Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

އިމްތިޙާނު (4ވަނަ ބައި)

Faathii Level 410 Stories100 Comments100 Login
September 21, 2017 5 Mins Read
14 Comments

ހިތުގެ އެ ގޮވުމަށް އިޖާބަދީ ދުވަހަކަށްފަހު ދުވަހެއް އޭނާ ފާއިތު ކުރަމުން ދިޔައީ ހެޔޮ ކަންތައް ތަކުގައި ޝާމިލުވުމުގައި އިސްނެގުމުގައެވެ. އެގޮތުން ފުރަތަމަ ނަމާދު ޤާއިމްކުރުމަށްފަހު، ފަހަރަކު ކަމަކަށް ފަހު ކަމެއް އިސްލާހުކުރަމުން ގޮސް މޫނުބުރުގާވެސް އެޅީއެވެ.

ހިބާ އަކީ ކުރީގައި ދީނީ ކަންތައްތަކަށް ކުޑަކޮށް ނަމަވެސް ހޭލުންތެރި ކުއްޖެއް ނޫނެވެ. އޭނާގެ ދިރިއުޅުން ބައްޓަންވެފައި ހުރީ އޭނާގެ މައިންބަފައިން ފަދައިންނެވެ. ސްކޫލުގައި އުޅުނު އިރު އިސްލާމް ފޮތުން އިސްލާމްދީނާ ބެހޭ ގޮތުން އެނގުނު އެއްޗެއް އެނގުނީއެވެ. އޭނާގެ މައިންބަފައިންގެ ކިބައަކުން ދީންވެރި އެއްވެސް އަމަލެއް ފެނިފައެއް ނުވެއެވެ. އެންމެ ކުޑަމިނުން ފަސްނަމާދު ފުރިހަމަކުރި ދުވަހެއްވެސް ހިބާ ހަނދާނެއް ނުވެއެވެ. ބައެއް ފަހަރު ނާސިރު ހުކުރު ނަމާދައް ދާތަން ފެނުނު ހަނދާން ވެއެވެ. އެހެން ނަމަވެސް ރަހްމާ ނަމާދު ކުރަނިކޮށެއް ހިބާ ދެކުނު ހަނދާނެއް ނުވެއެވެ. އެހެންކަމުން ދީނާ ބެހޭ ގޮތުން މައުލޫމާތު ހޯދަންޖެހުނީ  އިންޓަރނެޓުންނެވެ. ނަމާދު ކުރާނެ ގޮތާއި، ނަމާދުގައި ކިޔާ ތަކެތި ދަސްކުރުމާއި، ސުންނަތް ނަމާދުތަކާއި، ދުޢާ ކުރާނެ ގޮތާއި، ހެނދުނާއި ހަވީރުގެ ދުޢާތަކާއި، އިސްލާމީ ތާރީޚްގެ ބައެއް ހާދިސާތަކާއި، ރަސޫލާ (ޞައްލަﷲ އަލަޢިހި ވަޞައްލަމް) ދިރިއުޅުއްވި ގޮތްކޮޅުތަކާއި އަދި އެނޫންވެސް އެތައް މަޢުލޫމާތު ތަކެއް، ކިޔަވަމުން ލިބޭ ހުސްވަގުތުތަކުގައި ދަސްކުރަމުން ދިޔައީއެވެ.

ދީނާ ބެހޭ ގޮތުން އެނގުން މިންވަރަކުން އޭނާގެ ހިތުގައި އެތައް ގުނަޔަކަށް ﷲ (ސުބުޙާނަހޫ ވަތަޢާލާ) ދެކެ ވާ ލޯބި އިތުރުވިއެވެ. އަދި އެހެންމެ އިސްލާމްދީނަށް އިތުރަށް ޝައުގުވެރިވެ، ދީނުން ބޭރުގައި ފާއިތު ކުރެވުނު އެތައް ބޭކާރު ދުވަސްތަކެއްގެ މައްޗައް ކަރުނައެޅިއެވެ. އަދި އޭނާގެ މައިންބަފައިންނަށްވެސް ތެދުމަގު ދައްކަވާތޯ މިއަދާ ޖެހެންދެންވެސް އެތައް ދުޢާއެއް ކުރުމުގައި ދެމިހުއްޓެވެ. އިރުދީނާގެ ވަގުތު ފާއިތުވި ފަހުން އޭނާގެ މައިންބަފައިންނަށް ވިސްނުނު ހަނދާން އަބަދުވެސްކޮށް، ހިބާގެ މައިންބަފައިންނާއި، ކޮޮއްކޮއާއި މެދު އެގޮތައް ކަންތައް ވެދާނެތީ ބިރުގަނެއެވެ.

