Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ގޮއްޔެ ބާބު 2 ތޭރަވަނަ ބައި

saana Level 110 Stories
September 27, 2017 One Min Read
7 Comments

އޮފީހުން ކުރަންޖެހޭ ހުރިހާ ކަމެއް ކޮށްލުމަށް ފަހު ނަސީރު އެތަނުން ނިކުތުމުގެ ކުރިން ކަތީބު ހަސަނުގެ ޚިޔާލެއްވެސް ބޭނުންވިއެވެ. ކަތީބުހަސަނަކީ ގާތް ރައްޓެއްސަކަށް ވެފައި މިއަދު ހެނދުނު ދެމީހުން ގެ ދެމެދު ލައްކަވާހަކަ ދެކެވިފައި ވުމާއެކު މިހާރު ދެމީހުން ގެ ދެމެދު އިހުނަށްވުރެ ގާތްކަމެއް ވަނީ އުފެދިފައި ވެއެވެ.

“އަހަރެން  ހިތައް އަރަނީ ސުލައިމާނު ގަބޫލުވާނެ ބާއޭ، އެއީދޯ ގޮއްޔެ ގެ ހުރިމީހަކީ …އޭނަ ބޭނުން ނޫންކަމެއް ގޮއްޔެ ނުކުރާނެ.” ކުޑަކޮށް ބޯކަހާލަމުން ނަސީރު ބުނެލިއެވެ.

” ދެން ގޮއްޔެވެސް އެއީ ކުޑަކުއްޖެއްނޫނެއްނުންތަ. މީހެއްގެ ރުހުމެއް މިހާރަކު ހޯދާކަށް ނުޖެހޭނެ އޭނައެއް. ދަރިންވެސް މަންމަ ބޭނުންގޮތެއް ނިންމުމުގެ އިހުތިޔާރު ދޭންވާނެ. ކިތައްމެ ބޮޑުވިޔަސް މަންމަގެ ދިރިއުޅުމަކާ ދަރިންނަކާ ނުބެހެވޭނެ. ” ހަސަން ކަތީބު ބުނުއްވީވެސް ދޮގުވާހަކައެއްނޫން ތާއެވެ. ނަސީރުވިސްނާލިއެެވެ.

“އެހެންވިއްޔާ ދެން މިހެން ހަދާބަލަ، ޅިޔަނު އަންނާނެ އިރުކޮޅަކުން އާދަނު ގޮވައިގެން، އައީމަ މަ ފޮނުވަފާނަން އެމީހުން ސުލައިމާނުކައިރިއަށް، ދެން އެބުނާ އެއްޗަކުން އެމީހުނަށް ގޮއްޔެހޯދަން ދެވޭންނުން” އަނެއްކާވެސް ހަސަން ކަތީބުގެ މޮޅު ޚިޔާލު ތަކުގެ ތެރެއިން ޚިޔާލެއްދިނެވެ. އަދި އެކަމާވެސް ސުލައިމާނު އެއްބަސްވެ ބޯޖަހާލިއެވެ. “އެންމެ ރަގަޅު، އަޅެ ތިޔަހެންވޭތޯ ބަލާދީބަލަ. މައްސަލައަކީ މިރޭ ފުރާތީދޯ” ވަރަށް ކަރު އެލުވާލާފައި އެހެން ބުނުމުން ހަސަނުކަތީބު ގާތައްވެސް ހިނއައެވެ.

“އާނނ އާނނ މިފަހަރުވެސް ގެއްލިދާނެދޯ، “ކުޑަކޮށް ދިމާކޮށްލުމަކާއެކު ހަސަން ކަތީބު އެހެން ބުނެލިއެވެ. އަދި ނަސީރުގެ މިލާފައިވާ މޫނު ފެނިގެން ހިތްވަރު ދޭ ރާގަކަށް ބުނެލިއެވެ. “އެހެންވިޔަކަ ނުދޭނަން މިފަހަރަކު، މިފަހަރު ނަސީރަށް ތިޔަކަންކޮށްދޭނަން މަ މިމޭޒުދޮށުގަ މިހެން އިނިއްޔާ ތިޔަކަން ވާނެ، ޔަގީންކުރޭ ނަސީރޫ، މަ ތިޔަކަން ކޮށްދޭނަން”

