އަގެއްނެތްލޯބި 27 ވަނަ ބައި
16 އަހަރުފަސް
ޔާޝްގެ އުމުރުން 16 އަހަރެވެ. ޔާޝް އުމުރުން 12 އަހަރުގައި ޒުހުރާވެސް ވަރަށް ބަލިވެ އުޅުމަށްފަހު ދުނިޔެދޫކުރިއެވެ. އެދުވަހު ޔާޝް ގިސްލާ ރޮމުން ޔާޝް ދޫކޮށްލާފަ ނުދިޔުމަށް ޒުހުރާގެ ފުރާނަ ނެތް މަސްގަނޑު ކައިރީ ހުރެގެން ކިޔަމުން ދިޔައެވެ. ނަމަވެސް ޒުހުރާ ވަނީ ޔާޝްގެ އެވޭނުން ފުރިގެންވާ އާދޭސް އަޑުއިވޭ ހިސާބެއްގައެއް ނޫނެވެ. އޭގެ ފަހުން ހަތަރު އަހަރު ފާއިތުވެގެން ދިޔައީ މަޑުމަޑުން ޔާޝްއަށް އުފަލާ ހިތްހަމަ ޖެހުން ގެނެސްދެމުންނެވެ.
ޔާޝް ކުޑަކުޑައިރު ހަނާ މިދުނިޔެ ދޫކޮށްފަ ވާކަން ޔާޝް ހެޔޮނުބައި ވަކިވާންފެށިފަހުން ސާނިޔާ ދިޔައީ ބުނެދެމުންނެވެ. ނަމަވެސް ޔާޝްއަށް ހަނާއަކީ ކިހިނެތް ހުންނަ ކޮންސިފައެއް ޖަހާ މީހެއްކަމެއްވެސް ނޭންގެއެވެ. އަދި ޔާޝްގެ ބައްޕައަކީ ކާކުކަންވެސް ނޭންގެއެވެ. އެތަކެއްފަހަރު ޔާޝް ސާނިޔާއާ ބައްޕައަކީ ކާކުތޯޔާ، މަންމަ ހުންނަގޮތް ބުނެދިނުމަށް އެދުނެވެ. އެހެންނަމަވެސް ޔާޝްގެ އެސުވާލުތަކަށް ސާނިޔާ ދެމުންދިޔަ ޖަވާބަކީ ޔާޝް ބޮޑުވުމުން ހުރިހާކަމެއް އެނގޭނެ ކަމަށެވެ. މިޒާޖުގާ މަޑުމައިތިރި ކަމެއްލިބިފަވާ ޔާޝް ސާނިޔާގެ އެޖަވާބުން ދެވަނަ ފަހަރަށް ސުވާލެއްނުކުރެއެވެ.
ޔާޝްގެ 10 ގެ އަހަރުގެ ފަހުކޮޅެވެ. އެއްދުވަހަކު ޔާޝް ސްކޫލުން ނިމިގެން ގެއަށް އައީ ރައްޓެހި ކުއްޖަކާއެކުއެވެ. ދެމީހުން ދައްކަމުންދިޔަ ވާހަކައިގެ ތެރެންއިން ޔާޝްގެ ރައްޓެހި ހުސާމް ޔާޝްގެ ހިތުގާ ޔާޝްގެ ބައްޕަ އާބެހޭގޮތުން އިތުރަށް ސުވާލު އުފެދޭވަރުގެ އެއްޗެއް ބުނެލިއެވެ. ” ހުސާމް ކީއްވެގެންތަ ތިބުނީ އަހަރެންގެ ބައްޕައަކީ ގޯސްމީހެކޭ ” ޔާޝް ހުސާމް ކުރެން ސުވާލުކޮށްލިއެވެ. ” އަހަރެންނަށް ވެސް އެހެން އަޑު އިވިފަ އޮތީމަ އެހެން މިބުނީ ” ހުސާމް ބުންޏެވެ. ހުސާމްގެ އެޖަވާބުން ޔާޝް ދެވަނަ ސުވާލެއް ކުރާކަށް ބޭނުމެއްނުވިއެވެ. ވަކި ހިސާބަކުން ހުސާމް ޔާޝްއާ ވަކިވެގެން ގެއަށް ދިޔައެވެ. ” ކީއްވެތަ އެންމެން އެހެން އެކިޔަނީ. އެމީހުން އެބުނާހާ އަހަރެންގެ ބައްޕަ ހަމަ ގޯހީތަ؟ އަހަރެންގެ ބައްޕައާ މަންމައާ ބެހޭގޮތުން ސުވާލުކުރިޔަސް ބޭބެއާ، ދައްތައާ، މާމަ އަދި ޒިދުނާދައްތަ ވެސް ދެނީ ހަމަ އެއްޖަވާބެއް. އަހަރެންނަކަށް ނޭންގުން އެންމެން އެއްޖަވާބެއް ދޭންޖެހޭ ސަބަބެއް… ޔަގީން އެންމެން ވެގެން ކޮންމެވެސް ކަމެއް އެބަ ސިއްރުކުރޭ ” ހުސާމް ދިޔުމުން ޔާޝް ގެއަށް އައި މަގުމަތީ ކިޔަމުން އައެވެ. އެކަނި ހުރެގެންނެވެ.
