Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

02:30 ބައްތިރީސްވަނަ ބައި

Ushaali Level 810 Stories100 Comments100 Stories500 Comments
September 27, 2017 8 Mins Read
42 Comments

ރަޔާހީނާއި ރަމްލާ އަމިއްލަ ވާހަކަތަކެއްގައި ތިބިިއިރު ފީރޯޒާ އާއި އިރުފާން ލޮލާއި ލޮލުން ދައްކަމުން ދިޔަ ވާހަކަ އެދެމީހުންނަކަށް ރޭކާއެއް ނުލައެވެ. އިރުފާނަށް ވުރެ ދުވަސްވެ ގައި ބާރު ދޫވެފައިވާ ފީރޯޒާ މާހުޝިޔާރެވެ. ކައިރީގައި ހުރި ކުޑަ މޭޒުމަތީގައި ހުރި ވަރުގަދަ މާޖަހާ ވާސް ނަގާ ރަޔާހީން ބޮލުގައި އަޅުވާލީ ފަހުން ނިކުންނާނެ ނަތީޖާއަކަށް ވިސްނާ ނުލައެވެ. ރަޔާހީންގެ އަނގައިން ‘މަންމާ’ މިލަފްޒު ނިކުމެ ވޭނުން ފުރިގެންވީ އަޑަކުން ރޮއެގަތެވެ. ރަމްލާ ވަގުތުން އޭނާގެ ބޮލުގައި އޮތް ތުނި ކަޅު ފޮތިގަނޑު ރަޔާހީންގެ ނިތްކުރިމަތިން ޒަޙަމްވެ ލޭފައިބަމުންދާ ތަނުގައި އަޅާލިއެވެ. ފީރޯޒާ ކައިރީގައި ހުރި އިރުފާން ހުރީ އޭނާގެ މަންމަ އެކުރި ކަންތަކުން ޝޮކެއް ލިބިފައެވެ. ކޫރުމެއްވެސް އެޅެން އެހިތް ނޭދޭ އޭނާގެ ލޯބިވާ އަނބިމީހާ އަށް ފީރޯޒާ އެދިނީ ކޮންފަދަ ބޮޑު އަނިޔާއެއް ހެއްޔެވެ؟ އިރުފާން ރޮއެގަންނަމުން ރަޔާހީން ކައިރިއަށް ތިރިވި ވަގުތު ފީރޯޒާގެ ދެވަނަ ހަމަލާ އަމާޒުވީ ރަޔާހީން ކައިރީގައި ތިރިވެ އިން ރަމްލާއަށެވެ. ނަމަވެސް ރަމްލާ އަށް ލިބުނު ޒަޙަމް ކުޑައެވެ. ފީރޯޒާ ދަތްކުނޑި ވިކާލަމުން ޚަބަރު ހުސްވެފައި އޮތް ރަޔާހީން ކައިރީގައި އިށީނދެ އިން އިރުފާން އެއް އަތުގައި ހިފާ ދަމައިގަތެވެ.

“ތީ އަޅެ އަހަރެން ބަނޑުން ވިހޭ ދަރއެއްތަ؟ އެހެންޏާ ފަހެ. ބަލަ އިރުފާންގެ ފަސްފަހަތުން އިރުފާން އޮރިޔާން ކުރަމުން ތިޔަ ރަޔާހީން އެދަނީ. އަދިވެސް އޭނާ އަށް ސަޖިދަ ކުރަންތަވީ. ވަރިކޮށްލާފަ މިތާ ދަށުގައި ވަޅުލާ. އާއިލާ މީހުންނަށް ފާތިހާ ދުވަސް ވެސް އަންގާކަށް ނުފެނޭ. އަހަރެން މަރުވެދާނަން. އެކަމަކު ޖަލަކށް ނުދާނަން” މޮޔައެއްހެން ފީރޯޒާ އިރުފާނަށް އަޑުލަމުން ދިޔައެވެ. ރަމްލާ އެއް އަތުން އޭނާގެ ލޭ އަންނަމުން ދިޔަ ޒަޙަމްގައި އަތް އަޅައިގެން އަނެއް އަތުން ރަޔާހީންގެ ކޮލުގައި މަޑުމަޑުން ތަޅަމުން ދިޔައެވެ. ފީރޯޒާގެ ބަހަށް ހެއްލި އިރުފާން ވެސް ތެދުވެ ދެލޮލުން ފޭބި ކަރުނަތައް ފޮހެލިއެވެ. އަދި ބަލާކަށް ނުހުރެ ރަމްލާގެ އެއް އަތުގައި ހިފާ ދަމަމުން ކުރިއަށް ދާން ފެށީ ރަޔާހީން ކޫއްތަމުން އަންނަ ފީރޯޒާ އަށް ދާންވީ މަގު އަންގާދެމުންނެވެ.

******************************************************************

ދުވަހުގެ ހެނދުނުގެ ވަގުތުތައް ފަހަނައަޅާ މެންދުރު ބަންގިއާއި އެކުގައި ކާމޭޒު މައްޗަށް މައިސަރާ ކާން ހަދަމުން ދިޔައެވެ. ލޯބިވާ ދެދަރިންނާއި އެކުގައި އެއް ސުފުރާމަތިން ކާލެވުމުން މައިސަރާ ނުހަނު އުފަލުން ދުވަހުގެ ބާކީ ވަގުތުތައް ހޭދަކުރެއެވެ. މަހާ އަށް އަލަނާސި ފަނި ތަށި ކައިރިކޮށްލުމަށްފަހު މައިސަރާ ބަލާލީ ވަދެގެން އައި ވިކްޔަން އަށެވެ.

“ދަރިފުޅު ކާން ފެށުމުގެ ކުރިން ދޭބަލަ އެބަޔަށް. ގޮސް ދޮންދައްތަ ކުރެން އަހާބަލަ އާސިރުބެގެ ބަތްޕެން ފެންފޮދު ބޭނުންވަނީ މިގަޑިއަށްތޯ ނޫނީ މިރެއަށްތޯ. މަންމަ ގުޅާލީމަ ފޯނެއް ވެސް ނުނަގާ” އަތްމަތި ހަރަކާތްކުރަމުން ދިޔަ މައިސަރާ ބުނި ބަހަށް ވިކްޔަން ކާބައިން ނިކުތީ އެބަޔަށް ދިޔުމަށެވެ.