ދެ އެކުވެރިންގެ ސައްލާ ނިންމާލާފައި ނަސީރު ހިގައި ގަތީ ގޭދޮށަށެވެ. ނަސީރު އެރަށުގައި ހުރީވިއްޔާ ފައިބާ ހުންނާނީ ރައްވެހިގޭގައެވެ. ނަސީރުގެ މަގާމުގެ ގޮތުންވެސް ނަސީރަށް އެގޭގައި ހުންނަން ޖެހެނީއެވެ. ކެއިން ބުއިމާ އެހެނިހެން ކަންކަން ވެސް ނަސީރަށް ދަތި ކަމެއްނެތި އެގެއިން ލިބެން ހުރެއެވެ.

*********

ކޮނޑަށް ފޮށައެއް އެއްލައިގެން ހުސްގަޔާ ހަދާލައިގެން މުންޑުން އަރުވާ ޖަހަމުން ސުލައިމާނު ހަރުކޮށް ހިގާފައި އެހެރަ ދަނީ މިރޭ  ދައްތަ މެން ފުރާތީ އެދޯންޏަށް ކާށި ކޮޅެއް އަރުވާލަދޭން ވެގެން ކާށިކޮޅެއް ހޮވަން އެމީހުން ގޭ ރުއްގަނޑަށެވެ. އެހެނެއް ކަމަކު އެހިސާބަށް ނުދެވެނީސް އަބްދުލް ލަތީފު އާއި އާދަނާ ދެމީހުން ސުލައިމާނު ހުއްޓުވީ ރަށުއޮފީސް ކަންމަތިންނެވެ.

“ސުލައިމާނޫ. އިހަށް މިކޮޅަށް ޖެހިލަބަލަ” އާދަނު ސުލައިމާނަށް ހަނާ އަޅާލިއެވެ.

“އަހަނ އާދަނާ ކޮންވަޑާމެއް. ” ސުލައިމާނު ނިތައްރޫ ގިނަކޮށްލާފައި އާދަނާ ސުވާލުކޮށްލިއެވެ.

“އަހަރުމެން ތިޔަގޯތި ދޮށަށް ދާންމިދަނީ” އަބްދުލް ލަތީފު ބުނެލިއެވެ. “އެޔޯ އަނެއްކާ ކޮންކަމަކާ” ސުލައިމާނު އަވަހަށް އެބޭނުމެއް އޮޅުން ފިލުވަން ބޭނުންވިއެވެ. ސުލައިމާނަކީ މީހުންނަށް ޖެހޭ ކަންކަން ކޮށްދީ މީހުންނާ ގުޅޭ ހީވާގިމީހެކެވެ.

“ތިރަށު ނަސީރު ފޮނުވައިގެން ސުލައިމާނުގެ ދައްތަ ލައްވާ ރަން ކިޔުއްވަން، ސުލައިމާނު މިކަމާ ބުނަނީ ކީކޭ” ސުލައިމާނުގެ އެއްކޮނޑަށް އަތްވައްޓާލަމުން އާދަނު ބުނެލިއެވެ. ސުލައިމާނަށް ލިބުނު ޚަބަރަކުން ފުރަތަމަ ދެބުމަ ގޮއްޖަހާލެވުނެވެ. ގަބޫލު ނުކުރެވިފައިވެސް ހިނދުކޮޅަކު ހުއްޓެވެ. މިއަދު އެންމެން އެންމެނަށް ދައްތަ މީހަކާ އިންނަ ވާހަކަ މިދައްކަނީ ކީއްވެބާއެވެ. ކޮންމެވެސް ނުބައެއް މިކަމުގައި އެބަ އުޅެޔޭ ހިތައް އެރިއެވެ. އައިމިނަތު އެވާހަކަ ދެއްކިތާ އަދި މާކަ ގިނައިރެއްވެސް ނުވާނެއެވެ. އަނެއްކާ ނަސީރު ފޮނުވައިގެން މިދެމީހުން ގޭދޮށަށް މިދަނީ ހަމަ މިއަދެވެ. ސުލައިމާނު ބޯކަހާލީ މިވާނުވާ އެއްގޮތަކަށްވެސް ބޮލުގެ ތެއްކަމަށް  ނައީތީއެވެ. “ދެން ސުލައިމާނު އެއްޗެއް ބުނެބަލަ. ދައްތަ ހީވޭތަ މިކަމާ ގަބޫލުވާނެހެން” އަބްދުއްލަތީފު ވާހަކަ ދައްކަންފެށީ ސުލައިމާނު އަނގައިން ނުބުނެ ހުންނަން ފެށުމުންނެވެ.