” ދައްތާ. ކީއްވެތަ އެންމެން އަބަދު ބައްޕަގެ ގޯސްވާހަކަ ދައްކަނީ . ބައްޕަ ހަމަ އެހާ ގޯސްތަ؟ ” ގެއަށް އައިސް ޔުނީފޯމް ބަދަލުކުރުމަށްފަހު ސާނިޔާ އާއި ސުވާލުކޮށްލިއެވެ. ” އެހެން ދައްކާ ވާހަކަ އަޑު ނާހަން ދައްތަ ބުނީމެއްނު ޔާޝް ގާތުގަ ” މިހެން ބުނެ ސާނިޔާ ގެއަށް ވަންނަން ހިނގައިގަތެވެ. ” ދައްތަ އަހަރެންނަށް ކޮންކަމެއް ތިސިއްރުކުރަނީ. އެންމެން ވެސް އަހަރެންނަށް ކޮންމެވެސް ކަމެއް އެބަ ސިއްރުކުރޭ… ” ޔާޝްގެ އަޑުގާ ހިތާމަ އިންތިހާއަށް ހުރިކަން ސާނިޔާއަށް ފާހަގަ ވިއެވެ. ނަމަވެސް ސާނިޔާ ވެސް މިއަދު ކުރާނެ ކަމެއްނެތެވެ. ހަގީގަތް ޔާޝްއަށް ކިޔައިދޭން ސާނިޔާ ކިތައްމެހާވެސް ބޭނުމެވެ. އެކަމަކު ސާނިޔާއަށް މަޖުބޫރުވަނީ އަދި ދުވަސްކޮޅެއްވަންދެން މަޑުކުރުމަށެވެ. ” ޔާޝް ބޭނުންވެގެން ތިއުޅޭކަންތައްތައް ދެން އެނގޭކަށް މާގިނަ ދުވަހެއްނެތް. ދައްތަ ބުނާ ވާހަކައެއް ގާބޫލް ކުރަންޏާ ކިޔާވާ ނިމެންދެން މަޑުކުރޭ. މިހާރު އޯލެވެލް ފެށެންވެސް އޮތީ ކުޑަ ދުވަސް ކޮޅެއް. އެހެންވީމާ ތިކަންތަކާ ނުވިސްނާ ކިޔެވުމާއިގެން ކުރިޔަށްދޭ… ދެން އެއްވެސް މީހަކު ދައްކާ ވާހަކަ އަޑު އަހާ އެކަމާ ދެރަނުވާތީ ” ޔާޝްގެ ބޮލުގާ ފިރުމާލަމުން ސާނިޔާ ބުނެލިއެވެ. ޖަވާބުގާ ޔާޝް އާއެކޭ ބުނީ ބޮލުގެ އިސާރާތުންނެވެ.
ޔާޝް އޯލެވެލް ޓެސްޓް ނިމި ނަތީޖާވެސް ލިބުނެވެ. ހުރިހާ މާއްދާއަކުންވެސް ” އޭ ” ފާސް ލިބިގެން ދުނިޔޭގެ އެއްވަނަ ދަރަޖައިގަ ޔާޝް ހިމެނުނެވެ. މިއުފާވެރި ކަމުގާ އެންމެންވެސް ބައިވެރިވިއެވެ. އަދި އެކިމީހުން ތަފާތު ހަދިޔާތައް ވެސް ދިނެވެ.
އޯލެވެލް ނަތީޖާ ލިބުނުތާ ދެދުވަސް ފަހުން ހަފްސާ އާއި ޒިދުނާ އާއި ސާނިޔާ އަދި ޒިޔާދާއި އެއްތަނެއްގައި ތިބެ ޔާޝްގެނައެވެ. ” ދައްތަ ޔާޝް މިގެނައީ ޔާޝްއަށް އެއްޗެއް ދޭންވެގެން. އެއެއްޗަކީ ޔާޝް ދައްތައާ އަދި މިތިބަ އެންމެންނާ އެކިފަހަރު މަތިން ކުރަމުން އައި ސުވާލުތަކުގެ ޖަވާބު ” ސާނިޔާ މިހެން ބުނުމުން ޔާޝް ވަކިވަކިން ފަހަރަކު މީހެއްގެ މޫނަށް ބަލާލުމަށްފަހު ސާނިޔާގެ މޫނަށް ބަލާލިއެވެ. ” މިހުރިހާ ދުވަސް ވަންދެން މިކަން ސިއްރު ކުރަމުން މިއައީ ޔާޝްގެ މަންމަ ހަނާގެ އެނދުމުގެ މަތިން. ޔާޝްގެ މަންމަ މިތިބަ އެންމެންނަށާ، މަރުވެދިޔަ މާމައަށް ވަނީ ޔާޝްއަށް 16 އަހަރު ނުވަނީސް އެއްވެސް ވާހަކައެއް ނުބުނުމަށް ވަސިއްޔަތްކޮށްފަ. މިކިޔާލުމުން ޔާޝް ކުރަމުން ދިޔަ ހުރިހާ ސުވާލެއްގެ ޖަވާބް ލިބޭނެ ” ސާނިޔާ މިހެންބުނެ ޔާޝްއަށް ސިޓީ އުރައެއް ދިއްކޮށްލުމުން ޔާޝް ހައިރާންކަމާއެކު އެ ސިޓީ އުރައިގަ ހިފުމުން ފަހަރަކު މީހަކު އެތަނުން ދިޔައެވެ. އެންމެން ދިޔުމުން ވާނުވާ ނޭންގިފާހުރި ޔާޝް އަތުގައި އޮތް ސިޓީ އުރައަށް ބަލާލިއެވެ. ސިޓީ އުރަވަނީ ބައްދުކޮށްފައެވެ.
ޔާޝް ސިޓީ އުރަ ހިފައިގެން ގެއާދިމާ އަތިރިއަށް ދިޔައެވެ. އަދި ސިޓީ އުރަ ކަޑާލިއެވެ. އެއަށްފަހު އެތެރޭގަ މަޅާފަ އޮތް ކަރުދާސްގަނޑު ނެގުމަށްފަހު ސިޓީ އުރައިގެ އެތެރެއަށް ބަލާލުމުން ފޮޓޯއެއް އޮތުމުން މަޑުމަޑުން އެފޮޓޯގަނޑުވެސް އުރައިން ނެގިއެވެ. ޔާޝްއަށް ފޮޓޯގަނޑު ނެގުނީ ފޮޓޯގަނޑުގެ ދައްފުށް ފެންނަ ގޮތަށެވެ. ޔާޝް ފޮޓޯގަނޑު އަނބުރާލިއެވެ. ފޮޓޯގަނޑުގައި ތިބި ދެމީހުންނަމީ ކޮންބައެއްކަން ދެނެގަންނަށް ނޭންގުމުން ފަތްޖަހާފައި އޮތް ކަރުދާންގަޑު ހުޅުވާލިއެވެ.
