Skip to content
އެސްފިޔަ

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ 36 (ސަތިރީސްވަނަ ބައި)

ޕްރިންޓިންގ ރޫމްގެ ދޮރު ތަޅުގައި ހިފާލި ވަގުތު، ޖެހެލި ވައިރޯޅިއާއިއެކު، ޔަލްވީގެ ޝޯލް މޫނުގައި އެޅުނެވެ. މޫނު މަތިން ޝޯލް އެއްފަރާތް ކޮށްލަމުން، ޔަލްވީ އެތެރެއަށް ވަނެވެ. އަދި ކުޑަކޮށް ޕިން ނެއްޓިފައި އިނުމުން އެ ރަނގަލުކޮށްލުމަށްފަހު، އިސް އުފުލާ ބަލާލިވަގުތު، ހައިރާންވެގެން ދިޔައީ އެތެރޭގައި އޭނާއަށް ބަލަން ހުރި ޒުވާނާ ފެނުމުންނެވެ.

_______________________________________________

 

އެ ތަނުން ޝައުން ފެނިދާނެކަމަށް ހީކުރެވިފައި ނުވާއިރު، އޭނާގެ ކުރިމައްޗަށް އެކަހަލަ ގޮތަކަށް އާދެވުމުން، ޔަލްވީ ހުރީ ހުއްޓުން އަރާފައެވެ. މީގެ ފަސްވަރަކަށް އަހަރު ކުރިން، ޝައުނާއި ދިމާއަށް ކީ އެއްޗެހި، އިއްޔެ ވީ ކަމެއްހެން އޭނާގެ ސިކުނޑީގައި ޓަކިޖަހަމުން ދިޔައީ، އޭނާ، ލަދުގަންނަވާލުމުގެ ނިޔަތުގައިކަހަލައެވެ. ވާހަކަ ނުދެއްކުމަށް ބުނުމުން، އަދި އަދަށް ދާންދެންވެސް ޝައުން އޭނާއާއި ވާހަކަ ދައްކާފައެއް ނުވެއެވެ. އެކަމާ، އޭނާގެ ހިތް ރުއިރުއިން، މި ކާއިނާތުގެ ވެރި ރަސްކަލާނގެ އެންމެ މޮޅަށް ދެނެވޮޑިގަންނަވާނެއެވެ. އެ ދުވަހު އެ ގޮތަށް ކަންތައް ނުކުރެވުނުނަމައޭ، ހިތަށް އެރިވަރު ގުނާ އަދަދުކުރަންވެސް ނޭނގެއެވެ.

ޝައުންގެ ޙާލަކީތޯއެވެ. ޔަލްވީ ފެނުނީއްސުރެ އެސްފިޔަ ޖަހާލަންވެސް ނޭނގިފައި އޭނާއަށް ބަލަން ހުރެވުނީއެވެ. އެ ސޫރައެއް ދެކެލުމަށް އޭނާގެ ހިތް ބޭޤަރާރުވެފައިވާ ސޫރަ މިހާރު އެ ހުރީ އޭނާގެ ކުރިމަތީގައެވެ. ފަސް އަހަރަށްފަހު، ޔަލްވީ ފެނުމުން ޝައުނަށް ލިބިފައިވާ އުފާވެރިކަން ބަޔާންކޮށްދޭންވެސް ދައްޗެވެ. އޭނާގެ މޭގައިވާ ހިތް ހީވަނީ ދެންމެދެންމެ، ފުންމާލައިގެން ގޮސް ޔަލްވީގެ ހިތާއި ގުޅިލާމެހިދާނެހެންނެވެ. ޝައުންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއިރު، އޭނާގެ ދުލުން ޔަލްވީގެ ނަން ކިޔާލެވުނީ ބޭއިޚްތިޔާރުގައެވެ.

ޔަލްވީގެ ގައިން ހީބިހި ހިލުވާލީ، އެހާ ގިނަދުވަހަށްފަހު، ޝައުންގެ ދުލުން އޭނާގެ ނަން ކިޔާލި އަޑު އިވުމުންނެވެ. ހިތުގެ ތެޅުން އަވަސްވިހެންވެސް ހީވިއެވެ. އެކަމަށް އޭނާ އިންތިޒާރުކުރާތާ، މިހާރު ކިހާ ދުވަހެއްވެއްޖެ ހެއްޔެވެ؟ މިވަގުތު، ޝައުން އެތާ ނެތްނަމަ، އުފަލުން ގޮސް އޭނާއަށް ނަށަން ފެށުނީހެވެ. އެހެނަސް، އިޙްސާސްތަކުގެ މައްޗަށް ބާރު ފޯރުވަމުން ޔަލްވީ ހިނިތުންވެލިއެވެ. އެ ހިނިތުންވުން ވީ ޝައުންގެ ހިތަށް ހަމަޖެހުން ގެނުވި ހިނިތުންވުމަކަށެވެ. ހަލަބޮލިވެފައިވާ އޭނާގެ ހިތް ހަމައަކަށް އެޅުވުމަށް އެހީވެދިން ބާރަކަށެވެ.

“ޔާލް…. ކީއްވެ ތިތާ ތި ހުންނަނީ…. އާދޭ އެތެރެއަށް…..” ބޭއިޚްތިޔާރުގައިނަމަވެސް، ޔަލްވީގެ ނަން ކިޔާލެވުމުން، ނުކުތް ނަތީޖާގެ ސަބަބުން ޝައުނަށް އިތުރު ހިތްވަރެއް ލިބުނު ކަހަލައެވެ. އޭނާ، ވަޒީފާއަށް ނުކުތްއިރު، ޔަލްވީ ޗުއްޓީގައި ހުރިނަމަވެސް، އެތާގެ ބައެއް މުވައްޒަފުންގެ ފަރާތުން ސްކޫލްގެ ޕްރިންޓަރ މަޤާމް އަދާކުރަނީ، ޔަލްވީކަން ޝައުނަށްވަނީ އެނގިފައެވެ. އެކަން އެނގުނީއްސުރެ، އޭނާ އިންތިޒާރުކުރަމުން އެ ދަނީ ޔަލްވީ، ޗުއްޓީ ނިންމާފައި ވަޒީފާއަށް ނުކުނާނެ ދުވަހަކަށެވެ. ނަސީބަކުން މާ ދިގު އިންތިޒާރެއް ކުރަން ނުޖެހި ޔަލްވީއާއި ބައްދަލްވެވުނީއެވެ.

ފަސްއަހަރަށްފަހު، ފުރަތަމަ ފެނިލުމާއިއެކު، ޝައުން އިސްވެ ވާހަކަ ދެއްކުން ވީ، އެ ދެމެދުގައި ލެވިފައިވާ އުސް ފާރު، ބިމާއި ހަމަކުރަން ޔަލްވީއަށް ލިބުނު ހިތްވަރަކަށެވެ. ލަސްލަހުން ހިނގާލާފައި ގޮނޑީގައި އިށީންނަން ދިޔައިރު، ޔަލްވީގެ ހިތް، ބާރު ބާރަށް ތެޅެންފެށީ، ޝައުނާއި ގާތްވާން ފެށުމުންނެވެ. ފަސް އަހަރަށްފަހުވެސް، ޝައުން ފެނުމުން އެ ހިތަށް ވަމުންދާ ގޮތްތަކަށް ކުޑަނަމަވެސް ބަދަލެއް ނާދެއެވެ. އޭރެކޭ އެއްފަދައިން، މިހާރުވެސް އެ ހިތުގައި ޝައުނަށްޓަކައި ވަނީ ސާފު ސީދާ ލޯތްބެވެ. އެހެނަސް އެއީ ޝައުނަށް ސިއްރުން އަމިއްލަ ހިތުގައި ރައްކާ ކޮށްފައިވާ ލޯތްބެކެވެ.

