އަބަދުގެ އަބަދަށް (ސާދަވަނަ ބައި)
“ޔާން.” އައިލީންގެ ފޮނިއަޑުން ހިނގަހިނގައިހުރި ކިޔާންގެ ދެފައިގައި ކަސްތޮޅުއެޅުނު ކަހަލައެވެ. ހުރިފިޔަވަޅުމަތީގައި ހުއްޓުމަށްފަހު އަވަސްވެފައިވާ ހިތަކައިގެން ކިޔާނަށް އައިލީނާ ދިމާއަށް އެނބުރެވުނެވެ. އެވަގުތު ފެނުމު މަންޒަރުން ކިޔާާންގެ ހިތް އުފަލުން ނަށައިގަތެވެ. ފެންނަމުންމިދަނީ ހަޤީގަތެއްކަން ޤަބޫލުނުކުރެވިފައި އިރުކޮޅެއްވަންދެން ކިޔާނަށް އައިލީނާ ދިމާާއަށް ބަލަން ހުރެވުނެވެ.
ފެންކަޅިވެފައިހުރި ދެލޮލުން އައިލީން ކިޔާނަށް ބަލަމުން ދިޔައެވެ. އައިލީންގެ އެއްއަތްވަނީ ކިޔާނާ ދިމާއަށް ދިއްކޮށްލެވިފައެވެ. އެއަތުގައި ހިފާށޭބުނާފަދަ ގޮތަކަށް އައިލީން އިޝާރާތްކުރަމުން ދިޔައެވެ. ބަލާާކަށްނުހުރެ ކިޔާން އަވަސް އަވަހަށް އައިސް އައިލީންގެ މަޑު އަތްތިލާގައި ހިފާާލިއެވެ. އައިލީންގެ ތުރުތުރު އަޅަމުންދިޔަ ދެތުންފަތް ފެނުމުން އައިލީން ކޮންމެވެސް ވާހަކައެއް ބުނަން އުޅޭހެން ކިޔާނަށް ހީވިއެވެ.
“ލީން. އަހަރެންނަށް މައާފު ކުރީތަ؟” ކިޔާާންގެ ސުވާލަށް އައިލީން ލޯބިވެތިގޮތަކަށް ބޯޖަހައިލިއެވެ. އެއާާއެކު ގިސްލަ ގިސްލާފައި އައިލީނަށް ރޮވުނެވެ. އައިލީންގެ ހަަށިގަނޑުގައި ކިޔާނަށް ބައްދާލެވުނީ ބޭއިޚުތިޔާާރުގައެވެ. އައިލީންވެސް ކިޔާންގެ ހަށިގަނޑުގައި ބާރަށް ހިފަހައްޓާލިއެވެ. ދެމީހުން އެކަކު އަނެކަކު ގައިގައި ބައްދަ ބައްދާފައި ރޮމުންދިޔައެވެ. ލޯބީގެ ޝަކުވާތައް އެކަކު އަނެކަކާ ކުރަމުންދިޔައެވެ. އައިލީންގެ ކޮންމެ ޝަކުވާާއެއްވެސް ކިޔާން އަޑުއަހަމުންދިޔައީ ލޯތްބާއެކުއެވެ. އެބޮޑު ދެލޮލުން އަންނަމުންދިޔަ ކަރުނަތައް ނުނަނު ލޯބިން ކިޔާން ފުހެދެމުން ގެންދިޔައެވެ. އިރުއިރުކޮޅާ އައިލީންގެ ނިތްކުރީގައި ކިޔާން ތުންފަތް ޖައްސާލައެވެ. ދެމީހުންވެސް ތިބީ އަމިއްލަ ދުނިޔެއަކަށް ގެއްލިހުސްވެފައެވެ.