އަހަރެންނަށް ހެޔޮއެދޭ އަހަރެންގެ ރަހުމަތްތެރިންނާއި، އަހަރެންގެ މަންމަޔާ މައިދައިތައަށް ހެޔޮދުޢާ ސަލާމް. އަހަރެންނަށް ތިއެންމެންގެ ފަރާތުން ލިބެމުން ދިޔަ ލޯތްބާ އެހީތެރިކަމަކީ އަބަދުވެސް އަހަރެންގެ ހަނދާނުގާ ވާނެކަމެއް. އަހަރެން ދުނިޔޭގަ ނެތަސް އެލޯތްބާ އެހީތެރިކަމާ ހެޔޮދުޢާތައް މަތިން ހަނދާނެއް ނުނެތޭނެ. އަހަރެންގެ އެންމެ ފަހުވަގުތުކޮޅު އައިސް ޖެހިއްޖެ ކަމުގެ އިހްސާސް ކުރެވެން ފަށައިފި. ދެންއިތުރަށް އަހަރެން މާގިނަދުވަހަކު ދުނިޔޭގަ ހުންނާނެ ހެނެއް ހިޔެއްނުވޭ. އަހަރެންގެ އެދުމަކީ އަހަރެން ނެތަސް އެއްވެސް މީހަކު ދެރަނުވުން.
ޒިޔާދުގެ ދެމަފިރިންގެ ކިބައިން އަހަރެން އެދެނީ އަހަރެންގެ ޔާޝް ބަލައި ދިނުމަށް. އެއްވެސް ކަމެއް އުނިނުވާގޮތަށް ހުރިހާ ކަމެއްވެސް ކޮށްދިނުމަށް. އެއީ އަހަރެންގެ ހަނދާނެއްގެ ގޮތުގާ މިއަދު ހުރި ހަމައެކަނި ނިޝާނަކީ.
މައިދައިތަގެ ކިބައިން އަހަރެން އެދޭ އެދުމަކީ ޔާޝް ބޮޑުވިޔަސް ޔާޝްގެ ނުގަބޫލުގާ ޔާޝް ނުގެންދިޔުމަށް. އަދި ގެންދަންވެސް މަސައްކަތް ނުކުރުމަށް. މިހެން މިބުނީ އަހަރެންނާމެދު ނިސާދު ކަންތައްކުރިގޮތުން ހިތްހަމަ ނުޖެހިގެނެއްނޫން. ޒިޔާދުގެ ދެމަރިންގެ ގާތުގައި ހުރެގެން ބޮޑުވިކަމުގައިވިޔަސް ދޭންބޭނުންވާ އެއްޗެއް ދެވޭނެ. އަދި ގެއަށްވެސް ގެންދެވޭނެ. އަހަރެން ހީކުރަން އަހަރެން މިބުނި އެއްޗެއް ވިސްނި މިކަން އަހަރެންނަށް ކޮށްދޭނެކަމަށް.
ލޯބިވާ މަންމަގެ ކިބައިން އަހަރެން އެދެނީ އަހަރެން ނެތަސް ދެރަވެފަ ނުހުރުން. މިނޫން އެހެން ދުވަހަކުން އަހަރެން އިރާދުކުރެއްވިޔާ އެންމެންނާ ބައްދަލުކުރާނަން. ދެމާމައިން ވެގެން ޔާޝްއަށް ދީނުގެ ހުރިހާ ކަމެއް ބުނެ ދަސްކޮށްދޭތި. ރަނގަޅު ހެޔޮލަފާ ދަރިއަކަށް ހަދާތި.
މިއިން އެއްވެސް ކަމެއް ޔާޝް ކިޔަވާ ނުނިމެނީސް ޔާޝްއަށް އަންގާކަށް އަހަރެން ބޭނުމެއްނުވޭ. އެހެންވީމާ އެންމެން ޔާޝްއަށް 16 އަހަރު ވަންދެން މިކަން ސިއްރުކުރާތި. ޔާޝްގެ ކިޔެވުން ނިމުމުން ޔާޝްއަށް މިސިޓީ ދީ. މިކަން މިގޮތަށް ކޮށްދިނުމަށް އަހަރެން ވަސިއްޔާތް ކުރަން….
ސިޓީ ކިޔާ ނިމުން އިރު ޔާޝްގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ހަނާ އެންމެންނަށް ލިޔެފައިވާ ސިޓީގެ ދަށުގައިވާ ސިޓީ ވެސް ޔާޝް ކިޔާލިއެވެ.
ލޯބިވާ ޔާޝްއަށް
ހެޔޮދުޢާ ސަލާމް
މިސިޓީ ދަރިފުޅަށް ލިބޭއިރު މަންމަ ދެނިޔޭގަ ނެތުމަކީ ވެދާނެ ކަމެއް. އެހެންނަމަވެސް މަންމަ އަބަދުވެސް ވަނީ ދަރިފުޅާއެކުގަ. މަންމަ އަބަދުވެސް ދަރިފުޅުގެ ގާތުގާ ހުންނަން ބޭނުންވޭ. އެކަމަކު އެއްވެސް މީހަކީ އަބަދުގެ އަބަދަށް ދުނިޔޭގަ ހުންނާނެ މީހެއް ނޫންކަން މިހާރު ދަރިފުޅަށް އެނގޭނެ. މަންމަ ނެތްކަމުގައިވިޔަސް މަންމަގެ އެދުމަކީ ދަރިފުޅު ކިޔަވާ މޮޅުކުއްޖަކަށްވުން. އަދި އެހެން މީހުން ގަދަރުކުރާ ކިޔަމަންތެރި ކުއްޖަކަށްވުން. މަންމަގެ އަބަދުގެވެސް އެދުމަކީ އަދި ދުޢާޔަކީ ދަރިފުޅަށް ފާގަތި ދުވަސްތަކެއް މިންވަރުކުރެއްވުން.
