އެދެމޭ އުފާ (9)
” އެއީތެދެއް ބައްޕާ،މަންމަގެ އަތުން ދިޔަ ލާރިގަނޑުގެ އަގުހަމަ ނުވަނީހެއް، އަލްޔާއެއް ނުފުނުވާނެ ” ވިނާން ޖެހިލުމެއް ނެތި ބުނެލިއެވެ. އޭރު އަފީފާ ހައިރާންވެގެން ވިނާންގެ މޫނަށް ބަލަން ހުރީއެވެ. ” ތި.ކާކު..! ދެއްކި ވާހަކައެއް؟!” އަފީފާ ހައިރާން ވެގެން އަހައިލިއެވެ. ” މީ ތިމަންމަ ބުނި ވާހަކައެއް، މަންމަ ނުބުނާނަމަ، އަޅުގަނޑަށް ކިހިނެއްތޯ އިގޭނީ ؟” ވިނާން ގޮނޑީގައި ހަމަޖެހެމުން ބުނެލިއެވެ. ” އޭކީކޭ؟؟! މަންމަ ކޮންއިރަކު ބުނީ؟؟! ” އަފީފާ ހައިރާންވެގެން އަހައިލިއެވެ. އޭރު އަފީފާ ހަތަރެސް ފައި ފިނިވެގެން ހީވަނީ މަރު ވެދާނެހެންނެވެ. އެކަމަކީ އެހާ ސިއްރުން ކުރިކަމެއް ވީމަ ވިނާން އަށް އެގުނީތީ އަފީފާ ހުރީ ހައިރާންވެ އަންތަރީސް ވެފައެވެ. އަދި އަލްޔާއާ ދިމާލަށް އެވާހަކަ މިއަދު ގޮވިއިރު ވިނާން އެތާ ހުރި ކަމެއް ވެސް ނޭގޭ ވިއްޔާއެވެ. އޭރު އަފީފާ ހިތް ބުނަމުން ދިޔައީ ވިނާން އެވާހަކަ ކިޔާދޭނީ އަލްޔާ ކަމުގައެވެ. ” މަންމަ ހާދަ ވަރަކައް ތި ހާސްވަނީ، އަލްޔާއެއް ނޫނޭ އަޅުގަނޑު ކައިރީގަ ބުނީކީ، މިއަދު އަލްޔާއާ ދިމާލަށް އެހުރިހާ އެއްޗެއް ކީއިރު އަޅުގަނޑު ހުރީމޭ އަޑު އަހައިގެން ” އަފީފާ ހައިރާން ވެފަހުރުމުން ވިނާން މިއަދު ކަންތައް މަންމައަށް ހަދާން ކޮއްދިނެވެ. ހަގީގަތު ވިނާން ތެދައް ބުނީ އަލްޔާއާ ދިމާލައް އަފީފާ ހަޅޭފަވާނެކަން ވެސް އިގޭތީއާއެކުއެވެ.” ކީކޭ.؟؟! ދަރިފުޅާ ތީހަމަ ތެދެއްތަ؟.! ” ސައުދު އެގިހުރެވެސް ހައިރާންވެހުރެ އަހައިލިއެވެ. ” ބައްޕާ އަޅުގަނޑު ކީއްކުރަންވަންތޯ؟ ދޮގު ހަދަންވީކީ” ވިނާން ޔަގީން ކަމާއެކު ބުނެލިއެވެ. ސައުދުވެސް އަެއްވެސް އެއްޗެއް ނޭގޭ ކަމަށް ހެދިގެން ވިނާން އާ ސުވާލް ކުރަމުން ދިޔައެވެ. ” އޭތެދެއްތަ އަފީ؟؟! ވިނާން މިކިޔަނީ ކީކޭތަ؟ އޭނަ އެދައްކާ ވާހަކާގެ ހަގީގަތަކީ ކޮބާ؟؟ “ސައުދު އަފީފާ ކުރެން އަހައިލިއެވެ. އަފީފާ ހުރީ އިސް ޖެހިގޮތައް އިސްއުފުލާލަން ނުކެރި ކުއްވެރިއެއްހެން ހިމޭން ވެފައެވެ. ” ބަލަ އަފީފާއާއޭ މިވާހަކަ ދައްކަނީ ” އަފީފާ އެއްޗެއް ނުބުނެ ހުރުމުން އަނެއްކާވެސް ސައުދު ބުނެލިއެވެ. ހަގީގަތުގަ އަފީފާ ހުރީ ބިރުން އަވަދި ވާވަރުވެފައެވެ. އަފީފާ ބިރުގަތީކީ ސައުދު ދެކެއެއް ނޫނެވެ. އަފީފާ ބިރުގަތީ ސައުދުގެ ފާއިސާއިން އޭނައަށް ވަގަށް އެކަހަލަ ޖަރީމާއެއް ހިންގަން ބޭނުން ކުރެވުނީތީ އެކަމާއެވެ.” އާނ… އާނ އޭތެދެއް އަހަރެން އަލްޔާ ގެނައީ އޭނަގެ މަންމަ މެންނަށް ލާރީ ދީގެން، އެމީހުން އަހަރެނަ ކައިރީގަ ބުނީ ލާރީ ދޭށޭ ” އަފީފާ ކުއްވެރިއެއް ހެން އިސް ޖަހައިގެން ހުރެ މަޑު މަޑުން ބުނެލިއެވެ.” ދެން ކީއްވެ މަށަށް އޮޅުވާލީ؟! ކީއްވެ މަށަށް ސިއްރުން ތިވަރު ކަމެއް ކުރީ؟ ނުވިތާކައް މަގޭ ލޮލުގައި އަދުން އަޅުވައިގެން އެމަންޖެ ގެނެސް ކޮންފަދަ ހާލެއް އެފަކީރަށް ތިޖައްސަނީ ” ސައުދު ވަރަށް ރުޅި އައިސް ބުނެލިއެވެ. މިފަހަރު ހަގީގަތުގައި ވެސް ސައުދު ހުރީ އަލީފާން ހާ ރުޅި އަރާފައެވެ. އަފީފާ ހުރީ އިތުރަށް އެއްމެ ލަފުޒެއް ވެސް ނުބުނެ އިސްޖަހައިގެންނެވެ. އޭނަގެ ކުއް އޭނަޔައް އިހުސާސްވީތޯއްޗެއް ” ކަނުލައި އެއްމެން އަޑުއަހައިތި މަގޭ އަނބި މީހާޔާ މަގޭ ދަރިންނާ މިގޭ މަސަތްކަތު މީހުންނާ ވެސް ހިމެނޭ ގޮތައް މިބުނަނީ، ވަކި މީހެއް އިސްތިސްނާ ކޮއްފައެއް ނޫން، މިއަދުން ފެށިގެން މިގޭތެރޭގަ ވިކެން ޖެހޭނީ މަގޭ ބަސް މީމަގޭ މުދަލާ މަގޭ ފާއިސާޔާ މަގޭ ގެދޮރު އެެހެންވީމަ އެއްމެން ވެސް ޖެހޭނީ މަބުނާ ގޮތައް ހަދައިގެން މިގޭތެރޭގަ އުޅެން ،އުޅެން ބޭނުން ނުވާ މީހަކު ހުރިއްޔާ މިހާރު ނިކުމެގެން ދިޔަޔަސް ނެތް މައްސަލައެއް، މިވަގުތުން ފެށިގެން މިގޭތެރޭ އެއްވެސް މަސަތް ކަތެއް އަލްޔާ ކޮއްގެން ނުވާނެ އަދި ކުރުވައިގެން ވެސަ ނުވާނެ، އޭނަޔާ ދިމާލަށް ޗޮޕުވެސް ބުނެގެން ނުވާނެ، މިގޭ ތެރޭގަ މަގޭ އަނބިމީހާޔާ ދަރިން ވެސްއުޅޭ ގޮތަކައް އަލްޔާއަށް ވެސް އޮޅެވެން ޖެހޭނެ، މިއަދާ ހަމަޔަށް މަށަށް އެގިފަ އޮއްގޮތުން ވިއްޔާ އަލްޔާ އަށް ޓިއުޝަން ވެސް ލިބޭ އެކަމަކު އަދި މިއެގުނީ އެކަން ވެސް ނަވާކަން މިހުރިހާ ކަމަކީ މީ ރޭވުމަކުން ހިއްގާފަ އޮއް ޖަރީމާއެއް ކަން ،މިވަގޮތުން ފެށިގެން އަލްޔާ އަށް ޓިއުޝަން ވެސް