Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދުރުގައިވިޔަސް 36 ވަނަ ބައި

writer Level 310 Stories100 Comments
October 6, 2017 5 Mins Read
19 Comments

ނަކީލް މާޔާއަށް އެ ސިއްރުކުރާ ފަރާތް މާޔާއަށް ތައާރަޕްކޮށްދޭދުވަސް ކައިިރިވީއެވެ. ކޮންމެ ގޮތެއްވިޔަސް އެދުރުކަމާއި އެ އަދިރިކަން އެ ހަޔާތުން ކަޑުވަން ކައިލް ބޭނުންވެއެވެ. ކިތަންމެ ބޮޑު ރިސްކެއް ނަގަން ޖެހުނަސް ހެޔޮކަމަށް ނިންމީ އެހެންވެއެވެ.
މާޔާ ނަފްސު ހަމައަކަށް އެޅުމުން ނަކީލްއާއި ކައިރިވެވިފައިވީ ވަރުވެސް އިހްސާސްކުރެވުނެވެ. އެހައްޤު ނަކީލްއަށް ދެން ދެވެން ނެތް އިރު އެގޮތަށް އަތްލުމުން މާޔާ ހިތްހަމަނުޖެހުނެވެ. އެއް އިރެއްގައި ނަކީލްގެ އަންހެނުނަށްވީ ނަމަވެސް މިހާރު އެއީ ދުރުހިލޭމީހެކެވެ. އެެކަން އެހެން ހެދީވެސް ނަކީލް ނޫންހެއްޔެވެ. މާޔާ ނަކީލްގެ މޭގައި އަތްއަޅައި ކޮއްޕާލުމުން އެކަމަށް ނުވިސްނާ ހުރި ނަކީލް ނުވެއްޓުނީ ކިރިޔާއެވެ. ޝަކުވާގެ ނަޒަރަކުން މާޔާއަށް ބަލަން ހުރީ ޤަބޫލުކުރަން ދަތިވެފައެވެ. އެއީ ނަކީލްއަށް ލިބިގެންވާ ހައްޤެއްކަން މާޔާއަށް ވިސްނޭނެނަމައެވެ. ހަޤީގަތުގައި މާޔާ ކަންތައްކުރިގޮތުން ނަކީލް ހިތުގައި ޖެހުނެވެ. އެހެން ކަމުން މާފަށް އެދުމަށް ފަހު ކުރިއަށް ހިގައިގަތީ މާޔާއާއި ދިމާލަށް ބަލަން ކެތްނުވުމުންނެވެ. ނަކީލް އެގޮތަށް ދިޔުމުން މާޔާ ދެރަވިކަމުގައި ވިޔަސް އަދިވެސް އެއްފަހަރު އެ ހާދިސާ ހިނގިތަނަށް ބަލާލުމަށްފަހު ކުރިއަށް ދިޔައީ ޖެހިލުންވެ ހުރެއެވެ. މިތަނާއި މާޔާއާއި ކުރީގެ ހަދާންތަކެއް ގުޅިފައިވެއޭ ބުނާކަހަލައެވެ.
ބެލްގެ އަޑާއި އެކު ދޮރުހުޅުވާލީ ގޭ ގައި މަސައްކަތްކުރާ މީހެކެވެ. އެއާއި އެކު ނަކީލް އެތެރެއަށް ވަނީ ދެންތިބި މީހުންނަށްވެސް ވަނުމަށް ދައުވަތު ދިނުމަށްފަހުގައެވެ. ހިގައިދިޔަ ކަންތަކާއި ހުރެ ނަކީލްގެ މޫޑްވެސް ވަނީ ހަރާބުވެފައެވެ. ސިޑިން ފައިބައިގެން އައި ނިހާލްއަށް ނަކީލް ފެނުމާއި އެކު ހުރިހާ ދަތްތަށް ފެންނަ ވަރަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ނިހާލްއައިސް ކޮޑާއި ކޮޑުޖައްސައި ނަކީލްއާއި ސަލާންކުރީ އެތަކެއް ދުވަސްތަކެއްފަހުން ދަރިފުޅާއި ބައްދަލުވުމުންނެވެ. މިހާރުއެއީ ކުރީގެ ބޯހަރު ހަރުކަށިގޮތެއް ހުންނަ ނިހާލްްއޭ ނުބުނެވޭއެވެ. ނަކީލް ކައިރީ ހުރި ކައިލްއަށް ބަލާލީ މިއީ ކާކުތޯ އަހާގޮތަކަށެވެ. ކައިލް ކައިރީ ބުރުގާ އަޅައިގެން ހުރި އަންހެން ކުއްޖާއާއި ދިމާލަށް ރަގަޅަށް ނުބަލައި ނަކީލްއާއި ދިމާލަށް ބެލީ ޖަވާބެއް ލިބޭނެ ކަން އެނގޭތީއެވެ.
” މިއީ މައި ފްރެންޑް.. ބިޒްނަޒް ޕާޓްނަރ… ކައިލް… ދެން މިހިރީ ކައިލް ގެ ކޮއްކޮ…” ނަކީލް ދެމީހުން ވަކިވަކިން ތައާރަފްކޮށްދިނެވެ. ނިހާލްވެސް ކައިލްއާއި ސަލާން ކުރުމަށް ފަހު އެއަންހެން ކުއްޖާއާއި ދިމާލަށް ބަލާލީ ހިނިތުންވުމެއް ހަދިޔާކުރުމަށެވެ. އެވަގުތަކީ މާޔާވެސް ނިހާލްއާއި ދިމާލަށް ރަގަޅަށް ބެލިވަގުތުކަމުން ދެމީހުންނަށްވެސް ލިބުނީ ކުޑަވަރެއްގެ ޝޮކެކެވެ. މިހުރިހާއިރު މާޔާހުރީ ފޯނާއި ކުޅެން ކަމަށް ވުމުން ކަންތަކަށް އެތާގައިވާކަންތަކަށް އެހާބޮޑަށް ސަމާލުކަންނުދިނީތީ މިހުރިހާއިރު އެއީ ކާކުކަމެއް ނޭނގުނީއެވެ. “މާޔާ ” ނިހާލް މާޔާއަށް ގޮވާލީ ހިނިތުންވެހުރެއެވެ. ” ކޮންތާކު ދަރިފުޅު އުޅުނީ… ބައްޕަމެން ހާދަ މަސައްކަތެއް ކުރީމޭ ދަރިފުޅު ފެނޭތޯ… ހެޔޮހާލުގާ ވީތީ ހަމްދުހުރި..” ނިހާލްއައިސް މާޔާގެ ބޮލުގައި ފިރުމާލަމުން ބުނެލީއިރު އެދެލޯވަނީ ފެންކަޅިވެފައެވެ. ނިހާލްގެ ވާހަކަ ދެއްކުމުން ރާގު ހުރިގޮތުން މާޔާހުރީ ކަޅިޖަހާލަންވެސް ނޭނގިފައެވެ. ނިހާލް މާޔާއަށް މިހާ ހިތްހެވީ ކޮންއިރަކުން ހެއްޔޭ ހިތަށްއަރާފައެެވެ. މާޔާ ހިކުރިގޮތާއި ހިލާފަށް ނިހާލް އެހާ އޯގާތެރިކަމާއި އެކީ ވާހަކ ދެއްކުމުން ހިތުގައި އުފެދުނީ އިތުރުސުވާލެކެވެ. މާޔާއަށް ނޭނގޭ ބައިވަރު ކަންތައްވެޔޭ އެހިތްބުނާކަހަލައެވެ. ކައިލްއާއި ނަކީލް އެކަކު އަނެކަކަށް ބަލާލީ ދެން ހަދަނީ ކިހިނެތްހޭ އަހާފަދައަކުންނެވެ.
