Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތުގެ މިލްކުވެރިޔާ (ފަހުބައި)

azzadhil Level 210 Stories100 Comments
September 8, 2017 6 Mins Read
23 Comments

އަރުޝީ ގެ ވާހަކައިން ސިހުމަކަށް ފަހު ސިހުމެއް އެތާ ތިބި އެހެން މީހުންނަށް ލިބެމުން ދިޔައެވެ. ރޮވެމުން ދިޔަ އަރުޝީއަށް މޭގައި އަތްއަޅާ މެޔަށް ފިއްތާލެވުނީ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. މިތަންފެނި ދުރުގައި ހުރި ރިހާނީ އަށް ބާރަށް ހިނގާފައި އައިސް އަރުޝީ ގައިގާ ބައްދާލެވުނެވެ. އަރުޝީ ރޯތަން ފެނި ހިސާބަކަށް އާރާވްގެ ރުޅި ފިނިވި ނަމަވެސް ޒިވާންދެކެ އައިސްފައިވާ ރުޅި އިތުރުވިއެވެ. އަރުޝީ ގެ ލޮލުން ވެއްޓޭ ކޮންމެ ކަރުނަ ތިކެއްގެ ބަދަލު އާރާވްގެ ދެއަތުން ހިފަން ބޭނުންވިޔަސް އެކަން ގާނޫނުގެ މައްޗަށް ދޫކޮށްލުމަށް ހިތް ބުނަމުން ދިޔައެވެ. ހަމައެވަގުތު އައިސްފައިވާ ހުރިހާ ރުޅިއެއް ބޭލުނީ އަރިމަތީގައިވާ ފާރަށެވެ. ފާރުގައި އަތުން ޖެހިލެއް ބާރުކަމުން އެއަތުން ލޭއަންނަންފެށިއެވެ. އެއަށްފަހު ފާރުގައި ބޯޖަހައިގެން އޮވެ ރޮމުން ދިޔައިރު ކުޑަކުއްޖެއް ފަދައެވެ. އެމަންޒަރު ފެނި ކައިލްގެ ލޮލުންވެސް ކަރުނަ ނީރާލިއިރު ރިހާނީއަށްވެސް ހަމަރަނގަޅަށްވެސް ރޮވިއްޖެއެވެ. މިމަންޒަރު ބަލަން އުނދަގޫވެގެން އަރުޝީ އަނެއް ފަރާތަށް އެނބުރުނެވެ. އަދި އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މަސައްކަތް ކުރިއެވެ.

” އާރާވް ރުޅި އައިސް އަމިއްލަ ނަފްސަށް އަނިޔާކުރުމަކީ ހުރިހާ ކަމެއްގެ ހައްލެއް ނޫން.. ޒިވާން އަށް އޭނަ ކުރި ކުށުގެ ސަޒާ ލިބެންޖެހޭނެ.. އަހަރުމެން އަތުގަ މިއޮތީ ހެކި.. އަރުޝީވެސް އެހުރީ.. ލަސްނުކޮށް ކަމާބެހޭ ފަރާތަށް އަންގަން އުޅޭ” އާރާވްގެ ކޮނޑުގައި އަތް އަޅާލަމުން ކައިލް ވާހަކަ ދެއްކިއެެވެ.
” ފުރަތަމަ އަހަރެން ޖެހޭނީ މަންމަ ހަމައަކަށް އަޅުވަން.. ކައިލް އަށް މިވަގުތު އަހަރެން ބުނާ ގޮތަކަށް ކަންތައް ކުރެވޭނެތަ” އާރާވް ކައިލްގެ ކޮނޑުގައި ހިފަމުން ބުނުމާއެކު ކައިލް ބޯޖަހާލީ މިވަގުތު ކޮންމެ ކަމެއްވެސް ކުރަން ތައްޔާރަށް ހުރި ފަދައިންނެވެ.

