Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ޔާރު މިވަނީ ލޯތްބޭ ހަޤީގީ 37 (ސަތުތިރީސްވަނަ ބައި)

Eemyaa Level 810 Stories100 Comments100 Login500 Comments100 Stories500 Login
October 1, 2017 6 Mins Read
86 Comments

އަފޫ ސަމާސަ ކުރަނީތަ….؟؟؟ ބައްޕަ، އެހެންނެއް ނުބުނޭ ދޯ….. ބުނެބަލަ އަފޫ…. ތީ ދޮގެއް ދޯ…..” އަޔާނީ އަފްލާކްގެ އަތުގައި ހިފައި ތަޅުވާލަމުން އާދޭސް ކުރަންފެށިއިރު، އޭނާގެ ދެ ލޯ ފެންކަޅިވެގެން ދިޔައީ ހިނދުކޮޅެއްގެ ތެރޭގައެވެ.

_____________________________________

 

“އަޔާނީ…. ހަމަ މިހާރު އާދޭ އެތެރެއަށް……” އަޔާނީގެ އިތުރުން އަފްލާކްވެސް ސިހިގެން ދިޔައީ އަޔާނީގެ ބައްޕަ ޔޫސުފްގެ، ބާރު އަޑުންނެވެ.  ލިބުނު ސިހުމުގައި އަޔާނީއަށް، އަފްލާކްގެ އަތުން ދޫކޮށްލެވުނެވެ. އަފްލާކްވެސް އަޔާނީއާއި ތަންކޮޅެއް ދުރަށް ޖެހިލިއިރު އޭނާ ހުރީ ގެއިން ނުކުންނަންވެސް ހަނދާންނެތިފައެވެ.

“އަޔާނީ އަޑެއް ނީވޭތަ…؟؟؟ އަހަރެން މި ބުނީ އެތެރެއަށް އަންނާށޭ…..” އަނެއްކާވެސް މުޅި ގޭތެރޭގައި ގުގުމައިގެން ދިޔައީ ޔޫސުފްގެ ރުޅިވެރި އަޑެވެ. މި އަޑަށް އަމްހާއާއި ހުސްނާވެސް އެތަނަށް އައެވެ. އަފްލާކާއި، އަޔާނީ އެކުގައިފެނި ހުސްނާގެ ދެ ލޯ ބޮޑުވެގެން ދިޔައިރު، އެމީހުންނާއި ދިމާއަށް ބަލަހައްޓައިގެން އަމްހާއަށް ހުރެވުނީއެވެ.

“އަފްލާކް….. ކިހިނެއްވެފާތަ ބަލަހައްޓައިގެން ތި ހުންނަނީ…. ކަންކުރަންވީގޮތް މިހާރު އަފްލާކްއަށްވެސް އޮންނާނީ އެނގިފައި…. އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު ދެވޭކަށް ނެތް…. މީގެ ފަހުން އަހަރެންގެ ދަރިފުޅުގެ ދިރިއުޅުމަށް އަފްލާކްގެ ވަސްވެސް ފޯރައިގެން ނުވާނެ… އަހަންނަށް އަތުން ފައިން ގޯހެއް ނެހެދެނީސް މިތަނުން ދާން އުޅޭ…..”  މިފަހަރު ޔޫސުފް، ހަޅޭލަވައިގަތީ އަފްލާކާއި ދިމާއަށެވެ. އަޔާނީދެކެ އިންތިހާއަށް ލޯބިވީނަމަވެސް، އަޔާނީއަށާއި އޭނާގެ ބައްޕައަށް ކުރާ އިޙްތިރާމެއްގެ ސަބަބުން އަފްލާކް އެ ގެއިން ނުކުންނަން ހިނގައިގަތީ، އެއީ އެ ވަގުތަށް އެންމެ ރަނގަޅުގޮތް ކަމުގައި ވިސްނުމުންނެވެ. އެހެނަސް، އޭނާގެ ދެފައިގައި ކަސްތޮޅު އެޅިގެން ދިޔައީ އަޔާނީ އޭނާއަށް ގޮވާލުމުންނެވެ. އަފްލާކް އިސްއުފުލާ އަޔާނީއަށް ބަލާލުމުން ރޮވެމުންދިޔަ ޙާލު ދެފަރާތަށް ބޯ ހޫރާލީ ނުދިއުމަށް ބުނަމުންނެވެ.

“އަޔާނީ…. ތީ އަހަންނަށް ރުހެވޭނެ ގުޅުމެއް ނޫން….. އޭނަ ދިޔަދީ…..” ޔޫސުފްގެ ހަރުކަށި ބަސްތަކުން އަޔާނީގެ ހިތް އިތުރަށް ރޮއްވާލިއެވެ.

“ކީއްވެތަ ބައްޕާ….؟؟؟؟ އަހަރެމެންގެ ގުޅުމަށް ބައްޕަ ނުރުހެނީ ކީއްވެގެންތަ….؟؟؟؟ ކޮބާތަ މައްސަލައަކީ…؟؟؟ އަހަރެމެން އެކަކު އަނެކަކުދެކު އިންތިހާއަށް ލޯބިވަން…. ބައްޕަމެންގެ ބުނުމަށް އަހަރެން ކިޔަވާ ނިމެންދެން އަފޫ އަހަންނަށް އިންތިޒާރުކުރީ…. އަހަރެން އަފޫއާ ވާހަކަ ނުދައްކާ އެ ހުރިހާ ދުވަހެއް ހޭދަ ކުރީ، ހާދަ ފޮނި އުއްމީދެއްގައޭ ބައްޕާ….. ދެން މިއަދު ކޮބާތަ ބައްޕަގެ މައްސަލައަކީ…. ބުނެބަލަ ބައްޕާ…..” އަޔާނީ ރޮމުން ވާހަކަ ދެއްކިއިރު އޭނާގެ އަޑުގައިވާ ވޭނާއި ރިހުން އެތާ ތިބި މީހުންނަށް ސިއްރުވާނެހެން ހިޔެއްނުވެއެވެ. އަޔާނީގެ ޖުމްލަތައް އަޑު އިވިފައި އަމްހާއަށް ލިބުނު ހާސްކަމުގައި ޔޫސުފަށް ބަލައިލަމުން ގާތުގައި ހުރި ހުސްނާއަށް ބަލައިލިއެވެ.

