ކުރިމަތީގައި ހުރި މަހުދީ ފަހަތަށް އެނބުރިބަލާލިއިރު އެތާނގައި ހުރި ލަޔާން އަވްލީންއަށްވެސް ފެނުނެވެ. ދެމީހުން ބަލާލުމާއެކު ލަޔާން ހިނިއައިސްފަހުރެ މަހުދީއަށް ބުމަ އަރުވާލިއެވެ. އެވަގުތު ކާގެއަށް އައިސް ވަން ވިޝާކާ ފެނުމުން ތިން މީހުންވެސް ތިބީ ހުއްޓުން އަރާފައެވެ. “އަވްލީން ހިނގާ ދާން.. ސަރ އެބައިން އައިސް..” ވިޝާކާ ތިން މީހުންގެ މޫނަށް ވަކި ވަކިން ބަލާލުމަށްފަހު އަވްލީން ކައިރީ ބުންޏެވެ. “ދޮންބެ އެން ލަޔާން ކާން އައިސްތަ ތިތިބީ” ވިޝާކާ ދާން އުޅެފައިވެސް އަލުން މަހުދީ އަދި ލަޔާންއަށް ބަލާލާފައި އެހިއެވެ. “ނޫން.. މި އައީ ކޮފީއެއް ބޯލަންވެގެން.. ވިޝާމެންދޭ ދޮންބެމެން އަމިއްލައަށް ކޮފީ ހަދާލައިގެން ބޮއެލަފާނަން ދޯ ލަޔާން..” ” އޮފްކޯޒް.. އަހަރުންގެވެސް ދެއަތް މި އޮންނަނީ ކޮންމެސް ކަމަކުއޭ.. ވިޝާ ސިސް ދޭބަލަ އަވީ ސިސް ގޮވައިގެން ކިޔަވަން.. ތީ މިގޭގަ ކިޔަވަން އުޅޭ ބަޔަކީ. ދެން އެ އުޅޭ ހަންޑިގަނޑުވަރު ދޮންކަމަނައަކީ ކިޔަވަންޖެހޭ މީހެއްވެސް ނޫން.. ހެހެހެ” މަހުދީ އާއި އެއްބައިވެލަމުން ލަޔާން ބުންޏެވެ. ލަޔާންގެ މަޖާ މިޒާޖު އެއީ މިހާރު އެގޭ އެންމެނަށްވެސް އިނގޭ ކަމެކެވެ. ވިޝާކާއާއި އެހާބޮޑަށް ސަމާސާކޮށް ނެހެދިޔަސް ލަޔާން ބުނި ޖުމްލައިން ވިޝާކާ ވަރަށް އުފާވިއެވެ. މަހުދީގެ އިތުރުން ބޭބެއެއް ހުރިކަމުގެ އިހުސާސްވިއެވެ. ގިނަ ބޭބެއިންތަކެއް ތިބޭނެނަމައޭ ވިޝާކާގެ ހިތަށް އަބަދުވެސް އަރައެވެ. އެއިރުން ކަމެއް ދިމާވިޔަސް ހެލްޕްވާން އަދި ޕްރޮޓެކްޓްކުރަން ދުވެލާފަ އަންނާނެނޫން ހެއްޔެވެ..
ވިޝާކާ އަދި އަވްލީން ކާގެއިން ނިކުމެގެން ދިޔައިރު ނަވާޒް އިނީ ސިޓިންގރޫމް ސޯފާގައި އިށީނގެންނެވެ. އަވްލީން ފެންނައިރަށް ނަވާޒް އަވްލީންއަށް ބަލާލާފައި ހީލިއެވެ. ބަދަލުގައި އަވްލީންވެސް ހީލިއެވެ. އަވްލީން އާއި ވިޝާކާގޮސް އިށީނީ ދެމީހުނަށް އިށީނދެވޭގޮތަށް އިން ސޯފާގައެވެ. އެ ސޯފާގެ ކުރިމަތީގައި ކުޑަވަރެއްގެ މޭޒެއް އިނދެފައި އެ މޭޒުގެ އަނެއް ފަރާތުގައި އިން ބޮޑު ސޯފާގައި ނަވާޒްއިނެވެ. ތިން މީހުން އެކައުންޓްތައް ބެލެންސް ކުރުމުގައި އުޅެނިކޮށް ވިޝިކާ އައިސް ގޭގެ ދޮރުންވަނެވެ. ގެއަށް ވަން ވިޝިކާއަށް އަވްލީން އަދި ވިޝާކާއެކު އިން ނަވާޒް ފެނުމުން އެތާ ކައިރިއަށް ދިޔައެވެ.