އެ ދެމެދުގައި އިތުރު ވާހަކައެއް ބަދަލުކުރާނެ ފުރުޞަތެއް ނުލިބުނީ އެއްޗެހިތަކެއް ޗާޕުކުރަން މުދައްރިސަކު އައުމުންނެވެ. އެއީ އެ ދެމީހުންވެސް ބޭނުންވިގޮތެވެ. އެހާ ގިނަ ދުވަހަށްފަހު ފުރަތަމަ ދިމާވުމުން ދައްކާނެ ވާހަކައެއް، ހަދަންވީގޮތެއް ނޭނގި ދެ މީހުންގެ ސިކުނޑިވެސް ވީ ހަލަބޮލިކަމެއްގެ ތެރޭގައެވެ. އެހެންކަމުން އެފަދަ ވަގުތެއްގައި އިތުރު މީހަކު އެ ތަނަށް އައުން ވީ އެ ދެމީހުންނަށް ލެއްވި ރަޙްމަތަކަށެވެ.

********************

 

ރިފްގާއާއި، ޝައިމަންގެ ހަތަރު އަހަރުގެ ދަރިފުޅު ރައިނާއާއިއެކު، އެއްވެސް ޚިޔާލެއް ފިކުރެއް ނެތި ސަކަރާތްޖެހުމައިގެން އުޅުނު ޝިއުރީ މައިތިރިވީ، އެ ތަނަށް ރިފްގާ އައުމުންނެވެ. ރިފްގާއަށް ރީތި ހިނިތުންވުމެއް ހަދިޔާ ކޮށްލުމަށްފަހު، ކުޑަކުޑަ ރައިނާ އުރާލަމުން ސޯފާގައި އިށީނީ ވަރުބަލިވެއްޖެއޭ ބުނަމުންނެވެ.

“މިވީ ކުޑަ ދުވަސްކޮޅު ތެރޭގައިވެސް، ރައި ޝިއުއާއި ވަރަށް ރައްޓެހި ދޯ…..” ރައިނާގެ ބުޅި އިސްތަށިގަނޑުގައި އަތް ހިންގާލަމުން ރިފްގާވެސް ޝިއުރީގެ ގާތުގައި އިށީނެވެ.

“ރައްޓެހިވާނެއެއްނު…. މީ ތުއްތަގެ އެންމެ ލޯބި ބޭބީ ގާރލްއޭ ދޯ…..” ރައިނާގެ ދެ ކޮލުގައި ހިފާލަމުން ޝިއުރީ މިހެން ބުނުމުން، ރައިނާ އަވަސްއަވަހަށް ބޯ ޖަހާލިއެވެ.

“ހަމަ ކުޑަކުޑަ ޝިއު އެއް…..” ލޯބިވެތި ގޮތަކަށް، އެއްފަހަރު ޝިއުރީއަށް އަދި އަނެއްފަހަރު ރައިނާއަށް ބަލާލަމުން ރިފްގާ ބުނެލިއެވެ. ޝިއުރީވެސް ހިނިތުންވެ އިނދެ ބޯ ޖަހާލީ އެކަމަށް އެއްބަސްވުމުގެ ގޮތުންނެވެ.

“ޝިއު، މިއަދު ވަޒީފާގެ އިޢުލާނެއް ގޮވި…. ކުރިމަތިލާންވީނު….” ރިފްގާ ވާހަކައިގެ މަޢުޟޫއު ބަދަލުކޮށްލިއެވެ.

“ހޫމް…. އަޑު އެހިން…. އެކަމަކު، ދެ ޚިޔާލެއްގައި މި ހުންނަނީ….” ރައިނާގެ އިސްތަށިގަނޑާއި، ކުޅެލަމުން ޝިއުރީ ބުނެލިއެވެ. އޭނާ ވާހަކަ ދެއްކި ރާގުން، އެ ވަޒީފާއާއި މާ ގަޔާވާ ހެންނެއް ހިއެއް ނުވެއެވެ.

“ހާދަ ފާޑަކަށް ކިހިނެއްވީ…. އެ ވަޒީފާ ކަމުނުދަނީތަ…؟؟؟؟ ނޫނީ އެތާ އުޅޭ ކުއްޖަކު ކަމުނުދަނީތަ….؟؟؟” ރިފްގާގެ ވާހަކައިން ޝިއުރީއަށް ސިހުން ގެނުވިއިރު، ސުވާލުގެ ނަޒަރަކުން ރިފްގާއާއި ދިމާއަށް ބަލައިލެވުނެވެ. އެ ބަލައިލުމުން ޝިއުރީގެ ހިތުގައިވާ އެއްޗެއް ރިފްގާއަށް ދެނެގަނެވުނެވެ.

“ރަނގަޅަށް ތި ހީވީ… އަހަރެން މި ދައްކަނީ މިޝަލްގެ ވާހަކަ……” ރިފްގާ އިތުރަށް ބުނެލިއެވެ.

“ދައްތަ ކިޔަން ތި އުޅޭ އެއްޗެއް އަހަންނަކަށް ނުވިސްނުން….” ރިފްގާގެ މޫނަށް ބަލަން އިނދެ، ހަމަޖެހޭގޮތް ދައްކާލަމުން، ޝިއުރީ ބުނެލިއެވެ.

“މިޝަލް ޝިއުގާތު ރައްޓެހިވާން އެހި ރޭ، ތި ދެމެދުގައި ދެކެވުނު ވާހަކަތައް ދައްތައަށް އަޑު އިވުނު… މިއަދާ ޖެހެންދެންވެސް، އެކަހަލަ ވާހަކައެއް ނުދައްކާ މި ހުންނަނީ، ޝިއު ހިތްހަމަ ނުޖެހިދާނެތީ…. އެކަމަކު، މި ވާހަކަ ފެށުނީމަ ދައްތައަށް ހީވާ އެއްޗެއް ބުނެލާނަން… ދައްތަވެސް މި ރަށުގައި އުޅޭތާ މިހާރު ފުދޭވަރަކަށް ގިނަ ދުވަސްވެއްޖެ…. އެހެން ދޭތެރެއަކުން، ދޮންބެއާއިއެކީ މިޝަލް، މި ގެއަށް އަންނާތީ، ދައްތައަށްވެސް މިހާރު، އޭނާ ވަރަށް ރަނގަޅަށް އެނގޭ…. ދޮންބެ ދޭތެރެއަކުން އޭނަ ގާތު މީހަކާ އިންނަ ވާހަކަ ފަށާއިރަށް ބުނާނެ، “ވަރަށް ލޯބިވާ ކުއްޖަކު ހުރެއޭ…. އެ ކުއްޖާ ލިބުނު ދުވަހަކުން، ނޫނީ އެހެން މީހެއްގެ ޙައްޤަކަށް އެ ކުއްޖާ ވީ ދުވަހަކުންނޭ، މީހަކާ އިންނަން ބޭނުމީ….” މިޝަލް އެހެން ބުނީމަ، އެ ދައްކަނީ ޝިއުގެ ވާހަކަކަން ދޮންބެއަށް ނޭނގުނަސް، ދައްތައަށް އެނގޭ އެ ބުނާ ކުއްޖަކީ ޝިއުކަން… އޭނަ ޝިއުދެކެ އެ ވަނީ ހާދަ މަތިވެރި ލޯތްބެކޭ…” ރިފްގާ ދައްކަން ބޭނުން ވާހަކަތައް ދެއްކުމަށްފަހު، ރައިނާ ގޮވައިގެން އެ ތަނުން ދިޔައީ ޝިއުރީ އެއްޗެކޭ ނުބުނުމުން، އެކަމާއިމެދު، އޭނާ ވިސްނާނެކަމަށް އުއްމީދު ކުރަމުންނެވެ.

