Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބީނިޝް….. 02

BlackBeauty Level 1
September 24, 2017 One Min Read
16 Comments

“މަހާއްކޮ މިފަހަރު ހީވަނި ވަރަށް ހާއްސަ މީހެއްގެ އިންޓަރވިއު ނަގަން އުޅޭހެން، އެހެންނާ އުޅޭވަރައްވުރެއް ބޮޑަށް މިފަހަރު އެބައުޅޭ ވިއްޔަ”. އަގައަށް ރޮށިކޮޅެއް ލަމުން މަހާގެ ދައްތަ މާހީ އަހައިލިއެވެ. “ޔެސްސްސް… ޝީއިޒް ރިއަލީ ސްޕެޝަލް”..


“އަސްލު ދޮނާ އަށް އިގޭތަ، ސްޕެޝަލް އަށްވުރެއްބޮޑަށް ތަފާތީ. ވަރަށް ތަފާތު ކުއްޖަކާ މިފަހަރު އިންޓަރވިއު ކުރަނީ. އެހެންނާ ރާއްޖޭގެ ކޮންމެވެސް މަޝްހޫރު މީހަކާނު މިއިންޓަރވިއު ކުރަނީ، އެކަމް މިފަހަރު މިއުޅެނީ  ޖަލުގަހުރި ކުއްވެރިއެއްގެ ވާހަކަގެނެސްދޭން”. މަހާ މިހެންބުނުމާއެކު ހިމޭން ކަމާއެކު ކަމުންދިޔަ އާއިލާގެ މެންބަރުން މަހާގެ ވާހަކައަށް ސަމާލުވެލިއެވެ. “ކުއްވެރިއެކޭ؟؟؟؟؟ ކަާކު؟؟ އެހެންނޫނަސް ކުއްވެރިއެއްގެ ވާހަކަ ކޮންތަފާތެއްވާނީ. ހުރިހާ ކުއްވެރިންގެވެސް އޮންނާނީ ސޭމްސްޓޯރީ އެއް. ކުށްކޮއްފަ އެކަން ފޮރުވަން ކޮންމެވެސް ބަހަނާއެއް ދަައްކާނެ”. ކުށްވެރިއެއްގެ ވާހަކަ ބުނުމާއެކު މާހާގެ ކޮއްކޮ ޖައިޝާން ބުނެލިއެވެ. “ޖައިއްކޯ.. ތިހެންބުނާކަށް ނުވާނެ. ކުޑާވެސް ފުރަތަމަ ތިހެން ހީކުރިން. އެކަމް އެކުއްޖާ ޖަލުގަ އުޅޭ ގޮތުގެވާހަކަ އަޑުއާހާފަ ކުޑާ އަށްވެސް އިގުނު އެކުއްޖާގެ ވާހަކަ ތަފާތުވާނެކަން. އެހެންވެ އެކުއްޖާގެ ވާހަކަ ގެނެސްދޭން ނިންމީވެސް. އެހެންނޫނަސް އެންމެން އެއްގޮތެއްނުވާނެ”. ޖައިޝާންގެ ބަހަށް ރައްދެއްދެމުން މަހާ ބުނެލިއެވެ. “ކާކު ދަރިފުޅަށްދިން ހިޔާލެއްތީ؟ އެކުއްޖާ ތަފާތުވި ގޮތެއް ނިކަން ބައްޕަ މެންނަށްވެސް ކިޔައިދީބަލަ”. ހިނިތުންވުމާއެކު އަހުސަނުވެސް އެކުދިންގެ ވާހަކައިގައި ބައިވެރިވެލިއެވެ. “މީ އަޅުގަނޑުގެ ފްރެންޑެއް ދިންހިޔާލެއް. އިގެއެއްނު ޕޮލިސް ނިޔާޒް، މިހާރު އޭނަ އެޅެނީ މާފުށީ ޖަލުގަ. އޭނަ މިހާރު އެތާންގަ އުޅޭތާ ޓޫ އެންޑް ހާފް އިޔާރސް ވެދާނެ. އޭނަ އެކުއްޖާގެ ވާހަކަ އަޅުގަނޑު ކައިރީބުނީ. ހަނދާންވޭތަ މީގެ ހަތަރު އަހަރު ކުރިން މިނިސްޓަރެއް މަރާލި ޒުވާން އަންހެންކުއްޖެއްގެ ވާހަކަ. އެކުއްޖާގެ ވާހަކަ މިދައްކަނީ”. މަހާ ބައްޕައަށް ބަލާލަމުން ބުނެލިއެވެ. “އާން.. ބައްޕަ ހަދާންވޭ. އެއީ މިނިސްޓަރ އަކުރަމް”. ހަނދާންވާފަދަ ގޮތަކަށް ބޯޖަހާލަމުން އިހުސާން ބުނެލިއެވެ. “ނިޔާ ބުނި އެއީ ވަރައްތަފާތު ކުއްޖެކޭ. މިހާ ދުވަސްވީއިރުވެސް ނުދެކެމޯ މީހުންނާ ޒުވާބު ކުރާ ތަނެއް. ވަރަށް މަޑުމަޑުންނޭ ބުނި ހުންނަނީވެސް. ނަމާދުކޮށް ޤުރުއާން ކިޔަވާ، އެތާންގަ ކުރަންދޭ ހުރިހާ މަސައްކަތެއް ބަރާބަރައްނިންމާ. އަބަދުވެސް ފޮތެއްހިފައިގެން އެކަނިއޯ ހުންނަނީ. އަދި ވަރަށް ހިތާމަ ކުރާތަން ފެނެއޯ އެ ފޮތައް ބަލާފަ. އެކަމް ގައިދީންނާއެކު އުޅޭއިރު ވާހަކަ ނުދެއްކިޔަސް މީހުންނަށް ބަލާލާނީވެސް ހިނިތުންވެ ހުރެއޯ. އަދި އެންމެ ހައިރާންވަނީ އޭނަ އެތާ އުޅޭ ގޮތުގެ ބިހޭވިޔާރ އަށް ބަލާފަ އޭނަޔަށް ފުރުސަތު ލިބުނޭބުނި މިނިވަންވާންވެސް. ނޫނިއްޔާ އޭނަގެ އުމުރު ދުވަހުގެ ހުކުމް އެއަށްވުރެއް ލުއި ކުރަންވެސް. އެކަމް އޭނަ ބޭނުމެއްނުވިއޯ. އެކަންވެސް ދޫކޮއްލިވާހަކަ ބުނީ”. ވަރަށް ޝައުގުވެރި ކަމާއެކު މަހާ އޭނާގެ ވާހަކަ ކިޔައި ނިންމާލިއެވެ. އޭރު އެންމެންވެސް ތިބީ ނާސްތާކޮއްނިމިފައެވެ. “ހޫމް.. އިންޓްރަސްޓިން އިގޭ. ގުޑްލަކް، އޭ މަހާއްކޯ.. ކޮންނަމެއްތަ އެކުއްޖާއަށް ކިޔަނީ”. ބަދިގޭން ނިކުންނަމުންދިޔަ މަހާއަށް ގޮވާލަމުން މާހީ އަހައިލިއެވެ. “ބީނިޝް”.. މަހާ މަޑުކޮއްލުމަށްފަހު ހަދާންކުރާ ގޮތަކަށް ލޯމަރާލާ ބޯހަލުވާލަމުން މަހާއަށް ޖަވާބު ދިނެވެ. އަދި އަނެއްކާވެސް އެތަނުން ނުކުތުމަށް ހިގައިގަތެވެ.

