“ނީޝްގެ އުފަންދުވަސް ވެގެން ބައްޕަ ހަމަ ތަންކޮޅެއް އަވަހަށް އައީ……” ބަޝީރް މިހެން ބުނުމާއެކު އަކްރަމް އަށް ބަލައިލެވުނީ އެތަނުގައި ހެވިދިލިފައި ހުރި ބީނިޝް އަށެވެ.
“ކޮބާ އަޅުގަނޑުގެ ހަދިޔާ….” އަކްރަމް ބަލައިލުމާ އެކު އަވަހަށް އަތް ދިއްކޮށްލަމުން ބީނިޝް ބުނެލިއެވެ. އޭނާ އެހެން ބުނެލި ގޮތުން ހީވީ އަކްރަމް ކައިރީގައި އެހެން ބުނަން ލަސް ވެފަހުރިހެންނެވެ. އެވަގުތު އަކްރަމް އެންމިޔަކަނުން ހެވިފަ އިދެ ދެއަތް ދެއަތަށް އުގުޅާލީ ބީނިޝް ރުޅިއަރުވާލާނަމޭ ހިތަށް އެރުމުންނެވެ. އަދި މޫނުމަތިން ދެރަވާ ގޮތް ދައްކާލަމުން ބީނިޝް އާއި ދިމާލަށް އެބުރިލާ، ކަންފަތުފޫޅު ގައި ހިފައިލި އެވެ. “ވަރަށް ބޮޑަށް މާފް ކުރޭ… އަކްރަމްބެ އެއް ގޮތަކަށްވެސް ހަދާނެއްނެތް….. އެހެންވީމަ ކިހިނެއް ހަދިޔާ އެއް ގެންނަނީ…..”
“ހަދާން ނެތުނީއޭ….” ޤަބޫލް ނުކުރެވޭ ފަދަ ގޮތަކަށް ދެލޯ ބޮޑު ކޮށްލާ އަކުރުތަކަށް ދަމާލަމުން ބީނިޝްއަށް އެހެން ބުނެލެވުނީ އެއީ އޭނާ އުންމީދު ކުރިކަހަލަގެ ޖަވާބަކަށް ނުވީމައެވެ. އެވަގުތު ބީނިޝްގެ މޫނުމަތީގައިވާ ހައިރާންކަން ފެނި އެތާ ތިބި އެންމެން ވެސްތިބީ ބަޑަށް ހީލަ ހީލައެވެ. “ހަދާންނެތިދާނެ އެއްނު….. ނީޝް އަށް އިގޭތަ ހަދާން ނެތުމަކީ އުޒުރެކޭ….” އަނެއްކާވެސް މޫނުމަތިން ދެރަވާގޮތް ދައްކާލަމުން އަކްރަމް ބުނެލިއެވެ. “ހަދާން ނެތުނީއެއްނޫން…. ހަމަ ގަސްތުގަ…..” ތުންކޮޅު އަބުރާލަމުން އަނެއްފަރާތަށް އެބުރިލާ ބީނިޝް ރުޅިވެރިކަމާއެކު ބުނެލިއެވެ. ބީނިޝް އެހެން ބުނެލުމާއި އެކު އެތާތިބި އެންމެން ނަށްވެސް ހޭންފެށުނީ އިތުރަށް ހިނިގަނޑު ހިފަހަށްޓަން އުދަގޫވީ މައެވެ. އެވަގުތު ގުރައިޝާވެސް ތަބަކަކަށް ޖޫސް ތަށްޓެއް ލައިގެން އައިސް އަކްރަމްއަށް ދިއްކޮށްލިއެވެ. އަދި ގޮސް ބަޝީރް ކައިރީގައި އިށީންދެލި އެވެ.
