Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަގެއްނެތްލޯބި 21 ވަނަ ބައި

Xiroo Thihthi Level 210 Stories
September 23, 2017 5 Mins Read
10 Comments

ހަސްމާ އާއި ނިސާދު ކޮޓަރިއަށް ވަނުމުން ދެންވާގޮތް ބަލަން ޒިޔާދު ތެދުވީ ސަލާމަތްވުމުގެ ގޮތުން ފޯނުގެ ރިންގް އޮފް ކޮށްގެންނެވެ. ޒިޔާދު ތެދުވެ ނިސާދުގެ ކޮޓަރިއާއި ދިމާއަށް ބަލާލިއެވެ. ދޮރު ހުރީ ހުޅުވާފައެވެ. ޒިޔާދު ހުރި ގޮތުން ވަރަށް ރީތިކޮށް އެނދުމަތި ފެންނަން ހުއްޓެވެ. ނިސާދު އޮތީ އެނދުގައި އޮށޯވެގެންނެވެ. ލައިގެން އޮތް ބޮކްސަރ ފިޔަވާ އިތުރު އެއްވެސް އެއްޗެއް ނިސާދުގެ ގައިގަ ނެތެވެ. އިރުކޮޅަކުން ހަސްމާ އައިސް އެނދުކައިރީ ހުއްޓުނެވެ. ހަސްމާ ލައިގެން ހުރީ ހުދު ކުލައިގެ ނައިޓީއިން ހަސްމާގެ ހަށިގަނޑު ރީތިކޮށް ފެންނަން ހުއްޓެވެ. އިސްތަށިގަނޑު ވަނީ ހާވާލާފައެވެ. ނިސާދު ހަސްމާގެ އަތުގައި ހިފައި ލަތްކެއް ޖެހިއެވެ. އެވަގުތު ހަސްމާ ނިސާދުގެ ގައިމައްޗަށް ވެއްޓުނެވެ. ނިސާދު ވަރަށް ބާރަށް ހަސްމާގެ ގައިގާ ބައްދާލިއެވެ. މިހުރިހާ މަންޒަރު ތަކެއް ޒިޔާދު ދިޔައީ ވީޑިއޯ ކުރަމުންނެވެ. ކޮޓަރީގައިވާ ފަޑު އަލިކަމުގެ ތެރެއިން ޒިޔާދު ވީޑިއޯ ކުރަމުން ދިޔައިރު މޫނު އަނެއްފަރާތަށް އަނބުރާލަން ކިތަންމެ ފަހަރަކު ޖެހުނެވެ. އެއްމެ ގާތް ރަހުމަތްތެރިޔާ އުޅެމުންދާ ހަޑި ހުތުރު މަންޒަރުތައް ބަލަން ނުކެރިގެންނެވެ. ” ޒިޔާދު އެކޮޅަށް ދިޔަގޮތަށް ހަބަރެއްވެސް ނުވޭ. އަނެއްކާ ނިސާދުއަށް ފެނުނީ ނޫންބާ؟ ” ރަމްލާ ވަރަށް ކަންބޮޑުވެގެން ކިޔަން ފެށިއެވެ. ” ޒިޔާ އަހަރެންނަށް މެސެޖް ކުރި. އޭނަ ބުނީ އެމީހުން އެތެރޭގައޭ ތިބީ، ނުގުޅާށޯ ” ރަމްލާ ކަންބޮޑުވެގެން އުޅެން ފެށުމުން ހަނާ ބުނެލިއެވެ.

