Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޢެދެމޭ އުފާ….(22)

Dhippi Level 4100 Comments10 Stories
September 30, 2017 6 Mins Read
15 Comments

“ހަލޯ ވަޒޫ ކޮން އިރަކުތަ ގެއަށް އަންނަނީ؟ މަންމަ މިހާރު ހެދިކާ ވެސް އޯޑަރު ކޮއްގެން ގެނެސްފިން…” ވަޒުނާ ފޯނު ނެގުމާއެކު އަފީފާ ބުނެލިއެވެ. “އެހެންތަ މަންމާ؟ އަޅުގަނޑު މަގުމަތީގައޭ މިހިރީ، ކޭކު ނަގައިފިން ދެން ވާނީ ފަސް ވަރަކަށް މިނިޓް…” ވަޒުނާ އެހެން ބުނުމާއެކު އެންމެ ރަނގަޅޭ ކިޔާ އަފީފާ ފޯނު ބޭއްވިއެވެ. އޭރުވެސް އަފީފާ ހުރީ ހިންޏާގެން ފަޅައިގެން ދާން ކައިރި ވެފައެވެ. “އަހަ..! ސައުދު ވެސް އައީދޯ… ހާދަ ބޮޑު ޕާރުސަލްއެއް!” ސައުދު ބޮޑު ޕާރުސަލްއެއް ހިފައިގެން އައިސް ވަނުމުން އަފީފާ އުފަލުން އަހައިލިއެވެ. “އާނ… އެެމަންޖެއަށް ދޭން ވާނީ ބޮޑު ހަދިޔާއެއްތާ، އެއްޗެއް ދެންޏާ ދޭން ވާނީ ރަނގަޅު އެއްޗެއްނޫންދޯ..؟ އެހެން ނޫނަސް އެއީ ދެން މިހާރު އަހަރުމެންގެ ދަރިއެއްތާ..!” ޕާރުސަލް މޭޒު މަތީ ބަހައްޓަމުން ސައުދު ބުނެލިއެވެ. “އާނ… ތިއީވެސް ދޮގު ވާހަކައެއްނޫން އެއީ ހަމަ މިހާރު އަހަރުމެންގެ ވެސް ދަރިއެއް…” އަފީފާ އަނގަޔަށް ވަންޏިއެއް ވެސް އަރުވާ ނުލާ ބުނެލިއެވެ. އޭނަގެ ހުރި ލަދު ހަޔާތްކުޑަ ކަމާއެވެ. އޭރު ކޭކު ހިފައިގެން އައިސް ވަޒުނާ ވެސް ވަންނަނީއެވެ.