“ޔާން. ޕްލީޒް ދެންދުވަހަކުވެސް އަހަރެން ދޫކޮށްލާާފަ ނުދާތި. ޔާންއާ ނުލާއުޅޭކަށް އަހަރެންނަކަށް ނޭނގެ. ” ކިޔާންގެ ތަނަވަސް މޭމަތީގައި ބޯއަޅައިލަމުން އައިލީން ބުނެލިއެވެ. “މިހަށީގަ ފުރާނަ ހުރިހައި ދުވަހަކު ﷲ އިރާާދަފުޅުން ދުވަހަކުވެސް އަހަރެން ލީން ދޫކޮށްލާފައެއް ނުދާނަން. އެއަށްވުރެ މާާ ލޯބިވޭ.” އައިލީންގެ ފަށުވިކޮޅެއްފަދަ ފަން އިސްތަށިގަނޑުގައި ފިރުމައިލަމުން ކިޔާން ބުނެލިއެވެ. “ލީން. އަހަރެންނަށް މައާފު ކުރޭ، ކުރިން ލީނާމެދު އެގޮތަށް ކަންތައްކުރެވުނީމަ. އަހަރެންގެ ސަބަބުން އެހާބޮޑު ހިތާމައެއް ލީން ކުރަންޖެހުނީމަ.” ކިޔާން އަނެއްކާވެސް މައާފަށް އެދުނެވެ. “ނޫން ޔާން. ދެން މައާފަށް ނޭދޭ. އެއީ ޔާނަށް ނޭނގިގެން ކުރެވުނު ކަމެއްނު. އަހަރެން ބުނަމެއްނު ޔާންއަށް ދުވަހަކުވެސް އަހަރެންގެ މައާފު ނުލިބޭވަރުގެ ކުށެއް ނުކުރެވޭނޭ. އަަބަދުވެސް މައާފު ކުރާނަން.” ކިޔާންގެ ކޯތާފަތްމަތިން ލާފައި ރޮނގެއްހެން ފައިބަމުންދިޔަ ކަރުނަތިކިތައް ފުހެލަދެމުން އައިލީން ބުނެލިއެވެ. އެތައް އިރެއް ވަންދެން އެކަކު އަނެކެއްގެ ލޮލުގެ ތެރެއަށް ގެއްލިފައި ދެމީހުން ތިއްބެވެ.
ކުޑަކުޑަކޮށް ކޮޓަރީގެ ދޮރު ހުޅުވައިލައިގެން ބަލަންތިބި ލީޝާއާ ކިޔާރާ އެކަކު އަނެކެއްގެ މޫނަށް ބަލައިލަމުން ހިނިތުންވެލިއެވެ. އެމީހުންގެ މަސައްކަތް ކާމިޔާބުވި ކަމަށްޓަކައި އުފާކުރަމުންނެވެ. އެތައްދުވަހަކަށްފަހު އައިލީންގެ މޫނުމަތިން ފެނިގެންދިޔަ ހިނިތުންވުމުން ލީޝާއާ ކިޔާރާގެ ހިތްވެސް އުފަލުން ފުރުނެވެ. ކިޔާރާގެ ފަރާތުން އައިލީންގެ މައިންބަފައިނަށްވެސް މިޚަބަރު މިހާާރުވަނީ ލިބިފައެވެ. ފުރަތަމަ އެކަމާ ހިތްހަމަނެޖުނަސް އައިލީންގެ އުފަލަށްޓަކައި އެމީހުންވެސް ކިޔާނަށް މައާާފު ކުރީއެވެ.
އައިލީން ގާތުގައި ހުރި ކިޔާން ގެއަށްދާން ނުކުތީ މަންމަ ގުޅުމުންނެވެ. ގޭގައި އެކަކުވެސް ނެތުމުން ކޮއްކޮމެން އެކަނި ބައިތިއްބާފައި ކިޔާންގެ މަންމައަށް ފިހާރައަށް ދެވެން ނެތުމުންނެވެ. ފަހުން ގުޅާނެކަމަށްބުނެފައި ކިޔާނަށް އައިލީންގެ ކޮޓަރިން ނުކުމެވުނީ ކިޔާރާގެ ކުރިމައްޗަށެވެ. ކިޔާރާ ފެނުމުން ކިޔާން ވަރަށް ލަދުގަތެވެ. އޭނާއަށް އައިލީނާމެދު ކަންތައްކުރެވުނު ގޮތް އެންމެ ރަނގަޅަށް އެނގޭނީ ކިޔާރާ އަށެވެ.