ފެނުނު ހުރިހާ މަންޒަރެއް ޒިޔާދު ވީޑިއޯ ކުރިއެވެ. އެހެން ނަމަވެސް އެތަނުން ދެވޭގޮތެއް ނުވިއެވެ. ގަންނަންވީ ހުރިހާ ގަނޑެއްގަނެ، ޖަހަންވީހުރިހާ ސަކަރާތެއް ޖެހުމަށްފަހު ނިސާދު އައިސް ސިޓިންގް ރޫމް ސޯފާގައި އޮށޯތެވެ. އޭރު ހަސްމާ އޮތީ އެނދުމަތީގައެވެ. ރަޖާ ގަނޑު ދަށަށް ވަދެއެވެ. އިރުކޮޅެއް ފަހުން ހަސްމާ އެތަނަށް ނިކުތެވެ. ރަޖާ ގަނޑު މޭމައްޗާ ހިސާބުން އޮޅައިގެންނެވެ. ” މިތާ ތިއޮތީ ކިހިނެއްވީ. އަހަރެން ކައިރީ އޮންނަ ހިތްނުވަނީތަ؟ ނޫނީ އޮންނަން ބޭނުން ނުވަނީތަ؟ ” ހަސްމާ ނިސާދުއާއި ސުވާލު ކޮށްލިއެވެ. ” ނޫން. ހިގާދޯ ނިދަން. ވަރަށް ވަރުބަލި ވެއްޖެ ” ސޯފާއިން ތެދުވެގެން ހަސްމާ ގައިގައި ލައްކޮށްލައިގެން ނިސާދު ގޮސް ކޮޓަރިއަށް ވަނުމުން ޒިޔާދު ފުންނޭވާއެއްލިއެވެ. މަޑުމަޑުން ފޮތިގަނޑު އެއްފަރާތަށް ކަހާލާފައި ގުދުވެގެން ކަހަލަ ގޮތަކަށް ސޯފާގެ ނިވަލުން ޒިޔާދު ދޮރާ ހަމައަށް ދިޔައެވެ. ޖީބުގައި އޮތް ތަޅުދަޑިން ވަރަށް މަޑުމަޑުން ދޮރު ހުޅުވާލިއެވެ. އަދި ބޭރަށް ނިކުމެ ތަޅުލިއެވެ. ޒިޔާދު ކުރަން އައި ކަންތައް ކާމިޔާބު ވުމުން ވަރަށް ހިތްހަމަ ޖެހުނެވެ. އަދި އަތުގައި އޮތް ކެމެރާއަށް ބަލާލުމަށްފަހު ސިޑިން ފައިބައިގެން ހަލުވި ހިގުމެއްގައި ޒިޔާދު ހަދީޖާގެ ގެއާދިމާލަށް ހިގަންފެށިއެވެ.

އޭރު ގަޑިން މެންދަމު 1:30 ވަނީއެވެ. ޒިޔާދު ހަދީޖާމެންގެ ގެއަށް ދިޔައިރު އެއްމެން އޭނާގެ އިންތިޒާރުގައި ތިއްބެވެ. ” ކިހިނެއްވީ. ކުރަންދިޔަ ކަންތައް ކާމިޔާބުވިތަ؟ ” ޒިޔާދު ފެނުމުން ރަމްލާ އަހާލިއެވެ. ” އާނ ދައްތާ. ތިކަން ވަރަށް ރަނގަޅަށްވި. އެކަމަކު ނިސާދުއަށް ނުފެނި ގެއިން ނިކުމެވުނީ ހަމަ ކިރިޔާ. އެދެމީހުން ތިބީ ވަރަށް ވަރުވެފަ. ތަންތަނުގަ މީހުންގެ ފިރިން ގޮތްގޮތަށް އުޅޭތަން އަހަރެން ވެސް ދެކެން. އެކަމަކު ނިސާދު ވަރެއް ނުދެކެން. ލަދުން ހަލާކު ނުވީ ކިރިޔާ. އަހަރެން ލަދުގަނޭ ނިސާދުއަކީ އަހަރެންގެ ރަހުމަތްތެރި އެކޭ ބުނަންވެސް. އަހަރެންގެ ހިތަކަށް ނާރާ މިފަދަ ދަށު ދަރަޖަ އަކަށް ނިސާދު ވެއްޓިގެން ދާނެއެކޭ ” ޒިޔާދު ހުރީ ރުޅިގަދަ ވެފައެވެ. ” ދައްތާ. އަހަރެން ދެންމިިިދަނީ ގެއަށް ދާން. މާދަން އަހަރެން އަންނާނަން ދައްތަމެން ގެއަށް ދިޔުމުގެ ކުރިން. އަހަރެން އަންނައިރު ސީޑީ އަކަށް ވީޑިއޯތައް ރައިޓް ކޮށްގެން އަންނާނީ ” ތެދުވެގެން ދަމުން ހަނާއަށް ގޮވާލާފަ ދަނީއޭ ބުނެލާފަ ޒިޔާދު އެގެއިން ނިކުތެވެ. ހަނާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

