Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދުގެ އަަބަދަށް (ސޯޅަވަނަ ބައި)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
September 21, 2017 3 Mins Read
34 Comments

“ލީން ދޫންޏާ މިއޮތީ ލީންގެ ވެޑިންގް ޑްރެސް ލިބިފަ” ތެޅެމުން ފޮޅެމުން އައި ކިޔާރާ ބުނެލިއެވެ. ލީޝާވެސް ކިޔާރާގެ ފަހަތުން އައިސް އައިލީންގެ ކޮޓަރިއަށް ވަނީ ކިޔާރާ އެހެންބުނި އަޑަށެވެ. އައިލީންގެ ކައިވެނީގެ ހެދުން ދެކިލާހިތުން ދެމީހުންވެސް ކެތްމަދުވެފައި ތިބޭތާ އެތެއް ދުވަހެއްވެއްޖެއެވެ. އެހެދުން ފަހައިފައިވަނީ ކިޔާން ހޮވި ޑިޒައިނަކާ އެއްގޮތަށެވެ. އެކަން އެނގޭތީ އައިލީންގެ ހިތްވެސްވަނީ ކިޔާާންގެ ހޮވުން ދެކިލުމަށްޓަކައި ބޭޤަރާރުވެފައެވެ. ތިންމީހުން ވެގެން ހެދުން ނަގައި ބަލއިލިއެވެ. އެހިނދު ހެދުމުގެ ރީތިކަމަށް ކޮންމެ މީހެއްގެ ދުލުންވެސް ތަޢުރީފުގެ ބަސްތައް އޮހެންފެށިއެވެ.

ދުވަސްތައް ފާއިތުވަމުންގޮސް އައިލީނާ ކިޔާާންގެ ކައިވެނި ކުރަން ހަމަޖެހިފައިވާ ދުވަސް އައިސް ޖެހިއްޖެއެވެ. މިކައިވެންޏަށްޓަކައި ދެފަރާތުގެ އާއިލާއިންވެސް ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އައިލީނާއި ކިޔާން ބޭނުންވި ފަދައިން ބޮޑު ޕާޓީއެއް ބޭއްވުމުގެ ބަދަލުގައި ހަމައެކަނި އާއިލާއަށާއި ގާާތް ރަހުމަތްތެރިންނަށް ކެއުމެއް ތައްޔާރުކުރިއެވެ. ކެއްކުމުގެ ކަންތަކާއިވެސް އުޅުނީ ދެފަރާތުގެ އާއިލާއިންނެވެ.

“ނުނިމޭތަ؟ މިހާރު ގާޒީއާ ހުރިހައި އެންމެން އަތުވެއްޖެ.” އައިލީންގެ ކޮޓަރީދޮރު ހުޅުވައިލުމަށްފަހު އާާސިމާ ބުނެލިއެވެ. “ނޫން ދައްތާ. މި ނިމެނީ. ދެން އެހާ ގިނައިރެއްނުވާނެ” އައިލީންގެ ހެދުން ރީތިކޮށްލަމުން ކިޔާރާ ބުނެލިއެވެ. ލީޝާއާ ކިޔާރާ އަވަސް އަރުވައިލައިފައި އުޅުނީ އައިލީން ތައްޔާރު ކުރުމުގެ މަސައްކަތުގައެވެ. ކިޔާރާގެ ޖަވާބު އިވުމުން އާސިމާ ދޮރު ލައްޕާލައިފައި ހިނގައިގަތެވެ.

“ކޮބާތަ އެކުދިން؟” ކިޔާންގެ މަންމަ އާސިމާ ގާާތުގައި އަހައިލިއެވެ. “އަދި ހަމަ ތައްޔާރުވަނީ. މިހާރު މިއުޅޭ އަންހެންކުދިންގެ ގޮތް އެނގެއެއްނު. ކިތަންމެ އަވަހާ ތައްޔާތުވަންދިޔަސް ވަގުތު ޖެހޭއިރުވެސް އޮންނާނީ ތައްޔާރު ނުވެވިފަ.” ހީލަމުން އާާސިމާ ބުނެލިއެވެ. އާސިމާގެ ވާހަކައަށް ކިޔާންގެ މަންމަވެސް ހީލިއެވެ.