ދަރިފުޅުވެސް އައީދޯ..؟ މިހާރު ހެދިކާ އެއްޗެހި ވެސް ރެޑީ އެއްނުން! ދެން އެމަންޖެއަށް ގޮވާބަލަ… އިތުރު ބަޔަކު އާދޭތަ؟” ވަޒުނާ އައިސް ވަނުމުން ސައުދު ބުނެލިއެވެ. “ލައްބަ ބައްޕާ މިއަންނަނީ އަލްއަށް ގޮވައިފަ، މަންމަ މި ކޭކު ނަގައިފަ މޭޒު މަތީ ބަހައްޓަބަލަ..!” އަފީފާ ކައިރި ކޭކު ނަގާފަ މޭޒު މަތީ ބަހައްޓަން ބުނެފަ ވަޒުނާ ދިޔައީ އަލްޔާ އުޅޭ ކޮޓަރިއަށް އޭނަޔަށް ގޮވާށެވެ. ކޮޓަރީގެ ދޮރު ހުޅުވާފަ އަލްޔާ ފެންނަން ނެތުމުން ވަޒުނާ ކޮޓަރީގެ އެކި ތަންތަން ހޯދަން ފެށިއެވެ. އަފީފާ ހުރީ ސޯފާގަ ހަމަޖެހިގެން އެމަންޒަރު ބަލައިގެން ނުލަފާ ވައްތަރަކަށް ހެވިފައެވެ. “އަލްޔާއެއް ނެތް! ފާހާނާވެސް ބަލައިފިން… އޭނަގެ އެއްވެސް އެއްޗެއް ވެސް ނެތް..!” ހާސްވެފައި ކޮޓަރި ދޮރު މައްޗައް ހުއްޓިހުރެ ވަޒުނާ ބުނެލިއެވެ. ވަޒުނާ އެހެން ބުނުމުން ސައުދުއާ އަފީފާޔާ ދެމީހުން ފުއްމާފަ ސޯފައިން ތެދުވެގެން ދުވެ ދިޔައީ އަލްޔާގެ ކޮޓަރިއާ ދިމާލަށެވެ. “ކޮބާތަ އަލްޔާ؟! އެބުނާހެން އޭނަގެ އެއްޗެހިވެސް ނެތް އަނެއްކާ އޭނަ ތަނަކަށް ދިޔައީތަ..؟” އަފީފާ ހައިރާންވެގެން ބުނެލިއެވެ. އޭރުވެސް އޭނަގެ މޫނު މަތިން އެއްވެސް އެއްޗެއް އިނގޭނެ ނިޝާނެއްވެސް ނެތެވެ. “ސައުދު ދެން ކިހިނެއް ހަދާނީ؟ މީހެއްގެ އަންހެން ދަރިއެއް ގެނެސްފަ އޭނަޔަށް ކަމެއް ވެއްޖެއްޔާ ހުރިހާ ޒިންމާއެއް ނަގަން ޖެހޭނީ އަހަރުން!!” އަފީފާ ލޮލުން ކަރުނަ އޮއްސަމުން ބުނެލިއެވެ. “މަންމާ! ހަމަޖެހިބަލަ… މަމިގުޅަނީ އޭނަޔަށޭ، ނުރޮއެބަލަ” އަފީފާ ރޯތީ ދެރަވެގެން އަލްޔާގެ ފޯނަށް ޑައިލް ކުރަމުން ވަޒުނާ ބުނެލިއެވެ. “ތިޔަ ގުޅުއްވި ނަންބަރުގެ ހިދުމަށް ވަނީ ކަނޑާލާފަ ނޫނީ ގުޅޭ ސަރަހައްދުން ބޭރުގަ ފަހުން ގުޅުއްވުން އެދެން، ޝުކުރިއްޔާ” ވަޒުނާ އައި ރުޅިން ފޯނުނަގައި ސޯފާ މައްޗަށް އެއްލާލިއެވެ. “ކިހިނެއްވީ ދަރިފުޅާ؟..” ވަޒުނާ ފޯނު ސޯފާމައްޗަށް އެއްލުމުން ސައުދު އަހައިލިއެވެ. “އެނަންބަރަކަށް ނުގުޅޭ… ނިއްވާފަޔޯ ބައްޕާ! އަޅެދެން ކިހިނެއް ހަދާނީ؟ އަލްޔާ ދަންނަ ބަޔަކުވެސް އުޅޭ ތަނެއްނޫން މިއަކީ… ދެން ކޮންތާކަށްބާ އޭނަ އެދިޔައީ؟!” ވަޒުނާ ރޮމުން ސައުދުކުރެން އަހައިލިއެވެ.

