ދޮރު ހުޅުވާލުމާއެކު އީލާމް ދޮރު ހުޅުވުނު ދިމާލަށް ހައިރާން ކަމާއެކު ބަލާލިއެވެ. އަބީ ހާސްވެ ހުރެ ކޮޓަރި ތެރެއަށް ވަނީ އީލާމް ކަންތައްކުރާނެ ގޮތް ނޭނގޭތީއެވެ. އީލާމް އަބީއަށް ހިނިތުންވުމެއް ދިނީ ދެމީހުން އެކަކު އަނެކަކަށް އިނގޭ ފަދައިންނެވެ. އަބީ އީލާމް އޮތް އެނދު ކައިރީ ވާ ގޮނޑީގައި އިށީނދެލުމަށްފަހު ” ހައު އާރ ޔޫ ފީލިންގް ޑިއަރ” އީލާމް ރަނގަޅޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. އަނެއްކާވެސް އަބީ އިތުރު ސުވާލަކުން އީލާމް ސިއްސުވާލިއެވެ. ” ވަޓް ހެޕެންޑް ޓު ޔޫ ، ވެއަރ އާ ޔޫ ފްރޮމް، ވަޓްސް ޔުރ ނޭމް ” އެއްފައްޗަކަށް އަބީ ގެ ސުވާލުތައް އަމުނާލިއިރު ، އީލާމް އަށް ދޭނޭ ޖަވާބެއް ނޭގުނެވެ. އޭނާ ހަނދާން ކުރަން މަސަތްކަތް ކުރާ ވަރަކަށް ބޯ ހާސްވަނީއެވެ. އީލާމް ބޯ ދެފަރާތަށް ހޫރުވާލީ ނޭނގެއޭ ބުނާ ފަދައިންނެވެ. އަބީ އިތުރު ސުވާލެއް ނުކޮށް އެބައަންނަމޭ ކިޔާފަ ބޭރަށް ނިކުތީ އީލާމްއަށް ކާނޭ އެއްޗެއް ކޮޓަރިއަށް ގެނެސް ދިނުމަށްޓަކައެވެ. ބަދިގެއަށް ވަދެ ކައްކާއަށް ސޫޕް ތައްޓެއް އަޅައި ދިނުމަށް އެދުނެވެ. އަދި ފްރިޖްގެ ދޮރު ހުޅުވާލުމަށްފަހު ޖޫސް ޕެކެޓްނަގާ އެވެސް ތައްޓަކަށް އަޅައި ، ހުރިހާ އެއްޗެއް ޓްރޭއަކަށް އަޅައިގެން އީލާމް ހުންނަ ކޮޓަރިއަށް ވަނެވެ. އީލާމް އޮށޯވެލައިގެން އޮތް އިރު އޭނާއަށް މުޅި ކޮޓަރި ހޯދާ ބެލަމުން ދިޔައެވެ.
އަބީ އޭނާގެ އަތުގައިވާ ޓްރޭ އެނދުކޮޅުގައިވާ މޭޒުގައި ބޭންދުމަށްފަހު އީލާމް ކައިރީ ކެއުމަށް އެދުނެވެ. އީލާމް އަތަށް ސޫޕް ތަށި ދިއްކޮށްލުމުން އޭނާގެ އަތް ތުރުތުރުއަޅާތަން ފެނުމުން އަބީ ސަމްސަލުން ސޫޕް ފޮދު އީލާމްގެ އަނގަޔަށް ލައްވަމުން ދިޔައެވެ. އީލާމް އަބީއާއި ދިމާލަށް ސުވާލުން އުފެދިފައިވާ ނަޒަރަކުން ބަލަމުން ދިޔައިރު ، އަބީގެ ހިތާހިތުން ކިޔާލެވުނެވެ.” އީލާމްގެ މާޒީ އަނެއްކާ ހަނދާން ނެތުނީ ބާއެވެ”. އަތަށް ދެގުޅަ ބޭސް ނެގުމަށްފަހު އީލާމް ކައިރިން ބޭސް ކެއުމަށް އެދުނެވެ. އަބީ ޓްރޭ ހިފައިގެން ބޭރަށް ނިކުތުމަށް މިސްރާބް ޖެހީ އީލާމް ކައިރީ ” ގުޑް ނައިޓް ބުނެލުމަށްފަހުއެވެ.”
