ޢެދެމޭ އުފާ….(21)
ޝަރާ އާ ވާހަކަ ދެއްކުމަށް ފަހު އަލްޔާ ފޯނު ބޭއްވުމަށް ފަހު ރޭގެ ޕާރުސަލްތައް މަތިން ހަނދާންވެގެން އަވަހަށް ގޮސް ޕާރުސަލްތައް ނަގައިގެން ހުރިހާ އެއްޗެއް އެނދު މައްޗަށް ލައިގެން ދެފައި ވަތް ކޮއްލައިގެން ހުރެ ޕާރުސަލްތައް ނުއޮޅަން ފެށިއެވެ. ހުރިހާ ޕާރުސަލްއެއް ކަނޑައިގެން ބެލިއިރު ހުރީ މުޅިން ވެސް އަގު ބޮޑެތި ސެންޓުފުޅިތަކާ، ރީތިވާ ސާމާނާ އަދި އަލްޔާ ބޭނުންވާ ކަހަލަ ރީތި ހަދިޔާތަކެވެ. ހުރިހާ ކަރުދާސް ތަކާ އެއްޗެހި ނަގައި ޑަސްބިމަށް ލުމަށް ފަހު އެ އެއްޗެއް ހުންނަން ޖެހޭ ތަނަކަށް ލުމަށް ފަހު އަލްޔާ ނިކުތީ ބޭރަށެވެ. ގިނަ އިރު ފޯނުގައި ހުރުމުގެ ސަބަބުން އަލްޔާ ހުރީ ވަރަށް ކަރުހިއްކާފަ ކަމުން އަވަހަށް ހިނގައިގަތީ ބަދިގެއާ ދިމާލަށް ޖޫސް ތަށްޓެއް ބޯލުމުގެ ބޭނުމަގައެވެ. އޭރު އަފީފާ ވަރަށް ސީރިއަސް ކަމާއެކުފޯނުން ވާހަކަދައްކަމުން ދެއެވެ. އަފީފާ ދައްކަނީ ކޮންވާހަކައެއްތޯ ބަލާކަށް ނުހުރެ އަލްޔާ ވަނީ ބަދިގެއަށެވެ. އަފީފާ އެދައްކާ ވާހަކަ އަޑު އެހި ނަމަ އެއީ އަލްޔާގެ ނަސީބައް ވެސްވީހެވެ. އެކަމަކު ކުރާނެ ކަމެއް ނެތްތާއެވެ. ތަގުދީރުގައި ވާން ހުރި ކަމެއް ވާނެތާއެވެ. އަލްޔާ ބަދިގެއަށް ވަންއިރު ޖަޔާ ވެސް ހުރީތީ އޭނަޔާ ވާހަކަ ދެއްކުމަށް ފަހު ޖޫސް ތަށި ބޮއެލައިގެން އަލްޔާ އެބުރި ދިޔައީ އޭނާގެ ކޮޓަރިއާ ދިމާލަށެވެ. އޭރުވެސް އަފީފާ ހުރީ ކުރިން ވެސް ހުރި ފަދައިން ފޯނުގައެވެ.
“އާއެކޭ މާދަން ހުރިހާ ކަމެއް ނިމޭނެޔޭ، މިރޭ ކޮންމެ ގޮތެއް ވިޔަސް ޕޭމަންޓު ކަންތައް ނިއްމާތި، އާއެކޭ ހަމަ އެފޮޓޯގައި ހުރި ކުއްޖާއޭ އުޝާވެސް ބުންޏެއްނޫން! ކޮންމެ ކަމެއްގައިވެސް އިތުބާރެއް އޮންނަން ޖެހޭނެދޯ؟ އެހެން ނޫނަސް އަހަރެންނަކީ އެއްވެސް ކަމެއްގައި މަކަރު ޖަހައިގެން އުޅޭ މީހެއް ނޫން!” އެކޮޅުން ވާހަކަ ދެއްކި މީހާޔާ ވާހަކަ ދައްކަމުން އަފީފާ ބުނެލިއެވެ. އަދި އެމީހާޔަށް ކޮންމެވެސް ކަންކަމެއް ޔަގީން ކޮއްދެމުން ދިޔައެވެ. “އޯކޭ ޑަން..! މިރޭ ނައިންއަށް ސޯލްޓައް އަންނާތި ޕޭމަންޓު ކަންތައް ނިންމަން، ސޯ… މާދަން ކިހާ އިރަކުތަ މަންޖެގަޑު އަތަށް އަރާނީ..؟މިހާރު ވެސް އެތައް ބައިވަރު ކަސްޓަމަރުންނެއް އެބަތިބި ވެއިޓިންގަ، ގިނަ ވަގުތު ނަގަންޏާ މަށަށް ވާ ގެއްލުންދޯ..” އެކޮޅުން ވާހަކަ ދައްކަމުން ދިޔަ މީހާ ބުންޏެވެ. “އޯކޭ މާދަން ދިހައެއް ޖަހާއިރު މިގެއަށް އާދޭ، މިގެ އިނގެއެއްނުން؟ އެކަމަކު ބަރާބަރު ވަގުތަށް އަންނާތި ވަރަށް ބަލައިގެން އަހަރެން ގަނޑި މި ހަމަ ކުރަނީ އެހެންވީމަ އެންމެ މިނިޓެއް ބޭކާރު ވިޔަސް ވަރަށް ސަކަރާތްވާނެ…!” ވަރަށް ތަފުސީލްކޮށް ވާންވީ ގޮތާ ހަދަން ވީ ގޮތް އަފީފާ ބުނެލިއެވެ. “އޯކޭ… އޮން ޓައިމަށް ދާނަން” އެހެން ކިޔާފަ އެކޮޅުން ފޯނު ބޭއްވިއެވެ. އެކޮޅުން ފޯނު ބޭއްވުމުން އަވަހަށް އުޝާއަށް ގުޅާފަ ތަފުސީލް ދީފަ ތުބުން ފާޑެއްގެ އަޑު ތަކެއް ލައްވަމުން އަފީފާ ދިޔައީ އޭނާގެ ކޮޓަރިއާ ދިމާލަށެވެ. މިއަދު އަފީފާއަށް ހީވަނީ އެއްހާސް އުފާ އެއްފަހަރާ ލިބިގެން އުޅޭ ހެންނެވެ. އެވަރު ވާނެތާއެވެ. އަލްޔާއަށްޓަކައި އޭނަގެ ހިތުގައި އަލިފާން ގަޑު ކެކި އޮހެރޭތާ ކިތަންމެ ދުވަހެއް ވެއްޖެ ވިއްޔާއެވެ. ނުވިތާކަށް އަފީފާ ހިތުން އަލްޔާ އޭނަގެ ހުރި އެކަނި ފިރިހެން ދަރި ފޭރިގެން އުޅޭތާ ކޮންދުވަހެއް ހެއްޔެވެ؟. އެހެން ވީމަ އަފީފާ ވާ ރުޅިމަޑު ތާއެވެ.