********************

 

ކަޅު ވިލާތަކުން އުޑުމަތި ބަނަކުރަމުން ދިޔައިރު، އިރުގެ އަލިކަން ފަނޑުވެ ދުނިޔެމަތި އަނދިރިކޮށްލައިފިއެވެ. މަޑުމަޑުން ޖެހެމުން ދިޔަ ވައިރޯޅިތައް ބާރުވާން ފެށިއެވެ. ވައިރޯޅިތައް އެޅި ގަސްގަހާއި، ރުއްތަށް ހީވަނީ މުލުން ލުހިގެން ހިނގައިދާނެހެންނެވެ. މަގުމައްޗަށް އެޅިފައިވާ ހިކި ފަތްތަކާއިއެކު، ވެލިތައް ބުރަބުރައިގެން އަންނަން ފެށުމުން، ހިނގާބިނގާވެ އުޅޭ މީހުންނަށް އުނދަގޫވަމުންދެއެވެ. ސްކޫލްގެ ގޭޓުދޮށުގައި ހުރި މިޝްޔާ، ފޯނުން މިޝަލަށް ގުޅަން މަސައްކަތް ކުރަމުން ދިޔައީ، ވިއްސާރައިގައި ނުޖެހި، ހިނގާފައި ގެއާއި ހަމައަށް ދެވޭނެކަމުގެ އުއްމީދެއް ނެތުމުންނެވެ.

“ދޮންބޭ ކޮބާތަ…..؟؟؟ އަހަރެން މި ހުރީ ސްކޫލްގައޭ…. ހީވަނީ ދެންމެ ދެންމެ ވާރޭ އޮއްސާލަފާނެހެން…. އަވަހަށް އާދެބަލަ….” މިޝަލް ފޯނު ނެގުމާއިއެކީ، އުޑުމައްޗަށް ބަލައިލަމުން މިޝްޔާ އަވަސްއަވަހަށް ބުނެލިއެވެ. މޫނުމަތިން މާޔޫސީގެ އަސަރު ފައުޅުވެގެންދިޔައީ، މިޝަލްގެ ޖަވާބު އިވިފައެވެ. ތުންކޮޅަށް ގޮތެއް ހަދާލަމުން އަތުގައި އޮތް ފޯނު އަތްދަބަސް ތެރެއަށްލިއެވެ. ދެ އަތް މެޔާލާއޮ ބޮނޑިކޮށްލަމުން، އަނެއްކާވެސް އުޑުމަތި ބަލާލީ ހާސްވެފައި ހުރެއެވެ.

މާ ގިނައިރުތަކެއްނުވެ، ސައިކަލްގައި އައިސް އޭނާގެ ކުރިމަތީގައި މަޑުކޮށްލީ ރާހިލެވެ. ރާހިލް މިޝްޔާއަށް ބަލާލަމުން އޭނާގެ ފިރިހެންވަންތަ ރީތި ހިނިތުންވުން މިޝްޔާއަށް ހަދިޔާކޮށްލިއެވެ. އެ ހިނިތުންވުން ފެނި، މިޝްޔާގެ ހިތް ފިދާވެގެންދިޔައިރު، އެ ހިތަށް ތޫނު ރިހުމެއްވެސް އިޙްސާސްވެގެން ދިޔައެވެ.

“ނާރަންތަ ތި ހުންނަނީ…. ދޮންބެއަށް އާދެވެން ނެތިގެން ބަލާ ގޮސްދޭށޭ ބުނީމައޭ އަހަރެން މި އައީ…. ލަސްނުކޮށް އަވަހަށް އަރާ…. އިރުކޮޅަކުން ވާރޭ ވެހެން ފަށާފާނެ……” ހިތްހެޔޮކަމާއިއެކު، އެހެނަސް، މަޖާ ރާގެއްގައި ރާހިލް ބުނެލިއެވެ. ރާހިލްގެ ކޮންމެ ސިފައެއްވެސް، ޒިކާނާއި ނުހަނު އެއްގޮތެވެ. ރާހިލާއި ދިމާވުމުން މިޝްޔާއަށް ގޮތްތަކެއްވަނީ އެހެންވެއެވެ. ވަގުތު ބޭކާރުނުކޮށް، ރާހިލްގެ ސައިކަލް ފަހަތަށް މިޝްޔާ އެރިއެވެ. އޭނާ ބެލީ ރާހިލާއި ވީހާވެސް ދުރުގައި އިނދެވޭތޯއެވެ. އަދި މި ނޫނީ އޭނާ، ރާހިލާއި އެހާ ގާތްވެފައި ނުވާއިރު، ރާހިލް ޖަހައިގެން އިން “ހޯޕް” ސެންޓުން ދުވި މީރުވަހުން، އޭނާއަށް ނޭފަތް އެތެރެއަށް ދަމާލެވުނީ، ބޭއިޚްތިޔާރުގައެވެ. މުޅި ހަށިގަނޑަށް ތަފާތު ގޮތްތަކެއް ވީކަމުގެ އިޙްސާސެއްވެސް ކުރެވުނެވެ. އޭނާ އިނީ ގެއަށް ދެވޭނެ އިރެއްގެ އިންތާޒާރުގައި ކެތްމަދުވެފައެވެ.

 

ރާހިލް ދުއްވަމުން ދިޔަ ސައިކަލް މިޝްޔާމެންގޭ ދޮރުމަތީ މަޑުކޮށްލުމާއިއެކު، މިޝްޔާ އަވަސްއަވަހަށް ފޭބިއެވެ.  އަދި މީހާ ހަމައަކަށް އެލިލަމުން، ފުން ނޭވާއެއް ބޭރުކޮށްލިއެވެ. މިޝްޔާއަށް ބަލައިލަމުން ދަނީ ކަމުގައި ބުނެ، ރާހިލް، ސައިކަލް ސްޓާޓްކޮށްލިތަނާ ވާރޭ ކަނި ޖަހަން ފަށައިފިއެވެ. ރާހިލް ފެންނަން ހުރުމުން ކިތަންމެ އުނދަގޫވީނަމަވެސް، އެހާ ބޯކޮށް ވިއްސާރަ ހަދާފައި ހުރުމުން، އޭނާ ދިޔަދޭކަށް މިޝްޔާގެ ހިތެއް ނުރުހުނެވެ. އެހެންކަމުން، ބުނަން ނުބުނަން ހުރެފައިވެސް ވާރޭ ހުއްޓަންދެން ގެއަށް ވަނުމަށް، ރާހިލްގެ ގާތުގައި މިޝްޔާ އެދުނެވެ. ރާހިލަށް ބަލަން އިނދެވުނީ މިޝްޔާ އެހެން ބުނެފާނެކަމަށް ހީކުރެވިފައި ނެތުމުންނެވެ.

“ތެމެނީ…..” ހިމަފޮދު ވާރޭ ތިކިތަކުން ރާހިލްގެ ޓީޝާޓް ތެންމަމުންދާކަމުގެ އިޙްސާސްވީވެސް މިޝްޔާގެ އަޑުންނެވެ. އޭނާ އިނީ އެހާވެސް ބޮޑަށް މިޝްޔާއަށް ގެއްލިފައެވެ. ވާރޭ ތިކިތަކުން ރެކެމުން ރާހިލް މިޝްޔާއާއިއެކު ގެއަށް ވަނެވެ. އޭނާ ސޯފާގައި އިށީނުމުން މިޝްޔާވަނީ ކޮޓަރިއަށްށެވެ. ނުކުމެގެން އައިއިރު އަތުގައި ކުޑަ ތުވާލިކޮޅެއް އޮތެވެ.