އައިލީންގެ ކޮޓަރީދޮރު ހުޅުވައިލައިފައި ނުކުތް ތިން ކުދިން ފެނިފައި އެވަގުތު ސިޓިން ރޫމްގައި ތިބި އެންމެން ހައިރާންވެ އަންތަރީސްވިއެވެ. މެދުގައި ދުއްވާ ގޮނޑީގައި އިން އައިލީންގެ ދެފަރާތުގައި ލީޝާއާ ކިޔާރާ ހުއްޓިލައިގެން ތިއްބެވެ. ތިންކުދިންގެ ތުންފަތްމަތީގައިވެސްވަނީ ރީތި ހިނިތުންވުމެކެވެ.

އައިލީން ހީވަނީީ ރީތީގެ ރާނީއެއް ހެންނެވެ. އައިލީން ފެނުމާއެކު ކިޔާނަށް ބޭއިޚުތިޔާރުގައި އިނށީދެގެން އިންތަނުން ތެދުވެވުނެވެ. ކިޔާނަށް ވީގޮތްފެނި ކިޔާރާާ ގާތައް ހިނިއައެވެ. ކިޔާނަށް ބަލައިލަންވެސް ނުކެރިފައި އައިލީން އިސްޖަހައިގެން އެއްއަތްތިލަ އަނެއް އަތްތިލަ ތެރެއަށް ލައްވައިލައިގެން އިނެވެ.

ލީޝާ މަޑުމަޑުން އައިލީންގެ ގޮނޑި ދުއްވައިލައިފައި ގެނެސް ކިޔާން ގާތުގައި މޭޒު ކައިރީ މަޑުކޮށްލިއެވެ. ހިތްއަވަސްވެފައިވާ ކިޔާން ލޯބިން ފުރިގެންވާާފަދަ ނަޒަރަކުން އައިލީންގެ މޫނަށް ބަލައިލިއެވެ. އެއީ ހަމައެކަނި އޭނާގެ ހައްޤެކެވެ.

ގާޒީ ކައިވެނީގެ ޚުތުބާ ފެށުމުން ކިޔާނާއި އައިލީން ޝައުޤުވެރިކަންމަތީގައި ޚުތުބާ އަޑުއަހަމުން ދިޔައެވެ. ދެމީހުންގެ ހިތްވެސް އޮބިނޯންނަ ވަރަށް ތެޅެމުން ދިޔައެވެ. އިރުއިރުކޮޅާ ކިޔާނަށް އިސްޖެހިފައިވާ އައިލީންގެ ހިތްގައިމު މޫނަށް ބަލައިލެވެއެވެ. އެފަދަ މާތް އަންހެންކުއްޖެއް އޭނާގެ ނަސީބުގައިވީތީ އޭނާ ފަޚުރުވެރިވެއެވެ.

“އަނބި ޤަބޫލުކޮށްފިން؟” ގާޒީގެ ސުވާލާއެކު އައިލީނަށް ހީވީ ކުޑަވަގުތުކޮޅަކަށް ނަމަވެސް އޭނާގެ ހިތް މަޑުޖެހިލިހެންނެވެ. “އަނބި ޤަބޫލުކޮށްފިން.” ސީދާ އައިލީންގެ ލަދުރަކި މޫނަށް ބަލައިލަމުން ކިޔާން ބުނެލި ޖުމްލަ އަޑުއިވިފައި އައިލީންގެ މޫނަށް ރަތް ލޭކުލަ ވެރިވެގެން ދިޔައެވެ. އާާއިލާގެ ހުރިހައި މެންބަރުންގެ މޫނުމަތިންވެސް އުފާވެރިކަން ފާޅުވަމުން ދިޔައެވެ. އަލަތު ކައިވެނިކުރި ދެމަފިރިންނަށް މަރުހަބާގެ ގުލްދަސްތާތައް އޮހެންފެށިއެވެ. ލަދުގެންފައި އިން އަައިލީންގެ އަތްތިލާގައި ކިޔާން ބާރަށް ހިފަހަށްޓާލީ ދުވަހަކުވެސް އެއަތުން ދޫނުކުރާނަމޭ ބުނާފަދަ ގޮތަކަށެވެ. އެއާއެކު އައިލީން އިސްއުފުލާލައި ކިޔާާންގެ ރީތި މޫނަށް ބަލައިލިއެވެ.