އެނދުމަތީގައި އޮތް މައިރާއަށް ހީލަމުން ޒިވާން އެނދުން ތެދުވެ އަލަމާރީގައި އަޅުވާލެވިފައިވާ ޓީޝާޓް ނަގައި ގަޔަށް މަހާލިއެވެ. އެއަށް ފަހު އެނދުކައިރީގައި ބަހައްޓާފައިވާ ކުޑަ މޭޒުމަތީގައި އޮތް ފޯނު ނަގައި ލައިގެން ހުރި ޖިންސްގެ ޖީބަށް ލާން ދިމާކޮށްލި ވަގުތު ފޯނަށް ރަނގަޅަށް ބަލާލެވުނެވެ. އެހެންކަހަލަ ގޮތެއް ހީވުމުން ފޯނު ހުޅުވާފައި ބަލާލިއެވެ. ފޯނުގައި އިނީ ޒިވާން ލާފައި އިން ވޯލްޕޭޕަރއެއް ނޫނެވެ. ޕާސްވަރޑް ޖެހުމާއެކު އިންކަރެކްޓް އެރުމުން އަތުގައި އޮތީ ޒިވާން ގެ ފޯނެއް ނޫންކަން އެނގުންވިއެވެ.

“ޝިޓް..” ޒިވާން އަށް ބުނެވުނެވެ.
” ކިހިނެއްވީ..” ޒިވާންއަށް ވީގޮތް ފެނި އެނދުމަތިން ތެދުވަމުން މައިރާ އަހާލިއެވެ.
” އަހަންނަށް ހީވަނީ އާރާވްއާ ފޯނު އެކްސްޗޭންޖެވީހެން.. މިއަދު ހަވީރު ދެމީހުން ކޮފީއަކަށް ގޮއްސަ އަހަންނަށް މިއޮތީ އެޮޅިގެން އާރާވްގެ ފޯނު ގެނެވިފަ..” ޒިވާން ބުންޏެވެ.
” އޭގަ އިންނާނެ ދޯ އެއްކަލަ ވީޑިއޯ.. އަނެއްކާ ޒިވާން އޭތި ޑިލީޓްކޮށްލިންތަ..” ހާސްވެފައި މައިރާ އަހާލުމުން ޒިވާންއަށް ހެވުނެވެ.
” ހަނދާނެއް ނެތް ޑިލީޓް ކޮށްލާކަށް.. އެހެންނޫނަސް އާރާވްއަަކަށް ނޭނގޭނެ އަހަރެންގެ ފޯނުގެ ޕާސްވާޑެއް.. ސޯ ނޯ ވޮރީސް..” މައިރާގެ ނޭފަތުގައި ހިފާލަމުން ޒިވާން ބުންޏެވެ. އެއަށްފަހު ފޯނު ޖީބަށްލުމަށްފަހު ތަޅުދަނޑި ހިފައިގެން ގެއަށް ދިއުމަށްޓަކާ ނިކުތެވެ.

އާރާވް އާއި ޒިވާން ނައިސް ލަސްވެގެން ރައިހާނާ ކަންބޮޑުވެފައި ސޯފާގައި އިނެވެ. އިރުއިރުކޮޅާ ގަޑިއަށް ބަލަމުން ދިޔައިރު ގިނަ ވަގުތު ލޯހުއްޓިފައި ހުންނަނީ ދޮރާ ދިމާއަށެވެ. މިރޭ އާދަޔާ ހިލާފަށް ހިތްބިރުގަންނާތީވެ ދުލުން ހެޔޮ އެއްޗެއް ކިޔާލަ ކިޔާލާ އިންއިރު ދެއަތް ދެއަތާ މޮޑެވެމުން ދިޔައެވެ.

އިރުކޮޅަކުން ގެއަށް އައިސްވަން އާރާވް ފެނި ރައިހާނާއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. އާރާވްގެ އިންތިޒާރުގައި އިން ރައިހާނާ ފެނުމުން އާރާވްއަށް އިސްޖަހާލެވުނެވެ. ރައިހާނާއާއި ކުރިމަތިލުމުގެ ހިތްވަރެއް ނެތީ ކަންނޭނގެއެވެ. ރައިހާނާއާއި ދިމާއަށް އައިސް އައިސް ހުރި އާރާވްއަށް ވަކި ހިސާބަކުން ހުއްޓެވުނެވެ. ލޮލުން ވެއްޓުނު ކަރުނަ ތިކި ފޮހެލަމުން އަނެއްކާވެސް ކުރިއަށް ފިޔަވަޅެއް އެޅިއެވެ.