“ކޮފީއެއް ގެނެސްދެންތަ…..؟؟؟” އަތުގައި އޮތް ތުވާލި ރާހިލަށް ދިއްކޮށްލަމުން މިޝްޔާ އަހާލިއެވެ.

“މިޝް ބައިވެރިވަންޏާ…..” މިޝްޔާ ދިއްކުރި ތުވާލީގައި ހިފަމުން ރާހިލް ބުނެލިއެވެ. ވަކި އެއްޗެއް ނުބުނެ މިޝްޔާ ހިނގައިގަތީ، ބަދިގެ ފަރާތަށެވެ. ފަސްވަރަކަށް މިނެޓްފަހުން އައީ ތަބަކަކަށް ދެ ކޮފީތަށި ލައިގެންނެވެ.

“ކޮފީ ވަރަށް މީރު……” މިޝްޔާ ދިއްކޮށްލި ކޮފީތަށި ރަހަބަލައިލުމަށްފަހު، ރާހިލް ބުނެލިއެވެ. އެކަމަށް އެއްވެސް ސަމާލުކަމެއް ނުދީ ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި އޮތް ރިމޯޓް ނަގާ ޓީވީ ހުޅުވާލަމުން، މިޝްޔާ އެއަށް ސަމާލުވެލިއެވެ.

“މިޝް ކީއްވެ އަހަރެންދެކެ ތިހާ ފޫހިވަނީ…..؟؟؟؟” އިރުކޮޅަކު، މިޝްޔާގެ ޙަރަކާތްތަކަށް ބަލަން އިނދެފައި، އޭނާގެ އަޅާލުންކުޑަކަން ފެނި ރާހިލަށް އަހައިލެވުނެވެ. ރާހިލްގެ ސުވާލު އިވުމުން، އިރުކޮޅަކު އޭނާއަށް ބަލަން އިނދެފައި، އަނެއްކާވެސް މިޝްޔާ، ޓީވީއަށް ނަޒަރު ހުއްޓާލީ ރާހިލާއި ހަތަރުކަޅި ހަމަކުރަން ކެތްނުވުމުންނެވެ.

“މިޝީ…..” މިޝްޔާ ޖަވާބެއް ނުދީ އިންނަން ފެށުމުން ރާހިލް އަނެއްކާވެސް މިޝްޔާއަށް ގޮވާލިއެވެ. ރާހިލް ގޮވާލުމާއިއެކު، މިޝްޔާ ކޮޅަށް ތެދުވެ، އޭނާއަށް ބަލައިލި ގޮތުން ރާހިލް ހައިރާންވިއެވެ. އެ މޫނުމަތިން ރާހިލަށް ފެނުނީ ނުރުހުންވުމުގެ އަސަރުތަކެވެ.

“އަހަންނަށް ތި ނަމުން ގޮވާނީ ހަމައެކަނީ ޒީކް….. އެއީ ޒީކް އަހަންނަށް ލޯބިން ކިޔާ ނަމެއް…. އަހަރެން ބޭނުމެއް ނުވޭ އިތުރު މީހަކު އަހަންނަށް އެ ނަމުން މުޚާތަބު ކުރާކަށް….” ރާހިލަށް ފުރަގަސްދެމުން މިޝްޔާ އިއްވާލިއެވެ. ރާހިލަށްވެސް ކޮޅަށް ތެދުވެވުނީ މިޝްޔާގެ އަޑުގައި އެކުލެވިފައިވާ ނުރުހުންތެރިކަން ފާހަގަވުމުންނެވެ.

“ރާހިލަށް ޒީކްގެ ގިނަ ސިފަތަކެއް ލިބިފައިވިޔަސް، އަހަރެންގެ ހިތުން ޒީކަށް ދެވިފައިވާ މަޤާމް ދުވަހަކުވެސް ރާހިލަކަށް ނުދެވޭނެ…. އަހަރެން ރާހިލާއި ދުރުން އުޅެން މި މަސައްކަތް ކުރަނީ ރާހިލްދެކެ ފޫހިވާތީއެއް ނޫން…. ރާހިލް ފެނުނީމަ އަހަންނަށް އުނދަގޫވަނީ…. ޒީކްމަތިން މާ ބޮޑަށް ހަނދާންވަނީ…. އެކަމަކު، ޒީކްއާއި އެއްގޮތް ކިތަންމެ ސިފަތަކެއް ރާހިލަށް ލިބިފައިވިޔަސް، ތީ ޒީކްއަކަށް ނުވާނެ…..” ރާހިލާއި ކުރިމަތިލަމުން މިޝްޔާ ވާހަކަދެއްކިއިރު، މިފަހަރު ނުރުހުމުގެ ބަދަލުގައި އެ އަޑުގައިވަނީ ހިތާމައާއި ހިތްދަތިކަމެވެ.

“އަހަރެންގެ ހިތް ބޭނުންވޭ އަބަދު ރާހިލް ހުންނަތާކު ހުންނަން…. ރާހިލް ވާހަކަ ދައްކާ އަޑު އަހަން…. އެނގޭތަ ކީއްވެކަން…. އެއިން ކޮންމެ ކަމަކުން އަހަރެންގެ ޒީކް އަހަންނަށް ސިފަވާތީ….. އެކަމަކު އަހަރެން މީ އެހާ އަމިއްލަ އެދުން ބޮޑު މީހެއް ނޫން….. ރާހިލްގެ އިޙްސާސްތަކާއި ކުޅޭކަށް އަހަރެން ފަހަރެއްގައިވެސް ބޭނުމެއް ނޫން….. އެހެންވެ، ރާހިލާއި ދުރުން އުޅެން އަހަރެން މަސައްކަތް މި ކުރަނީ….. ރާހިލްގެ ލޯތްބަށް “އާން” ބަސް ބުނަން އަހަރެންގެ ހިތް އެދުނުނަމަވެސް، އެކަމަށް އިޖާބަ ނުދީ މި ހުންނަނީ އަހަރެންގެ އަމިއްލަ އެދުން އިސްކުރަން ބޭނުންނުވާތީ…… އަހަންނަށް އެނގޭ އަހަރެންގެ ހިތް، ރާހިލްގެ ލޯބި ޤަބޫލުކުރަން އެދެނީ، ޒީކްއާއި، ރާހިލް ވައްތަރުކަމުންކަން…. ފަހަރެއްގައިވެސް ރާހިލް ދެކެ ލޯބިވާތީކީ ނޫންކަން…. އެހެންވެ، ރާހިލްގެ ގާތުން ވަރަށް އާދޭހާއެކު އަހަރެން މި އެދެނީ….. އަހަންނާ ދުރުގައި ހުރެދީ….. އަހަރެން ރާހިލް ދެކެ ލޯތްބެއް ނުވޭ…. އަހަންނަށް ރާހިލާއި ގާތްވެވެނަސް، އެހެންވަނީ ޒީކްދެކެވާ ލޯތްބަކުން….. އަހަރެންގެ ހިތުގައި ޒީކްއަށްޓަކައި މިވާ ލޯތްބަށް، ކުޑަވެސް ބަދަލެއް ނާންނާނެ… ރާހިލް…..” މިޝްޔާއަށް އިތުރަށް ވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ. ރޮވެން ފެށުމުން ދުވެފައި ގޮސް އޭނާ ވަނީ ކޮޓަރިއަށެވެ. މިޝްޔާ ދިޔަ ދިމާއަށް ބަލަހައްޓައިގެން ގުޑިލާންވެސް ނޭނގިފައި ރާހިލަށް ހުރެވުނީއެވެ.