ލިބޭނެ ކޮލެޖަށް ވެސް ދެވޭނެ އެކަން މަނާ ކުރެވޭނެ އެކަކުވެސު ހުރެގެން ނުވާނެ، އަހަރެން މިބުނި ގޮތައް ކަންތަށް ނުވަންޏާ ދެންވެސް ކަންތައް ކުރަންވީ ގޮތް އިގޭނީ މަށަށް އަލްޔާ ގަންނަން އަފީފާ ދިން ފާއިސާއަކީ މަ ބުރަ މަސައްކަތް ކޮއްގެން ހޯދައިފަ ހުރި ފާއިސާ އޭ އެއްވެސް ހާލެއްގަ ނިކަމެތިން ހާލު ޖައްސަން މަ ހޯދި ފާއިސާއެއްނޫން ، އަލްޔާއަކީ ކިތައްމެ ނިކަމެތި ކުއްޖަކައް ވިޔަސް އޭނަޔާ ދޭތެރޭކުރީގަ ކަންތައް ކުރިގޮތައް އެގޮތައް ތަކުރާރު ވެގެން ނުވާނެ، މީ މަގޭ އަނބިމީހާޔާ މަގޭ ދަރިންނަށް އަންގާ އެއްގުމެއް، ވަޒުނާ އައި ދުވަހަކުން އޭނަޔަށް ވެސް މިކަން އަންގާތި” ސައުދު މިއޮއްހައި ދުވަހު ބުނަން ބެޭނުންވި ހައި އެއްޗެހި ކިޔާފަ ނިކުމެގެން ހިގައްޖެއެވެ. ސައުދު ހުރީ އޭރު ރަގަޅަށް ވެސް ރޮވިފައެވެ. ވާނީ އެހެންތާއެވެ. މިވީހާތަނައް ވެސް މިފަދަ ބަހެއް އޭނަގެ ދުލުން ބުނާކައް ނުޖެހެަ ވިއްޔާއެވެ. އާކަމެއް ކުރަން ވީމަ ވާނީ ވެސް އެހަެންތާއެވެ. ހަގީގަތުަގައި ސައުދު އަކީ ވަރަށް ހެޔޮލަފާ އެހެން މީހުންނަށް އިހުތިރާމު ކުރާ ރަގަޅު އިންސާނެކެވެ.ދުވަހަކުވެސް އޭނަގެ މުއަށްޒިފަކާ ދިމާލަށް ވެސް ހަރުކޮއް ވާހަކަ ވެސް ދައްކާފަ ނުހުންނާނެއެވެ. އެހެންވީމަ މިއަދު އެވަރަށް އަޑުލާން ޖެހުނީމަ އޭނަ ކިހާ ދެރަ ވާނެހެއްޔެވެ
ސައުދު ތެދުވެގެން ދިއުމުން ވިނާން ވެސް އިތުރު އެއްޗެއް ނުބުނެ ތެދުވެގެން ހިގައްޖެއެވެ. ބުނާނީވެސް ކީކޭ ހެއްޔެވެ، ސައުދުގެ ދަރިންނަކީ މައިން ބަފައިންގެ މަތިން އަރާ ވާހަކަ ދައްކާ ދަރިންނެއް ނޫނަ ވިއްޔާއެވެ. ވިނާން ދިއުމުން އަފީފާ ހުރީ ރުޅިއައިސް ރަތްވެފަ އަލްޔާ އާދިމާލަށް ބަލައިގެންނެވެ. އިތުރު އެއްޗެއް ނުކިޔައެވެ. ދެން ކިޔަން ވެސް ނުކެރޭނެ ތޯއަޗެކެވެ.އަލްޔާ ހުރީއެތާ ވެނިމުނު ކަންތަކާ ދެރަވެ ކުރާނެ ކަމެއް ނޭގިފައެވެ. ކޮންމެ ގޮތެއްވިޔަސް އޭނަގެ ސަބަބުން ބައެއްގެ ހަމަ ޖެހޭ ދިރިއުޅުންއެފުއް މިފުށަށް ޖެހޭކަށް އޭނައެއް ނޭދޭ ވިއްޔާއެވެ. އަފީފާ ލޯއަޅައިފަ ނިކުމެގެން ދިޔައިރު ވެސް އަލްޔާ ހުރީ ހިރިލަން ވެސް ނޭގިފައެވެ.