ކިޔާން ފެނުމުން ކިޔާރާ އަޅައިވެސް ނުލާ ދާާންހެދުމުން ކިޔާން ކިޔާރާއަށް ގޮވައިލިއެވެ. ހުއްޓިފައި ކިޔާރާ ކިޔާންގެ މޫނަށް ބަލައިލިއެވެ.
“ކިޔާ. އަހަރެންނަށް މައާފު..” ކިޔާންގެ ޖުމްލަ މެދުކެނޑުނީ ކިޔާރާ އަތުން ކިޔާން ވާހަކަދެއްްކުން މަނާކުރީމައެވެ. “އަހަރެން ކިޔާނަށް މައާފު ކުރާނީ ޝަރުތެއްގެ މަތިން” ކިޔާރާ ބުނެލިއެވެ. ކިޔާން ނިތް އަރުވައިލީ ކޮން ޝަރުތެއްހޭ އަހައިލާފަދަ ގޮތަކަށެވެ. “ދެންދުވަހަކުވެސް ކިޔާން ނުވާނެ ލީން ރޮއްވައިގެން. ލީންގެ ހިތުގަ ޖައްސައިގެން. އަހަރެންނަށް ވައުދުވޭ އަބަދުވެސް ލީން އުފަލުގައި ގެންގުޅޭނެކަމަށް” އަޑަށް ބާރުލައިފައި ކިޔާރާ ބުނެލިއެވެ. ކިޔާރާގެ ޝަރުތު އަޑުއިވުމުން ކިޔާން ހިނިތުންވެލިއެވެ. “އަހަރެން ވައުދުވަން، ދުވަހަކުވެސް އަހަރެންގެ ސަބަބުން ލީންގެ ލޮލުން އެންމެ ކަރުނަތިއްކެއްވެސް އަޔަކަ ނުދޭނަން. މުޅި އުމުރަށް އުފަލުގަ ލީން ގެންގުޅޭނަން. ކިޔާއަށް އެއްވެސް ޝަކުވާއެއް ކުރާނެ ފުރުސަތެއް ނުދޭނަން.” ކިޔާންގެ ވާާހަކަތަކުން ކިޔާރާާގެ ތުންފަތްމަތީގައި ހިނިތުންވުމެއް ދުވެލިއެވެ. ކިޔާންވެސް ބަދަލުގައި ހިނިތުންވެލިއެވެ.
ޖެހިގެންއައި ދުވަސްތައް ފާއިތުވަމުންދިޔައީ އުފަލާާ މަޖަލާއެކުގައެވެ. ހީސަކަރާތް ޖެހުމުގައެވެ. އަބަދު ރޮވިފައި ހުންނަ އައިލީންވެސް މިހާރު ހުންނަނީ ހިނިތުންވެލައިފައެވެ. ދުނިޔޭގައި އުޅެލުމަށް ބާކީ އޮތް ދުވަސްކޮޅު އުފަލުގައި ވޭތުކުރަން އައިލީން ބޭނުންވެއެވެ. އައިލީނަށްޓަކައި ދެންތިބި އެންމެންވެސް އުފާވެރިކަމުގެ މާސްކް އަޅައިގެން އުޅެމުންދިޔައެވެ. ކޮންމެ މީހެއްގެ ހިތްވެސްވަނީ އައިލީން މިދުނިޔެއަށް އުމުރަށް ލޯމަރައިލާނެ ދުވަހެއް ނޭނގޭތީ ބިރުގަނެފައެވެ. އައިލީނާ އެއްކޮށް ހޭދަކުރެވޭ ކޮންމެ ވަގުތަކީ އެންމެފަހުވަގުތުކަމަށް ބަލައި އެވަގުތެއްގެ ބޭނުން ކޮންމެ މީހަކުވެސް އެންމެ ރަނގަޅަށް ހިފަމުން ދިޔައެވެ.