މަންމަ ކޮންމެހެން މިސީޓީ ލިޔަން ޖެހުނީ ދަރިފުޅަށް ކުރިންއެނގިފަނުވާ، އެހެންނަމަވެސް ފަހުން ދަރިފުޅަށް އެނގެންޖެހޭ އެއްޗެއް ބުނެދޭންވެގެން. ދުވަސްތަކެއް ވަންދެން ދަރިފުޅަށް ކަންތައްތަކެއް ސިއްރުކޮށްފަވަނީ މަންމަގެ އެދުމުގެމަތިން. މަންމަ ވާނީ އެންމެންގެ ކިބައިން އެދިފަ ދަރިފުޅު ކިޔަވާ ނުނިމެނީސް އެއްވެސް ވާހަކައެއް ނުބުނުމަށް.
ދަރިފުޅާ ޔާޝް. މަންމައަށް އެނގޭ ދަރިފުޅު ބޮޑުވެގެން ދަރިފުޅުގެ ބައްޕައާ ބެހޭގޮތުން ސުވާލުކުރާނެކަން. ދަރިފުޅުގެ ބައްޕަ ދުނިޔޭގަ ހެޔޮހާލުގާ ހުންނާނެކަމަށް މަންމަ އުންމީދުކުރަން. އަދި ދަރިފުޅާ ބައްދަލުވާނެކަމަށްވެސް އުންމީދުކުރަން. ދަރިފުޅުގެ ބައްޕަ ދިރިއުޅުމަށް ގެނައި ބޮޑު ބަދަލުގެ ސަބަބުން މަންމައަށް ކެއްނުކުރެވުން. ނަމަވެސް ދަރިފުޅައްޓަކާ މަންމަ ދަރިފުޅުގެ ބައްޕައާ އެކުގައި ދިރިއުޅެން ވަރަށް މަސައްކަތް ކުރިން. އެހެން ނަމަވެސް ދަރިފުޅުގެ ބައްޕަ ދެއަތްބަށް މީހަކާ އިންނަށް މަންމަ އެއްބަސް ނުވުމުން ދަރިފުޅުގެ ބައްޕަގެ ހަޔާތުން މަންމަ ދުރަށްލީ. އަދި މަންމަޔާ ދަރިފުޅު އެކަނިކޮށްލާފަ ދިޔައީ. ކަމުގެ ހަގީގަތް މިއަދު ދަރިފުޅު ބަލާބޮޑުކޮށް ދަރިފުޅުގެ ހުރިހާކަމެއް ކޮށްދޭންތިބި މީހުންނަށް ވަރަށް ރަނގަޅަށް އެނގޭނެ.
މަންމައަކީ ކުއްވެރިއެއްނޫން. ދުވަހަކުވެސް ދަރިފުޅު މަންމަ ކުއްވެރި ނުކުރާތި. މަންމަ ދަރިފުޅަށްޓަކާ ދިރިއުޅެން ވަރަށް މަސައްކަތް ކުރިން. ނަމަވެސް ކުރަމުންދިޔަ ހުރިހާ ކަމެއް ބޭކާރުވެ މަންމަ ދިރިއުޅުމުގެ އިމްތިހާނުން ފެއިލްވީ. އެއަށްފަހު މަންމަ ބަލި އެނދުގައި އޮށްނަން ޖެހުނު. މިއަދު މަންމަ މިވަނީ އުފަލުން. ދަރިފުޅާ އެކުގައި މަންމަ ނެތްކަމުގައިވިޔަސް ދަރިފުޅު ބޮޑުވަމުން ތިދަނީ ދަރިފުޅަށް ލޯބިދޭނެ ބައެއްގެ ގާތުގާ ހުރެގެން. އެމީހުންގެ ބަސް އަހައިގެން އުޅޭނެކަމަށް މަންމަ ހީކުރަން. އިތުރު އެއްޗެއް ދަރިފުޅު އޮޅުންފިލުވަން ބޭނުންނަމަ ޒިޔާދުބޭބެ ގާތު އަހައިގެން އޮޅުން ފިލުވާ….
ޔާޝްދެކެ އިންތިހާއަށް ލޯބިވާ މަންމަ.
” މަންމާ… ކީއްވެ އަހަރެން އެކަނިކޮށްލާފަ ތިދިޔައީ…. ކީއްވެތަ؟ ” ޔާޝް ރޮމުން ހުރިތަނަށް ތިރިވިއެވެ. އޭރު މިމަންޒަރު ބަލަން ޒިޔާދު ތަންކޮޅެއް ދުރުގާ ހުއްޓެވެ. ފެންކަޅިވެފައެވެ. ޔާޝް ގިސްލަ ގިސްލާފަ ރޮމުން ދިޔައެވެ. ހަގީގީ މައިންފަބައިންގެ ލޯބިން މަހުރޫމްވެ ހުރެއެވެ. ޔާޝް ރޮމުންދިޔަ މަންޒަރު ބަލާކަށް ދުރުގައި ހުރި ޒިޔާދުއަށް ކެތެއްނުކުރެވުނެވެ. ” ޔާޝް ” ޒިޔާދު އައިސް ޔާޝް ކޮޅަށްނަގާ ގަޔާކައިރިކޮށް ބައްދާލިއެވެ. އޭރުވެސް ޔާޝް ރޮމުންދިޔައެވެ. ” ދެރަނުވޭ ޔާޝް. މިއަދު މަންމަ ވާނީ ވަރަށް އުފަލުން. ޔާޝް ތިދަނީ މަންމަގެ ހުވަފެންތަކުގަ ހަގީގީ ކުލަ ޖައްސަމުން. އެހެންވީމާ އެއްގޮތަކަށް ވެސް މަންމަ ދެރަވާނެ ވަރުގެ ކަމެއް ޔާޝް ކުރާކަށް ނުވާނެ ” ޒިޔާދު ގަޔާ ޔާޝް ދުރުކޮށްލުމަށްފަހު ޔާޝްގެ ލޮލުން ފައިބަމުން ދިޔަ ކަރުނަ ފޮހެލަމުން ޒިޔާދު ބުންޏެވެ. ” މީތަ މަންމައާ ބައްޕައަކީ ” އަތުގައި އޮތް ފޮޓޯގަނޑު ޒިޔާދުއަށް ދައްކާލަމުން ސުވާލުކޮށްލިއެވެ. ޒިޔާދު އާއެކޭ ބުނީ ބޮލުގެ އިސާރާތުންނެވެ. އެވަގުތު ޔާޝް ފޮޓޯގަނޑުގައިވާ ހަނާ އާއި ނިސާދުގެ މޫނުގާ އަތްހާކާލިއެވެ. އެމަންޒަރުން ޒިޔާދުއަށް ފުންއަސަރެއް ކުރުވިއެވެ. ޔާޝް އެދެމިހުންނަށް ބޭނުންވެފަވާވަރު ފެނުމުންނެވެ. ” ހިނގާ ގެއަށްދާން. މިހެންބުނެ ޒިޔާދު ޔާޝްގެ ކޮޑުގާ އަތްއަޅާލައިގެން ގެއާދިމާއަށް ހިނގައިގަތެވެ.
