Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންލޯބި

ވައިވީމަ (5) – ދުޝްމަނުން

A.S.Cain Level 110 Stories
September 14, 2017 3 Mins Read
6 Comments

ޒަމާން ބަދަލުވެއްޖެއެވެ. އެކަކު އަނެކަކުގެ އެހީއަށް މީހުން އެދެން ފަށައިފިއެވެ. މިއީ އަނެއްކާ ހުވަފެނެއްބާވައެވެ؟ އަހަންނަށް މިއޮވެވެނީ އަދިވެސް ނިދިފައިބާވައެވެ؟ ނޫނެކެވެ. މިއީހަމަ ހިނގަމުން އަންނަ ކަންތައްތަކެވެ. އަހަންނަށް ހުރެވުނީ ހަރުގެއެއްގެ ތެރޭގައި އިރުއޮއްސޭ މަންޒަރު ބަލަންށެވެ. އާނއެކެވެ. އަހަރެން މިނިވަންވީއެވެ. އިރުގެ އަލީގެ ނުރައްކަލުން ސަލާމަތްވެ އަހަންނަށް ދިރިއުޅުމަށް އިތުރު ރެއެއް ލިބުނީތާއެވެ. އަހަރެން ހިނގައިގަތީ ބަނދަރުމަތިންލާފައި މާލޭގެ މަގުތަކަށް ވަންނާށެވެ. ރޭގަނޑުވުމުން މާލޭގެ މަގުތައް އަނދިރިވާން ފަށައިފިއެވެ. ކަރަންޓުގެ ޒަމާން ގޮއްސިއެވެ. ނަމަވެސް ސޯލާ ހޮޅިބުރިތަކުން މާލޭގެ މަގުތައް އަލިކޮށްލައިފައެވެ. އަހަރެން ހިނގަމުންދިޔައީ ޝިކާރައެއް ފެނޭތޯއެވެ. އަހަރެންގެ އެދުން ފުއްދުމަށްޓަކައެވެ.

މާލޭގެ މަގުމަތީގައި އެހެންމީހުންނެކޭ އެއްފަދައިން އަހަރެންވެސް ހިނގަމުން ދިޔައިމެވެ. އަދި ހަތަރު އަނގޮޅިއެއް ކަންމަތީ ހުއްޓިލީމެވެ. އަސްގާޓިޔާތައް ދަތުރުކުރާތަން ބަލައިލަން ހުރީމެވެ. އާނއެކެވެ. މިހާރު މީހުން އެއްގަމު ދަތުރުކުރަން ބޭނުންކުރަނީ އަހެވެ. ޖަމަލުވެސް ގެންގުޅޭތަން ފެނެއެވެ. މުޅި ދުނިޔެވެސް ހަމަ ރާއްޖެއާ އެއްގޮތެވެ. އެހެންގައުމުތަކުގެ ބިންބޮޑުވެ މޫސުންތަފާތު ވީކަމުގައިވީ ނަމަވެސްމެއެވެ. ހުރިހާވެސް މައްސަލައަކަށްވެފައި މިއޮންނަނީ ތެޔޮ ދުނިޔެއިން ހުސްވުމެވެ.

އަހަރެންނަށް ހޭއަރައިފައި މިވަނީ ބޮޑު ނިންޖަކުންނެވެ. އަހަރެން ތެދުވީ ސަންދޯކެއްގެ ތެރެއިން ގަބުރުސްތާނުންނެވެ. އަދި ހޭއެރިތާ މާގިނަދުވަސްތަކެއް ނުވެއެވެ. ކުރީގެ ހަނދާންތައް އާވާން މަޑުމަޑުން ފަށައިފިއެވެ. އަހަރެންގެ ގެދޮރުގައި މިހާރު އުޅެނީ ނުވެސް ދަންނަ ބައެކެވެ. އެކަމަކު އަހަންނަށް އެނގޭގޮތުގައި އެވާނީ އަހަރެންގެ އާއިލީ ދަރިފަސްކޮޅަކަށެވެ.

މުޅި ދުނިޔެ މިގޮތަށް ބަދަލުވެފައި އޮތުމުން އަހަރެންގެ ސިކުނޑިއަކަށް ކެތެއްނުވިއެވެ. އަހަރެންގެ ބޯ ފަޅައިގެން ނުދަނީސް އަހަންނާ ފުރެމީ ވެސްޓުހާޓު ދިމާކޮށްފިއެވެ. އަނެއްކާވެސް އަހަރެން ހަމައަކަށް އަޅުވަން އަހަންނަށް އެހީވާން ހުރީ ފުރެމީ ވެސްޓުހާޓުއެވެ.