އެރޭ ނުވައެއް ޖެހިއިރު ވެސް އަލްޔާ ބޭރަށް ނުނިކުތުމުން ސައުދު ގޮސް އަލްޔާގެ ކޮޓަރީގަ ޓަކިތަޅަން ފެށިއެވެ. ސައުދު ޓަކި ތަޅަން ފެށުމުން އަލްޔާ ބިރުންހުރެ ދޮރު ހުޅުވާލިއެވެ. އޭރު އަލްޔާގެ ހިތް ބާރަށް ނެގި ޖެހެމުން ދެއެވެ. އެޭނަ ހީކުރީ އަފީފާ ހަޅޭލަވަން އައީ ކަމަށެވެ އަށްގަޑި ބައިވީއްސުރެ އަލްޔާ ހުރީ ތައްޔާރު ވެގެންނެވެ. ނަމަވެސް އަފީފާ ހަޅޭ ލަވާނެތީ ނިކުންނަން ނުކެރި ހުރީއެވެ. ” ތައްޔާރުވެގެންދޯ ތިހިރީ ބޭބެ ހީކުރީ ނިދީކަމަށް ” ސައުދު ހިނިތުން ވުމާއެކު އަހައިލިއެވެ. އެވަގުތު އަފީފާ ވެސް އައިސް ދޮރު މައްޗައް ހުއްޓިއްޖެއެވެ.” އަހަ ތައްޔާރުވެގެންދޯ؟ ތިހިރީ ދައްތަވެސް މިއައީ ކޮބައިތޯ ބަލަންވެގެން، ހިނގާ އަވަހަށް ދާން މިހާރު ޓީޗަރު އަންނަން އުޅޭނެ “އަފީފާ އަލްޔާގެ އަތުގައި ހިފާ ލަމުން ބުނެލިއެވެ. އަލްޔާ ހުރީ ހައިރާންވެފަ ސައުދުގެ މޫނައް އެއްފަހަރު އަފީފާގެ މުުނައް އެއްފަހަރު ބަލާށެމެ. “ދައްތަ މިހެން ވާހަކަ ދެއްކީމަ ވަރަށް ހައިރާން ވެފަދޯ ތިހިރީ؟ މީހަމަ ދައްތަ ހެޔޮހިތުން ދައްކާވާހަކައޭ، ދައްތަޔަށް ކަންތައް ކުރެވުުނު ގޮތުން ދައްތަ މިހިރީ އެކަމާ ވަރަށް ދެރަވެފަ، ދައްތަޔަށް މާފު ކޮއްދޭނަންދޯ އެކަމާ؟ ” އަފީފާ އުފަލާ ހިތާމަ މޫނުމައްޗައް ގެންނަމުން ބުނެލިއެވެ. އަލްޔާ އާއެ ކިޔާ ބޯޖަހައިލަމުން އަފީފާގެ ފަހަތުން ނިކުތެވެ. އޭރު ސައުދު އެތަނުން ނިކުމެގެން ގޮސް ހުރީ ސޯފައާގައި އެތަން ބަލައިގެން ހެވިފައެވެ. އަފީފާ ކޮޓަރިން ނިކުއް ގޮތައް ވަނީ އަނެކާވެސް ކޮޓަރިއަކަށެވެ. އަލްޔާ އެގޭގަ އޮޅޭ އިރުވެސް ދުވަހަކުވެސް އެކޮޓަރިއަށް އަދި ނުވަނދެއެވެ. ” މީމިގޭ ކިޔަވާ ކޮޓަރި އަލްޔާވެސް ކިޔަވެން ޖެހެޭނީ މިކޮޓަރީގައި ވިނާންމެންވެސް ސަްކޫލަށް ދިޔައިރު ކިޔަވަނީ މިތާގަ، ސިޓިން ރޫމުގައި ކިޔަވާ އިރު ވަރަށް އުދަގޫ ވާނެއްނޫން ދޯ؟ އަޑު ގަދަވާނެ، އަބަދު ކޮްނމެވެސް މީހަކު އެތާ ހުންނާނީ މިތާ ހުރީމަ އެއްޗެއް ބޮލަށް ވަންނާނީވެސް، ” އަލްޔާ ގޮނޑީގައި ބައިންދާފަ އަފީފާ ކިޔާދިނެވެ. އޭރު އަފީފާ ހުރީ އަލްޔާ ގެ ފޮތާ އެއްޗެހި ވެސް އެތަނަށް ވައްދާ ތައްޔާރު ކޮއްފައެވެ. އެވަގުތު ޓީޗަރު އައިސް ވަނުމުން އޭނަޔަށް ހިނިތުން ވުމެއް ދީފަ އަފީފާ ނިކުމެއްޖެއެވެ. އަފީފާ ނިކުުތުމުން އެދިމާލަށް ބަލައިގެން އަލްޔާ ހުރީ އަންތަރީސް ވެފައެވެ. ވާނީވެސް އެހެންތާއެވެ. އެޭނަ ހިތައް ވެސް ނާރާ ގޮތައް ކަންތައު ބަދަލް ވީ ވިއްޔާއެވެ.
ދުވަސްތައް އޭގެ ވާޖިބު އަދާކުރަމުން ގޮސް މިއަދަކީ ވަޒުނާ މާލެ އަންނަން ހަމަ ޖެހިފަ އޮއް ދުވަހެވެ. އިތުރު ބަދަލެއް ނައިސް އަލްޔާ އަށް ކިޔެވެމުން ދިޔައެވެ. އަދި ސައުދު ބުނި ގޮތައް އަލްޔާވެސް އެގޭތެރޭގަ އުޅެމުން ދިޔައީ އެގޭ މީހުންނެކޭ އެއްވެސް ތަފާތެއް ނެތިއެވެ. އޭނަޔާ ދިމާލަށް އަޑު ލާ އެކަކުވެސް އެގޭތެރެއަކު މިހާރަކު ނެތެވެ. އެކަމާ އަލްޔާ ހުރީ ވަރަށް އުފަލުންނެވެ. ސައުދު ވެސް ވާއުފާ ވަކި ކޮޑައެއް ނޫނެވެ ވިނާން ގެ އުފާވެރިކަން ބުނެދޭން ވެސް ނޭގެއެވެ. ދޭތެރެއަކުން އަލްޔާއަށް ޖެއްސުމެއް ކޮއްލާ ސަމާސާ ކޮއްލުމަކީ ވިނާންގެ އާދައެކެވެ. އެކަމަކާ ސައުދު އަޅައެއް ނުލައެވެ. އެޭނަ ގަބޫލް ކުރާ ގޮތުން ވިއްޔާ އެއްގޭގެ ތެރޭގަ އުޅޭއިރު ސަކަރާތް ވެސް ޖަހަން ޖެހެވެ. އެއަކީ މައްސަލައެއް ނޫނެވެ.އެކަމަކު އަފީފާ ބައެއް ފަހަރު ހުންނަނީ ރުޅިއައިސްއެވެ އެކަމަކު އޭނަ ވަކި އެއްޗެއް ނުބުނެ އަގަމަނޑު ލައިގެން ހުންނަނީއެވެ. ސައުދު ރުއްސުމަކީ ކޮންމެހެން ވެސް އަފީފާ ބޭނުން ކަމަކައް ވާތީއެވެ. އެ ތަނަވަސް ކަމާ އިއްޒަތުގަ އުޅެން ބޭނުން ނުވާނީ ކާކުހެއްޔެވެ. ވަޒުނާ އަންޱނަން ހަމަ ޖެހިފަ އޮތީ މެންދުރު ކަމުން އަފީފާމެން ވެސް ތިބީ އިންތިޒާރުގެ ވަގުތުތަށް ގުނާށެވެ. އަފީފާ އާ ސައުދު ވެސް ހީވަނީ މިއަދު އީދެއް އައިސް ގެން އުޅޭ ހެންނެވެ. ” އަލްޔާ އަލްޔާ ” އަފީފާ ސޯފައިގެ ހުރެ އަލްޔާ އަށް ގޮވަމުން ދިޔައެވެ. ” ލައްބަ ދައްތާ އަޅުގަނޑު ފިލާވަޅު ހަދަންށޭ އިނީ ” ކިޔަވާ ކޮޓަރިން ބޯދިއްކޮލަމުން އަލްޔާ ބުނެލިއެވެ. ” ހެހެ އެހެންތަ؟ ދައްތަ ހީކުރީ ބަގީޗާގަ ކަމައް އެހެންވެ އެހާ ބާރަށް މިގޮވީވެސް، މިއަދު ވަޒުނާ އެބަ އާދޭ، އެހެންވެ ދައްތަ ބޭނުން ވަނީ މިއަދު ވަރަށް މީރު ކޮއް ކައްކަން އެހެންވީމަ އަލްޔާ ވާނެ ދައްތާޔާ އެކު ބަދިގެއަށް ވަންނަން، އެއްމެ ރަގަޅުތަ؟” އަފީފާާ ހިނިތުން ވުމަކާއެކު އަހައިލިއެވެ. ސައުދުގެ އެންގުމަށް އަލްޔާ މިހާރު ބަދިގެއަށް ވަންނަނީ ކާންވީމަ އެކަންނެވެ އަފީފާ ވެސް މިހާރު އަލްޔާ ދެކެނީ އޭނަގެ އަމިއްލަ ދަރިއެއް ގޮތުައެވަ. އަފީފާގެ ހިތުގަ އޮތީ ކޯއްޗެއްކަން ދެނެވޮޑިގެން ވާނީ ހެއްދެވި ފަރާތެވެ. . ” ލައްބަ ދައްތާ ” އަލްޔާ އިށީންނަމުން ބުނެލިއެވެ. ” ހޫމް ދޭއްޖަހަން ވާއިރަށް ނިމެންވާނެ ދޭއްޖަހައިއިރު ވަޒުނާ އަންނަނީ” އަފީފާ އަގަޔަށް ފޯއް ފޮއްޗެއް ލަމުން ބުނެލިއެވެ. ” ދެން ދައްތަ ޖެހޭނެ އެއާރ ޕޯޓަށް ވެސް ދާން ދައްތަ އެއާރ ޕޯޓަށް ދިޔާމަ އަލްޔާ ވާނެ ގޭތެރެޭގެ ބާކީ ހުރި ކަންތައްތައް ބަލަހައްޓަން އިގޭ” ލައްބަ ދައްތާ” އަލްޔާ ވަގުތުން އެއްބަސް ވިއެވެ. އެވަގުތު ވިނާން އައިސް އަފީފާ އާ ޖެހިގެން ހުރި ސޯފަޔަށް ވެއްޓިގަތެވެ. ” އާއާ ހާދަ ވަރުބައްޔޭ ހުވާ ވަރަށް ލޮޑު ވެއްޖެއް” ވިނާން މާނޭވާ ލަމުން ބުނެލިއެވެ. ” ދަރިފުޅު ދަންތަ އެއާރ ޕޯޓަށް ؟” ވިނާންގެ ބޮލުގައި ފިރުމައިލަމުން އަހައިލިއެވެ. ” އެއާޕޯޓަށްދޯ؟ މިހާރުވެސް މިއޮތީ ލޮޑުވެފަ، މަންމަމެން ދާންވީނޫން އެއާރ ޕޯޓަށް ” ވިނާން ކައްނެތް ގޮތަކަށް ބުނެލިއެވެ. އޭރު ވެސް ވިނާން ލޮޑުވެގެން ނޭވާ ނުލެވޭ އިރުވެްސް ބެލީ އަލްޔާގެ ރީތި މޫނަށް ބެލޭތޯއެވެ. އަލްޔާއަށް އެކަން ފާހަގަ ވެގެން ހުރީ ލަދުން އިސް ޖަހައިގެންނެވެ. މިހުރިހާ ތަނެއްވެސް އަފީފާ އަށް ފެނެއެވެ. އެކަމަކު ހަމަ ކަމެއް ވާކަމައް ވެސް ނެހެދި ހުރީއެވެ. ” ދަރިފުޅު މިހާރު މާވަރަކަށް ވިއްޔާ ތިފަލަ ވަނީވެސް އެހެންވީމަ މީހާ ލޮޑުވެސް ވާނެއްނޫން ” އަފީފާ ހީލަމުން ބުނެލިއެވެ
