Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ުުުއީލާމް

Xeesh Level 110 Stories
September 14, 2017 2 Mins Read
12 Comments

 

އުޑުމަތި ސާފު ރީތި ދުވަހެކެވެ. ކާރު މަޑުކޮށްލައިގެން އީލާމް ބަލަމުން ދިޔައީ ހަލަބޮލިވެފައިވާ މަގުމަތީގައި ހިނގަމުންދާ ކަންތައްތަކެވެ. މަގުމަތީގައި ދުއްވާ އެކި ވެހިކަލްތަކުން ބަރުގަނު އަޅަމުން ދިޔައިރު  ޓްރެފިކް ވެފައިވާ މަގު ބަލަހައްޓަން ޕޮލިސް ގެ ބަދަލުގައި ހުރީ އާއްމު ރައްޔިތެއް ނިކުމެއެވެ. އީލާމް އޭނާގެ ކާރު ފަހަތު ސީޓް އަށް ބަލާލިއެވެ. އަދި އަވަސް އަަރުވާލާފައި ކާރު ޕާކް ކުރުމަށްފަހު ޕެޓްރޯލް ޖެޓީ އަށް ފައިބައި އޭނާގެ ލަގެޖް ހިފައިގެން ފުރުމަށް ހަމަޖެހިފައިވާ ލޯންޗް އަށް އަރާ ހަމަޖެހިލިއެވެ.

މީގެ ފަނަރަ އަހަރު ކުރިން އީލާމް މާލެ ބަދަލުވީ ، އޭނާގެ މަންމަ ރާފިޔާގެ އެދުމުގެ މަތިންނެވެ. އޭރު އީލާމް އަށް އެންމެ ފަސް އަހަރެވެ. ބައްޕައާއި ދޮންމަންމަގެ ހިޔާވަހިކަމުގައި ރަނގަޅަށް ކިޔަވައިގެން މޮޅު ކުއްޖަކަށްވުމުގެ އުއްމީދުގައެވެ. މަންމައާއި ބައްޕައާއި ދެމެދުގައި ޖެހިފައިވާ މައްސަލަތަކާއި ހެދި ކޯޓުންވަނީ އީލާމް 18 އަހަރުވަންދެން ޒިންމާ ނަގަންޖެހޭނީ އޭނާގެ ބައްޕަ މުސްތަފާ ކަމަށް ހުކުމް ކޮށްފައެވެ. ނަމަވެސް މަންމަ އެ ހުކުމް ގަބޫލުނުކޮށް ބައްޕަ އަށް ނޭގި އީލާމް ރަށަށް ގެންދިޔައީ އަލުން ބައްޕައާއި ހަވާލު ކުރަންޖެހިދާނެ ކަމަށް ނުވިސްނައެވެ. ހިޔާލުތަކަށް ގެއްލިފައި އިން އީލާމް އަށް ހޭވެރިކަންވީ ޖެހިގެން އިން ސީޓްގައި މީހަކު އިށީނުމުންނެވެ.