ހިބާގެ އަމަލުތައް އިސްލާޙް ކޮށް ރަނގަޅުމަގަށް އެޅުމުގެ ކުރިންވެސް ހިބާގެ މައިންބަފައިން އޭނާގެ އެ ބަދަލުވުން ބަލައިނުގަންނާނޭކަން ހިބާ އަށް އެނގެއެވެ. އެހެންކަމުން އޭނާ މޫނުބުރުގާ އެޅީވެސް އެ މީހުންގެ ހުއްދަ ހޯދުމެއްނެތިއެވެ. އޭނާގެ މައިންބަފައިންނަށް އެކަން އެންގީ ގާތްގަނޑަކަށް އޭގެ ހަފްތާއެއް ފަހުންނެވެ. އެންމެ ފުރަތަމަ ދުވަހުވެސް ނާސިރާއި ރަހްމާ އެކަމާއި ނުރުހި އެތައް ޝަކުވާއެއް ކޮށް ހިބާ އެކަމުން ދުރުކުރެވޭތޯ އެތައް މަސައްކަތެއް ކޮށް، އެކަން މަނާކޮށް، އެއީ އެއްވެސް އެއްޗެއް ނޭނގޭ މޮޔައިން ކުރާ ކަމެއްކަމަށް ފާޅުގައި ބުންޏެވެ. ނަމަވެސް ހިބާ އެބަސްތަކަށް ކެތްތެރިވެ ބީރުކަންފަތެއްދީ، އެ ދެމީހުންނަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އެ ދެމީހުންގެ ވާހަކައިން އެކަމާއި ބެހޭގޮތުން އެއްވެސް އެއްޗެއް އަޑުއަހަންވެސް އެދެމީހުން ބޭނުންނުވާކަން ހާމަކުރަމުން ދިޔައެވެ.

އެތައް ލޯބިން އުޅުނު އެ ތިންމައިންގެ މެދުގައި ބޮޑު ފާރެއް ލެވުނު ކަހަލައެވެ. ނާސިރުމެންގެ ހިތުގައި އެ ދަރިފުޅައްޓަކައި ވީ އިޙްތިރާމާއި ޤަދަރު ހިނދުކޮޅެއްގެ ތެރޭގައި ނިވިގެން ދިޔައީއެވެ. ނާސިރުމެންނަށް އޭގެ ނަތީއްޖާ ނުވިސްނޭ މަންޒިލަކަށް ހިބާގެ މިސްރާބު ހުރުމުންނެވެ. ލޮލައް ނުފެންނަ އިހްސާސް ނުކުރެވޭ އެ މަންޒިލްގެ ފޮނި އިހްސާސް ކުރެވޭނީ ހަމައެކަނި އެކަން ހޯދަން އުޅޭ ބަޔަކަށް އެކަނިކަން ޔަޤީނެވެ.

އެތައް ގުނަޔަކަށް ލިބެމުން އައި މައިންބަފައިންގެ ލޯބި ހިނދުކޮޅެއްގައި ބީވެ ދިޔަކަމުގެ އިހްސާސް ހިބައަށް ކުރެވެމުން ދިޔައެވެ. ނަމަވެސް އޭނާގެ ހިތުގައި ﷲއަށްޓަކައިވާ އިތުބާރު ފަނޑުވުމެއްނެތި ދެމިހުރުމުގެ ސަބަބުން ކެތްތެރިކަމުގައި ސާބިތުވެ ހުރީއެވެ. އޭނާ ކުރިއެކޭ އެއްގޮތައް ބޭކާރު، އެއްވެސް ހިތަހަމަޖެހުމެއް ނުލިބޭ، ހަޤީޤީ އުފާވެރިކަމެއް ނެތް، ހުވަފެންތަކަކަށް އެނބުރި ދާކަށް ބޭނުމެއް ނުވެއެވެ. އޭނާގެ ލޮބުވެތި ރައްބާއި ދުރަށް އެންމެ ފިޔަވަޅެއްވެސް އަޅާކަށް ހިބާ ބޭނުމެއް ނުވެއެވެ. އެ އުފާވެރިކަން، އެ ހަޤީޤީ ހިތްހަމަޖެހުން އޭނާގެ މައިންބަފައިންނަށް ކުރެވޭނެ ދުވަހަކަށް ހިބާ އަބަދުވެސް އިންތިޒާރު ކުރެއެވެ.