“އަލްޔާ ވިނާން! އަލްޔާ ވިނާން! ހޭލަބަލަ ފަހެއް ޖެހީއޭ” އަލްޔާ ގަދަ ނިދީގައި އޮއްވާ ވަޒުނާ އައިސް ގޮވަން ފެށިއެވެ. ވަޒުނާ ހުއްޓާނުލާ ގޮވަން ފެށުމުން އަލްޔާ ތެދު ވެއްޖެއެވެ. “ގަނޑިން ކިހާ އިރެއް؟” ހޭލެވުމާ އެކު އަލްޔާ އަހައިލިއެވެ. ފަހެއް ޖެހީ މެންދުރު ނުވެސް ކައެއްނޫން؟ ޖަޔާ ބުނީ ނުކަޔޯ، އަލްޔާ ވިނާން މިހާރު ހާދަ ސަކަރާތް ވެއްޖެޔޭދޯ؟ ހޫމް… ދެން ވެސް ތިހެން މޫނު ކުނި ކޮއްގެން ނުހުރެ ދޭ ބަލަ މޫނު ދޮވެގެން އަންނަން، ވަރަށް ބަނޑުހައޭ ސައިބޯން ވެއްޖެޔޭ!” ވަޒުނާ އެހެން ބުނުމުން އެނދުން ތެދުވެގެން އަލްޔާ ދިޔައީ ފާހާނަޔަށެވެ. އަލްޔާ ފާހާނަޔަށް ވަނުމުން ވަޒުނާ ހަމަޖެހިލާފަ އޮށޯތީ އެނދުގައެވެ. ފާހާނަޔަށް ވަންތަނާ އިރު ކޮޅެއް ފަހުން އަލްޔާ ނުކުތެވެ. “ކޮން އަލްޔާ ވިނާން އެއްތަ ތިކިޔަނީ؟ މަށަށް ކިޔަނީ އެހެންތަ؟ ވަޒޫ ވެސް ހާދަ ދިމާކުރެޔޭދޯ؟” ތުވާލި ނަގާ މޫނު ފޮހެމުން އަލްޔާ ބުނެލިއެވެ. “ހައްހައްހާ… އަލް ހާދަ ލޯތްބޭ ތުން ކޮޅު އޫ ކޮއްލީމަ! ފިއުޗާގަ ތީ އަލްޔާ ވިނާންއޭ އެވަރު ނޭގޭތަ؟ “ވަޒުނާ ހެމުން ބުނެލިއެވެ. “ބޮޑު ކަމެއް!! ދިމާ ކުރިއަސް ބޮޑު ވަރުދޯ؟ ދެން ވެސް ސައި ނުބޮވިގެން އުޅޭމީހާ ހިނގާބަލަ ސައިބޯން މަވެސް ހާދަ ބަނޑުހައޭ” އޭހެންކިޔާފަ ވަޒުނާ އަތުގައި ހިފާ ދަމަމުން އަލްޔާ ނިކުތީ ބޭރަށެވެ.