********************

 

މެންދުރު، ބޯކޮށް ވާރޭ ވެހުނުނަމަވެސް، ހަވީރުއަތަށް އަޅައިލުމުން ވިއްސާރަ އަލިކޮށްލިއެވެ. ވާރޭ ވެހުން ހުއްޓާލައިފައި ވީނަމަވެސް، އޭރުވެސް ބާރަށް ވައި ޖެހެމުންދެއެވެ. ޖައްވުގައި ތެތް ފިނިކަމެއް އެކުލެވިފައި ވެއެވެ. ޑިއުޓީ ނިންމާލުމަށްފަހު، އަޔާނީ ގެއަށްދާން ނުކުތްވަގުތު، ޔަލްވީ ގުޅާފައި، އޭނާއާއިއެކު، ދާން މަޑުކުރުމަށް ބުނުމުން އަޔާނީ މިސްރާބު ޖެހީ ސްކޫލާއި ދިމާއަށެވެ. ގޭޓު ދޮށުގައި މަޑުކޮށްލަމުން އޭނާ އައިސްހުރިކަން އަންގާލުމުގެ ގޮތުން ޔަލްވީއަށް މެސެޖުކޮށްލިއެވެ. މާ ގިނައިރުތަކެއްނުވެ ޔަލްވީ އަންނަތަން ފެނުމުން އޭނާ ހިނިތުންވެލިއެވެ.

“މިއަދު ހާދަ ލަހުން ގެއަށް ދާ ދުވަހެއް…. ދޭއް ޖަހާއިރު ނިމޭ މީހެއް ވިއްޔަ، އެކަމަކު މިހާރު ހަތަރެއް ޖެހީ… ޚާއްސަ މީހަކާ ދިމާވީމަ ވީގޮތް ދޯ….” ޔަލްވީ ނުކުތުމާއިއެކު އަޔާނީ ދިމާކޮށްލިއެވެ. އަޔާނީ އެ ދައްކަނީ ކޮން ވާހަކައެއްކަން ޔަލްވީއަށް ވިސްނުނެވެ.

“އަޅެ…. ޔާނީއަށްވެސް އެނގޭ ދޯ، ޝައުން އޭނާ އެ މަޤާމަށް ހޮވުނުކަން….. ދެން ކީއްވެތަ އަހަރެން ގާތު ނުބުނީ…. ވަރަށް ފޫހިވޭ…. ކުރިން އެނގުނުނަމަ އަހަންނަށް އެހާ ބޮޑު ޝޮކެއް ނުލިބުނީހެއްނު….” އަޔާނީއަށް އެނގިހުރެ، އޭނާއާއި އެކަން ޚިއްސާ ނުކުރުމުން ޔަލްވީ ޝަކުވާކޮށްލިއެވެ. ޔަލްވީ ވާހަކަ ދެއްކި ރާގުން އަޔާނީގެ ގާތަށް ހިނިވެސް އައެވެ.

“މިޝްއާއި ދެމީހުން ރާވައިގެން ޔާލްއަށް ސަޕްރައިޒް ދޭން ވެގެން ނުބުނީ….. ދެން ބުނެބަ… ނުވިސްނާ ހުއްޓާ އޭނަ ފެނުނީމަ ކިހިނެއްވީ….؟؟؟؟ ހިތަށް ވަރަށް ގޮތްގޮތްވީތަ….؟؟؟؟ ދެ މީހުން ވާހަކަ ދެއްކިންތަ…..؟؟؟؟ ނޫނީ އަދިވެސް ގޮތުގައި ތިބީތަ….؟؟؟؟ އަޅެ ޕްލީޒް…. ކިޔައިދީބަލަ….” ޔަލްވީގެ އަތުގައި ހިފައިލަމުން، އަޔާނީ އާދޭސްކޮށްލިއެވެ.

“މަޑުކޮށްބަލަ…. ދާ މަގުމަތީ ކިޔައިދޭނަމޭ….” ސްކޫލުން ނުކުންނަން އައި ޝައުން ފެނުމުން، ޔަލްވީ ސިއްރުން ބުނެލިއެވެ. އެމީހުންނާއި ހަމައަށް އާދެވުމުން ޝައުން ދެ ކުދިންނަށް ރީތި ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން، އަޔާނީއަށް ގޮވާލިއެވެ. އޭނާގެ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށީވެސް އެވަގުތުއެވެ. ފޯނުގެ ސްކްރީނަށް ބަލައިލުމަށްފަހު، އަޔާނީމެން ގާތުގައި ދަނީއޭ ބުނެ، ފޯނަށް ޖަވާބުދެމުން، އޭނާ ހިނގައިގަތެވެ. މި މަންޒަރު ފެނި ޔަލްވީއަށް ގޮތްތަކެއްވީ، ފޯންގް ސްކްރީންނަށް ބަލައިލި ވަގުތު، ޝައުންގެ ތުންފަތަށް ވެރިވި ހިނިތުންވުން ފެނިފައެވެ.

“ހޫމް…. ދެން ކިޔައިދީބަލަ…..” ގެއަށް ދިޔަ މަގުމަތީ އަޔާނީ އަނެއްކާވެސް ބުނެލިއެވެ.

“މާ ބޮޑުކަމެއް ނުވެ….” ޔަލްވީގެ ހިތް ހަލަބޮލިވެފައި ވީވަރުން އޭނައަށް ޖަވާބުދެވުނީ، ރުންކުރު ގޮތަކަށެވެ.

“އައްދޭ…. މަންޖެ ރުޅިގަދަވީ، އެސޮރު ފޯނުގައި ހުރެގެން ދިޔާމައިތަ….؟؟؟” ޔަލްވީއަށް އައި ބަދަލު، އަޔާނީއަށް ކޮންމެވެސް ވަރަކަށް ރޭކާލިއެވެ.

“އޭނަ މިހާރު އެހެން ކުއްޖަކާ ގުޅިގެން ކަންނޭނގެ ދޯ އުޅޭނީ….އެހެންތާ ވާނީ…. މާލެއާއި، ބޭރު ޤައުމުތަކުގައި އުޅެލާފައިވިއްޔަ އެ އައީ… ދެން ރީތި ކުދިންނާވެސް ދިމާވާނެއެއްނު…..” އަޔާނީ ބުނި އެއްޗަކަށް މާބޮޑު ސަމާލުކަމެއް ނުދީ، ޔަލްވީ، އޭނާގެ ހިތުގެ ހައިޖާނުގަނޑު ބޭރު ކުރަންފެށިއެވެ.

“އަހަންނަށް ކިހިނެއް އެނގޭނީ…. ޔާލްއެއްނު އޭނައާއިއެކު އެއް ތަނެއްގައި ތިބެފައި ތި އައީ….. އެހެންވެއޭ، އަހަރެން މި ބުނީ، އެތާނގަ ވީ ކަންތައް ކިޔައިދީބަލާށޭ…..” ޔަލްވީގެ އަތްތިލައަށް ފިތާލަމުން އަޔާނީ ބުނެލިއެވެ.

“މާ ބޮޑު ކަމެއް ނުވެ…. އަހަރެން ފެނުނީމަ އޭނަ އަހަންނަށް ގޮވާލާފަ ހީލީ…. ދެން އަހަރެން ވެސް ހީލީ…. އިތުރު ވާހަކައެއް ނުދައްކަން…..” ތުންކޮޅު ދަމާލަމުން، ފޫހިގޮތަކަށް ޔަލްވީ ބުނެލިއެވެ.