އީލާމްއަށް ހިނގާބިނގާވެ އުޅެވެންފެށީ އޭގެ ދެދުވަސް ފަހުންނެވެ. އެރޭގެ ފަހުން އަބީ އީލާމް ކައިރިއަށް ނުގޮސް ބަދަލުގައި ފޮނުވަނީ އާނާއެވެ. އަބީގެ ހިތުގައި ވަނީ ޑޮކްޓަރު އަމަރް ބުނި ފަދައިން ޕޮލިސްއާއި ހަވާލުކުރުމެވެ. ނަމަވެސް އޭނާގެ ހިތަށް ތަފާތު އުނދަގޫ ތަކެއް ކުރިމަތި ކުރަމުން ދިޔައެވެ. އަބީ ވިސްނުމެއްތެރޭގައި އިނުމަށްފަހު ޑރ.އަމަރް އަށް ގުޅާލުމަށްފަހު އީލާމް ގެ ޗެކްއަޕްއެއް ހަދާދޭން އައުމަށް އެދުނެވެ. ޑރ. އަމަރް އައިސް އީލާމްގެ ޗެކްއަޕް ހަދަމުން ދިޔައިރު އަބީ އެމީހުންނަށް ނުފެންނަ ފަދައިން ދުރުގައި ބަލަން ހުއްޓެވެ. އީލާމް އަކީ ކާކުތޯ ، ކޮން ނަމެއް ކިޔާ ކުއްޖެއްތޯ ސުވާލު ކުރުމުން އެއަށް އެއްވެސް ޖަވާބެއް ދޭކަށް އޭނާއަކަށް ނޭނގުނެވެ. ނަމަވެސް އިނގިރޭސިން އީލާމްވެސް އަމަރް އާއި ސުވާލު ކުރަމުން ދިޔައެވެ. ޑރ. އަމަރް އީލާމްގެ ކޮޓަރިން ނިކުތުމަށްފަހު އަބީ އާއި ބައްދަލު ކުރަން އޭނާގެ ކެބިންއަށް ދާން މިސްރާބު ޖެހީ ، އީލާމް އާއި ބެހޭ ގޮތުން އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށެވެ. އަބީ އަވެސްވެގަތީ ޑރ.އަމަރް އައުމުގެ ކުރިން އޭނާގެ ކެބިންއަށް ވަދެ އިށީނުމަށެވެ. ” އަބީ ، ދެޓް ގާރލް ހޭސް ނޯ މެމޮރީ، ބަޓް ޝީ ވިލް ގެއިން މެމޮރީ ވިތް ޓައިމް، ޝީ އިޒް އަ ބިޓް ވީކް ، ވިތިން އަ ވީކް ޝީ ވިލް ބީ ބެކް ޓު ނޯރމަލް” ޑރ.އަމަރް ހާސްކަމެއްގައި ހުރެ އަބީ އާއި ވާހަކަ ދައްކަމުން ދިޔައެވެ. އަބީ ވިސްނާލަން އިނދެފައި އަމަރް ކައިރީ ބުނެލީ އެއްވެސް ކަމެއް ހަނދާން ނެތީސް ކިހިނެއް އޭނާ އިންޑިއާ ޕޮލިހާއި ހަވާލު ކުރާނީ ؟ އަމަރް ވެސް އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ބުންޏެވެ. އީލާމް މަޑު ހިނގުމެއްގައި އައިސް އަބީގެ ކެބިން އަށް ވަނީ އަމަރް އޭނާގެ ފޯނު ބާއްވާފައި އައުމުން ފޯނު ހަވާލު ކޮށް ދިނުމަށެވެ. އަބީއަށް އީލާމްއާއި ދިމާލަށް ބަލާލެވުނީ ހަމްދަރުދީގެ ނަޒަރަކުންނެވެ.އީލާމް ވެސް އަބީ އަށް ހިނިތުންވުމެއް ދިނުމަށްފަހު ދާން ހިނގައިގަތީ އަބީގެ ފަރާތުން އެއްވެސް ކަހަލަ ދައުވަތެއް ނުލިބުމުންނެވެ. ” އަމަރް އައި އޭމް ނޮޓް ޑުއިންގް އެނީތިންގް ޓު ހަރ، ޝީ އިޒް ގޮއިންގް ޓު އެސްއޭ ވިތް މީ ” އަބީ ހަރުކަށި ގޮތަކަށް އަމަރް އާއި ދިމާލަށް ބުނެލީ އަމަރް ހިތް ހަމަނުޖެހޭނެ ކަމަށް ހީ ކޮށެވެ. ނަމަވެސް ކަންތައް ވީ ދިމާ އިނދިކޮޅަށެވެ. ” އައި ވިލް ހެލްޕް ޔޫ ވިތް ދިސް މޭން ، ބަޓް ޔޫ ހޭވް ޓު ޕްރޮމިސް މީ ޔޫ ވިލް ނޮޓް ހާރޓް ހަރ އިން އެނީ ވޭ” އަމަރް މިހެން ބުނެލުމާ އެކު އަބީ ބޯ ޖަހާލިއެވެ.