އަލްޔާއާ ވަޒުނާޔާ ދެމީހުން އަތު ގުޅައިގެން ސައިބޯން ދިޔައިރު ސައުދުއާ އަފީފާޔާ ދެމީހުން ތިބީ ސައިބޯންށެވެ. “އަހަ ދަރިފުޅު ކޮންއިރަކުތަ ގެއަށް އައީ؟” ވަޒުނާޔާ އަލްޔާއާ ދެމީހުން އައިސް އިށީނނުމުން އަފީފާ އަހައިލިއެވެ. “މީގެ އިރުކޮޅެއް ކުރިން ކިހިނެއްތޯވީ މަންމާ؟” އަފީފާގެ ސުވާލަށް ޖަވާބު ދިނުމަށް ފަހު ވަޒުނާ އަހައިލިއެވެ. “ކަމެއް ނުވޭ ދަރިފުޅު އަތުވި ތަނެއް ނުފެންނާތީ އަހާލީ… މާދަން ކިހާއިރަކުތަ ޑިއުޓީ އޮތީ؟” ވަޒުނާގެ ސުވާލަށް ޖަވާބު ދިނުމަށް ފަހު އަފީފާ އަހައިލާއެވެ. “ހަމަ ސޭމް ޓައިމްއަށް، ހަވީރުގަ ނިމޭނީ ކިހިނެއްވީތޯ މަންމާ؟ އަނެއްކާ މާ ހާއްސަ ކަމެއް އޮތީތޯ؟” އަފީފާގެ ސުވާލަށް ޖަވާބު ދެމުން ވަޒުނާ އަހައިލިއެވެ. “ނޫނޭ ވަކި ހާއްސަ ކަމެއް އޮތީކީނުން ހަމަ އަހައިލީ…” ސީދާ އަލްޔާގެ މޫނަށް ބަލަމުން މަޑު މަޑުން ހެމުން ހެމުން އަފީފާ ބުނެލިއެވެ. އެކަމެއް އެމީހުންނަކަށް ފާހަގައެއް ނުވެއެވެ. “އަލްޔާ ބަލީތަ؟ މިއަދު މެންދުރު ނުވެސް ކައެއްނޫން ތިހިރީ!” އަލްޔާއާ ދިމާލަށް ބަލަމުން އަފީފާ އަހައިލިއެވެ. “އަލްޔާ ބޮލުގައި ރިއްސާތީ ޖައްސާލީމާ ނިދުނީ، ދޯ އަލް؟” އަލްޔާ އެއްޗެއް ނުބުނެ ހުރުމުން ވަޒުނާ ބުނެލިއެވެ. “އެހެންދޯ؟ ދަރިފުޅު ޑިއުޓީގަ ހުރި މީހަކަށް އިނގޭ އިރު މަންމަމެން ގޭގަތިބި މީހުންނަކަށް ނޭނގެ!” އަފީފާ ދެރަވާ ކަމަށް ހެދިގެން ބުނެލިއެވެ. “މަންމާ އަޅުގަނޑު ޑިއުޓީ ނިންމާފަ ގެއަށް އައިރު އަލް ފެންނަން ނެތީމަ އޭނަގެ ކޮޓަރިއަށް ދިޔައިރު ނިދާފަ އޮތީ، އަޅުގަނޑު ގޮވީމަ ބުނީ ބޮލުގައި ރިއްސާތީ އޮށޯތީމަ ނިދުނީޔޯ” ކަންވީ ގޮތް ވަޒުނާ އަކުރުން އަކުރަށް ކިޔާދިނެވެ. ވަޒުނާ އެބުނީ ތެދެކޭ ބުނާފަދަ ގޮތަކަށް އަލްޔާ ވެސް ބޯޖަހައިލިއެވެ.
“އަލްޔާ ބަލިވީމަ ކީއްވެތަ ނުބުނަނީ؟ ކަމެއްވިޔަސް ދައްތަމެން ކައިރީގަ ނުބުނަންޏާ ކިހިނެއް އިނގޭނީ؟ ބޮޑު ކަމެއް ވެއްޖެއްޔާމު މީހުން ބުނާނީ ކީކޭ؟ ދައްތަ ވަރަށް ދެރަވެއްޖެ އަލްޔާ ބަލިވި އިރު ވެސް ދައްތަޔަށ ނު އެންގީތީ!” އަފީފާ ލޮލުން ކަރުނަ ފާއްދާލަމުން ބުނެލިއެވެ. “ދެންވެސް ބައްޔެއް ވެއްޖެއްޔާ ނުބުނެ ނުހުންނާތި، ވަޒޫ ސައި ބޮއެގެން ދޭބަލަ އަލްޔާ ގޮވައިގެން ހޮސްޕިޓަލަށް!” އަލްޔާ އެއްޗެއް ނުބުނެ ހުރުމުން އަނެއްކާވެސް އަފީފާ ބުނެލިއެވެ. އޭރު އަފީފާ ގެ ދެލޯ ފުރިގެން މޭޒުމަތީ ހުރި ތަށިތައް ފުރި ބަންޑުން ވާވަރަށް ކަރުނަތައް ފާބައެވެ. އަލްޔާ ހުރީ ކުއްލިއަކަށް އަފީފާއަށް އެވަރު ބޮޑު ބަދަލެއް އައީތީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ވާނީ އެހެންތާއެވެ. އަލްޔާއަށްޓަކައި ދުވަހަކުވެސް އަފީފާގެ ލޮލުން ކަރުނަ ފޭބިތަނެއް އަލްޔާ ނުދެކޭ ވިއްޔާއެވެ.
ހަގީގަތުގައިވެސް އަފީފާ ހީކުރީ އަލްޔާ ބަލި ކަމުގައެވެ. އޭނަ ހީކުރީ ވިނާން ފުރީމަ އަލްޔާ އިޝްގީބަލި ބޮޑު ވީކަމަށެވެ. އިޝްގީ ބަލިވިޔަސް އަދި އެހެން ބައްޔެއް ވިޔަސް މާދަމާ ހެދުނު ދިހައެއް ޖަހާ އިރު އަލްޔާ ހުންނަން ޖެހޭނީ ދަގަޑު ފަރުބަދައެއް ހެންނެވެ. އެހެން ނޫނީ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. ” ހޮސްޕިޓަލަށް ނުދިޔަސް އޯކޭވާނެ… ނިދާފަ ހޭލީމަ މިހާރު ރަނގަޅޭ” ވަޒުނާގެ މޫނަށް ބަލަމުން އަލްޔާ ބުނެލިއެވެ. “އެހެންތަ؟ ނަސީބެއްނޫން ދައްތަ ހީކުރީ މިހާރު ވެސް ރިއްސަނީކަމަށް!” އަފީފާގެ އަނގަ އިރައިގެން ދާވަރަށް ހެމުން ބުނެލިއެވެ.
