Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތި ލޯތްބަށްޓަކައި (10)

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
September 21, 2017 7 Mins Read
10 Comments

“އައްދެ ތިވަރަކުން ކިހިނެއްވާނީ؟ މީހަކު ނައިނާ ކޮށްޕާލިޔަސް ސަލާމަތެއް ނުވާނެއްނު…” އެހެން ބުނިއަޑަށް ނައިނާ ފަހަތުގައި ހުރި ހުދާ އަށް ބަލައިލިއެވެ. ނައިނާ އެއްޗެއް ނުބުނެ ކުޑަ ހިނިތުންވުމެއް ދިނެވެ. ހުދާ  ތަންކޮޅެއް ދުރަށް ދިޔުމުން ލަހުފާ ފާޑަކަށް ހުދާ އަށް ބަލައިލިއެވެ. “ހާދަ ފާޑަކަށް އެހެން އެބުނީ؟ ކާކުތަ އެއީ..” ހުދާ ގެ އަޑުން ތަފާތުކަމެއް ދެނެގަތް ލަހުފާ ސުވާލުކުރީ ހިތްހަމަނުޖެހިފައެވެ. “އެއީ ހަނާގެ ކަޒިންއެއް… އިނގޭތަ ހަނާ އާއި ޒުހާ އަކީ އަބަދުވެސް އެންމެ ގާތްކޮށް އުޅުނު ދެކުދިން… ދެން އެމީހުންގެ ބޮއިފްރެންޑުންނަކީ އެޔާއި ޖެހިގެން.. އަހަރެމެން ފަސްމީހުން އުޅެބޮޑުވީ ވަރަށް އެކުވެރިކޮށް އެހެންވެ އެ އެންމެންވެސް ގެނައީ…” ނައިނާ ބޭނުންވީ ވާހަކަ އޮޅުވާލާށެވެ.

“އޭ އޭ އެހެންވީމަ އެއީ ދޯ އައިޒަން ރީތިވެގެން މޮޔަވި ކުއްޖަކީ؟؟ އެއްދުވަހު ޒުހާ ކިޔޭ ހަނާގެ ކަޒިންއެކޭ ބުނީ މަށަކަށް ނޭނގުނު ނަމެއް…… އައިޒަން ފެނިގެން ވަރަށް ފޯރި ހުއްޓޯ ފަހަކާއި ޖެހެންދެންވެސް…” ސިއްރުސިއްރުން ލަހުފާ އެހެން ބުނީ އެހެން މީހަކަށް އެވާހަކަ ނީއްވާށެވެ. ނައިނާ ތުން ފިއްތާލީ ހިނިގަނޑު މަތަކުރަށޭވެ. އަދި ބޮލުގެ އިޝާރާތުން އާއެކޭ ބުންޏެވެ. އެއްޗެހިތަށް ގާތްކޮށް ހަދާ ނިންމާފައި ޒާހިދާވެސް އެމީހުންނާއި ކައިރިވީ ދޯނިން ފައިބަންވެގެންނެވެ. އިރުކޮޅެއްފަހުން އައިޒަން އާއި ޖިނާހް މެން ދޯންޏާ ކައިރިވެލިއެވެ. ހުދާ އަވަސް އަވަހަށް އައިޒަން ހުރި ދިމާލަށް ދިޔައީ އޭނާ ބާލާނެކަމަށް ހިތާއެވެ. “އީމާން… މިހިރަ ކުއްޖާ ބާލުވަބަލަ…” އައިޒަން ހުދާ އާއި ދުރަށް ދަމުން ބުނެލިއެވެ. ހުދާ  ކުނި މޫނު ހަދާލާފައި މޫދަށް ފުންމާލީ އީމާން އަށް ލޯ އަޅާލަމުންނެވެ. ހުދާ  ފަތާފައި ދިޔަތަން ފެނި އެންމެންވެސް އެދިމާ ބަލަން ތިއްބެވެ. “އަން.. މަންމާ އާދޭ.. އަހަރެން ގެންދާނަން.. ނޭނާ ބައިންދާ ދޯނީގައި..” ޒާހިދާއަށް އަތް ދިއްކޮށްލަމުން އައިޒަން އެހެން ބުންޏެވެ. ނައިނާ ތުން އަނބުރާލިއެވެ. އައިޒަން އަށް އެ މަންޒަރު ފެނި ހިނިގަނޑެއް ޖަހާލިއެވެ. އަދި ޒާހިދާ އުރާލައިގެން ކަހަލަ ގޮތަކަށް އެއްގަމަށް ގެންގޮސް ލިއެވެ. އެ ވަގުތު ޖިނާހްވެސް ލަހުފާ ގޮވައިގެން އައިއްސިއެވެ. ހުރިހާ އެއްޗެހި ބޭލުމާއި އެކު އެއްގަމުގައި ތިބި މީހުން ބެލީ ހިޔާގަނޑެއް ހޯދާ އެތާ ހުރިހާ އެއްޗެހި އަތުރާ ހަދާށެވެ. ދޯނީގައި އެކަނިވެފައި އިން ނައިނާ އިރު އިރުކޮޅާ ލޮނުގަނޑުގާއި ކުޅެލައެވެ.

