Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އީލާމް-08

Xeesh Level 110 Stories
October 2, 2017 4 Mins Read
10 Comments

” އައިޝާ ނީލާމް އަމަރް އާލަމް” ، އީލާމް ހައިރާންކަމާއެކު އަބީއަށް ބަލާލީ ޕާސްޕޯރޓްގައި ނީލާމް އިނީމައެވެ. އަބީ އޭނާއަށް އީލާމް ކިޔަނީ ލޯބިން ކަމަށް ބުނެ ވާހަކަ އޮޅުވާލީ ، އިތުރަށް އެ މައުޟޫއަށް ވާހަކަ ދައްކަން ބޭނުން ނުވާތީއެވެ. ސައުތު އެފްރިކާއަށް ކުރާ ދަތުރަށް އީލާމް އަށް ވޯރކްވިޒާ ހޯދުމަށްފަހު ދަތުރު ފެށީ މި އެޅެނީ ކިހާ ބޮޑު ފިޔަވަޅެއްކަންވެސް ދެމީހުންކުރެ އެކަކަށްވެސް ނޭނގޭ ހާލުގައެވެ. އަބީ ، އީލާމް ހިނިތުންވެލީ އޭނާގެ ނަން ކިޔާލަމުންނެވެ. ޖެހިގެން އައި ދުވަހުގެ ހެނދުނު އަބީ މެން ދަތުރަށް ފެށީ އަމަރް އާއި ސަލާމް ކޮށްލުމަށްފަހު ، އީލާމް އަށް އަވަސް ޝިފާއަކަށް އެދެމުންނެވެ. ޓްރިވިންޑްރަމްގެ ޔޮޓް މެރީނާއިން ނުތުމަށްފަހު އަބީ އޭނާއަށް ހާއްސަ ކެބިންއަށް ވަދެ ހަމަޖެހިލީ ،އޭނާގެ ދަތުރުގައި މި ދިމާވި ހާދިސާއާއި ދޭތެރޭ ވިސްނާލާށެވެ. ފޯނު ރިންގްވާން ފެށުމުން އަބީ އޭނާގެ ފޯނު ނަގައި ބަލާލީ ގުޅަނީ ކާކުތޯ ޔަގީން ކޮށްލުމުގެ ބޭނުމުގައެވެ. އެކޮޅުން ގުޅަނީ އަބީގެ ލޯބިވެރިޔާ އަލީޒާ ކަމުން ފޯނު ނެގުމަށް މަޖުބޫރުވި ފަދައެވެ. ” ހާއި އަލީޒާ، ވަޓްސް އަޕް، އައި އޭމް އޮން މައި ވޭ ޓު އެސްއޭ ” އަބީ ފޯނު ނެގުމަށްފަހު ފޫހި ގޮތަކަށް ބުނެލިއެވެ. ” އަބީ އައި ކާންޓް ވެއިޓް ޓު ސީ ޔޫ ، އައި އޭމް މިސިންގް ޔޫ ސޯ މަޗް އެންޑް ދެއަރ އިޒް އަ ބިގް ސަޕްރައިޒް ފޯ ޔޫ” އަލީޒާ އެހެން ބުނުމާއެކު އަބީ ސަޕްރައިޒް އަކީ ކޮބައިތޯ ސުވާލު ކޮށްްލިއެވެ.ނަމަވެސް އަލީޒާ އޭނާ ކައިރިއަށް އައުމުން ބުނާނެ ވާހަކަ ބުނުމަށް ފަހު ފޯނު ބޭއްވީ ބާއްޖަވެރި ދަތުރަކަށް އެދެމުންނެވެ. . އަލީޒާ އާއި ދޭތެރޭ އޭނާ ދެކޭ ގޮތް ބަދަލު ވަމުން އަންނަ ކަމަށް އަބީއަށް އަމިއްލައަށްވެސް ފާހަގަވެއެވެ.