” ޑޭޑް… އިޓްސް ކިޔާރާ.. ނޮޓް މާޔާ…” ނަކިލް ކަރުކެހިލުމަށްފަހު ބުނެލީ ނިހާލްގެ ސަމާލުކަން ގެންނަމުންނެވެ. އެއާއި އެކު އެއްފަހަރު މާޔާއަށް އަނެއްފަހަރު ނަކީލްއަށް ބަލާލީ އެބުނި އެއްޗެއް ޤަބޫލުކުންދަތިވުމުންނެވެ. ނަކީލް އެހެން ބުންޏަސް މި ކުއްޖާ ހީވަނީ ހަމަ މާޔާ ހެންނެވެ. އެހެން ވާނީ ކިހިނަކުންހެންނެވެ. ނިހާލްގެ ނިތަށް ރޫ ގިނަވެގެން ދިޔައީ އެކަން ޤަބޫލުކުރަންް ދަތިވުމުންނެވެ. ކައިލް މާޔާގެ ކޮޑަށް އަތްވައްޓާލަމުން މިއީ ކައިލްގެ ކޮއްކޮއޭ ބުނެލީ ނަކީލްއަށް އަވަސް ނަޒަރެއް ދެމުންނެވެ. ކައިލްގެ ދުލުން އެހެން ބުނުމުން ނިހާލް އެވަގުތަށް ސުވާލެއްނުކުރީ ފަހުން ނަކީލްއާއި ވަކިން ސުވާލުކުރަން ނިންމުމަށްފަހުގައެވެ. މާޔާވެސް ނިހާލްއަށް ހިނިތުންވުމެއްދިނީ ގަދަކަމުންކަހަލަ ގޮތަކަށެވެ. ކަންތައްވީގޮތުން އެތަނުން އަވަހަށް ދޭން ބޭނުންވި ކަމުގައިވިޔަސް ދެވޭނީ ކައިލް ހުއްދަދިނިއްޔާތާއެވެ. ނިހާލް ސޯފާއާއި ދިމާލަށް އިޝާރަތްކުރުމުން އެންމެންގޮސް ބޮޑު ސޯފާގައި އިށީނެވެ. ގޭގެ މަސައްކަތްކުރާ ނޯކަރުން ސައި ގެނެސްދިނުމަށް އަވަސްވެގަތީ މެހެމާންދާރީ އަދާކުރުމަށެވެ. ނޯކަރުންވެސް މާޔާއަށް މާވަރަކަށް ބަލަމުންގެންދާކަން ފާހަގަވުމުން މާޔާ އިސްޖަހާލީ އެއި ނަކީލްގެ ގެއިންވެސް ފާހަގަކުރެވިފައިވާ ކަމަކަށްވާތީއެވެ. ނިހާލްގެ ނަޒަރު ނުސީދާގޮތަށް މާޔާއަށް ރައްދުވަމުންދަނީ އެހިތުގައި އޮތް ޝައްކު ތެދަކަށްވޭތޯއެވެ. ނުނީ އެހިތަށް ތަސައްލީއެއް ލިބޭތޯއެވެ. އެއީ މާޔާ އަށް ނުވިކަމުގައިވިޔަސް މިހާ ގިނަދުވަހު ނަކީލް ކޮރެއާގައި މަޑުކުރީ ކީއްވެކަން ނިހާލްއަށް ވިސްނުނެވެ. އެއީ މާޔާއަށް ވުމަށް ދުއާކުރާހާލު ކޮންމެ ކުއްޖެއްކަމުގައިވިޔަސް އެ ދަރިފުޅުގެ އެކަނިވެރިކަން ކަނޑުވައިދޭނެ އާފަރާތެއް ފެނުނީތީ އުފާވާހާލުގައެވެ.
” ޑޭޑް… މަންމަ ކޮބާ… ގޭގައި ނޫޅެނީތަ..” އެކިވާހަކަތަކުގައި ވަގުތު ހޭދަކުރިއިރުވެސް މެލިސާގެ ހަބަރެއްނުވުމުން ނަކީލް ސުވާލުކޮށްލިއެވެ.
” މިއޮއް އައީނު…” ހުޅުވިފައިހުރި ދޮރުން ވަދެގެން އައި މެލިސާފެނުމުން ނިހާލް ބުނެލިއެވެ. ” ބަލާބަ..ނަކީލްއައިސް މިއިނީ… މެލިސާ ލަސްވެގެން އެހޯދަނީ…” ނިހާލް މެލިސާއަށް ބުނެލީ އަވަހަށް އައުމަށް އެދެމުންނެވެ. މެލިސާވެސް ނަކީލް އެހާ ދުވަސް ފަހުން އެގެއަށް އައީތީ އުފާކުރާ ހާލު އެދިމާލަށް ދިޔައީ އެއްވެސް ފިކުރެއްް ހިޔާލެއްނެތިއެވެ. ކައިލް އާއި މާޔާ އިށީންދެގެން އިން ސޯފާއިން ދޮރުން ވަދެގެން އަންނަ މީހުން ނުފެނެއެވެ. އެެއީ ކާކުތޯ ބެލުމުގެ ޝައުޤުވެރިކަން ކައިލްގެ ހިތުގައި އުފެދުނެއެވެ.