އިރުދީނާގެ ހަނދާންތަކުން ހިބާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ކިޔެވުމުގައި އިރުދީނާގެ ފަރާތުން އެތައް އެހީތެރިކަމެއް ހިބާ އަށް ލިބުނެވެ. އެގޮތައް އިރުދީނާއަށް ދީނުގެ މަގުގައި އެކީގައި ކުރިއަށްދާން އެހީތެރިކަން ދޭން ހިބާއަށް ފުރުސަތު ލިބުންނަމައޭ ހިތައްއަރަމުން ދިޔައެވެ. ނަމަވެސް ވެ ނިމިދިޔަ ދުވަހެއް އަނބުރާ ނުލިބޭނެ ވިއްޔާއެވެ. ދީނުގެ ކަންކަމުގައި އެއްބާރުލުން ދީހަދާނެ އެކުވެރިއަކު ހިބާއަށް ލިބޭނެ ނަމައޭ އަބަދުވެސް ހިތައް އަރައެވެ. އިރުދީނާގެ މަރުން ތެދުމަގު ލިބިގަތީންސުރެ މިއަދާ ޖެހެންދެންވެސް އެ މަގުގައި ސާބިތުވެ އެ ހުންނަނީ އިތުރު މީހެއްގެ އެހީތެރިކަމާއި ނުލައެވެ. ވީމާ އަބަދުވެސް އެފަދަ ކަންކަމުގައި އެހީތެރިވާނެ ހެޔޮލަފާ ރަހުމަތްތެރިއެއްގެ އިންތިޒާރުވެސް ކުރެވެއެވެ.

ކަރުނަތައް ފޮހެލާފައި ތެދުވީ އަނެއްކާވެސް ބޭކާރުގޮތުގައި ވަގުތު ހޭދަކުރެވޭ ކަމުގެ އިހްސާސް ވުމުންނެވެ. އެހެންކަމުން ތެދުވެ ފޯނުން ޤުރުޢާން ތަރުޖަމާ ހުޅުވާލާފައި ވާޤިޔަތު ސޫރަތް ކިޔަވަން ފެށިއެވެ. އެއީ އަބަދުވެސް ހިބާ ވަރަށް ގަޔާވެގެން ކިޔަވާ ސޫރަތެކެވެ. ސުވަރުގޭގެ ވާހަކަތަކާއި، ނަރަކައިގެ ވާހަކަތަކުން ޚަބަރުދޭ އެ ސޫރަތުގެ ފަންސަވިސްވަނަ އާޔަތާއި ސައްބިސް ވަނަ އާޔަތުގެ މާނަ ކިޔުމުން އަބަދުވެސް ހިބާގެ ހިތައް ހަމަޖެހުން ލިބެއެވެ.

“ބޭކާރު ބަސްތަކެއްވެސް، އަދި ކުއްވެރިކުރަނިވި ބަސްތަކެއްވެސް، އެތާކު އެއުރެންނަކަށް ނީވޭނެތެވެ. އެހެނެއްކަމަކު (އެއުރެންނަށް އިވޭނީ) ސަލާމް ހުއްޓޭ، ސަލާމް ހުއްޓޭ، ބުނެވޭ އަޑެވެ.”