“އަދި ހަނދާން ނެތިފައޭ މިއިނީ މާދަން އަށެއް ޖަހައިއިރު އޮފީހައް ދާން ޖެހޭނެ، އަށް ގަނޑި ބައިގަ އެބައޮތް އިންޓަރވިއުއެއް” ކުއްލިއަކަށް ހަނދާން ވުމުން ސައުދު ބުނެލިއެވެ. “އެހެންތަ؟ މިހާރު މާބާރު ބޮޑީތަ؟” އަފީފާ އަަހައިލިއެވެ. އާނ… މިހާރު ތިބި މީހުން މާމަދު ވަނީ އެހެންވެ އިތުރު ދެކުއްޖަކު ޖޮއިން ކުރުވަން ވެގެން މިއުޅެނީ، އެހެންވީމަ ހަނދާން ކޮށް ހެނދުނާ ގޮވައްޗޭ!” ސައުދު އޮފީހުގެ ކަންތަތައް އަފީފާއަށް އޮޅުން ފިލުވައި ދިނެވެ. “އެހެންދޯ ވަނީ އެކަމަކު މިހާރު ވެސް އެގާރަވަރަކަށް ސްޓާފުން އުޅެއެއްނޫން…!” ހައިރާންވެފައި އަފީފާ އަހައިލިއެވެ. “ތިވަރަށް މީހުން ތިބެޔޭ އެކަމަކުވެސް މަދީއޭ، ވިނާން އޮފީހާ ހަވާލުވި ފަހުންވެސް ރިސޯޓެއް ގަނެފީމޭ، އިތުރު ތަނެއްވީމަ މަސައްކަތް ވެސް އިތުރު ވާނެއް ނުން އެހެންވީމަ މީހުން ވެސް ގިނަ ކުރަން ޖެހެއެއްނޫން..؟” ކަން އޮތް ގޮތް ވަރަށް ތަފުސީލުކޮށް ސައުދު ކިޔާދިނެވެ. “އާނ… ތިއީވެސް ތެދެއް، އެސޮރު އެކޮޅަށް ދިޔަފަހުން ހަބަރެއް ވިތަ؟” އަފީފާ އަހައިލިއެވެ. “އާނ… އެއްފަހަރު ގުޅި ބުނީ މީޓިންގް ނިމިއްޖެޔޯ ވަރަށް ރަނގަޅަށޯ ދިޔައީ މާދަން ހެދުނު ވެސް މީޓިންގްއެއް އެބައިނޯ!!” ސައުދު ފޯނާ ކުޅެމުން ބުނެލިއެވެ. ސައުދު އެހެން ބުނުމާއެކު އަލްޔާ ފާހަނަޔަށް ގޮސްފަ އަންނަނީ ކަމަށް ބުނެފަ ތެދުވެގެން ހިނގައްޖެއެވެ. އަލްޔާ ދިއުމުން ތިން މީހުން އެތައް ވާހަކައެއް ދައްކަން ތިއްބެވެ.
” އަލްޔާ ކޮޓަރިއަށް ވަން ގޮތަށް ބެލީ އޭނަގެ ފޯނަށް ފޯނެއް އައިސް ހުރިތޯއެވެ. އެއްވެސް ކޯލެއް ނެތުމުން އިހުތިޔާރަކާ ނުލާ އަލްޔާގެ ލޮލުން ހޫނު ކަރުނަ ފައިބައި ގަތެވެ. “ކީއްވެ ވިނާން ނުގުޅީ؟ އެކަމަކު ބުނި ދާގޮތަށް ގުޅާނަމޭ އަނެއްކާ ކިހިނެއްވީބާ؟ ވެދާނެ ނިދުނީކަމަށް ވެސް މަށަށް ޔަގީން ވިނާން ދެރަ ގޮތެއް ނުހަދާނެ އެހާ އަވަހަށް، ނާއުންމީދު ކޮއްގެން ނުވާނެ ހަމަ ޔަގީން ނިދުނީ، ބޭބެވެސް އެބުނީނުން މީޓިން ނިމުނީއޭ އެހެންވީމަ އެނިދުނީ” އަލްޔާ ހިތާ ހިތާ ވާހަކަ ދައްކަމުން ބުނެލިއެވެ. އެންމެ ފަހުން ވިނާން ކޮބާތޯ ބަަލައިލަން ވެގެން ގުޅި އިރުބުނަނީ “ތިޔަ ގުޅުއްވި ނަމްބަރު މިވަގުތު ވަނީ ނިވާލާފަ ފަަހުން ގުޅުއްވުން އެދެން” ވިނާންގެ ފޯނަށް ގުޅުމުން ނިއްވާފަ ކަމަށް ބުނުމުން އަނެއްކާވެސް ކަރުނަ ފައިބާގަތެވެ. ނަމަވެސް އެ ހިދުކޮޅުގައި ވިނާން ނިދީކަމަށް ނިންމާ އަލްޔާ ހިތްހަމަ ޖައްސާލިއެވެ. ފޯނުން