Skip to content
އެސްފިޔަ

ތި ލޯތްބަށްޓަކައި (13)

“ނާ!! އަދިވެސް އޯކޭ ނުވޭތަ؟ ހިނގާ ޑޮކްޓަރަށް ދައްކާލަން ދާން… މިހާރު ކޮން އިރެއް ތިހެން ސަކަރާތްވާތާ؟” ކަންބޮޑުވެފައިވާ ލަހުފާ އެހެން ބުނީ އޯގާތެރިކަމާއި އެކު އެނދުގައި އޮށޯވެ އޮތް ނައިނާއަށެވެ. ނައިނާ ދެކޮޅު ހަދަމުން ރަނގަޅުވާނޭ ބުނީ އެހާ ކުދި ކުދި ކަންތަށްތަކަށް ޑޮކްޓަރުގެ ފަރުވާ ހޯދަން ބޭނުންނުވާތީއެވެ. “މަށަށް އިނގެޔޭ ތިވާގޮތް… އައިޒަން މަތިން މާ ބޮޑަށް މިސްވަނީ ދޯ؟ މި ދުވަސްކޮޅު އޭނާއަށް ޓައިމްއެއްވެސް ވަނީ ރޭގަނޑޭ އައިޒަން ބުނި… އެހެންނު ވާނީ ދޫކޮށްލާފައި އައި ވަޒީފާތަކަށް މީހުން ހަމަވަންދެން ޖެހޭނެއެއްނު އެތަށްކަމެއް ބަލަން…” ލަހުފާ އަނގަ ހުއްޓައި ނުލިއެވެ. އައިޒަން ދިޔަތާ ދުވަސްކޮޅެއްވީއިރު އޭނާ އުޅެނީ ވަރަށްވެސް ބިޒީކޮށެވެ. އޮފީހުގައި އިނދެ ހުސްވަގުތެއް ލިބުމާއި އެކު ނައިނާއަށް މެސެޖެއްކޮށްލާ ހަދާއިރު ރޭގަނޑުވެއްޖެނަމަ ނައިނާއަށް ނުގުޅާ އައިޒަން ނުނިދާނެއެވެ.

“ކޮބާ ކާން ހިނގާ..” ކޮޓަރިއަށް ކާއެއްޗެހި ޓްރޭ އަކަށްލައިގެން ހިފައިގެން އައި ޒާހިދާގެ އަޑަށް ލަހުފާވެސް ހުއްޓާލިއެވެ. އަދި ޒާހިދާ އަށް އެހީވެދީ ކަބަޑުމަތީ އެ އެއްޗެހި ބެހެއްޓިއެވެ. ރިހައާއި އެކު ބަތް މޮޑެފައި ހުރިތަންފެނި ނައިނާއަށް ދެލޯ މަރާލެވުނެވެ. މޭނުބައިކުރަންފެށީ ރިހައިން ދުވި ހަވާދެއްގެ ވަހުންނެވެ. “ނުކެވޭނެ މަންމާ ޕްލީސް ގެންދެބަލަ…” ނައިނާ މޫނުގައި ބާލިސް އަޅަމުން އެހެން ބުނީ ހޮޑުލެވޭކަހަލަ އިހްސާސްއެއް ވާތީއެވެ. ޒާހިދާ ކައިރި ޝަކުވާވެސްކުރެވުނީ އެނޫން އެއްޗެއް ނުހެދުނުހޭ ކިޔާފައެވެ. ނައިނާ އުޅޭގޮތުން ޒާހިދާވެސް ހައިރާންވިއެވެ. އަދި ގަދަކަމުން ނަގައިގެންވެސް ކާންދޭން ފެށީ ކައިގެން ނޫނީ ބޭސްވެސްނުކެވޭނޭ ބުނަމުންނެވެ. ބަތްކޮޅު އިން ސަމްސާ މޫނާއި ކައިރިވުމާއި އެކު ނައިނާގެ ހަށިގަނޑަށް ލޮނުންގަނޑެއް އެރިއެވެ. “މަން…. ނޫން… ހޮ……” ނައިނާ އެނދުމަތިން ތެދުވެ ދުއްވައިގަތީ ފާހަނައަށެވެ. އަނގައިގައިވާ ބަސްތަށް ފުރިހަމަ ނުކުރުމުން ޒާހިދާ އާއި ލަހުފާ ތިބީ ވާނުވާގައެވެ. ފާހަނައަށް ވަދެވުނުކަމެއް ނޭނގި ހޮޑުލެވެންފެށުނެވެ.

“ނައިނާ!! ދަރިފުޅާ!! މަގޭ ދަރި!! މިއޮށް ހަބަރުހުސްވީ… ލަހުފާ އެކޮއެ ފެންފޮދެއް ގެނެސްދީބަލަ އަވަހަށް…” ފާހަނަދޮރުމައްޗަށް އެރި ޒާހިދާއަށް ނައިނާ ހިފަހައްޓާލެވުނީ ކިރިޔާއެވެ. ހަބަރުހުސްވެ ޒާހިދާގެ އަތްމައްޗަށް ނައިނާ ވެއްޓުނެވެ. ލަހުފާ އަވަސް އަވަހަށް ފެން ގެނެސްދިނުމުން ޒާހިދާ ފެންފޮދެއް ނައިނާގެ މޫނަށް ބުރުވާލިއެވެ. ނައިނާ ދެލޯ ތަޅުވާލުމަށްފަހު އަނެއްކާވެސް ހަބަރުހުސްވިއެވެ. ޒާހިދާ ހާސްވެފައި ލަހުފާ ކައިރި އޭނާގެ ފޯނުގައި އިން އެމްބިއުލަންސްގެ ނަމްބަރަށް ގުޅުމަށް އެދުނެވެ.

……….

އެމްބިއުންލަސް ބާރު މިނުގައި ދުއްވާފައި ދިޔައީ އުނގޫފާރު ހޮސްޕިޓަލަށެވެ. ނައިނާ އޭގެ ފަހުންވެސް ހޭއަރާފައި އަނެއްކާވެސް ހަބަރުހުސްވެގެން ދިޔުމުން ޒާހިދާ އާއި ލަހުފާ ތިބީ ހާސްވެފައެވެ. ހޮސްޕިޓަލަށް ނައިނާ ގެންދެވުމާއި އެކު އަވަސް ފަރުވާދޭ ކޮޓަރިއަށް ވަދެ ނަރުހުންނާއި ޑޮކްޓަރަކު އެތަނަށް ވަނެވެ. ހާސްވެފައިވާ ލަހުފާ ހުއްޓުމެއްނެތި ގުޅަމުން ދިޔައީ އައިޒަންއަށެވެ. ނަމަވެސް އައިޒަން ފޯނު ނުނަގާތާނގައި އައިޒަންގެ ކެބިންއަށް ވެސް ގުޅީމައި ނުނެގިއެވެ. ޒާހިދާ އިތުރަށް ނުގުޅަން ބުނީ އައިޒަން ބިޒީވާނޭ ބުނެފައެވެ.