ހާއްސަކޮށް ސައްބިސްވަނަ އާޔަތުގެ “ސަލާމް ހުއްޓޭ، ސަލާމް ހުއްޓޭ” ވާ ބަސްތަކުން ހިތައް ބުނެދޭން ނޭނގޭކަހަލަ ސަލާމަތްތެރިކަމަކާއި، ހިތްހަމަޖެހުމެއް ގެނުވައިދެއެވެ. ހިބާ އަބަދުވެސް މާޔޫސްވުމުން އެ އާޔަތް ހިތައް ގެނުވައި ކިޔާލައެވެ. އެއާއެކުހެން އެ މާޔޫސްކަން ނެތިދަނީ ޖާދޫވީ ގޮތަކަށެވެ. ކީރިތި ޤުރުޢާނަކީ ހުރިހާކަމަކާއި، ބައްޔެއްގެ ޝިފާކަން އަންގަވާފައިވާ ބަސްފުޅުގެ ތެދުކަމުގެ ހެއްކެއްގެ ގޮތުން އެކަން ހިބާއަށް ފުދެއެވެ. އެކަންކަން ޤަބޫލުނުކޮށް އެކަންކަމަށް ޖޯކު ޖަހައި އުޅެނީ ދުވަހަކުވެސް އެއިން ކަމެއް ތަޖުރިބާ ކޮށްފައި ނުވާ މީހުންކަން ޔަޤީނެވެ. ތަޖުރިބާ ވާނީވެސް އެފޮތް ހުޅުވައިން ކިއީމަ ނޫންތާއެވެ.

އަޞުރު ވަގުތު ޖެހެން ކައިރިވުމުން ހިބާ އަވަސްވެގަތީ ކައިރީ ހުންނަ މިސްކިތަކަށް އަޞުރު ނަމާދައް ދާށެވެ. އެއީ ނަމާދަށްފަހު އެ މިސްކިތުގައި ދަރުސެއް ދޭން ހަމަޖެހިފައިވާ ވާހަކަ ފޭސްބުކުން އޭނާއަށް ފެނުނީތީއެވެ. ދަރުސް ނިމުމުން ގެއަށް އަންނަން ނިކުތްއިރު 16:30ވެ ބޮޑުވެއްޖެއެވެ. މިސްކިތުން ދިމާވި އެ އުމުރުގެ ކުއްޖަކާއި ވާހަކަ ދައްކާލަން އިރުކޮޅަކު މަގުމަތީ މަޑުކޮށްލުމަށްފަހު ހިބާ ގެއަށް އަންނަން ހިނގައިގަތެވެ. އެވަގުތު ހިބާއަށް ސިހުންވީ ކުރިމަތިން ދިޔަ ސައިކަލުގެ ފަހަތުގައި އިނީ ހުމާހެން ހީވުމުންނެވެ. ސައިކަލު ދުއްވަން އިން ފިރިހެން ކުއްޖާ ނުފެނުނު ނަމަވެސް ފަހަތުގައި އިނީ ހުމާހެން ވަރަށް ބޮޑަށް ހީވިއެވެ. އެހެންކަމުން އަވަސް ހިނގުމެއްގައި ގެއަށްއައިސް ހުމާ ފެނޭތޯ ހޯދާލިއެވެ. ފެންނަން ނެތުމުން ނީލާ ކައިރީގައި އަހާލުމުން ބުނީ ކިލާސް ކުއްޖެއްގެ ޕާރޓީއެއް އޮތުމުން ޕާރޓީ އަށް ދިޔައީ ކަމުގައެވެ. ދިޔައީ އެކަނިތޯ އެހުމުންބުނީ އިތުރު ކިލާސް ކުއްޖެއް ބަލާއައުމުން އޭނާޔާއެކު ދިޔައީ ކަމުގައެވެ. “ހުމާގެ ސްކޫލަކީ ހުސް އަންހެން     ކުދިންގެ ސްކޫލެކެވެ. އެހެންކަމަށްވާއިރު ހުމާ އެދިޔައީ ކާކާއެކު ހެއްޔެވެ؟ ” ހިބާގެ ހިތުގައި ސުވާލު އުފެދެން ފެށިއެވެ. އެ އުމުރަކީ އެންމެ ސިޔާސަ އުމުރުކަމުން ހުމާ އުޅޭ ނޫޅޭގޮތް ވަރަށް ގާތުން ބަލަންޖެހޭނެކަން އޭނާގެ އަމިއްލަ ނަފްސައް ހަނދާން ކޮށްދިނެވެ.