“އޭ ބުނަން، ތިޔަކަހަލަ ވާހަކައެއް އަހަންނަކަށް ނޭގޭނެ ދައްކާކަށް، ދައްތަ ރުހޭ މީހަކާ ދައްތަ އިންނަންވީ ، އެއީ އަހަރުމެނާ ބެހޭ ކަމެއްނޫންތާދޯ. މަ ދޭންޖެހޭނީ ވަލީތާ ދޯ އެކަން މަކުރާނަން” އަބްދުއްލަތީފަށް ދޯއެއް  އަޅާލަމުން ސުލައިމާނު ބުނެލިއެވެ. “އާނ ތިޔާވީ. އެމީހަކަށް އެގޭނީ އެމީހެއްގެ ދިރިއުޅުން ގެންދާނެ ގޮތެއްދޯ ސުލައިމާނާ” އާދަނު ސުލައިމާނާ އެއްބައިވެލިއެވެ. “އެކަމަކު މަގޭ ޝަރުތަކީ ދައްތަ ބަހައްޓަންވާނީ އުފަލުގަ، ތަޅާއަނިޔާކޮށް ހަދައިގެން ނުވާނެ. ބުނޭ ނަސީރުގާތު މަބުންޏޭ މިހެން. އިނގޭ!”

އަބްދުލް ލަތީފާއި އާދަނު ދެން ދިޔައީ ސުލައިމާނު ގެޔަށެވެ. އޭރު ބަނބުކެޔޮ ގަސްދޮށުގެ ހިޔަލުގައި ބަނބުކެޔޮ ތެއްލަން އައިމިނަމެން އުޅެއެވެ. ފަރުޝާ އާއި ފަރީޝާވެސް އެ މަސައްކަތުގައި ނިކަން ގަޔާވެލައިފައި ބައިވެރިވެގެން އުޅެއެވެ. ފޫޓު ދޮރުން ބަޔަކު ސަލާން ގޮވާތީ ބަލާލި އިރު ދެ ފިރިހެނުން  ފެނުމުން ރީނާ ގޮސް އައިމިނަ ގާތު އެވާހަކަ ބުންޏެވެ.

” ކޮންބަޔެއްބާދޯ….ދައްތާ އިހަށް މިކޮޅަށް އާދޭ…މިހާރު ދެން މިބައި ނަގަންވެފަ މިހިރީވެސް. މަ އެބަ އަންނަން އެއީ ކޮންބޭނުމަކު އައިސް ތިބި ބަޔެއްްތޯ ބަލާފަ” ބަނބުކެޔޮ ކޮށަން އިން ސަލްމާއަށް އައިމިނަ ގޮވާފައި އެހެން ބުނުމާއެކު އިންތަނުން ތެދުވެ އެދިމާއަށް ދިޔިައެވެ. އައިމިނަތު ދިޔަވަރަށް ވުރެ ބާރަށް އަނެއްކާ އައެވެ. ” ދައްތަ ހޯދަން އައިސް ތިބި ބަޔެކޯ” އައިމިނަތު އެހެން ބުނި އިރު އޭނަގެ ފަހަތުގައި އާދަނާއި އަބްދުއްލަތީފު ހުއްޓެވެ.