“އޯކޭ….އޯކޭ…. ކަމަނާ… ދެންތި ރުޅިމަޑުކޮށްބަލަ…. އަކްރަމްބެ އާ ދޮންތަގެ ފަރާތުން އޮތް ހަދިޔާއަކީ މިރޭގެ ޕާޓީ….” އަކްރަމްހެމުންހެމުން އެންމެ ފަހުން އޭނަގެ ހަދިޔާގެ ވާހަކަ ބުނެލިއެވެ. “ޕާޓީ އޭ….” އަނެއް ކާވެސް އަކްރަމް އާއި ވީފަރާތަށް އެބުރިލަމުން ހައިރާން ކަމާއެކު ބީނިޝް އަހައިލިއެވެ. “ހޫމް…. ޕާޓީ…. މިރޭ އަކްރަމްބެގެ މާބުލް ހޮޓެލްގަ އޮންނާނެ ނީޝްކޮގެ 14ވަނަ އުފަންދުވަހުގެ ޕާޓީ…..” ލޮއިބާއެކު ބީނިޝްގެ ކޮލުގައި ހިފައިލަމުން މިފަހަރު އޭނަގެ ހައިރާންކަން ފިލުވައިލަ ދިނީ، އޭނާގެއެންމެ ކައިރީގައި ހުރި އޭނާގެ ދޮންތައެވެ.
“އާޗާ…ހަމަ އަސްލުތަ….”ފުޅާ ހިނިތުން ވުމަކާއިއެކު އަކްރަމް އަށް ބަލައިލަމުން ބީނީޝް އަހައިލިއެވެ. “ހަމަ އަސްލަށް” އަކްރަމް ވެސް އިތުރަށް ބީނިޝް އަށް ޔަގީން ކޮށްދިނުމުގެ ގޮތުން ބުނެލިއެވެ.
“އެހެންވީއިރު ޖެހޭނެއެއްނު ހުރިހާ އެންމެންނަށް އަންގަން.. އަންނާނަށް ފޯން ހިފައިގެން…” މިހެން ބުނެ ބީނިޝް އަވަސްވެގަތީ އެތަނުން ތެދުވުމަށްޓަކައެވެ. “އަންގަން ޖެހޭ ހުރިހާ އެންމެންނަށް އަންގައިފިން…. ނީޝްކޮ ޖެހޭނީ ހަމައެކަނި ޕާޓީ އަށް ރެޑީވެގެންދާން… އެންޑް، އުލްވާ ކައިރީބުނިން ނީޝްކޮ އާއެކު މިގޭން އެތަނަށްދާން މިގެއަށް އަންނާށޭ…” އެތަނުން ދިއުމަށްޓަކާ ތެދުވެހުރި ބީނިޝްގެ އަތުގައި ހިފައި އަލުން ސޯފާގަ ބައިންދަމުން ޝިމާނާ ބުނެލިއެވެ. ޝީމާނާ މިހެން ބުނެލުމާއެކު ބީނިޝް ހެމުން ހެމުން ޝިމާނާގެ ގައިގަ ބައްދާލިއެވެ.
ލޯގަނޑު ކުރިމަތީހުރެ ދެކޮޅަށް އެބުރެމުން، ފަރިބަލަމުން ބީނިޝް ދިޔައީ އޭނާއަށް ތައްޔާރުވެވިފައި ހުރީ އެންމެ ފުރިހަމަޔަށްތޯ ޔަގީން ކުރިމަށްޓަކައެވެ. އެވަގުތު ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ފަހަތަށް އެބުރިލާ، ބަލައިލީއިރު އުލްވާ އެކޮޓްރިއަށް ވަދެގެން އަންނަތަން ފެނުނެވެ. “މާޝާ ﷲ.. ހާދަރީއްޗޭ… ހީވަނީ މިރޭ ގެއްލޭނެހެން..” ކޮޓަރިއަށް ވަދެގެން އަންނަމުން އުލަވާ ބީނިޝް އަށް ތައުރީފް ކޮށްލިއެވެ.
“ހެހެހެ… ޝުކުރު….. ދެންހިގާ އަވަހަށްދާން..” ކުޑަހިނިތުން ވުމަކާއިއެކު އުލަވާއަށް ޝުކުރުއަދާކުރަމުން ދެންކުދިން އެތަނުން ނިކުމެގެން ދިޔައީ މިރޭގެ ޕާޓީ އޮނަނާނެ ގޮތާމެދު މަޝްވަރާ ކުރަމުންނެވެ.