ކައިވެނި ކުރެވުމުން ހުރިހައި އެންމެން އަވަސްވެގަތީ ކެއުމަށް އިންސާފުކުރުމަށެވެ. މުޅި އެތަނުގައިވަނީ އަޑު ބައްދާލައިފައެވެ. ހީވަނީ ކުޑަވަރެއްގެ ޢީދެއް އައިސްގެން އުޅޭހެންނެވެ. އެއްފަރާތެއްގައި ހުރި މޭޒެއް ކައިރީ ކިޔާންވެސް އައިލީން ގޮވައިގެން އިނށީދެލައިގެން އިނެވެ. ކުރިމަތީގައި ހުރި ތަށިން އިރުއިރުކޮޅާ އައިލީންގެ އަނގައަށް ކާއެއްޗެހި ލަވަމުން ދިޔައެވެ. މިމަންޒަރު ފެންނަ ކޮންމެ މީހަކަށްވެސް ކިޔާން އައިލީން ދެކެވާ ތެދުވެރި ލޯބި އެއްވެސް އޮޅުމެއްނެތި ފެންނާނެއެވެ. ކިޔާރާއާ ލީޝާވެސް ދުރުގައި މިމަންޒަރުބަލަން ތިބީ އައިލީން މެންނަށް އުނދަގޫކުރަން ބޭނުންނުވާތީއެވެ.

ޕާޓީނިމި ހުރިހައި އެންމެން ގެއަށް ދިއުމުން ކިޔާންވެސް އައިލީން ގޮވައިގެން ކޮޓަރިއަށް ވަނެވެ. ކައިވެންޏަށްފަހު ކިޔާން ނިންމީ އައިލީންމެން ގޭގައި އުޅޭށެވެ. އައިލީންގެ ހާލަތު ހުރި ގޮތުން ކިޔާންމެން ގެއަށް ގެންދިއުމަކީ އުނދަގޫ ކަމަކަަށް ވާނެކަން ކިޔާނަށް ވިސްނެއެވެ. ކިޔާންގެ ބޭބެވެސް މިހާރު ރަށުގައި އުޅޭތީ އެކުން މަންމަވެސް އެކަަންޏެއް ނުވާނެއެވެ. ކިޔާންގެ މި ނިންމުމަށް އެންމެން ރުހި ޤަބޫލުވީ އެހެންވެއެވެ.

ކޮޓަރިތެރެ ވަނީ ވަރަށް ރީތިކޮށް ޒީނަތްތެރި ކުރެވިފައެވެ. ކޮޓަރީގެ އެކި ހިސާބުގައި މީރުވަސް ދުވާ އުއްބައްތިތައް ދިއްލާފައި ހުއްޓެވެ. އެނދުގައި އަޅާފައިވާ ހުދު ބެޑްޝީޓް މަތީގައިވަނީ ރަތް ފިނިފެންމަލުގެ ފިޔައިން ހިތެއް އަޅާލެވިފައެވެ. ކޮޓަރީގެ އެކި ހިސާބަށްވެސް ފިނިފެންމަލުގެ ފިޔަތައް އަޅައިފައި ހުއްޓެވެ. ވަގުތުން މިއީ ކިޔާރާމެންގެ ކަމެއްކަން އައިލީނަށް ވިސްނުނެވެ.