“އަހަންނެއް ނުބުނަން ކިޔަވާ ނިމެންދެން މަޑުކުރާކަށް…. އަހަރެން އޭރުވެސް ބުނީ ތި ގުޅުން ހުއްޓާލުމަށް….. އޭރުވެސް އަދި މިހާރުވެސް އަހަރެން ތި ގުޅުމަކަށް ޤަބޫލެއް ނޫން….” ޔޫސުފްގެ ވާހަކަތަކުން އަޔާނީގެ ހިތްދަތިވުން ނޫންކަމެއް ނުވިއެވެ. ކުރީގެ ހާދިސާތައް އޭނާގެ ހަނދާނަށް އައީވެސް ޔޫސުފް އެހެން ބުނުމުންނެވެ. ތެދެކެވެ. ޔޫސުފް އޭރުވެސް ބުނީ ގުޅުން ހުއްޓާލުމަށެވެ. ކިޔަވާ ނިމެންދެން މަޑުކުރުމަށް ބުނީ އަމްހާއެވެ. އެކަން ހަނދާންވުމުން އަޔާނީ އަމްހާއަށް ބަލާލިއެވެ. އަޔާނީގެ ޝަކުވާއިން ފުރިގެންވީ ބެލުމުން އަމްހާގެ މައިލަގޮނޑިއަށް ވަރަށް އަސަރުކުރިއެވެ. ކުށްވެރިއެއްފަދައިން އަމްހާ އިސްޖަހާލީ، އަޔާނީއާއި ހަތަރުކަޅި ހަމަކުރާނެހާ ހިތްވަރު ނެތުމުންނެވެ.

“ބައްޕާ ޕްލީޒް…. އާދޭސްކޮށްފައި އަހަރެން މި ބުނަނީ، އަހަންނާ އަފޫއާއި ދުރުނުކުރޭ…. އަހަރެން އަފޫ ދެކެ ވަރަށް ލޯބިވޭ… އަފޫއާއި ނުލާ އުޅެން އަހަންނަށް ވަރަށް އުނދަގޫވާނެ……” ޔޫސުފްގެ އަތު މުލައްދަނޑީގައި ހިފާލަމުން އަޔާނީ އަނެއްކާވެސް އާދޭސް ކޮށްލިއެވެ.

“ތިކަމަށް އެއްބަސްވެވޭކަށް ނެތް….. އަފްލާކް…. ވީ އެންމެ އަވަހަކަށް އަހަރެންގެ ކުރިމަތިން ދުރަށްދޭ……” އަފްލާކާއި ނަޒަރު ސީދާކޮށްލައިގެން ހުރެ ޔޫސުފް ބުނެލިއެވެ. ހިތި ގޮތަކަށް އަޔާނީއަށް ބަލައިލަމުން އަފްލާކް ނުކުންނަން ހިނގައިގަތުމުން އަޔާނީ ދުވެފައިގޮސް އަފްލާކްގެ ކުރިމައްޗަށް އެރިއެވެ. މިމަންޒަރު ފެނިފައި ޔޫސުފް، އަޔާނީގެ ނަމުން ބާރަށް ގޮވަލީ ރުޅި ގަދަވީވަރުންނެވެ. އަދި އެއައި ގޮތަށް އައިސް އަޔާނީގެ އަތުގައި ހިފައި އެތަނުން ގެންދަން އުޅުނެވެ. އެހެނަސް، އަޔާނީ ގަދަކޮށްލާފައި ނުދާން މަސައްކަތްކުރިއެވެ. ދުރުގައި މި މަންޒަރު ބަލަން ތިބި އަމްހާމެން ތިބީ ހާސްވެ ހަދަންވީގޮތެއް ނޭނގިފައެވެ.

“ޔާނީ…. އިހަށް ބައްޕަގެ ބަސް އަހައިގެން ދޭ….. ފަހުން ކޮންމެވެސް ގޮތެއް ވޭތޯ ބަލާނީ…. އަހަންނަށް އިތުބާރުކުރޭ….” އަފްލާކް ޔަޤީންކަން ދިނުމުން އަޔާނީ އަފްލާކް ދާން ތަންދެއްކިއެވެ. އަފްލާކް ގެއިން ނުކުތްތަން ބަލަން ހުރެފައި ރުޅިވެރި ނަޒަރަކުން ޔޫސުފަށް ބަލާލުމަށްފަހު އަޔާނީ ދިޔައީ އޭނާގެ ކޮޓަރިއަށްށެވެ.

********************

 

“ޔާނީ…. ދެން ނުރޮއެ ހުއްޓާލާ….. އަފޫ ކޮންމެވެސް ގޮތެއްވޭތޯ ބަލާނެ…..” ބާލީހުގެ އެހީގައި މޫނު ފޮރުވާލައިގެން ރޯން އޮތް އަޔާނީގެ ބޮލުގައި ފިރުމާލަމުން ޔަލްވީ ބުނެލިއެވެ. ގާތުގައި މިޝްޔާއާއި ޝިއުރީވެސް ތިއްބެވެ.

“ޔާނީގެ ބައްޕަ ތިގުޅުމަށް ނުރުހުންވީމަ، އަހަންނަށް ދެން ވަރަށް އެހެންކަހަލަ….. އާނ އެހެންޏަ…. މިޒަމާނުގެ އެ މީހަކު އިންނާނެ މީހަކު ހޯދަނީ އެ މީހަކު އަމިއްލައަށް ވިއްޔަ….. މައިންބަފައިން ފާޑުކިޔާ އުޅޭތަން އަހަރެން ވަރަށް ނުދެކެން މިހާރު……” ވިސްނުމަށް ގެއްލިފައި އިން ޝިއުރީ އޭނާގެ ހިތުތެރޭ ހިނގަމުންދިޔަ ޝުޢޫރުތައް ދުލާ ހަމައަށް ގެނައުމުން އެކަމަށް އެއްބަސްވުމުގެ ގޮތުން މިޝްޔާވެސް ބޯ ޖަހާލިއެވެ.

“ޔާނީ… ދެން ހުއްޓާލާ…. ރޮއެގެން ވާނީ ކޮންފައިދާއެއް… މަންމައާއި ވާހަކަ ދައްކައިގެން ބައްޕައަށް ވިސްނައިދޭންވީނު…..” އަޔާނީގެ އިސްތަށިގަނޑު ރަނގަޅު ކޮށްލައިދެމުން މިޝްޔާ ބުނެލިއެވެ. އަޔާނީ ރުއިން ހުއްޓާލުމަށްފަހު، ތެދުވެ އެނދުގެ ބޯލާކޮޅު ފަޑީގައި ލެނގިލަމުން ދެލޯ ފުހެލިއެވެ.

“ބައްޕައަކީ ވަރަށް ގޮތުގައި ހުންނަ މީހެއް…. މަންމަ ދައްކާ ވާހަކައެއްވެސް ބައްޕަ އަޑެއް ނާހާނެ….. އަހަރެން ވަރަށް ދެރަވާނެ އަފޫއާއި ވަކިވާން ޖެހިއްޖެއްޔާ…..” އަޔާނީއަށް އަނެއްކާވެސް ރޮވެން ފެށުނެވެ.