މާބުލް ހޮޓެލް ކުރިމަށްޗަށް ކާރު ހުއްޓުމާއެކު އެންމެ ފުރަތަމަވެސް ކާރުންފޭބީ ބީނިޝް އާއި އުލަވާ އާއި ދެކުދިންނެވެ. އެހެން މީހުން ކާރުން ފޭބުމުގެކުރިން ދެކުދިން އެތަނަށް އަވަހަށް ވަދެގެން ދިޔައީ، އެތަން ތައްޔާރު ކުރެވިފައިވާ ގޮތް ބަލާލުމަށް ކެއްމަދުވެފައި ވާތީއެވެ. މާބުލް ހުޓެލްގެ އެންމެމަތީ ފަންގިފިލާއަށް ވަދެގެންއައި ބީނިޝް އާއި އުލްވާގެ ފިޔަވަޅުތަކަށް ހުއްޓުމެންއައީ އެތަންތައްޔާރު ކުރެވިފައިވާލެއް ފުރިހަމަކަމުންނެވެ. ބީނިޝްއަށް އެންމެރީތި ކުލަތަކާއި މާތަށްލައިގެން އެތަން ތަށްޔާރު ކުރެވިފައިވަނީ ވަރަށްވެސް ފުރިހަމަޔަށެވެ.
“ނީނީޝްޝް” ތަނުގެރީތިކަމަށް ގެއްލިފަތިބި ބީނިޝް އާއި އުލަވާއަށް ސިހުންގެނުވީ ޕާޓީއަށް ހާޒިރުވެތިބ،ި އޭނާގެ އެކުވެރިންނާއި ކްލާސް ބައެއްކުދިން އެއްކޮށް އޭނާގެ ނަމުން ގޮވައިލުމުންނެވެ. އެވަގުތު ބީނިޝް ފުޅާ ހިނިތުންވުމަކާއިއެކު އަވަހަށް އައިސް ހުރިހާ ކުދިންނާއި ބައްދަލްކޮށް ޕާޓީއަށް އައިސް ދިނީތީ ހުރިހާ ކުދިންނަށް ޝުކުރުއަދާ ކުރިއެވެ.
އޭގެ ހަމަ ކުޑަ އިރުކޮޅެއްގެތެރޭ ބީނިޝްގެ އާއިލާ މީހުން އަންނަތަންފެނި، ބީނިޝް ހިނގައިގަތީ އެމިހުންގެ ގާތަށް ދިއުމަށްޓަކައެވެ. އަދި އެމީހުންނާއި، އަރާ ހަމަވުމުން ފުޅާ ހިނިތުން ވުމަކާއިއެކު، ޝިމާނާގެ ގައިގަ ބީނިޝް ބާރަށް ބައްދާލިއެވެ.
“ކޮބާ ކިހިނެއްވަނީ؟… ހިންހަމަޖެހޭތަ؟….” ބީނިޝްގެ އެއަމަލުން އުފާވެފައިހުރެ ޝިމާނާ އަހައިލިއެވެ. “ވަރަށް ހިންހަމަޖެހޭ…. ވަރަށް.. ވަރަށް… ފުރިހަމަ… ދޮންތިއާ އަކްރަމްބެއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ…”
ޝިމާނާއާށް ޝުކުރު އަދާ ކުރުމަށްފަހު ބީނިޝް އަވަސްވެގަތީ އޭނާގެ އާއިލާއަށް އޭނާގެ ރަށްޓިހިން ތައާރަފްކޮށް ދިނުމަށްޓަކައެވެ. އެހެންކަމުން ބީނިޝް އޭނާގެ ދައްތަގެ އަތުގައި ހިފައިގެން ކުރިއަށް ހިނގައިގަތެވެ.