” އާނ ތިވެސް ދޮގުވާހަކައެއް ނޫން މަންމާ ،ނޭގެ ހަމަ މިހާރަކައް އައިސް ހަމަ ފަލަވަނީއޭ، ވެދާނެ މާ ހިތްހަމަ ޖެހޭތީކަމަށް ވެސް ” އަލްޔާ އާ ދިމާލަށް އެއްލޯ މަރަމުން ވިނާން ބުނެލިއެވެ. އަލްޔާ ވަގުތުން ލަދުުން ފާވެއްޖެއެވެ. ” އަސްތާ އެއޮއް އެގާރަޖެހީ އަލްޔާ އަވަހަށް ހިނގާ ބަދިގެއަށް ވަންނަމާ، އޭރުންނުން އެއާރ ޕޯޓަށް ދާން ވާއިރަށް ނިމޭނީ ” އެހެން ކިޔާ އަފީފާ ތެދުވެގެން ހިގާގަތުމުން އަލްޔާވެސް އެޭނަގެ ފަހަތުން ހިގައިގަނެއްޖެއެވެ. އެވަގުތު އަލްޔާ ހިގައިގަތުމުން ސޯފައިގަ އޮއް ބާލީސް ނަގައި އަލްޔާގެ ފޫކޮޅާ ދިމާލަށް އެއްލާ ޖަހައިފިއެވެ. އެވަގުތު އަލްޔާ އެބުރި ދޫނެރެ ފާޑެއްގެ ވަށްތަރެށް ޖައްސާފަ ގޮސް ބަދިގެއަށްވަނެވެ.އެދެމީހުންގެ މިހާރު ހާލަތަކީ އެޔެވެ. އެކަކު އަނެކަކަށް ޖެއްސުމެއް ކޮއް ނުލިއްޔާ ހަމަ ނިދިވެސް ނުނިދޭ ކަހަަލައެވެ. އަލްޔާ މިހާރު ހުންނަނީ އިންތިހާޔަށް އުފާވެފައެވެ. ވާނީ އެހެންތާއެވެ އެގޭ އެއްމެން ވެސް އޭނަދެކެ ނުލާހިކު ލޯބިވޭ ވިއްޔާއެވެ. އަފީފާ މެންނަށް ބަދިގެއަށް ވަނދެވުނު ތަނާ ވިނާން ފަހަތުުން އައިސް ބަދިގެއަށް ވަނދެއްޖެއެވެ. ” މަންމާ ހާދަ ކަރު ހިއްކައޭ ދީބަލަ ޖޫސްތައްޓެއް،” އެހެން ކިޔާ ވިނާން އިށީނީ ގޮނޑީގައެވެ. ” އަލްޔާ ވިނާން އަށް ޖޫސް ތައްޓެއް ދީބަލަ ” އެހެން ކިޔާ އަފީފާ އެބުރިގަތީ އޭނަގެ މަސައްކަތާގެންނެވެ. އަލްޔާ އަވަހަށް އަލަމާރި ހުުޅުވައިފަ ޖޫސް ތައްޓެއް އަޅައިގެން އައިސް މޭޒުމަތީ ބޭންދިއެވެ. ވިނާން އެއްނޭވައިން ޖޫސް ތަށި ބޮއެ ނިންމާލާފަ ތަށި ދިއްކުރަމުން ވައްތަރެއް ޖައްސާފަ ސިއްރު ސިއްރުން ހާދަ ލޯއްބޭކިޔާ ނިކުމެގެން ހިގައްޖެއެވެ. އަލްޔާ އަށް އެވަގުތު ހީވީ ހާސް އުފާ އެއްފަހަރާ ލިބުނު ހެންނެވެ. މަޑުން ހިނިތުން ވުމަކާ އެކު ތަށި ހިފައިގެން އަލްޔާ ދިޔައީ ޒިންކު ކައިރިއަށެވެ. އޭރު ޖަޔާ ހޭވައްޓާލައިފަ ދިޔައީ ކޮކުުޅު ނޮޅަމުންނެވެ” އަލްޔާ ނެތީމަ އަހަރެން ބަރާބަރު ފޫހި ހުންނަނީ އަލްޔާ ބަދިގެއަށް ނާންނަނީ އަހަރެން ބަރާބަރު ފޫހި ހުންނަނީ. ” ޖަޔާ ހިނި އައިސް ހުރެ އަލްޔާއާ ވާހަކަ ދައްކަމުން ދިޔައެވެ. ” އަލްޔާ ނެތީމަ ޖަޔާ ބަރާބަރު ފޫހި ހުންނަނީ އެކަމަކު ޖަޔާ ކުރީގަ ބަރާބަރު އެކަނި ހުންނަނީ ފޫހި ނެތީދޯ؟” އަފީފާ ވެސް އެމީހުނާ ބައިވަމުން ބުނެލިއެވެ. އަލްޔާ އެއްވެސް އެއްޗެއް ނުބުނެ ހުރީ ހިނި އައިސްއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