ގޭމް ކުޅެން އޮއްވާ ވަޒުނާ އައިސް ވަން ކަމެއްވެސް އަލްޔާ އަކަށް ނޭނގެއެވެ. “އަލް! ހިނގާބަލަ ބޭރަށް ގޮސްލަން ހާދަ ވައޭ މިހެން ގޭގަ އޮންނަން ވީމަ” ވަޒުނާ ވަން ގޮތަށް އެނދުމައްޗަށް ވެއްޓި ގަންނަމުން ބުނެލިއެވެ. ގޭމް ކުޅެން އޮތުމުން ޓަސްލާފަ ވަޒުނާ ވެއްޓި ގަތުމުން އަލްޔާ ދިޔައީ ސިއްސާގެންނެވެ. “ސާބަސް..! ކިރިޔާއެއްނޫން ބިރުން ހަލާކު ނުވީ މަހީކުރީ ހަންޑިއެއް ކަމަށް އިނގޭ!، މަޑު ކުރޭ އެބައަންނަން ފެންވަރައިގެން، ވަޒޫ ނަލަ ވެެގެން ހުއްޓަސް މަމިހިރީ އަދި ފެން ނުވަރާ…” އެހެން ކިޔާފަ އަލަމާރި ހުޅުވައިފަ ހެދުމައް ނަގައިގެން އަލްޔާ ވަނީ ފާހާނަޔަށެވެ. “ހައްހައްހާ…. ކުޑަބެގެ ބޭބީޑޯލްގަޑު… އޭ ފަސްމިނިޓު އިނގޭ، ތިތާ ޓައިލްސް ބަދަލު ކުރާނެކަމެއް ނެތް ކުޑަބެ ބުނީ އަލްއާ މެރީ ކޮއްގެން ގެންދާނީ އެމެރިކާޔަށޯ…” ހެމުން ހެމުން ވަޒުނާ ބުނެލިއެވެ. “ހައްހައްހާ… ނޫޅެމޭ ބަދަލު ކުރާކަށް މިޓައިލްސް ވަރަށް ރީއްޗޭ!” ފާހާނަގަ ހުރެފަ ވަޒުނާޔާ ބައިވާން އަލްޔާ ބުނެލިއެވެ. ހަގީގަތުގައި މޯނިން ޑިއުޓީ ނަގައިފަ އައިމަ ވަޒުނާ ބޭނުމީ މި ގަނޑީގައި ރެސްޓު ކުރާށެވެ. އެކަމަކު ވިނާން ނެތީމަ އަލްޔާ މާ ދެރަވެފަ ހުންނާތީ އޭނާ ހިތް އުފާކޮށް ދޭންވެގެން ބޭރަށް ދަނީއެވެ. ވަޒުނާގެ ހުރި އެކަނި ކުޑަބެ ބުނެފަ ދިޔައީވެސް އަލްޔާ ދެރަވެފަ ހުރުނަ ނުދޭން ވިއްޔާއެވެ. އެހެންވީމަ ލޮޑުފުޅު ވިޔަސް އެކަން ކުރަން ވާނެތާއެވެ. އަލްޔާ އަވަސް ކޮއްލައިގެން ނިކުމެ ކުޑަކޮށް ރީތިވެލައިގެން ދެމީހުން ނިކުތީ ބޭރަށެވެ. ދެމީހުން ހިނގަމުން ހިނގަމުން ގޮސް ފައިވާޅުވީމަ މަޑު ކޮއްލީ އައިސް ކުރީމް ވިއްކާ ތަނަކާ ދިމާލަށެވެ. ދެއައިސް ކުރީމް ގަނެގެން އެ ދެ ކުދިން ގޮސް މަޑުޖެހުނީ އާޓިފިޝަލް ބީޗުގެ ގޮނޑި އެއްގައަވެ. އޭރު ދެމީހުން ތިބީ ގުބު ހިލިފައެވެ. އެތާ އެތައް ވާހަކައެއް ދައްކަން ތިބެފަ މަގުމައްޗަށް ނިކުމެ ކާރެއް ނަގައިގެން ދެ ކުދިން ދިޔައީ ގެއަށެވެ. އޭރު ގަނޑިން އަށް ގަނޑި ބައިވަނީއެވެ. ވަޒުނާމެން ގެއަށް ވަން އިރު ސައުދު ހުރީ ހަބަރު ބަލާށެވެ. “ދަރިފުޅު ކޮންތާކުން ތިޔައީ؟” ސައުދުއަށް ވަޒުނާ ފެނުމާއެކު އަހައިލިއެވެ. “ބައްޕާ އަޅުގަނޑުމެން މިއައީ އައިސް ކުރީމް ބޮއެގެން، ދޯ އަލް؟!” ސޯފާޔަށް ވެއްޓި ގަންނަމުން އަލްޔާއަށް ދޯދެމުން ވަޒުނާ ބުނެލިއެވެ. ސައުދު ހުރީތީ އެތެރެއަށް ވަންނަން ނުކެރިގެން އަލްޔާ ވެސް އެތާ އިށީނނެވެ.