އައިޒަން ދޯންޏަށް ގޮސް އެރިއެވެ. އަދި ނައިނާއާއި ދާދި ކައިރި އިށީނެވެ. “ހާދަ ރީތި ކުއްޖެކޭ…. އަހަރެން ގެންގޮސްދެންތަ އެއްގަމަށް…” އައިޒަން އެހެން ބުނުމުން ނައިނާ ތުއި ގޮތަކަށް ހީލިއެވެ. އެކަހަލަ ސަމާސާ އައިޒަން އަބަދުވެސް ކުރެއެވެ.  ނައިނާ ގޮވައިގެން އެއްގަމަށް އަރާފައި ދެމީހުން ހިނގައިގަތީ އެންމެން ކައިރި ބޮޑު ހިޔާގަނޑަށެވެ.

އަންހެންވެރިން ހެނދުނު ސައިބޯލާނެ އެއްޗެއް ތައްޔާރު ކުރަން ރޭވިއިރު ފިރިހެންވެރިން ދިޔައީ މަސްބާނާށެވެ. މަސްބާނަން ނޭނގޭ އައިޒަންވެސް އެމީހުންގެ ފަހަތުން ދިޔައީ އޭނާ އަށްވެސް އެކަންވާނޭ ކިޔަމުންނެވެ. ނައިނާ އެއްޗެހި ކޮށަން ތައްޔާރުވީއިރު އޭނާ ދިޔައީ ރީތި ލަވައެއްގެ ރާގަކަށް ހުމްމް ހުމްމް ކިޔަމުންނެވެ.

މާ ގިނައިރުތަކެއް ނުވެ ފެނުނީ އައިޒަން އާއި ޖިނާހް ދެ މަސް ހިފައިގެން އަންނަ ތަނެވެ. ނައިނާ އާއި ލަހުފާ އެއްފަހަރާ ހިނިގަނޑެއްޖަހާލީ އެމީހުންނަށް އެވަރުކަމެއްވެސް ނުވީތީއެވެ. އައިޒަން ދެލޯ ކުޑަކޮށްލިއެވެ. “ދަރިފުޅާ އައިޒަން… ކޮބާ އެހެން މީހުން؟ ތީތަ ބޭނުނު މަހަކީ؟” ލާނެއް ހިނިގަނޑަކާއި އެކު ޒާހިދާ އެހިއެވެ. “އެމީހުން އެބަތިބި.. އެތާ ނުތިބެވިގެން މިއައީ…” އައިޒަން ޖަވާބު ދިނެވެ. ނައިނާ ހޭތީ އައިޒަން ނައިނާއާއި ދިމާލަށް ވެލި އުކާ ފަހަތުން ދުވެ ހެދިއެވެ. ނައިނާވެސް އަތުނުވާން ދުވަން ފެށިއެވެ. އިސާހިތަކު މުޅި ތާނގައި އެދެމީހުން ޖަހާ ސަކަރާތުގެ އަޑު ހިފާލިއެވެ. ދުރުގައި އެ މަންޒަރު ބަލަން ހުރި ޒާހިދާ އުފަލުން ދެލޯ ފުރުނެވެ. ނައިނާ އެހާ އުފަލުގައި އުޅޭތަން އޭނާ މިއިން ދުވަހަކުވެސް ނުދެކެއެވެ. އެކަން މަގުފަހި ކޮށްދިނީ އައިޒަންއެވެ. ޒާހިދާއާއި ހިލާފަށް އެ އަޑުތަކާއި ފެންނަ މަންޒަރުން ހަސަދައިގަ އަނދަ އަނދަ ހުރި ޒުވާން އަންހެންކުއްޖާ ހުރީ ރުޅިއައިސް ރަތް ވެފައެވެ. އޭނާއަށް އެ މަންޒަރުތަށް ބަލާކަށް ކެތެއް ނުވާނެއެވެ. ހަމަ މިހާރުން މިހާރަށް ކަމެއް ރާވަންވީއެވެ.

އައިޒަން އަނެއްކާވެސް ޖިނާހް އައި އެކު އެހެން ކަމެއްގައި ޝާމިލްވުމާއި އެކު ނައިނާ އެނބުރި އޭނާގެ މަސައްކަތަށް އައެވެ. އެވަގުތު އައިޒަންގެ ފޯނު ރިންގްވާތި ބަލައިލިއިރު ގުޅަނީ ޝާމިރާއެވެ. ފާޑަކަށް ބިރުގަނެފައި ހުރެ އައިޒަންއަށް ފޯނު ހަވާލުކޮށްފައި ނައިނާ އާއިރު އެމޫނުމަތީ ވާ އުފާވެރިކަން ވަނީ ގޮއްސައެވެ. އައިޒަންގެ މަންމައަށް ކުރާނެ އަސަރާއި މިކަން އިނގިގެން އެ މަންމަ ކުރާނެކަމަކާއި މެދު ވިސްނާ ވިސްނާ އޭނާ ހާސްވާންފެށިއެވެ.

…..