“ވަރަށް ބޮޑަށް ހާލުުދެރަ.. އޮބްޒަރވޭޝަންގައި ބާއްވާލަންޖެހޭނެ…. ހާލު ރަނގަޅުނަމަ ދެ އައިވީ ފުޅި ހުސްކޮށްލާފައި ދޫކޮށްލެވޭނީ. އިތުރު ޓެސްޓް ތަކެއް ހަދަން ލޭވެސް ނަގައިފިން…” ޑޮކްޓަރު އެހެން ބުނެ ހިނިތުންވުމަކާއި އެކު ހިނގައިގަތެވެ. ލަހުފާ ޝުކުރު އަދާކުރުމަށްފަހު ގޮނޑިބަރިއްގާ އިށީނެވެ. “މަންމާ!!!! ކޮބާ ނައިނާ؟؟؟ ކިހިނެއްވީ؟؟” ޒުހާގެ އަޑަށް ނައިނާގެ ހާލާއި މެދު ފިކުރުކުރަން ތިބި ލަހުފާއާއި ޒާހިދާ ދިޔައީ ސިއްސައިގެންނެވެ. ޒުހާއަށް އެ ހަބަރު ލިބުމާއި އެކު ސުކޫލުން އިރުކޮޅަކަށް ފުރީވުމާއި އެކު އެއައީ ހޮސްޕިޓަލާއި ސުކޫލު ކައިރިވީމައެވެ. “ޓެސްޓްތަށް ހަދަންޖެހެޔޭ ކިޔާފައި ޑޮކްޓަރު ދިޔައީ.. ދެން ބުނީ ހާލު ދެރައޭ ވަރަށް.. ޖެހޭނޭ ބާއްވާލަން.. ހާލު ރަނގަޅުނަމަ ދެފުޅި އައިވީ ހުސްވީމަ ދޫކޮށްލެވޭނެ…” ޒާހިދާ ޑޮކްޓަރު ބުނި ބަސް ތަކުރާރުކޮށްލުމުން ޒުހާ އިށީނދެލިއެވެ.

“ދައްތާ އަހަރެން ވާހަކައެއް ބުނަންތަ؟؟” ލަހުފާ ހުއްދައަކަށް އެދުމުން ޒާހިދާ ހޫމްމް އަޅުވާލިއެވެ. ޒުހާވެސް އިނީ އެވާހަކަ އަޑުއަހަންށެވެ. “ނައިނާ ބަނޑުބޮޑުވީ ކަންނޭނގެ… ވަރަށް ދުވަސްވެއްޖެ ނައިނާ އަހަރެން ކައިރި ބުނި ޕީރިއަޑުވެސް ނުވާތާ ދުވަސްގަނޑެއްވެއްޖެޔޭ.. އެހާ ބޮޑަށް އެކަން އަޅައިނުލީ ނައިނާ ކުރިންވެސް ބުނި ބައެއް މަސްމަހުނުވާ ވާހަކަ… އެކަމް މިހާރު އެނބުރުން އަރާފައި ހޮޑުވެސް އެބަ ލާ…”  ލަހުފާ އޭނާއަށް ހީވާއެއްޗެއް ބުނުމާއި އެކު ޒާހިދާއާއި ޒުހާގެ އަނގަ ދިޔައީ ހުޅުވިގެންނެވެ. އެއީވެސް ވުން އެކަށީގެންވާކަމެކެވެ. ނަމަވެސް ހީވާއެއްޗަކަށް ގޮތް ނިންމުމަށްވުރެ އެންމެ ރަނގަޅުވާނީ ޑޮކްޓަރެއްގެ ލަފައެވެ. ޓެސްޓްގެ ނަތީޖާއިންވެސް އެކަން ވަރަށް އަވަހަށް އިނގޭނެއެވެ. “ތިހެންވެސް ވެދާނެ…. އިރާދަކުރެއްވިއްޔާ ވާނީ އުފާވެރި ހަބަރަކަށް… އެކަމް އަދި ޔަޤީންނުވާތީ ނައިނާ ކައިރިވެސް މިވާހަކަ ދައްކާނެކަމެއް ނެތް…” އުއްމީދުން ފުރިގެންވާ ގޮތަކަށް ޒާހިދާ އެހެން ބުނުމުން ޒުހާ އާއި ލަހުފާ އެކު އެކީ ބޯ ޖަހާލީ އުފަލުންނެވެ.

“އެގޮތަށް ކަންވެއްޖެނަމަ އައިޒަން އަށް ވަރަށް އުނދަގޫވާނެ… ދެރައީ އަދިވެސް އައިޒަން މަންމަގެ ކަންތަށް ރަނގަޅަށް ނުދާތީ…” ޒާހިދާ ދެރަވެލާފައި އެހެން ބުނީ އައިޒަންގެ މަޖުބޫރީވެސް ހިތަށް އަރުވާލަމުންނެވެ. “ދައްތާ! އަޅުގަނޑަށް އައިޒަން ވަރަށް ރަނގަޅަށް އިނގޭ.. އަހަރެމެން އުއްމީދުކުރާ ގޮތަކަށް ކަންވެއްޖެނަމަ އައިޒަން ކޮންމެވެސް ހައްލެއް ހޯދާނެ..” ލަހުފާ ޔަޤީންކަމާއި އެކު އެހެން ބުނީ ގާތް އެކުވެރިޔާގެ ގޮތް ރަނގަޅަށް އިނގޭތީއެވެ. ހަޔާތުގައިވެސް ލޯބިވި ހަމައެކަނި އަންހެންކުއްޖާއަށް ލޯތްބާ އަޅާލުން ނުދީ އައިޒަން ނުހުންނާނޭ ލަހުފާގެ ހިތެއްނުބުނެއެވެ.

…………..