12 އަހަރު ކުރިން ހަނާ ލިޔެފައިވާ ސިޓީ ކިޔާލުމުން ޔާޝްގެ ހިތުގާ އުފެދިފައިވާ ގިނަސުވާލުތަކަކަށް ޖަވާބު ލިބުނެވެ. ނަމަވެސް އެސިޓީއިން ވެސް އަދި ސާނިޔާގެ ފަރާތުންވެސް ނިސާދު ވީތަނެއް ޔާޝްއަކަށް އޮޅުމެއް ނުފިލިއެވެ. ނިސާދު ކޮބާތޯ ސުވާލުކުރުމުން ސާނިޔާ އެއްވެސް އެއްޗެއް ނުބުނެއެވެ.
ނިސާދު ހަސްމާ އާއި ކައިވެނި ކުރިފަހުން ފާއިތުވެ ދިޔަ 10 އަހަރުގައި އެކިފަހަރުމަތިން ނިސާދުއަށް ވަނީ ހަސްމާއަށް ޝައްކުވާފަދަ އެތަކެއް މަންޒަރެއް ފެނިފައެވެ. ނަމަވެސް އެއްޗެއް ނުބުނެ ނިސާދު ހަސްމާ އާއެކުގައި އުޅެމުންއައީ ހަސްމާގެ ގާތުގައި ނިސާދުގެ ދަރިޔަކު ހުރުމުންނެވެ. ނަމަވެސް މީހަކަސް ކެއްކުރެވޭނީ ވަކިވަރަކަށެވެ. ހަސްމާގެ އުޅުން ހުރިގޮތުން ނިސާދުގެ ކެއްތެރިކަން ކޮޅުންލައިފިއެވެ. ނިސާދު ގޭގައި ނޫޅޭ ވަގުތުތަކުގައި ހަސްމާގެ ކަމަކީ ކޮންމެވެސް ފިރިހެނަކާ ވާހަކަ ދެއްކުމެވެ. ހީހީފާ މަޖާކުރުމެވެ. ބައެއްފަހަރު ނިސާދު ނުދައްނަ މީހުން ގެއަށްވެސް ގެނެއެވެ. އެއިން މީހަކާ ބެހޭ ގޮތުން ނިސާދު ސުވާލުކޮށްލުމުން ރައްޓިއްސެކޭ ބުނެ ހަސްމާ ޖަވާބުދެއެވެ. ދަރިޔަކު ލިބުނުފަހުން ހަސްމާއަށް އަންނަމުންދިޔަ ބޮޑު ބަދަލުން ނިސާދު އިންތިހާއަށް ކަންބޮޑުވަމުން ދިޔައެވެ. ހަދާނެގޮތް ހުސްވެފަވާކަހަލައެވެ.
ހަނާ އާއި ނިސާދުގެ ފޮޓޯ ލިބުންފަހުން ކޮންމެ ރެއަކު ޔާޝް ނިދަނީ ފޮޓޯގަނޑަށް ބަލަން އޮވެގެންނެވެ. ރޮމުންނެވެ. ނަމަވެސް ދެން ހަނާއެއް ނާންނާނެއެވެ. ” ބައްޕާ. ކޮންތާކުތަ ތިއުޅެނީ. ކީއްވެތަ އަހަރެން ދޫކޮށްލާފަ ދުރުގަ ތިއުޅެނީ… ” ޔާޝް ފޮޓޯގަނޑުގައި ހުރި ނިސާދުގެ މޫނުގާއި އަތްހާކާލަމުން ބުނެލިއެވެ. ހަގީގަތުގައި ވެސް ނިސާދު ދެކިލާ ހިތުން ޔާޝްވަނީ ކެއްމަދުވެފައެވެ. ނަމަވެސް އަދިވެސް ނިސާދު ވީތަނެއް ޔާޝް އަކަށް ނޭންގެއެވެ.
ހަފްތާއެއްފަހެވެ. ޔާޝް އިނީ އޭނާގެ ކޮޓަރިގައެވެ. ހަނާ އާއި ނިސާދުގެ ފޮޓޯއަށް ބަލާށެވެ. އެހެން އިންދާ ކުއްލިއަކަށް ކޮޓަރިއަށް އައިސްވަނީ ޒިހުނީ އެވެ. ޔާޝްއަށް ޒިހުނީ ފެނުމާއެކު އަވަސް އަވަހަށް ފޮޓޯގަނޑު ބާލީސްދަށަށް ކޮށްޕާލިއެވެ. ޒިހުނީ އަކީ ޔާޝްއަށް ވުރެން 5 އަހަރު ކުޑަ ކުއްޖެކެވެ. ” ޔާޝް ބޭބޭ ކީއްކުރަނީ ” ޒިހުނީ އައިސް އެނދުގައި އިށީންނަމުން ޔާޝްއާ ސުވާލުކޮށްލިއެވެ. ” އެއްވެސް ކަމެއް ނުކުރަން. ކިހިނެއްވީ ކޮއްކޯ ” ޒިހުނީ އެނދުގައި އިށީނުމުން ފުރަގަހުން ޒިހުނީގެ ކޮޑުގާ އަތްއަޅުވާލަމުން ޔާޝް ސުވާލުކޮށްލިއެވެ. ” މަންމަ ބުނީ އައިސް ބަލާށޯ. އެހެންވެ އެވާހަކަ ބުނަން މިއައީ ” ޒިހުނީ ބުންޏެވެ. ” އެހެންތަ؟ ” މިހެން ބުނެ ޔާޝް ޒިހުނީ ގޮވައިގެން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.