އީލާމް  އޭނާގެ ކޮޓަރިން ނުކުތުމަށްފަހު  މިސްރާބު ޖެހީ އަބީ ގެ ކެބިންނަށެވެ. ދޮރުގައި ޓަކި ޖަހާލުމަށްފަހު ދޮރުމަތީގައި މަޑު ކޮށްލީ ދޮރު ހުޅުވާނޭ ކަމަށެވެ. ނަމަވެސް ކެބިން ތެރޭން އެތެރެއަށް ވަންނާށޭ ބުނުމުން އީލާމް ވަންނާނީ ތޯ ވިސްނާލުމަށް ހުރެފައި ދޮރުގެ ތަޅުގައި ހިފާ ހުޅުވާލީ އަބީ ދޮރު ހުޅުވަން އަންނާނޭ ކަމަށް ހީކޮށެއް ނޫނެވެ. ދޮރު ހުޅުވާލުމާއެކު ބަން ލާފައި އަބީގެ މޫނުމަތީގައި ދޮރު ޖެހުމުން ” އައުޗް” އޭކިޔާ އަބީ ހާޅޭލަވައިގަތީ ދޮރުމަތީ ހުރީ އީލާމް ކަން ނޭނގި ހުރެއެވެ. އީލާމް އެއްފައްޗަކަށް ” ސޮރީ ، ސޮރީ . ސޮރީ އޭބުނެލުމަށް ފަހު ބަދިގެ އާއި ދީމާލަށް މިސްރާބް ޖެހީ އައިސްޕެކް ބަލައެވެ.އީލާމް ދުވަމުން ކަހަލަ ގޮތަކަށް އައިސް ޕެކް ހިފައިގެން އަބީގެ ކެބިން އަށް ވަނުމުން ، އަބީ އަށް އިންތަނުން ތެދުވެވުނެވެ. ނިއުޅުވާލެވިފައިވާ ދިގު އިސްތަށިގަނޑުން އީލާމް ގެ ފުރިހަމަ ކަމާއި މެދު އަބީއަށް ހިތާ ހިތުން ތައުރީފް ކޮށްލެވުނެވެ. އީލާމް ކުރިއަށް ޖެހިލާފައި އަބީގެ ނިންކުރިމަތީގައި އައިސް ޕެކް ޖައްސާލުމުން އަބީ ފަހަތަށް އެއް ފިޔަވަޅު އަޅާލީ އީލާމް އަބީ ނިއްކުރީގައި އަިސްޕަކް ޖައްސާތީ އިށީނދެލުމަށެވެ. ” ހޭވް ޔޫ އެވަރ ބީން އިން އަ ރިލޭޝަންޝިޕް އީލާމް “އަބީގެ ސުވާލުން އީލާމް ހިނިއައުން ނޫން އިތުރު ކަމެއް ނުވިއެވެ. ” ޑޫ ޔޫ ރިމެމްބަރ ސެއިންގް ދެޓް އައި އޭމް ޔުރ ފިއުޗަރ ވައިފް ” އީލާމް ވެސް ލާނެއް ގޮތަކަށް ބުނެލިއެވެ. އަބީ  އީލާމް އާއިގާތް ވެލުމަށްފަހު ” ޔެސް އައިޑޫ ،އެންޑް އައި ވިޝް ދެޓް ޓު ހެޕަން ސޫން “. އީލާމް ފަހަތަށް ޖެހެމުން ” އައި ވިލް ބީ ބެކް” އެހެން ބުނެލުމަށް ފަހު ކެބިން އިން ނިކުތީ ވާން މި އުޅެނީ ކީއްކާމާމެދު ވިސްނާލުމަށެވެ. ހަގީގަތުގައިވެސް އީލާމް އަށް އަބީ ވަރަށް ކަމުގޮއްސިއެވެ. ނަމަވެސް އެ ވާހަކަ ބުނާނެ ގޮތެއް އީލާމް އަކަށް ނޭނގުނެވެ. އަބީ އަށްވެސް އީލާމް އެ ބުނި އެއްޗަކާ މެދު ވިސްނާލަން ހުރެވުނީ އީލާމް ގެ ސުވާލަކަށް ޖާވާބު ދިނުމަށް މީގެ ކުރިން އޭނާއަށް އެހެން ބުނެވިފައި ވުުމުންނެވެ.