“މިހާރު ރަނގަޅުތަ؟؟” ހިނިތުންވުމަކާއި އެކު ޑޮކްޓަރު ސުވާލުކޮށްލީ ނައިނާ އަތަށް ގުޅައިފައިވާ އައިވީ ފުޅީގެ ހޮޅި ނައްޓުވާލަމުންނެވެ. ނައިނާ ޖަވާބުގައި ރަނގަޅޭ ބުނެލިއެވެ. “އެހެންވީމަ މާދަން ބައްދަލުކޮށްލާ އިނގޭ ހެދި ޓެސްޓްތަކުގެ ރިޒަލްޓާއި އެކު.. ބޭސްދޭން އިނގޭނީ އޭރުން…” ޑޮކްޓަރު އެހެން ބުނުމުން ނައިނާ ޝުކުރުއަދާކުރިއެވެ. ޒާހިދާ ނައިނާގެ ގައިގާ ހިފަހައްޓާލައިގެން ގޮސް އެމީހުންގެނައި ކާރަކަށް އަރާ ދާންވީ މަންޒިލް ބުނެދިނެވެ. އޭރު ރޭގަނޑު ދިހައެއްޖަހާ ބޮޑުވެއްޖެއެވެ. ނައިނާ އައިޒަން ކޮބައިތޯ ސުވާލުކޮށްލިއެވެ. “އޮފީހުން އެނގުނު ގޮތުގައި މީޓިން ނިންމާފައި މޭމް އާއި އެކު ވަރަށް ބިޒީކޮށް އުޅުނީ… ގުޅާފައި ހުރިތަން ފެނި އަދި ގުޅާނެ…” ލަހުފާ އެހެން ބުނުމުން ނައިނާ ކުޑަކޮށް ދެރަވިނަމަވެސް ހިތަށް ވިސްނައިދިނެވެ.

ގެއަށް ވަދެ އެނދުމަތީ ނައިނާ ބޭއްވުމަށްފަހު އަނެއްކާވެސް ލަހުފާ އައިޒަންގެ ފޯނަށް ގުޅަން ފޯނު ނެގިއެވެ. ހަމައެވަގުތު އެ ފޯނު ރިންގްވެ އައިޒަންގެ ނަން އެރިއެވެ. “އަނހަ އަނހަ މިއޮށް ގުޅަންފެށީ…” ލަހުފާ ހެމުންހެމުން އެހެން ބުނެފައި ފޯނު ނަގާ ކަންފަތުގައިޖަހާލިއެވެ. ޖެހިކަމެއް ނޭނގެ ހާސްވެފައިވާ އައިޒަންގެ އަޑުން ސުވާލުތަށް އޮއްސަންފެށިއެވެ. “ލައްކޮ؟؟ ކިހިނެއްވީ؟؟ ނައިނާ ކޮބާ؟ ކަމެއްވީތަ؟؟؟” އޭނާގެ ހާސްވެފައިވާ އަޑުން ލަހުފާގެ ހިތްވެސް ގުޑުވާލިއެވެ. “ކޮންތާކުތަ ތި އުޅެނީ؟ ކުޑަމިނުން މެސެޖެއް ކޮށްލާނަމަ….” ލަހުފާ ފުރަތަމަވެސް އެހެން އެހީ ފޯނު ނުނަގާ މިހުރިހާ އިރު އައިޒަން އުޅުނުތަނެއް އޮޅުންފިލުވާށެވެ. “މީޓިންއަށް ދަމުން ފޯނު ދިޔައީ ބާއްވާފައި… ނިންމާފައިވެސް އުޅުނީ ވަރަށް ބިޒީކޮށް… ހަމަ މިވަނީ ކެބިންއަށް މިހާރު ވަރަށް ލަސްވެސްވެއްޖެދޯ… ކިހިނެއްތަވީ އަނެއްކާ؟” ކަންވީގޮތް ދެރަވެލާފައި އައިޒަން ކިޔައިދިނެވެ. އަދި އެކަމަށް މާފަށްވެސްއެދުނެވެ.

“ކަމަނާފުޅު ކިރިޔާ ހޮސްޕިޓަލުން އެ ސަލަމާތްވީ… މިދުވަސްކޮޅު އުޅެނީ އެނބުރުން އަރާތީ.. ގައިގައި ވަރެއްވެސް ނުއެއްހުރޭ… މިއަދު ހޮޑުލީގޮތަށް ހޭނެތުނީ ދެން ހޭނާރައިގެން ހޮސްޕިޓަލަށް ގެންދިޔާމަ އައިވީ ގުޅާފައި ބޭއްވީ.. ޓެސްޓްތަކެއް ހަދާފައި އޭގެ ނަތީޖާއާއި އެކު މާދަން ބައްދަލުކުރަން އެދުނީ…” ލަހުފާ ކުރުގޮތަކަށް ވެގެން އުޅެގޮތް ކިޔައިދިނެވެ. “ހުވާތަ؟؟ ކިހިނެއްވީ އަނެއްކާ؟؟ ރަނގަޅުތަ މިހާރު؟؟ ކޮބާ އޭނާ؟؟؟” އައިޒަން ކަންބޮޑުވެފައި ސުވާލުތަށް އޮއްސާލުމުން ލަހުފާ ނައިނާއަށް ބަލާލާފައި ހޭންފެށިއެވެ. “އެބައޮތް ނައިނާގެ ފޯނަށް ގުޅާލަންވީނު… މަ ފޯނުގައި ޗާރޖެއް ނެތް މިހާރު…” ލަހުފާ އެހެން ބުނުމުން އައިޒަން ފޯނު ކަނޑާލިއެވެ. ލަހުފާ ނިކުމެގެން ދިޔައީ އެހީއެއް ބޭނުންނަމަ ގޮވާލުމަށްއެދިފައެވެ. ލަހުފާ ނައިނާ އާއި އެކު ނިދަން އޮންނަންހޭ ބުނުމުންވެސް އޭނަ އިންކާރުކުރީ ލަހުފާއަށް އުނދަގޫކުރަން ނޭދޭތީއެވެ.