ނާސިރު މަސައްކަތް ނިންމާފައ،ި ވެފައި ހުރި ވަރުބަލިކަމުން ފެންވަރާލުމަށްފަހު އެނދުގައި ޖައްސާލީ ނިދާލަން ކަމަށެވެ. އޭރު ރަހްމާވީ އޭނާގެ ކަސްރަތު ކިލާހައް ގޮހެވެ. ހަށިގަނޑު އެއް ބަށްޓަމެއްގައި ބެހެއްޓުމަށް އަބަދުވެސް ހުއްޓާލުމެއްނެތި ރަހްމާ ކަސްރަތު ކިލާހައް ދެއެވެ. އެކި ދުވަސްދުވަހު އެކި ގަޑީގައި ކިލާސް އޮންނަނީ ހާއްސަ މެހެމާނުންނަށް ފަސޭހަވާނޭހެން އާންމުން މަދު ގަޑިތަކުގައެވެ. ނިދާލަންވެގެން ކަނާތްފަރާތައް އެނބުރި ހަމަޖެހިލާ ލޯމަރާލަން ދިޔަ އުޅުނު ވަގުތުކޮޅުގައި، ލޮލުގައި އަޅައިގަތީ ކުރިމަތީހުރި މޭޒްމަތީގައި ބާއްވާފައިއޮތް ހަދިޔާއަށެވެ. ހެނދުނު ހުމާދިން ހަދިޔާކަން ހަނދާންވީ އެވަގުތުއެވެ. ހުމާގެ ކަންކަމާއި މެދު ވިސްނުމުގައި ނިދި ނަގާލަން ބޭނުންނުވާތީ، ވީ ފޫއްސަކުން އަނެއް ފަރާތައް އެނބުރުނެވެ. ނަމަވެސް އެކަމަށް އޭނާގެ ސިކުނޑި ހުޅުވުނު ކަހަލައެވެ. އެ ބަސްނާހާ ދަރިފުޅުގެ ފިކުރުތަކުން ސިކުނޑިއަށް އުނދަގޫ ކުރަމުން ދިޔައެވެ. އޭގައިވަނީ ކޯއްޗެއްތޯ ބަލާލަން ހިތްއެދެމުން ދިޔައެވެ. އެންމެ ފަހުން ނޯވެވިގެން ތެދުވެ އެކަނޑާލާ ބަލާލިއެވެ. އޭގައި ވަނީ ރީތި ބޭރުގަނޑެއް ލާފައިވާ ނޯޓް ފޮތެކެވެ. އެފޮތުގެ ބޭރުގައި އެއްފަރާތުގައި ވިޔަފާރިވެރިން ބޭނުންކުރާ ކަހަލަ ރީތިކޮށް ސޮއިކުރެވޭ މޮޅު ގަލަމެއް ހަރުކޮށްލާފައި އޮތެވެ. އެތެރެ ހުޅުވާފައި ބަލާލީ ޞަފްހާތައް ތަރުތީބު ކޮށްފައިވާގޮތް ބަލާލުމަށެވެ. ނަމަވެސް ހައިރާންކަން ލިބުނީ ފުރަތަމަ ގަނޑުގައި ލިޔެފައިވި ލިޔުން ކޮޅަކުންނެވެ.

“ﷲ ގޮވާލައްވަނީ، ސަލާމަތުގެ ގޮވައްޗަށެވެ. (އެބަހީ ސުވަރުގެއަށެވެ.) އަދި އެކަލާނގެ އިރާދަ ކުރައްވާ ބަޔަކަށް، ސީދާވެގެންވާ ތެދުމަގު އެކަލާނގެ ދައްކަވައެވެ. ހެޔޮ އަމަލު ކުޅަ މީހުންނަށް އެންމެ ހެޔޮ ޖަޒާ ހުއްޓެވެ. (އެއީ ސުވަރުގެއެވެ.) އަދި އޭގެ އިތުރަށްވެސް ހުއްޓެވެ. (އެއީ ﷲ ގެ ދީދާރުފުޅު ދެއްކެވުމެވެ.) އަދި އެއުރެންގެ މޫނުތަކަކަށް ހިރަފުހެއް ނުވަތަ ދެރަކަމެއް ނާރާނެތެވެ. އެއުރެންނަކީ ސުވަރުގޭގެ އަހުލު ވެރިންނެވެ. އެއުރެން އެތާގައި ދެމިތިބޭ ހުއްޓެވެ.” ޤުރުޢާން (10:25،26)