ނިހާލް ކައިރީގައި އައިސް މެލިސާ އިށީންދެ ހަމަޖެހިލިތަނާހެން ކުރިމަތީ އިށީނެދެގެން އިން މާޔާ ފެނިފައި ފުއްމައިގެން ތެދުވެވުނީ ކައްޓެއްހެރުނު ހެއްނެވެ. ކައިލްއަށް މެލިސާ ފެނިފައިވެސް ވީ އެވަރެވެ. ކޮޅަށް ތެދުވެވުނީ ބޭއިހްތިޔާރުގައެވެ. މިހާ ދުވަސްކޮށްފައި އެއަންހެންމީހާ މިގޮތަަށް ކުރިމަތިން ބައްދަލުވެދާނެ ހެން ހީވެފައިނެތުމުންނެވެ. ނަކީލް އެހާވަރަކުން ކޮރެއާއަށް ގެނައީ ކީއްވެކަން ނަގައިގަނެވުނީ އަދިކިރިޔާއެވެ. އެއަންމީހާއަކީ ނަކީލްގެ މަންމައަށް ވެދާނެކަމާއި މެދު ކުޑަކޮސްވެސް ކައިލްއަށް ކުޑަކޮށްވެސް ވިސްނިފައެއްނެތެވެ. ކައިލްއަށް ވީގޮތް ފެނިފައި ނަކީލްވެސް ކޮޅަށް ތެދުވީ ވީގޮތް ކޮންމެވެސް ވަރަކަށް ނަގައިގަނެވުމުންނެވެ. މީހަކަށް ނީވޭނެހެން މަޑުމަޑުން ސިއްރުން އެއީ އެމީހާތޯ އެހީ ހިތްތެޅެމުންދާހާލުގައެވެ. ނަކީލްގެ މަންމަ އެފަދަ ދަށުދަރަޖައިގެ އަމަލެއް ހިންގަފާނެހެއްޔެވެ. ކައިލް ބޮލުގެ އިޝާރާތުން އާއެކޭ ބުނެލީ ނަކީލްހީކުރާނެ އެއްޗަކާމެދު ކަންބޮޑުވެފައިހުރެއެވެ. އެންމެން ކޮޅަށް ތެދުވިތަން ފެނުމުން ނިހާލު ނިތަށް ރޫގިނަވެގެން ދިޔައީ ކޮންމެވެސް ނުބައެއް އުޅޭކަމުގެ ސިގްނަލެއް ލިބުމުންނެވެ. މާޔާވެސް ކޮޅަށް ތެދުވީ މެލިސާއަށް ވީގޮތްފެނިފައެވެ. މެލިސާގެ ނަޒަރު އެންމެ ހިނދުކޮޅަކަށްވެސް މާޔާއާއި ވަކި ނުވާއިރު އެދެލޮލުން ހީވަނީ މާޔާ ފިއްސާލަން އުޅޭހެންނެވެ. އެހާ މަސައްކަތުން މާޔާގެ ވަސްފޮހެލުމަށް އުޅުމުން އަނެއްކާވެސް އެސުންޕާ ހިޔަނި ނަކީލްގެ ހަޔާތަށް އެޅުނީއޭކިޔާމުންނެވެ. މެލިސާގޮސް މާޔާގެކުރިމައްޗަށް ހުއްޓި މާޔާއަށް ބަަލަން ހުރިގޮތުން މާޔާ ބިރުގަނެ ޖެހިލުންވިއެވެ. ” ސުންޕާ އަންހެނާ… މިތަނަށް އައިސްގެން ތިއުޅެނީ ކޯއްޗެއް ހޯދާނަމޭ ހިތާތަ… ކީއްވެތަ މަގޭ ދަރިފުޅުގެ ފަހަތުން ނެއްޓެން ނޭނގިގެން ތިއުޅޭނީ… އެވަރަކުން ފޮނުވާލަން އުޅުނީމަ އައިސްގެން ތިއުޅެނީ… މީ ސަލާމަތްނުވެވުނު މުސީބާތެއް…” މެލިސާ އަޑުހަރުކޮށް މާޔާއާއި ދިމާލަށް ހަޅޭލަވައިގަތީ އެތާގައި އިތުރުމީހަކުވެސް ހުރިހެން ހީނުވަތީކަންނޭނގެއެވެ. އެއާއި އެކު މާޔާ ޖެހިލުންވެ ހުރެ ކައިލްގެ އަތުގައި ބާރަށް ހިފާލީ ބިރުންހުރެއެވެ. ކުރިންވެސް މެލިސާގެ ރުޅިއަކީ މާޔާއަށް އާއެއްވެއްނޫނެވެ.