“އޯކޭ މަމް ބައި….” ފޯނު ކަނޑާލި އައިޒަން ހުރީ ހިތްހަމަނުޖެހިފައެވެ. ޖިނާހް ކިހިނެއްވީތޯ އެހިއެވެ. “އެ އުޅޭ ފާލިހް އާއި އެކު ޕާރޓްނާޝިޕް އެއް ހަދަނީއޯ…. ކީކޭ މަ ބުނާނީ؟ މަންމަ ކުންފުނި… ފާލިހުމެންނަކީ ފެށުނީއްސުރެ މަންމަގެ އެކުވެރިން… އެކަމް އަހަރެން އެހާ ހިތްހަމަޖެހޭ ކަމެއް ނޫން… ފާލިހް އަކީ ވިޔަފާރި ވެރިއެއްގެ ނަމުގައި ހުރި ބޮޑު ލަދެއް..” ހިތްހަމަނުޖެހިފައި އައިޒަން ވާނުވާ ކިޔައިދިނެވެ. ޖިނާހް އެކަމާއި އެއްބަސްވީ ފާލިހުގެ ނުބައިކަން އިނގޭތީއެވެ. “އާނ.. އެއްކަ ލަމް ވެސް ނިމެން އުޅެނީ ދޯ ކިޔަވާ… ވަރަށް މައްޗަށް ކިޔަވައިގެން އަންނަންށޯ ބޭނުންވަނީ އޭނަ…” ޖިނާހް އޭނާއަށް އިނގޭވަރަށް ކިޔައިދިނީ އައިޒަން އަށް އެކަން އިނގޭތޯއެވެ. “އާނ ލަމް ވެސް ނިމޭނެ ދެ އަހަރު ތެރޭ އަހަރެންނަށް ހީވަނީ… ލަމްހާ އަކީ ވަރަށް ރަނގަޅު އޭނާގެ ބައްޕަ ފާލިހުއާއި ހިލާފަށް ހިތްހެޔޮ ތެދުވެރި ކުއްޖެއް އެހެންވެ އޭނާއާއި ގާތް ގުޅުމެއް ކުރިންވެސް އޮންނަނީ… އަނެއްލާ ފާލިހު އަންހެނުންވެސް ރަނގަޅު.. ގޯހީ ފާލިހު..” އައިޒަން ބުންޏެވެ.

“މަބުނީ… އައިޒަން….” ޖިނާހް ފުން ވިސްނުމެއްގައި އިނދެ ވާހަކަ ފެށިއެވެ. އައިޒަން ހުންން އަޅުވާލީ އަޑުއަހާކަން އަންގާށެވެ. “ނައިނާ ބައްޕައަކީ މާލޭ މީހެއްނު… އެހެންވީމަ އޭނާ ވަކި ނުވާނެ ރާއްޖެތެރޭ ކުއްޖަކަށް.. ތި ދެމީހުންނަށް ކުޑަ ޕްލޭންގަނޑެއް ރާވާލައިގެން މަންމަގެ ހުއްދައާއި އެކު އިނދެވުނީހޭ…” ޖިނާހް ދެލޯ ބޮޑުކޮށްލާފައި އެހެން ބުނެވުނީ ކުރިން އެގޮތަށް ނުވިސްނުނީ ކީއްވެބާއޭ ހިތަށް އަރާފައެވެ. އޭނާގެ އަޑުގައި ފޯރިއެއް ހުއްޓެވެ. “ކިރިޔާތަ ތިކަން ތި ހިތަށް އެރީ… މަވެސް ތިހެން ކަންތަށް ކުރަން އެންމެ ފުރަތަމަ ހިތަށް އެރި.. އެކަމް އަހަރެން މަންމަ އަކީ ފާތުމަތު ޝާމިރާ.. އޭނާ އަކަށް ނައިނާގެ ވަނަވަރު ހޯދާކަށް އުނދަގުލެއް ނުވާނެ.. އެހެންނޫނަސް މަންމަގެ ޝަރުތުތަކުގައި ހިމެނެނީ މާލެ މީހަކަށް ވުން އެކަންޏެއް ނޫން.. މުއްސަނދި ފޯރާ މީހުން… އެއީ މަންމަ ބޭނުންވާ މީހުންނަކީ… ނައިނާ ކަހަލަ ކުދިންނަކީ ފައިން ޖަހާ މަންމަ އެއްލާލަން ބޭނުންވާ ކަހަލަ ކުދިން… ފަޤީރު ނިކަމެތި ރަށްފުށު.. މުޅިންވެސް މަންމަ ނަފްރަތު ކުރާ ސިފަތަކެއްނު… އެހެންވެ އެގޮތަށް ކަންތަށް ނުކުރީ…. އަހަރެން އެއްވެސް ރިސްކެއް ނަގާކަށް ބޭނުމެއްނުވޭ… އެޅޭ ކަތި ފިޔަވަޅަކުންވެސް ނައިނާ ގެއްލިދާނެތީ ބިރުގަތީމަ މިގޮތަށް ކަންތަށްކުރަން ނިންމީ.” ދެބުމަ ގޮށްޖަހާލައިގެން އިނދެ ޖިނާހް އަށް ވިސްނޭނެހެން އައިޒަން ކިޔައިދިނެވެ. ޖިނާހް ނިކަން ބާރަށް “އޯހްހްހް” އޭ ބުނެ އެކަމާއި އެއްބަސްވިއެވެ. ތެދެކެވެ. ނިކަމެތިންނަށް އެގެއަކުން ޖާގައެއް ނެތެވެ. އޮފީހަށް މުއައްޒަފުންވެސް ވައްދަނީ ޝާމިރާ ގެ އެ ހުރިހާ ޝަރުތުތަކެއް ފުރިހަމަ ވީމައެވެ. އެހާވެސް ޝާމިރާގެ ހިތް މޮޅެވެ. ޒީލަގަދައެވެ. ބޮޑައެވެ.