“އަޅެ ޔާނީ…. މާ އަވަހަށް އުއްމީދު ކަނޑާލަނީ ތި….. ތިހެން ނުވިސްނާބަލަ…. މާތްﷲ އިރާދަ ކުރެއްވިއްޔާ ޔާނީއަށް، އަފޫއާއި ވަކިވާކަށް ނުޖެހޭނެ…..” ޝިއުރީގެ ބަސްތަކުން އަޔާނީއަށް ކުޑަ ހިތްވަރެއް ލިބުނު ނަމަވެސް އޭނާގެ ހިތްވަނީ ހަލަބޮލިވެފައެވެ. އެ ހަލަބޮލިކަމާއިއެކު، އޭނާ ޝިއުރީގެ ކޮނޑުގައި ބޯ އަޅާލިއެވެ. ހަތަރު އެކުވެރިންވެސް ހިމޭންވެ ތިބެ ވިސްނަމުން ދިޔައީ ދެން އަޔާނީއާއި އަފްލާކްގެ ގުޅުމަށް ވާނެ ގޮތަކާއިމެދުއެވެ.

********************

 

ޔަލްވީ، ޑިއުޓީއަށް ދިޔައިރު، މިއަދުވެސް ޝައުން އިނީ މާ ކުރިން އައިހެވެ. ފޯނާކުޅެން އިނދެފައި، ޔަލްވީ ވަނުމުން، ނިއް އަރުވާލުމަށްފަހު، އޭނާގެ ރީތި ހިނިތުންވުން ހަދިޔާކޮށްލިއެވެ. އަނެއްކާވެސް ޝައުންގެ ނަޒަރު ގޮސް ހުއްޓުނީ ފޯނަށެވެ. ޝައުންގެ މިޢަމަލުން ޔަލްވީގެ ހިތް، އިތުރަށް ހަލަބޮލިވެގެން ދިޔައިރު، ތުން ފިއްތާލެވުނީ ބޭއިޚްތިޔާރުގައެވެ. މޭޒުމަތީ އަތްދަބަހާއި ފޯނު ބޭއްވުމަށްފަހު، ޔަލްވީ، އޭނާގެ މަސައްކަތް ފެށިއެވެ. އެހެން އިނދެފައި ދޭތެރެއަކުން ޝައުނަށްވެސް ބަލާލެވެއެވެ. އެ ގޮތަށް ބަލައިލެވޭ ކޮންމެ ފަހަރަކުވެސް ޝައުން އިންނަނީ ފޯނަށް ގެއްލިފައެވެ. ހަލުވިކަމާއިއެކު ފޯނުގައި ލިޔަމުން ދިޔައިރު ބައެއް ފަހަރު ހީލާތަން ފެނުމުން، ޔަލްވީގެ ހިތުގައި ހަސަދައިގެ އަލިފާން ރޯވެގަތީ އެހެނަކުންނޫނެވެ.

“އުހުމް އުހުމް….. ޝައުން… މި ސިސްޓަމަށް ގޮތެއްވެއްޖެ…. މަސައްކަތެއް ނުކުރޭ….. ތި ފޯނު އެއްފަރާތްކޮށްލާފަ، މި ރަނގަޅުވޭތޯ ބަލައިލަދީބަލަ……” ކުޑަކޮށް ކަރުކެހިލަމުން ޔަލްވީއަށް މިހެން ބުނެވުނީ ރުންކުރު ގޮތަކަށެވެ. ޔަލްވީ އެ ގޮތަށް ވާހަކަ ދެއްކުމުން ޝައުނަށް ބަލައިލެވުނީ ހައިރާންވެފައި އިނދެއެވެ.

“ސްޓަކް ވީ ދޯ….” އިންތަނުން ތެދުވަމުން، ޝައުނަށް އަނެއްކާވެސް ޔަލްވީގެ މޫނަށް ބަލައިލެވުނީ، އޭނާގެ މޫނުމަތިންވެސް ހިތްހަމަ ނުޖެހުމުގެ ކުލަވަރު ފެންނަން ހުރުމުންނެވެ.

ޝައުން ދިއުމުން ޔަލްވީ ގޮނޑިން ތެދުވެލީ، އޭނާއަށް ތަންދެމުންނެވެ. ކޮމްޕިއުޓަރ ސިސްޓަމް ރަނގަޅު ކުރަން އިނދެފައިވެސް، ޝައުން ދޭތެރެއަކުން ފޯނަށް ބަލައިލައެވެ. މިތަންފެނި ރުޅިގަދަވީވަރުން ޔަލްވީ، އެ ތަނުން ނުކުންނަން ހިނގައިގަތެވެ.

“ދަނީތަ……؟؟؟؟” ޔަލްވީ ނުކުންނަން ދިއުމުން ޝައުން އަހާލިއެވެ. ޝައުން ވާހަކަ ދެއްކުމުން ޔަލްވީގެ ފިޔަވަޅުތައް މަޑުޖައްސާލިއެވެ.

“ހޫމް…..” ޔަލްވިގެ ޖަވާބު ކުރެވެ.

“ޔާލް…. އަދިވެސް އަހަރެން ދެކެ ރުޅިއައިސްފައި ދޯ ތި ހުންނަނީ….؟؟؟؟ އަހަރެން ހީކުރީ މިހާރު އަހަންނަށް މާފުކުރީކަމަށް…..؟؟؟؟؟” ދެ ޖީބަށް އަތް ޖަހާލަމުން ޝައުން އައިސް މަޑުކޮށްލީ ޔަލްވީގެ ކުރިމަތީގައެވެ. ޝައުނާއި ހަތަރުކަޅި ހަމަނުކުރަންވެގެން ޔަލްވީ އިސް ޖަހާލިއެވެ.

“ރުޅިއެއް ނާދެ…. އަހަރެން ޝައުނަށް މާފުކޮށްފިން…..” މިފަހަރު ޔަލްވީގެ އަޑުގައި މަޑުމައިތިރިކަމެއް އެކުލެވިގެން ދިޔައެވެ. އެހެނަސް، އޭނާ އިސް އުފުލާ ޝައުނަށް ބަލައިނުލައެވެ.

“ދެން ކޮންތާކަށް ތި ދަނީ…..؟؟؟؟” ހުރިހާ ވާހަކައެއް ދެއްކިއިރުވެސް ޝައުން ހުރީ ޔަލްވީއަށް ބަލާށެވެ.

“އޮފީހަށް ގޮސްލަން…. އަހަރެން މިތާ އިނިއްޔާ ޝައުންއަށް ޝައުންގެ ލޯބިވެރިޔާއާއި ވާހަކަދައްކަން އުނދަގޫވެދާނެއެއްނު….. މިހާރުވެސް އެ އުޅެނީ ޖަވާބު ލަސްވެގެން ކަންނޭނގެ…..” ޝައުންގެ ޖީބުގައި އޮތް ފޯނަށް މެސެޖެއް އައިކަމުގެ އިޢުލާނުކުރުމުން، ޔަލްވީ ބުނެލިއެވެ. އަދި އިތުރަށް އެތާ މަޑުކުރަން ނުހާދާ، ހަލުވިކޮށް ހިނގާލާފައި ގޮސް އެތަނުން ނުކުތެވެ.