ހެނދުނުގެ ވަގުތެވެ. އަބީ އޭނާގެ ޖެޓް ސްކީ ދުއްވާލަން ފައިބާ އުޅޭ މަންޒަރު ބަލަން އީލާމް ހުރީ އޭނާގެ ކެބިން އާއި ދިމާލުން ބޭރަށް ނިކުމެއެވެ. އަބީ އޭނާގެ ކުދި ބުޅި އިސްތަށިގަނޑު ކުރުކޮށް ކޮށާލާފައިވާއިރު އީލާމް އަށް ވުރެ ދިހަވަރަކަށް އަހަރު ބޮޑުކަމަށް ދައްކައެވެ. އިސްކޮޅުން ދިގުވެފައި ، ރީތި ދޮން ހަންގަނޑެއް ލިބިފައިވާއިރު  ބަލާ ބެލުމަށް އީލާމް އަށް ވުރެ އުމުރުން ދޮށިވިޔަސް އޭނާގެ މިޒާޖު އީލާމް އަށް ވަރަށް ކަމުދިޔައެވެ. އީލާމް ހިޔާލެއްގައި ހުއްޓަ އަބީ އޭނާ އާއި އެއްކޮށް ޖެޓް ސްކީ ދުއްވާލަން ދައުވަތު ދިނެވެ.އީލާމް ވެސް ހުރީ ޖެޓްސްކީ ދުއްވާލާ ހިތްވެފައި ކަމުން އީލާމް އޭނާ ލައިގެން ހުރި ހުދު ޓީ ޝާރޓް ކަޅު ޓީޝާޓްއަކަށް ބަދަލު ކޮށްލުމަށްފަހު ޔޮޓްގެ މޫދަށް ފައިބާ ސިޑިއާއި ދިމާލަށް މިސްރާބު ޖެހިއެވެ. އޭރު ބޯޓުގެ ފަޅުވެރިން މި މަންޒަރު ބަލަން މަޑުކޮށްލައިގެން ހުއްޓެވެ. އަބީ އައިސް ޖެޓް ސްކީގައި ކައިރިކޮށްލުމުން އީލާމް އެއަށް އެރުމަށް އިޝާރާތް ކޮށްލިއެވެ. އީލާމް އިށީނުމުން އޭނާގެ އަތުގައި ހިފާލުމަށްފަހު އަބީ އޭނާގެ ބަނޑުގައި ދެއަތުން ވަށާލުމަށްފަހު ދޫކުނުކުރުމަށް ބުނެލިއެވެ.. އީލާމް ޖެހިލުންވެ އިނދެ އަބީ ގައިގައި ހިފަހައްޓާލުމުން، އަބީ ޖެޓް ސްކީ ދުއްވާލިއެވެ. އަބީ ޖެޓް ސްކީ އިރުއިރު ކޮޅުން ބާރުކޮށްލުމުން އީލާމް ގަންނަ ބިރެއްގެ ސަބަބުން އަބީ ގައިގައި ބާރަށް އޮޅުލައިގަނެވެއެވެ. ދުއްވާތާ ދިހަވަރަކަށް މިނެޓް ފަހުން އީލާމް އެދުނީ އޭނާ ޔޮޓަށް އަނބުރާ ދިއުމަށް ބޭނުންވާ ކަމަށެވެ. އީލާމް ޔޮޓަށް އަރައި އޭނާގެ ކޮޓަރިއަށް ވަނީ އޭނާގެ ބޮލުގައި ރިއްސަން ފެށުމުންނެވެ.ފާހަނައަށް ވަދެ ރީތި ވެލައިގެން ނިކުމެ އެނދުގައި އޮށޯވެލީ އޭނާގެ ބޮލަށް ލުއިއެއްލިބޭތޯއެވެ، ނަމަވެސް ދެލޯ މަރާލާ ކޮންމެ ފަހަރަކު  އޭނާ ޑިންގީ އެއްގައި ހުރެފައި ފުންމާލާތަން ފެނެއެވެ. ރީތި ދޮންވެލިގަނޑެއް ފެންނައިރު  ރޭގަނޑެއްގައި ފިނިފެންމަލެއް ހިފަިއގެން ހުރި ކުއްޖެއް އީލާމް ގެ ނަމުން ގޮވާލާ އަޑު އިވެއެވެ. އީލާމްއަށްް ފުންމައިގެން ކޮއްޅަށް ތެދުވެވުނީ އެނާއަށް