އެތަކެއް ގޭމްތަކާއި އެކު ފޯރީގައި ދަތުރުގެ މަޖާ ނަގަމުން ދިޔަ އެންމެން އަނެއްކާވެސް މަޑުމައިތިރިވީ މެންދުރުގެ ކެއުމަށެވެ. ކެއުން ނިންމައިގެން ޒާހިދާ މެން ކޮޅު ކޮޅަށް ހިނގައިގަތީ ރަށުތެރެ ބަލާލާ ހަދާށެވެ. ނައިނާ އައިޒަން ކައިރި މަޑުކުރިއެވެ. އެދެމީހުން ވާހަކަ ދައްކަމުން ދިޔައީ ދަތުރު ނިމިގެން އައިޒަން އަނބުރާ މާލެދާއިރު ގެންދާނެ އެއްޗެއްސާއި މެދުގައެވެ. ފާރަވެރިއެއްހެން އެ މަންޒަރު ބަލަން ހުރި ޒުވާނާ އަށް މިއަށްވުރެ ރަނގަޅު ފުރުސަތެއް ނުލިބޭނޭ ހިތަށް އެރިއެވެ. “ނައިނާ… ޒާހިދައްތަ ބުނީ އަންނާށޯ ނައިނާ ގޮވައިގެން…” ހުދާ އައިސް ހިނިތުންވެލާފައި ގޮވާލިއެވެ. ނައިނާ އައިޒަން އާއި ދިމާލަށް ބަލާލުމަށްފަހު ތެދުވީ ދާންވެގެންނެވެ. “މިތާ އިންނާނަން.. ދޭ ގޮސްލާފައި އަންނަން…” އައިޒަން ގެ ހުއްދަލިބުމުން ނައިނާ ހިނގައިގަތީ ހުދާ އާއި ދާދި އެއްވަރަށެވެ.

“ހިނގާ މިކޮޅުން ދާން… އޭރުން ފަސޭހައިން ދިމާކުރެވޭނީ…” ގަސްތަށް ފޭކޮށްލަމުން ހުދާ އެހެން ބުނީ ވަލަތެރެއަށް ވަންނަމުންނެވެ. ނައިނާ ދެކޮޅު ހެދީ ގަތް ބިރަކުންނެވެ. އެތަން ފެންނަނީ ވަރަށް ބިރުވެރިކޮށެވެ. ކުރިން މިރަށުގައި ބަޔަކަށް ހިނގި ހާދިސާތަށް ހަނދާންވުމުން ނައިނާ ބިރުން ރޫރޫއެރިއެވެ.

ގަސްތަށް ބޯވެފައި މެންދުރުގެ ގަދަ ހޫނު އަވީގައިވެސް އެތެރެ ހީވަނީ ރޭގަނޑުވެފައިވާ ތަނެއްހެންނެވެ. “އަހަރެންނަށް ލާހިކެއް ނޫން ތިހެން ވަންނާކަށް.. އަނެއްކާ މަގެއްވެސް ނެތް ކޮށާފައެއް…” ނައިނާ އެހެން ބުނެ ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. އޭނާގެ ގައިން ހީބިހި ނަގައިގަތެވެ. “ދެން އާދެބަ.. މިހެންނޭ ފަސޭހައިން ނިކުމެވޭނީ…. މަވެސް މިހުރީއެއްނު… މަށަށް އިނގެޔޭ ހިނގަން..” ނައިނާގެ އަތުގައި ހިފާ ބާރުކޮށްލާފައި ހުދާ އެހެން ބުނީ އެތެރެއަށް ދެމިގަންނަމުންނެވެ. ހުދާ އަށް ބަރޯސާ ކުރަމުން ނައިނާ ލަސް ފިޔަވަޅުތަކެއް އަޅަމުން ދިޔައެވެ. ނައިނާ ދިޔައީ އެ ގަސްބޯ ޖަންގަލީގެ ކޮންމެ ފަޅިއަކަށްވެސް ނަޒަރު ހިންގަމުންނެވެ. އެއްވެސް ތާކުން މަގު ކޮށާފައި ނެތް އިރު އައްޔެއްވެސް ފެންނާކަށް ނެތެވެ. ދެވޭ ނުދެވޭ ނޭނގި އޭނާގެ ހިތް ނިކަން ބާރަށް ތެޅެމުންދިޔައެވެ.