ކިޔާާންގެ ފަރާތުން އައިލީނަށް ލިބެމުންދިޔަ ލޯތްބާއި އަޅާލުންފެނި އައިލީން ހުންނަނީ ވަރަށް އުފަލުންނެވެ. ކޮންމެ ހާލެއްގައި ނަމަވެސް ކިޔާންގެ ލޯބި ލިބޭނަމަ އޭނާ ހުންނާނީ އަބަދުވެސް އުފާވެފައެވެ. އައިލީންގެ ކުދިކުދި ކަންތައްވެސް ކިޔާން ކޮށްދެމުން ދިޔައީ ނުހަނު ފަރުވާތެރިކަމާއެކުއެވެ. ވަގުތުން ވަގުތަށް އައިލީނަށް ކާންދީ ބޭސްދީ ހަދަނީވެސް ކިޔާންއެވެ. އޮފީހުގައި އުޅޭއިރުވެސް ކިރިޔާ ވަގުތެއްވާާއިރަށް ކިޔާން އައިލީނަށް ގުޅައި ހާލުބަލައި ހަދައެވެ. ލޯބިވާވަރު ބުނެދީ ހަދައެވެ. ދިމާވާާނެ ވަގުތަކަށް އިންތުޒާރު ކުރެއެވެ. އޮފް ދުވަހެއްނަމަ ދުއްވާާ ގޮނޑީގައި އައިލީން ގޮވައިގެން ހިނގައިލަން ގޮސް ހަދައެވެ. އެދެމީހުން ކުރިން ބައްދަލުކުރި ތަނަށް އައިލީން ގޮަވައިގެން ދެއެވެ. އައިލީންގެ ހިނިތުންވެފައިވާ މޫނު ފެނުމުން ކިޔާނަށްވެސް އުފާވެރިކަން ލިބެއެވެ. ވާލޯބި ދުވަހެއް ދުވަހަކަށް އިތުރުވަމުން ދެއެވެ. އައިލީނަށްޓަކައި ކޮންމެ ކަމެއް ކުރަން ޖެހުނަސް ކިޔާން ހުންނަނީ އަބަދުވެސް ތައްޔާރަށެވެ.
“އާާސިމައްތާ.. މިރޭ ލީން ތައްޔާރުކުރާނީ އަހަރެމެން.. ދޯ ލީޝް.” އައިލީން ފެންވަރުވައިގެން ނުކުތް އާސިމާ ފެނުމުން ކިޔާރާ ބުނެލިއެވެ. ހިނިއައިސްފައި އާސިމާ އެކަމާ އެއްބަސްވިއެވެ. ވާނުވާ ނޭނގިފައި އައިލީން ފާޑަކަށްް ކިޔާރާއާ ލީޝާއަށް ބަލައިލިއެވެ. ކޮންމެސް ކަމެއް އެދެމީހުން އައިލީނަށް ސިއްރުކުރާހެން ހީވާތާ ދުވަސްކޮޅެއްވެއްޖެއެވެ.
އެކުދިންނަށް ފުރުސަތުދެމުން އާސިމާ ކޮޓަރިން ނުކުތެވެ. ލީޝާ އަވަސް އަވަހަށް ގޮސް ކޮޓަރި ތަޅުލިއެވެ. “މިއަދު ދެމީހުން ހާދަ ފާޑަކަށް އުޅޭ ދުވަހެއް.” ނިތްކުރި މައްޗަށް ރޫއަރުވައިލަމުން އައިލީން ބުނެލިއެވެ. އެއާާއެކު ލީޝާއާ ކިޔާރާާވެސް ހިނިގަނޑެއް ޖަހައިލިއެވެ. “ދެން ހޭންވީކީ ނޫނޭ. މަންމަ ގާތު އަހަރެން ތައްޔާރުކޮށްދޭނަމޭ ބުނީ ތިދެމީހުންނެއްނު. ދެން އެހެންވީމަ އަވަހަށް އަހަރެން ތައްޔާރުކުރަން އުޅެންވީ. ލީޝް އަހަރެންގެ އެއްކަލަ ގްރީން ހެދުން ނަގާާބަލަ. މިރޭ ލާނީ އެހެދުން.” ހޭންތިބި ކިޔާރާއާ ލީޝާއަށް ބަލައިލަމުން އައިލީން ހިތްހަމަނުޖެހިފައި ބުނެލިއެވެ.