އާރާވްއަށް ވެފައި ހުރި ގޮތް ފެނި ރައިހާނާ އިތުރަށް ކަންބޮޑުވިއެވެ. އާރާވްގެ ރަތްވެފައިވާ ދެލޮލަށް ބަލާލުމާއެކު ކޮންމެވެސް ވަރަށް ބޮޑު ކަމެއް ވެއްޖެކަމަށް ހިތް ބުނަމުން ދިޔައެވެ. ޒިވާން އަށް ކަމެއްވީބައޭ ހިތަށް އަރާ ދޮރާ ދިމާއަށް ބަލާލެވުނީ ޒިވާން އާދޭތޯއެވެ.

” ދަރިފުޅާ ކިހިނެއްވީ .. ކޮބާ ދޮންެބެ.. ” އާރާވްގެ މޫނުގައި ފިރުމާލަމުން ރައިހާނާއަށް އަހާލެވުނުއިރު އެއަޑުގައި ތުރުތުރެއް ހުއްޓެވެ. ރައިހާނާއަށް ހުރިހާ ވާހަކައެއް ޒިވާން ކިޔައިދޭން ބޭނުންވިޔަސް އެހިތްވަރެއް ލިބޭގޮތެއް ނުވިއެވެ. ރައިހާނާ ގައިގާ ބައްދައިގަނެފައި ރޯންފެށުނީ ކުއްލިއަކަށެވެ. އާރާވްއަށް ވީގޮތް ފެނި ރައިހާނާއަށް ލިބިފައިވާ ބިރުވެރިކަން އިތުރު ވިއެވެ. ރޮނީ ކިހިނެއްވެގެންތޯ ސުވާލުކުރިއިރު ރައިހާނާއަށްވެސް ރޮވިއްޖެއެވެ. އާރަވް ރައިހާނާ ގެންގޮސް ސޯފާގައި ބޭންދިއެވެ. އަދި ހިތްވަރުކުރުމަށް ބުނެ ރައިހާނާ އަށް ނަސޭހަތްތެރިވިއެެވެ.
” މަންމާ.. ބައްޕަ.. ބައްޕާ މިހާރު މުދުނިޔެއަކު ނެތް..” ރޮވިފައިވާ އަޑަކުން އާރާވްއަސް ބުނެވުނެވެ.
” ތީ ދަރިފުޅުމެން އަބަދުވެސް ކިޔާ އެއްޗެއްނު.. ” ހަމަޖެހެން މަސައްކަތް ކުރަމުން ރައިހާނާ ބުންޏެވެ.
” ނޫންް.. މަންމާ.. މީހަކު ބައްޕަ މަރާލައިފި” ދެލޯމަރާ ތަގުޅިކޮށްލަމުން ހިތްވަރުކޮށްފައި އަރާވް ބުންޏެވެ. ރައިހާނާގެ ދެލޯ ބޮޑުވެ މީހާ ފިނިވިއެވެ. ބަހެއް ކިޔާނެ ހިތްވަރެއް ނުލިބި އާރާވްއަށް ބަލަހައްޓައިގެން އިނީއެެވެ.
” ކާކު..” ރައިހާނާއަށް އަހާލެވުނެވެ.
” މަންމާ.. މަންމައަށް ފަހަރެއްގަ ޤަބޫލުވެސް ނުކުރެވިދާނެ.. އެކަމަކު އަހަރެންެ އަތުގަ އެބަހުރި ހެކިވެސް.. މަންމާ.. ބައްޕަ މަރާލީ…. ޒި..ޒި..ޒިވަ..ޒިވާން…” ހިތްވަރުކޮށްފައި އާރާވްގެ ދުލުން ޒިވާންގެ ނަން ކިޔާލުމާއެކު ރައިހާނާގެ އަތުގެ ހޫނު އެތިފަހަރެއް އާރާވްގެ ކޯތާފަތްމައްޗަށް އަރައިގެން ދިޔައެވެ. އެވަގުތުވީ ޒިވާންެވެސް ގެއަށް އައިސް ވަން ވަގުތަށެވެ. ޒިވާން އާއި ދިމާއަށް ބަލާލެވުނީ ރައިހާނާއާއި އާރާވްއަށް އެކީގައެވެ. ޒިވާން ފެނުމާއެކު ރައިހާނާ ދުވެފައި ޒިވާން އާއި ދިމާއަށް ދިޔައެވެ.