ފުރެމީގެ ގެއަށް އަހަރެން ގެންދިޔައެވެ. އަދި އަހަންނަށް ލޭތައްޓެއް ދީފައި ކައިރީ ގޮނޑިއެއްގައި އިށީނެވެ. އަހަރެން ބުނީމެވެ. “ފުރެމީ އަހަރެން ހޯދީ ކިހިނެތް؟”

“އަހަންނަށް އިތުރު ވެމްޕައަރއެއްގެ އިހުސާސް ކުރެވުނީ. ދެން އަހަރެން ހޯދިއިރު ޒެޑް! ޒެޑް މި އުޅެނީ! އަހަރެން ހީކުރީ ޒެޑްގެ ދުވަސްވެސް ދިޔައީކަމަށް. ކަހުލާ އަނދައިގެން ދިޔަގޮތަށް.” ފުރެމީ ކިޔައިދިނެވެ.

“ކަހުލާއޭ؟” އަހަރެންގެ ހަނދާނަށް އަންނަން ފަށައިފިއެވެ.

“އާނ! ހަންޓަރެއް ކަހުލާ އަންދާލީ! ޒާޔަރގެ ބޭބެ އިޝަގް!” ފުރެމީ ކިޔައިދިނެވެ.

އަހަރެން ލަންކާއަށް ދާން އުޅުނު ދަތުރުގަ އެއަރޕޯޓްއިން ޒާޔަރ އާއި އިޝަގް ދިމާވި ހަނދާންވާން ފަށައިފިއެވެ. “އާނ! އެއަރޕޯޓްއިން އަހަންނާ އެމީހުން ދިމާވި.”

“ޒާޔަރގެ އާއިލާއަކީ ވެމްޕަޔަރ ހަންޓަރުން. އެމީހުންގެ ދަރިފަސްކޮޅުގައި އުޅޭނެ އެކަންކުރާ މީހުން. މީހާރުވެސް މާލޭގައި އެބައުޅޭ! އަހަރެންވެސް މިއުޅެނީ އެމީހުންނަށް ފިލައިގެން.” ފުރެމީ ކިޔައިދިނެވެ.

“ދެން ކޮބަ ކަހުލާ؟ އަހަރުން ދެމީހުން އެކަނިތަ ތިބީ ސަލާމަތުން؟” އަހަރެން ފުރެމީއާއި ސުވާލުކުރީމެވެ.

ފުރެމީގެ ވާހަކަތަކުން އެނގޭގޮތުގައި އަހަރުމެންނަށް މި ތިބެވެނީ 300 އަހަރު ފަހުގައެވެ. 2355 ވަނަ އަހަރުގައެވެ. ކަހުލާ ވަނީ ޒާޔަރގެ އާއިލާ މީހުން އަންދާލާފައެވެ. އަދި އަހަރެންގެ ހިތަށް ލަކުޑިބުރިއެއް ހަރައި އަހަރެން ސަންދޯކަށްލައި ވަޅުލެވިފައެވެ. އެކަަމަކު އަހަރެން ހޭލިއިރު އަހަރެންގެ މެޔަކު ލަކުޑިބުރިއެއް ނެތެވެ. އަދި އަހަރެންގެ ވަޅުއޮތީ ކޮނެފައެވެ. އެކަން ކުރީ ކޮންމެސް މީހެއްކަމަށް އަހަންނަށް ބެލެވެއެވެ.

ރޭގަނޑުގެ ވަގުތެކެވެ. އަހަރެން ކުޑަދޮރުކައިރީގައި ލެގިލައިގެން ސޯލާ ހޮޅިބުރިތަކުން އަލިކޮށްލައިފައިވާ މާލޭގެ މަގުތަކަށް ބަލަން ހުރީމެވެ. މާލޭގައި މީހުން ވަރަށް މަދުވެއްޖެއެވެ. ހީވާގޮތުގައި މިހާރު ރާއްޖޭގެ ރަށްތަކުގައިވެސް މާލޭގައި މީހުން އޮންނަ ވަރަށް އޮންނާނެކަން އަހަންނަށް ޔަގީނެވެ.

“ޒެޑް. ދެން ކިހިނެތް ހަދާނީ އަހަރުން؟” ފުރެމީ އަހަރެން ކައިރިއަށް އައެވެ. އޭނާ ހުރީ ރަޖާ ގައިގައި އޮޅައިލައިގެންނެވެ. ފިނި ރެއެއްކަން އަހަންނަށްވެސް އިހުސާސްކުރެވެއެވެ.

“ތިބުނީ؟ ކޮންގޮތަކަށް؟” އަހަންނަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ. ފުރެމީ ގައިގައި އޮތީ އެ ރަޖާގަނޑު އެކަނިކަން އަހަންނަށް އެނގުނެވެ.

“ޒާޔަރގެ އާއިލާ. އެމީހުން އަދި އަހަރުން ހޯދާނެ.” ފުރެމީ ހުރީ ކަންބޮޑުވެފައެވެ.

އަހަރެން ފުރެމީ ގެނެސް އަހަރެންގެ ކައިރީގައި ބެހެއްޓީމެވެ. އަދި ފުރެމީ އަހަރެންގެ ކޮނޑުގައި ބޯއަޅައިލިއެވެ. “ދެން ވާނެ ގޮތެއް ވާނެދޯ. އަހަރުން މިތިބީ މިހިސާބަށް އައިސް. އަދި ކަހުލާގެ ބަދަލު އަހަރެން ހޯދާނަން.” އަހަރެން ބުނީމެވެ. “އެކަމަކު އަހަންނަށް ހަޤީޤަތުގަ ވާނޭހާ ދެރައެއް އަހަންނަކަށް އިހުސާސެއް ނުކުރެވޭ.”