ޒިޔާދުގެ ވާހަކަތަކަށްފަހު ހަނާ އިނީ ވަރަށް ފާޑަކަށެވެ. ވާނީވެސް އެހެންތާއެވެ. ފިރިމީހާ އުޅޭ ވިޔާނުދާ ގޮތް ބަލަން ކެއްވާނީ ކޮން އަތްބަކަށް ހެއްޔެވެ؟ އެވަރުގެ އަންހެނުން މިދުނިޔޭ ގަ އުޅޭ ހެއްޔެވެ؟ ޒިޔާދު ދިޔުމުން އެއްމެން ނިދަން ދިޔައެވެ. ރަމްލާ އެއްވެސް އެއްޗެއް ނުބުނެ އޮތެވެ. ހަނާއާއި ސާނިޔާ ވެސް މިގޮތެވެ. ހީވަނީ ވާހަކަ ނުދައްކަން މީހަކު އަންގާފަ އޮތްހެނެވެ.

މެންދަމުން އަލިވެ 3 ޖެހި އިރުވެސް ހަނާ ނުނިދައެވެ. ލޮލަށް ނިދި ނުވެސް އަންނަނީއެވެ. ފުރޮޅި ފުރޮޅި އޮތީއެވެ. އެހެން އޮށްވާ ހަނާ މަޑުމަޑުން ހަނދާނުގެ ތެރެއަށް ގެބިގެން ދާން ފެށިއެވެ. ނިސާދުއާއި ހަނާ ރައްޓެހި ވެގެން އުޅުން ދުވަސް ތަކެވެ. އެވާހަކަތަކެވެ. ވީ ވަޢުދު ތަކެވެ. ކުރި އަހުދު ތަކެވެ. ކަޅުފޮއި އަނދިރި ރޭތަކުގަޔާއި، ހަނދުވަރުދޭ ނަލަ ރޭތަކުގައެވެ. ތުޑީގެ މަޑު ދޮންވެލި ގަނޑުމަތީ ތިބެގެން ޖެހި ސަކަރާތެވެ. ނަމަވެސް މިއަދު ނިސާދު އެދެއްކި ވާހަކަތަކާ، ވީވަޢުދުތަކާ، ކުރި އަހުދުތައް ފަނާ ވެއްޖެއެވެ. އޭރުގެ ކޮންމެ ފިރުމުމަކުން ހަނާއަށް އިހުސާސްވަމުން ދިޔައީ މުޅި ދުނިޔެވެސް އެކުގާ ލިބިގެން ދިޔަހެނެވެ. ރޭގަނޑުގެ އަރާމު ނިދިން މަހުރޫމް ވެގެންއޮވެ ހަޔާތުގެ ގަނޑުވަރު ހަނާ ދިޔައީ ބިނާ ކުރަމުންނެވެ. އެގަނޑުވަރުގައި މަލުގެ ދާނެއްގައި ހަނާ ގެންގުޅޭނެ ކަމަށް ނިސާދު ދިޔައީ ބުނަމުންނެވެ. އަދި އެކަން ސިފަވެސް ކޮށްދެމުން ދިޔައެވެ.

އެދުވަހު ހަނާ ދެކެމުން އައި މަންޒަރުތައް މިއަދު ބަދަލުވެ، ދެކެންބޭނުން ނުވާ އެތަކެއް އެހެން މަންޒަރު ތަކެއް ފެންނަމުން ދިޔައެވެ. ބާނިލާ ބޮޑު ކަނޑެއްގައި ހަނާއަށް މިވަނީ އެކަނި ފަތަން ޖެހިފައެވެ. އިތުރު މީހެއްގެ އެހީއެއް ނެތިއެވެ. ކުރި ހުރިހާ ހިޔާލަކާ، ދެކެމުންއައި ފޮނި ހުވަފެންތައް ވިއްސި ވިހާލި ވެގެން ދިޔައީ ގަދަފަދަ ވިލާގަނޑެއްގެ ވައި ގެތެރޭގައެވެ. ދިރިއުޅުމަކީ ހަނގުރާމަ އެކެވެ. ދުނިޔޭގަ އުޅުމަކީ އިމްތިހާނެކެވެ. މި އިމްތިހާނުން ހަނާ ފާސްވާނެ ހެއްޔެވެ؟ ދިރިއުޅުމުގެ ހަނގުރާމައިން ހަނާއަށް ފަތަހަ ލިބޭނެ ހެއްޔެވެ؟