ޔަލްވީ ކީ އެއްޗެއް ނުވިސްނިފައި ހުރި ޝައުނަށް، ޔަލްވީގެ ދުލުން ނުކުތް ބަސްތަކުގައިވި، ފުން މާނަ ވިސްނުނީ މާ ފަހުންނެވެ. އޭނާގެ ތުންފަތަށް ލާނެއް ހިނިތުންވުމެއް ވެރިވިހިނދު، ދެ ފަރާތަށް ބޯ ހޫރާލެވުނީ، ޔަލްވީގެ ވިސްނުން ހުރިގޮތުންނެވެ. އޭނާގެ ހިތުގައި ކަންތައްތަކެއް ރާވާލިއިރު، ތުންފަތުގައި ނުފިލާ ހިނިތުންވުމެއް ވީ ދެންމެ ކަންތައް ހިނގައި ދިޔަގޮތުން، ޔަލްވީ، އޭނާއާއި ގަޔާވާކަން އެނގުމުންނެވެ. މީގެ ފަސްވަރަކަށް އަހަރު ކުރިންވެސް އޭނާއަށް އެކަހަލަ ޝައްކެއް ވިއެވެ. އެހެނަސް، މިހާރު އެ ޝައްކު ޔަޤީނަށް ބަދަލުވެއްޖެއެވެ.

*******************

 

“މިޝް… މިޝް…. މިޝް…..” ބަދިގޭގައި ތަށިތައް ދޮންނަންހުރި މިޝްޔާއަށް ސިހިފައި ހަޅޭލަވައިގަނެވުނީ ނުވިސްނާ ހުއްޓާ މިޝަލް އައިސް ކޮށްލި ކަމަކުންނެވެ. ހުރިހާ ދަތްތަކެއް ފެންނަވަރަށް ހީލައިގެން ހުރި މިޝަލް، މިޝްޔާގެ އަތުގައި ހިފައި އެނބުރިލުމަށްފަހު، އޭނާ ގޮވައިގެން ނަށާލިއެވެ. ވާނުވާ ނޭނގުނުކަމުގައިވިޔަސް މިޝަލްގެ އުފާވެރި މޫނު ފެނި މިޝްޔާއަށްވެސް ހެވުނެވެ.

“ދޮންބޭ އަހަރެންގެ އަތުގައި މިހުރީ ހުސް އޯމޯއޭ….” މިޝަލަށް އެކަންވެސް ރޭކާލީ، ހިނިއައިސްފައިހުރެ މިޝްޔާ، އެހެން ބުނުމުންނެވެ. އަވަސްއަވަހަށް މިޝްޔާގެ އަތުން ދޫކޮށްލުމަށްފަހު، އަތްދޮވެލަމުން އެނބުރުނު ވަގުތު، މޭޒުދޮށުގައި ތަރުކާރީ ކޮށަން ހިނިއައިސްފައި އިން ލަކްޝްމީ ފެނުމުން ރަކިވާ ގޮތްވީ، އުޅެވުނު ގޮތް ހިތަށް އެރުމުންނެވެ. ރަކިވީނަމަވެސް އެކަން ފޮރުވުމަށްޓަކައި އަނގަމައްޗާއިއެކު، ތުނބުޅީގައި އަތް ހިންގާލުމަށްފަހު، ކުޑަކޮށް ބޯވެސް ކަހާލިއެވެ. އަތްދޮވެގެން އައި މިޝްޔާގެ ތުންފަތަށް ލާނެއް ހިނިތުންވުމެއް ވެރިވީ މިޝަލް ރަކިވެފައިހުރިތަން ފެނުމުންނެވެ.

“ހޫމް…. ދެން ބުނެބަލަ…. ކޮންކަމަކާތަ މާ އުފާވެގެން ތި އުޅެނީ…..” ތުވާލިން އަތްފޮހެލުމަށްފަހު، މިޝަލްގެ ކުރިމަތީގައި މަޑުކޮށްލަމުން، މިޝްޔާ އަހާލިއެވެ.

“ހިނގާބަލަ އެފަރާތަށް…..” ލަކްޝްމީއަށް ބަލައިލުމަށްފަހު، މިޝްޔާގެ އަތުގައި ހިފައިގެން ހިނގައިގަންނަމުން މިޝަލް ބުނެލިއެވެ.

 

“މިޝްއަށް އެނގޭތަ….؟؟؟؟ ދޮންބެމެންގެ އޮފީހުގައި އިޢުލާނު ކޮށްފައި އޮތެއްނު ވަޒީފާއެއް…… ޝިއު މިއަދު އެ މަޤާމަށް ކުރިމަތިލައިފި…..” ބަގީޗާއަށް ދެވުމާއިއެކު، ހުދު ދަތްތައް ފެންނަވަރަށް ހީލައިގެން ހުރެ، މިޝަލް ބުނެލިއެވެ.

“ކީކޭ…. އެ މަޤާމަށް ކުރިމަތިލީ، ހަމަ އަހަރެމެންގެ ޝިއުތަ…؟؟؟؟ ވަރަށް ޤަބޫލުކުރަން ދަތި ވާހަކައެއް ތި ބުނީ…..” މިޝަލް ބުނިއެއްޗެއް ޤަބޫލުނުކުރެވިފައި ހުރި މިޝްޔާ، ދެ ލޯ ބޮޑުކޮށްލަމުން އަހައިލިއެވެ.

“އާނއެކޭ…. ހަމަ ސަޖާޔައްތަގޭ ޝިއު…. އަހަރެންވެސް ހުރީ އޭނާގެ ފޯމް ފެނުނީމަ ޤަބޫލު ނުކުރެވިފައި…… ފޮޓޯ ފެނުނީމަ ޤަބޫލުކުރެވުނީ…. އަހަރެން މަސައްކަތް ކުރާ އޮފީހެއްގައި، މަސައްކަތް ކުރަން، އޭނާ ހިތުލާފާނެއޭ ހިތަށްވެސް ނާރާ….. އެކަމަކު ފޯމް ފެނުނު ގަޑީގަ، ނޭނގެ ވީ ގޮތެއްވެސް…. އުފަލުން ކިރިޔާ އެތާ ހުރެފަ ފުންމާނުލެވުނީވެސް…..” ސީރިޔަސްކަމާއިއެކު، ވާހަކަދައްކަން ފެށި މިޝަލްގެ ޖުމްލަ ނިންމާލީ ހެވިދިލިފައި ހުރެއެވެ.