” ސަރ…” ވިޝިކާ ނަވާޒްއަށް ގޮވާލިއެވެ. ” އަހަނ ވިޝިކާ .. ވިޝިކާ ގުރޫޕް ސްޓަޑީ ނަހަދަންތަ؟ މި ދިޔަ ވީކްގަ ނެގި ޓެސްޓުންވެސް ކިރިޔާއެއްނު ފާސްވީ… އެއް ގެއެއްގަ ތިން ކުދިން އުޅޭއިރު ވިޝިކާވެސް ނޭނގޭ އެއްޗެއް އޮތިއްޔާ ވިޝާކާ އެހެންނޫނީ އަވްލީން ކައިރީ އަހާލާނަމަ.. ވިޝާކާ ބުނި އަވްލީން ކިޔައިދިނީމަ ވަރަށް ފަސޭހަޔޯ ދޯ ވިޝާ؟؟” ނަވާޒް ވާހަކަދައްކަމުންގޮސް އެންމެ ފަހުން ބުނެލި ޖުމްލަ އިވިފަ ވިޝާކާ އިނީ ފާޑަކަށް ރަކިވެފައެވެ. ވިޝިކާ އާއި ދިމާލަށް ބަލައިލާފަ އިސްޖަހާލީ ކުއްވެރިއެއްފަދައިންނެވެ. “އައްޗި… އޭނައަށް ވަކި އަހަރުންނަށް ނޭނގޭ ކޮންއެއްޗެއް އިނގޭނީ.. ތަކަނު ހުރި ގަމާރަކަށް މީހުނަށް ކިޔަވައިދެވޭނެތަ؟ އެހެންނޫނަސް މަށެއް ނޫޅެން އޭނައާއެކު ނުކިޔެވިގެނެއް.. ” ވިޝިކާ އަވްލީންއާއި ދިމާލަށް ހިތަށްއެރި އެއްޗެއް ކިޔާލީ އެތާނގައި ތިބި މީހުނަކަށް ބަލާލުމެއްވެސް ނެތިއެވެ. އޭރު މަހުދީއާއި ލަޔާންވެސް އައިސް އެ ހިސާބާއި އަރާ ހަމަވީއެވެ.
ނަވާޒް އިންދާ ވިޝިކާ އެގޮތަށް އެއްޗެހި ކިޔުމުން އެންމެންވެސް ތިބީ ވަރަށް ހިތްހަމަނުޖެހިފައެވެ. އަވްލީން އިސްޖަހާލިގޮތަށް އިނީ އެތަނުން ދާން ބޭނުންވެފައެވެ. “ވިޝިކާ ތި ކޮންކަމެއް.. ދޮންބެ ނުބުނަންތަ އަވްލީންއާއި ދިމާލަށް އަބަދު ތިގޮތަށް އެއްޗެހި ނުކިޔާށެކޭ.. އެވެސް މިގޭ ކުއްޖެއް.. އޭނަގެ އަހަރުން ނޫން ބައެއް ތިބީކީނޫން.. ވިޝިކާ ކައިރީ ކިތައްފަހަރު ބުނީމަތަ އަޑުއިވެނީ…” މަހުދީ ވާހަކަ ދެއްކީ ވަރަށް ހިތްހަމަނުޖެހި ހުރެއެވެ. ” ހުއް މި ދޮންބެއަށްވެސް އަދި ގޯސްވާނީ މަ.. ވަރަށް ފޫހިވޭ…” ވިޝިކާ މަހުދީއަށް ބަލާލާފައި ތުންއަނބުރާލިއެވެ. އަދި ބާރު ބާރަށް ހިނގާފައި މައްޗަށް އަރައިގެން ދިޔައެވެ. “އަޅާނުލާ އެއީ އޭނަގެ ގޮތް.. ޔޫ ގައިޒް ކެރީ އޮން..” މަހުދީ ނަވާޒްއަށް ބަލާލާފައި ބުންޏެވެ.