*********************************************************************

ސޯފާގައި ތިބި ފީރޯޒާ އާއި އިރުފާން އެކަކު އަނެކަކާއި ބަހެއް ނުބުނެ ހިމޭނުން ތިއްބެވެ. ދެމީހުންގެ ވިސްނުމާއި ވެސް ގުޅިފައިވަނީ ދާދި އެއްކަމެކެވެ. އިރުއިރުކޮޅުން ސިހިފައި ދޮރާއި ދިމާލަށް ބަލާލަނީ ފުލުހުން ވަދެގެން އަންނަހެން ހީވާތީއެވެ. ވަގުތީ ގޮތުން ރަމްލާ އާއި ރަޔާހީން އެދެމީހުންގެ ގައިދުގައި ހައްޔަރުވެފައި ވިޔަސް ފީރޯޒާ އާއި އިރުފާންގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. އިރުކޮޅަކުން ފީރޯޒާ ތެދުވެގެން ގޮސް ދެން އައީ އައިސްޕެކް ހިފައިގެންނެވެ. ރަމްލާ ވަލުން އައްސަން އުޅުމުގެ ތެރޭގައި ރަމްލާ ވަނީ އޭނާގެ ދަތްތަކުން އިރުފާންގެ އަތްތިލަ ޒަޙަމް ކޮށްލާފައެވެ. ފީރޯޒާ އިރުފާން ކައިރީގައި އިށީނދެ އަތްތިލައިގާ އައިސް އަޅަން ފެށިތަނާ ދޮރުން ވަދެގެން އައި ވިކްޔަން ފެނި ދެމީހުންގެ މޫނުމަތީގެ ކުލަވަރު ބަދަލުކޮށްލިއެވެ. ވިކްޔަން ކައިރީގައި ހުއްޓުމުން ފީރޯޒާ އާއި އިރުފާން އެކަކު އަނެކަކުގެ މޫނަށް ބަލާލިއިރު އެމޫނުތަކުން ފެންނަން ހުރީ ސީރިޔަސް ކަމެވެ.

“ދޮންދައްތަމެން ހާދަ ސީރިޔަސް ވެފަ. މަންމަ ބުނެގެނޭ މިއައީ. ބަތްޕެން މިގަޑިއަށްހޯ ބޭނުމީ” އިރުފާން ކައިރީިގައި އިށީނދެ ކުޝަން އުނގުމަތީގައި ބާއްވާލަމުން ވިކްޔަން ބުނެލިއެވެ.

“އާނ… ނޫން… މިގަޑިއަކަށް ނޫން” ފީރޯޒާ ލަސްލަހުން ބުނެލިއެވެ.

“ދޮންބެ އަތަށް ކިހިނެއްވީ… މީ ދަތްވަޅެއްނު… ކާކާ ފައިޓްކުރީ” އިރުފާންގެ އަތަށް ބަލާލަމުން ވިކްޔަން ހާސްވެފައި ސުވާލުކުރިއެވެ. އޭނާގެ ނަޒަރު ސީދާ ވެފައިވަނީ އިރުފާންގެ މޫނަށެވެ. އިސާހިތަކު ރަޔާހީން ދެއްކި ވާހަކަތައް އޭނާގެ ހަނދާންވާން ފެށިއެވެ. ރަޔާހީންގެ ދައްތަ މަރާލީ އިރުފާން ކަމުގައި ރަޔާހީން ބުނި ބުނުބުނުން އަދިވެސް އޭނާ އަށް ޤަބޫލުކުރަން ދައްޗެވެ. އިރުފާންގެ މޫނަށް ވިކްޔަން ބަލަން އިން ގޮތުން އިރުފާނަށް އުދަގުވަމުން ދިޔައެވެ. ވިކްޔަންގެ އަތްތެރެއިން އަތް ދަމައިގަތީ ވަގަކު ވަށްކަންކުރަން އުޅެނިކޮށް ފަޅާއެރުމުން ސިހޭ އުސޫލުންނެވެ. ވިކްޔަންގެ އެބެލުމުގައި ތަފާތު ކަމެއްވެއޭ އޭނާގެ ހިތް ބުނާ ކަހަލައެވެ.

“މަންމަ މިއަންނަނީ ދެކުދިންނަށް ކޮފީ ހިފައިގެން” ވިކްޔަންގެ އިތުރު ސުވާލެއް އަމާޒުވުމުގެ ކުރިން ފީރޯޒާ އަވަހަށް އެތަނުން ތެދުވެގެން ބަދިގެއަށް ގޮސް ވަނެވެ.

“ކީއްވެ ދޮންދައްތަ ކޮފީ ބަލާ ދިޔައީ. ކޮބާ މިގޭ އެހެން މީހުން. ދޮންބެގެ ވައިފް ވެސް ނުފެނޭ” ގޭތެރޭގެ އެކި ދިމާލަށް ވިކްޔަންގެ ދެލޮލުގެ ކަޅި ދަތުރުކޮށްލީ އޭނާގެ ރާޑަރަށް ރަޔާހީންގެ ރީތި ސޫރަ އަރާތޯއެވެ. އެއްވެސް ދިމާލަކުން ރަޔާހީންގެ ވަސް ވެސް ވިކްޔަންގެ ނޭފަތުގައި ނުޖެހުމުން އަނެއްކާ ވެސް ވިކްޔަންގެ ނަޒަރު ދެވަނަ ފަހަރަށް އިރުފާނަށް އަމާޒުކޮށްލިއެވެ.

“ވިކީ ދަރިފުޅަށް މާކް ނުގުޅާތަ! ޔޫމީ އާއި ދެކުދިން ވަރަށް މަޖާނަގާ އެބަ ހަނީމޫން ދަތުރުގަ” އިރުފާން ނަފްސު ހަމައަކަށް އަޅުވާލަމުން ވިކްޔަންގެ ހިތު ތެރޭގައި އިތުރު ސުވާލެއް އުފެދުމަށް ޖާގައެއް ނުދިނުމަށްޓަކައި މުޅުން އެހެން މައުލޫއަކާއި ދިމާލަށް މިސްރާބް ޖެހިއެވެ.