މި ފެންނަ މަންޒަރުތަކާއި މެދު ބޯ ހާސްވާން ފެށީމައެވެ. އީލާމް ކޮޓަރިން ނިކުތުމަށްފަހު ދުވަމުން ކަހަލަ ގޮތަކަށް އަބީގެ ކެބިން އަށް ވަނީ ޓަކި ޖެހުމެއްވެސް ނެތިއެވެ. އަބީ ތުވާލި އޮޅައިލައިގެން ރީތި ވާން ހުއްޓާ ކުއްލިއަކަށް ދޮރު ހުޅުވުނު ދިމާލަށް ބަލާލީ ، އޭނާގެ ހުއްދަ ނެތި ކޮޓަރިއަށްވަނީ ކާކުތޯ ބަލާލުމަށެވެ.އީލާމް ގެ ދެލޮލޮން ކަރުނަ ފައިބަމުން ދިޔައިރު އޭނާ ދުވެފައި އައިސް އަބީ ގައިގައި އޮޅުލައިގަތުމުން އަބީ އަށް ހާސްވެފައި އީލާމް އޭނާގެ ގައިގައި ބޮނޑިކޮށްލެވުނީ ހިމާޔަތް ދޭ ފަދައިންނެވެ. ” އީލާމް ވަޓް ހެޕަންޑް ، ވައި އާ ޔޫ ކްރައިންގް ” އަބީ އޭނާ އާއި ސުވާލު ކުރަމުން ދިޔައެވެ. އީލާމް އޭނާ ހަނދާނަށް އަނަމުން ދިޔަ ކަންތައް ގިސްލަމުން އަބީއަށް ކިޔާ ދެމުން ދިޔައެވެ. އަބީ އަތް މުއްކަވާލެވުނީ އީލާމް އެ ދައްކަމުން ދިޔަ ވާހަކަ އަޑު އިވުމުންނެވެ. އަބީ އީލާމް ގެންގޮސް އެނދުގައި ބޭންދުމަށްފަހު ހަމަޖެހިލުމަށް ބުނުމަށްފަހު އަބީ އޭނާގެ ގައިގައި އަތް ވަށާލުމަށްފަހު ނިތްކުރިއަށް ބޮސް ދިނީ ބޭ އިހްތިޔާރުގައެވެ. އީލާމް ގެ ދެލޯ މެރޭ ގޮތްވީ އޭނާގެ ބޮލަށް ބަރުވަމުން ދާން ފެށުމުންނެވެ. އަބީ ވެސް އިތުރަށް ސުވާލެއް ނުކުރީ އީލާމްގެ ހަނދާން އާވަމުން އަންނައިރު އިތުރު ސްޓްރެސް އެއް ނުދިނުމަށް ޑރ. އަމަރް އަންގައިފައި ވުމުންނެވެ. ނިދިފައިވާ އީލާމް އެނދުމަތީގައި ބާއްވާލުމަށްފަހު އޭނާގެ މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިތައް ނަގާ މޫނަށް ރަނގަޅަށް ބަލާލިއެވެ. އަބީ އީލާމްގެ ރީތި ކަމަށް ގެނބެމުން ދިޔައިރު އަބީ މަޑުމަޑުން އީލާމްގެ ތުންފަތަށް ބޮސް ދެމުން ދިޔައެވެ. ދޮރުގައި މީހަކު ޓަކި ދިނުމުން އަބީއަށް ކުއްލިއަކަށް ތެދުވެވުނީ އޭނާ ކުރަމުން ދިޔަ ކަންތައް މީހަކަށް ފެނިގެން އުޅޭހެންނެވެ. އަވަހަށް ގަޔަށް ހެދުމެއް ލުމަށްފަހު ކެބިން އިން ނިކުތީ ނުނިމި ހުރި މަސަތްކަތްތައް ބަލާލުމަށެވެ. ހަވީރު އަތަށް އަޅައިގެން އައި އިރުވެސް އީލާމް ނިދިފައި ވުމުން އަބީ އީލާމް ކައިރީގައި އޮށޯވެލީ އޭނާވެސް ވެފައިވާ ވަރުބައްޔެއްގެ ބޮޑުކަމުންނެވެ.