” ދަރިފުޅާ މިއާރާވް މިކިޔަނީ ކީކޭ.. ބުނޭ އެއީ ދޮގެކޭ.. އަހަރެންގެ ހިތެއް ނުބުނޭ ޒިވާން އެކަހަލަ ކަމެއް ކުރާނެއެކޭ…” ޒިވާން ގައިގާ ފިރުމަމުން ރައިހާނާ ބުނިއިރު މޮޔައެއް ފަދައެވެ.
” ކީކޭތަ އާރާވް ކިޔަނީ” ތެޅި ތެޅި އޮތް ހިތަކާ އެކު ޒިވާން އަށް އަހާލެވުނެވެ. އެވަގުތު އާރާވް ބާރަށް ހިނގާފާއި އައިސް ރައިހާނާ ދުރަށް ލިއެވެ. އަދި ހިތްވަރާއެކު ޒިވާންއާއި ކުރިމަތިލިއެވެ.
” ކަލޭގެ ތި ގޮތްކުޑަ އަތުން އަހަރެންގެ މަންމަ ގައިގަ އަތް ނުލާތި.. އަހަރެންގެ ބައްޕަ މަރާލި ދެއަތުން އަހަރެންގެ މަންމަ ގައިގަ އަތްލިޔަސް މިދެއަތް ބިންދާލާނަން” ޒިވާންގެ ލޮލުގައި ކިރިޔާ ނުޖެހޭ ވަރަށް އިނިގިލި ދިއްކޮށްލަމުން އާރާވް ބުނެލިއެވެ. ޒިވާންއަށް ކޮންމެވެސް ވަރަކަށް ވީގޮތް އެނގި މޫނުމައްޗަަށް މައުސޫމުގޮތެއް ވެރިކުރުވިއެވެ.
” މަންމާ އާރާވް މިކިޔަނީ ކީކޭ.. އަހަރެން ބައްޕަ މަރައެއް ނުލަން..” ޒިވާން ރޮއެގަންނަމުން ރައިހާނާ ކައިރިއަށް ދިޔައެވެ. ނަމަވެސް މިފަހަރުވެސް އާރާވް ކުރިމައްޗަށް އަރާ ޒިވާން އަށް ރައިހާނާ ކައިރިއަށް ދިއުމަށް މަނާ ކުރިއެވެ.
” ދަރިފުޅު މޮޔަވީތަ.. ބަލަ އެއީ ދަރިފުޅުގެ އެއްބަނޑު އެއްބަފާ ބޭބެއޭ.. ތިކިޔަނީ ކީކޭކަން އެބަ އެނގޭތަ” އާރާވްގެ އަތުގައި ހިފާ ރައިހާނާއާއި ވީ ފަރާތަށް އަނބުރާލަމުން ރައިހާނާ ބުންޏެެވެ.
” ބައްޕަ ގެ ހަލާލު ދަރިއެއް ދުވަހަކުވެސް ބައްޕަ މަރައެއް ނުލާނެ.. މިޒިވާން އަކީ އެހެން މީހެއްގެ ދަރިއެއްނު…” އާރާވްގެ ޖުމްލަ އިވުމާއެކު ރައިހާނާއަށް ސިހުމެއް ލިބިގެން ދިޔެއް ކަމަކު ޒިވާން އަށް އެއީ މާބޮޑު ކަމަކަށް ނުވިއެވެ.
” މަންމާ ހެޔޮ ނުވާނެ ޤަބޫލުކޮށްބާ.. އަހަރެން އެބަހހުއްޓޭ ހެކި” ރައިހާނާގެ ދެކޮނޑުގައި ހިފާލަމުން އާރާވް ބުންޏެވެ. ދެން ސަލާމަތެއް ނެތްކަން އެނގުމުން ޒިވާން މަޑުމަޑުން ފަހަތަށް ޖެހެމުން ގޮސް ދާން ވެގެން އަނެއް ފަރާތަށް އެނބުރުނު އިރު ފުލުހުން ގޮވައިގެން ކައިލް އައިސް ވަންނަނީއެވެ. ކައިލްގެ ފަހަތުން އަރުޝީ ގޮވައިގެން ރިހާނީވެސް އާދެއެވެ.