…………………………………

މާފުށީ ޖަލުގެ ގޮޅިއެއްގެ ތެރޭ ފޮތެއް މޭގައި ޖައްސާލައިގެން ހިޔާލަކަށް ގެއްލިފައި އިން، އަންހެންކުއްޖާ ސިއްސައިގެންދިއައީ އެތަނުގެ ދޮރު ހުޅުވުނު ބާރު އަޑުފައްގަޑާ އެކުއެވެ. އޭރު އެތަނުގެ ޖަލު ބަލަހައްޓަމުންދާ، އިކްޒާ އާއި ނިޔާޒް އެތަނަށް ވަންނަނީއެވެ. “ބީނިޝް” ހިނިތުންވުމާއެކު އިކްޒާ އެކުއްޖާކައިރީގައި އިށީންނަމުން ގޮވާލިއެވެ. “ކިހިނެއް؟” އަނެއްކާވެސް އިކްޒާ ސުވާލުކޮށްލިއެވެ. “އަޅުގަނޑު ރަނގަޅު. އެހެންނާ ނާންނަ ގަނޑިޔަކުތިދުރުވީ އަނެއްކާ ކަމެއްދިމާވީތޯ؟” ބީނިޝް ވެސް ހައިރާންކަމާއެކު އިކްޒާއަށް ބަލާލަމުން ސުވާލުކޮށްލިއެވެ.