“ހަލޯ ދޫނިގަނޑާ!! ކިހިނެއްތަވީ އަޅެ ނުވެސް ބުނެޔޭ ބަލިކޮށް އުޅޭވާހަކަ.. ލަހުފާ ބުނީ ދުވަސްކޮޅެއްވެއްޖެޔޭ… އެކަމް ނުބުނަމެއްނު..” އައިޒަން ފުރަތަމަވެސް ކުރީ ޝަކުވާއެވެ. އެކަމާއި ހެދި ނައިނާއަށް ހެވުނެވެ. “ވީ ގޮތް އިނގޭނީ މާދަމާއެއްނު… ޒަން ކައިރި ނުބުނީ މާ ބޮޑުކަމެއް ނޫންވީމަ… އެހާ ކުދި ކަންތަކާއި ހާސްކުރަން ބޭނުންނުވާތީ..” ނައިނާގެ ޖަވާބު އައިޒަންއަށް ކަމަކު ނުދިޔައެވެ. “އަހަރެން ދުރުގައި ހުއްޓަސް ތިހާ ދުރުނުކޮށްލައްޗޭ.. ކުޑަކަމެއްވިޔަސް އަހަރެންނަށް އިނގެންޖެހޭނެ… އަހަރެންމީ ނައިނާގެ ފިރިމީހާ.. އަހަރެން ހާސްނުވަންޏާ ކާކުތަ ދެން ވާނީ؟؟ ތިހެން ނަހަދާ ބުނައްޗޭ އިނގޭ؟” އައިޒަން ރީއްޗަށް އެހެން ނުހެދުމަށް ނަސޭހަތްތެރިވިއެވެ. ކުޑަކަމަކުން ބޮޑުކަމަކަށް ބަދަލުވެ އެކަމަށް ފަރުވާކުރާއިރު އޮންނާނީ މާލަސްވެފައެވެ. ސިއްހަތާއިމެދު ފަރުވާކުޑަނުކުރުމަށާއި ކުޑަކަމެއްވިޔަސް ވަގުތުން ޑޮކްޓަރަށް ދިޔުމަށް އައިޒަން ނަސޭހަތްދިނެވެ.

“އައިޒަން!!!” ކެބިންގެ ދޮރުހުޅުވި ޝާމިރާގެ އަޑަށް އައިޒަން ޖެހުނީ ފޯނު އެހިސާބުން ނިންމާލާށެވެ. “ދަރިފުޅު ބުނީމެއްނު މަންމަ ގޮވައިގެންނޭ ދާނީ މިހާރު މި އެއްޗެހި ހިފައިގެން ބޭރުގައި ހުންނަތާ ކޮންއިރެއް.. މިއަންނަނީއޭ ބުނެފައި މާ ލާސްވީމަ މިއައީ؟ ކިހިނެއްވީ މާ ހާސްވެފައި ތިހުރީ؟؟” ޝާމިރާ އެއްފައްޗަކަށް ވާހަކަ އަމުނާލުމުން އައިޒަން އަވަސް އަވަސްކޮށްލާ ކެބިންއިން ނިކުތީ ބޭނުންވާނެ ހުރިހާ އެއްޗެއް ހިފައިގެންނެވެ. އަދި ޝާމިރާގެ އަތުގައި ހުރި ފައިލްތަށް ނަގައި ހިފައިދެމުން ޝާމިރާ އާއި އެކު ދާން ހިނގައިގަތެވެ. “އަދިވެސް ޖަވާބެއް ނުދެމެއްނު؟” ޝާމިރާ ސުވާލު ތަކުރާރުކޮށްލިއެވެ. “އާނ.. އެއީ އެކޮޅުން ކުޑަކަމެއް ދިމާވެގެން ގުޅީ… މިހާރު އޯކޭ ވެއްޖެ…” އައިޒަން އެހެން ބުނެފައި އެވާހަކަ ވަގުތުން ވަގުތަށް ހިންދާލިއެވެ.

“ދަރިފުޅު އަދިވެސް މީހަކާއި އިންނަން ނުވޭތަ؟ ކުއްޖެއްވެސް ނެތްތަ؟” ޝާމިރާ ގެ އެސުވާލުން އައިޒަންގެ ހިތްތެޅިގަތެވެ. ޝާމިރާގެ ހިތުގައިވާ އެދުން ފުރިހަމަ ކުރެވޭނީ އައިޒަން އެ ސުވާލުތަށް ލިބިގެންނެވެ. “ނޭނގެ.. މަންމަ ބޭނުންވަނީ ކޮންކަހަލަ ކުއްޖެއް؟” މަންމަގެ ހިޔާލު އެނގިހުރެވެސް އައިޒަން އެސުވާލުކުރީ ކޮންމެވެސް އުއްމީދެއް މަންމައަށްޓަކައި އޮތީމައެވެ. “އަހަރެމެންގެ ފެންވަރުގެ އަހަރެމެންނާއި އެކު އުޅެވޭވަރި ކުއްޖެއް… އެކުއްޖެއްގެ ސަބަބުން އަހަރެމެންނަށްވެސް ފައިދާއެއްވާ މީހުންގެތެރޭ މަގުބޫލު ކުއްޖެއް… ގެވެހި ނުވިއެއްކަމަކު އައިޒަން އުފަލާއި އެކު ގެންގުޅެންޏާ ނިމުނީ.. މިސާލަކަށް ލަމްހާ…” ޝާމިރާ ދުރުދުރުން އޭނާ ބޭނުންވާ ވާހަކަ ފެށުމުން އައިޒަންގެ މޫޑު ހަރާބުވިއެވެ.

“ލޯތްބަކީ މުއްސަންޖެއް ފަޤީރެއް މާލެއެއް ރަށުތެރެއެއް ބަލައިގެން ވެވޭ އެއްޗެއްނޫން.. އަޅުގަނޑު ގަބޫލުކުރާގޮތުގައި ލޯބިވާއިރުގައިވެސް އޮންނަންޖެހޭ ހަމައެކަނި ޝަރުތަކަށް ވާންޖެހޭނީ ހެޔޮލަފާ ހިތްހެޔޮ ދީންވެރި ކުއްޖެއް…. އެ ކުއްޖެއްގެ ސަބަބުން ދެދުނިޔޭގެވެސް އުފާ ލިބޭކަހަލަ ކުއްޖެއް.. މަންމަ އަޅެ އެކަންތަށް ގަބޫލެއްނުކުރަންތަ؟” މަންމަގެ ބޮލަށް އެއްޗެއް ވިސްނައިދޭންވެގެން އައިޒަން އެހެން ބުނީ ލަމްހާގެ ވާހަކަ ފަށައިގެން އެ ވާހަކަދާ ދިމާ އިނގޭތީއެވެ.

“ނޫން.. ލޯބިވާންޖެހޭނީވެސް އަހަރެމެންނާއި ކޮނޑާއި ކޮނޑު ޖައްސާލެވޭ މީހެއްދެކެ. މަގުމަތީ ހުންނަ ކުނިބުނިތަކަށް ގަނޑުވަރުން ޖާގައެއް ނޯންނާނޭ ފަދައިން ފަޤީރު މީހުންނަށް މުއްސަންޖެއްގެ ގެއިން ޖާގަ ލިބޭކަށްނުވާނެ.. ކުނި ގިނަވެ ގެ ހަޑިވާ ފަދައިން އެމީހުންގެ އަވައިގައި ޖެހި ދިރިއުޅުން ހަޑިވުން ނޫންކަމެއްނުވާނެ…” ޝާމިރާގެ ބަސްމަގުހުރިގޮތުން އައިޒަން ވަރަށް ހިތްހަމަނުޖެހިފައި ދެރަވިއެވެ. މަންމަގެ ހިތުގައި ފަޤީރު ނިކަމެތިންނަށް ދެވިފައިވާ ދަރަޖަ ހާދަ ދަށޭ އޭނާ ހިތަށްއެރިއެވެ. އިތުރަށް އެވާހަކައާއި މެދު ވާހަކަދައްކަން އައިޒަން ބޭނުންނުވާތީ ހަލުވި ހިނގުމެއްގައި ގޮސް ކާރާއި ހަމަކޮށްލިއެވެ.