މިޝަލްގެ އުފާވެރިކަން ފެނި މިޝްޔާއަށް އެ މޫނަށް ބަލަން ހުރެވުނީއެވެ. މިޝަލްގެ ކޮންމެ ޙަރަކާތަކުންވެސް މިޝްޔާއަށް ފާހަގަ ކުރެވުނީ މިޝަލް، ޝިއުރީ ދެކެވާ މަތިވެރި ލޯތްބެވެ. އެފަދަ ގަދަފަދަ ލޯތްބެއް އެއްވެސް އިންސާނަކު، އެހެން އެއްވެސް އިންސާނެއްދެކެ ވާނެކަމާއިމެދު، މިޝްޔާގެ ހިތުގައި ޝައްކު އުފެދުނެވެ. އެހެނަސް، އެ ހިތުގެ ކަނަކަށް ތޫނު ތަދެއް އިޙްސާސްވީ، އެ ލޯބީގެ ކޮޅުމަތި ފެންނަން ނެތްތާ، އުމުރުގައިވެސް އެ ލޯބި މިޝަލަށް ފުރިހަމަވާނެކަމުގެ ކުޑަވެސް އުއްމީދެއް ނެތީމައެވެ. ޝިއުރީގެ ހިތުން މިޝަލަށް އެފަދަ ޖާގައެއްދީފާނެކަމަށް އޭނާގެ ހިތެއް ނުބުނެއެވެ. ވާނީވެސް އެހެންތާއެވެ. ލޯތްބަކީ ވާ އެއްޗެއް ނޫނެވެ. ވެވޭ އެއްޗެކެވެ. ޝިއުރީއަށް ލޯބިވެވުނީ ނަހީކް ދެކެއެވެ. އެ ލޯބި ނާކާމިޔާބު ވީނަމަވެސް، އަދިވެސް އޭނާ އެގޮތުގައި އެ ހުންނަނީ، ނަހީކްދެކެ ވާ މަތިވެރި ލޯތްބެއްގެ ސަބަބުންކަން މިޝްޔާއަށް ވިސްނެއެވެ. އެހެނީ އޭނާއަށް، އޭނާގެ ހިތުން އެހެން މީހަކަށް ޖާގައެއް ނުދެވިގެން މި އުޅެނީ، އެ ހިތުން ޒިކާނަށް ދެވިފައިވާ ޖާގަ ހުސްކުރަން ބޭނުން ނުވާތީއެވެ. ލޯތްބަކީ އެއްބަޔަކަށް ފޮނި އެއްޗެއް ކަމުގައިވީނަމަވެސް، އަނެއްބަޔަކަށް އެއީ ހާދަހާވާ ހިތި އެއްޗެކެވެ.

“މިޝް…. ކޮން ޚިޔާލަކަށް ގެއްލިފައި…..؟؟؟” މިޝަލްގެ މޫނަށް ބަލަހައްޓައިގެން ހުއްޓުން އަރާފައި ހުރި މިޝްޔާގެ މޫނުކުރިމަތީ އަތްހިންގާލަމުން މިޝަލް އަހާލިއެވެ. ސިހިގެން ދިޔަ މިޝްޔާ، އަވަސްއަވަހަށް ދެ ފަރާތަށް ބޯ ހޫރާލިއެވެ.

“ޝިއު ދޮންބެގެ ލޯތްބަށް އިންކާރުކުރިފަހުން، އަހަރެންގެ ގާތުގައި އަދި އަލަށް އިސްވެ، ޝިއުގެ ވާހަކައެއް ދޮންބެ ތި ދެއްކީ…. ފަސް އަހަރު ފަހުން…. އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ ދޮންބެ ޝިއުދެކެ ލޯބިވާވަރު…. ޝިއު ދޮންބެގެ ލޯތްބަށް އިންކާރުކުރީމަ، ދޮންބެ ދެރަވެގެން އުޅުނުވަރުވެސް އެންމެގާތުން ދުށް މީހަކީ އަހަރެން….. އަހަރެން ހިތަށް އަރަނީ ޝިއުއަށް ތި ވަޒީފާ ލިބި، ދެ މީހުން އެއްތާކު މަސައްކަތް ކުރަންވީމަ ދޮންބެއަށް އުނދަގުލެއް ނުވާނެބާއޭ….. ކޮންމެގޮތެއްވިޔަސް ދެ މީހުން އެއްތާކު މަސައްކަތްކުރަންޏާ އެކަކު އަނެކަކަށް ފެންނާނެއެއްނު….” މިޝްޔާގެ ވާހަކަތަކުން ދެންމެއަކާއި ޖެހެންދެން ހިނިތުންވެލައިގެން ހުރި މިޝަލްގެ މޫނުމަތިން ހިނިތުންވުން ފިލައި ގޮސް މީހާ އެކީ ހިމޭންވިއެވެ.

“ޝިއުގެ ދުރުކަމުން ހަމަގައިމުވެސް ވަރަށް އުނދަގުވާނެ…. އެކަމަކު ޝިއު ފެނުނަސް ދޮންބެގެ ހިތަށް ފިނިކަން ލިބޭ…. ދޮންބެ ވަރަށް އުފާވާނެ އަބަދުވެސް ޝިއު ފެންނަ ހިސާބުގައި އުޅެންޏާ…..” ދުރު ބަލަހައްޓައިގެން ހުރެ މަޑުމައިތިރިކަމާއިއެކު މިޝަލް ބުނެލިއެވެ. މިޝަލްގެ ޖަވާބުން މިޝްޔާ ދެރަވީ އެ ހިތުގައި އަޅާނެ ވޭން އިޙްސާސް ކުރެވުމުންނެވެ. މިޝަލާއި ގާތަށް ޖެހިލުމަށްފަހު، އެ މޭގައި ބޯ އަޅާލެވުނީވެސް އެހެންވެއެވެ.

“ދޮންބެ ދެރަނުވޭ… މާތްﷲ އިރާދަކުރެއްވިއްޔާ ދޮންބެއަށް އަދި ޝިއު ލިބޭނެ…..” އެ ހުރިގޮތަށް ހުރެ ކުޑަކޮށް ރޮވިފައިވާ އަޑަކުން މިޝްޔާ ބުނެލިއެވެ. މިޝްޔާގެ ގައިގައި ހިފަހައްޓާލަމުން، ބޯ ޖަހާލިއިރު މިޝަލްގެ، ދެ ލޯވެސް ފެންކަޅިވެގެންދިޔައެވެ. އެ ގޮތުގައި ތިބެފައި ދެ މީހުންނަށް، ދުރަށް ޖެހިލެވުނީ ބޮޑު ތިކި ވާރޭ އައިސް ގައިގައި ބީހުމުންނެވެ. ދެ މީހުންނަށް އެއްފަހަރާކަހަލަ ގޮތަކަށް މަތިބަލާލެވުނުއިރު، ކެރިގަނޑު އޮއްސާލައިފިއެވެ. ވާހަކައަށް ގެއްލިފައި ތިބިވަރުން ވިއްސާރަ ހެދިކަންވެސް ރޭކާ ނުލީއެވެ. ވާރެއިން ނުތެމި ސަލާމަތްވުމަށްޓަކައި ދެ މީހުން އެކުއެކީ، ގެއަށް ވަނުމަށް ދުއްވައިގަތެވެ.