“ދެން ތިހާ ފޫހި ނުވެބަލަ…. އަދި ކުރިއަށް އޮތީނު…. ކޮންމެ ދުވަހަކު އެއްތާކު ތިބެގެން މަސައްކަތް ކުރަންޏާ ވާހަކަ ނުދައްކައެއް ނޫޅެވޭނެއެއްނު….  ތިހާ ލޯބިވާއިރު، ޔާލްވެސް ތި ހުންނަނީ…… ގޮތްދޫނުކުރާކަންނު….” ޔަލްވީގެ ކޮލުގައި ހިފާލަމުން އަޔާނީ ބުނެލިއެވެ.

“ހޫމް ދެން އަނެއްކާ ފަށާނެކަމެއް ނެތް…. ބުނީމެއްނު އަފޫއާއި ދެ މީހުން ކައިވެނި ކުރަން ބޭނުން ވާހަކަ މަންމަމެންނަށް މިރޭ އަންގާނަމޭ….. ވަރަށް ހާސްވޭތަ….؟؟؟” ވާހަކައިގެ މަޢުޟޫއު ބަދަލުކޮށްލަމުން ޔަލްވީ އަހާލިއެވެ.

“އޯހް… ޝިއްޓޫ…. ތިހެން ބުނީމަ މި ހަނދާންވީ….. ދެންމެ ޔާލް އަށް މެސެޖު ކުރިތަނާ އަހަރެންގެ ފޯނު ނިވުނީ…. އަފޫ އުޅޭނެ މިހާރު ނުގުޅިގެން…. އޯހް ނޯ…. އޭ ޔާލް…. ފަހުން ދޯ ތިވާހަކަ ދައްކާނީ….. އަހަރެން ވެއްޖެ އަވަހަށް ފޯނު ހުޅުވަން ދާން….” ޔަލްވީ ގާތުގައި މިހެން ބުނެފައި އޭނާގެ ޖަވާބަކަށް އިންތިޒާރުކުރުމެއްނެތި، އަޔާނީ ހިނގުން ބާރުކޮށްލިއެވެ.

*****************

 

ގޭތެރެއަށް ވަދެގެން އައި އަޔާނީގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ، އިސްޖަހާލައިގެން ހުރެ، ގޭތެރެއިން ނުކުންނަން އައި އަފްލާކް ފެނުމުންނެވެ. އަފްލާކް އިސް އުފުލާ ބަލައިލީ، އަޔާނީ އޭނާގެ ނަމުން ގޮވާލުމުންނެވެ.

“އަފޫ މި ގަޑީގައި ކީއްކުރަނީ….؟؟؟ މިރޭ އަންނަ ގޮތަކަންނު އޮތީ….” އަފްލާކްގެ ގާތަށް ޖެހިލަމުން އަޔާނީ ސިއްރުން އަހާލިއެވެ. އަދި ގޭތެރެއަށް ނަޒަރު ހިންގާލީ، އެތެރެއިން މީހަކު ފެންނަން ހުރިތޯ ބަލައިލުމަށެވެ.

“އަހަރެން މި އައީ ޔާނީ ބައްޕަ ގުޅީމަ…. ކޮބާ ޔާނީގެ ފޯނު…. އަހަރެން ވަރަށް ގުޅައިފިން….” އަފްލާކްވެސް ވާހަކަދެއްކީ އެހާ ސިއްރުންނެވެ. ފޯން ބެޓްރި ލޯވެގެން ނިވުނީ….. ބައްޕަ ކީކޭތަ ބުނީ….” އަފްލާކް، ބައްޕަގެ ނަން ބުނުމުން އަޔާނީގެ ބަނޑު ކައްކައިގަތީ ބިރުގަތްވަރުންނެވެ.

“ޔާނީ ބައްޕައަށް އަހަރެމެންގެ ގުޅުން އެނގިއްޖެ…. ބައްޕަ ބޭނުމެއް ނުވޭ ދުވަހަކުވެސް އަހަރެމެން ގުޅޭކަށް….. ބައްޕަ ބުނީ ޔާނީއާއި ރުޅިވާށޯ…..” އަޔާނީގެ ދެ ލޮލަށް ބަލަން ހުރެ އަފްލާކް އިއްވާލިއެވެ.

“އަފޫ ސަމާސަ ކުރަނީތަ….؟؟؟ ބައްޕަ، އެހެންނެއް ނުބުނޭ ދޯ….. ބުނެބަލަ އަފޫ…. ތީ ދޮގެއް ދޯ…..” އަޔާނީ އަފްލާކްގެ އަތުގައި ހިފައި ތަޅުވާލަމުން އާދޭސް ކުރަންފެށިއިރު، އޭނާގެ ދެ ލޯ ފެނަކަޅިވެގެން ދިޔައީ ހިނދުކޮޅެއްގެ ތެރޭގައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (75)

  1. Eemyaa

    Assalaam Alaikum ☺
    Kiyuntherinnah mi part ves kamudhaane kamah ummeedhu kuran ☺☺
    Rangalhu kohlan vaa thanthan bunedhinumaky eem ge v bodu edhumeh ☺☺☺
    Have a nice day TGC Ly all ???

  2. Shaai

    Me first?

    1. Eemyaa
      Shaai

      Yes u first Shaai ?

  3. Ram

    Aheyy… e dhogakah vebalaaaaaa…. ?

    1. Eemyaa
      Ram

      Lets see dw ?

  4. k

    wow me first! story v reethi as always

    1. Eemyaa
      k

      Thanks k ☺☺☺

  5. k

    ain, me third i guess

    1. Eemyaa
      k

      Yes mifaharu third dw libuny ☺

  6. Malaa

    Wrh wrh wrh reethi mi part vxx.. awaha next part up kohdehchey nge.. can’t wait❤️❤️❤️???

    1. Eemyaa
      Malaa

      Thanks Malaa ☺☺☺
      Yeah i’ll try ???

  7. Shaai

    Varah reethi ?

    1. Eemyaa
      Shaai

      Thanks Shaai ☺☺☺

  8. Lammi ?

    Warah reethi ❤

    1. Eemyaa
      Lammi ?

      Thanks Lammi ☺☺☺

  9. Lam

    Salhi…dhn ekamu ayaanee ge family dhw…v foohi vey

    1. Ainth
      Lam

      Faharaehga mifaharu kaamiyaabyaaves kurimathi laan jehidhaanehnu.. Aflaak Yaany hahdhaa lany kanneynge ehnu.. Alhe hingaabala vaagoeh balan dhw

    2. Eemyaa
      Lam

      Thanks Lam ☺☺☺
      Lam hee nukuraa gothakah ves ekan vegen hingaidhaane ?? Ainth bunaahen vaa goi balaalama dw ?

  10. love

    Mi vaahakai aharen naka maaka kamaku nudhei. Abadu hurihaa kudin ge life ga hithaama.

    1. Ainth
      love

      Eyee kuriah oeh thaanga maa rangalhu goeh vaan othyma.. Insha Allah

    2. Eemyaa
      love

      Love, mi story ge trailer ga ves innaane mi story aky ekuverinthakehge life ga dhimaa vaa eki haadhisaa thakegge mahchah liyefa in story ekey.. ehn v ma ebai bodah a innany.. bt dheythere akun happy ves vey dw
      Dhn kuriah huri part thakuga ves ebai rangalhu vamun annaane kamah balama dw ??
      Hee kuran mi vaahaka Love ah adhi kamudhaane kamah.. ??

