.

  6. binnu says:
    October 8, 2017 at 7:22 pm

    Kurin kiyun vaahakaeh hen heevey

  7. Shaa says:
    October 9, 2017 at 1:26 am

    Vrh reethi

Comments are closed.

Next Episodeއިންސާފެއް ނެތް އަނިޔާ – 2←


All Right Reserved!