……………

“ކޮބާ ނާ ރެޑީވީތަ؟؟” ލަހުފާ ގޮވާލުމާއި އެކު ނައިނާ ތައްޔާރުވެލައިގެން ނިކުތީ ހޮސްޕިޓަލަށް ދާށެވެ. ޒާހިދާ ގޭގައި މަޑުކުރުމަށްފަހު އެދެމީހުން ފޮނުވާލިއެވެ. މަގުމަތިން އެއްފަޅީގައި ދެމީހުން ހިނގައިފައި ދިޔައިރު ނައިނާ ގެ ވިސްނުން ހުރީ އެހެން ދިމާލެއްގައެވެ. “މިހާރުވެސް އުނދަގޫވަނީތަ؟؟ ހިނގާފައި ދެވޭނެތަ؟” ލަހުފާ ދެރަވެލާފައި އެހެން އެހުމުން ނައިނާ މިހާރު ރަނގަޅޭ ބުނެލިއެވެ. “ވާހަކައެއް ބުނަންތަ؟؟” ނައިނާ ސުވާލުކޮށްލުމުން ލަހުފާ ހީލާފައި ނައިނާގެ ކޮލަށް ދަމާލިއެވެ. “އަހަރެން ކައިރި އަހާކަށް ނުޖެހޭނެ ބޭނުންވާހަކައެއް ނައިނާއަށް ބުނެވޭނެ…” ލަހުފާ ގެ ޖުމްލައާއި އެކު ނައިނާއަށް ހެވުނެވެ.

“ޑޮކްޓަރ ސުވާލުކުރި ޕީރިއަޑް ވީ ފަހުދުވަސް.. އަހަރެން ލަހުފާ ކައިރިވެސް ބުނީމެއްނު ހަމައެގޮތަށް ޑޮކް ކައިރިވެސް ބުނިން.. ޑޮކްޓަރު ބުނީ ބަނޑުބޮޑުތޯ ޔަޤިންކުރަން ހަދަންޖެހޭ ޓެސްޓްތަކެއްވެސް އެބަ ހަދަމޭ.. އަހަރެން އޭރު ނުބުނީ މަންމަ ހުރީމަ.. އެވަގުތު ޔަޤީންނުވެ ހުއްޓާ މަންމަ ކައިރި ބުނެފިނަމަ މަންމަގެ އުއްމީދުތަށް އަރާނެ މިހާ މައްޗަށް.. ހެހެހެ..” ހެމުން ހެމުން އަމިއްލަ އަތުން ނައިނާގެ އިސްކޮޅު ހުރިވަރު ދައްކާލާފައި އެހެން ބުނުމުން ލަހުފާވެސް ހޭންފެށިއެވެ. ވާނީވެސް އެހެންތާއެވެ. އެއީ އެމީހުން ދޭތެރޭވެސް ދެކުނު ވާހަކައެއްވިއްޔާއެވެ. “އުއްމީދުކުރިގޮތާއި ނުވެއްޖެއްޔާ ވަރަށް ދެރަވާނެއެއްނު އެހެންވެ އައިޒަން ކައިރިވެސް ނުބުނަން..” ނައިނާ އިތުރުކޮށްލިއެވެ.

“އެކަމް…” ކުއްލިއަކަށް ނައިނާގެ މޫޑާއި ރާގު ބަދަލުވުމުން ހިނިތުންވެފައި ހުރި ލަހުފާ ކުޑަކޮށް ސީރިއަސްވިއެވެ. އަދި ކިހިނެއްވީތޯ ސުވާލުކޮށްލިއެވެ. “އައިޒަން މަންމައަށް މިގުޅުމާއި ބެހޭ އެއްވެސް ވާހަކައެއް އަދި ނޭނގެ…  މިހާރު ނޫނަކަސް ފަހުން ކުއްޖެއް ލިބިއްޖެއްޔާ އެ ލިބުނުކަން މަންމައަށް ނޭނގޭނޭ ހިތަށް އަރާއިރަށް ވަރަށް ދެރަވޭ… ބޭބީ އެއްލިބުމަށްފަހު މަންމައަށް ހުރިހާއެއްޗެއް އެނގި ދުރުވާން ބުނެފިނަމަ…………..” ނައިނާގެ ވާހަކަ މެދުކަނޑާލީ އެހެން ހިތަށްއަރާލިއަސް ހިތަށް ކުރާ އަސަރުން ދުލުން ބަޔާންކުރަން އުނދަގޫވެގެންނެވެ. “ނާ.. އަހަރެން ވާހަކައެއް ބުނަންތަ..” ނައިނާގެ އަތުގައި ތަންކޮޅެއް ބާރަށް ހިފަހައްޓާލާފައި ލަހުފާ އެހެން އެހުމުން، ކަރުނައިން ފުރުނު ދެލޯ ފޮހެލާފައި ނައިނާ ހުމްމް އަޅުވާލިއެވެ.