“ހުދާ މިހާރު ވަރަށް އެތެރޭގައި މިތިބީ.. އަޅެ ދެން ހިނގާބަ ދާން….” ފެންކަޅިވެފައި ހުރި ހާލު ނައިނާ އެހެން ބުނީ ހުދާގެ އަތުން ދޫކޮށްލާ ފަސް އެނބުރިލަމުންނެވެ. އޭނާ މިހާރު ހިނގާތާ ކޮންއިރެއްހެއްޔެވެ؟ ފަސޭހައިން ނިކުމެވޭނޭ ބުނިއިރު މިހާރު ނިކުމެވޭހާ ވަރުވެއްޖެއެވެ. ދާދި އެއްވަރަކަށް އެއް ހަމައެއްގައި ހުންނަ ބޯ ގަސްތަކެއް ދުރުން ފެންނަނީ އަނދިރިގަނޑެއްގެ ތެރެއިން ނިކުމެ ހުރި ފުރޭތަ ތަކެއް ހެންނެވެ. “ހުދާ އަށް ޔަޤީންތަ ރަނގަޅަށްކަން މިދަނީ….. ހު.. ހުދާ؟؟ ހުދާ!!!!!!!!!!!!!!” ނައިނާ ވާހަކަ ދައްކަމުން ފަސް އެނބުރުނު އިރު ހުދާގެ ވަސްވެސް ނެތެވެ. ވަށާ ހޯދާ ބެލިއިރުވެސް ހުދާ ދިޔަ ދިމާލެއް ނޭނގުނެވެ. ނައިނާ ބިރުން ގޮސް ރޮވުނެވެ. އަދި ހުދާ އަށް ގޮވަމުން އެނބުރެމުން ދިޔައެވެ. އޭނާ ދާނެ ދިމާލެއް ނޭނގި ހަތަރު ފަރާތުން ބަންދުވެއްޖެއެވެ. ހިނގަން ހަދައިގެން އޭނާ އިތުރަށް ގެއްލިދާނެކަމުގެ ބިރު ހިތުގައި އޮތުމުން އިތުރަށް އެންމެ ފިޔަވަޅެއް އަޅަންވެސް އޭނާ ޖެހިލުންވިއެވެ. ނައިނާ އޭނާއަށް ނިކުމެވޭނެ އެއްވެސް އުއްމީދެއް ނެތުމުން އިންތާ އިށީނީ ގަތް ބިރުން ރޯންފެށުނު ގޮތަށް ހުއްޓާ ނުލެވެމުންނެވެ. އިރު އިރުކޮޅާ އަޑު ނެތްތަނަށް މަންމައަށް ނުވަތަ އައިޒަން އަށް ގޮވާލައެވެ. ނަމަވެސް އެ އަޑު އިކޯވެގެން ނައިނާގެ ކަންފަތުގައި އައިސް ޖެހެނީ މާ ބިރުވެރިކޮށެވެ.

……………….

ދުވަމުން ދުވަމުން ނިކުތް ހުދާ ހުރީ ވަރުބަލިވެފައެވެ. އޭނާގެ ތުންފަތް މަތީ ވަނީ ވިހަ ހިނިތުންވުމެކެވެ. މީގެ ކުރިންވެސް އެތަށް ބަޔަކު ހަމައެގޮތަކަށް މި ރަށުގައި ގެއްލި މަރުވެފައި އެބަ ތިއްބެވެ. މިރަށަކީ ގަސްބޯ ރަށަކަށްވެފައި އެތަނަށް ވަދެއްޖެނަމަ ނިކުންނަން އުނދަގޫ ރަށެކެވެ. ނައިނާ ފަދަ ފިނޑިއަކަށް އެތަނުން ނުނިކުމެވޭނެކަމުގެ ފުރިހަމަ ގެރެންޓީ ހުދާއަށް އޮތެވެ. ދަތުރު ދާން އެއްބަސްވީންސުރެ އޭނާ ރާވަމުން ދިޔައީ ނައިނާ އަށް ދެރައެއް ދޭނެ ގޮތަކާއި މެދުގައެވެ. އެކަން އެހާ ރަނގަޅަށް ވާނެކަމަކަށް އޭނާ ހީވެސް ނުކުރެއެވެ. އޭނާ ވަރަށް ތައްޔާރީތަކަކާއި އެކު އައުމުގެ ސަބަބުން ވަންނާނެ ތަނާ ނިކުންނާނެ ތަން ހުރީ އިނގިފައެވެ. ހުދާ ގޮސް ޒާހިދާމެންނާއި ބައިވެރިވިއެވެ. ޒާހިދާ ހުދާ ފެނުމުން ނައިނާ ކޮބައިތޯ އެހިއެވެ. ފަސޭހަކަމާއި އެކު ރެކިގަންނަން ހުދާ އެސުވާލަށްވެސް ހުރީ ޖަވާބު ދޭނެ ގޮތެއް ވިސްނައި ނިންމާފައެވެ.