އެހެންނަމަވެސް މެލިސާ މިހާ ރުޅިއަންނަން މާޔާއަށް ކުރެވުނީ ކީއްހެއްޔެވެ. ލޮލަށް ކަރުނަ ޖަމާވާންފެށީ ނިހާލްގެ ހިތްބަދަލުވިގޮތަށް މެލިސާގެ ހިތްބަދަލުވެފައިނެތްކަން ހާމަވުމުންނެވެ.މެލިސާ މާޔާގެ ގައިގައި ޖެހުމަށް އަތް ނެނގީ އައިސްފައިވާ ރުޅިންނެވެ. މާޔާ ބިރުން ލޯމަރާލިއެވެ. މާޔާގެ ގައިގައި ޖަހަން އިސްކުރި އަތުގައި މީހަކު ހިފެހެއްޓިކަހަލަ އިހްސާސެއްކުރެވުމުން މެލިސާ ބަލާލީ އެއާއި އެކު ނަކީލްވެސް މަންމާއޭ ކިޔާ ގޮވާލިއަޑުއިވުމުންނެވެ.
” ތި މުޑުދާރު އަތުން އަހަރެންގެ ކޮއްކޮ ގައިގައި އިނގިލިކުރި ޖައްސާލިއަސް މިވަގުތުން ފެށިގެން ހަދާން ނައްތާލާނަން ތިއީ ނަކީލްގެ މަންމަކަމަށް… ނަކީލް އައި އޭމް ސޮރީ.. ބަޓް އައި ކާންޓް ޓޭކް އިޓް އެނީ މޯ” ކައިލް މެލިސާގެ އަތްފޮޅުވާލަމުން ދިނީ ވަރުގަދަ އިންޒާރެކެވެ. ކައިރީގައި ހުރި ޒުވާނާއަށް މެލިސާއަށް ބަލާލެވުނީ ދެލޯބޮޑުކޮށްގެން ހުރެއެވެ. އެހާ ރުޅިއައިސްފައި މާޔާގެ ހިމާޔަތުގައި ނިކުތީތީ މެލިސާގެ ރުޅިގަނޑު ދިޔައީ ހައްތަހާ އިތުރުވަމުންނެވެ. ތަނަކުން ރީތި ފިރިހެނެއް ފެންނަ އިރަށް އަތުއަޅުވައިލަން ކުޅަދާނަމީހަކީތާއޭ މެލިސާ ހިތަށް އަަރަމުންދިަޔައެވެ.
” މެލިސާ… ކޮންފާޑަކަށްތަ ތިއުޅެނީ… ގެއަށް އަންނަ މެހެމާނުނަށް ތިހެން ކަންތަންކުރަން… ” ނިހާލް އައިސް މެލިސާއާއި ވާހަކަ ދައްކަން ފެށީ ވަރަށް ހިތްހަމަނުޖެހިފައިހުރެއެވެ. ” ކޮއްކޯ ބޭބެ މާފަށް އެދެން… އެއީ ދަންނަ ކުއްޖަކާއި ވައްތަރުކަމުން ދައްތައަށް އޮޅުނީ ކަމަށް ވަނީ…” ނިހާލް މާޔާއަށް ބަލާލަމުން ބުނެލީ ލަދުގަނެފައިވާ ހާލުގައެވެ.
ކައިލް މާޔާގެ އަތުގައި ހިފައިގެން އެތަނުން ދިޔައީ އެއްވެސް އެއްޗެެއް ނުބުނެއެވެ.ކަންތައްވީގޮތުން އެންމެ މިނިޓެއްވެސް އެތާ މަޑުކުރަން ބޭނުން ނުވާތީއެވެ. ކައިލް އާއި މާޔާ ދިޔުމުން ނަކީލް މެލިސާއަށް ބަލާލީ ހިތްހަމަނުޖެހިފައި ހުރެއެވެ.