“އަހަރެންނަށް އައިޒަން އިނގޭތާ އެތަކެއް އަހަރުތަކެއްވެއްޖެ… އަހަރެންނަށް އޭނާ އިނގޭގޮތުން އެހާ ކަޑަކަމެއް އޭނާ ނުކުރާނެ.. އައިޒަން އަށް ނައިނާ މުހިންމު ވަރު އަހަރެންނަށްވެސް އިނގޭ.. އޭނައަށް ނައިނާ މުހިންމީކީ ހަމައެކަނި ލޯބިވާތީ ކީ ނޫން… އޭނާގެ ދިރިއުޅުމަށް ތިކަހަލަ ގޮތަކަށް އައި ފުރަތަމަ އަންހެންކުއްޖާއަށް ވީތީ.. އޭނާގެ ހިތާއި ފުރަތަމަ ފަހަރަށް ކުޅެލި އަންހެންކުއްޖަކީ ނައިނާއަށް ވީތީ… އޭނާ އަމިއްލަ ދިރިއުޅުމުގެ އެހާބޮޑު ނިންމުންތަށް ނިންމެވުނު ސަބަބަކަށް ނައިނާ ވީތީ.. ދިރިއުޅުން ފުރިހަމަ ކޮށް އުފާވެރިކުރީ ނައިނާކަމަށް ވީތީ.. އުމުރުން އެންމެ 17 އަހަރުގައި ކިޔަވަމުން ކުންފުނިގެ ކަންތަށް ބޮލުގައި އަޅުވައިގެން މަންމައާއި އައިޝަމްގެ ޒިންމާތަށް ބޮލުގައި އެޅުވީ ދެވަނަވިސްނުމަކާއި ނުލާ… މުޅި އުމުރުދުވަސް އެދެމީހުންގެ ހިދުމަތުގަޔާއި މަންމަ ޖާނާއި މާލުން ގުރުބާންވި އެ ކުންފުންޏަށްޓަކައި ހުސްކޮށްލި އައިޒަން ފުރަތަމަ ފަހަރަށް ނައިނާއަށްޓަކައި މިހެން އުޅޭތީ އަހަރެން ހައިރާންވެސްވި.. އޭނާއަށް ދިރިއުޅެން ދަސްކޮށްދިނީ ނައިނާ އެހެންވެ ނައިނާ މުހިންމީ…

ނައިނާގެ ސަބަބުން މިލިބުނު ދިރިއުޅުމުން އައިޒަން އަށް މައެއްގެ ލޯތްބާއި އަޅާލުން އެއީ ކޯޗެއްކަން އެނގިއްޖެ.. ނައިނާ ފަދަ އަންހެންކުއްޖެއްގެ ލޯބި ދިރިއުޅުމުގައި ބޭނުންވަނީ ކީއްވެކަން އެނގިއްޖެ.. ކުރީގައި ކައިވެނި ނުކުރާނަމޭ ކިޔާ ދުރަށް ދުވި އައިޒަން ނައިނާ ކައިރިއަށް ދުވެފައި އައީ ކައިވެންޏަށް އެދި.. ކޮށްޓަކުން ދޫންޏޭއް ދޫކޮށްލީމާ އެ މިނިވަންކަމާއި އެކު އުދުއްސައިގަންނަ ފަދައިން އައިޒަންވެސް އަންނަނީ މިނިވަންކަމާއި އެކު އުދުހެމުން.. ނައިނާ އަށްޓަކައި.. ނައިނާގެ ސަބަބުން… އޭނާ އެ ކޮށްޓަށް ދާ ހިޔާލެއް ދެން ނުކުރާނެ..” ލަހުފާ ފުން ނޭވައެއްލާފައި ނައިނާގެ ގައިގާކުޑަކޮށް ބައްދާލީ ނައިނާ އަށް ރޮވެންފެށުމުންނެވެ. ލަހުފާ އައިޒަންއަށް ކުރާ އިތުބާރު ނައިނާއަށް އެވަގުތު އިނގުނެވެ. އަދި އައިޒަންގެ ދިރިއުޅުމަށް ނައިނާ އެހާ ހާއްސަވީ ކީއްވެކަންވެސް އިހްސާސްވިއެވެ. ނައިނާ ހެއްވުމުގެ ގޮތުންނާއި މަގު ކުރުކުރުމުގެ ގޮތުން ލަހުފާ އައިޒަން ކުރި މަޖާ ވާހަކަތަށް ކިޔައިދެންފެށުމުން މިލާ މޯޅިވެފައިވާ ނައިނާގެ މޫނަށް އުޖާލާކަން ވެރިވިއެވެ. އަދި ހީހީފައި ދެމީހުންވެސް ވަރަކަށް އައިޒަންއަށް މަލާމާތްކޮށްލިއެވެ.

…………………..

“ހުމްމްމް….” ރިޒަލްޓް ތަކަށް ބަލަން އިން ޑޮކްޓަރު ހުމްމް އަޅުވާލުމުން ނައިނާއާއި ލަހުފާ އެދިމާލަށް ސަމާލުކަންދިނެވެ. “މިހާރު ރަނގަޅުތަ؟؟” ޑޮކްޓަރު ކުރި ސުވާލުގެ ޖަވާބަށް ނައިނާ ހަމައެކަނި ބޯ ޖަހާލީއެވެ. “ހެދި ޓެސްޓްގެ ރިޒަލްޓް ޕޮޒިޓިވް.. ނައިނާ ބަނޑުބޮޑު.. ބަނޑަށް އެއްމަހާ ބައި..” ފަރިތަކަމާއި އެކު ގަނޑަކަށް ބަލަން އިނދެ ޑޮކްޓަރު އެހެން ބުނީ ނައިނާއާއި ދިމާ ބަލައިލާ ރީތި ހިނިތުންވުމަކާއި އެކުއެވެ. އެ އުފަލުގައި ބައިވެރިވާކަން އޭނާގެ ހިނިތުންވުމުން ދޭހަވެއެވެ. ލަހުފާ އަޑެއްލައްވާލާފައި ނައިނާގެ ގައިގާ ބައްދާލީ ވީ އުފަލުންނެވެ. “އެކަމް މިހާރު ޖެހޭނެ ވަރަށް ބަލައިގެން އުޅެން.. ކާއެއްޗެހި ކާއިރު ހާއްސަކޮށް.. ގިނަފަހަރު ވާގޮތަކީ ބަލައިނުލާ ކެވޭ އެއްޗަކުން ބޭބީއަށް އޭގެ އަސަރުކުރަނީ.. ގިނައިން މޭވާ ފަދަ ސިއްހަތަށް ރަނގަޅު ކެއުމާއި ގިނައިން ޖޫސް އަދި ކިރު ބުއިމަށް އިސްކަންދޭންވީ… ނައިނާ ވަރަށް ވީކް.. ވަރަށް ބޮޑަށް.. ލޭވެސް ހުރީ ވަރަށް ދައްވެފައި… މިފަދަ އެތަށް ކަމަކަށް ބަލައިގެން ޖެހޭނެ ކާން… ކެލްޝިއަމް އަދި އަޔަން އާއި ވިޓަމިން ހުންނަ ބާވަތްތަށް ގިނަކުރުން ނައިނާއަށް މުހިންމު ދެން ގަޑިން ގަޑިޔަށް މި ބޭސްތަށް ކައިގެން އަރާމްކުރޭ އިނގޭ… ކޮންމެ މަހެއްގެ 18 ގައި އަންނަންވާނެ ބައްދަލުކޮށްލަން…” ޑޮކްޓަރު ދިން ނަސޭހަތުގެ ބަސްތަށް ގަބޫލުކުރުމުގެ ގޮތުން ނައިނާ ބޯޖަހާލީ ކީ އެއްޗިއްސަށް ވަރަށް ބޮޑަށް ސަމާލުކަން ދީގެން އިނދެއެވެ.