“ނޭނގެ.. ހިސާބަކަށް އައިއްސަ އަނބުރާ އައިޒަން ކައިރިއަށް ދިޔައީހެން ހީވަނީ… ބުނި ބޭނުމީ ދާށޭ…. އިރުކޮޅަކުން ބަލާލިއިރު ނެތް…” ހުދާ ޖަވާބުދިނެވެ. ހަސަދައިގައި އަނދަމުން ދިޔަ ހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބުނު ކަހަލައެވެ.

…………….

ޖިނާހް އާއި އެކު ކެނޫކައިރި ކޮޅަށް ހުރި އައިޒަން އިރު އިރުކޮޅާ ދެކޮޅަށް ހިނގާލާފައި ހުއްޓިލާ ހަދާއިރު ހީވަނީ ކަމަކާ ހާސްވެގެން އުޅެހެންނެވެ. ޖިނާހް އަށް އެކަން ފާހަގަވެ ކިހިނެއްވީތޯ ސުވާލުކުރިއެވެ. “ނޭނގެ.. ޖިނާ… އަހަރެންގެ ހިތްބިރުގަންނަނީ… ހީވަނީ ކަމެއްވެއްޖެޔޭ… ނޭނާ ގޮވާހެންވެސް ހީވޭ… ވަރަށް އެހެން ކަހަލަ އުނދަގުލެއް އެބަވޭ….” ވާހަކަދައްކަމުން ދިޔައިރުވެސް އޭނާ އަށް ކިރިޔާ ދެއްކޭކަމެވެ. އެއްވެސް ކަމަކާ ނުލާ ކުއްލިއަކަށް އެހެން ވީމާ ޖިނާހްވެސް ހައިރާންވިއެވެ. “ހަމަޖެހިބަލަ އައިޒަން… މަންމަ ކައިރިއަށް ނޫންތަ ދިޔައީ.. ހިނގާ ކެނޫ ދުއްވާލަން މިހާރު ރެޑިވެފައި މިއޮތީ…” ކެނޫގައި ކުޑަކޮށް ޖަހާލަމުން ޖިނާހް އެހެން ބުނީ އައިޒަންގެ މޫޑް ރަނގަޅު ކޮށްލާށެވެ. ދާން ބޭނުން ނުވިޔަސް އައިޒަން ޖިނާހް ގެ ފަސް ފަހަތުން ހިނގަމުން ދިޔައެވެ. އިރު އިރުކޮޅާ ފަސް އެނބުރި ގަސްތަކާއި ދިމާ ބަލައިލެވެނީ ކީއްވެކަމެއް ހުދު އޭނާއަކަށް ވެސް ނޭނގެއެވެ.

………….

ޒާހިދާ އާއިރު އައިޒަން މެން ފެންނާކަށް ނެތެވެ. މެންދުރުގެ ގަދަ އަވި ކޮންމެވެސް ވަރަކަށް މަޑުވާން ގާތްވެފައި ވުމުން އެންމެން ނިންމީ މަޖާ ހަދާށެވެ. ދަތުރެއްގެ ރަނގަޅު މަޖާ ގަނޑެއް ނުކެވިއްޖެއްޔާ އެ ދަތުރު މަޖައެކޭ ބުނާނެ ހަމަ އެކަކުވެސް ނުހުންނާނެއެވެ. “ނައިނާ ކޮބާތަ…؟” ޒާހިދާ އެހީ އެކި ދިމަދިމާލަށް ނަޒަރު ހިންގާލަމުންނެވެ. “ބަލަ ޒާހިދާ ކިތަށްފަހަރުތަ ތިހެން ތިއެހީ… އޭނާ ވީ އައިޒަން ކައިރިއޭ…” ޒުހާގެ މަންމަ އެހެން ބުނީ ޒާހިދާ މިހާރު އެތަކެއް ފަހަރު އެ ސުވާލުކުރީމައެވެ. “އާނ އެކަމް ނޭނގެ ފާޑަކަށް ހިތްބިރުގަންނަނީ އެކުއްޖާ ފުޅު ދެލޮލުން ފެނުނީމަ ނޫނީ ދެން ހަމައެއްނުޖެހޭނެ…” ޒާހިދާ ބުންޏެވެ.

“މިހާރު އިންނާނީ ކަމަނާ އައިސް… ހާސްނުވެބަލަ.. ތިހެން ހަދައިގެން އައިއްޓެ ކެނޫވެސް ނުދުއްވުނެއްނު…” އައިޒަންގެ ބުރަކަށީގައި ޖަހާލަމުން ޖިނާހް ބުނީ އައިޒަން ހަމައަކަށް އަޅުވާށެވެ. “ސޮރީ.. އެކަމް އަހަރެންނަކަށް ނޭނގެ އެއްގޮތަކަށްވެސް… ހިތްހަމަޖެހޭނީ މި ދެލޮލުން ނައިނާ ފެނުނީމަ…” އައިޒަން އެހެން ބުނެ ހަލުވި ހިނގުމެއްގައި އައީ ޒާހިދާމެން ތިބި ހިޔާގަނޑަށެވެ. ޒާހިދާއަށް އައިޒަން އެކަނި އަންނަތަން ފެނި އަރި އަރިއަށް ބަލަންފެށީ ނައިނާ އާދޭތޯއެވެ. “މަންމާ ނައިނާ ކޮބާތަ…؟؟؟” އެމީހުންގެ ތެރޭގައި ނައިނާ ނުފެނުމުން އައިޒަން ސުވާލުކުރީ ކުޑަކޮށް ހާސްވެފައެވެ. ޒާހިދާ ދެބުމަ ގޮށްޖަހާލިއެވެ. “ދަރިފުޅާއި އެކު އެއް ނޫންތަ ވީ؟؟؟” ޒާހިދާ އެހިއިރު އޭނާވެސް ހާސްވެއްޖެއެވެ. ނިތަށް ރޫ އަރުވާލެވުނެވެ. “ނާދެ.. މަންމަ ކައިރިއަކަށްނު ދާން ދިޔައީ…” އައިޒަން ދެލޯ ބޮޑުކޮށްލާފައި ބުންޏެވެ. އެ އަޑު ރީއްޗަށްވެސް ޖިނާހް އަށް އިވުނެވެ.