24 Comments!
Comments are closed.



Mi part ves kamu dhaane kamah heekuran mistake huredhaane ragalhah balaa nulevi publish ah fithaa levunee
V nice .
Thanks aish
V v v kamudhey its superb???
Thanks aan
Hehe.. heyvahtaalaafa kukulhu nolhun.. haha.. majaaa.. mi part vx v obi as always.. ?
Hehe dhw ram thanks ram
Mistake vex hunnane dhww. Bt mi storyyy Al v kiyaahiyveyy. V reethi story dhaagoiy
Thanks alvyn assu igeytha by gotheh liye liye huhtaa publish ah fithunee
Vvvv salhi next part avaha nereyne kameh ummedhukuran
Thanks naxxa insha Allah v avahah kuraanan
Ohh wow masha allah v v v rythi v v furihama?? alyaa ah ufaaverikan libijje dhw ??? whn nxt prt avas plx plx gud nyt ly???❤??
Thanks khajja hehe vedhaane alya ah fenna huvafeneh kamah ves dhw
Hehe afeefa hama asluves rangalhu vytha vazna aeema dhen vaany kihinehba ? V salhi ingey?❤❤
Thanks hawwa hikadhi gain vass kenduneema thoache afeefa ragalhuvaanee
V Salhi aneh part Avass koh please please
Thanks reet v avahha kuraanna
Dhivahi bass thereah English bass nulaa liyaa vaahaka thah v reethi vaane
Yap varah try kuran english bassthah use nukureveythoa aharumenge bass kuriaruvaa aalaa kuran jeheynee Hama aharumen beyrun bayaku naananaane ekan kuran
English vaahakathakun dhivahi bass fenaatha?
Hehe nuvaane kameh thee mi vaahakaaaga hureytha English bass beynun kohfa??
i dnt really think afeefa is all sweet and honey, she is just waiting for the right moment to attack poor alya again. her happiness wont last longer that i am sure with a witch pretending to b all sweet. waiting for next part
Hehe hingaa balamaa dhw
nice story….masha allah