“ލީން. މިރޭ އަހަރެން ވަރަށް ވަރަށް އުފާވެއްޖެ. މިހާރު ލީންތީ ހަމައެކަނި އަަހަރެންގެ ހައްގެއް. ދެން އިތުރު މީހަކަށް މަގޭ ލީންގެ މައްޗަށް އަތްގަދައެއް ނުކުރެވޭނެ. އޯ ލީން. އަހަރެން ވަރަށް ވަރަށް ލޯބިވޭ ލީންދެކެ. އެކަން އަބަދުވެސް ހަނދާންކުރައްޗޭ.” އައިލީން ގާތުގައި ކުޑަކަކޫ ޖަހައިލައިގެން އިށީން ކިޔާން ލޯތްބާއެކު ބުނަމުން ދިޔައެވެ. ކިޔާންގެ ކޮންމެ ވާހަކައަކާއެކު އައިލީން ހިނިތުންވަމުން ދިޔައެވެ. އަދި އެރީތި މޫނުގައި ހިފައި ގެނެސް އެތަނަވަސް ނިތްކުރީގައި އައިލީން ބޮސްދިނެވެ.

އައިލީންގެ މަޑު އަތްތިލާގައި ހިފައިލުމަށްފަހު ކިޔާން އެއަތުގައި ބޮސްދިނެވެ. އަދި ވަަރަށް ލޯބިން އައިލީންގެ ދޮން ނިތްކުރީގައިވެސް ބޮސްދިނެވެ. ކިޔާންގެ މިފަދަ ލޯބިވެތި ކޮންމެ އަމަލަކާއެކު އައިލީން އިތުރަށް ލަދުގަންނަމުން ދިޔައެވެ.

އައިލީންގެ ހެދުންތައް ލައިފައި ހުރި އަލަމާރި ހުޅުވައިލުމަށްފަހު އައިލީންގެ ނިދާ ހެދުން ކިޔާން ނެގިއެވެ. މަޑު ނޫކުލައިގެ އެހެދުން ހިފައިގެން ކިޔާން އެނބުރި އައިލީން ގާތަށް އައެވެ. “ލޯބީ. އަވަހަށް ހެދުން ބަދަލުކޮށްލައިގެން ނިދާލަން ހިނގާ. ދޫނި ނުލާހިކު ވަރުބަލިވެފައެއްނު ތިއިނީ. މިދުވަސްކޮޅު ދޫނި ޖެހޭނެ ރަނގަޅަށް އަރާމުކުރަން.” އައިލީނާ ދިމާއަށް ކުޑަކޮށް ގުދުވެލަމުން ކިޔާން ބުނެލިއެވެ. އެއާއެކު އައިލީން ލަދުވެތި ގޮތަކަށް ހީލިއެވެ. ބުނާނެ އެއްޗެއް ނޭނގިފައި އައިލީން އިންނަން ފެށުމުން ކިޔާން މަޑުމަޑުން އަައިލީން އުރައިލިއެވެ. އަދި ގެންގޮސް އެނދުމަތީގައި ބެއިންދިއެވެ.

އަައިލީންގެ ހެދުން ބަދަލުކުރުވި ވަގުތު ދެހިތްވެސް އާދަޔާ ޚިލާފަށް ބާރަށް ތެޅެމުންދިޔައެވެ. އެހެނަސް ކިޔާން އޭނާގެ ހިއްސުތައް ނިކަން އަވަހަށް ކޮންޓްރޯލް ކޮށްލިއެވެ. ކިޔާނަށް ބަަލައިލަންވެސް ނުކެރިފައި އައިލީން ދެލޯމަރައި ތަގުޅިކޮށްލައިގެން އިނެވެ. މިތަންފެނި ކިޔާން ގާތައް އަައީ ލާނެތް ހިންޏެކެވެ. އައިލީންގެ މައުސޫމުކަންފެނި ކިޔާނަށް އައިލީންގެ ރަތްކުލަ އަރާފައިވާ ކޮލުގައި ތުންފަތް ޖައްސައިލެވުނީ ބޭއުޚުތިޔާރުގައެވެ.