“ދޮންބެ އަޅުގަނޑު އެއްޗެއް އަހާލަންތަ؟” ސިހިފައި އިރުފާނަށް ވިކްޔަންގެ މޫނަށް ބަލާލެވުނެވެ. ވިކްޔަންގެ އެކުޑަކުޑަ ޖުމްލައިން ވެސް އިރުފާންގެ ހިތަށް ހާސްކަން ވެރިވެގެން ދިޔައެވެ.

“ދޮންބޭ! ހާދަ ބިރެއް ތިގަތީ. ދޮންބެއަށް ކިހިނެއްވެފަ ތިނީ” ވިކްޔަން އިރުފާންގެ ކޮނޑުގައި ހިފާ ތަޅުވާލަމުން ބުނެލިއެވެ.

“ހެހެހެ…. ދޮންބެއަށް ކަމެއް ނުވޭ. ކޯއްޗެއްތަ އަހަން އުޅުނީ” އިރުފާން ހަމަޖެހިލަމުން ވިކްޔަން އާއި ނަޒަރު ސީދާ ކޮށްލިއެވެ.

“ދޮންބެގެ ކުރީގެ އަންހެނުން ފަރުހީން…….”

“ހުއްޓާލާ. ތީކާކު ދެއްކި ވާހަކައެއް. ވިކީ ވެެސް އެކަން ޤަބޫލުކުރީތަ؟ އެއީ ދޮގެއް. އަހަރެން އޭނައެއް ނުމަރަން” ކުއްލިއަކަށް ސިހި ވިިކްޔަން އަށް އިންތަނުން ކޮޅަށް ތެދުވެވުނެވެ. ވިކްޔަންގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް އިރުފާން އަމަލްކުރަން ފެށި ގޮތަކުން އޭނާގެ ހިތުގައި ވި ޝައްކު ޔަޤީނަށް ބަދަލުވެގެން ދިޔައެވެ. ދެލޯ ފެންކަޅި ވެގެން ދިޔައީ އެސްފިޔަ ޖަހާލާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އިރުފާން ދުލުން އެއްބަސް ނުވިއެއް ކަމަކު އޭނާގެ އަމަލްތައް ހުރި ގޮތުން ވިކްޔަން އަށް ހުރިހާ ކަމެއް އެނގި ސާފު ވެއްޖެއެވެ.

“ދޮންބޭ! އެބަ އެނގޭތަ ތިކިޔޭ އެއްޗެއް. އަޅުގަނޑު ބުނަން އުޅުނީ ފަރުހީނާއި ދޮންބެގެ ވައިފް އާއި ވައްތަރުހޭ ވަރަށް. މަންމަ އެކަހަލަ އެއްޗެއް ބުނީމަ” ވިކްޔަން އޮޅުވާލިއެވެ. އިތުރަށް ސުވާލު ނުކުރިޔަސް އޭނާގެ ހިތުގައި ިއުފެދިފައިވި ސުވާލުތަކުގެ ޖަވާބު ލިބިއްޖެއެވެ.

“ނޭނގޭ ދޮންބެއަކަށް. ވިކީ އިހަށްދޭ” އިރުފާން އެއްއަތުން އުނަގަނޑުގައި އަތް އަޅުވާލައިގެން ހުރެ އަނެއް އަތުން ކަނދުރާގައި އަތް ހިންގާލަމުން ބުނެލިއެވެ. ވިކްޔަން ވެސް ލަސްކުރަން ނަހަދާ އަވަހަށް އެބައިން ނިކުތެވެ. ކަންތައްތައް ދެން ވެގެން ދާނޭ ގޮތެއް ނޭނގޭތީ އޭނާގެ ސިކުނޑި ވަނީ ހާސްކަމެއްގެ ތެރޭގައެވެ.

************************************************************************

އަތުގައި އައްސާފައިވާ ފޮތިގަނޑު ނައްޓުވަން ދެފަރާތަށް އެއްލަމުން ދިޔަ ރަޔާހީންގެ ދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ބޮލުން ފަޅައިގެން ގޮސްފައިވާ ތަނުގައި ރިއްސާވަރުން މޮޔަވާވަރު ވެފައި ވުމުން ވެސް އޭނާ ތެމިފައިވާ އެސްފިޔަތައް އުފުލާލާ ހަމަ އެހާލުގައި ނިދި ޖެހިފައި އިން ރަމްލާ އަށް ބަލާލިއެވެ. މިވީ ކުޑަ ވަގުތުކޮޅުގެ ތެރޭގައި އޭނާގެ ހަނދާނަށް ލޯބިވާ ދޮންތަ އަންނަން ފެށިއެވެ. ދޮންތަ އުފުލާފައިވާ ވޭނާއި ތަދު އިޙުޞާސް ކުރެވި އޭނާގެ ހިތް ރޮމުން ދިޔައެވެ. ފަހު ވަގުތުގައި ބީހާލްގެ ޙަބަރެއް ވެސް ނުވެ އިރުފާނާއި ރަމްލާގެ އަތްދަށުވުމުން ކަރުއެލުވާލަން ޖެހުމުން ކުރެވެމުން އައި ހުރިހާ އުއްމީދެއް ފެނަށް ވެގެން ދިޔައެވެ. ކުއްލިއަކަށް ރަޔާހީން ސިހިގެންދިޔައީ ކުރިމަތީގައި އައިސް ހުއްޓުނު ބީހާލް ފެނިފައެވެ. ބީހާލް ފެނުމާއެކު ރަޔާހީނަށް ރޮއެގަނެވުނެވެ. ނަމަވެސް އިސްޖަހާލީ ދުލު ކުރިޔަށް އެންމެ ޝަކުވާއެއް ވެސް ގެންނަން ބޭނުންނުވާތީއެވެ. ރަޔާހީންގެ ދެއަތް ސަލާމަތްވުމާއެކު އޭނާ އަވަހަށް ގޮސް ރަމްލާގެ މޫނުގައި ފިރުމާލިއެވެ. ލަސްލަހުން ދެލޯ ހުޅުވާލި ރަމްލާ އަށް ކައިރިން ރަޔާހީން ފެނި ރޮއެގަނެވުނެވެ. ރަމްލާގެ ނިތަށް ބޮސްދިނުމަށްފަހު ރަޔާހީން ދެން އުޅުނީ ރަމްލާ އައްސާފައިވާ ވާތަށް މޮހާލުމަށްފަހު އަވަހަށް ރަމްލާ ކޮޅަށް ނެގޭތޯއެވެ.