ރޭގަނޑުގެ ކެއުމަށް ރެޑީ ކުރުމަށްފަހު ކައްޕި  އަބީ އަށް ގޮވުމަށް އެ ކެބިންގެ ދޮރުގައި ޓަކި ޖަހާލިއެވެ. ކުއްލިއަކަށް އީލާމްއަށް ހޭލެވުނީ ދޮރުގައި ޓަކި ދޭ އަޑަށެވެ. އީލާމް ދެކޮޅަށް ބަލާލީ އޭނާއަށް އޮވެވުނީ އޭނާގެ ކޮޓަރީގައި ނޫންކަމުންނެވެ. ގައިގައި ފޮތިގަނޑު އަޅާފައިވާއިރު އަބީ އީލާމް ގައިގައި ބައްދާލައިގެން އޮތީ ކުޑަކުއްޖެއް ފަދައިންނެވެ. އީލާމް އަބީއާއި ދިމާލަށް ބަލާލެވުނީ ލޯތްބާއެކުގައެވެ.އޭނާގެ މޫނު އަބީގެ މޫނާ ކައިރި ކޮށްލުމަށްފަހު އީލާމްވެސް އަބީގެ މޫނަށް ބޮސް ދިނީ އޭނާގެ ހިތުގައި އަބީއާއި ދޭތެރޭގައިވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. އީލާމް ކުަަަަޑއިރުކޮޅެއް ވަންދެން އޭނާއަށް މިއަދު ވީ ގޮތާއި ދޭތެރޭ ވިސްނާލެވުނެވެ.އޭނާއަށް ދިމާވި ކަންތަކާއި ކަނޑުމަތީގައި ހޭދަކުރި ވަގުތުތައް ހަނދާނަށް އައުމުން ދެލޮލުން ކަރުނަ ހިލާލިއެވެ. ނަމަވެސް އޭނާ އެކަމާ މެދު ވިސްނާކަށް އިތުރަށް ބޭނުން ނުވާފަދައެވެ. އަބީ އީލާމް ގައިގައި އިތުރަށް ބޮނޑިވެލުމުން އީލާމް ތެދުވެލުމަށް ދުރަށް ޖެހިލިއެވެ، އެ ވަގުތު އަބީ އަށް ވެސް ހޭލެވިއްޖެއެވެ. ދެ މީހުންގެ ހަތަރު ކަޅި ހަމަވެގެން ދިޔަ ވަގުތު އީލާމްއަށް ގޮތް ނޭނގޭ ކަހަލަ އިހްސާސްއެއްވިއެވެ. އަބީ އީލާމް ގެ މޫނަށް ބަލަމުން އެންމެ ފަހުން ބުނެލިއެވެ. ” އީލާމް އައި ލަވް ޔޫ ” އަބީގެ އަތް އީލާމް ގެ ކޯތާފަތްމަތީ ބާއްވާލުމަށްފަހު އޭނާގެ މޫނާ ކައިރިކޮށްލައި ތުންފަތަށް ބޮސް ދިނެވެ.  އަބީގެ ކޮންމެ ހަރަކާތަކަށް ހިތާއި ފުރާނައިން އީލާމްއަށް އާބަސް ބުނަމުން ދިޔައެވެ. އޭނާގެ ގައިގައި ބައްދާލައިގެން އޮވެ އަބީ އީލާމްއަށް ތައުރީފް ކުރަމުން ދިޔައިރު އަބީ އޭނާ ބޭނުންވާ ގޮތް ހާމަކޮށްލިއެވެ.” ވެން ވީ ގެޓް ބެކް ޓު އެސްއޭ ވީ ވިލް ގެޓް މެރީޑް އެންޑް ޔޫ ވިލް ބީ މައިން ފޯ އެވަރ” އަބީގެ މި ޖުމްލައިން އީލާމް ފިނިވެގެން ދިޔައެވެ. އީލާމް ބޯ ޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ.  އިރުކޮޅަކު އެހެން ތިބުމަށްފަހު ދެ މީހުންވެސް ތެދުވީ ރޭގަނޑުގެ ކެއުމަށް އިންސާފް ކުރަން ދިއުމަށެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Xeesh