ޖެހިގެން އައި ދުވަހު ފަތިހު ފަތިސް ނަމާދަށް ގޮސްފައި އައި މަހުދީއަށް މަޑުޖެހިލެވުނީ ގޯތީގެ އެއްފަރާތުގައި އިލޮށިފަތި ހިފައިގެން އެތާނގައި ހުރި ގަހަކަށް ބަލަންހުރި އަވްލީން ފެނުމުންނެވެ. އޭރު އަދި ދުނިޔެމައްޗަށް ރީތިކޮށް އަލިވެސް ނުވެއެވެ. މަހުދީގެ ފަހަތުން ގެއަށް ވަންނަން ދިޔަ ލަޔާން ބަލާލީ މަހުދީ ހުއްޓިގެން ބަލަނީ ކޮންއެއްތޯއެވެ. “ބްރޯ ޑޫ ޔޫ ލަވް ހަރ؟” ލަޔާން އެހި އެއްޗަކުން މަހުދީ ސިހިފައި ލަޔާންއަށް ބަލާލިއެވެ. އަދި ބޮލުގަ އަތް ހިނގާލިއެވެ. “ހެހެ ތިހާ ހާސްނުވެބަލަ .. އަހަރެން ނުބުނާނަމޭ އެއްވެސް މީހެއް ކައިރީގައެއް.. ތި ދެމީހުން ވަރަށް ގުޅޭ.. އެން އަހަންނަށް ހީވަނީ އަވީވެސް ….” ” އެހެނެއްނޫން.. އަހަންނަކަށްވެސް ނޭނގެ.. އަވީ ފެނުނީމަ މިވާގޮތެއް.. އެ ދެލޮލުގަވާ ރިހުން އަހަންނަށް ފާހަގަވޭ. އަބަދު އަވީ ފެންނަ ހިސާބުގަ ހުންނަ ހިތްވޭ. ފެނުނީމަ ދުރަށްދާކަށް ބޭނުމެއްނުވޭ.. ވާހަކަ ދައްކަން ބޭނުންވޭ.. އަވީ އުފާވާނޭ ކަމެއްކޮށްދެވޭނޭނަމައޭ ހިތަށްއަރާ.. ދެން ނޭނގެ.. ބައިވަރު އެއްޗެހި ހިތަށް އަރާ.. ދުނިޔޭގެ ހުރިހާ އުފަލެއް އަވީއަށް ހޯދަދޭން ބޭނުންވޭ.. ވެދާނެ އަވީ އުޅޭ ހާލު އެންމެ ކައިރިން ފެންނާތީ ހަމްދަރުދީވެވެނީކަމަށްވެސް..” ލަޔާންގެ ވާހަކަ މެދުކަނޑާލަމުން މަހުދީ ވާހަކަ ދައްކަން ފެށިއެވެ. މަހުދީ ވާހަކަ ދައްކަމުން ދިޔައިރު ލަޔާންހުރީ ވަރަށް ކަނުލާ އަޑުއަހާށެވެ.