“އަދި ހާސްވާކަށް ނުވޭ… ބިރުގަނެފައި ހުންނައިރު ވިސްނޭނީ އެންމެ ނުބައިކޮށް… ނައިނާ ވެދާނެ އެހެން ގުރޫޕެއް ފަހަތުން ދިޔައީ ކަމަށް… ލައްކޮމެންވެސް އަދި ނާދެޔެއްނު…” ޖިނާހް އެހެން ބުނުމުން އައިޒަން ބޯޖަހާލީ އެކަމާއި އެއްބަސްވަމުންނެވެ. އެމީހުންގެ ތެރޭ ހުދާވެސް ފެންނަން ނެތުމުން އެކަން ފަސޭހައިން ގަބޫލުކުރެވުނީއެވެ. “ހުދާވެސް ފެންނާކަށް ނެތް… ވެދާނެ ހުދާ އާއި އެކު އެ ގުރޫޕާއި ދިމާކުރީކަމަށް…” އައިޒަން އެހެން ބުނެފައި ހިންދެމިލިއެވެ. ހުދާވެސް ނެތުމުން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނީ ނައިނާ އެކަނި ނޫންކަން އިނގުމުންނެވެ.

މާ ގިނައިރު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ލަހުފާމެންވެސް އައިއްސިއެވެ. އައިޒަން ދުވެފައި އެދިމާލަށް ދިޔައިރު ޒަހިދާގެވެސް ލޯ ހުރީ އެދިމާލުގައެވެ. އައިޒަން ނައިނާ ކޮބައިތޯ އެހުމުން އެންމެންގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ. “އަހަރެމެން ދިޔައިރު އައިޒަން ކައިރިއަކު އެއްނު އިނީ…” ލަހުފާ ބުނެފައި ޒާހިދާމެންނާއި ދިމާ ބަލައިލިއެވެ. “ނޫނެކޭ ނެތޭ… ނެތޭ މިތާކު އޭނާއެއް….” އައިޒަން އަށް ތަންކޮޅެއް ބާރަށް އެހެން ބުނެވުނެވެ. އައިޒަން ގެ ލޮލުގައި އަޅައިގަތީ ފަހަތުގައި ހުރި ހުދާއެވެ. ވަގުތުން ހުދާ ކައިރިއަށް ދިޔައީ ނައިނާ ވީތަން އޮޅުން ފިލުވާށެވެ. “ހުދާ! ކޮބާ ނައިނާ.. ހުދާއެއްނު ނައިނާ ގެންދިޔައީ…” އައިޒަން އެހިއެވެ. ލަހުފާ މެން މަސައްކަތް ކުރީ ނައިނާ ގެ ފޯނަށް ގުޅޭތޯއެވެ. ނަމަވެސް އެ ފޯނު ރިންގްވީ ދަބަހުންނެވެ.

އެންމެންވެސް ކައިރި ތަންތަން ބަލަން ފެށީ ނައިނާ ފެނޭތޯއެވެ. “އާނ… އަހަރެން ނައިނާ ގޮވައިގެން ހިނގައިގަތިން ދައްތަ ކައިރިއަށް ދާން… ހިސާބަކަށް ގޮއްސަ ފަސްއެނބުރުނުއިރު ނައިނާއެއް ނެތް.. ބުނި ދާށޭ ބޭނުންވަނީ… އޭނާ ނެތީމަ ހީކުރީ އައިޒަން ކައިރިއަށް ދިޔައީކަމަށް… އަހަރެން ދައްތަ ކައިރި ބުނިން ނައިނާ އަނބުރާ ދިޔައިއްޔޭ ދޯ ދައްތާ…. އަހަރެންވެސް ފަހުން ލަހުފާމެންނާއި ދިމާ ކުރީ….” ހުދާ ވީގޮތް އޮޅުން ފިލުވައިދިނުމުން އައިޒަން ގެ ހާސްކަންވީ އިތުރެވެ. ނައިނާއެއް ނާދެޔޭ ކިޔަމުން އޭނާ ދުއްވައިގަތީ އަތިރިމައްޗަށެވެ. އެންމެން އެއްބަސްވީ ނައިނާ ހޯދުމަށެވެ. ރަށުގެ އެކި ދިމާ ދިމާލަށް ގުރޫޕުތަށް ބެހުނެވެ. “މީހުންތަށް އެކި ދިމާލަށް އެ ދިޔައީ އަހަރެމެންވެސް ހިނގާބަލަ… ނައިނާ މަންމަ މެން މިތާ މި ބޭތިއްބީ ނައިނާ އައިސްވެސް ދާނެއެއްނު…” ޖިނާހް އައިޒަން ކޮނޑުގައި ހިފަހައްޓާލަމުން ބުނީ ހިތްވަރެއްދޭފަދަ ގޮތަކަށެވެ. މިލާމޯޅިވެފައިވާ އެ މޫނުން އޭނާ ދެރަވެފައިވާ ވަރު ރަނގަޅަށްވެސް ދައްކުވައިދެއެވެ.