ޑޮކްޓަރު ކޮޓަރިން ނިކުތުމާއި އެކު ހަޅޭލަވައިގަނެފައި ލަހުފާ ނައިނާގެ ގައިގާ ބައްދާލީ ވީ އުފަލުންނެވެ. އެންމެންގެ ނަޒަރު އެދެމީހުންނަށް ހުއްޓިފައިވާކަން ދެނެގަތުމަށްވުރެ ބޮޑަށް ދެމީހުންވެސް ތިބީ އުފާވެފައެވެ. ނައިނާގެ ދެލޮލުން ކަރުނަ ނިރާލީ އައިޒަންއާއި އޭނާގެ ލޯބީގެ ނިޝާން ބަނޑުގައި އުފެދެމުން އަންނަކަން އެނގުމުންނެވެ.

……..

“ދައްތާ ދައްތާ..!!” ދުވަމުން ފުމެމުން ކަހަލަ ގޮތަކަށް ލަހުފާ އެތެރެއަށް ވަތްތަން ދޮރުމަތީ ހުރި ނައިނާ ބަލަންހުރީ ހެވިދިއްލިފައެވެ. އޭނާއަށްވުރެބޮޑަށް ކައިރި އުޅޭމީހުންނަށް ލިބުނު އުފަލެކޭ އޭނާ ހިތަށްއަރާފައި މަޑު ހިނގުމެއްގައި ލަހުފާގެ ފަހަތުން ދިޔައެވެ. ޒާހިދާ އޭރު ހުރީ ގޭ ފަހަތުގައި މިހާރު އިންދާ ގަސްތަކަށް ފެންދޭށެވެ. އެފަރާތު އުނދޯލީގައި ޒުހާ އާއި އަކުރަމް އޮށޯވެ އޮތްތަން ލަހުފާ އަށް ފެނުމުން ނައިނާއަށްވެސް އެކަން އަންގާލިއެވެ. “ކޮބާ ކިހިނެއްވަނީ؟؟” ފެންއިސްކުރު ބަންދުކުރުމަށްފަހު ޒާހިދާ އައިސް ނައިނާ އާއި ކުރިމަތިލިއެވެ. ލަހުފާ އެހާ އުފަލުން ގޮވަމުން އަންނާނީ ވަރަށް އުފާވެރި ހަބަރަކަށްވީމަކަށް ޒާހިދާއަށް އިނގެއެވެ.

“މަންމަ މާމައަކަށް ވަނީއޭ ޑޮކްޓަރު ބުނީ..” ޒާހިދާގެ ދެކޮނޑުގައި އަތް އަޅާލަމުން ނައިނާ އެހެން ބުންޏެވެ. އެއާއި އެކު ޒާހިދާއަށް ނައިނާގެ ގައިގާ އޮޅުލައިގަނެވުނެވެ. އުއްމީދުކުރިގޮތަށް ކަންތަށް ވުމުން އެތަކެއްފަހަރު ހެއްދެވިފަރާތަށް އޭނާ ޝުކުރުދެންނެވިއެވެ. ޒުހާއާއި އަކުރަމްވެސް އެ އުފަލުގައި ބައިވެރިވަމުން ނައިނާ އަށް މަރުހަބާ ކިއެވެ.

“ހާދަ ބޭހެއް.. ޑޮކްޓަރު ކީކޭތަ ބުނީ؟؟” ނައިނާ ހިފަހައްޓައިގެން ހުރި ބޭސްކޮތަޅަސް އިޝާރާތްކުރަމުން ޒާހިދާ ސުވާލުކުރިއެވެ. “އާނ.. މި ނައިނާ އެހާ ފިޓެއްނޫނޭ ބުނީ… އެހެންވެ ގިނައިން އަރާމްކުރުމަށާއި ލޭމަދުވާހަކަވެސް ބުނި.. ގިނަގިނައިން މޭވާ އާއި ކިރާއި ޖޫސްފަދަ އެއްޗެހި ބޭނުންކުރުމަށާއި ގަޑިންގަޑިއަށް ބޭސްކާން ބުނީ… މިހާރު ޖެހޭނެ ވަރުގަދަ ޝޮޕިންނެއްކޮށްލަން.. ނައިނާ އަށް މި ހުންނަ ފާޑު ފާޑުގެ ކިރެއް ރަނގަޅެއްނުވާނެ… މޭވާވެސް ގަންނަންޖެހޭނެއެއްނު… ނައިނާ އެބަޖެހެޔޭ ފިޓްކޮށްލަން…” ލަހުފާ އުފަލުން ވާހަކަދެއްކިތަންފެނި ޒާހިދާ ވެސް އުފާވިއެވެ. ލަހުފާ ހުރީ ނައިނާ އަށް ހުރިހާ ކަމެއްކޮށްދެންވެސް ތައްޔާރަށެވެ.

“މިދަނީ އައިޒަންއަށް ގުޅަން އިނގޭ..” ކެތްމަދުވެފައި ހުރެ ނައިނާ އެހެން ބުނެ މިޝްރާބު ޖެހީ ކޮޓަރިއާއި ދިމާލަށެވެ. ފޯނަށް ބަލަހައްޓައިގެން ހުރެ ނައިނާ އައިޒަންގެ ނަމްބަރަށް ގުޅާލިއެވެ. ހަތަރު ފަހަރަށް ރިންގްވުމާއި އެކު އެކޮޅުން ފޯނު ކަނޑާލުމުން ނައިނާ ތުން ފިއްތާލިއެވެ. “ދެން ޒަންންންން… މިކަހަލަ ގަޑިގަޑީގައި ބިޒީ ވާންވާނެތަ؟؟ މިވާހަކައަޑުއެހީމަ ބުނާނެ ކީއްވެހޭ ކުރިން ނުބުނީ.. ބުނެވޭނީ ފްރީވީމައެއްނު..” ނައިނާ ޝަކުވާ ކޮށްލީ ފޯނުން ފެނުނު އައިޒަންގެ ފޮޓޯއާއެވެ. އޭނާ ކެތްމަދުވީވަރުން އައިޒަންގެ ފޯނަށް މެސެޖެއްވެސް ކުރެވިއްޖެއެވެ. މިއީ އެހެންޏާ ނައިނާ އުޅުނު ގޮތެއް ނޫނެވެ. ނަމަވެސް މިއަދު މީ ދެމީހުންނަށްވެސް ވަރަށް ހާއްސަދުވަހެއްތާއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (51)

  1. Ryn

    Salaaaaaaam ?
    Hope its going well and u guys r liking it. Leave a comment and tell me the things I have to improve or if there’s something u wanna tell about this story or upcoming ones or anything u wanna ask me. I’ll reply ?
    Lots love ?
    Will upload the next part in sha Allah Saturday, maybe night inge. Tc ❤?