އަބީ ، އީލާމްގެ ކޮޓަރިއަށް ދިޔައީ އޭނާ އެތާގައ އުޅޭ ކަމަށް ހީކޮށެވެ. ނަމަވެސް އޭނާ ކޮޓަރީގައި ނެތުމުން އަބީ ޔޮޓް ގެ އެއްކޮޅުން އަނެއްކޮޅަށް ހޯދަމުން ދިޔައިރު އީލާމް ދިރުނބާ ކޮޅުގައިވާ ގޮނޑީގައި އިނށީދެލައިގެން އިނީ ވަށައިގެންވާ މާހައުލް އަށް ގެއްލިފައެވެ. އަބީ ގޮސް އީލާމްގެ ކުރިމަތިން އިން މޭޒުގައި އިށީދެލުމަށްފަހު ، އަތް ދިއްކޮށްލީ އަމިއްލައަށް ތައާރަފްވެލާަށެވެ.” ހައި އައި އޭމް އަބީ ” އީލާމް އަތް ދިއްކޮށްލުމަށްފަހު އޭނާ ދެން ބުނަން ވީ ކީކޭތޯ ހަނދާން ކުރަމުން ދިޔައެވެ. ” ޑޯންޓް ވޮރީ އައި ނޯ ޔުރ ނޭމް ، ހައި އީލާމް ” އަބީ އޭނާއަށް އިނގޭ މިންވަރަށް ކިޔައިދިނެވެ. އަބީ އޭނާގެ ޕްލޭން ކިޔައި ދިނެވެ.” އީލާމް އަކީ ކޮން ގައުމެއްގެ ކާކު ކަން ނޭގޭތީވެ، އީލާމް އަށް ކަންތައްތައް ހަނދާންވަންދެން ހުންނާނީ އަބީ ކައިރީ ސައުތު އެފްރިކާގައެވެ. އެހެންވީމައި ލީގަލް ޑޮކުމެންޓްސް ބޭނުންވާނެ އެކޮޅަށް ދާން ، އީލާމް ބޭނުންތަ ނުދަންނަ ބައެއް ކައިރީ މަޑުކުރަން ” އަބީ އިނގިރޭސިން ސުވާލު ކޮށްލުމުން އީލާމް ދެ ކޮޅަށް ބޯ ހޫރުވާލީ ނޫނެކޭ ބުނާށެވެ. އީލާމް އަބީ ކައިރީ މަޑުކުރަން އެއްބަސްވުމުން އަބީ އަށް ބުނަން ނޭގޭފަދަ އުފަލެއް ލިބުނު ކަހަލައެވެ. އަބީ ދިއުމަށް ހިނގައިގަތީ ރޭގަނޑުގެ ކެއުމުން ދިމާވާނޭކަމަށް ބުނެފައެވެ. ” އަބީ ޑޫ ވީ ނޯ އީޗް އަދަރ ބިފޯ” އީލާމް ގެ ސުވާލުން އަބީ އަށް ހުއްޓުން އެރިއެވެ. އަބީ ފަހަތަށް އެނބުރިފައި ” ޔެސް ޔޫ އާރ މައި ފިއުޗަރ ވައިފް” އެހެން ބުނުމަށް ފަހު ހެމުން ހެމުން އެތެރެއަށް ވަނީ މި ކުރެވުނީ ކިހާ ވަރެއްގެ ކަމެއް ކަން ނޭނގި ހުރެއެވެ. އީލާމް އަށް ހިނިތުންވެވުނީ އަބީ އެ ބުނީ ހަމަ ތެދެއްކަމަށް ހީކުރެވިގެންނެވެ. އަބީއަށް ނޭނގިނަމަވެސް އޭނާގެ ޅަ ހިތާއި އެ ކުޅެވުނީ އެންމެ ނުބައި ދަނޑިވަޅުގައެވެ. އަބީ ޑރ. އަމަރް އާއި އެއްކޮށް ޔޮޓުން ފޭބީ އެދެމީހުން އީލާމް ގެންދިއުމަށް ކުރަން ޖެހޭ މަސަތްކަތް ކުރުމަށްޓަކައެވެ.” މިކަމާއި ހެދި އަބީގެ ދަތުރު ދިގުވުން ނޫން އެހެންކަމެއް ނުވިޔެއްނު ” ޑރ.