“ދަރިފުޅާ. މިނުބައި މީހުންގެ އަތްދަށުން އަހަރެމެން ސަލާމަތެއް ނުވާނެ. މިތަނުން މަގަށް ނިކުމެވެތޯ ބަލަމާ ހިނގާ. އޭރުން ފުލުސް އޮފީހާ ހަމައަށް ދެވޭނީ. އެމީހުންގެ ނުބައިކަން މިހާރު ހުންނާނީ ދަރިފުޅަށް ފެނިފައި” ރޮވެމުން ދިޔަ ރަމްލާ އަށް ރަޔާހީން ކޮނޑުގައި ބޯ އަޅާލެވުނެވެ. ރަމްލާގެ ބޮލުގައި ފިރުމާލަމުން ރަޔާހީން ބަލާލީ ކައިރީގައި ހުރި ބީހާލް އަށެވެ.

 

“އަނެއްކާވެސް އަހަރެން މިވަނީ ހީންގެ މާފު ބޭނުންވެފައި. އަހަރެންނަށް އެންމެ ބޭނުންވި ވަގުތުކޮޅުގައި ހީން ކައިރީގައި ނުހުރެވުނު. އަހަރެންނަށް ހުރަސް އެޅީ އަހަރެމެންގެ ތެރެއިން ޖިންނިއަކު. އަހަރެންނަށް ހީންގެ ހުރިހާ ކަމެއް ބަރާބަރަށް އެނގޭ. ބައްޕަ އާއި ދެބަސްވާން ޖެހުނީ. މިކަމަކީ އަހަރެން އަމިއްލަ ނަފްސަށް ވެފައިވި ވައުދެއް. މިކަން އަހަރެން ކުރާނަން” ބީހާލް ރަޔާހީނަށް އޮޅުންފިލުވާ ދެމުން ދިޔައީ މިވީ ވަގުތުތަކުގައި އޭނާގެ ޣައިރު ހާޟިރުގައި ރަޔާހީނަށް ލިބުނު އަނިޔާތައް ލޮލުން ފެނުމުން ހިތަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުންނެވެ.

“ހީން ރަނގަޅަށް އަޑުއަހައްޗެ އަހަރެން މިބުނަން އުޅޭ އެއްޗެއް. މި ވާހަކައިގެ އެންމެފަހު ހިސާބަށް މިވަނީ އާދެވިފައި. މިވާހަކަ ނިންމަންވީ ހިސާބު ޖެހިއްޖެ. ދެން އޮތީ ހީން އަށްޓަކައި އުފާވެރި ދުވަސްތަކެއް. ރަމްލާއްތައް އަށް ވިސްނަދީ. ބުނޭ ކާމިޔާބު އޮތީ އަހަރެމެން އަތް މަތީގައޭ. ” އަނގަ ނުތެޅުވިއެއް ކަމަކު ބީހާލް ބުނަން ބޭނުންވި ހުރިހާ އެއްޗެއް ރަޔާހީނަށް އަޑު އިވުނެވެ.

“ރަމްލާއްތާ ދެރަނުވޭ. އަދި ވަގުތުފާއިތެއްނުވޭ. އަދި އަހަރެމެންނަށް ކުރިއަށް ޖެހެވިދާނެ. އަހަރެމެން މިތަނުން ސަލާމަތްވާނެ. ރަމްލާއްތަ ނުރޮއި ހުރޭ” ރަމްލާގެ ބުރަކަށީގައި ފިރުމަމުނދިޔަ ރަޔާހީން ބުނެލިއެވެ.

“ހީން. މޫނުމަތީގައި ތިވާ ޒަޙަމަށް މިހާރުވާނީ ކޮންމެސް ވަރެއްގެ ލުއިކަމެއް ލިބިފައި. އެންމެފުރަތަމަ ދެމީހުން މިތަނުން ނިކުމޭ. ދޮރުގަ ތަންޑެއް ނީންނާނެ މިހާރު. ހީންމެން ނިކުމެ ސިއްރުން ހީންގެ ކޮޓަރީގައި ހުރޭ. ލޫކަށް ގުޅޭ ގޮތް އަހަރެން ހަދާދޭނަން. މިހާރު އަހަރެންގެ ބާރުން ނެރެފިއްޔާ ފަހަރެއްގައި ރަމްލާއްތަ ޖެހިލުންވެ ބިރުގަނެދާނެ. އެހެންވީމަ އަވަސްކުރޭ” ބީހާލް ބުނި ބުނުމަށް ރަޔާހީން ސިއްރުން ރަމްލާ ގޮވައިގެން މަޑުމަޑުން ފިޔަވަޅު އަޅަމުން އޭނާގެ ކޮޓަރިއަށް ވަނެވެ. ރަމްލާ ކައިރީގައި އެނދުގައި ނުތެދުވެ އިންނަން ބުނުމަށްފަހު ރަޔާހީން ދޮރުން ނިކުތުމަށްފަހު އިރުކޮޅަކުން ދެން ވަންއިރު އަތުގައި ވަނީ އޭނާގެ ފޯނެވެ. އިރުކޮޅަކުން ރަޔާހީނަށް ކޮޓަރިތެރެން ބީހާލް ވެސް ފެނުނެވެ. ޑްރެސްިންޓޭބަލް ކައިރީގައި ކޮޅަށް ހުރި ބީހާލްގެ މޫނުމަތީގައި ވަނީ ސީރިޔަސް ކަމެވެ. ބީހާލް އަށް ބަލާލަމުން އެއްޗެއް ބުނަން އުޅުނު ރަޔާހީނަށް އެންމެ ފުރަތަމަ ޖެހުނީ ރަމްލާގެ މޫނުމަތިން ފެންނަން ހުރި ސުވާލުގެ ޖަވާބުދޭށެވެ.

“ރަމްލާއްތަ ހާސްނުވޭ. ފޯނު މިގެނައީ ސިޓިންގްރޫމުގައި އޮށްވާ” ރަޔާހީން އަތުގައި އޭނާގެ ފޯނު އޮތްތަން ފެނި ޚައިރާންވެފައި ކޮޅަށް ތެދުވި ރަމްލާ އަށް ސުވާލުކުރުމުގެ ކުރިން ރަޔާހީން ޖަވާބުދިނެވެ. ރަމްލާ ކައިރީގައި އިށީނުމަށްފަހު ރަޔާހީން ލޫކަށް ގުޅާލުމަށްފަހު ފޯނު ކަންފަތުގައި ޖެހިއެވެ.