ދަރިފުޅާ ބައްޕަ ވަކި ކީކޭތަ ބުނާނީ؟ ބައްޕަ މިހިރީ ބުނާނެ އެއްޗެއްވެސް ނޭނގިފަ! އަފީފާ މިއަދު ކޮންތާކުތަ އުޅުނީ؟” ވަޒުނާގެ ސުވާލަށް ޖަވާބު ދިނުމަށް ފަހު އަފީފާ ކުރެން ސައުދު އަހައިލިއެވެ. “މަމިއަދު ނުދަން އެއްވެސް ތަނަކަށް! ހަމަ ގޭގަ އުޅުނީ، އެކަމަކު ކޮޓަރީގަ އޮތީ މަށަކަށް ވެސް ނޭގެންނޫން މިހެން ވެދާނެ ކަމެށް؟!” އަފީފާ ކަރުނަ ބާލަމުން ބުނެލިއެވެ. “ބައްޕާ އަޅުގަނޑަށް ފެންނަނީ ޕޮލިހަށް ގުޅަން އެހެންނޫނީ ކަމަކު ނުދާނެ..!” ވިސްނާލުމަށް ފަހު ވަޒުނާއަށް ފެންނަ ގޮތް ބުނެލިއެވެ. “ނޫން ދަރިފުޅާ ޕޮލިހަށް ގުޅީމަ ކަމަކު ނުދާނެ..! ދަރިފުޅުތީ މޮޔައެއްތަ؟ ޕޮލިހަށް ގުޅާފިއްޔާ މި އާއީލާގެ އަގެއް ނޫންތަ ވެއްޓޭނީ، މީހުން ކިހާ މަލާމާތެއް ކުރާނެކަމެއް ދަރިފުޅަށް ނޭގެނީތަ؟” ސައުދު ވަގުތުން ޕޮލިހަށް ގުޅުމަށް އިންކާރުކޮށް އެކަން މަނާ ކުރިއެވެ. ވަޒުނާ ހުރީ ހަދާނެ ގޮތް ހުސްވެ ދެފައިން ވާގި ދޫ ވެފައެވެ. ވާނީ އެހެން ނުން ހެއްޔެވެ. އަލްޔާއަށް ކަމެއް ވެއްޖެއްޔާ ވިނާންއަށް ވާނެ ވަރު އޭނަޔަށް ކިތަންމެ ރަނގަޅަށް ވެސް އިނގޭ ވިއްޔާއެވެ. “ދަރިފުޅާ ވަރަށް ދެރަ ކަމެއް ވެގެން މިއުޅެނީ، އަލްޔާ މިގެއިން ގޮސްފި އޭނަގެ އެއްވެސް އެއްޗެއް ވެސް ނެތް..!” އެވަގުތު ވިނާން ގުޅުމުން ސައުދު ބުނެލިއެވެ. “ކީކޭ ބައްޕާ؟! ބައްޕަ ތިކިޔަނީ ކީކޭތަ؟!” ގަބޫލް ނުކުރެވިގެން ވިނާން އަހައިލިއެވެ. “ބައްޕަ މިކިޔަނީ އަލްޔާއެއް ނެތޭ ގޭގަ… އޭނަގެ އެއްވެސް އެއްޗެއްވެސް ނެތޭ، ބައްޕަމެން މިއަދު ގޭގަ ކުޑަ ޕާޓީއެއް ބާއްވަން ވެގެން މިއުޅުނީ އޭނަގެ އޮފަންދުވަސް އިއްޔެވީމަ، ޕާރޓީ ރެޑީ ކޮއްފަ އޭނަ ހޯދާ ހޯދާ ނުފެނުނު!!” ތަފުސީލުކޮށް ސައުދު އޮޅުން ފިލުވާ ދިނެވެ.