“އަހަރެން ބުނީމެއްނު ކަމެއް ވެއްޖެޔޭ.. އަހަރެންނަށް އިހްސާސްވިޔޭ… ޖިނާ ހިނގާބަލަ ވަލަތެރެއާއި ދިމާލަށް…” އައިޒަންގެ ހިޔާލަށް ޖިނާހްވެސް ތާއީދު ކުރިއެވެ. ދެމީހުން އެދިމާލަށް މިޝްރާބު ޖަހާތަން ފެނި ޒާހިދާ ހާސްވެފައި އެމީހުންނަށް ގޮވިއެވެ. “މިރަށު ވަލުތެރެއަކީ ވަރަށް ގަސްބޯ ތަނެއް… ވަރަށް ގިނަ މީހުން މިރަށުގައި ގެއްލި މަރުވެފައިވެސް އެބަތިބި… ނިކުމެވޭނީ ވަރަށް އުނދަގުލުން….” ޒާހިދާ ބުނީ އެމީހުން ވަންނާތީ އެކަމާއި ހުރަސްއަޅާށެވެ. “އެކަމް މަންމާ…. ހުރިހާ ތަނެއްވެސް ބަލަން ޖެހޭނެއެއްނު…” އައިޒަން ކެރިގެން އެހެން ބުނީ ނައިނާއަށްޓަކައި ބިންފަޅައި އަޑިއަށް ދާންޖެހުނަސް ހެޔޮކަމަށް ދެކިގެންނެވެ. ޒާހިދާ އެއްޗެއް ބުނަން ވާއިރަށް އައިޒަން އެތެރެއަށް ހިނގައިގަތެވެ. “އެބުނާހެން ހާދަ އަނދިރިއޭ…ދެމީހުން އެއްކޮށް އުޅުނީމަ ރަނގަޅުވާނެ….” ޖިނާހް ބުނެލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

އިމްތިޙާނު (4ވަނަ ބައި)

Next

ވިންދު ލޯބިން ޖެހި ހިތެއްގައި (13)

Next
September 21, 2017

ވިންދު ލޯބިން ޖެހި ހިތެއްގައި (13)

Previews
September 21, 2017

އިމްތިޙާނު (4ވަނަ ބައި)

10 Comments!

  1. Ryn says:
    September 21, 2017 at 9:28 am

    Salaam ?
    Happy Islamic New Year ???
    Hope u guys r enjoying it and love u guys ?

  2. Lilly :)) says:
    September 21, 2017 at 9:32 am

    alheyyy dhn kihinw baa vaaanyy?? 0.0 im curious.. waiting next part ahh :))

  3. ??? says:
    September 21, 2017 at 9:32 am

    Yeyyy. Me first dhw

  4. ??? says:
    September 21, 2017 at 9:34 am

    Vvvv habeys???
    Luv u run. When next part???

  5. ??? says:
    September 21, 2017 at 9:35 am

    Vvvv habeys???
    Luv u ryn. When next part???

  6. ipher says:
    September 21, 2017 at 9:49 am

    Happy Islamic new year u too…v v v reethi mi part vx….maasha Allah….when next part up kurany…waiting waiting

  7. Shin says:
    September 21, 2017 at 10:03 am

    Woooowww… V rythi… Miadhu adhi one part up kohdhyba…. V rythi vaahaka…. ????

    1. click a shot ? says:
      September 21, 2017 at 10:15 am

      Ebunaahen Ryn one part up kohdheeba plx..its a request..varah salhi mi paert ves..naina ah gotheh nahadhachey..??❤️

  8. Xxxx says:
    September 21, 2017 at 1:14 pm

    Wooooowww…????????v.reethi … waiting

  9. khajja says:
    September 22, 2017 at 12:55 am

    Alhey hudhaa?thy alhe insaaneththa? Aizan hudhaa ah ithubaaru nukurachchey insha allah nainaa akah dheragothennuvaane nainaa fennaane aizan govaalabala nainaa ah whn nxt prt avas kolla dhechey can’t wait masha allah v v awsome stry Happy islaamic new year gud nyt ???❤❤?????

Comments are closed.

Next Episodeތި ލޯތްބަށްޓަކައި (11)←


All Right Reserved!