“ހީން…. ކޮންތާކު އުޅުނީ. ޚަބަރެއްވެސް ނުވަމެއްނު. އަހަރެން ކިހާ އިރެއް ގުޅާތާ. ފޯނު ނިވާލާފައި އޮތްކަމަށް ބުނަނީ. އަހަރެން ނަދޫ ވެސް ފޮނުވައިފިން މިހާރު ތިގެއަށް. ކޮންމެސް ކަމެއް ގޯސްވެއްޖެ” އެކޮޅުން ލޫކްގެ އަޑު ރަޔާހީނަށް އިވެމުން ދިޔައެވެ.

“ލޫކް!! މިގޭ އުޅޭ އިރުފާނާއި ފީރޯޒާ އަހަރެންނާއި ރަމްލާއްތަ…….” ފެށިގެން ނިމެންދެކަށް ގޭތެރޭގައި ކަންތައްވީ ގޮތް ރަޔާހީން ލޫކަށް އޮޅުންފިލުވާ ދިނެވެ.

“ކޯޓްއަމުރު ލިބިއްޖެ. ކުޑައިރުކޮޅަކުން ދާނަން ތިގެއަށް. ލަސްވީ ސަރ ކަނޑުމަތީގައި ހުންނެވީމަ. މިހާރު ލަންޗް ނަގަނީ. ކައިރިކުރަމުން ހީން އަށް ހަބަރެއް ވެލާނަން. އަދި އެއްވާހަކަ. އަހަރެމެން ތިގެއަށް ކައިރިކުރާތާ ދިހަ ވަރަކަށް މިނިޓް ފަހުން މީޑިއާ ވެސް އަންނާނެ. އެމީހުން ފަހަރެއްގައި ހީންގެ އިންޓަރވިއު ބޭނުންވެދާނެ. އެކަމަކު އަހަރެން ވަކި އެއްޗެއް ނުބުނަނީސް އެއްވެސް މީހަކަށް އެކައްޗެއް ވެސް ކިޔާ ނުދެތި” ފޯނު ކަންފަތާއި ދުރުކޮށްލި ރަޔާހީން އެނބުރި ފަހަތުގައި ހުރި ރަމްލާގެ ގައިގާ ބައްދައިގަތެވެ. އެހިނދު ކަރުނައިގެ ތެރޭން ރަޔާހީންގެ ލުއިލުއި ހުނުމުގެ އަޑު މަޑުމަޑުން ކޮޓަރިތެރޭގައި ފެތުރިގެން ދިޔައެވެ. ބީހާލްގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވި ނަމަވެސް ހަމަ އެހާ އަވަހަށް މުޅި މޫނުމަތި ވަށާލީ ސީރިޔަސް ކަމެވެ. ބައްދައިގަތެވެ. އެހިނދު ރަޔާހީންގެ ލުއިލުއި ހުނުމުގެ އަޑު މަޑުމަޑުން ކޮޓަރިތެރޭގައި ފެތުރިގެން ދިޔައެވެ.

“ރަމްލާއްތާ ފުލުހުން އެބައާދޭ. ކުޑައިރުކޮޅެއްގެ ތެރޭގައި އަހަރެމެންގެ މަޤްޞަދު ހާޞިލްވާނެ” ރަމްލާ ވެސް ދެލޮލުން ވެއްޓުނުކަރުނަތިކި ފޮހެލުމަށްފަހު ރަޔާހީންގެ ބުރަކަށީގައި ބައްދާލިއެވެ.

*******************************************************************

ސިޓިންގްރޫމުގައި ދެކޮޅަށް ހިނގަ ހިނގާ ހުރި ފީރޯޒާ އާއި އިރުފާނަށް އަދިވެސް ހަމަޖެހުމެއް ނުލިބޭއެވެ. ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ރަޔާހީނާއި ރަމްލާ ވަނީ އެދެމައިންގެ މުޅި ހަމަޖެހުން ނަގާލާފައެވެ. އުމުރުން މިފަދަ ދުވަހެއް ދެކެން ޖެހިދާނެ ކަމަށް ދުވަހެއްގައި ވެސް ފީރޯޒާ ހީކޮށްފައެއް ނެތެވެ. މީގެ ތިންއަހަރު ކުރިން އެމީހުން ފަސްއަޅާ ފޮރުވާފައިވާ އެކަންތައް ދެދުވަހަށް އެގެއަށް އައިސް ހުރި އޭނާ އަށް ވުރެ އުމުރުން ހަގު ކުއްޖަކު ކޮނެގެން ނަގާނެކަމަކަށް އޭނާ އަށް ހީކުރެވިފައެއް ނެތެވެ. ދުނިޔޭގައި އެތައް ދުވަހަކު އުޅެވި ހަޔާތުގައި އެތަކެއް ތަޖުރިބާއެއް ލިބިފައި ވަނިކޮށް ރަޔާހީން އެދިޔައީ އޭނާގެ އަމިއްލަ ނަފްސަށް މަލާމާތް ކުރާ ވަރުގެ ބޮޑު ލަނޑެއް ދީފައެވެ. ދިރިއުޅުމުން ދަސްވި އެއްވެސް އެއްޗެއް ނެތެވެ. ލޯބިވާ ފިރިހެން ދަރިފުޅު ލޯބީގާ ދީވާނާ ވެގެން ކުށެއްނެތް އަންހެނަކާއި މަޢުސޫމް ކުޑަކުޑަ ދެކުދިން ރަޙްމެއްނެތި މަރާލާފައި އެއްލާލިކަން އެނގުމުން ފުރަތަމަ އޭނާ ވެސް ޤަބޫލުނުކުރެވުނެވެ. ނަމަވެސް އެކަން އެވަނީ އޭނާގެ ދަރިފުޅު ކޮށްފައެވެ. އެދުވަހު މުޅި މާލެއަށް އެއާއިލާއޭ ކިޔައިގެން އެތައް ގޮތަކަށް ވަނީ ވާހަކަފަތުރާފައެވެ. އެދުވަހު ލޯބިވާ ފިރިމީހާ ލަދުން ގެއިން ނުނިކުމެ ސިކުނޑި ގޮށްވަން އެނދުގައި އޮތް މަންޒަރުން ފިރޯޒާގެ ވެސް ހިތް ރޮށްވާލިއެވެ. އެތައް ގޮތަކަށް ދެމަފިރިން ވިސްނުމަށްފަހު ދެމަފިރިން ނިންމީ އެކަމަކީ ފަރުހީން އަމިއލް އަށް ކުރި ކަމެއްގެ ގޮތުގައި ހަދާށެވެ. އެކަމަށްޓަކައި އެދެމަފިރިން ވަނީ އެތައް ފައިސާއެއް ހޭދަކޮށްފައެވެ. ފުރަތަމަ ފަހަރަށް އިރުފާންގެ ގަޔަށް އަތް އިސްކުރެވުނު ދުވަހަކީ ވެސް އެއީއެވެ. ނަމަވެސް މިއަދު ކަންވީ ގޮތް ނިކަން ދެކިބަލާށެވެ. އެމީހުން އެދުވަހު އެކަން ކުރީ ކިހާ ރޭވުންތެރިކަމާއެކުގައި ހެއްޔެވެ؟ ޖިންނިއެއް މެދުވެރިވެގެން ވިޔަސް ހެވެވެ. މިއަދު ބާޒީ މިވަނީ ރަޔާހީންގެ ކޮޅަށް އަނބުރާލާފައެވެ.