Level 110 Stories

Other Articles

by: shiya
Previous

ނަމަވެސް.. 6 ވަނަބައި

Next

ވިންދު ލޯބިން ޖެހި ހިތެއްގައި (17)

Next
October 2, 2017

ވިންދު ލޯބިން ޖެހި ހިތެއްގައި (17)

Previews
October 1, 2017

ނަމަވެސް.. 6 ވަނަބައި

by: shiya

10 Comments!

  1. Shaa says:
    October 2, 2017 at 12:28 pm

    Vaahaka reethi.. ekam aby ge diologue thah vs dhivehin liyefa hunna nama maa reethi vaane kanneyge… aeyna vaahaka dhakkanee english in kamah bunelaifa…

  2. Reet says:
    October 2, 2017 at 12:58 pm

    Reethi ekamaku dhivahi vaahaka dhivahi vantha ee dhivahi bahun libuneema aslu vaahaka hadi vumuge aslu ehan bas beynun kurun mikan rangalhu kuraane kamah heekuran dhen aneh kamaky up kuraaleh lass vun kiyun tharin ihthiyaaru kuran nujahy fadha gothakah vun mikankan rangalhu kuraane kamah heekuran vaahaka reethi

  3. Sumo says:
    October 2, 2017 at 1:09 pm

    Awesome…like this story ❤️

  4. khajja says:
    October 2, 2017 at 1:09 pm

    Wow masha allah stry obiness to the max?? abyge dailoguthah ves dhivehingenesdheynama v furihama vaane kamah lafaakurevey whn nxt prt can’t wait avaskolladhybala n thanks 4 the super stry ???❤❤?????????

  5. Lam says:
    October 2, 2017 at 1:16 pm

    Maa lahee up kuraa leh…dhn maa kuru…

  6. Fin says:
    October 2, 2017 at 7:14 pm

    Wowww!! Unique concept.. Varah salhi ibaraith kurun.. Only one Problem avahah up nukura thankolhu.. Dhen avahah upkohdheche.. ?❤?❤?????

  7. pinkish says:
    October 2, 2017 at 7:15 pm

    Vaahaka v reethi ekam dhivehi vaahakaehga english bas beynun koh gen liuneema kamaku nedhey….

  8. Xeesh says:
    October 2, 2017 at 9:25 pm

    next episode in feshigen will bring ehkoh dhivehin 🙂 heekuran hurihaa kudhinah vess reethivaane kamah 🙂

  9. ? says:
    October 3, 2017 at 8:21 pm

    V rythi stry…dhen konirakun Tha next part….??waiting…!!!?

  10. Xeesh says:
    October 3, 2017 at 10:50 pm

    Thank you 🙂 part 09 upp kohlaifin , Admin approve kohffa publish kohlaane mirey noonee maadhamaa Insha Allah 🙂

Comments are closed.

Next Episodeއީލާމް-09←


All Right Reserved!