  2. thuhthi

    me first……. yayyyyy………
    kiyaalaafa comment kohlaanan 🙂

    1. Ryn
      thuhthi

      Thnkkyuu ?

  3. cya

    Vvvvvvvvvvvvvvvv salhi

    1. Ryn
      cya

      Thankyou ❤

  4. thuhthi

    oh god??
    Shamira aunt ah kanneyge msg fennany dhw……….

    1. Ryn
      thuhthi

      Let’s see dhw ❤?

  5. annoying reader

    oh my god i just love this part. damn i think zan ah fonuvi msg fennani zange mum ah hen. eyrun kanthah vaane goh hithah aruvaaliyas hiy biru gannan fashaifi. v reethi when next part? plz dnt separate them

    1. Ryn
      annoying reader

      Ahah ?
      Let’s see darl, and lots of things gonna happen kiriyaa feshenynu e ?❤ thankyuu ❤

  6. Reader

    Wowwwwww.. V reethi n dhn shaamiraa ah engn vejje ehnu.. Sihrunn veema kada dhw.. Knmegothehviyass aee aizange mom vihya..

    1. Ryn
      Reader

      Yea darl adhi ingeyne but after some more happy days ?? thankyu ❤

  7. Axoo

    Iraadhu kurehviyya aixan manma gaboolu vaane thoache aixan ahttakaaves dhw want know wat happen soon alhey it’s going curious know

    1. Ryn
      Axoo

      Lets see dhw. ? thankyu ❤

  8. Mal

    Vv.loabI mibai
    Abadhu mi innani mi story feshign kiyaala kiyaala..
    Alhey ryn mal beynunc
    reen aa frnd vaan…
    Kihineh mal hadhanvee

    1. Ryn
      Mal

      Alhe thankyu ❤
      Send a msg to my fb page ❤?

  9. Kaira

    V v v reethi

    1. Ryn
      Kaira

      Thankyu ❤

  10. Aiy

    V reethi mi bai vs … whn next part??? ? Alhey dhn kihineh baa vaany??

    1. Ryn
      Aiy

      In sha Allah sat ga ❤ thankyu ❤

  11. song joong ki..KOREAN

    gadha. varah salhi mi part.. varah happy vaane dhw aixan.. waiting for the next part .. 🙂 🙂 😀

    1. Ryn
      song joong ki..KOREAN

      Thankyuuu ❤

  12. Mal

    Alhey reen mal midhuvaskolhu Fb akah nuvannan…dhn how??

    1. Ryn
      Mal

      Aww dhn u tell me how

  13. Xxxx

    Wooow…??????????????

    1. Ryn
      Xxxx

      Thankyuu ❤

  14. Sinaa

    Its very nice…. waiting 4 nxt prt…. ??

    1. Ryn
      Sinaa

      Thankyuu ❤

  15. Meesh

    Ekakkala faharu request eh kurymeynun phone call in rattehi vegen ulhun dhekudhin ge story genesdheveyne hey.. Eychah v kihineh tho balaalan beynumy

    1. Ryn
      Meesh

      I’ll surely write it but I didn’t start it yet. Ekm evaahaka vx iraadha kurehivihya fehnaane ☺❤

    2. shabee
      Meesh

      about ryn and jai tha? that story

  16. Hafeez

    V reethi. Waiting

    1. Ryn
      Hafeez

      Thankyu ❤

  17. HARLEY quinn

    wowww, amazingly nice. keep it up. hopes we will get to read another episode soon. keep up the good work..

    1. Ryn
      HARLEY quinn

      Thankyuuu ❤

  18. Naaanu

    Ryyyynnn.gimme your insta or snap id .puleeeez ?

    1. Ryn
      Naaanu

      Ah snap- suprrrrrgirl ?

  19. All

    Thedheh ryn snap r insta id dheebaa

  20. Raiya

    I jus luv ur stories can u gimme ur insta

    1. Ryn
      Raiya

      Thank you but unlike snap, insta is a bit pvt ? text me my page ah or use my snap? ☺❤

  21. khajja

    Ohh wow masha allah v v rythi v v furihama ?? whn nxt prt avskolladhybala plx can’t wait ???❤❤??????????????

    1. Ryn
      khajja

      Thankyouuu ❤❤❤

  22. Girll

    Shamira yah ingunas hinhamaeh nujeheyne. Ekam neyna ei aizan marry kuruvan beynun vaa lamha ge ehbafaa dhahtha. Ekan ingunima eyna v kada vaane dhw. Can’t wait. Lol

  23. Sheru

    V v reethi vaahaka . next part akah inthixaaru kuranee … Avahah up kolladhehchey . ?

  24. Mal

    Hey..mal innaane ryn snapn ad khfa..idhikolhah name innaani…U can send me a msg inge??

  25. ipher

    V v v v reethi mi partvx…maasha Allah…whn next part up kurany..waiting waiting

  26. Falak

    Wow v reethi

  27. dhw

    kobaatha chum handi.. ei kurin ryn kareega dhegotheh nuve hunna teader ennu… mihaaru ryn reethi vaahaka eh liyan feshyma ekaku ves echchehi nukiyaatheeve eyna hajam nuvy… zuvaabu kuraane meehaku ves nuvi viyya.. kuda kuda manje ekey mithaa ranikan kurany… boahalaaku… ?

  28. Hawwi

    shaamiraa ah naina kuri msg fennaanee kanneynge dw

  29. shaee

    Alheyy.. this part is soo nice. I wish next part will be great.. and shamira ah naina ge msg fenihjjeyya what will happen.. oh my god?
    I am soo exciting..

  30. Faathee

    V ufaavey improvement fenifa. Vara faahaga kurevey mi story ga kurin story thakuga hen english in vaahaka dhakaafa hunna diloge tha nei kan. Mi zamaanuga dhivehi kudhin kithanme english vegen ulhunas dhivehi vaahaka kiyaa iru boda reethi vanee hurihaa diloge eh ves dhivehin hureema.

  31. Aki

    koba tha vaahaka.. mihaaru kiyaa hithun kehmadhuvefa

Comments are closed.