އެނދުގައި ތިބި ރަމްލާ އާއި ރަޔާހީނަށް ސިހި ކުލއްލިއަކަށް ކޮޅަށް ޖެހުނީ ކޮޓަރީ ދޮރުހުޅުވާލާފައި ވަން އިރުފާން ފެނިފައެވެ. އަތުގައި އޮތް ފޯނު ފުރަގަހަށްލާ ފޮރުވާލި މަންޒަރު ރީއްޗަށް އިރުފާނަށް ފެނުނެވެ. ހިކި ފަންވަތެއްގެ ކޮޅުގައި އަލިފާންކޮޅެއް ރޮއެކޮށްލުމުން އެއަލިފާންކޮޅު ކިހާ ބާރަކަށް ފެތުރިގެންދާނެ ހެއްޔެވެ؟ އެއަށްވުރެ ވެސް ބާރަށް  އިރުފާން ރަޔާހީނާއި ދިމާލަށް ދިޔައެވެ. ރަޔާހީންގެ ބޮލުގެ އިސްތަށިގަނޑުގައި އިރުފާން ހިފުމާއެކު ރަޔާހީނަށް ރޮއެގަނެވުނެވެ. ދުރުގައި ހުރި ބީހާލް އެއައި ގޮތަށް ހިފީ އިރުފާންގެ ދަށްބޮލުގައެވެ. އެހިނދު އިރުފާނަށްވީ ގޮތް ފެނި ރަމްލާ ދެލޯ މަރާ ބާރުކޮށްލިއެވެ. ރަޔާހީން އަތުގައި ހިފާ ފިތާލެވުނެވެ. ރަޔާހީންގެ ބުރަކަށީގައި މޫނު ފޮރުވާލެވުނެވެ.

ބޯ އަރިކޮށްލާ އިރުފާން ބަލާލިއިރު ކައިރީގައި މިހުރީ އޭނާ އަށް ގޯނާ ކުރަމުންދާ ރޫހާނީ އެއްޗެވެ. ރީތި ފިރިހެން ކުއްޖެއްގެ ސިފައިގާ ހުރެފައި ނުބައި އެއްޗަކަށް ބަދަލުވެގެން އެދިޔައީ އިރުފާންގެ ކުރިމަތީގައެވެ. ބީހާލްގެ ބަރު ހުނުމުގެ އަޑު އިރުފާނަށް އިވުމާއެކު ގަދަވެފައި ރަޔާހީނަށް އަނިޔާކުރުމަށް އަތް އުފުލާލި އިރުފާނަށް ރޮއެގަނެވުނެވެ. އިރުފާންގެ އަނގައިގެ ތެރެއަށް ބީހާލްގެ މުޅި އަތްތިލަ ވަނީ ކޮށްޕާލާފައެވެ. އެއްފަރާތުން އިރުފާންގެ އަނގަ އިރެމުންދާ މަންޒަރު ފެނި ރަޔާހީން މޫނުމަތީގައި އަތް އެޅިއެވެ. ފެނުނު މަންޒަރުން ޝޮކެއްގައި ހުރި ރަމްލާ އެނދުމައްޗަށް ވެއްޓުނީ ކަނޑާ ވައްޓާލި ގަހެއްގެ ގޮފި ގަނޑެއްހެންނެވެ.

“ކިހާދެރަ. ކަލޭ ފަޅި ސިކުންތުކޮޅަކަށް އަހަރެން މަތިން ހަނދާންނައްތާލީތަ؟ އަހަރެން ކަލެއަށް އަނިޔާވެރިވާކަށް ނެތިން. އެކަމަކު މީހަކަށް ކަލޭ އަނިޔާވެރިވާ މަންޒަރު ދެން މަށަށް ފެނިއްޖެނަމަ ތިދެއަތް ސަލާމަތުން ނުބާއްވާނަން” ބީހާލް އިރުފާނަށް ފުރަގަސް ދިނުމާއެކު އިރުފާން ދުވަމުން އެކޮޓަރިން ނިކުންނަން އުޅުނެވެ. ނަމަވެސް ފަހަތް ބަލާލެވުނީ ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގުނެވެ. އެވަގުތު ކޮޓަރި ތެރޭގައި މޫނުމަތީގައި އަތް އަޅައިގެން ހުރި ރަޔާހީނާއި އެނދުގައި ޚަބަރު ހުސްވެފައި އޮތް ރަމްލާ ނޫން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ބީހާލް ފެންނަން ނެތުމުން އިރުފާން ކުޑަކޮށް ދިމަދިމާ ހޯދަން ފެށިއެވެ.

ރޫހާނީ އެތީގެ އެއްވެސް ހިލަމެއް ނުވުމުން ދަތްކުނޑި ވިކާލަމުން  ކުރިއަށް ފިޔަވަޅު އަޅަމުން ދިޔަ އިރުފާން ހުއްޓުނީ ރަޔހީން ކުރިމަތީގައެވެ.