” ކިހިނެއްވީ ދައްތާ ” ބަނދިގެ ފަރާތުގަ މަސައްކަތެއްގަ އުޅުން ސާނިޔާ އާއި މުހާތިބްކޮށް ޔާޝް ސުވާލުކޮށްލިއެވެ. ” ދައްތަ ވާހަކައެއް ބުނަން ވެގެން ޔާޝް ގެނައީ ” ސާނިޔާ ބުންޏެވެ. ” ކޮންވާހަކައެއް ބުނަންވެގެން ” ޔާޝް ވެސް ކޮށްލީ ސުވާލެކެވެ. ” ދުވަހަކު ވެސް ޔާޝް ދައްތަމެން ދޫކޮށްލާފަ ދާނަންތަ؟ ” ސާނިޔާގެ ސުވާލުން ޔާޝް ހައިރާންވިއެވެ. ” ތީ އަހަރެން ވިސްނާފަ އޮތް ކަމެއްނޫން ” ޔާޝް ބުންޏެވެ. ” ދައްތަ މިހެން މިބުނީ ޔާޝް ބައްޕަ ވިތަނެއް ހޯދަން ތަކުރާރުކޮށް ސުވާލު ކުރާތީ. ދައްތަ މިހުރިހާ ދުވަހުވެސް ބައްޕަ ވީތަނެއް ނުބުނެހުރީ ދައްތަމެން ދޫކޮށްލާފަ ޔާޝް ގޮސްފާނެތީ ” ސާނިޔާ ބުންޏެވެ. ” އަހަރެން ނޫޅެން މާމަޔާ ދައްތަމެން ދޫކޮށްލާފަ ދާކަށް. އެކަމަކު އެނގެންބޭނުންވަނީ ބައްޕަ ވީތަނެއް ” ޔާޝް ދެރަވެލާފަ ބުންޏެވެ. ” ބައްޕަވީ މާލޭގަ. މަންމަ ޔާޝްއަށް ބަނޑުބޮޑުވިއިރު މާލެ ދިޔަގޮތަށް ބައްޕަ އުޅެނީ މާލޭގަ ” އެންމެފަހުން ޔާޝްއަށް ނިސާދު އުޅޭތަނެއް އެނގުމުން ހިތްހަމަ ޖެހުނެވެ. އެއަށްފަހު ސާނިޔާ ނުބުނެހުރި ބައެއް ވާހަކަތައް ޔާޝްއަށް ކިޔާދިނެވެ.
” ބައްޕަ މަންމަ އާދޭތެރޭ ކޮންމެގޮތަކަށް ކަންތައް ކުރިޔަސް އަހަރެން ބަލާބޮޑުކޮށް ހުރިހާ ކަމެއް ކޮށްދިން މީހުންދޫކޮށްލާފަ ދާހިޔާލެއްނެތް. އިރާދުކުރެއްވިއްޔާ އަހަރެން މަންމަގެ އުންމީދުތައް ކާމިޔާބު ކުރާނަން ” ޔާޝްގެ ވާހަކަތައް އަޑު އިވުމުން ސާނިޔާގެ ހިތްއުފަލުން ފުރުނެވެ.
އާދައިގެމަތިން ނިސާދު އޮފިހަށްދަމުން ސުނާހް ގެނެސް ގަޔާ ކައިރިކޮށް ބައްދާލިއެވެ. ” އަހަރެން މިދަނީ އޮފީސްކަމެއްގަ މިތާ ކައިރީ ރިސޯޓަކަށް. ފަހަރެއްގަ ލަސްވެދާނެ ” ސުނާހް ގަޔާ ދުރުކޮށްލަމުން ނިސާދު ބުންޏެވެ. ” ދަރިފުޅު މަންމަގެ ބަސްއަހައިގެން ހުންނާތި ” ގެއިން ނިކުންނަމުން ސުނާހްގެ ބޮލުގާ ފިރުމާލަމުން ނިސާދު ބުނެލިއެވެ. ނިސާދު ދިޔުމުން ލާނެއްފާޑަކަށް ހަސްމާ ހީލިއެވެ.
” ކީއްކުރަނީ ” ނިސާދު ފޯނުކޮށްފަ ސުވާލުކޮށްލިއެވެ. ” ކަމެއް ނުކުރަން. ޓީވީ ބަލަން މިއޮތީ ” ހަސްމާ ބުންޏެވެ. ” ކޮބާ ސުނާހް ” ނިސާދު އަހާލިއެވެ. ” މިއޮތީކައިރީގަ. ސުނާހް ޓީވީ ބަލަން އޮތީމަ މިތާ އޮށޯވެލައިގެން އޮތީ ” ހަސްމާ ބުންޏެވެ. ” ކޮންއިރަކުން އަންނަނީ ” ހަސްމާ ސުވާލުކޮށްލިއެވެ. ” އަދި ނޭންގެ. ހީވަނީ މިކޮޅުގަ މަޑުކުރަން ޖެހޭނެހެން ” ރިސޯޓުން އަނބުރާ މާލެ އާދެވޭނެ ކަމުގެ ޔަގީންކަން ނެތީމަ ނިސާދު ބުންޏެވެ. ދެމީހުން އިރުކޮޅެއް ވަންދެން ވާހަކަދައްކަން ތިބެފަ ފޯން ބޭންވިއެވެ.