“އޭ!! ތީކޮންރަށަކު ކުއްޖެއްތަ؟” ނިދިފައިއޮތް އަލްޔާއަށް ހޭލެވުނީ ކައިރީގަ ހުރި ކުއްޖަކު ގޮވައިތީއެވެ. އަލްޔާ ފުންމައިގެން ގޮސް ތެދުވެ އެކި ތަން ތަން ހޯދަން ފެށިއެވެ. އޭނަޔާ ވާހަކަ ދެއްކި ކުއްޖާޔާ ދިމާލަށް ބަލާލުމެއް ވެސް ނެތިއެވެ. ވާނީވެސް އެހެންތާއެވެ. އޭނާ އެތަނަކަށް ގެނައި ގޮތަށް ނިދާ އިންޖިކްޝަނެއް ޖަހާފަ ނިންދިވީ ވިއްޔާއެވެ. އެހެންވީމަ ތަންތަން ވެސް ހޯދޭނެތާއެވެ. “އޭ… ބަލަ ވާހަކަ ދައްކަބަލަ ކޮން ނަމެއްތަ ކިޔަނީ؟ ކޮންރަށަކު ކުއްޖެއްތަތީ؟” އަނެއްކާވެސް އެނުދަންނަ ކުއްޖާ އަހައިލިއެވެ. “އަހަރެންނަށް ކިޔަނީ އަލްޔާ، ވެލިދޫ، ތިއީ ކޮންރަށެއްގެ ކޮން ކޮއްޖެތަ؟” ޖަވާބު ދިނުމަށް ފަހު އެނުދަންނަ ކުއްޖާޔާ ސުވާލް ކޮއްލިއެވެ. “އަހަރެންނަށް ކިޔަނީ ޒިއާދާ، އޮމަދޫ ކުއްޖެއް އަހަރެންނަކީ… އަލްޔާއަށް ކިހިނެއްތަ މިތަނަށް އާދެވުނީ؟” ތައާރަފު ވުމަށް ފަހު އެކުއްޖާ އަހައިލިއެވެ. “އަހަރެން ހުންނަގޭ ދައްތަ އަހަރެން ވިއްކާލީ! އަހަރެން މާލެ ގެނައީވެސް އެދައްތަ!” ކުރަކި އަޑަކުން އަލްޔާ ބުނެލިއެވެ. “އެހަންތަ؟ ހާދަ ގޯސް މީހެކޭ އެއީ، މިތާ ކުރަނީ ކޮންކަމެއްކަން އިނގޭނަމަ އެކަކުވެސް ނާންނާނެ މިތަނަކަށް” ޒިއާދާ ބުނެލިއެވެ. “އެހެންތަ؟ މިތާ ކޮންކަމެއްތަ ކުރަނީ؟!” އަލްޔާ ހައިރާން ވެފައިހައިލިއެވެ. އޭރު އެތަނަށް ގިނަ އަދަދެއްގެ އަންހެން ކުދިން ތަކެއް އެއްވެއްޖެއެވެ. “ސޫބުހާނަﷲ! އެވާހަކަ ދައްކަން ވެސް ހެޔޮ ނުވާނެ! މިތާ އުޅެނީ ވަރަށް ލަދުހަޔާތް ކުޑަ އީމާން ތެރި ކަމުގެ މިސާލެއް ވެސް ނެތް ވަލު ޖަނަވާރުން ތަކެއް!! އަލްޔާއަށް އިނގޭތަ؟ އެމީހުން ބޭނުން ގޮތަކަށް އަަރުންނަށް ހަދަނީ އެމީހުންނަށް ހީވާގޮތުން އަހަރުން އަންހެނުންނަކީ އެއްވެސް ބައެއްނޫން އެމީހުން ކުނި އުކާލަން ތިބި ގޮނު ތަކެއް މިއީ!” ޒިއާދައަށް ރޮވޭތީ އިތުރަށް ވާހަކަ ނުދެއްކިގެން ހުއްޓާލިއެވެ.

“އެއީ ތެދެއް އަލްޔާ! އަހަރުން މިތާ އުޅޭތާ ތިން އަހަރުވީ މިތަނަށް އަންނާނެ ހާހުން ފިރިހެނުން އެމީހުން ޗޫޒްކުރާ ކުއްޖެއް ޖެހޭނީ އެމީހުން ބުނާ ހުރިހާ ކަމެއް ކުރަން! އަލްޔާ އާ ވީމަ މިދުވަސް ކޮޅު ވަރަށް ޑިމާންޑް ބޮޑު ވާނެ!” ނާއުންމީދާ ހިތްދަކި ކަމާއެކު އެކުއްޖާ ބުނެލިއެވެ. އެއީވެސް އެތާ އެ އަނިޔާ ވެރި ކަމުގައި އުޅޭތާ ތިން އަހަރު ވެފައި ހުރި ކުއްޖެކެވެ. “އަދި އިނގޭތަ ބޮޑު އަނގު ކިޔާފަ މިތަނަށް އަންނަ މީހުންނަށް ވިއްކާލަނީ” އެކުއްޖާ އިތުރަށް އޮޅުން ފިލުވައި ދިނެވެ. އޭރު އަލްޔާ ހުރީ ރޮއެ ރޮއެ ހަލާކުވާ ވަރު ވެފައެވެ. އަލްޔާ އިނީ އަފީފާ ކަންތައް ކުރި ގޮތުން ވަރަށް އަސަރު ކޮއްފައެވެ. “އަލްޔާ ދެންދޭ އަވަހަށް ފެންވަރަން މިހާރު ލާރި ގަޑު ހިފައިގެން މީހުންތައް އަންނަން ފަށާނެ އެމީހުން އަންނަން ވާއިރަށް ރީތި ނުވެ ތިބިއްޔާ ގޮއްމުށުގެ ބާރު ދައްކާލާނެ، މިތާ ބޮޑު މީހާޔަށް ކިޔާނީ އިދުރީސް އޭނައަކީ އިންސާނެއްގެ ސިފައިގަ ހުއްޓަސް އިބިލީހެއް!” އެކުއްޖާ އިތުރަށް ކިޔާދިނެވެ. އެ އަންހެން ކުއްޖާ ވެސް އެހެން ކިޔާފަ ދިޔައީ ފެންވަރާށެވެ. އެ ހުރިހާ ކުދިންނަށް ހަމަޖެހިލައިގެން އުޅެވޭ ވަރުގެ ބޮޑު އެޕާރޓުމެންޓެއް ކަމުން ހުރިހާ ކުދިންނަށް ވެސް އުޅުމުގެ ދަތި ކަމެއް ނުވެއެވެ. އަލްޔާ ވެސް ދެއްވި ރުހުމަތަށް ޝުކުރު ކޮއްލައިގެން ވަނީ ފާހާނަޔެށެވެ.