ރ.މީދޫއަށް ފުރާ ލޯންޗްގެ ފަހަތު ސީޓްގައި އީލާމް އިންއިރު އޭނާގެ ކުރިމައްޗަށް ވާގޮތަށް އިށީދެގެން އިން މިހާއަށް ރަނގަޅަށް ނަޒަރު ހިންގާލެވުނީ ދަންނަ މީހެއްކަމަށް ހީކޮށެވެ. އީލާމަށް ހިތާ ހިތާ ކުދި ކިޔާލެވުނީ އޭނާ ލާފައިވާ ޖީންސްގެ ތަންތަނުން ވީދިފައިވާއިރުވެސް އެ ލައިގެން އިނީމައެވެ. ރީނދޫ ކުލައިގެ ޖާރޒީ އެއްލާފައިވާއިރު އޭގައި  “ޝާމް” މިހެން ނަން ލިޔެފައި އިނެވެ. ދަތުރުގެ މެދާ ހަމައިން  ލޯންޗް ނަގާ ޖަހާލެއް ބާރު ކަމުން އީލާމް ސީޓުން ވެއްޓެން ދިޔަ ވަގުތުގައި އޭނާގެ އަތުގައި ބާރަށް ކުރިމަތީ ސީޓްގައި އިން މީހާ ހިފިއެވެ. އިލާމް ރަނގަޅަށް އޭނާގެ ސީޓްގައި އިށީންދެ ހަމަޖެހިލުމަށް ފަހު ޝުކުރު އަދާކުރަން ބަލާލި ވަގުތު  އޭނާއަށް ސަލާމްކުރުމަށް އެމީހާ އަތް ދިއްކޮށްލައި އަމިއްލައަށް ތައާރަފްވެލިއެވެ. ” އޭމް ޝާމް ވަޓްސް ޔުއަރ ނޭމް” ، އީލާމް އަށް ބުނާނެ އެއްޗެއް ނޭނގި ގަބުކައިފައި ކުޑަވަގުތުކޮޅަކު ހުރެވުނެވެ. މައި ނޭމް އިޒް އީލާމް ، އަތުގައި ހިފާ ސަލާމް ކޮށްލަމުން އީލާމް ޖަވާބު ދިނެވެ.  ރ.މީދޫ ފަޅު ތެރެއަށް ލޯންޗް ވަނުމާއެކު އީލާމް ރަނގަޅަށް ރަށަށް އައިސްފައިވާ ބަދަލުތަށް ބަލާލިއެވެ. އީލާމް ލޯންޗުން ފައިބަން ހިނގާލިވަގުތު ޝާމް އޭނާގެ އަތުގައި ހިފާ އަދި ދިމާވާނޭކަމަށް ބުނެ އެއްލޯމަރާލިއެވެ. އީލާމް އަށް ދެކޮޅު ބަލާލެވުނީ އެއްވެސް މީހަކަށް ފެނުނުތޯ ޔަގީން ކޮށްލާށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Xeesh

Level 110 Stories

Other Articles

Previous

ވައިވީމަ (5) – ދުޝްމަނުން

Next

ތިޔަ ދިން އުފާ 14

Next
September 14, 2017

ތިޔަ ދިން އުފާ 14

Previews
September 14, 2017

ވައިވީމަ (5) – ދުޝްމަނުން

12 Comments!

  1. warah vaahaka says:
    September 14, 2017 at 8:37 am

    aachaa haadha dhigukoh genehsa

  2. pooh says:
    September 14, 2017 at 8:44 am

    when is the next part?

  3. Xeesh says:
    September 14, 2017 at 9:22 am

    Elaam part 2 will be out today Insha Allah 🙂

  4. ??? says:
    September 14, 2017 at 10:06 am

    Hyvey mivaahaka vvv rythi vaane henn

  5. cherritw says:
    September 14, 2017 at 10:43 am

    Woww..v v salhi vaanehn heevany mi story ☺

  6. Xeesh says:
    September 14, 2017 at 11:58 am

    thanks 🙂

  7. Lam says:
    September 14, 2017 at 12:01 pm

    Waiting…up kohlachay avahah

  8. imlaaa says:
    September 14, 2017 at 12:30 pm

    thee vaahaka kiyaa meehunah kuri malaamaathehtha. kiyaala 2akuru theee dhen thanfukeh boduvaru

  9. ??? says:
    September 14, 2017 at 1:01 pm

    u guys pls don’t say like that ? nd I hope den in part adi dikukoh dhigu koh genesdey ne kamah nd this part is awesome ? ?vvvv reathi ❤❤❤❤????????
    I’m waiting……. Gud luck for nxt part ??

  10. ?? says:
    September 14, 2017 at 2:36 pm

    Vrh reethi ???

  11. reader says:
    September 14, 2017 at 3:50 pm

    eelam is a girl or boy?

  12. Anonymous says:
    September 15, 2017 at 1:16 am

    Varahreethi vaahaka ?❤ mivaru rangalhu dhigumin kiyan beynunvaa meehun inthaaxaru kuraane abadhuves

Comments are closed.

Next Episodeއީލާމް-02←


All Right Reserved!