“އައްދޭ.. އަހަރުމެންގެ ލީން ރުޅިއައިސްފި ކިޔާ.. ” ހެމުން ހެމުން ލީޝާ އައިލީންގެ ކޮލުގައި ހިފައިލަމުން ބުނެލިއެވެ. “ހޫމް. ރުޅިއައިމަ ލީން މާ ލޯބިދޯ” ކިޔާރާވެސް ލީޝާގެ ސަމާސައިގައި ބައިވެރިވެލިއެވެ. “ނޫޅެން. ދެމީހުންވެސް ވަރަށް ގޯސް. އަހަރެންނަށް އެނގެއޭ ދެމީހުންވެގެން އަހަރެންނަށް ކަމެއް ސިއްރުކުރާކަން” ޅަކުއްޖެއްހެން އައިލީން ޝަކުވާ ކޮށްލިއެވެ. ކިޔާރާއާ ލީޝާ އެކަކު އަނެކަކަށް ބަލައިލުމަށްފަހު ހީލަމުން ނިތްއަރުވައިލިއެވެ.
“މިރޭ ލީން ލާންޖެހޭނީ އަހަރެމެން ދައްކާ ހެދުމެއް.. ދޯ ކިޔާ.” ކިޔާާރާއަށް ދޯދެމުން ލީޝާ ބުނެލިއެވެ.”ޔެސް. ލީން ތައްޔާާރުކުރާ ބައަކު ދެއްކި އެއްޗެއްދޯ ލީނަށް ލެވޭނީ.” ދެލޯހަނިކޮށްލަމުން ހިނިތުންވެލައިފައި ކިޔާރާ ބުންޏެވެ. ދެމީހުންގެ މޫނަށް ވަކިވަކިން އައިލީން ބަލާލިއެވެ.
ކިޔާރާ އަތުގައި އޮތް ކޮތަޅަކުން ނެގި ހެދުން ފެެނިފައި އައިލީންގެ ދެލޯބޮޑުވެ އަނގަ ތަންމިނަށް ހުޅުވިގެންދިޔައެވެ. މިތަންފެނި ކިޔާރާ ވަކިން ބޮޑަށް ހިނިތުންވެލިއެވެ. އަތުގައި އޮތް ހެދުން ފަތުރާލަމުން އައިލީނަށް ފެންނާނެހެން އައިލީންގެ ކުރިމަތީގައި ކިޔާރާ ހުއްޓިލިއެވެ. “ރީތިތަ؟” އައިލީންގެ ފަހަތުގައި އިން ލީޝާ ކުޑަކޮށް އައިލީނާ ދިމާއަށް ގުދުވެލަމުން އަހައިލިއެވެ. ކިޔާރާާގެ އަތުގައި އޮތް ހެދުމަށް އައިލީން ބަލަމުން ގެންދިޔައެވެ.
ގަދަ ރަތްކުލައިގެ ދިގު ހެދުމެކެވެ. ހެދުމުގެ ފަސްބައި ޖަރީކޮށްފައިވަނީ ހުދުކުލައިގެ މިނާފުއްތަކަކުންނެވެ. މޭމަތީގައިވެސް ރީތި ޑިޒައިނަކަށް ހުދު މިނާފުއް ހަރުކޮށްފައި ހުއްޓެވެ. ހެދުމުގެ ބަނޑާދިމާއިން ހިމަ ރަބަރު ލައްވައިފައިވުމުން މޭމައްޗަށާއި ހެދުމުގެ ތިރިއަށް ވަނީ ކުދިކުދި ރޫތަކެއް އަރާފައެވެ. ކޮކާއަތެއްލީ އެހެދުމުގައި އައިލީން ހީވާނީ ރަސްދަރިކަނބަލެއްހެންކަމާމެދަކު އައިލީން ޝައްކެތްނުކުރެއެވެ. އުފާވެލައިފައި އައިލީނަށް ކިޔާރާ އާއި ލީޝާއަށް ބަލައިލެވުނެވެ.