އާއިލާ އާއި ގިނައެކުވެރިން ތަކަކާއި އެކު މަޖާކޮށްލާ، އުފާވެރި ވަގުތު ތަކެއް ހޭދަކޮށްލާ، އެރޭގެ ޕާޓީ ނިންމާލީ ގައިގަޑަކަށް 12ޖަހަން ކައިރިވެފައި ވަނިކޮށެވެ. ޕާޓީ ނިންމާލުމަށްފަހު އާއިލާ އާއި އެކު ބީނިޝް ގެއަށް އައީ އުލްވާ ގެއަށް ލައިދީފައެވެ. ގޭކައިރިއަށް ކާރު މަޑުކޮށް ލުމާއިއެކު ބީނިޝް އަވަހަށް ކާރުން ފައިބާ، ލިބިފައިހުރި ހަދިޔާތަށް ކާރުން ނެރެންފެށިއެވެ. އެވަގުތު ޝިމާނާވެސް ކާރުން ފައިބާ ބީނިޝް އަށް އެހީވާން ފެށިއެވެ.
“ޝިމާ… ދެން މިރޭ ދަނީއިގޭ… ވަރަށް ލަސްވެއްޖެ މިހާރު… މާދަން މީޓިންނެއް އޮންނާތީ އަވަހަށް ތެދުވަންވެސް ޖެހޭ… ބާއްޖަވެރި ރޭގަނޑަކަށް އެދެން ހުރިހާ އެންމެންނަށް ވެސް..” ކާރުގެ ތެރެއިން ހަދިޔާތަށް ނަގައި ނިމުމާއިއެކު ޝިމާނާ އާއި މުހާތަބުކޮށް އަކްރަމް ބުނެލިއެވެ. “ދެން އެތެރެއަށް ވަދެވެސް ނުލާ ދަނީ ތަ؟… އާދެއެއްޗެއް ބޮއިލައިގެންދާން….” އަކްރަމް ގެއަށް ނުވަދެ ދާކަން އިގިގެން އެވަގުތުއެތަނަށް އަރާހަމަވި ގުރައިޝާ ކަންބޮޑުވުމާއި އެކު އަހައިލިއެވެ. “ނޫން މަންމަާ…. އަޅުގަނޑު ބަޑު ވަރަށް ފުލް… އަނެއްކާ މިރޭ މާލަސް ވެސް ވެއްޖެ… އެހެންވީމަ ދެން މިރޭ ގޮސްލަނީ… މާދަންއަންނާނަން…” ހިނިތުން ވުމާއިއެކު ގުރައިޝާ އަށް ޖަވާބު ދެމުން އަކްރަމް ކާރު ދުއްވާލިއެވެ.
ޝިމާނާ ބީނިޝްގެ ހަދިޔާތަށް އޭނާގެ ކޮޓަރިއަށް ގެންދިއުމަށް ފަހު، އޭނާގެ ގައިގަ ކުޑަކޮށް ބައްދައިލާ ރޭގަނޑުގެ ސަލާމް ކިޔަމުންއެތަނުން ދިއުމަށް ހިގައިގަތެވެ. ޝިމާނާ ދިއުމާއި އެކު ބީނިޝް އަވަސްވެގަތީ، ވެފައިހުރި ވަރުބަލީގެ ސަބަބުން އަވަހަށް ނިދަންތައްޔާރު ވެލާށެވެ. ފާހާނައަށް ވަދެ ފެންވަރައިލައިގެން ނިކުމެ ނިދަން ތައްޔާރުވެލާ، ކޮޓަރިން ނިކުމެލީ އޭނާގެ ބައްޕަ ވީތަނެއް ބަލާލުމަށްޓަކައެވެ.