” ކީއްވެ މާ ފާޑަކަށް ތި ބަލަނީ… ތަނަކުން އަންހެނަކު ފެންނަ އިރަށް ހޭބަލިވެެގެން ދުވަންޖެހޭ މައިންނެއް ބަފައިނެއް ފެންނާކަށް ނޯވޭ…” މެލިސާގެ ރުޅިގަނޑު އަދިވެސް މަޑުވާކަށް ނޫޅެއެވެ.
” ކޮންފާޑަކަށް ވާހަކަ ތިދައްކަނީ… ” ނިހާލް ރުޅިގަދަވެ ހަޅޭލަވައިގަތެވެ.
” މަންމަ … އަޅުގަނޑު ދުވަހަކުވެސް ތަނަކުން މީހަކު ފެންނަ އިރަށް ނުދުވަން… އަހަރެން އޭރުވެސް މީހާރުވެސް ލޯބިވަނީ ހަމައެކަނި މާޔާ ދެކެ… އަދި ވާނީވެސް.. ” މަންމަގެ ވާހަކަތަށް ހުރިގޮތުން ނަކީލް ހިތްހަމަނުޖެހުނެއްކަމަކު އަދަބު އިހްތިރާމް މަތިން ހަދާންކުރަމުން ބުނެލީ ކެތްތެރިވަމުންނެވެ. ” މަންމަ ކައިރިން އެންމެ ސުވާލެއްކުރަން ބޭނުމީ… އުއްމީދުކުރަން މަންމަ ތެދުތެދަށް ޖަވާބު ދޭނެކަމަށް…” ނަކީލް އިތުރުކޮށްލިއެވެ.
” ތީ އަހަރެން ކިޔާ އެއްޗެއް އަހާ މީހެއްތަ… ހުއްދައަށް އެދެނީ އަހަރެން ބުނާކަމެއް ކުރާނަމަތާ..” މެލިސާ ރުންކުރުވެ ބުނެލީއެވެ.
” މަންމާ… މަންމަ މާޔާ ހޮސްޕިޓަލްގަ އޮތް ރޭ… ހޮސްޕިޓަލް ގޭޓް ކައިރިން މަންމަ މީހަކާއި ބައްދަލުކުރިންތަ… ހުޑީއަކުން މޫނު ފޮރުވައިގެން ހުރި މީހަކާއި… މައި.. މައި މަރާލަން ލާރިދޭން ވެގެން… މަންމަ ކުރިންތަ މިކަން..؟ ” ނަކީލް މެލިސާގެ ލޮލަށް ބަލަން ހުރެ ސުވާލުކޮށްލީ އުދަގުލާއި އެކުގައެވެ. ލޯބިވާ މަންމައާއި މިފަދަ ސުވާލެއްކުރަން ޖެހިލުންނުވާނީ ކާކު ހެއްޔެވެ. އެމަންމަ ނަކީލްގެ އުފާތަށް ފޭރިގަންނާނެކަން އެނގޭނީ ކިހިނެތް ހެއްޔެވެ. ނަކީލް ބޭނުންވީ އެންމެ ފަހަރަކު މެލިސާގެ ދުލުން އެއަށް ޖަވާބެއް ލިބުމަށެވެ. ނަކީލްގެ އެސުވާލު ވެގެންދިޔައީ މެލިސާއަށް ބޮމެއްގޮއްވާލުން ފަދަކަމަށެވެ. މީހާ މޫނުން ދާހިއްލާއި ހާސްވެ ކަންބިޑުވާންފެށި މިހާ ތަފްސީލާއި އެކީ ނަކީލް އެހުމުންނެވެ. ނިހާލްއަށްވެސް ހުއްޓުން އަރާފައި ހުރެވުނީ ނަކީލް އެކުރި ސުވާލަކުންނެވެ. މެލިސާއަށް ދެބަފައިންގެ ނަޒަރު އަމާޒުވެފައިވާއިރު އެ ހިތް ދިޔައީ ފަލީހަތްވާން އުޅޭނީ ބިރުންތެޅެމުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