އަމަރް ލާނެއް ގޮތަކަށް އަބީ އާއި ސަމާސާކޮށްލިއެވެ. އަބީ ޖަވާބުގައި ” ވަޓް އެވަރ ، ޝީ ލުކްސް ވޯރތް އިޓް ” އެހެން ބުނެލުމަށްފަހު ހަމަހިމޭންވީ އަމަރް ދިން ބަހުގެ ހަމަލާއަކުންނެވެ.” ސޯ ޔޫ ލައިކް ހަރ ” އަބީ ހިނިތުންވެލުމަށްފަހު އަމަރްގެ ކާރަށް އެރީ ، އީލާމްއަށް ޕާސްޕޯރޓް އެއް ހައްދަން ކުރަންޖެހޭ މަސަތްކަތް ކުރުމަށް ދާން ވީ މަންޒިލް އަމަރް ކައިރީ ބުނެލުމަށްފަހުއެވެ. އީލާމް އަށް ބާރތް ސެޓްފިކެޓްއަކާއި އައިޑީ ކާރޑެއް ބޭނުންވާނޭ ކަމަށް ބުނުމުން އަމަރް ފުރަތަމަ މިސްރާބު ޖެހީ އޭނާގެ ގެޔާއި ދިމާލަށެވެ. އަބީ ކީއްކުރަންތޯ އެގެޔަށް މިދަނީ ސުވާލުކުރުމުންވެސް އަމަރް ޖަވާބެއް ނުދިނުމުން އަބީ އިތުރަށް ސުވާލެއް ނުކޮށް ފޯނުން މެއިލް ތަކަށް ޖަވާބު ދިނުމަށް ހިމޭންވެލިއެވެ. ކޫލް ވިލާގެ ގޭޓް ހުޅުވިގެން ދިޔައިރު އަމަރްގެ ކާރު ގޮސް މަޑުކޮށްލީ ގޭގޭ ދޮރު މައްޗަށެވެ. ކާރުން ނިކުތުމަށްފަހު އަބީ ކައިރީ” ވީ ހޭވް ނީލާމްސް އައިޑީ ޓު މޭކް އަ ޕާސްޕޯރޓް ” އަބީއަށް މަޑުމަޑުން ނީލަމް ކިޔާލެވުނީ އަމަރް އޭނާގެ ކޮއްކޮގެ އައިޑީ ކާޑް ދޭން ވިސްނުމުންނެވެ. އަބީ އަމަރް އާއި ދިމާލަށް ބަލާލުމަށްފަހު ” ކޭން އައި މީޓް ހަރ، އައި ހެވެންޓް މެޓް ހަރ ފޯ އިއާރސް” އަމަރް އޭނާއަށް ބަލާލީ ހައިރާންވެ ހުރެއެވެ.” ޑޯންޓް ޔޫ ނޯ ޝީ ހެޑް އަ ސުއިސައިޑް” އަމަރްގެ ޖަވާބުން އަބީ އަށް ކުއްލި ސިހުމެއް ލިބުނަސް އިތުރަށް އެކަމާ ބެހޭގޮތުން ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ. އަމަރް އޭނާގެ ކޮއްކޮ ބޭސްތަކެއް ކައިގެން އޯވަރ ޑޯސް ވި ވާހަކަ ކިޔައި ދިން އިރު ، އޭނާގެ ޑެތް ރެޖިސްޓަރ ނުކުރާވާހަކަ ބުނެލިއެވެ. ނީލާމް މަރުވުމުގެ ހިތާމަވެރި ހަދިސާ ހިގަން ޖެހުނީ ހިނގި އެކްސިޑެންޓެއްގަ ކަމާއި އެކަމުގެ ސަބަބުން ހަނދާން ނެތި، އެހެން މީހުން އޭނާގެ މާޒީ ހަނދާން ކޮށް ދޭން މަސަތްކަތް ކުރާވަރަކަށް ބޯ ހާސްވެ މާ ގިނައިން ބޭސް ބޭނުން ކުރެވުމުގެ ސަބަބުން އޯވަރޑޯޒް ވި ގޮތް އަމަރް ކިޔާލަ ދިނީ ފުން އަސަރާއެކުއެވެ. އަބީ ގޮސް އަމަރް ގައިގައި ބައްދާލުމަށްފަހު ” ޔޫ ޑޯންޓް ހޭވް ޓު ޑޫ ދިސް” ބުނެލީ އަމަރް ގެ ކިބައިން މިކަމަށް އިތުރަށް އެދުމަކީ ރަނގަޅު ކަމަކަށް ނުވާނެތީއެވެ. ނަމަވެސް އަމަރް ބުނެލީ ” އޭނާގެ ކޮއްކޮއަށް ދިމާވި ކަހަލަ ކަމެއް އެއްވެސް މީހަކަށް ދިމާވާން ނޭދޭތީވެ ، އަބީއަށް އީލާމް ގެ މާޒީ ހަނދާން ކޮށްދޭން އެހީތެރިވެދޭނޭ ކަމުގައެވެ.