  11. Riffu

    Yaani ge parents haadha katu baekey ?

    1. Eemyaa
      Riffu

      Story nimigen dhaairu Riffu bunaane kanne yaani ge parents best ey hehe ?? dhn lets see dw riffu ge khiyaal badhal nuveves hingaidhaane dw hama ?
      Bt bunelan beynun hee nukuraa gotheh ves vedhaane ey.. ? story nimendhen kiyaalaane kamah ummeedhu kuran ???

  12. khajja

    Wow masha allah v v loabi??? ekam kyvvebaa yaany aa aflaaku gulhen e family nuruheny?e 2 kudhin ehaa loabivaa iruves konkamegge hasadhaebbaa e onnany??? stry v v awsome whn nxt prt avaskolladhechchey plx ????❤❤??????

    1. Eemyaa
      khajja

      Thanks khajja ☺☺☺
      Adhi neyge dw nuruhey kameh ves ??
      Thanks a lot khajja ??? yes i’ll try ?

  13. click a shot ?

    Alhey kihineh mivy.?.eem Afu aa yaany dhurunukurachey…keevetha yaany bappa gaboolu nuvany??…click ah heeviey konmes gotheh yaany ge parents emyhun dhurukuraaneyey.?..shaun dhw evy hama☺️rifga shiu aa vaahaka dhekyma faharega mishal aa medhu dhekey goi badhal vedhaane dhw.?raahil ge reality aky kobaaba..mi part ves hama fabulous…Superb…??❤️waiting eem dear

    1. Eemyaa
      click a shot ?

      Vaa gotheh balaalama dw Click ?? yes shaun a e ❤ may b shiu ge visnun hama badhal vedhaane dw click ??
      Thanks a lott Click ???

    2. Adha?
      click a shot ?

      Good luck click… for ur exams? do well?

    3. click a shot ?
      click a shot ?

      Thanks adha..?

  14. Malsha

    Wow haadha ryhchey. .eem Alhe mal beynumee eem ah award eh dheyn. Haadha nice ey..aslukohves.raahil ae hama zyk.ehn noonnama mishy ey kiyaafa nugovaane dhw.dhn yaanyge family dhw v v v foohi. .and shiu dheke ves rulhi a ahsi. .mishal kahala kujje nulibeyne dhw..ly.whn next part? ??

    1. Eemyaa
      Malsha

      Thanks Mal ☺☺☺ hehe ❤
      Lets see dw
      Hama hee nukuraa kahala gotheh ves vedhaane dw ??
      LY too Mal ???
      V soon In Sha Allah ?

  15. sana

    Wow!very nice ???

    1. Eemyaa
      sana

      Thanks Sana ☺☺☺

  16. Sinaa

    Kommx ehbbayaku gulhuvan ulheba mihaaru maa mahssala gandu dhigu hn hyvany … but nice… dhen afoo e hadhany dhogakah hadhaafa e dhemyhun gulhuvan ulhey …. shaun aa yal vx … shiu aa mishal aa vx gulhuvan v … dhen raahil aa mish aaa dhemyhun adhi gulhey gothakah noon dhw aee adhi mish ah undhagoo vaane dhw

    1. Eemyaa
      Sinaa

      Sinaa, v avahah knmeves dhe couple eh marry kuraane ??
      Thanks dear ???

    2. click a shot ?
      Sinaa

      Anehkaa kon dhe couple eh baa marry kurany .thihen bunima varah curious vehje..☺️?e dhe couple thereyga yaal and shaun himanachey eem..if you want..??

    3. Song joong ki... KOREAN
      Sinaa

      Aflaak and ayaany e dhe couple ah vaany I guess

    4. Eemyaa
      Sinaa

      Click alhe guess kohlaba alhe dhimaa veytho ??
      Song thi buny adhi eh couple ge name ehnu.. lets see dw dhimaa veytho ??
      Dhekudhin story kiyas rangalhah exam ah thayyaaru vaathi ☺ Maadhan Dhivehi dw
      Good luck ???

    5. Song joong ki... KOREAN
      Sinaa

      Haha dhn heevany shiu men hen..its difficult to guess. ? yeah exam ah hama baraabarah ready van.. ☺Dhw click??? Yeah dhivehi.. My enemy subject. ??? but I love writing dhivehi stories..

    6. click a shot ?
      Sinaa

      I think it’s yaany,aflaak and yalvy and shaun..I’m not sure.?maybe shiu men couples ah ves vedhane..let’s wait.??.nd mishya ehaabodakah yageeneh nun..?
      yes. I’m ready..dhivehi is also a boring subject for me..I hate it..but I love reading dhivehi stories and writing..adhi vaahakaeh liyaa hiyaaleh nugengulhen..??ekam fahun lyaanan..??

    7. song joong ki..KOREAN
      Sinaa

      haha same dhw.. 😀 vaahaka vvv liyaa hiyy vey, n abadhuvx test thakugavx liyany vaahaka, n click good luck for the exam. 🙂 🙂 🙂

    8. click a shot ?
      Sinaa

      Good luck to you too song joong..??

  17. Sinaa

    Vrh lowbii … ulhey dhen emmen gulhuvan ???

    1. Eemyaa
      Sinaa

      Thanks Sinaa ☺☺☺

  18. Nish

    Maa sha allah..?eem haadha molhey i love it..This story is mind blowing .acually i don’t know what to say about this story .. hurihaa part ehves ehaa furihama koh genes dheni..This story is amazing,awesome,super,fabulas..?i’m so proud of u eem..keep it up dear..☺? nd today onwards ur one of the my favourite writer..☺?God bless u eem dear love u..??

    1. Eemyaa
      Nish

      Thanks Nish ☺☺☺
      Aww ❤
      Happy to knw tht dear ???
      LY too ?

  19. Zaaiii

    Yaani bappi ok vyhen hyvanee dhw yaani thalhuvaali afuuu

    1. Eemyaa
      Zaaiii

      Lets see dw ??

  20. Some one

    5 yrs fas dww! N e vii 5 yrs ga nthn hppn! Yalviii n shaun es hama thibii dhn! V realistic koh gossa mi vii kihineh! Hama filmii vii! Bt may be mihen es vedhaane dw!letss c dhn vaa gotheh! Stry v sad! Ekm v salhi! Hama buneliii! ??❤❤❤

    1. Eemyaa
      Some one

      Dear, Eem visnaafa in gothakee e five years ga eki meehun eki thanthanah kiyavan gossa baeh meehun rashuga thibyma connection gellifa in gothah.. eves real life ga vaa gothennu dw.. eem ah fenifa huri manzaruthakah balaafa e gothah gena ee.. baeh faharu e connection ove ves dhaane dw.. ekm m8faharu mi gena ee connonectionn noana gothah ??
      Yeah eem ves bunelan beynun dhn vaa gotheh balailaan hingaashey ? hee nukuraa kahala gotheh ves vedhaanu dw ??
      Adhi happy vaane kamah balamaa dw ?
      Thanks a lot dear ???

  21. Ellie

    Mihaaru kuriyah vuren vai mi story.. Tharuheebu libey varakah shauguveri kan dhany dhashah.. Sorry to say this, but this story is getting boring.. Kurin v interest vi ?

    1. Eemyaa
      Ellie

      Awwn ?
      Vaki tharuheebu libe ey kiyaafa eem story akah badhaleh nugennan.. hama plan koffa in gothah kuriah mi gendhany..
      Its k dear ☺ e kujjehge khiyaal ekujjaku faalhukuraanee dw.. enmenge taste eh gotheh ves nuvaane kamah eem ves gabool kuran ?
      Ekm eem heekuran vaahaka kiyun huttaa nulaane kamah nd ummeedhu kuran kuriah huri part thah interest ves vaane kamah ???