“ވާއު.. ހާދަ ރީއްޗޭ. އަޅޭ ކިޔާ.. ތީކޮންތާކުން ހޯދި ހެދުމެއް. ވަރަށް ވަރަށް ލޯބި މިހެދުން.” އައިލީނަށް ހެދުން ކަމުދިޔަކަން އެނގުމުން ކިޔާރާާއާ ލީޝާ ވަރަށް އުފާާވިއެވެ. “ތިއެއްބަލަނީ ކީކުރަން؟ އަވަހަށް ތައްޔާރުވަން އުޅެންވީ.” ހެވިފައިހުރި އައިލީންގެ މޫނަށް ބަލައިލަމުން ކިޔާރާ ބުނެލިއެވެ.
“މިރޭ ވަކި ޚާާއްސަކަމެއް އޮތީތަ؟” ހިނިތުންވެލަމުން އައިލީން އަހައިލިއެވެ. އައިލީންގެ ސުވާލަށް އެކަކުވެސް ވަކިޖަވާާބެއް ނުދެއެވެ. އަވަހަށް އައިލީން ތައްޔާރުކުރެވޭތޯ ދެމީހުންވެސް އުޅެގަތެވެ.
އައިލީންގެ ހަށިގަނޑާ އެހެދުން ވަރަށް ގުޅެއެވެ. ހެދުންލެއްވުމަށްފަހު ކިޔާރާ އައިލީން ދުއްވާގޮނޑިގައި ބެއިންދިއެވެ. އަދި މަޑުމަޑުން ދުއްވާލައިފައިގެނެސް ޑްރެސިންގް ޓޭބަލް ކައިރިއަށް މަޑުކޮށްލިއެވެ. އައިލީން އިނީ އޭނާގެ ދެއެކުވެރިންގެ އަމަލުތަކަށް ބަލާށެވެ. އެމީހުން އުޅޭގޮތުން ހީވަނީ މިރެއަކީ ވަރަށް ޚާއްސަ ރެއެއްހެންނެވެ. އައިލީންގެ އެއްވެސް ސުވާލަކަށް ހިނިތުންވެލުން ފިޔަވައި އެކަކުވެސް ޖަވާބެއް ނުދެއެވެ.
އިރުކޮޅަކު ވިސްނައިލަން އިނުމަށްފަހު އައިލީންގެ ފަން އިސްތަށިގަނޑުގައި ކިޔާރާ ފުނާާ އަޅުވަން ފެއްޓިއެވެ. އިސްތަށިގަނޑު އޮމާންކޮށްލުމަށްފަހު މައްޗަށް ނަގައި ބޮޑު ހުޅިއެއް ޖަހައިލިއެވެ. އަދި ހުޅީގެ ވަށައިގެން ރަތްކުލައިގެ ކުދިކުދި ވިދާ މާތަކެއް ހަރުކުރަން ފެށިއެވެ. ކިޔާރާާގެ މަސައްކަތަކަށް އޮތީ އައިލީންގެ އިސްތަށިގަނޑު ރީތިގޮތަކަށް ހަދައިދިނުމެވެ. ކިޔާރާގެ މަސައްކަތް ނިމެންދެން ލީޝާ ގާތުގައި ބަލަން އިނެވެ.
“ވާއު ކިޔާ. ހަމަ ޕާރފެކްޓް. ވަރަށް ވަރަށް ރީތި. ލީންއާ ވަރަށް ގުޅޭ. އަހަރެންގެ ވެޑިންގްގަ ކިޔާ އަންނަންޖެހޭނެ އަހަރެންގެ އިސްތަށިގަނޑު ހަދައިދެން.” ކިޔާރާގެ މަސައްކަތަށް ލީޝާ ތަޢުރީފު ކުރަމުން ދިޔައެވެ. ބަދަލުގައި ކިޔާރާ ހިނިތުންވެލިއެވެ. “ހޫމް. އަހަރެންގެ މަސައްކަތް މިނިމުނީ. ދެންއޮތީ ލީޝްގެ ބައި. އަވަސްކުރޭ.” ލީޝާގެ ކޮނޑުގައި ޖަހައިލަމުން ކިޔާރާ ބުނެލިއެވެ.