ހެނދުނުގެ އިރު ދުނިޔެ މައްޗަށް އަރައިގެން އައީ އެއްބަޔަކު ހެއްވަމުންނެވެ. އަނެއްބަޔަކު ރޮއްވަމުންނެވެ. ނިސާދު ހެމުންދާ އިރު، ހަނާ ރޮމުންދަނީއެވެ. މީ އިންސާފު ހެއްޔެވެ؟ ޒިޔާދު ހެނދުނު ހަދީޖާގެ ގެއަށް އައީ އެވީޑިއޯތައް ސީޑީ އަކަށް ރައިޓްކޮށްގެންނެވެ. “މިއޮތީ ސީޑީ” ހަނާއާއި ދިމާލަށް ސީޑީ ދިއްކޮށްލަމުން ޒިޔާދު ބުނެލިއެވެ. ހަނާ ސީޑީގައި ހިފީ ގަޔާ ނުވާގޮތަކަށެވެ. މަންޒަރު ބަލަން ރަމްލާ އިނެވެ. ހަނާ ސީޑީ ހިފައިގެން ވަނީ ކޮޓަރިއަށެވެ. ފަހަތުން ރަމްލާއާއި ސާނިޔާވެސް ވަނެވެ. ހަދީޖާއާއި ޒިޔާދު ސިޓިން ރޫމްގައި ތިއްބެވެ. 10 ވަރަކަށް މިނެއްޓް ފަހުން ރަމްލާ ނިކުތެވެ. ރަމްލާގެ މޫނުމަތިން ލަދުވެތި ކަމާއި، ރުޅިވެރިކަން ފެންނަން ހުއްޓެވެ.” ލަދުން ބޯހަލާކު….. އަހަރެންގެ ހިތަށް އަރާ އަހަރެން ތިމާގެ ކުއްޖަކަށް ނިސާދު ނުވި ނަމައޭ!!! އޭނާގެ ސަބަބުން ހަނާގެ މުޅި ދިރިއުޅުން ބަރުބާދު ވެއްޖެ. އެފަކީރު އެހާލުގާ އުޅޭކަންވެސް ރަނގަޅު” ރަމްލާ އެއްޗެހިކިޔަމުން އައިސް ސޯފާގައި އިށީނެވެ.

“ހަނާ ދެން ހުއްޓާލާ. ތިގޮތަށް ރުއިމަކުން ވާނެ އެއްވެސް ފައިދާއެއް ނެތް. ހިތްވަރު ކޮށްލާފަ ނިސާދުއާއި ތިޔަ ވާހަކަ ދައްކާބަލަ. އޭނައަށް ނަސޭހަތްދީ. ހަނާގެ ނަސޭހަތް ގަބޫލް ނުކޮށްފިނަމަ ވަކިވާނީ” ސާނިޔާ އޯގާތެރިކަމާއެކު ހަނާއާއި ވާހަކަ ދައްކަމުން ދިޔައެވެ.” އަހަރެން މިހާރު ދިރިއުޅުން މަތިން ފޫހިވެއްޖެ. އަހަރެން އޭނައަށް ކިހާ އިތުބާރެއް ކުރިން. އަހަރެންގެ ފަރާތުން އޭނައަށް ނުލިބެނީ ކޮންއެއްޗެއް. އެކަމަކު މިއަދު އަހަރެން ނުވި އެއްވެސް މީހަކަށް. ދޮރުމަތީ އޮންނަ ފައިފުހީގެ މިސާލުން އޭނަ އަހަރެންނާ މެދު މިހާރު ދެކެނީ. އަހަރެންމީ ކީއްކުރާ މީހެއްތަ؟ އަހަރެން ވަރަށް މަސައްކަތް ކުރިން އޭނަ ރަނގަޅުކުރަން. އެކަމަކު…….. އަހަރެން ދެން ބޭނުމެއް ނޫން އޭނަޔާއެކު އުޅޭކަށް. އޭނަގެ އެ އުފާވެރި ދިރިއުޅުމަށް އަހަރެންގެ ހިޔަނި އެޅޭކަށްވެސް ބޭނުމެއް ނޫން. ” ސާނިޔާގެ ކޮޑުގާ ހަނާ ބޯއަޅައިގެން އޮވެ ރޮމުން ވާހަކަ ދައްކަމުން ދިޔައެވެ.