“ހެހެ އެހެންތަ؟ މިހާރު އެއޮތް އަށްގަނޑި ބައިވީއެއްނޫން ދެން ހިނގާދޯ ކާންދަމާ، ބައްޕަވެސް މާދަން ވަރަށް ހެނދުނާ ޖެހޭނެ އޮފީހަށް ވެސް ދާން އެހެންކަމުން ބައްޕަ ބޭނުން ވަރަށް އަވަހަށް މިރޭ ނިދަން” ސައުދު ބުނެލިއެވެ. “ލައްބަ ބައްޕާ… ހިންގަވާ ކާންދާން!!” ސޯފާއިން ތެދުވަމުން ވަޒުނާ ބުނެލިއެވެ. “އަލްޔާ ހާދަ ރީތި ބޭގެއް ކާކުދިން ބޭގެއް؟” އަލްޔާގެ ކޮނޑުގައި ބޭގެއް އޮތުމުން ހައިރާންވެގެން އަފީފާ އަހައިލިއެވެ. “ހެހެ… ސަޅިތަ؟ މަންމަ އަކަށް ނޭނގޭތަ؟ މިއަދަކީ އަލްގެ އުފަން ދުވަހޭ! އެއީ ވަޒޫ ދިން ބޭގެކޭދޯ އަލް” އަލްޔާއަށް ދޯ ޖަހަމުން ވަޒުނާ ބުނެލިއެވެ. ވަޒުނާ އެހެން ބުނުމުން އާއެކޭ ބުނެ އަލްޔާ ބޯޖަހައިލިއެވެ. “އޭތެދެއްތަ؟ އަލްޔާ ބޭބެއަށް ނުވެސް އިނގޭ އަދި ތިކަމެއް ބޭބެ ދޭނަން އިނގޭ މާދަން ގިފުޓެއް” ސައުދު ސޯފާއިން ތެދުވަމުން ބުނެލިއެވެ. “ދައްތަ އަކަށް ވެސް ނޭނގެ އަލްޔާގެ އުފަން ދުވަސް ކަމެއް ދައްތަވެސް ދޭނަން ގިފުޓެއް އެކަމަކު ދައްތަ ދޭނީ ދުވަހަކުވެސް އެ ގިފުޓު މަތިން ހަދާން ނުނެތޭ ވަރު ގިފުޓެއް އޯކޭ އެއްނޫން!!” ހެމުން ހެމުން އަފީފާ ބުނެލިއެވެ. އަފީފާ އެހެން އެބުނީ ކޮން މާނައެއްގައި ކަން އެތަނުން އެކަކަށް ވެސް ނަގައެއް ނުގަނެވުނެވެ. ނަގާގަނެވޭނީވެސް ކޯއްޗެއް ހެއްޔެވެ. އަފީފާއަކީ މިހާރު އަލްޔާއަށް ނުލާހިކު ރަނގަޅު މީހެއް ވިއްޔާއެވެ.
އެއްމެންނަށް ވުރެ ކުރިން އަލްޔާ ކައި ނިންމާލާފަ ދިޔައީ އޭނަގެ ކޮޓަރިއަށެވެ. އެއީ ވިނާން ގުޅާފަ ހުރިތޯ ބަލާށެވެ. އަލްޔާ ބޭރަށް ދިޔައިރު ހަނދާން ނެތި ދިޔައީ ފޯނުވެސް ބާއްވާފައެވެ. “ވަޒޫ ހިނގާ ބަލަ މާދަން ކުޑަ ޕާރޓީއެއް ބާއްވަން އަލްޔާ ވެސް އުފާ ވާނެއްނުން، ދަރިފުޅު ބަލައްޗޭ ތަންކޮޅެއް ކުރިން ގެއަށް އާދެވޭތޯ އަންނަ އިރު ކޭކެއް ވެސް ގެންނާތި މަންމަ ގޭގަ ހުރެގެން ކުޑަކޮށް ގޭތެރެ ރެޑީ ކުރާނަން…” އަފީފާ ބުނެލިއެވެ. އޭރު ސައުދު ނިދަން ދަނީ ކަމަށް ބުނެ ހިނގައްޖެއެވެ. ޓަސްލާފަ މިރޭ ނުވައެއް ޖަހާއިރު ސޯލްޓަށް ދާން ޖެހޭކަން ހަނދާން ވުމުން ވަރަށް އަވަހަށް ތަނަކަށް ގޮސްފަ އެބަ އަންނަމޭ ކިޔާފަ އަފީފާ އަވަހަށް ނިކުމެގެން ހިނގައްޖެއެވެ. ދަމުން މިރޭ ފަހުން އެކަމާ ވާހަކަ ދައްކާނެ ކަމަށް ވެސް އަފީފާ ބުންޏެވެ. އެރޭ އެގާރަ ޖެހިއިރު އަފީފާގެ އިންތިޒާރުގަ ވަޒުނާ ހުއްޓާ އަފީފާ އައިސް ވަނެވެ. “އަހަ…! ދަރިފުޅާ މަންމަގެ އިންތިޒާރުގަދޯ؟ އެހެން ވީމަ ކުރަންވީ ކަމަކީ ދަރިފުޅު އަންނަ އިރު ކޭކު ގެންނާތި، ހަވީރު ހަތަރެއް ޖަހާއިރަށް ޕާރޓީ ބާއްވާނީ… މަންމަ ގޭގަ ސައި ހަދާ ރެޑީ ކުރާނަން އޯކޭދޯ؟ އެހެންވީމަ ދަރިފުޅު ދޭދެން އަވަހަށް ނިދަން މަންމަ ވެސް މިދަނީ ނިދަން..!” މާދަމާޔަށް ހުރިހާ ކަމެއް މަށވަރާ ކޮއްފަ ދެމައިން ވަކި ވެލިއެވެ. ވަޒުނާ ކޮޓަރިއަށް ދިޔަ އިރުވެސް އަފީފާ ހުރީ ސޯފާގައެވެ. ވަޒުނާ ކޮޓަރިއަށް ވަން ކަން ޔަގީން ވުމުން އަފީފާ ސޯފާއަށް ދެމިލިއެވެ. “ހަހްހައްހާ…! ބިޗާރީ އަލްޔާ މާދަމާގެ ފަހުން ހަތަމް! ހައްހައްހާ… ހުންނާނެއްނޫން ރަނގަޅަށް ވިނާން ދެކެ ހޭބަލިވެވިފަ ހައްހައްހަަ…! ވަރަށް ލޯބިވޭ ވިނާދެކެ ވަރަށް ހަނދާންވޭ، އާނ… އަހަރެން ދުވަހުކުވެސް ވިނާ ދޫކޮއްނުލާނަން އަހަރެން އަބަދުވެސް ބޭނުމީ ވިނާންގެ އުގުތެރޭ އޮންނަން، ލަވްޔޫ ބޭބީ، ހައްހައްހާ..!” ވާން އުޅޭ މޮޅު ހިތަށް އަރާ ވިނާން އާ އަލްޔާ އާ ދެމީހުން ދައްކާފަ ހުރި ވާހަކަތައް އަމިއްލަޔަށް ކިޔަމުން މޮޔައެއްހެން ހެމުން އަފީފާ ދިޔައެވެ. “މަ އެހިމާރު ކުއްޖާގެ އުފަން ދުވަސް ފާހަގަ ކުރާނެތަ؟ އޭނަގެ ދެލޯ ކަނު އަމާގެ އުފަން ދުވަސް މަ ފާހަގަ ކުރާނީ! ބަލާވެރިކަމެއްތާދެން! ހައްއައްހާ..!” އެކަނިމާއެކަނި އޮވެ އަފީފާ ހެމުން ވާހަކަ ދައްކަމުން ދިޔައެވެ. ހަގީގަތުގައިވެސް އަފީފާއެއް އަލްޔާގެ އުފަން ދުވަހަސް ފާހަގަ ނުކުރާނެއެވެ. އެހުރިހާ ވާހަކައަކީ އެހެން މީހުން ކުރި މަތީ އޮޅުވަން އުޅޭ އަނދުނެކެވެ. އޭރުން އެއްވެސް މީހަކު އޭނަޔަށް ޝައްކެއްވެސް ނުކުރާނެތާއެވެ. ކޮންމެ މީހަކު ވެސް ބުނާނީ އެކުއްޖާ ފަކީރު އެ ގެއްލުނީ އަފީފާ ޕާރޓީއެއް ވެސް ބާއްވަން ނިންމާފަ އޮއްވާ ވިއްޔާއެވެ. ނުވަތަ އޭނާ ލަދު ހަޔާތް ކުޑަކަމުން ގެއިން ފިލީކަމަށެވެ.
ހެނދުނު އަށް ގަނޑި ބައިވިއިރު ސައުދު ދިޔައީ އޮފީހަށެވެ. ވަޒުނާ ވެސް ހެނދުނު ހަތެއް ޖެހި އިރު ދިޔައީ ޑިއުޓީއަށެވެ. ސައުދު ސައިބޮއެގެން އޮފީހަށް ދިއުމުން އަފީފާ ޖަޔާއަށް އެންގީ މިއަދު މެންދުރަށް ނުކެއްކިއަސް އެންމެ ރަނގަޅު ކަމަށާ އަދި ހަވީރު ހަތަރެއް ޖަހާއިރު އަލްޔާގެ އުފަން ދުވަސް ޕާރޓީ ބާއްވާ ކަމަށެވެ. ހެދިކާއަށް އޯޑަރު ކުރާނެ ކަމަށާ ހަތަރެއް ޖަހަން ދެން ޖަޔާ ޗުއްޓީކަމަށެވެ. ބޭރަށް ދިޔަޔަސް އެންމެ ރަނގަޅު ކަމުގައެވެ. “އަލްޔާ ދޭބަލަ ޖައުފަރު ފިހާރަޔަށް ގޮސް ދައްތަޔަށް ފޭސް ވޮޝް ފުޅިއެއް ގެނެސް ދޭން..” އަފީފާ އެހެން ކިޔާ ލާރި ދިއްކުރުމުން އަލްޔާ ދިޔައީ ފިހާރަޔަށެވެ. އަލްޔާ ދިއުމުން އަވަސް އަވަހަށް އަލްޔާގެ ކޮޓަރިއަށް ވަނދެ އަފީފާ އޭނަ ގެން ގުޅޭ ހުރިހާ ސާމާނެއް ފޮއްޓަށް ލައި ހަމަޖެހިލައިގެން ބޭރަށް ނިކުމެ ހުއްޓާ އަލްޔާ އައިސް ވަނެވެ. އޭނާގެ ފަހަތުން މޫނު ފޮރުވައިގެން ތިބި ބަޔަކުވެސް އައިސް އެގެއަށް ވަނެވެ. އެމީހުން އަތުގެ އިޝާރަތުން އަލްޔާއާ ދިމާލަށް އިނގިލި ދިއްކޮއްފަ މިއީތޯ އެހުމުން އަފީފާ އާއޭ ކިޔާ ބޯޖަހައިލިއެވެ. ހަމަ އެވަގުތު އެމީހުން އަލްޔާގެ ގައިގައި ހިފަހައްޓާ އެއްބަޔަކު އަލްޔާގެ ކޮޓަރިއަށް ވަނދެ އޭނަގެ ފޮށި ހިފައިގެން ނިކުތެވެ. “އަހަރެން ދޫކޮއްލާ! ހެޔޮ ނުވާނެ! އަހަރެންނަށް ތިހެން ނަހަދާ! ދައްތާ އަހަރެން ސަލާމަތް ކޮއްދީ! ހެޔޮ ނުވާނެ ދައްތާ! ދައްތާ! ހެޔޮ ނުވާނެ އަހަރެން ސަލާމަތް ކޮއްދީ!” އަލްޔާ ރޮއެ ހޭރެމުން އަޑުން އަޑުނަގާ ރުމުން ދިޔައެވެ. އަލްޔާގެ އެއްވެސް އާދޭހެއް އަފީފާއަށް އަޑުވެސް ނީވޭކަހަލައެވެ.