“ދަރިފުޅާ ދެން އެކަމާ ނުވިސްނާ! އަލްޔާ މިގޭގަ އުޅެން ބޭނުން ނުވާތީ އެދިޔައީ، މަންމަމެން ކިތަންމެ ރަނގަޅަކަށް ކަންތައް ކޮއްދިނަކަސް އޭނަޔަށް މިއަށް ވުރެ ރަނގަޅު ގޮތެއް ފެނުނީމާތާ އެދިޔައީ…” ވަޒުނާ ދެރަވެފައި ސޯފާގައި ހުރުމުން އަފީފާ ބުނެލިއެވެ. އަފީފާ ކިތަންމެ އުފާވެފައި ހުއްޓެއް ކަމަކު އޭނާގެ މޫނު މަތިން އެކަމެއް ނުދައްކައެވެ. އޭނަ އުފާވެރިކަން ދައްކާފިއްޔާ އޭނަޔާ ދޭތެރޭ ޝައްކުކުރާނެކަން އޭނަޔަށް މާރަނގަޅަށްވެސް އިނގޭ ވިއްޔާއެވެ. “މަންމަ ކިތަންމެ ވަރަކަށް ތިހެން ބުންޏަސް ދެރަވާނެދޯ، އަހަރެން އަލްޔާ ދެކެނީ ކޮއްކޮއެއްގެ ހައިސިއްޔަތުން! އަހަރެންގެ ހިތެއް ނުބުނޭ އޭނަ އަމިއްލަ ރުހުމުގައެއް މިގެއިން ގޮސްދާނެއެކޭ!!” ވަޒުނާ ފުން ވިސްނުމެއްގައި ހުރެފައި ބުނެލިއެވެ. “ދަރިފުޅު ދެން ނިދަން ދޭބަލަ އެއޮއްގެން ބާރަޖެހީ ހެނދުނު ޑިއުޓީއަށް ވެސް ދާން ޖެހޭނެއެއްނުން…” އަފީފާ އަނގަ ތަން މިނަށް ހުޅުވައިފަ އާފުރަމުން ބުނެލިއެވެ. އަފީފާ އެހެން ބުނުމުން ވަޒުނާ އިތުރު އެއްޗެއް ނުބުނެ ގޮސް ވަނީ އޭނަގެ ކޮޓަރިއަށެވެ.