” ގޮއްޔޭ! އަހަންނަށް ކިޔަނީ އާދަނެއް. މިހިރީ އަބްދުލް ލަތީފު، މަމެން މިއައީ ނަސީރު ފޮނުވައިގެން އޭނާއާ އިންނަން ގޮއްޔެ ލައްވާ ރަން ކިޔުއްވަން” އެވަގުތު އެތާ ތިބި އެންމެން ގެ މޫނުމަތިން ފެނިގެން ދިޔައީ ހައިރާންކަމެވެ. ފަރުޝާއާއި ފަރީޝާ އެކަކު އަނެކަކުގެ މޫނަށް ބަލާލިއެވެ. ދެމީހުންވެސް ހީވަނީ ބުނާނެ އެއްޗެއް ނޭގިފައި ތިބިހެނެވެ. ރީނާއާއި ސަމާ  ދުރުގައި ތިއްބެއްކަމަކު އެދެއްކިވާހަކަ ދެކުދިންވެސް ތިބީ އަޑުއަހާށެވެ. އެކުދިން ވެސް މިވަގުތު އެތިބީ ދެންވާނީ ކިހިނެތްތޯ ބަލަން ކަންނޭގެއެވެ. އެ ހަމަ ހިމޭންކަން ފޫދުއްވާލީ އައިމިނަތެވެ. ” ކޮން ނަސީރެއް، މިރަށު އުޅޭތަ ނަސީރެއް” އައިމިނަތުގެ ސުވާލަށް ޖަވާބުދިނީ އާދަނެވެ. ” ކަތީބުނަސީރު، ސުލައިމާނުމެން ރަށު ނަސީރު، ގެމެންދޫ ކަތީބު” އާދަނަށް ދެވެން އޮތް އެންމެ ތަފްސީލުކޮށް އެޖަވާބު ދީފައި ސަލްމާއަށް ބަލާލިއެވެ. “ގޮއްޔެ ކީކޭ ބުނާނީ” މިއޮއްހާ އިރު އިސްއޮބާލައިގެން އިން ސަލްމާ އިސް އުފުލާލިއެވެ. މޫނުމަތިން އެތަކެއް ޝުޢޫރެއް އެއްފަހަރާ ފާޅުވާން ހުއްޓެވެ.  ޖެހިލުން ވެ އިނދެވެސް އޭނާގެ ދެދަރިންނާ ދިމާއަށް ބަލާލީ އެކުދިންގެ މޫނުމަތިން ވިޔަސް ނުރުހުންވުން ފެނިދާނެތީ އެކަމާ ނުތަނަވަސް ވީ ވަރުން ނެވެ. ދަރިންިގެ  ކުރިމަތީގައި މީހަކާ އިންނާން ޖެހިދާނެޔޭ ޚިޔާލަށް ވެސް މީގެކުރިން ނާދެއެވެ. ލަދުގަންނަ ގޮތްވީ އެހެންވީމައެވެ. އެމީހުން އައިސް އެތިބީ ޖަވާބެއްބަލައެވެ. ސަލްމާ މިވަގުތު ކޮންމެވެސް ޖަވާބެއްދޭންވަނެއެވެ.

“މަގޭ ކުދިންނާ ވާހަކަ ދައްކާލާފަ ޖަވާބެއް ދޭނަން ” ވީހާވެސް ކުރުކޮށް އެވަގުތަށް އެންމެ އެކަށީގެންވާ މިންވަރުގެ ޖަވާބެއް ސަލްމާ ދިނެވެ.

” އެހެންވީމަ ކިހިނެތް ހަދަންވީ. ފަހުން އަންނަން ހަދަންތަ” އަބްދުއްލަތީފު ސަލްމާއާއި ސުވާލުކުރިއެވެ. ސަލްމާ ޖަވާބެއްގެ ގޮތުން ބޯޖަހާލިއެވެ. އެޔާއެކު އެދެމީހުން ނިކުމެގެން ދިޔައެވެ. ކުއްލިޔަކަށް ފެނުނީ ފަރުޝާވެސް އިންތަނުން ތެދުވެގެން ދިޔަތަނެވެ. އޭނާގެ ފަސްފަހަތުން ފަރީޝާވެސް ބާރު ހިނގުމުގައި ގޮސް އެމީހަކު އެމީހެއްގެ ކޮޓަރިއަށް ވަދެ ދޮރު ޖެހި އަޑު ހިސާބުގަނޑަށް އިވޭހާ ވެއެވެ. ސިޓިންޜުމްގައި ފުޓުބޯޅަ މެޗެއް ބަލަން ތިބި ރީހާން އާއި ހަނީފުވެސް ދެމީހުން ދެމީހުނަށް ބަލާލާފައި ގޯތި ތެރެއަށް ބޯދިއްކޮށްލީ ބޭރުގައި ކޮންމެވެސް ކަންތައްގަނޑެއް ހިގައިފިކަން ޔަގީންވުމުން ނެވެ.