ސަރުކާރު އިދާރާތަކަށް އީލާމް ގޮވައިގެން އަބީ ދިޔައިރު އީލާމް އަށް ވަނީ ކިހިނެއްކަމެއް ރެއަކާނުލައެވެ. އެންމެ އަވަހަށް ޕާސްޕޯރޓް ހެއްދޭނޭ ގޮތެއް ހެދުމަށްފަހު އަބީ އީލާމް ގޮވައިގެން ޔޮޓަށް އެރީ ދެން އިތުރު ކަމަކު އީލާމް ގޮވައިގެން ފައިބަން ބޭނުން ނުވާތީއެވެ. ދެދުވަސް ފަހުން ޕާސްޕޯރޓް ބަލާ އަބީ ދިއުމުން އޭނާ އެއާއި ހަވާލުވުމަށްފަހު ، އީލާމް އަށް ބޭނުންވާނޭ ހެދުމާއި ރީތިވާ ސާމާނު ގަނެލީ އެއީ 20 ދުވަހުގެ ދަތުރެއްގައި ފުރައިގެން ދާއިރު އީލާމްގެ އަތުގައި ލައިގެން ހުރި ހެދުން ފިޔަވާ އެއްވެސް އެއްޗެއް ނުހުންނާނެކަން އިނގޭތީއެވެ. އަބީ ފުރުމުގެ ކުރިން ޕާސްޕޯރޓް ލިބުނު ވާހަކަ އަމަރް އަށް އެންގުމަށްފަހު ، ޝުކުރު އަދާކުރީ ، އަޑިއަޑީން ނަމަވެސް އެހާ ފަސޭހައިން ޕާސްޕޯރޓް ލިބޭނޭ ގޮތް ހަދައިދިނުމުންނާއި އޭނާގެ ކޮއްކޮގެ އައިޑީ ކާރޑް އީލާމްއަށް ދިނީމައެވެ. އަބީ އީލާމް ގެ ކޮޓަރިއަށް ވަދެގެން ދިޔައީ ، ގަނެގެން ގެނައި ކޮތަޅު ތަކާއި އެކުގައެވެ. އީލާމް އަތަށް ކޮތަޅުތައް ދިއްކޮށްލުމަށްފަހު އަބީ އޭނާއަށް ޕާސްޕޯރޓް ދިއްކޮށްލިއެވެ. އީލާމް އޭނާގެ ޕާސްޕޯރޓް ބަލާލި ހައިރާންވެ ހުރެއެވެ. ” އައިޝާ ނީލާމް އަމަރް އާލަމް” ، އީލާމް ހައިރާންކަމާއެކު އަބީއަށް ބަލާލީ އެގައި ނީލާމް އިނީމައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
17 Comments!
Comments are closed.


Nice
Thanks 🙂
Salhi
Thanks 🙂
I think Plx eelam ah handaan vaa iru they’ll be in love story
hama habehys ❤❤❤plx avahah up kobala maa lahy up kuraleh
hama vedhaane kan kan .. will upload Thursday Night ga Insha Allah 🙂
Nice?
Thanks 🙂
Nice
Varah reethi 🙂 what will happen to elaam cant wait when is the next part 🙂
wow … Abhi ❤❤❤ varah reethi vaane hen heevey .. konme dhuvahakuvess up kohbba plx
varah salhi. 🙂 good luck 😀
Ahan kura comments Kyve tha publish nuvany…anyway miharu Xeesh buni gadi fahana alhaa gossi nun
.avas kohlabaaaaaa.waitinnnnnnnnnn 😀
Sorry Miadhu mi upload kohlanee 🙂
?? ???????
??xeesh vx gelluny tha
lol … eyna ah eynage nameh vs neynge ekam english eba ingey .. ajaibehnnu thi ee.. bala english ingeynee nan vs engey fahun,.. what rubbish