“ކީީކޭ ކުޑަބެ؟!” ވަޒުނާގެ ފޯނަށް ވިނާން ގުޅީމަ ފޯނު ނަގާފަ ވަޒުނާ ބުނެލިއިވެ. “އަސްލު ކިހިނެކޭ ވެގެން މިއުޅެނީ..؟” ވިނާން އަހައިލިއެވެ. “ނޭނގެ ކުޑަބެ! ވަޒޫގެ ހިތެއް ނުބުނޭ އަލް އަމިއްލަޔަކަށް މިގެއިން ގޮސްދާނެކޭ… މަށަށް ހީވަނީ ކޮންމެވެސް ނުބައެއް އުޅޭހެން… މިއަދު ގޭގަ ވެސް އުޅުނީ މަންމަ އެކަނި ޖަޔާވެސް ނެތް، މަންމަ ބުނީ ކޮޓަރިން ވެސް ނުނިކުންނަމޯ މަށަށް ހީވަނީ މަންމަ ކޮޓަރީގައި އޮއްވާ ކޮންމެވެސް ބަޔަކު އައިސް އަލް ކިޑްނޭޕު ކުރީހެން!!” ވަޒުނާއަށް ހީވާ ގޮތް ބުނެލިއެވެ. ވަޒުނާ އެހެން ބުނުމުން ވިނާންގެ ބޮލުގައި ރިއްސާގަތެވެ. “ވަޒޫ ރުޅި ނާންނައްޗޭ! ކުޑަބެ އިތުބާރެއް ނުކުރާނަން މަންމަ އަކަށް މަންމަ ވަރަށް ރުޅި އާދޭ އޭނަދެކެ!” ވަޒުނާ އެހެން ބުނުމުން ވިނާން ބުނެލިއެވެ. “އެއީ ކީއްވެ ކުޑަބެ އިތުބާރު ނުކުރަނީ؟ މަށަކަށް ހީނުވޭ މަންމަ އެކަހަލަ ކަމެއް ކޮއްފާނެހެނެއް، މިއަދުވެސް ގޭގަ ޕާރޓީ ބާއްވަން ވެގެން މަންމަ ވަރަށް ވަރު ހުރި ވިއްޔާ…” ވަޒުނާއަށް ގަބޫލް ނުކުރެވިގެން ބުނެލިއެވެ. އެކަމަކު ވިނާންގެ ސިކުނޑިއަށް ދިޔައީ އިތުރު އެއްޗެހިތަކެއް ވިސްނި ޝައްކު އިތުރު ވަމުންނެވެ. “ދެން ތިވާހަކަ ބާއްވާ… ކުޑަބެ ދާނަން މާދަން މާލެ، މަންމަމެން ގާތު ނުބުނާތީ، މާލެ ގޮސްފަ ކުޑަބެ ބަލާނަން ތިކަންތައް!” ވިނާން ބުނެލިއެވެ. ފިރިހެނަކަށް ވިޔަސް އޭރު ވިނާން ހުރީ އަޑުބެދި ރޮވޭ ގޮތް ވެފައެވަ. “ކިހިނެއް ކުޑަބެ އަންނާނީ؟ އަދި ތި ކަންތައް ނުނިމެއެއްނޫން..!” ހައިރާން ވެގެން ވަޒުނާ އަހައިލިއެވެ. “މިއަދާ މިރެޔާ ފޫފުލުގައި މީޓިންތައް ނިންމާލައިފިން، މާދާމާ އަދި ކުޑަ ކަމެއް އޮތީމަ… އެހެން ނޫންނަމަ މިރޭ ވެސް ދާނަން!” ވިނާން ބުނެލިއެވެ. “އެހެންތަ؟ އޯކޭ ކުޑަބެ ވަޒޫ ދެން ނިދަން ވެއްޖެ، އެކަމަކާ ވިސްނާ ވިސްނާ ވަޒޫގެ ސިކުނޑި ހަލާކު ވެއްޖެ، ވަޒޫ ބޭނުމީ ކުޑަކޮށް ރެސްޓު ކޮއްލަން” ވަޒުނާ އެހެން ބުނުމުން އެންމެ ރަނގަޅޭ ބުނެ ވިނާން ފޯނު ބޭއްވިއެވެ. މުޅި އެރޭ ވިނާން ވިސްނަމުން ދިޔައީ އެކަމާއެވެ. ވިނާންގެ ދެ އެސްފިޔަ ޖެހިލާ އިރަށް ފެންނަނީ އަލްޔާގެ މައުސޫމް މޫނުކޮޅެވެ. “ކޮންފަދަ ނިޔަނެތި ކޮއްޖެއް ހެއްޔެވެ. އެކަމަކު އެކުއްޖާގެ ނަސީބުގައި އެދެއްކީ ކޮންފަދަ ހިތްދަތި ގޮތެއް ހެއްޔެވެ.” އެކަހަލަ އެތައް ހިޔާލެއްގައި ވިނާން އޮތީ އެނދުގެ ދެފަރާތަށް ފޮރުޅި ފޮރުޅިއެވެ. ވާނީ އެހެން ނޫން ހެއްޔެވެ. އަލްޔާ އަކީ އޭނާގެ ދިރިއުޅުމުގެ އެއްބައި ވިއްޔާއެވެ.