“ކީކޭ ކަލޭ ބުނީ.. ލޯބިވަނީ ކޭވީ ދެކެއޭ. މިފަހަރު ކަލޭ ވެސް ޖެހޭނީ ފަރުހީން މަރުވިހެން މަރުވާން. އަހަރެން ކަލޭދެކެ ކިހާ ލޯބިވީން. އަދިވެސް ވޭ. އެކަމަކު އަހަރެންނަށް ނުލިބުނުތާ އެހެން އެއްވެސް މީހަކަށް ލިބުނަކަ ނުދޭނަން….” ރަޔާހީން ކަރުގައި އިރުފާން ހިފުމާއެކު ގައިބުވެގެން ހުރި ބީހާލް ފާޅުވިއެވެ. އިރުފާންގެ ދެއަތުގައި ހިފުމާއެކު މައްޗަށް ނެގީ ދެއަތް ދެފަރާތަށް ކްރޮސް ކޮށްލަމުންނެވެ. އެއްވެސް ތަނެއްގައި ނުޖެހި އިތިފުށަށް އޮތް އިރުފާން ހަޅެއްލަވަމުން ދިޔައެވެ. ވޭނުން ފުރިގެންވީ ގޮތަކަށް އިރުފާން ރޮމުން ދިޔައިރު އެތަނުގައި އެ އަޑު އަހާނެ ހަމަ އެކަކު ވެސް ނެތެވެ.

މައްޗަށް ދިޔަ އިރުފާންގެ އެއްވެސް ހަބަރެއް ނުވުމުން ސިޑިއާއި ދިމާލަށް އެނބުރުނު ފީރޯޒާ ގަނޑުވީ ލޮލަށް ފެންނަމުންދާ މަންޒަރު ޤަބޫލުނުކުރެވިގެންނެވެ. އެއްވެސް ތަނެއްގައި ނުޖެހި ވައިގެތެރޭގައި އިދިފުށަށް އޮތް އިރުފާން ސިޑި ހުރަސް ކޮށް އެއަންނަނީ ފީރޯޒާ އާއި ކައިރިއަށެވެ. އިރުފާން އޮތް ގޮތުން އޭނާގެ އެތެރެހަށީގައި އެންމެ ކަށްޓެއް ވެސް ސަލާމަތުން ނުހުންނާނޭކަން އެނގި ފީރޯޒާ ރޯން ފެށިއެވެ.

“ތިހެން ނަހަދާ މަގޭ ދަރިއަށް. އަހަރެމެންނަށް މާފްކުރޭ….. އަހަރެމެން ދޫކޮށްލާ” އެއްޗެއް ނުފެނުނު ކަމުގައި ވިޔަސް ދެފަރާތް ހޯދަމުން ދިޔަ ފިރޯޒާ ރޮމުން ބުނަމުން ދިޔައެވެ. އިރުފާންގެ ހަށިގަނޑުން ބީހާލް ދޫކޮށްލުމާއެކު ތިރިއަށް ވެއްޓުނު އިރުފާން ކައިރިއަށް ފިރޯޒާ ގޮސް ޖެހުނެވެ. އިރުފާންގެ އެތައްމިތާ ފިރުމަން ފެށީ އޭނާގެ އަތުން އިރުފާންގެ ވޭންތަކަށް ލުޔެއް ހޯދާދިނުމަށެވެ.

******************************************************************

ސިޓިންގްރޫމުން ނިކުމެވޭ ބެލްކަނީގައި މަހާ ހުރީ އެއްފަރާތެއްގައި މައިސަރާ ބަހައްޓާފައި ހުރި މާގަސްތަކުން މާ ބިންނާށެވެ. ފުލުފުލުގައި ފުލުހުންގެ ތިން ވެހިކަލް ގެއާއި މާދުރުނޫން ހިސާބެއްގައި ޕާރްކޮ ކޮށްފައި ރަންމުތްގޭ ގޭޓު ހުޅުވާލުމާއެކު މަހާ ބަލާލީ ސޯފާގައި ވާހަކަފޮތެއް ހިފައިގެން އިން މައިސަރާއަށެވެ. ހެޑްފޯން އަޅައިގެން ފިލްމު ބަލަން އޮތް ވިކްޔަން އަށް މަހާ އާއި ދިމާލަށް ބަލާލެވުނީ ނޭނގުމުގެ ތެރޭންނެވެ.

“ދޮންބޭ!!! ޕޮލިސް” މައިސަރާ އަށް އިންތަނުން ކޮޅަށް ތެދުވެވުނެވެ. ފުލުހުން އަންނާނީ ކޮންމެސް ބޮޑުކަމެއް ދިމާވުމުން ކަން މައިސަރާ އަށް އެނގޭއެވެ. ދުވެފައި ގޮސް ބެލްކަނިން ބޭރު ބަލާލީރު ފުލުހުން ފިރޯޒާ އުޅޭ ބަޔަށް ވަންނަނީއެވެ. ހެޑްފޯނު އަޅައިގެން އިނުމުން މަހާ ބުނި އެއްޗެއް ސާފުނުވެ އިން ވިކްޔަން ކޮޅަށްތެދުވީ މައިސަރާ ދުވެފައި ބެލްކަންޔަށް ނިކުތް މަންޒަރު ފެނުމުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ކެހިވެރި ދުނިޔެ…..

Next

ބަރުބާދުވި އަހަރެންގެ ހަޔާތް

Next
September 27, 2017

ބަރުބާދުވި އަހަރެންގެ ހަޔާތް

Previews
September 27, 2017

ކެހިވެރި ދުނިޔެ…..

42 Comments!

  1. Ushaali says:
    September 27, 2017 at 5:16 pm

    Assalam alikum and alhamdhulillah…. mi bai ves buni dhuvahah genesdhevuneethee varah ufaa vehjje. heevaa gothun dhn onnaany emme fahu bai.
    huriha kudhinnah ves mi bai kamudhaane kamah heekuran 🙂 🙂 🙂
    dhn in bai friday konmes gadieh ga genesdheveytho varah massakai kuraanan. 🙂

  2. Juvey says:
    September 27, 2017 at 5:19 pm

    Wow me first tha?