  22. mal

    Ebunaahn eem.. mal ah vx eba faahaga kurevey mihaaru story foohi vamun dhaakan.. thihn nuhadhaa.. hus hithaama.. anehkaa ehaa dhigu dhahmaathy.. plx ragalhu kohba…? ehchekey hynukurahchey… bunely dhn egey.. loabi vey??

    1. Eemyaa
      mal

      Ehentha mal ?
      Heekuran kuriah huri parts thah boring nuvaane kamah ?
      Dhigu dhammany ey thi buny keeve kan bunela dhiniyya v rangalhu.. mihen mi buny gina haadhisaa thakeh kuri mathi viyas eh haadhisaa eh ehaa dhigu dhemmeyhen eem ah hee nuvaathee.. bt eem ah hee nuviyas ehn vefa ves ovedhaane dw.. ehnve bunela dheyshey mi buny ingey☺☺
      LY too dear ???

    2. Song joong ki... KOREAN
      mal

      No wayys!! Story hama habeys. Long story eh Veema ufalun, majalaa, hithaamavx vx fudheyvarakah dhigukoh annaane. E mahsalaeh nuun. Fahun story medhakaa hisaabakah dhaairu happy news thah ginavaane I guess???

  23. Mai

    Surprise, surprise, surprise…. Full of surprises… Eem kihinehtha mihaaru molhah waahaka liyan dhaskury… This makes me crazy… Ur story is just awesome… ???

    1. Eemyaa
      Mai

      Hehe Thanks Mai ☺☺☺
      Vaahaka liyan eem molhekey nubunaanan bt mi story ge plot eem ah vs v reethi vedhaane mee real life ga hingaafa huri haadhisaa thakehge mahchah liyaa vaahaka akah v ma kamah ves.. ☺☺
      Hehe Thanks a lot for the lovely comment dear ???
      ❤

  24. Song joong ki... KOREAN

    Wowww hama shaun dhw. ? mifaharu vaane yaal n shaun gulhuvan ingeh.. Mi part vx v loabi. Next part day after tomorrow ga dhw?? Waiting waiting waiting.. Maa fahun dhw mifaharu comment mi kurevuny.. Exam feshigen ulhey thee aslu.. But mi story nukiyaa hama nuhurevey ?? my favourite story..n I reallyy Love this story.. Love you eem. N good luck. ???

    1. Eemyaa
      Song joong ki... KOREAN

      Hehe hama Shaun a e ??
      Hehe dhn vaa gotheh balama dw Song ??
      Fahun comment kurevunas a e massala eh nuney ☺
      Miadhu exam feshuny dw
      GOOD LUCK Song and exam ga baiverivaa ehn kudhinnah ??
      LY too my dear Song ???

    2. Song joong ki... KOREAN
      Song joong ki... KOREAN

      Yeah exam war has been started?? okay thanks eem.. Ly more?

    3. Eemyaa
      Song joong ki... KOREAN

      Wc dear ❤

    4. Adha?
      Song joong ki... KOREAN

      Good luck SJKi.. exams thah rangalhah hadhahchey ingey?

    5. song joong ki..KOREAN
      Song joong ki... KOREAN

      thankyou so much, Adha.. yeah insha allah i’ll try my best. 🙂 🙂 😀

  25. Some one

    Eem thihen buniima eba get vey! Assu e miihun kiyavam dhiyai dw! So ehen e vii! Yaa assu es male’ dhiyaima kurin oiy gulhun noavey! Dwww! N thnkxx nmbrr jahaafa iniima???❤❤❤❤❤???????

    1. Eemyaa
      Some one

      Hehe v ufaa vejje dear ah eem bunan ulhey ehcheh get v ma ??
      Asluves gulhumah hama badhal aadhe dhuru v ma.. bt v strong relationship thah ves hure..
      Hehe u r most wc dear ?
      Dhnves rangalhu kohlan kameh iniyya bunelaathi ingey
      ???

  26. Jin

    Aflaak ehn buny majalakh kanneyge.. V reethi mi part ves.. Keep it up dear???

    1. Eemyaa
      Jin

      Hehe lets see dw ??
      Thank a lot Jin ☺☺☺
      ???

  27. KUKAA

    mee ga ulhey ekakah vex emeeheh ge loaibe nulibey… grl kudhin thah thibeny maa tuii vefaa boy kudhin tha ehaa lwbi vaa iru
    bt nice stry…

    1. Eemyaa
      KUKAA

      KUKAA, rahtehivaan ahaa haa meehaka rahtehi nuvyma eyge maana aky thui vumeh nun dw.. e gothah ekan inna nama dhuniyeyga ves thui kudhin v gina vaane dw.. ?
      Dhn Shiu n Mish rahtehivaan beynun nuvaa reason eh eba oiy dw
      Dhn Yaany afu ah inkaareh nulurey dw parents ge sababun dw kuriyah nudhevifa e thiby
      Yaal ah nuves ingey Shaun loabi vaa kameh so eyna ah kihineh thui vaan ingeyneeves.. ?
      Mi story aky v haadhisaa gina story eh.. hurihaa vaahaka eh ehgotheh nuvaane dw.. mee thafaath vaahaka eh.. hee nukuraa ethah kameh ves mi vaahakaigaa vedhaane.. real life ga ves enmen eh gothakah nun dw kanthah kurany eki meehunge visnun thafaath vaane.. e gothun mi vaahakaiga ulhey 4 girls aky ves thafaath visnun gengulhey kudhinthakeh.. ?
      Story reethi v thee v ufaa vejje ☺☺☺
      Heekuran kuriah huri parts thah ves kamudhaane kamah.. ???

    2. KUKAA
      KUKAA

      aslu stry ix super v kiyaa hiyy vey..
      emeehun gulhuvan beynun vefaa huri varun ehn bunevnee….

    3. Eemyaa
      KUKAA

      Yeah, KUKAA
      Eem ah understand vey ehn vedhaane kamah.. nd like i said enmenge visnun eh gotheh nuvaane ehn v ma mikamuga KUKAA ah ves e kudhin rahtehivun lasvaahen heevun a e massala eh nun dw ☺
      Kuriah oiythaa kankan rangalhuvaane kamah balamaa dw ?
      Thanks for reading this story ???

  28. Adha?

    Heevany afu yaany hahdhaalan hen ehen e buny.. aslu bunaany marry kuriyass ok ey kanneynge??
    Varah reethi mi part ves
    Waitingss ❤❤❤❤

    1. Eemyaa
      Adha?

      Thanks Adha ☺☺☺
      Next part nw up kohlaifin .. e part in engeyne v goi.. ??

  29. nium

    Ma sha Allah v varah reethi ekamu mihaaru vaahaka genesfaivaa goi ehaa salhiyah nun … ekamu unmeedhu kuraney dhen huri part thah reethi vaanekamah ….. 🙂

    1. Eemyaa
      nium

      Thanks nium ☺☺☺
      Hehe ehn ves vaane enmenah kamudhaa gothah vaahaka eh nugeneveyne dw.. story mi gennany eem plan koffa in gothah, hee nukura goithakeh vumakee ekasheegen vaa kameh ?? ehn nunas hurihaa story eh eh goi v ma kamaku nudhaanu dw.. anyway heekuran kuriah huri part thah kamudhaane kamah ☺☺
      Story nimendhen kiyaalahchey nium ???

Comments are closed.