” އައިމިނަތޫ، އެކުދިން އެދިޔައީ ހިިތްހަމަ ނުޖެހިގެންދޯ” ސަލްމާއަށް އޭނާގެ ދަރިންގެ ގޮތް ހަމަ ރަގަޅަށް ވެސް އެގޭނެއެވެ. އެކުދިން ހިތްހަމަ ނުޖެހުނު ކަންދައްކާގޮތަކީ ކޮބާކަން ވެސް ހަމަ ރަގަޅަށް އެގޭނީ ސަލްމާއަށެވެ. އެހެން ނަމަވެސް މިވަގުތުގެ ނާޒުކު ކަމުން ސަލްމާއަށް ވެސް ހިތްވަރެއްދޭނެ މީހަކު އެބަ ބޭނުންވެއެވެ. އެކުދިން ނުގަބޫލިއްޔާ ދެންވާނީ ކިހިނެތް ބާއެވެ. ހަމަ މިކައިވެނި ނުކޮށް ހުންނަންވީހެއްޔެވެ. ސަލްމާވެސް މުސްކުޅިވާ ދުވަހު އަޅާލާނެ ފިރިއަކު ހުންނަން ބޭނުމެވެ. އަދިމީކީ  މުސްކުޅިވެގެން މީހަކާ ނީންނަ އުމުރެއްވެސް ނޫނިއްޔާއެވެ. ސަލްމާއަށް ވުރެ މާބޮޑަށް ވެސް އުމުރުން ދުވަސް ވެފައި ތިބޭމީހުން އެބަ މީހުނާ އިނދޭ ވިއްޔާއެވެ. ސަލްމާ މިކަހަލަ  އެކި ފިކުރުތަކުން ސިކުނޑި ހާސްކޮށްލިއެވެ.. ހިތުގައި ރިއްސާލިއެވެ. ކަރުނުން އެސްފިޔަތައް ތެއްމާލެވުނެވެ.

(ނުނިމޭ)

Share Article

Follow Me Written By

saana

Level 110 Stories

Other Articles

Previous

ލޯބި މަވީ ބޭކާރޭވީ (4)

Next

ކެހިވެރި ދުނިޔެ…..

Next
September 27, 2017

ކެހިވެރި ދުނިޔެ…..

Previews
September 27, 2017

ލޯބި މަވީ ބޭކާރޭވީ (4)

7 Comments!

  1. khajja says:
    September 27, 2017 at 1:48 am

    Ohh wow masha allah v v rythi v furihama stry eh ?? salmaa mifaharu naseeru ah aabasdhy naseeru aa indhelaa gud nyt ly???❤?❤?❤????????

  2. song joong ki..KOREAN says:
    September 27, 2017 at 6:53 am

    kaahtey ran kiyanvx fonuvy dhw. haha.. saaana, mi part vx v salhi.. avahah goyye aa kaahtey marry kuruva.. wow. eyrun varah gadha vaane.. waitingss.. 😀

  3. Adha? says:
    September 27, 2017 at 12:12 pm

    Dhen kurin ves kaahtey ah hedhi goiy hadhaafa anekkaa nudhaathi goyye.. mifaharuvaane knme gotheh hadhaafa ves kaiveni kureveytho balan??

  4. click a shot ? says:
    September 27, 2017 at 1:43 pm

    Varah salhi mi part ves..can’t wait to get them married hehe.. ?waiting…avahah up kohdhechey…salmaa mifaharu ehbasvahchey..??❤️

  5. maroon says:
    September 27, 2017 at 3:31 pm

    ????????

  6. Kuda Kamana says:
    September 28, 2017 at 11:26 am

    Alhe dhen e dhe manje nuvaane amaage kaivenyaa nuruhigen. Thiyaa hen rulhi dhakkaigen amayah ves konfadha hithaama eh libeynee. Kudakamana dhaitha mi unmeedhu kuranee salmaa fakeeru e dhe manje aa vaahaka dhakkaigen ekan hallukoh thiya kaiveni avahah kureveyne kamah.

  7. Kuda Kamana says:
    October 15, 2017 at 10:16 pm

    saana. dhen mi vaahaka ithurah nuliyaa gothahtha. bunelaigen ulhey. eyrah mivaahaka akah inthizaareh nukuraanamey..

Comments are closed.



All Right Reserved!