” ކޮންހިޔާލެއް…” އިސްތަށިގަނޑުގާ އޮޅާފައިން ތުވާލި ނައްޓާލަމުން ހަސްމާ ނިސާދު ކުރެން އަހާލިއެވެ. ނިސާދު އޮތީ އުޑުތިލަމަތިން އެނދުގައި އޮށޯވެގެން ނިއްކުރިމަތީ އަތްބާއްވާލައިގެން ނެވެ. ” އެއްވެސް ހިޔާލެއްގައެއް ނޫން. މިތާ އިށީދެބަލަ ” ހަސްމާގެ އަތުހިފާލުމަށްފަހު ނިސާދު ބުންޏެވެ. ” ދެން އަހަރެންނަށް ހަސް އާއި ވަކިން ނޫޅެވޭނެ. އަހަރެން ބޭނުން ވީހާވެސް އަވަހަށް ހަސް އަހަރެންގެ މީހަކަށް ހަދަން ” ހަސްމާ ނިސާދުގެ ކައިރީ އިށީނުމުން ހަސްމާގެ އުގުގައި ބޯއަޅައިގެން އޮވެ ވާހަކަ ދައްކަމުން ދިޔައެވެ. ” އެހެންތަ؟ ދެން ހަނާ ޔޯ……” ހަސްމާ އަހާލިއެވެ. ” ތިކަން މިހާރު އެއްމެ ބޮޑުކަމަކަށް އޮތީ. ހަސްއާ ކައިވެނި ކުރަން ހަނާ ގަބޫލް ވާނެ ބާއޭ ވެސް ހިތަށް އަރާ ” ނިސާދު ހަސްމާ ކައިރީ ބުންޏެވެ.” ހަނާ ގަބޫލް ނުވީޔޯ… އޭރުން ދެންކިހިނެއް ހަދާނީ ” ހަސްމާ ސުވާލު ކޮށްލިއެވެ. ” އޭރުން ހަނާ ޖެހޭނީ އަހަރެންގެ ހަޔާތުން ދުރަންދާން ” ނިސާދު ޔަގީން ކަމާއެކު ބުނެލިއެވެ. އެއްވެސް ވަރަކަށް ވިސްނާލުމެއްވެސް ނެތިއެވެ. ހަސްމާ އުފަލުން ނިސާދުގެ ގައިގާ އޮޅުލައި ގަތެވެ. އެހާ ހިސާބުން އަނެއްކާ ވެސް ކުޅިވަރު ފެށިގެން ދިޔައެވެ.