********************

 

ބޯކޮށް ވެހެމުން ދިޔަ ވާރޭ އަދިވެސް ނުހުއްޓައެވެ. ކަޅު ވިލާތަކުން ދުނިޔެމަތި ބައްދާލާފައިވަނީ އެހާވެސް ބޮޑަށެވެ. ބޭރަށް ދާން ބޭނުންވެފައިހުރި މިޝަލް، މަގުމައްޗަށް ބޯ ދިއްކޮށްލީ ވާރޭ ހުއްޓާލާނެކަމުގެ އަލާމާތެއް ފެންނަން ހުރިތޯ ބަލައިލުމަށެވެ. އެހެނަސް، ދެންމެއަކާއި ޖެހެންދެން، ވާރޭގެ ސަބަބުން ބޭރަށް ނުދެވިފައިހުރި މިޝަލަށް ފެނުނު މަންޒަރަކުން، އެ ބޯ ވާރޭތެރޭ ހުރި ސީދަލަށް އަތިރިއާއި ދިމާއަށް ހިނގައިގަނެވުނީ ބޭއިޚްތިޔާރުގައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eemyaa

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ޢެދެމޭ އުފާ….(23)

by: shiya
Next

ނަމަވެސް.. 6 ވަނަބައި

Next
by: shiya
October 1, 2017

ނަމަވެސް.. 6 ވަނަބައި

Previews
October 1, 2017

ޢެދެމޭ އުފާ….(23)

86 Comments!

  1. Eemyaa says:
    October 1, 2017 at 3:41 pm

    Assalaam Alaikum ☺
    Alhamdhu lillaahi, surprise eh dhevijje dw ?
    Kiyuntherinnah mi part ves kamudhaane kamah ummeedhu kuran ☺☺
    Rangalhu kohlan jjehey kusheh vaanama bunelaidhinun edhen ?
    Have a good nyt
    TGC
    LY all ???

  2. Lam says:
    October 1, 2017 at 3:45 pm

    Vvv reethi…waiting…avahah up kohdehchay

    1. Eemyaa says:
      October 1, 2017 at 5:16 pm

      Thanks Lam ☺☺☺

  3. Sheii says:
    October 1, 2017 at 3:47 pm

    Yeppi up vejje. Adhi nuehkian. Kiyaafa comment khlaanan???

    1. Sheii says:
      October 1, 2017 at 4:01 pm

      Wow. Dhn wen up kuraany.? Waitings. And me second dhw

    2. Eemyaa says:
      October 1, 2017 at 5:18 pm

      Thanks Sheii ☺☺☺
      Kameh dhimaa nuvanyaa maadhan up kohla dheynan In Sha Allah ?☺? Its nt a promise ingey.. bt i’ll try my best ???

  4. Lai says:
    October 1, 2017 at 3:50 pm

    Woww vv salhi me first dhw

    1. Eemyaa says:
      October 1, 2017 at 5:19 pm

      Thanks Lai ☺☺☺

  5. Amna says:
    October 1, 2017 at 3:51 pm

    Oooh what a suprise.thank u

    1. Eemyaa says:
      October 1, 2017 at 5:21 pm

      Hehe ? wc dear ☺☺☺

  6. sana says:
    October 1, 2017 at 3:53 pm

    Wow!very nice ?????

    1. Eemyaa says:
      October 1, 2017 at 5:21 pm

      Thanks sana ☺☺☺

  7. shelly says:
    October 1, 2017 at 3:55 pm

    yeah varah reethi

    1. Eemyaa says:
      October 1, 2017 at 5:22 pm

      Thanks shelly ☺☺☺

  8. Some one says:
    October 1, 2017 at 4:00 pm

    Woww!!!! Thnkxxx v bodah! Ehaa avahah up khdhiniima! V riithi! Alhe mishal ah kwcheh fenunii baaa!!!! When nxt prt????????❤❤❤❤???

    1. Eemyaa says:
      October 1, 2017 at 5:25 pm

      Wc dear ?
      Thanks ☺☺☺
      Lets see dw ??
      I’ll try to upload it tomorrow ??? In Sha Allah..

  9. Saroo says:
    October 1, 2017 at 4:04 pm

    Haadha ufaavehje
    Eem thnx

    1. Eemyaa says:
      October 1, 2017 at 5:25 pm

      Wc dear ☺☺☺

  10. Anonymous says:
    October 1, 2017 at 4:15 pm

    Yayyyy..? eem thi dhiny suprise eh.. vahaka v loabi. Now ok veyba kaneyge?

    1. Eemyaa says:
      October 1, 2017 at 5:27 pm

      Hehe ?
      Thanks dear ☺☺☺
      Happy to knw tht ?
      Ummeedhu kuran kuriah huri part thah ves reethi vaane kamah ???

  11. mal says:
    October 1, 2017 at 4:19 pm

    Yayy.. eem gadaa.. suprise eh dhw…? mihaaru vahaka interesting eba vey

    1. Eemyaa says:
      October 1, 2017 at 5:31 pm

      Yes mal surprise eh dheyn ulheny v dhuvas vejje bt eem maa bxy v ma dw.. ? dhn ekm rangalhuvaane kamah balamaa dw.. mihen bunyas hee nukoh hutta anekka bxy vedhaane hama dw ??
      Aww ? v ufaa vejje.. hee kuran kuriah huri part thah ves gayaa vegen kiyaalaane kamah ☺☺☺

  12. Aiminath juveydha says:
    October 1, 2017 at 4:32 pm

    Comments nukuriyas mivaahaka kiyan.. varah reethi mi vaahaka.. mi part ves varah reethi..

    1. Eemyaa says:
      October 1, 2017 at 5:33 pm

      Juvey ☺ v ufaa vejje juveyge comment eh libunyma ?
      Thanks dear ???
      Kuriah huri part thah ves kamudhaane kamah umeedhu kuran ☺☺
      Rangalhu kohlan fenna kameh othy aa ves bunelaathi ?

  13. Manna says:
    October 1, 2017 at 4:35 pm

    Anehkka shiu vaareaa themen hutta fenuneetha

    1. Eemyaa says:
      October 1, 2017 at 5:34 pm

      Manna, lets see ???

  14. Ellie says:
    October 1, 2017 at 4:44 pm

    A Same boring chapter again??? Y eeeeem??? Kurukoh fonikoh scene thah genesbala… This is too much now… Kurin haa eh noon mihaaru mi story… But still, kiuntheringe adu eem ahaane kamah kiyaanan ?

    1. Eemyaa says:
      October 1, 2017 at 5:44 pm

      Ellie, kon baeh kamu nudhaa vaahaka thibuny ?? E baeh angaala dhiniyya v rangalhu.. ☺
      Eki kiyuntheringe khiyaal thafaath iru hurihaa kudhin beynun vaa gothah story genesdhen eem ah ehaa faseyha eh nuvaane dw
      Dhn bunelan beynun.. mihaaru story dhaa gothun hiyyhama nujehidhaane… meeves different story eh.. abadhu expect kuraa gothah kan nuve hingaidhaane bt eem akah hieh nuve story ga kanthah vegen dhaa gothun kiyuntherin dissappoint vaanehenneh.. dhn lets see dw ?? v ufaa vejje story kamu nudhiyas kiyaalaanamey bunyma.. ☺☺☺
      Kuriah huri part thah kamudhaane kamah heekuran ?