“އެއީ އަހަރުންނަކީ އަހަރުންނަށް ވާތީ.” ފުރެމީ ކިޔައިދިނެވެ.

  • * * * * * * * *

އައު ދުވަހަކަށް އިރުއަރައި އަހަރުމެން ދެމީހުން ގެއަކުތެރޭގައި ހައްޔަރު ކޮއްލައިފިއެވެ. ފުރެމީ އޮތީ އަހަންނާއި އެއް އެނދަކުއެވެ. އަދި ރަޖާ އޮތީ އެގޮތް މިގޮތަށް އަހަރުންގެ ގައި ފެތުރިފައެވެ. އިރުގެ އަލިކަން ކޮޓަރިތެރެއަށް ކުޑަދޮރުން ވަންނަން ފަށައިފިއެވެ. ފުރެމީ ހުރި ހާލުގައި ތެދުވެގެންގޮސް ކުޑަދޮރުގެ ފަރުދާ ކަހާލިއެވެ. މާދުރަށް ނުދެވެނީސް ތީރަކުން ފުރެމީއަށް ހަމަލާ ދީފިއެވެ. ކުޑަދޮރުން ފަރުދާގެ ތެރެއިން އައިސް ފުރެމީގެ ބުރަކައްޓަށް ހެރުން ތީރެކެވެ. އަހަރެން ސިހިގެން ކޮޅަށް ޖެހުނެވެ. އަވަހަށް ފުރެމީ އެނދުގައި ބައިންދައި އެތީރު މަޑުމަޑުން އުފުރާލައިފީމެވެ.
“އެއީ… ޒާޔަރގެ އާއިލާ މީހުންނަށް އަހަރުން ފެނުނީ! ދެން ކިހިނެތް ހަދާނީ؟ މިތަނުން ނުވެސް ދެވޭނެ. އާ! ވަރަށް ދިލަނަގާ އެބަ ތީރު ވަންތަނަށް.” ފުރެމީއަށް ތަދުވާކަން އެކަމަނާގެ ހަރަކާތްތަކުން އަހަންނަށް ފާހަގަކުރެވުނެވެ. “ޔަގީން ވިހަ މާއްދާއެއް އެތީރުގަ އެބަހުރި!” ފުރެމީއަށް ރޮވެން ފެށުނެވެ.
އެޒަޚަމުން ލޭނުކުތުން ހުއްޓި އެކަމަކު ފަސޭހައެއް ނުވެއެވެ. ވެމްޕައަރގެ ޒަޚަމްތަކަކީ އެޒަޚަމެއްގެ ގޮތަކުން ހިނދުކޮޅެއްގެ ތެރޭގައި ފަސޭހަވާ ކަމެކެވެ. ނަމަވެސް އެވިހަ މާއްދާ އެޒަޚަމް ފަސޭހަވުމަށް ހުރަސްއަޅައެވެ.
“މަޑުކުރޭ. ފުރެމީ ހަމަޖެހިލާ. މިފަހަރު އަހަރެން މިކަންތައް ބަލާނަން.” އެހެންކިޔާފައި އަހަރެން ކޮޓަރިން ނުކުމެ ދޮރު ޖަހާލީމެވެ. އަދި ބޭރުދޮރަށް ކަޅި ހުއްޓައިގެން އެމީހުންނަށް ހަމަލާދޭން ތައްޔާރުވީމެވެ.

  • * * * * * * * * * * *

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

A.S.Cain

Level 110 Stories

Other Articles

Previous

އަސްލު އަތުގާ ބީހިލާ…………

Next

ުުުއީލާމް

Next
September 14, 2017

ުުުއީލާމް

Previews
September 14, 2017

އަސްލު އަތުގާ ބީހިލާ…………

6 Comments!

  1. Kuda Kamana says:
    September 14, 2017 at 10:39 am

    Not bad

  2. Anonymous says:
    September 14, 2017 at 1:05 pm

    Maa kuru

  3. Aashaa says:
    September 14, 2017 at 1:41 pm

    Ehaa dhuvas kohffa gennairu ves kuda kuda thankolhh v foohivey

  4. thahumeena says:
    September 14, 2017 at 1:43 pm

    Vara kuru 20 vara ka minutes theree kiyaalevea kahala ☺

  5. Reet says:
    September 14, 2017 at 2:06 pm

    Reethi ekamaku vaahaka liyan Vaguthu hodhaigen than kolhah dhigukon fonuvaabala mi varun kiyaan v foohi

  6. A.S.Cain says:
    September 16, 2017 at 4:43 am

    thank you all for the feedback. 🙂

Comments are closed.

Next Episodeވައިވީމަ (6) – އާއިލީ ބާރު←


All Right Reserved!