ސާނިޔާ ވަރަށް އާދޭސް ކުރުމުން ހަނާ ރުއިން ހުއްޓާލިއެވެ. ނަމަވެސް ދާއިމީ ގޮތަކަށް ނޫނެވެ. އެގޮތަށް ހުއްޓާލެވޭނީ ވެސް ކިހިނެއް ހެއްޔެވެ؟ ހަނާ ލޮލުން ފައިބަމުން ދިޔަ ކަރުނަ ތައް ފުހެމަށްފަހު މޫނު މައްޗަށް ފައިބައި ހުރި އިސްތަށިތައް ރީތި ކޮށްލިއެވެ. ” އަހަރެން ވާހަކައެއް އަހާލަންތަ؟ ސާނިޔާ ހަނާ ގާތުގައި ބުނެލިއެވެ. ” ހޫމް… އަހާބަލަ ” ހަނާ ބުންޏެވެ. ” ޒިޔާދުގެ ބިޓެއް ހުރޭތަ؟ ސާނިޔާގެ މިސުވާލާއެކު ހަނާ ހީލިއެވެ. ސާނިޔާ އިނީ ހައިރާން ވެފައެވެ. ” ކިހިނެއްވީ ” ސާނިޔާ އަހާލިއެވެ. ” ކަމެއްނުވޭ… ޒިޔާގެ ބިޓެއް ނުހުރޭ. ކިހިނެއްވީ. އަނެއްކާ ސާނިޔާއަށް ޒިޔާ މާބޮޑަށް ކަމުދަނީތަ؟ ހަނާ ހިނިގަނޑު ކޮންޓްރޯލް ކުރުމަންފަހު އަހާލިއެވެ. ” އާނ.. ކަމުދާ ގޮތެއް ހުރޭ. އަހަރެންގެ ހިތް ޒިޔާ ފެންނަ ފަށުގާ ހުންނަން އެދޭ. އެހެންވެ އަހާލީ ” ސާނިޔާ ޖެހިލުމެއްނެތި ހަނާ ގާތުގައި ބުނެލިއެވެ. ” ދެން އަހަރެން ކިހިނެއް ހަދަންވީ ” ސާނިޔާގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުން ހަނާ އަހާލިއެވެ. ” އަހަރެންނަށް މިކަން ކޮށްދޭންވީ ” ސާނިޔާގެ ކޮންމެ ޖަވާބަކުން ހަނާއަށް އެގިގެން ދިޔައީ ސާނިޔާ ޒިޔާދު ބޭނުންވާ މިންވަރެވެ. ” އެހެންވިޔާ އަހަރެން ތިވާހަކަ ޒިޔާ އާއި ދައްކާނަން. ޒިޔާއަކީ އަހަރެންގެ ދިރިއުޅުން އުފާވެރި ކޮށްދިނުމަށް މަސައްކަތް ކުރި ވަރަށް ރަނގަޅު ރަހުމަތްތެރިއެއް. އަހަރެންނާއި އަހަރެންގެ ފިރިމީހާއަށް ދެރަގޮތެއް ވާން ނޭދޭ މީހެއް. އަމިއްލަ އުފާތައް އަހަރުމެން ދެމީހުންނައްޓަކާ  ގުރުބާންކުރި ހިތްހެޔޮ މީހެއް. ޒިޔާ އަކީ ނިސާދުގެ އެއްމެ ގާތް ރަހުމަތްތެރިޔާ. އެކަމަކު ޒިޔާ ގުޅާލިޔަސް ނިސާދު ފޯނުވެސް ނުނަގާނެ. އަހަރެންގެ ހިތަށްއަރާ އެއަންހެންކުއްޖާ ނިސާދުއަށް ކީއްކޮށްފަ ބާއޭ އެހުރީ. އަހަރެންގެ ދިރިއުޅުން ހަލާކު ކުރަން އަހަރެންގެ ކުށަކީކޮބާ؟؟؟ ” ވާހަކަ މިހާ ހިސާބަށް ދިޔައިރު އަނެއްކާ ވެސް ހަނާގެ ލޮލަށް ކަރުނަޖަމާވެ އަޑު ބެދޭގޮތްވިއެވެ. އިރުކޮޅެއް ފަހުން ސާނިޔާ ކޮޓަރިން ނިކުތީ ހަނާ ގޮވައިގެންނެވެ. ހަނާ އެކަނި ބަހައްޓަން ބޭނުންނުވާތީއެވެ.

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Xiroo Thihthi

Level 210 Stories

Other Articles

Previous

ތި ލޯތްބަށްޓަކައި (11)

Next

އަގެއްނެތްލޯބި 27 ވަނަ ބައި

Next
September 23, 2017

އަގެއްނެތްލޯބި 27 ވަނަ ބައި

Previews
September 23, 2017

ތި ލޯތްބަށްޓަކައި (11)

10 Comments!

  1. Maahy says:
    September 23, 2017 at 7:42 pm

    What is this??
    Mee kiyaafa oi baeh nun…new part koba??

  2. ?shi? says:
    September 23, 2017 at 8:03 pm

    kihineh mivany… keehve new part nugeness dhineee 🙁

  3. reader says:
    September 23, 2017 at 8:23 pm

    Mee. Mioa? Kobaa new part?

  4. Anonymous says:
    September 23, 2017 at 8:28 pm

    dhoonya mi part othee kiyaafa beynumee new part

  5. Im says:
    September 23, 2017 at 8:31 pm

    Olhumetha

  6. Laal says:
    September 23, 2017 at 8:32 pm

    Miadhu anekka mi part migenaee keehkuran…aa part eh up kuri gaimuves…hanaa maruves vejje..mihaaru e part kobaaa???

  7. Im says:
    September 23, 2017 at 8:32 pm

    Koba new part

  8. azeen says:
    September 23, 2017 at 8:40 pm

    ainn .. kobatha new part .

  9. Xiroo Thihthi says:
    September 23, 2017 at 8:45 pm

    news part up kohfin

  10. Shin says:
    September 23, 2017 at 8:54 pm

    Mi kiyaaafa oi baeh… Kyhnve aneikkaaa mibai up thikury..

Comments are closed.

Next Episodeއަގެއްނެތްލޯބި 27 ވަނަ ބައި←


All Right Reserved!