“އަޅެ ކޮންކަމަކަށްތަ އަހަރެން މާވަރަކަށް ތައްޔާރު ތިކުރަނީ؟ ބުނެބަލަ. ” ކުސްތަޅައިލަމުން އައިލީން ޝަކުވާކޮށްލިއެވެ. “ކިޔާ. ލީން ހީވަނީ ކުޑަކުއްޖެއްހެންދޯ. ބަލާބަލަ މޫނަށް ޖައްސާ ވައްތަރު. ތިގޮތަށް ހުއްޓަ ކިޔާނަށް ފެނިއްޖެއްޔާ ވަރަށް މަޖާވާނެ.” އައިލީން ޖައްސަމުންދިޔަ ވައްތަރުން ލީޝާ އައިލީނާ ދިމާކޮށްލިއެވެ. ލީޝާއާ ބައިވެރިވެ ކިޔާރާވެސް އައިލީނާ ދިމާކުރަމުން ދިޔައެވެ. އެމީހުންގެ ސަކަރާތުގައި ބައިވެރިނުވެ އައިލީނަކަށްވެސް ނުހުރެވުނެވެ. ތިންއެކުވެރިން އެއްކޮށް ހީސަމާާސަ ކުރަމުން ދިޔައެވެ. “އޭ ލީޝް.. މިހެން ސަކަރާތްޖަހަން ތިބޭނެހާ ވަގުތެއްނެތޭ. އަވަސްކުރޭ.” ގަޑިއަށް ބަލައިލަމުން ކިޔާރާ ބުނެލިއެވެ.
ލީޝާ އަވަސް އަވަހަށް އޭނާގެ މަސައްކަތައިވެގެން އުޅެގަތެވެ. އޭނާގެ ހޭޑް ބޭގްއިން މޭކަޕްކުރަން ބޭނުންވާނެ ސާމާނުތައް ނެގުމަށްފަހު ލީޝާ އައިލީންގެ ދޮންމޫނު ޓިޝޫއަކުން ފުހެލިއެވެ.
އައިލީންގެ މަޑު ފިޔާތޮށިކުލައަކަށްދާ ތުންފަތުގައި ހެދުމާއި ގުޅޭނެހެން ގަދަ ރަތްކުލައެއް ޖައްސައިލިއެވެ. އައިލައިނާރއިން ކަޅުކަންގަދަ ދެލޯ ފަވައިލާ އިތުރަށް ކަޅުކޮށްލިއެވެ. އައިލީންގެ ދިގު އެސްފިޔަތައް މަސްކަރައިގެ އެހީގައި އިތުރަށް ރީތިކޮށްލާާ ފުރިހަމަ ކޮށްލިއެވެ. އެދޮން ދެކޯތާފަތަށްވެސް ވަނީ ޖަންބުކުލަ އަރުވައިލައިފައެވެ. ލީޝާ ހިތްހަމަޖެހޭވަރުވީ ކަންނޭނގެއެވެ. އުނަގަނޑުގައި ދެއަތް ވިއްދާލަމުން އައިލީނަށް ބަލައިލީ ފުޅާ ހިނިތުންވުމަކާ އެކީއެވެ. އައިލީންގެ ރީތިކަންފެނި ބަސްހުއްޓިފައި ލީޝާއާ ކިޔާރާ އިރުކޮޅަކު އައިލީނަށް ބަލަންތިއްބެވެ. އެދެމީހުން ތިބިގޮތުން އައިލީން ލަދުގަތެވެ. ލަދުވެތި ހިނިތުންވުމަކާއެކު ލޯގަނޑުން ފެންނަންއިން އޭނާާގެ ސޫރައަށް އައިލީން ބަލައިލިއެވެ. ކިޔާރާއާ ލީޝާ އެކަކު އަނެކެއްގެ އަތުގައި ޖަހައިލަމުން ފުއްމައިގަތީ އެމީހުންގެ މަސައްކަތާމެދު ފަޚުރުވެރިވެ ތިބެއެވެ.