ރޭގަނޑު 8 ޖަހަންވީއިރަށް ހަސްމާ ސުނާހަށް ކާންދީ ހުރިހާކަމެއް ކުރުމަށްފަހު ނިންދެވިއެވެ. އެއަށްފަހު ހަސްމާ ވަރުގެ ކޮޅަށް ނަލަހެދިލިއެވެ. އަދި ގަޑިކޔާފަ އޮތް މީހާގެ އިންތިޒާރުގާ ކޮޓަރީގައި ދެކޮޅަށް ހަސްމާ ހިގަންފެށިއެވެ. އެހެން ހުއްޓާ ހަސްމާގެ ފޯން ރިންގް ވާންފެށިއެވެ. ހަސްމާ ފޯނަށް ބަލާލުމަށްފަހު ކޮޓަރީ ދޮރު ހުޅުވާލުމުން ބޭރުގައި ހުރި މީހާ ކޮޓާރިތެރެއަށް ވަނެވެ.
މެންދަމު އެކެއް ޖެހިފަހުން ނިސާދު ރިސޯޓުން މާލެއަށްނަ ގޮތަށް ހަމަޖެހުމުން މާލެއަންނަން ދަތުރުފެށިއެވެ. ނިސާދު މާލެ އަންނަމުން ހަސްމާއަށް ނުގުޅީ ހަސްމާ ނިދާފާނެކަމަށް ބަލާފައެވެ. ވިއްސަކަށް މިނެއްޓުގެ ދަތުރަކަށްފަހު ނިސާދު މާލެއަށް ފައިބައިގެން އައިސް ސައިކަލަށް އަރާ ގެއާދިމާއަށް ދުއްވާލިއެވެ.
ނިސާދު ގެއަށްވަދެ ކޮޓަރިއާ ހަމައަށް ދިޔައިރު ނިސާދާއި ހަސްމާ އަދި ސުނާހްގެ ފައިވާނުގެ އިތުރުން އެހެން ފިރިހެން ފައިވާނެއް އިނުމުން ނިސާދުގެ ހިތުގައި ސުވާލުތަކެއް އުފެދުނެވެ. ” ކާކުގެ ފައިވާނެއްތަމީ ” ނިސާދުއަށް ބުނެލެވުނެވެ. އެވަގުތު ނިސާދުގެ ކަންފަތުގާ އާދަޔާހިލާފް އަޑެއް ޖެހުނެވެ. އެއަޑު އައީ ކޮޓަރި ތެރެއިންނެވެ. ނިސާދު ބަލާކަށް ނުހުރެ ޖީބުގައޮތް ތަޅުދަޑިފަތިނަގާ ކޮޓަރީ ދޮރުހުވާލިއެވެ. އެވަގުތު ނިސާދުއަށް ކޮޓަރީ ދިއްލާފަހުރި ބޮކީގެ ފަޑު އަލިކަމުގެ ތެރެއިން ފިރިހެނެއް ފެނުނެވެ. ނިސާދާއި ހަސްމާގެ އެދުމަތިންނެވެ. އަވަސް އަވަހަށް ނިސާދު ކޮޓަރީ ބޮކި ދިއްލާލިއެވެ. ކަމަކުދާކަށް ނެތެވެ. ހަސްމާ ހުރިގޮތް ފެނުމުން ނިސާދު އިންތިހާއަށް ރުޅިގަދަވިއެވެ. ނިސާދު ފެނުމުން ހަސްމާ ކައިރީގައި އޮތް ބެޑުސީޓް ނަގާ ގައިގާ އޮޅާލިއެވެ. ނިސާދުއަށް ކާކުކަން ނޭންގޭ ފިރިހެންމީހާ ކޮޓަރިން ނިކުމެގެން ދަންދެން އެއްޗެއް ނުބުނެ ހުއްޓެވެ. އެމީހާ ދިޔުމުން ހަސްމާ ހެދުން ހިފައިގެން ފާހާނާއަށް ވަނެވެ. އޭރުވެސް ނިސާދު ހުރި ފިޔަވަޅުމަތީ ގަބުއަރާފަ ހުއްޓެވެ. އިރުކޮޅެއްފަހުން ހަސްމާ ފާހާނާއިން ނިކުމެ ދޮރުކައިރީ މަޑުކޮށްލިއެވެ. ހަސްމާ ފާހާނާއިން ނިކުތްކަން އެނގުމުން ނިސާދު މަޑުމަޑުން ހިގާފަގޮސް އަލަމާރި ކައިރީ ހުއްޓި ކޮޑުގައި އަޅުވާފަހުރި ދަބަސް އަލަމާރިއަށްލިއެވެ. އެއަށްފަހު އަލަމާރިން އެހެން ދަބަހެއްނަގާ އެނދުމަތީގައި ބެހެއްޓިއެވެ. އެވަގުތު ހަސްމާ އައިސް ނިސާދުގެ އަތުގާ ހިފުމުން ހީވީ ނިސާދު ކަރަންޓްގަ ޖެހުނު ހެންނެވެ. އެބުރި ބަހައްޓާފަ ހަސްމާގެ ކަންފަތްމަތީ އަތުންޖެހިއެވެ. ނިސާދު ޖެހިލެއް ބާރުކަމުން ހަސްމާގެ މޫނުމައްޗަށް އަނދިރިވެގެން ދިޔައެވެ. ” ހަނދާންކުރާތި. ތިމުޑުދާރު ދެއަތުން އަހަރެންގެ ގައިގާ އަތްނުލާތި. އަހަރެންގެ ހިތަށް އަރާ ތިހުރިހާ ކަމެއް ކުރުމުގެ ކުރިން ވިސްނާ ވެސް ނުލަނީ ބާއޭ. އަހަރެން ކޮންކަމެއް ނުކޮށްދޭތީ ހަސްމާ ތިހެންކަންތައް ތިކުރީ. ހުރިހާ ކަމެއްގަ ހަސްމާއަށް މިނިވަންކަން ދިނީމަ އަހަރެންނަށް ލިބުނު ހަދިޔާ ކިހާބޮޑު. ކިހާ ފުރިހަމަ. މިހާރު އަހަރެންނަށް މިކުރެވުނީ ކުށެއްކަން އެގިއްޖެ. އަހަރެންނަށް ކުރެވުން އެންމެ ބޮޑުކުށަކީ ނޭންގި ތިފެންވަރުގެ މީހެއްގެ މަކަރުވެރިކަމުގަ ޖެހުން. އެކަމަކު ދެން އެންމެ ހިނދުކޮޅަކު ވެސް ހަސްމާއާއި އެކުގަ އުޅޭކަށް ބޭނުމެއްނޫން. ތިހުރީ ވަރިކޮށްފަ ” ނިސާދު ހަސްމާ ވަރިކޮށްފަ އެގެއިން ނިކުމެގެން ދިޔައެވެ. ނިސާދުގެ އެދެއަކުރުގެ ލަފުޒު ހަސްމާގެ ކަންފަތުގާ ޖެހުނު ނަމަވެސް މާބޮޑު ކަމަކަށް ނުވިއެވެ. މޫނުމަތިން ދެރަވުމުގެ އެއްވެސް އަސަރެއް ފެންނާކަށްވެސް ނެތެވެ.