” ކަލެއަކަށް ސަލާމަތެއް ނެތް.. އަހަރެން ބޭނުންވި ނަމަ ކަލެއަށް ސަޒާ ދޭނީ އަހަރެންގެ މިދެއަތުން… އާނ އެކަމަކު އެއްކަމެއް ކުރަން ބޭނުން..” މިހެން ބުނެ އާރާވް ޒިވާން އާއި ދިމާއަށް ދިޔައެވެ. ކުއްލިއަކަށް އަތް ނަގާފައި ގޮށްމުށުން ޒިވާންގެ އަނގަމަތީގައި ޖެހީ އެކަކުވެސް އެކަމަަށް ނުވިސްނާ ހުއްޓައެވެ.

” ކަލޭވެސް ކުށެއް ނެތް އަރުޝީ ގައިގާ ޖެހީ މިގޮތަކަށްނު.. އިހުސާސްވޭ ދޯ މިހާރު އޭނައަށް ވާނެ ތަދު.. އަދިވެސް އަހަރެން ބޭނުން ކަލެއަށް އެތައް އަނިޔާއެއް ދޭން.. ” އާރާވްގެ ޖުމްލަ ނިމުުނު އިރު ދެފުލުހުން އައިސް އާރާވްއާއި ޒިވާން ދުރުކުރަން މަސައްކަތް ކުރަނީއެވެ.

” ކަލޭ ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް ކަލެއަކަށް އަރުޝީއެއް ނުލިބޭނެ.. އަރުޝީ ކަލެއަކާ ނީންނާނެ” ޒިވާން ތުންފަތުން އައިސްފައިވާ ލޭތައް ފޮހެލަމުން ހަޅޭއްލަވައިގަތެވެ.

އެވަގުތު އެތާ ތިބި އެހެން މީހުންނަަށް ލިބިގެން ދިޔަ ސިހުމާއެކު ޒިވާން އަށް ބަލާލެވުނެވެ.

” ތަގުދީރުގަ އަހަރުމެން ދެމީހުން ގުޅުމަށް ލިޔެވިފަ ވަންޏާ ކަލެއަކަށްވެސް އަހަރެން ނުހުއްޓުވޭނެ..” އާރާވް ވެސް ބުނެލިއެވެ.
” އެހެންތަ.. ތިއެއް ބަލާލާނަމޭ މިފަހަރު” މިޖުމްލައާއި އެކު ފުލުހުން ހިފަހައްޓާފައި އޮއްވާ ޒިވާން އަރުޝީއާއި ވީ ފަރާތަށް އެނބުރުނެވެ. އެވަގުތު ޒިވާން އަރުޝީއާއި ދިމާއަށް ގޮސްދާނެތީ އާރާވް ގޮސް އަރުޝީ ފޮރުވާލަމުން ޒިވާންގެ ކުރިމައްވަށް އެރިއެވެ.

” އެނގޭތަ ކަލޭގެ މޭގެ ތެރޭގައި ތިއޮތީ ކާކުގެ ހިތެއްކަން.. ” ޒިވާންގެ ޖުމްލައާއި އެކު އާރާވްއަށް އަމިއްލަ މޭގައި އަތް އަޅާލެވުނެވެ.
” އަރުޝީ.. ކަލޭގެ ލޯބިވާ ކައިސަންގެ ހިތް އެއޮތީ އާރާވްގެ މޭތެރޭގައި.. އަހަރެން ކައިސަން ހިތް ނެގީ އޭނަ ދިރި އޮއްވަ.. އާރާވްގެ މޭތެރޭގައި ވިންދު ޖަހަމުން އެދަނީ ކައިސަންގެ ހިތް” ޒިވާންގެ ޖުމްލަތަކާއި އެކު މުޅިތަނަށް ހޮނު ގުގުރިއެއް އެޅި ކަހަލައެވެ. އެވަގުތު އަރުޝީ ބޮލަށް އެނބުރުން އަރައިގެން ގޮސް ރިހާނީ އަތްމައްޗަށް ދެމުނެވެ. ލިބުނު ޝޮކުގެ ސަބަބުން ގައިން ވަރުދޫވެ ވެއްޓެން އުޅުނު އާރާވްއަށް ދިމާއަށް ދިޔައީ ކައިލް އާއި ރައިހާނާއަށް އެއްކޮށެވެ.
***********
އަރުޝީއަށް ލޯހުޅުވާލެވުނު އިރު އެނދުމަތީގައި ކައިރީގައި އިށީނދެލައިގެން ރައިހާނާ އިނެވެ. ބޯލާކޮޅުގައި ރިހާނީ އިން އިރު ކުޑަދޮރުން ބޭރު ބަލަހައްޓައިގެން އާރާވް ހުއްޓެވެ. މިފަހަރު އާރާވް އާއި ދިމާއަށް އަރުޝީ އަށް ބަލާލެވުނީ މުޅިން އެހެން ނަޒަރަކުންނެވެ. އަރުޝީ ހޭއަރައިފިކަން އެނގުމުން އާރާވް އަރުޝީ ކައިރިއަށް ޖެހިލިއެވެ. އާރާވްގެ މޫނުމަތިން އަރުޝީއަށް ކައިސަން ސިފަވެގެން ދިއުމާއެކު ލުއި ގޮތަކަށް ހީލެވުނެވެ.