“ބައްޕާ…” ބީނިޝް ކޮޓަރިން ނިކުމެ ބަލައިލީއިރު ބައްޕައާއި މަންމަ ސިޓިންރޫމްގަ ވާހަކައެއް ދައްކަން ތިބިތަން ފެނި މަޑުން ގޮވައިލިއެވެ. “އަހަ ދަރިފުޅާ…. އަވަހަށް އާދޭ މިތަނަށް…” ބައްޕާއޭ ކިއައިފައި ގޮވައިލުމުން، ބަޝީރް ފަހަތައް އެބުރި ބަލައިލީއިރު އެތާގައި ބީނިޝް ހުރިތަންފެނި ކައިރިއަށް އައުމަށް ދައުވަތުދިނެވެ. ބަޝީރް އެހެން ބުނުމާއިއެކު ބީނިޝް އޭނާގެ މަންމަގެ މޫނަށް ބަލައިލަމުން ލަސްހިގުމެއްގައި އެތަނަށް ދާން ފެށިއެވެ. “ކިހިނެއްވީ ބައްޕަ ތި ހޯދަނީ؟..” ލޮއިބާއިއެކު ބީނިޝްގެ ބޮލުގައި ފިރުމައިލާ، ކައިރީގަ ބައިންދަމުން ބަޝީރް އޭނާގެ ދަރިފުޅާ ސުވާލު ކޮށްލިއެވެ. އެވަގުތު ޖެހިލުން ކަމާއިއެކު ބީނިޝް އަށް ބަލައިލެވުނީ ކުރިމަތީގައި، ނުރުހުންތެރި ކަމާއިއެކު އޭނާއަށް ބަލަހަށްޓައިގެން ހުރި އޭނާގެ މަންމަ އާއި ދިމާލަށެވެ.
“ނިދަން ދާންވީ ދޯ؟…. ދަރިފުޅުދޭ.. ބައްޕަ އެބަދަން….” ބީނިޝް އެއްޗެކޭ ބުނުމަކާއި ނުލާވެސް ދަރިފުޅުގެ ބޭނުން ބައްޕަ ދެނެގަތެވެ. ބަޝީރް މިހެން ބުނުމާއިއެކު ހިނިތުންވެލާ ބޯޖަހާލަމުން އެތަނުން ދިއިމަށްޓަކާ ތެދުވެ ހިގައިގަތެވެ. “ބީނިޝް……” އެވަގުތު އެއޮށް ހުރިހާއިރު އެއްޗެކޭ ނުބުނެހުރި ގްރައިޝާ ނުރުހުން ތެރިކަމާއިއެކު ބީނިޝް އަށް ގޮވައިލިއެވެ. “އަޅެ ތީ މިހާރު ކުޑަކުއްޖެއް ނޫނެއްނު އެކަނި ނުނިދިގެން އުޅޭކަށް…. 14 އަހަރު ވީ ވިއްޔަ…. ޅަވެގެން އުޅުނަސް ތިދެން ބޮޑުވަރު…” ބީނިޝްގެ ބިރުގަނެ މާޔޫސް ވެފައިވާ މޫނަށް ބަލާލުމެއްނެތި ގްރައިޝާ ނުރުހުންތެރިކަމާއި އެކު ބީނިޝް އާއި ދިމާލަށް ބުނެލިއެވެ. “ގްރައިޝާ… ހުއްޓާލާ… ދަރިފުޅުދޭ އެތެރެއަށް….” އެވަގުތު ބަޝީރް ތެދުވެ އޭނާގެ އަންހިނުން ކައިރީގައި ހުއްޓާލުމަށް އެދުނެވެ.
ބައްޕަ އެހެން ބުނުމާއިއެކު ދެރަވެފައިހުރެ ބީނިޝް އަަވަހަށް އެތަނުން ދިއުމަށްޓަކާ ހިގައިގަތެވެ. ބަޝީރް ވެސް ގްރައިޝާ އާއި ދިމާއަށް ނުރުހުން ތެރިކަމާއިއެކު ބަލައިލަމުން، އެއްވެސް އެއްޗެއް ނުބުނެ ބީނިޝްގެ ފަހަތުން ހިގައިގަތެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.

Alhey vara inthizaaru kohfin mi vaahaka ah… Varah varah reethi ingey mi vaahaka.. Plxx vaahaka nimemdhen genesdhehchey blackbeauty.. Mee varah shauguverivaa story eh.. Waiting for next part.. Avahah up kohladhehchey ??????
Thank u??… Iraadhu kureh viyya vaahaka nimendhen konme dhuvahaku ves genes dheynen
Salhi… When is next part??
In sha Allah… Maadhamaaga
Vaahaka update nukurevi Gina dhuvas vefai vaathy kiyuntherin ge kibain nihaayathah maafah edhemeve