ދެމީހުން ވާހަކަ ދައްކަންތިބެފައި އަވްލީން ކައިރިއަށް ދިޔައިރު އަވްލީން ކުނިކަހަންފަށައިފިއެވެ. “އަވީ ދެންމެ ކޮންކަމަކަށް ގެއްލިފަހުރީ؟” ލަޔާން އަހާލިއެވެ. “ކަމަކަށް ގެއްލިފައެއް ނޫން.. މި ހިތަށް އަރަނީ މީނދަ ބޮޑު ހިރުދުގަހުގަ ޖޯއްޔެއް އެލުވާފަ ދެން މިތާ އިށިނދެވޭގޮތަށް ޖޯލިފައްޗެއް އެހެންނޫނީ ގޮނޑި ޖަހާލާފަ ބެހެއްޓީމަ ވަރަށް ހިތްގައިމުވާނޭ.. ގަހުގެ މި ފަރާތުގަ ޖޯލި ބެހެއްޓީމަ މަގުމަތިން ދާ މީހުންނަކަށްވެސް ނުފެންނާނެއެއްނު.. އޭރުން ލަޔާންމެން ކޮފީބޯންވެސް މިތަނަށް ނިކުމެ ތިބެވޭނެއެއްނު..” އަވްލީން އޭނަ ވިސްނި ކަންތައް ބުންޏެވެ. “މަހުދީ އެހެންމަ މިއަންނަ ހުކުރު ދުވަހު އުޅެމާ މިކަން ކުރަން..” ލަޔާން އަވްލީންގެ ބޮލުގަ ފިރުމާލަމުން “ބްރޭވް ގާލް” އޭ ބުނުމަށްފަހު މަހުދީއަށް ބަލާލަމުން ބުންޏެވެ. ލަޔާން އެހެން ބުނުމުން އަވްލީންގެ ތުންފަތަށް ވެރިވި ހިނިތުންވުން މަހުދީއަށް ފެނުނެވެ. ” އާން.. އެހެން އެއްކަމެއް ނުކުރެވުނަސް އިރާދަކުރެއްވިއްޔާ ތިކަން ކުރާނަން..” މަހުދީއަށް އެހެން ބުނެވުނީ އަވްލީންގެ މޫނަށް ބަލަން ހުރެއެވެ. އެވަގުތު އަވްލީންއަށްވެސް އިސް އުފުލާ މަހުދީއަށް ބަލާލެވުނެވެ.
ހެނދުނުގެ ސައިބޯން އިން މަހުދީއަށް ސަބީނާ ގޮވާލީ ކާގޭގެ ދޮރުމަތީގައި ހުރެފައެވެ. މަހުދީ އޭނަގެ މަންމައަށް ބަލާލީ ކހިނެއްވީއެއްޔޭ އަހާލަމުންނެވެ.. “ދޭބަލަ ސައިބޮއެގެން ޒީތުއާއެކު އޭނައަށް ނޭނގިގެން އެއުޅޭ އެއްޗެއް ކިޔާލަދޭން” ސަބީނާގެ ފުރަގަހުން ނިކުތް ޒީނަތުއަށް އިޝާރާތްކޮށްލާފައި ސަބީނާ ބުންޏެވެ. ” މަންމާ އަހަންނަށް މިހާރު ވަރަށް ނޭނގޭނެ ތި އެއްޗެހިތައް.. ވިޝާކާ އެހެންނޫނީ އަވީ ކައިރީ އަހާލަނިކޮށްވެސް ކިޔާލަދީފާނެ..” މަހުދީއަށް އޭނާގެ މަންމަގެ ހިތުގައި އޮތް އެއްޗެއް އެނގޭތީ ޒީނަތުއާއި އެކު ދާކަށްބޭނުމެއްނުވިއެވެ. މަހުދީ އިންކާރުކުރުމުން ސަބީނާ ހިތްހަމައެއްނުޖެހުނެވެ. އޭނަގެ ދޮންދައްތައާއި ވާހަކަ ދައްކައިގެން ޒީނަތު އެގެއަށް ގެންނަން އެ ފެށީވެސް މަހުދީއާއި ޒީނަތު ގުޅުވުމުގެ ބޭނުމުގައެވެ.
މަހުދީ ޒީނަތު ގޮވައިގެން ސޯފާއަށް ދިޔައީ އޭނަގެ މަންމަ ހިތްހަމަނުޖެހުމުންނެވެ. ޒީނަތުއަށް ފިލާވަޅު ކިޔައިދެމުންދިޔައިރު ޒީނަތު މާވަރަކަށް މަހުދީގެ މޫނަށް ބަލާކަން މަހުދީއަށް ފާހަގަކުރެވުނެވެ. ނަމަވެސް އެކަން އިނގޭކަމަކަށް ނަހަދާ މަހުދީ އިނީއެވެ. “ދޮންބޭ.. އަޅެ ދޮންބެ ތިހާ މޮޅަށް ކިޔަވައިދޭކަން އިނގޭނަމަ ވިޝާވެސް ނޭނގޭ އެއްޗެހި އެހީމުސްއޭ.. ވިޝާ އަހާފާނެތީދޯ ނުބުނީ..” ވިޝާކާ ތުން ދަމައިގެން ހުރެ ވާހަކަ ދެއްކުމުން މަހުދީ ކައިރިއަށް ހިނިއައެވެ. “ވިޝާ ނާހަނީއެއްނު.. އެހީމައެއްނު ދޮންބެއަށް ކިޔައިދެވޭނީ..” އޯކޭ ސަރ ބުނި މިރޭގަ ނާދެވޭނެޔޯ ޓެސްޓު ޕޭޕަރ ރެޑީކުރަންވެގެން.. އެހެންމަ މިރޭގަ ދޮންބެ ޖެހޭނެ ވިޝާމެނަށް ކިޔަވައިދޭން ދާން އިނގޭ..” މަހުދީ އެހެން ބުނުމުން ވިޝާކާ ބުންޏެވެ.