    2. Ellie says:
      October 1, 2017 at 6:35 pm

      And thanks for uploading ???

    3. Eemyaa says:
      October 2, 2017 at 8:52 am

      Wc dear ☺

  15. nium says:
    October 1, 2017 at 4:52 pm

    Alhamdh lillah thihaa busy koh ulhamun ves vaahaka genes dhineyma eem ah v v bodah shukurihyaa… vaahaka v reethi unmeedhu kuran kuriyah huri baitha miyahvuren dhiguvefa reethi vaanekamah …??

    1. Eemyaa says:
      October 1, 2017 at 5:47 pm

      Hehe ? wc dear ☺
      Thanks nium ☺☺☺
      V try kuraanan miah vure dhigu koh reethi koh genesdheveytho hehe ??????

  16. Xee says:
    October 1, 2017 at 4:52 pm

    Wow?? nice whn nxt part??

    1. Eemyaa says:
      October 1, 2017 at 5:50 pm

      Thanks Xee ☺☺☺ Tomorrow ? In Sha Allah..

  17. click a shot ? says:
    October 1, 2017 at 4:57 pm

    Hama rangalha ves surprise vehje…? site hulhuvaaliru hiyehnukuran upvefa inaaneyekey.??..alhey afu konmes gotheh hadhaaba…yaany haadha dheravaaneyey..hehe yaal ge visnun huna goi..haadha mausoom ey..?? shiu ah visnemun edhany dhw..office ge bai varah reethi vaane kaneyge dhw…mi part ves varah reethi..?thanks for the suprise eem..love it ❤️?

    1. Eemyaa says:
      October 1, 2017 at 5:56 pm

      Hehe ??
      Hehe yaany dhn dhera vaane dw ehn v ma.. may b fahun vaan oiy goi rangalhy kamah ves vedhaane dw.. lets see ??
      Hehe a e nikan mausoom kujjekey abadhuves ??
      Visnijjeyya v rangalhu dw.. ?
      Thanks click ☺☺☺
      Hehe wc dear ???

  18. Adha? says:
    October 1, 2017 at 5:28 pm

    Eem! Thanks for the suprise?. Alhe e vee kihinehtha? Yaany ge dad keevetha ebbass nuvany?.. annekkaa maa kurissure kujjeh hoadhaafa hurytha yaany aa marry kuran.. ehen nahadhaathi ingey.. yaany nd afu gulheny… nd im very curious to know what mishal saw…. knirakun dhen next part up kohdheynee eem?
    Waitingss ❤❤❤❤

    1. Eemyaa says:
      October 1, 2017 at 6:03 pm

      Wc Adha ?
      Vedhaane dw e kamuge fahathuga bodu reason eh othy kamah ? lets see
      Hehe ?? eyehves engeyne dhn v avahah ? kuda inthizaareh kohlan jeheynee..
      Kameh dhimaa nuvanyaa maadhamaa up kohla dheynan In Sha Allah.. ???
      Thanks Adhaa thihaa shauguverikamaa eku mi story kiyaalaathy ☺☺☺

  19. Snow says:
    October 1, 2017 at 5:52 pm

    V nyc❤

    1. Eemyaa says:
      October 1, 2017 at 6:04 pm

      Thanks Snow ☺☺☺

  20. Malaa says:
    October 1, 2017 at 7:05 pm

    Yeyyyss thankiu eem up kohdhi niyma.. wrh wrh reethi mi part vx nge.. dn awahah shaun aa yalvee gulhuwan ulhey .. ehn noony ……… yaal gehlidaane kanneyge.. ekm ehn nahadhahchey nge eeem .. ❤️❤️???

    1. Eemyaa says:
      October 2, 2017 at 9:24 am

      Hehe wc dear ?
      Thanks Malaa ☺☺☺
      Hehe dhn vaa gotheh ves balaalamaa dw ??

  21. khajja says:
    October 1, 2017 at 7:50 pm

    Ohhhh wow thank u so much n masha allah stry v v perfect nxt prt ves avaskolla dhechchey gud nyt ly ??????❤❤???????

    1. Eemyaa says:
      October 2, 2017 at 9:28 am

      Hehe wc dear ?
      Thanks a lot khajja ☺☺☺
      In Sha Allah next part ves avas kohla dheynan ??
      LY too khajja ???

  22. Cher says:
    October 1, 2017 at 9:13 pm

    hei eemy..varah dhuvas kollaafa mi story ah mi comment kollanii…alhe kihinh tha thi hurihaa idea thakeh thi nerenii konthaakuntha alhe..haadha salhiey..u r really supernatural…cant wait..next prt whn up vaanyy

    1. Eemyaa says:
      October 2, 2017 at 9:57 am

      Hei Cher ? after a long time dw ☺
      Hehe gina ideas libeny real life in.. dhn baeh ideas thah a e hama hithah anna ehchehi ??
      Thanks dear ???
      Hehe ☺☺☺
      In Sha Allah, ithuru kameh dhimaa nuvanyaa miadhu up kohla dheynan ??
      ❤

  23. Malsha says:
    October 2, 2017 at 1:43 am

    Alhey haadhahaa loabi surprise eh thidhiny. .thank u..story v v v rythi..when next part? ?next part ga mish and raahil ge baeh genesdhehchey. .bye love u..

    1. Eemyaa says:
      October 2, 2017 at 9:58 am

      Hehe wc dear ?
      Thanks Mal ☺☺☺
      In Sha Allah, miadhu nuny mirey ??
      Yeah ekudhinge baeh ves genesdheynan ???
      LY too Mal ??

    2. Song joong ki... KOREAN says:
      October 2, 2017 at 11:00 am

      Ohh my god.. Mirey vanyaa kommx mirey up khdhehchey ?? varah kiyaa hithun all the readers hury. ? hehe

    3. SHAUN says:
      October 2, 2017 at 11:02 am

      Miadhu up kohlahcheyyy

    4. Eemyaa says:
      October 2, 2017 at 2:32 pm

      Time eh bunedhen adhi neyge.. vee enme avahakah up kohla dheynan hama ☺☺☺ miadhu nuny mirey

  24. rose says:
    October 2, 2017 at 7:52 am

    v niceb bunaane ithrvaahaka eh neh ehaa ves reethi

    1. Eemyaa says:
      October 2, 2017 at 9:59 am

      Oww thanks a lott dear ☺☺☺???