writer

Level 310 Stories100 Comments

Other Articles

Previous

ތި ލޯތްބަށްޓަކައި (17)

Next

ސޮރީ.

Next
October 6, 2017

ސޮރީ.

Previews
October 6, 2017

ތި ލޯތްބަށްޓަކައި (17)

19 Comments!

  1. song joong ki..KOREAN says:
    October 6, 2017 at 6:19 pm

    yeyy me first tha???? love this storyy… writer varah molhu story liyan masha allah.. keep it up

    1. writer says:
      October 6, 2017 at 6:43 pm

      Thank you… yh first

  2. annoying reader says:
    October 6, 2017 at 6:25 pm

    varah reethi,im holding my breath waiting for next part. melisa ah biggest villain ge award dheyn jehey.

    1. writer says:
      October 6, 2017 at 6:49 pm

      Thank you….hehe

  3. Anonymous says:
    October 6, 2017 at 6:41 pm

    varah kuruhen heevey vedhaane kiyaahithun hureema veegothakah

    1. writer says:
      October 6, 2017 at 6:53 pm

      Ae miadhu kiyevunu varu…miadhu part eh kohdheynamey writer ah bunevifa othyma

  4. Lulu says:
    October 6, 2017 at 6:56 pm

    Adhi kithah prt eboitha whn nxt prt

    1. writer says:
      October 6, 2017 at 7:04 pm

      Nei maa gina part eh… ni nimaalany vaahaka… hehe…

  5. click a shot ? says:
    October 6, 2017 at 7:07 pm

    varah salhi mi part ves..yes avahah dhen melisa bust kurey.n then naheek and maaya will live happily..emyhunah hamajehi leveyni ves melisa ah gotheh hadhaigen..?

  6. Shin says:
    October 6, 2017 at 7:13 pm

    Vaahaka rythi… Ekm thankolhei Kury… ???

    1. writer says:
      October 6, 2017 at 7:23 pm

      Dont be sad… writer ah liyevunu varah venesdhiny…readers sad vanya writer ves sad vaane

  7. naju says:
    October 6, 2017 at 7:31 pm

    alhe hadha kurey … ekam ves v reethi

    1. writer says:
      October 6, 2017 at 9:22 pm

      Oh

  8. Reet says:
    October 6, 2017 at 8:02 pm

    Reethi egy hithaamayaa eku bunelany comment kuriyass vahaka kurukan sorry ega mihan bunan jehuney thy v

    1. writer says:
      October 6, 2017 at 8:45 pm

      Vaahaka kurukoh geneshdheny komme dhuwahaku upload kuraathy…it took 3hours to write mivaru… its 1000 words… i ll try dhigu veytho ekam eyrah maadama upload nukohdhevidhaane ?

  9. Maiii says:
    October 6, 2017 at 10:01 pm

    Okay ey kuras writer.. ekm liyevunu varakah up kh dheythi plxxxx…vaahaka vrh reethi….??

  10. Xxxx says:
    October 7, 2017 at 12:17 am

    Wooooowww..v.reethi…
    thankx a lot vaahaka up kohdhineethee??????????????????? waiting…..

  11. khajja says:
    October 7, 2017 at 12:31 am

    Alhey hiythelhey hisaabakah thinimmaaly kihineiy wait kuraanyves ?? but stry v v rythi masha allah?? whn nxt prt avaskolladhechchey gud nyt ly??❤??❤??

  12. kai says:
    October 7, 2017 at 8:49 pm

    what a surprise,,,,,haadha wait kurevuney,, finally, ……………
    this part is awwwwwwwsome,

Comments are closed.

Next Episodeދުުރުގައިވިޔަސް…. (37 ވަނަ ބައި)←


All Right Reserved!