ދުއްވާ ގޮނޑީގައި އައިލީން ގޮވައިގެން ލީޝާއާ ކިޔާރާ ހިނގަމުން ދިޔައެވެ. މިދެވެނީ ކޮންތާކަށްކަން ނޭނގޭތީ އައިލީން ވަނީ ކޮންމެވެސް ވަރަކަށް ހާސްވެފައެވެ. ދެއަތް ދެއަތާ މޮޑެލަ މޮޑެލައި އިން އައިލީނަށް އިރުއިރުކޮޅާ އޭނާާގެ ދެއެކުވެރިންގެ މޫނަށް ބަލައިލެވެއެވެ.
ވަކިހިސާބަކަށް ދެވުނުތަނާ ލީޝާ އައިލީން ގާތުގައި ލޯމެރުމަށް ބުންޏެވެ. ދެމީހުންގެ މޫނަށް ވަކިވަކިން ބަލައިލުމަށްފަހު ބަސްއަހާ ކުޑަކުއްޖަކު ފަދައިން އައިލީން ދެލޯމަރައިލީ ވާާންމިއުޅެނީ ކިހިނެއްކަން ނޭނގޭ ހާލުގައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
42 Comments!
Comments are closed.







Wow
Me dhw 1st
Yes dear.. U first?
“Will you marry” kiyaan ….. ?
Hehe.. U r proposing her dhw..?
Marry me*…
It would be so romantic ❤ v reethi mi bai.
Thankx maroon❤
Hope u all will like this pary too.. Rangalhu kuranvy thaneh innama buneladhinun edhen..❤
so touching…. i am in love with the story;-*…keep it up naufa… god bless you
Thank u soooo much zeel❤
wow v Reethi mi part ves … asluves merry kurantha eulheny…. <3
Thank u.. Lets see dhw wat they r up to..?
u have become my favourite writer;-*
Awwnn.. Thank u soooooooo much dear.. I am soooooooo happy to knw that.. Ly ❤❤?
V nice. .leen r marry kuran e ulhenee dww ..v nice mi part vx ..
Thanks juvey.. Lets see dhw?❤
Aww you’re so cute naufa☺️..thank you so much for accepting my request.?..Varah salhi mi part ves..fabulous..kiyaan eulheny propose kuran kanege…☺️?
Thank u soooooo much dear.. ❤?
Ethakeh fahar kiyaa levunu Varah reeethi
Thank u❤
Vvv nice
Thankx mary❤
Ekam merry koffa eyge ufaleh nulibeyne kanneyge aids jehifa huryma dhw..
Hingaa dhw balamaa
hurihaa part thah mi kiyaalevunee adhi v reethi vaahakaeh . nau hama v molhu ingey thihaa aa kuhjakaa balaafa .all the best ??????
adhi kiyaa mninmaalevunee mi hurihaa part thakeh . aslu v molhu nau . new kuhjakaa balaafa .all the best nau ?????
Thank u sooooo much ihoo?❤
Wooooowww ?
Thanks alot❤
Alhey varah heart touching story ehmi hama roveyvaruvi ?haadha dheraey leen ah dhimaavi goiyy any ways this is my first comment in this stry hope nxt part avaha up kohdheyne kamah
Thanks airee.. Ya in sha allah..?
Masha allah varah reethi
Thankx saaa?
Alhe loabi kameh
3 times kiyaalevijje. Hehehe
Anekka kiyaan propos kuranybaa
Nuuny anniversary baa??
Love when next???? Can’t even sleep tonight. Hehehheheh
Thank u sooo much dear.. In sha allah today❤
“will you marry me? “
Hehe..
Neynge ehnu hama, Lyn rangalhuves vedhaaane dho.
Lets see dhw leen ah vaa gotheh
kobaa ma buni gothakahnu e v? Propose kurynu hama
Hehe.. Ya dhw.. ?
Wow wow v cute vaahaka ❤❤????
Thankx faxu❤?