“ސުވަރުގޭގެ ވާހަކަ ޤުރުޢާނުގައި އެތައް ގޮތަކަށް، އެތައް ފަހަރަކު ބަޔާން ކުރައްވާފައި ވެއެވެ. އަޅުގަނޑުގެ ދިރިއުޅުމަށް އައިސްފައި މިވާ ބަދަލުގެ އެންމެ ބޮޑު ސިއްރަކީ އެ ސުވަރުގެ އަށް ދަހިވެތިވުމެވެ. ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗަކަށް ވުރެވެސް އަޅުގަނޑު ލޯބިކުރަން ބޭނުންވަނީ އެ ސުވަރުގެއަށެވެ. އަޅުގަނޑުގެ ލޯބިވާ މައިންބަފައިންނާއެކު އެއްވެސް ހިތާމައެއް، ވަރުބަލިކަމެއް، ބަނޑުހައިކަމެއް، ހިތްދަތިކަމެއް، އުނދަގުލެއް ނުވާ އެ ސުވަރުގޭގެ ދާންތަކުމަތީގައި ދެމިތިބުމީ އަޅުގަނޑުގެ އަބަދުވެސް ދުޢާއެވެ. އަދި ނަރަކައިގެ ބިރުވެރިކަމުން އަޅުގަނޑުމެން އެންމެން ސަލާމަތްކޮށްދިނުން އެދި ﷲގެ ހަޞްރަތުގައި ދަންނަވަމެވެ.”

އެ ލިޔުން ކޮޅު ކިޔާލުމުން ނާސިރުގެ ހިތައް މަޑުމައިތިރިކަން ވެރިވިއެވެ. ހީވަނީ އެ ހަށިގަނޑުގެ ގުނަވަންތަކަށް ހިބާގެ އެ ޖުމްލަތައް ފުރިހަމައަށް ނަގައިގަނެވުނު ހެންނެވެ. އެ ފޮތައް ބަލަހައްޓައިގެން އިރުކޮޅަކު އިނދެވުނީ ވިސްނާނެ ވަކި އެއްޗެއް އެ ސިކުނޑިއަށް ނޭގުމުންނެވެ.

ހުމާގެ އިންތިޒާރުގައި ހިބާ އިންދައި މަޣްރިބު ވަގުތު ޖެހުމުން ދިޔައީ ނަމާދު ކުރާށެވެ. ނަމާދުކޮށްގެން އިޝާ ވަގުުތު ޖެހެންދެން ޤުރުޢާން ކިޔަވަން އިނެވެ. އެއަށްފަހު އިޝާ ނަމާދާއި ސުންނަތް ނަމާދުތައް ކޮށްލައިގެން ހުމާ ކޮބައިތޯ ބަލާލަން ދިޔައިރު ހުމާއޮތީ ނިދާފައެވެ. ދެން އެވާހަކަ ދައްކާނީ މާދަމާއޭ ހިތާ ހިބާވެސް ކައިގެން އަރާ ނިދަން އޮށޯތީއެވެ.