  25. mai says:
    October 2, 2017 at 8:12 am

    alhey… dhen yaany mennah eh nahadhaba eem… yageen mishal ah shiuree e fenuny.. keep up the good work.. mibai heewey thankolheh kuruhen.. wedhaane mai ah heewigoikamah..anyways v reethi mibaiwes…next part awahah up kohdhehchey..ly

    1. Eemyaa says:
      October 2, 2017 at 10:02 am

      Dear mai yaanee mennah ehn e vany fahun vaan oiy goi rangalhu v ma kamah ves vedhaane ehnu dw ??
      Hehe lets see ?
      Thanks mai ???
      Yes mi bai kudakoh kuru vaane
      LY too dear ☺☺☺

  26. Song joong ki... KOREAN says:
    October 2, 2017 at 8:52 am

    Ohh eeeem what a surprise!!! ?? site hulhuvaali irah mi vaahaka fenunuyma kiriyaa fummai nuganevuny.. ? v vvv happy vejje eem ehaa bxy koh ulhefa up kohla dhinyma. alhey mi story hama ehfaharaa kiyaa hiyyvanyyyy ? fantastic mi part vx.. So sad, ayaany dad haadha harukashiey dhw. Rulhi madu kuran faaga kaandhy ayaany dad ah. ? n yaal haadha jealous ekey dhw evy. Hahah. Rangalhu reyvumeh raavaifi dhw shaun.. I can’t believe shiu e job ah kurimathy lee??? Woww amazing… ??? so curious to see what happenha to mishal. Shiu kanneynge athirimathy iny. Anyways, vvv loabi mi part. Waiting waiting as usual.. SARANGEYO (LOVE YOU ???) t
    Tc. good luck. N avahah up khdhehchey ingey??

    1. Eemyaa says:
      October 2, 2017 at 10:08 am

      Song men gaathu surprise episode eh genesdhen bunevunyma knmehen ves gennan vaanu dw ?? hehe ?
      Thanks Song ☺☺☺
      Hehe faaga eh hoadhaakannu jeheynyy dw ?
      Dhn shaun ves e gothah kanthah kuranyaa yaal j vaanethaa dw ?
      Haha shiu ehnu.. eynaage goi neygeyne hama guess kohlaafa bunanves, mulhin thafaath kujjeh a e ?
      Mishal ah fenunee kn kahala manzareh kan ingeyne v avahah ? kuda inthizaareh kohlaa adhi
      Thanks a lott Song ???
      LY too ?

    2. Song joong ki... KOREAN says:
      October 2, 2017 at 10:57 am

      Yeah surprise hama perfect ??

    3. Eemyaa says:
      October 2, 2017 at 11:07 pm

      ❤❤❤

  27. k says:
    October 2, 2017 at 9:11 am

    wowowowow eeem(best writer in my view). vv nice story. waiting for next part.

    1. Eemyaa says:
      October 2, 2017 at 10:11 am

      Thanks dear ???
      Wow v happy vejje dear thanks a lott ❤❤❤
      ☺

  28. Nish says:
    October 2, 2017 at 12:45 pm

    Oh suprise eh?
    Duty bxy kamun site ah nuvadhevunyma nus egun..enmeh fahun dhw me ah mi kiyaalevuni..bt mi part ves hama perfect..shiu kahneyge mishal ah e fenuni..?waiting for next part..keep it up eem..ly???

    1. Eemyaa says:
      October 2, 2017 at 2:34 pm

      Hehe ?
      Thanks Nish ☺☺☺
      Lets see ??
      LY too dear ???

  29. click a shot ? says:
    October 2, 2017 at 1:10 pm

    Hey eem …Eem ge number dhevidhaanetha..??

    1. Eemyaa says:
      October 2, 2017 at 2:35 pm

      Yeah sure
      Bt mithaaku nudheveyne dw.. Admin through koh hoadhan jeheynee ☺

    2. Song joong ki... KOREAN says:
      October 2, 2017 at 3:39 pm

      Kihineh hadhan jeheynee???????? I mean admit through koh kihineh Hoadhaany?

    3. click a shot ? says:
      October 2, 2017 at 4:48 pm

      Oh..?

    4. Eemyaa says:
      October 2, 2017 at 11:02 pm

      U guys have fb id ?? If yes, esfiya fb page ge mi storyge 38 part ah kaaku kan ingey gothah comment kohlaa.. so i can get ur fb id ?

    5. Song joong ki... KOREAN says:
      October 3, 2017 at 5:47 am

      No I don’t use FB ??

    6. Eemyaa says:
      October 3, 2017 at 9:05 am

      Oww Song, wat abt email.. u hav any email address??

    7. Song joong ki... KOREAN says:
      October 3, 2017 at 12:21 pm

      No dear?

    8. click a shot ? says:
      October 3, 2017 at 5:40 pm

      even I don’t use fb and email..?

    9. Eemyaa says:
      October 4, 2017 at 7:33 am

      Aslutha?? Dhn kihineh hadhaanee??

    10. song joong ki..KOREAN says:
      October 4, 2017 at 7:53 am

      nothing to do dhw.. 🙁 dhn okay vaane.

  30. Sidhu says:
    October 2, 2017 at 1:23 pm

    Vaahaka v salhi eam story abadhuvex kiyan comment nukurevunas eam ge mi story nukiya eh nuhurevey vvvv salhi

    1. Eemyaa says:
      October 2, 2017 at 2:36 pm

      Thanks Sidhu ☺☺☺
      Hehe v happy vey kiyaalaathy ???

  31. Xoo says:
    October 2, 2017 at 2:24 pm

    Eem kobaatha story… Haadha lahey

    1. Eemyaa says:
      October 2, 2017 at 2:39 pm

      Xoo, eem aky jobah dhamun story liyaa kujjeh.. dhnme mi adhi geah aadhevuny.. so adhi time nagaane.. bt miadhu nuny mirey kiyaalan libey varu kohla dheynan In Sha Allah ☺☺☺

  32. Roo says:
    October 2, 2017 at 4:22 pm

    Eem ge mi story mee hama varah loabi story eh! Upload veythoa emme wait kurevey story mee.. Roo adhi alah mi comment kury ekam abadhuves kiyan ☺️☺️ Keep up the good work ?❤️ Ly ?

    1. Eemyaa says:
      October 2, 2017 at 11:03 pm

      Hehe Thanks Roo ☺☺☺
      V happy vejje roo ge comment eh libunyma ?
      LY too dear???❤

  33. Nappudding says:
    October 2, 2017 at 5:14 pm

    Awlhey eem next part awax kollahchey… Masha allah warah lwbi stry eh mee…????

    1. Eemyaa says:
      October 2, 2017 at 11:04 pm

      Hehe Thanks dear ???

  34. AFNAN? says:
    October 2, 2017 at 8:18 pm

    woww ? just love it waiting for the next part ?❤❤

    1. Eemyaa says:
      October 2, 2017 at 11:05 pm

      Thanks Afnan ???

  35. click a shot ? says:
    October 2, 2017 at 8:58 pm

    Eem story up nuvanytha ?

    1. Eemyaa says:
      October 2, 2017 at 11:06 pm

      Thankolheh las v dw..
      Nw up kohlaafa innaany ☺☺☺

Comments are closed.

Next Episodeޔާރު މިވަނީ ލޯތްބޭ ޙަޤީގީ 38 (އަށުތިރީސްވަނަ ބައި)←


All Right Reserved!