“ނޫނޭ، ކަމެއްދިމާވީކީނޫން، މި އައީ ބީނިޝްއަށް ކަމެއް އަންގާލަން. މިއަދު ހަވީރު ބީިނިޝްއާ ބއްދަލުކުރުމަށް އަންނާނެ ކުއްޖެއް. އެހެންވެ ރެޑީވެހުންނާށޭ ބުނެލަންމިއައީ” އިކްޒާ މިހެންބުނުމުން ބީނިޝްގެ މޫނުމަތީގައިވާ ހައިރާންކަން އިތުރުވެގެން ދިޔައެވެ. “އަޅުގަނޑާތޯ؟ ކާކު އަޅުގަނޑާ ބައްދަލް ކުރަން އަންނާނީ” ހައިރާންކަމާއެކު އަމިއްލަމޭގައި ޝަހާދަތް އިގިލި ޖައްސާލަމުން ޤަބޫލް ނުކުރެވޭފަދަ ގޮތަކަށް ބީނިޝް އަހައިލިއެވެ. ވާނީވެސް އެހެންތާއެވެ، މިވީ ހަތަރު އަހަރު ދުވަސްތެރޭ ޖަލުގައި ހޭދަ ކުރީއިރުވެސް އެއްވެސް މީހަކު އެގޮތަށް އޭނާ އާއި ބައްދަލް ކުރަން އައިސްފައެއް ނުވެއެވެ. އަދި ބައްދަލު ކުރަން އަންނަވަރުގެ މީހަކު ނެތްކަން އިގޭތީވެސްމެއެވެ.

“އަޅުގަނޑުގެ އާއިލާމީހެއްތޯ؟ އަޅުގަނޑުގެ ރަށުންތޯ؟” ހަމަ އެސިކުންތުގައި މޫނު މައްޗަށް އުފާވެރިކަންގެންނަމުން ބީނިޝް އިކްޒާގެ އަތުގައި ހިފާލަމުން އަވަސްއަވަހަށް އަހާލިއެވެ.

…. ނުނިމޭ ….

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

BlackBeauty

Level 1

Other Articles

Previous

ބީނިޝް….

Next

ލޯބިން ހިނިތުންވެލާށޭ 9

Next
September 24, 2017

ލޯބިން ހިނިތުންވެލާށޭ 9

Previews
September 24, 2017

ބީނިޝް….

16 Comments!

  1. Anonymous says:
    September 24, 2017 at 3:15 pm

    Mi part vx v v reethi..ekam adhivx kuruhn heevey….thankolheh dhigukoh genes dheyne kamah hope kuran kuriah huri bai thah..

    1. BlackBeauty says:
      September 24, 2017 at 4:15 pm

      Thank u Anonymous. In Shaa Allah kuriyah huribaithah dhigukoh genes dheynan

  2. Adam says:
    September 24, 2017 at 3:34 pm

    Varah salhi bt thankolheh kuru next part dhigu kohlahchey

    1. BlackBeauty says:
      September 24, 2017 at 4:10 pm

      Thank u Adam… In Shaa Allah dhenhuri baithah dhigukoh genes dheynen

  3. pinkish says:
    September 24, 2017 at 3:45 pm

    Vaahaka v reethi .. Ekam thankolheh kuru … Digukohlaane kamah unmeed kuran .. N gud luck black beauty …

    1. BlackBeauty says:
      September 24, 2017 at 4:07 pm

      Thank u pinkish.. In Shaa Allah dhenhuei baithah dhigukoh genes dheynen

  4. Reet says:
    September 24, 2017 at 3:54 pm

    Reethi ekamaku dhivahi vaahaka liyaa irun English bass thah beynun kuraathy v aslu vaahaka dhibahi vantha nuvany mi alhugandu ge hiyaalu English vaahaka in dhivahi bass eh nufeny

    1. BlackBeauty says:
      September 24, 2017 at 4:05 pm

      thank u Reet.. dhenhuribaithah liyaairu ekamah samaalikandheegen liyaanee

  5. warah vaahaka says:
    September 24, 2017 at 4:43 pm

    HAADHA KUREY DHEN :/

  6. Rishu says:
    September 24, 2017 at 4:55 pm

    Vrh reeth vaahakaeh.

  7. Nern says:
    September 24, 2017 at 5:14 pm

    mi baives hàadha kurey varahfoohi

  8. Rysh says:
    September 24, 2017 at 5:19 pm

    Wow nice nxt prt dhigu kohlahchey.?

  9. Xee says:
    September 24, 2017 at 6:21 pm

    Wow vvvv reethi
    ❤❤❤?????????nxt part digukolaathi and beenish ge name badhalu kolaba reathi namakah plx plx waiting for nxt part……..

  10. Lam says:
    September 24, 2017 at 7:16 pm

    Salhi..maa kuree…

  11. Aishaa says:
    September 24, 2017 at 8:18 pm

    Beeneesh v reethi mi name.. Story ves v salhi.. Break eh nugenes story nimendhen genesdheyne kah unmeedhu kuran

  12. Manje says:
    September 24, 2017 at 8:32 pm

    Vaahaka v reethi. Waiting foe the next part

Comments are closed.

Next Episodeބީނިޝް… 03←


All Right Reserved!