“އަލްޔާ ނިމިއްޖެތަ؟” އަލްޔާ ރީތި ވާން ހުއްޓާ އައިސް މީހަކު އަހައިލިއެވެ. އެއަޑަށް އަލްޔާ ދިޔައީ ސިއްސައިގެންނެވެ. “ލައްބަ ނިމިއްޖެ!” މަޑު މަޑުން އަލްޔާ ބުނެލިއެވެ. “ނިމިއްޖެއްޔާ ހިނގާ ދާން އިދުރީސް އެބަ ގޮވާ” އެމީހާ ބުނެލިއެވެ. “ހެޔޮނުވާނެ ބޭބޭ އަހަރެންނަށް ތިހެން ނަހަދާ އަހަރެންނަކީ ވަރަށް ބޮޑު ނިކަމެއްޗެއް!!” އެމީހާގެ ފައި ބުޑަށް ވެއްޓި އަލްޔާ އާދޭސް ކުރަމުން ބުނެލިއެވެ. “ކޮއްކޯ ބޭބެއަށް ތިކަމުގައި ކޮއްދެވޭނެ އެއްވެސް ކަމެއް ނެތް ބޭބޭ ވެސް އުޅެނީ މިތާ ވަޒީފާގަ، ވަޒީފާ ގަޑު ގެއްލިއްޖެއްޔާ ބޭބެގެ އަނބި ދަރިން ތިބޭނީ ނުކާ…” އެފިރިހެން މީހާ އިސްޖަހައިގެން ހުރެ ބުނެލިއެވެ. އެމީހާގެ އަތުން ކަރުނަ ފޮހުުނު ތަން އަލްޔާއަށް ވަރަށް ރީއްޗަށް ވެސް ފެނުނެވެ. އަލްޔާ އިތުރު އެއްޗެއް ނުބުނެ ޝުކުރު ކޮއްލައިގެން އެމީހާގެ ފަހަތުން ދާން ހިނގާގަތެވެ. “ބޭބެ ބުނެފާނެން މިވަގުތު ކޮއްކޮ ހަދަންވީ އެންމެ ރަނގަޅު ގޮތް” އަލްޔާ ހިނގާގަތުމުން އެމީހާ މަޑު މަޑުން ބުނެލިއެވެ. “ކޮން ގޮތެއް؟!” އަލްޔާ ހައިރާންވެފައި އަހައިލިއެވެ. “ބޭބެ މިތަނަށް އަންނަ އެހެން ކުދިންނަށް ވެސް މި ހިޔާލް ދެން، އެކަމަކު އެ ކުދިންނަކަށް އެހާ ހިތްވަރެއް ކޮއްލާކަށް ނުކެރޭ… ކޮއްކޮއަށް ވާނެތަ އެ ހިތްވަރު؟!” އަލްޔާ އެހެން އެހުމުން އެމީހާ ވެސް ކޮއްލީ ސުވާލެކެވެ. “ބޭބެެ މިތަނުން އަަހަރެން ސަލާމަތްވާން އޮތިއްޔާ ކުރެވެން އޮތް ހުރިހާ ކަމެއްވެސް އަހަރެން ކޮއްފާނަން….” އަލްޔާ ބުނެލިއެވެ. “އެހެން ވިއްޔާ ބޭބެއާ އެއްކޮށް ހިނގާ އިދުރީސްކުރިމައްޗަށް ގޮސްފަ ކޮއްކޮ ބުނޭ މިއުޅެނީ ބަލިވެޔޭ..!” އެމީހާ ބުނެލިއެވެ. “އޭރުން ކިހިނެއް ވާނީ އަޅުގަނޑު ބައްޔެއް ނޫނެއްނުން، އެމީހާ ބޭނުން ވެދާނެއެއްނުން ބަލިތޯވެސް ބަލަން އޭރުން ކިހިނެއް ވާނީ؟…” ހައިރާން ވެގެން އެކަން އަލްޔާގެ ބުއްދިއަށް އެހާ ގަބޫލް ކުރެވޭ ކަމަކަށް ނުވާތީ އަހައިލިއެވެ. “ކޮއްކޮ ހާދަ ސިކުނޑި ޅައޭދޯ؟ ތިއީ އަންހެން ކުއްޖެއްނުން! ބުނޭ މަހު ޗުއްޓީއޭ އޭރުން ހަމަ ޔަގީނުން ވެސް އޭނަޔަކަށް ދެން ކުރެވޭނެ ކެމެއް ނޯންނާނެ…!” އެމީހާ ޔަގީން ކަމާއެކު ބުނެލިއެވެ. “އެވަގުތު އަލްޔާގެ މޫނުމަތިން އުފާވެރި ކަމުގެ ކުލަ ބުބުޅާގަތެވެ. ވާނީ އެހެންނޫން ހެއްޔެވެ. ނަސީބަކީ ކަތީބުން ދޭއެއްޗެއް ނޫން ވިއްޔާއެވެ. ނަސީބު ދިމާ ކުރިގޮތުން ހަގީގަތުގައި ވެސް އަލްޔާ ހުރީ އެ ޗުއްޓީގައެވެ.