އަނެއްދުވަހުގެ ފަތިސް ނަމާދު ކޮށްލައިގެން ކިޔަވަން އިނދެފައި އިރުއެރުމުން ހިބާ ބޭރަށް ނިކުމެލީ ހެނދުނުގެ އެވަގުތުގެ ތާޒާކަން އިހްސާސް ކޮށްލުމަށެވެ. އާރޓިފިޝިއަލް ބީޗާއި ގެ އެހާ ދުރުނޫން ކަމުން ދިޔައީ އެތަނަށެވެ. ކަސްރަތު ކުރާ މީހުންތައް އެއްކޮޅުން އަނެއްކޮޅައް ދުވެ، ހިނގާ ހަދައެވެ. އަނެއް ބަޔަކު ފިނިިފިނި އެ މޫދުގެ ލޮނުގަނޑުގައި ފަތަމުންދަނީއެވެ. ހިބާވެސް ގޮނޑުދޮށާއި ވާގޮތައް ކައިރިން އެއްކޮޅުން އަނެއްކޮޅައް ދެބުރުޖަހާލީ ތަންކޮޅެއް އަވަސް ހިނގުމެއްގައެވެ. ކުޑަކުޑަ ކަސްރަތުކޮޅެއްވެސް އެ ހަށިގަނޑައް ލިބޭނެތާއޭ ހިތާއެވެ. އެއަށްފަހު އެތަނުން ގޮނޑިއެއްގައި އިށީނދެ ވަރުބަލި ފިލުވާލިއެވެ. ވައިގެ ތާޒާކަން އިހްސާސް ކޮށްލަން ބޭނުންވަނީނަމަ ހެނދުނުގެ އެ ހިތްގައިމު ވަގުތައްވުރެ ރަނގަޅު ވަގުތެއް ނޯންނާނެއެވެ. ހަށިގަނޑުގައި އެ ބީހެމުންދާ ނަލަ ވައިރޯޅިތަކުން ހިތައް އުފާވެރިކަން ގެނެސްދެއެވެ. ޤުދުރަތުގެ ސާފު އޮކްސީޖަން ހަށިގަނޑައް ލިއްބުވައިދޭތީ ކަންނޭނގެއެވެ. ބިންގަނޑުގައިވެސް ވަނީ މަޑު ފިނި ތެތްކަމެކެވެ. އިރުކޮޅަކު އެތާ އިނދެލާފައި އެނބުރި ގެއަށްދާން ހިނގައިގަތް ހިބާއަށް ސިހުންވީ ފިރިހެނެއްގެ އަޑުން ހިބާއަށް ގޮވާލިހެން ހީވުމުންނެވެ. ފަސްއެނބުރި ބަލައިލީ ކާކުބާއޭ ހިތައްއެރުމުންނެވެ.

**ނުނިމޭ**

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Faathii

Level 410 Stories100 Comments100 Login

I write with a purpose to deliver a message and remind others about the real life of this world and hearafter.

Other Articles

Previous

އަގެއްނެތްލޯބި 24 ވަނަ ބައި

Next

ތި ލޯތްބަށްޓަކައި (10)

Next
September 21, 2017

ތި ލޯތްބަށްޓަކައި (10)

Previews
September 21, 2017

އަގެއްނެތްލޯބި 24 ވަނަ ބައި

14 Comments!

  1. Shaaa says:
    September 21, 2017 at 9:26 am

    Maasha allah story v reethi??.
    Wen nxt part?

    1. Faathii says:
      September 21, 2017 at 11:05 am

      Next part mondayga. In Shah Allah.
      Jazaakallah khair. 🙂

  2. Shyhr says:
    September 21, 2017 at 11:09 am

    Maasha allah???

    1. Faathii says:
      September 21, 2017 at 1:49 pm

      Jazaakallah khair.
      🙂

  3. Xxxx says:
    September 21, 2017 at 11:10 am

    Maasha Allah..haadha furihama ey genesdheefai vaaleh..????keep it up dear… waiting

    1. Faathii says:
      September 21, 2017 at 1:49 pm

      Jazaakallah khair.
      🙂

  4. Lam says:
    September 21, 2017 at 11:21 am

    Masha Allah…waiting..?

    1. Faathii says:
      September 21, 2017 at 1:50 pm

      Jazaakallah khair.
      🙂

  5. Maz says:
    September 21, 2017 at 12:34 pm

    Masha Allah. Reethi
    Faathii ge name aky fathina tha? Mauhadhun kiyevi faathi tha thieee

    1. Faathii says:
      September 21, 2017 at 1:52 pm

      Jazaakallah khair.
      Noon. Mauhadhakun nukiyavan. 🙂

  6. Maree says:
    September 21, 2017 at 1:09 pm

    Masha Allah v reethi

    1. Faathii says:
      September 21, 2017 at 1:53 pm

      Jazaakallah khair. 🙂

  7. khajja says:
    September 22, 2017 at 12:33 am

    Masha allah v rythi v furihama whn nxt prt avas kolla dhechey plx n will wait insha allah gud nyt??❤?

    1. Faathii says:
      September 22, 2017 at 10:18 am

      Next mondayga. In Shah Allah. Jazaakallah khair. 🙂

Comments are closed.

Next Episodeއިމްތިޙާން (4ވަނަ ބައި)←


All Right Reserved!