ނިސާދު ގެއިން ނިކުމެ ސައިކަލަށްއަރާ ބާރަށް ދުއްވާލިއެވެ. ވަގުތަކީ މާލޭ މަގުމަތި ވަރަށް ހަމަހިމޭން ވަގުތެކެވެ. ދުއްވާ އެއްޗެހި މަދެވެ. އެހެންކަމުން ނިސާދު ސައިކަލް ދުއްވަމުން ދިޔައީ މަޖީދީމަގުން އިރަށެވެ. އެއްވެސް މިސްރާބެއް ކަޑައަޅައިގެނެއް ނޫނެވެ. ނިސާދު ސައިކަލް ދުއްވަމުން ދިޔައިރު ވެސް ވިސްނުމާ ފިކުރު ހުރީ ގޭގެ ކޮޓަރީގައެވެ. އިވުނު އަޑުތަކެވެ. ފެނުނު މަންޒަރު ތަކެވެ. ދުއްވަމުންދިޔަ ސައިކަލް ނިސާދު މަޑުކޮށްލީ އާޓިފިސަލް ބީޗް ސްޓޭޖް ކައިރީގައެވެ. ސައިކަލް ޕާކް ކޮށްލާފަ މަޑުހިނގުމެއްގާ ނިސާދު ގޮސް ބީޗުގައި ހުރި ބެންޗްތަކުން ބެންޗެއްގައި އިށީނެވެ. އަދި ވެދިޔަ ކަންތަކާ ވިސްނާލެވުމުން ލޮލުން ކަރުނަ ފައިބައިގަތެވެ. ހަސްމާގެ ވަފާތެރިކަމެއް ނެތުމުން ނިސާދު އިންތިހާއަށް ހިތާމަކުރިއެވެ. ” ކީއްވެތަ ކުރިން ހަސްމާގެ ފަރާތުން ފެންނަމުން ދިޔަ ކަންތައްތައް އަހަރެންނަށް ނުވިސްނުނީ ” ނިސާދުއަށް ބުނެލެވުނެވެ. އަދި ގިސްލާ ރޯންފެށިއެވެ. ދިރިއުޅުން ބަރުބާދު ވެއްޖެކަމުގެ އިހުސާސްކުރެވުމުންނެވެ. އެއަށްފަހު ބާރަ އަހަރު ފަހުން ހަނާގެ ނަން ކިޔާލިއެވެ. ނަމަވެސް މިއަދު އެއްވެސް މީހަކަށް ހާނާއެއް ނުފެންނާނެއެވެ. ހަނާގެ ފަރާތުން ލިބެމުންދިޔަ ލޯތްބާ، ކުލުނާ، އަޅާލުން ހަނދާން ނައްތާލުމަށްފަހު ނިސާދު ހަސްމާގެ ގާތަށް ދިޔައީ ހަނާއަކީ އެއްވެސް އަގެއްނެތް މީހެއްހެއްކަން ހަނާއަށް ބުނެދެމުންނެވެ. ނަމަވެސް މިއަދު ތަގުދީރުގާ ނިސާދާ މެދު ކަންތައްވެގެން ދިޔަގޮތަކީ، އެދުވަހު ހަނާއަށް ނިސާދު އަޅާނުލި އަޅާނުލުމެވެ. އެދުވަހު ހަނާ ކުރި ހިތާމަ މިއަދު ނިސާދުއަށް ވަނީ ކުރަންޖެހިފައެވެ. އެކަކަށް ދެރައެއްދީފަ އަނެކަކަށް މާއުފަލުގަ ނޫޅެވޭނެކަން ނިސާދުއަށް ވިސްނުނެވެ. ނަމަވެސް ނިސާދުއަށް ވިސްނުންއިރު ވަނީ ވަގުތު ފާއިތުވެފައެވެ.
https://www.facebook.com/FiniAshi
މި ލިންކުން އަހަރެން ލިޔަމުންދާ ހުރިހާ ވާހަކައެއް ފެންނަން ހުންނާނެ. ހުރިހާ ކިޔުންތެރިންގެ ކިބައިން އެދޭ އެދުމަކީ ފޭސްބްކް މި ޕޭޖަށް ލައިކެއްދީ، އެންމެ ފަހުގެ ވާހަކަ ތަކަށް އިންތިޒާރުކުރުން. އަދި ސީދާ އަހަރެންނާ މެސެޖެއް ހިތްސާކުރަން ބެނުންނަމަވެސް މި ޕޭޖް މެދުވެރިކޮށް އެކަން ކުރެވޭނެ. އުންމިދުކުރަނީ އަހަރެންގެ ވާހަކައަށް ކިޔާ ގިނަ ކިޔުންތެރިންނާ ދިމާވުން…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.


Adhi nukiyan.. Kiyaaafa comment eh kohlaanan????
OK.
Wooooow v rythiii… Nisaadhu ah vaaan vi goii hama e v… V salhi vaahaka….
adhi nunimey dw mi vaahaka? btw story nice
nimuny?
Yaash ah nisaadu feni bahdhaluvma nimeyne..nice story….
Mihen mibune kurin muvaahaka genesdhyfa iniru nisaadhu aa yaash bahdhaluvey… Ehenvma….
Nimuny tha.?
Wow .. ?