ލައިގެންހުރި އެއްޗެހި ބަދަލުކޮށްލުމަށްފަހު ކިޔާން އައިސް އެނދުގައި އައިލީންގެ ގާތުގައި އޮށޯވެލިއެވެ. ކިޔާނަށް ބަލަން އޮތް އައިލީން ހިނިތުންވެލިއެވެ. އިރުކޮޅަކު އައިލީނަށް ބަލަން އޮތުމަށްފަހު ކިޔާން އައިލީން ގެނެސް އޭނާގެ އަތުގެ ތެރެއަށްލައި ބޮނޑިކޮށްލިއެވެ. އައިލީންވެސް ކިޔާންގެ މޭމަތީގައި ލޯތްބާއެކު ބޯއަޅައިލިއެވެ. އައިލީނަށް ނިދެންދެން އެކިއެކި ވާހަކަ ކިޔާން ދެއްކިއެވެ. އެއްވެސް ފޫހިކަމެއްނެތި އައިލީންވެސް ކިޔާންގެ ވާހަކަތައް އަޑުއަހަމުން ދިޔައެވެ. އެހެން އޮއްވައި އައިލީނަށް ނިދުނީ ކޮންއިރަކުކަމެއްވެސް ނޭނގެއެވެ.

ފުންނިންޖެއްގެ ތެރޭގައި އޮތް އައިލީންގެ މޫނަށް އެތައް އިރެއްވަންދެން ކިޔާން ބަލަން އޮތެވެ. ނިދަން ބިރުގަނެފައެވެ. އައިލީނަށް ކިޔާންގެ އެހީއެއް ބޭނުންވާނެ ވަގުތެއް ނޭނގޭތީ ލޮލުފިޔައެއް ޖަހައިލަންވެސް ކިޔާން ޖެހިލުންވަނީއެވެ. އެރީތި ހަނދެއްފަދަ މޫނަށް ބަލަހައްޓައިގެން ކިތަންމެ އިރަކުވެސް ކިޔާނަށް އޮވެވިދާނެއެވެ. އައިލީންގެ ނިތްކުރި މައްޗަށް ވެއްޓިފައިވާ އިސްތަށިތައް އިރުއިރުކޮޅާ ކިޔާން ރީތިކޮށްލައެވެ.

ްެއެގޮތުގައި އިރުގަނޑަކު އެހެން އޮތުމަށްފަހު ކިޔާން ތެދުވިއެވެ. ވެފައިހުރި ވަރުބައްޔާއެކު ނިދިދާނެތީ ބިރުންނެވެ. އައިލީނަށް ބަލައިލުމަށްފަހު ކިޔާން ގޮސް ކުޑަދޮރު ކައިރީގައި ހުއްޓިލިއެވެ. ދޮރުފޮތިތައް ކަހައިލުމަށްފަހު ކުޑަދޮރުން ބޭރުބަލައިލިއެވެ. ދޮރުކަނީގައި އަތްވިއްދާލުމަށްފަހު ހާމަޔަށް ފެންނަން އޮތް އުޑާ ދިމާއަށް ނަޒަރު ހުއްޓައިލި ކިޔާންގެ ދެލޮލުގައި ކަރުނައިގެ ކުދިކުދި މުތީތައް ވިދަން ފެއްޓިއެވެ. ކޮންމެ ވަގުތަކުވެސް އައިލީނާ ވަދާއީ ސަލާމް ކުރަންޖެހިދާނެތީ ކިޔާންގެ ހިތް ނުތަނަަވަސްވަނީއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ތިޔަ ދިން އުފާ 17

Next

އަވްލީން (11ވަނަ ބައި)

Next
September 22, 2017

އަވްލީން (11ވަނަ ބައި)

Previews
September 21, 2017

ތިޔަ ދިން އުފާ 17

34 Comments!

  1. Naufa says:
    September 22, 2017 at 12:01 am

    Hey all.. Here is the next part of this story.. I knw its lil short.. Actually dhn iny mi stry ge last part vyma ebayah thankolheh dhigukohlan mibai lil shrt kohly.. Hope all will like this part too.. ❤?

    1. Maly says:
      September 22, 2017 at 12:10 am

      Next part kon irakun.. v inthizaaru kurevey.. dhen mi story hama ninmaalanytha. ?

    2. Naufa says:
      September 22, 2017 at 12:11 am

      In sha allah tmrw.. Ya plan iny egothah.. Nw nimeny..