އެރޭ ވިޝާކާ މަހުދީ ގޮވައިގެން އޭނަގެ ކޮޓަރިއަށް ދިޔައިރު އަވްލީން އިނީ އެ ކޮޓަރީގައެވެ. މަހުދީ އިށީންނަން ވިޝާކާ ދެއްކީ އަވްލީން އާއި ވިޝާކާގެ ކުރިމައްޗަށް ވާގޮތަށް އިން ގޮނޑިއެވެ. މަހުދީ ކިޔައިދެމުން ދިޔައިރު އިރުއިރުކޮޅާ އަވްލީންއާއި ދިމާލަށް ބަލާލެވެއެވެ. އަވްލީން މަހުދީ ކިޔާދޭ އެއްޗަކަށް ސަމާލުކަންދެވޭތޯ މަސައްކަތްކުރަމުންދެއެވެ. މޭޒުމަތީގައި އޮތް ވިޝާކާގެ ފޯން ރިންގްވާން ފެށުމުން ވިޝާކާ ފޯން ހިފައިގެން ނިކުތީ ކޮޓަރިން ބޭރަށެވެ. “އަވީ އައި އޭމް ސޮރީ.. އެ ދުވަހު ވީ ކަންތަކާ އަހަރެން އަވީ ކައިރިން މައާފަށް އެދެން ބޭނުން.. އެއީ އަހަރެން ގަސްތުގަ ކުރި ކަމެއްނޫން.. އަވީ ތިހުންނަނީ އަހަރެންދެކެ ހިތްހަމަނުޖެހިފަތަ؟” މަހުދީ ވަގުތުގެ ބޭނުންކޮށް ވިޝާކާ ކޮޓަރިން ނިކުންނައިރަށް އަވްލީންއާއި ވާހަކަދެއްކިއެވެ. އަވްލީން އިސްޖަހައިގެން އިނދެ ބޯ ހޫރާލުމަށްފަހު މައާފުކޮށްފިމޭ ބުނީ މަޑުމަޑުންނެވެ. “ބައިދަވޭ އަވީވެސް ބޭނުންވެފަހުރިހެން ހީވަނީ…” މަހުދީ ބުނި ޖުމްލައިން އަވްލީންއަށް ދެލޯ ބޮޑުކޮށްފަ މަހުދީއަށް ބަލާލެވުނެވެ. އަވްލީން ބަލާލުމުން މަހުދީ އެއްލޯ މަރާލީ އަވްލީން އިތުރަށް ރަކިކޮށްލުމަށެވެ. އަދި އެކަން ކާމިޔާބުވެސްވިއެވެ. އަވްލީންގެ ދޮން ކޯތާފަތުން ފާއްދާލި ފިޔާތޮށިކުލައިންވެސް އަވްލީން ލަދުގަތްވަރު ހާމަވެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.



meee first story is beautiful
when nxt part
Thank yu marsh ??
V reethi me part ves
Thank yu fathun ??
Avee ah dhen dhera goatheh nahadhaathi
Avee ah hama dheragoiy vany ey dhw nasss ??
Salhi
Thank yu amin ??
Haadha kurey
Kurin part ahvure thankolheh kuruvaane. .
Wow masha allah stry v v nice?? whn nxt prt avahah up kolla dhybala plx plx plx can’t wait plx plx ???❤?????❤❤❤????
Thank yu khajja??
Sundayga up kohdhevaythw miulheny ????
Varah reethi keep it up off
Avahah up kohdheebala
Iff vx gellunytha anekka.. Pis pis thi gothah ekaku vx vahaka nuliyeba dhwwwww ?????????????