    1. Ushaali says:
      September 27, 2017 at 8:44 pm

      ya juvey first 🙂

  3. shaima says:
    September 27, 2017 at 5:21 pm

    me 1st dhw

    1. Ushaali says:
      September 27, 2017 at 8:45 pm

      second kannenge shaima 🙂

  4. shaima says:
    September 27, 2017 at 5:22 pm

    dhen kon irakun up waany v vvvv ciurios

    1. Ushaali says:
      September 27, 2017 at 8:45 pm

      friday ga. insha allah. thankyou 🙂

  5. Naby says:
    September 27, 2017 at 5:23 pm

    Yeyy… me first dhww..
    Ma shaa allah varah reethi mi bai vs…
    Keep it up ushali?

    1. Ushaali says:
      September 27, 2017 at 8:46 pm

      thankyou Naby 🙂

  6. Anum says:
    September 27, 2017 at 5:29 pm

    Plx upload next part v soon

    1. Ushaali says:
      September 27, 2017 at 8:47 pm

      yes Anum. insha allah 🙂

  7. thuhthi says:
    September 27, 2017 at 5:33 pm

    yayyyyy…. am i first????
    varah reethi story…
    dhn othy enme fahu part dhw….
    avas kohdhehcheyy e part….
    maadhama up kohdheythi ….. pleeexxxxxxxx
    varah kiyaa hiyy vey eba…. <3

    1. Ushaali says:
      September 27, 2017 at 8:48 pm

      thankyou so much thuhthi 🙂

  8. Juvey says:
    September 27, 2017 at 5:36 pm

    V nice ..vaahaka nimenee dww ..v dhera vey nimeythee???

    1. Ushaali says:
      September 27, 2017 at 8:51 pm

      yes juvey… mi vahaka nimeny. miah vure dhigukuranya kiyuntherin foohivedhaane. ehenoonas dhn dhigukuranya haasaru dhemeynee
      and juvey dhera nuvey. varah avahah ushaali ge mulhin new story eh fashaanan. inshallah 🙂

  9. mary says:
    September 27, 2017 at 5:37 pm

    vvvvvv salhi

    1. Ushaali says:
      September 27, 2017 at 8:52 pm

      thanks mary 🙂

  10. Aish says:
    September 27, 2017 at 5:49 pm

    Nimuny tha??

    1. Ushaali says:
      September 27, 2017 at 8:56 pm

      nooney Aish

  11. Nashko says:
    September 27, 2017 at 6:54 pm

    Wrh reethi story…. Enme kiyaa hithun kiyaa waahaka mii… Next part wrh maadhamaa up khdhehchey… And all the best

    1. Ushaali says:
      September 27, 2017 at 8:57 pm

      thankyou Nashko. varah ufaavehjje emme kiyaahithun mi story kiyaalaathee 🙂

  12. Mal says:
    September 27, 2017 at 7:09 pm

    Woow vvvv reethi mibaves….next part avas kohdheythi plx…

  13. mal-mal says:
    September 27, 2017 at 7:10 pm

    MashaAllah, mi bai ves v v v reethi!!!???
    keep up the good work, Ushaali!! ???
    waiting for the next part!!

    1. Ushaali says:
      September 27, 2017 at 9:01 pm

      thankyou mal-mal… keep waiting 🙂

  14. Sheru says:
    September 27, 2017 at 7:14 pm

    V v v reethi vaahaka plx plx maadham next part upload kollaathi v v kiyaa hiy vefa mihureee ..

  15. Rose says:
    September 27, 2017 at 7:30 pm

    Wow nice story! Keep it up

    1. Ushaali says:
      September 27, 2017 at 9:03 pm

      thankyou Rose 🙂

  16. shiu says:
    September 27, 2017 at 7:33 pm

    Mashaallah.. vvv furihama…hiytheylhey eba…alhe… ushaa eh koh ninmaalinama….miyadhu…

    1. Ushaali says:
      September 27, 2017 at 9:04 pm

      thankyou 🙂

  17. Iyoo says:
    September 27, 2017 at 8:54 pm

    Vvvvvv reethi….. waiting….. update soon…

    1. Ushaali says:
      September 27, 2017 at 9:04 pm

      thankyou iyoo 🙂

  18. aan says:
    September 27, 2017 at 9:08 pm

    vv vvv nice …….. varah furihama. .

    1. Ushaali says:
      September 27, 2017 at 9:23 pm

      thankyou aan 🙂

  19. Psenhi says:
    September 27, 2017 at 10:20 pm

    Mi part v reethi. Masha Allah

  20. Aish says:
    September 27, 2017 at 10:59 pm

    Adi nuninmafaanantha.keveeaai heenge dhiriulhungenes dhenvaafinama varan ragalhu.

    1. Xee says:
      September 27, 2017 at 11:21 pm

      Ya that’s true up to viky and heen ge wedding ? ? aa hisaaba genesiyaa vv rangahlu and avahah up kobba story vvv vvvv reethi ❤❤❤❤and gn ??tc

  21. alifbaa says:
    September 28, 2017 at 6:59 am

    dhen fashaa story aky ves biruveri story akah hadhahcheyy

  22. Aim Sithu says:
    September 28, 2017 at 9:39 pm

    Mi vaahaka episode 1 to 7 ah nufennany keeve tha ushaalii

    1. Ashth Ashneexiya says:
      September 28, 2017 at 10:36 pm

      Vaahaka mathyga innaane biru veri jahaafa ethanah gossa balaa fennane

    2. Aim Sithu says:
      September 29, 2017 at 5:18 am

      Ushaali ge bayah gos gen nufeney epi 1 and 7 eh.. dhen thi baii chek kohllaany

  23. Boo says:
    September 29, 2017 at 2:15 am

    friday kihaairaku up vaane ??

  24. Aimsithu says:
    September 29, 2017 at 8:19 am

    Vaahaka feshigen ehkoh kiyan.. Ekam reyga foohivegen anekka ves kiyaa hiyy vegen dhevana bureh fashaigen mi kiyaa nimmaaly… Faruhyn marry kuree mode akaa kamah emme furathama baii ga bunefa oii..fahun anekka rayaaheen faroo ge diary kieema eyga oii liyefa husen aaa marry kuri vaahaka..
    Mi thanun aslu rangalhu nan kobaatha ushaalii..

Comments are closed.

Next Episode02:30 33 ވަނަ ބައި←


All Right Reserved!