“ދަރިފުޅު ހާދަ އަވަހަކަށް ތިއައީ އަދި އެކޮޅަށް ދިޔަ ކަންތައް ވެސް ނުނިމޭންނުން…” އަފީފާ ސޯފާއަށް ދެމިގެން އޮއްވާ ކުއްލިއަކަށް ވިނާން އައިސް ވަނުމުން ހައިރާންވެފައި އަހައިލިއެވެ. “ނޫނޭ މަންމާ! އަޅުގަނޑު ކުރަން ދިޔަ ހުރިހާ ކަމެއްވެސް މިއައީ ނިންމައިގެން…!” ސޯފާގައި އިށީންނަމުން ވިނާން ބުނެލިއެވެ.

…..ނުނިމޭ…..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dhippi

Level 4100 Comments10 Stories

My name is Athifa Adam (Dhippi). I like to read and write stories. I am from K.Mal'e. I'm a woman. I'm 35 years old.

Other Articles

Previous

ތިޔަ ދިން އުފާ 20

Next

ސޮރީ.

Next
September 30, 2017

ސޮރީ.

Previews
September 30, 2017

ތިޔަ ދިން އުފާ 20

15 Comments!

  1. Adam says:
    September 30, 2017 at 1:57 pm

    Ummeedhu kuran mi part ves kamu dhaane kamah

  2. Kittiy. says:
    September 30, 2017 at 4:00 pm

    Varah rythi…❤❤❤

    1. Adam says:
      September 30, 2017 at 4:42 pm

      Thanks kittiy

  3. annoying reader says:
    September 30, 2017 at 4:06 pm

    alheyy adam alya salaamah kuran vinaa fonuvaba puleeeeeeeeez, mi afeefa mi haadha nubai handi ekey dhw. ladhuge kanfulheh vs neh. waiting for the next part

    1. Adam says:
      September 30, 2017 at 7:13 pm

      Al akee heekuraa varah vure hiyvaru gadha kujje insha Allah Al salaamathun eburi ananaane

  4. Greeny says:
    September 30, 2017 at 4:44 pm

    Varah reethi next part kon irakun avahah up koh dhehchey plx plx

    1. Adam says:
      September 30, 2017 at 4:50 pm

      Thanks greeny insha Allah maadhan Rey up kuraanan

  5. Xee says:
    September 30, 2017 at 4:46 pm

    Nice❤❤❤ whn nxt part pls avahah up kobba can’t waiting….

    1. Adam says:
      September 30, 2017 at 4:54 pm

      Thanks insha Allah tomorrow night…

  6. Lam says:
    September 30, 2017 at 5:13 pm

    Waiting…vvv reethi…lov it

    1. Adam says:
      September 30, 2017 at 5:19 pm

      Thanks lam yes wait kuraathi ?

  7. khajja says:
    September 30, 2017 at 6:55 pm

    Alhey sl ah dheragothennuvanis vinaan ah alyaa feni dhimaavaane nama konfadha myhegge faraathun yoala akavves al hury miveni thaneggaey bunaa adu iveynenama dhw?? alhey adam al ah dheragothevviya nudhechchey pls masha allah stry v v habeys whn nxt prt avahah up kolladhybala can’t wait dear gud nyt ly???❤❤??????????

    1. Adam says:
      September 30, 2017 at 7:15 pm

      Thanks khajja insha Allah maadhan Rey up kuraanan Al varah hiyvaru gadha vaane annaane adhi al

  8. naayaa says:
    October 1, 2017 at 12:03 am

    Vr reethi. Next part miya vureh furihama vaane kamah Unmeedhu kuran.

  9. alyaa says:
    October 1, 2017 at 1:48 am

    Thankolheh dhigu koh genesdhybr…
    stry hama habeys
    vinaa al salaamai kuran dhey avahah

Comments are closed.

Next Episodeޢެދެމޭ އުފާ….(23)←


All Right Reserved!