“ކަލޭ ދެން ނިކަން ވިނާން ފަހަތުން ތެޅިބަލަ! ކަލޭ ދެން އޮންނަން ޖެހޭނީ ހަށި ވިއްކާ ތަނެއްގައި ހަށި ވިއްކަން! އޭ ކަލެއާ އެކަށީގެންވާ ތަނަކީ! ކަލޭ އޮވޭ އެތާގަ ކަލޭ ހަނދާން ކުރާތި ކަލޭ އޮޅިގެން ވެސް ވިނާންގެ ދިރިއުޅުމަށް ހިޔަނިއެއް އެޅިލިޔަސް މި ދުނިއެއިން ކަލޭގެ ވަސް ވެސް ފޮހެލާނަން! ކަލޭ ހީކުރީތަ ކަލޭ ގަންނަ ގަޑު މަށަށް ނޭނގެޔޭ؟ ކަލޭގެ ސަބަބުން ވިނާން އުޝާޔާ ކައިވެނި ވެސް ނުކުރީ! ހައްހައްހާ..! ކަލޭ ދެން ޖެހޭނީ އެތައް ފިރިހެނެއްގެ އަތުގައި! ހައްހައްހާ…! ދެން ވިނާން ކައިވެނި ކުރާނީ އުޝާޔާ! ހައްހައްހާ..! ކަލެއަށް އަސަރު ކުރޭތަ؟!” އެއްވެސް ރަހުމެއް ނެތި އަފީފާ ދިޔައީ އަލްޔާ އާ ދިމާލަށް އެއްޗެހި ކިޔަމުންނެވެ. އޭރު ވެސް އަލްޔާ ދިޔާއީ ރޮއެ ހޭރި އާދޭސް ކުރަމުންނެވެ. “ހައްހައްހާ..! ކަލޭ ގަންނަން މަގޭ އަތުން ދިޔަ ލާރި މަށަށް ލިބިއްޖެ އެ އަދަދަށް ކަލޭ ތިވިއްކާލީ ހައްހައްހާ..!” އަލްޔާގެ އެއްވެސް އާދޭހަކަށް ބެލުމެއް ނެތި އަފީފާ އެއްޗެހި ގޮވަމުން ދިޔައެވެ. އޭރުވެސް އަލްޔާ އެކަނި ސަލާމަތް ވެވޭތޯ ކުރެވެން އޮތް ހާ މަސައްކަތެއް ކުރަމުން ދިޔައެވެ. ހަމަ އެވަގުތު އެތަނުން މީހެއް އަލްޔާގެ އަނގާގައި ޓޭޕު އެޅިއެވެ. އަފީފާގެ އެންގުމަށް އެމީހުން އަލްޔާ ގޮވައިގެން އެގެއިން ނިކުތެވެ. އޭރު ވެސް އަލްޔާ ބާރަށް ރޮމުން ދިޔައެވެ.
…..ނުނިމޭ…..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
18 Comments!
Comments are closed.



Hope emmennai kamudhaane kamai…
Oops al ai afeefaa ehedhy kihineh??.? Dhn kihinei baa vaany..? Plz comment all..??
Adam al ah dherae nudheythi pls pls …
varah reethi mi part ves
Salhi…waiting
Nice. Saudhu ah kanne bust vaany???Afyfaa athu jehijjeyyaa hashigandaa furaana dhethan kuraanan
Alhe afeefa haadha goahey dhw…Al fakeeru….when next part…v v reethi mi part vx..
Alhey poor al.. kyhvebaa vinaan phn nihvaalan vee? I think vinaan annaany hn evaguthu.. al ah surprise eh dheyn vegen kanneyge phn nihvaaly.. eeen.. waitings.. knirakun next part? Avahah up kohdhehcheyy..
Poor Al.. afeefa bust viyya majaa vaane..specially saudh ah.. eyrun afeefa maraalaanee kanneyge..??
Mibaives varah reethi.. Waiting for next part..
🙂
Alhey al salaamai kohdhy…
whn nxt?
Vvvv reethi mibaives …Alheyy afeefa hietheh ves nei dhw varah foohiveyy ..
Gandi eh noon kiyaany, gadi rangalhu gothaky. N ehves thanehga ishyndhe in nama beynun kuraany inun, hurumeh noon. . Thakuraarukoh mi mistake thah huryma mi faahaga kolly. Hiybura nukuraane kamah hykuran. Writer ah kurierun libumah edhen
nooooooooooooooooooooo adam wat did u do to al. 🙁 will she survive in that crazy place. noo plz bring vinaa to al’s rescue. afeefa u bitch -.- hw can u do that to a lady when ur a lady urself, such a shame. waiting for the next part :/ adam al ah egothah nahadhaba please
Alhey?? wow masha allah v v rythi?? alhe al ah dheragothen nuhadhachchey plx?? afeefaaa?? alhe kaley thy insaaneththa? Anhenunnavves mainnavves huri huthureh thiee? vazoo ah thikahala kamevvaan afeefaa beynunvaanetha? Vazoo ah ekahala kamevvyma keiyvaanetha? O god al ah hyogoiy minvarukoh dhevvaa kommes gothakun al emybaathun salaamaiy koh dhevvaashi aameen stry v v awsome whn nxt prt avahah up kolladhybala plx plx can’t wait plx avas plx ???❤❤❤???????????
Vr Vr Salhi. Unmeedhu kuran vr avahah next part ves up kuraane kamah.
Plx send someone to save her plx plx plx
Allll…..dheranuvey…ma miannanee…mifaharu mamma yakah laahikeh noon molhu libeykah…
Vinaan plx Al salaamai kohdhee
Vinaan ah eba kameh Kurevey thr.. E fakeeru miharu eoh gendhany… Kaleyah vaa hama Saabas..
Wow vrh rythi..