  2. iru says:
    September 22, 2017 at 12:07 am

    Wow first dhw mi libunee

    1. Naufa says:
      September 22, 2017 at 12:09 am

      Thanks..Yes iru.. U first.. ❤

  3. Maly says:
    September 22, 2017 at 12:07 am

    V vvv reethi.. thanks naufa..

    1. Naufa says:
      September 22, 2017 at 12:09 am

      Thanks maly❤

  4. maroon says:
    September 22, 2017 at 12:11 am

    V reethi

    1. Naufa says:
      September 22, 2017 at 12:17 am

      Thank u maroon❤

    2. maroon says:
      September 22, 2017 at 8:23 am

      I think i ll need tissues for the next part ?

  5. Reen says:
    September 22, 2017 at 12:12 am

    Nice waiting for the next part

    1. Naufa says:
      September 22, 2017 at 12:18 am

      Thanks reem.. In sha allah tmrw❤?

    2. Naufa says:
      September 22, 2017 at 12:19 am

      Reen*

  6. Zeel says:
    September 22, 2017 at 12:40 am

    So Beautiful….naufa u r the best…god bless you…good night…

    1. Naufa says:
      September 22, 2017 at 5:38 am

      Thanks zeel.. ❤

  7. Naju says:
    September 22, 2017 at 1:25 am

    Alhe hama emanje maraalanytha… numarahchey … mi part ves v reethi ☺

    1. Naufa says:
      September 22, 2017 at 5:40 am

      Thankx naju.. Lets see dhw wat hppns to leen..❤

  8. Xxxx says:
    September 22, 2017 at 6:01 am

    ????????????v.v.nice

    1. Naufa says:
      September 22, 2017 at 6:03 am

      Thank u sooooo much dear❤❤❤

  9. Lam says:
    September 22, 2017 at 6:20 am

    Masha Allah….hama habeys ingey naufa…waiting

    1. Naufa says:
      September 22, 2017 at 6:26 am

      Thanks lam.. In sha allah tday❤

  10. Sam says:
    September 22, 2017 at 7:38 am

    Cancer ge fahustage meehunves ebahuri dhuaa in rangalhuvefa dho

    1. Naufa says:
      September 22, 2017 at 7:43 am

      Yes.. Myt be.. Bt she has got aids too..

  11. Mary says:
    September 22, 2017 at 8:08 am

    Vvv reethi❤❤

    1. Naufa says:
      September 22, 2017 at 8:19 am

      Thankx mary❤❤

  12. click a shot ? says:
    September 22, 2017 at 8:43 am

    this part is awesome…next part ga vaane gothakaa medhu mivisnany..??sad kameh noony happy kameh…?❤️Ly

    1. Naufa says:
      September 22, 2017 at 11:56 am

      Thanks dear.. Tday in sha allah dhn in part up koh dheynan.. Ly❤❤

  13. khajja says:
    September 22, 2017 at 1:14 pm

    Wow masha allah stry v v v reethi v v furihama?? ohh yaan so sweet?? whn nxt prt can’t wait avahah up kolladhybala plx ly???❤????????????

    1. Naufa says:
      September 22, 2017 at 1:25 pm

      Thank u soooooo much khajja ❤❤???

  14. Faxu says:
    September 23, 2017 at 12:51 am

    Wow haadha salhi ey v dheravey vaahaka nimey thi so so sad nau ❤❤?

    1. Naufa says:
      September 23, 2017 at 4:37 am

      Thanks faxu❤❤❤❤

  15. Faxu says:
    September 23, 2017 at 12:54 am

    Nau dhen kon vsahsks ah genes dheny??

    1. Naufa says:
      September 23, 2017 at 4:38 am

      This tym, biruveri vaahaka eh?

  16. Faxu says:
    September 23, 2017 at 12:55 am

    Nau dhen kon vaahaka ah genes dheny??

Comments are closed.

Next Episodeއަބަދުގެ އަބަދަށް (ސަތާރަވަނަ ބައި)←


All Right Reserved!