” ވީކަމެއްވީ.. ދުވަހަކުވެސް ހިޔެއް ނުކުރަން އަހަރެން މިދެއަތުން ބަލާބޮޑުކުރި ކުއްޖެއް އަހަންނަށް މިފަދަ ދެރައެއް ދީފާނެ ކަމަކަށް.. އެކަމަކު މިއަދު އަހަރެން ވަރަށް އުފާވެއްޖެ.. އަހަރެންގެ ފިރިމީހާ އާއި އަދި އަރުޝީގެ ފިރިމީހާގެ ޤާތިލަށް އެކަމުގެ ސަޒާ ލިބުނީތީ.. ކުރިއަށް އޮތީ އުފާކުރަންވީ ދުވަސްތައް” ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލަމުން ރައިހާނާ ބުންޏެވެ. ރައިހާނާއާއި އެއްބަސް ވުމުގެ ގޮތުން ރިހާނީއާއި އާރަވްވެސް ބޯޖަހާލިއެވެ.

” އަހަރެން ބޭނުން ގެއަށް ދާން” އޮތްތަނުން ތެދުވާން މަސައްކަތް ކުރަމުން އަރުޝީ ބުންޏެވެ.
” ނޫން.. އަރުޝީ ހުންނާނީ އަހަރެން ކައިރީގައި.. އަހަންނަށް އެނގޭ އަހަރެން ދައްކަން މިއުޅެނީ އާ ވާޙަކައެއް ނޫންކަން.. އަދި މީ އެންމެ ރަނގަޅު ވަގުތެއްވެސް ނޫންކަން.. އަހަރެން ބޭނުން އަރުޝީ އަހަރެންގެ ދަނބި ދަރިއަކަށް ހަދަން.. އަހަންނަށް އެނގޭ އަހަރެން އާރަވް އަރުޝީދެކެ ވަނީ ހަޤީގީ ސާފު ތެދުވެރި ލޯބިކަން.. މީ މައެއްގެ އާދޭހެއް ކަމަށް ބަލާ އަރުޝީ އަހަރެންގެ އާރާވްއާއި އިންނަން ވީނު” ރައިހާނާ މިހެން ބުނުމާއެކު އާރަވްއަށް ލަދުން އިސްޖަހާލެވުނެވެ. އަރުޝީ އިރުކޮޅަކު ވިސްނާލަން އޮތުމަށްފަހު ލަދުރަކި ހިނިތުންވުމެއް ވެރިކުރުވަމުން އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އެވަގުތު ވީ އުފަލުން ރިހާނީ ޔޭ އޭ ކިޔާ ހަޅޭއްލަވައިގަތެެވެ.

ދެމަސް ފަސް
ވޭތުވެ ދެމަސް ދުވަސް ތެރޭގައި ކައިސަން އާއި ޒަހީންގެ އިިތުރުން މަރިޔަމް މަރާލި ކަމުގެ ތުހުމަތުގައި ޒިވާންއަށް ގާނޫނު އުޤޫބާތުގެ ދަށުން މެރުމަށް ހުކުމް ކުރިއެވެ. އަދި އަރުޝީ ވަރި ސާބިތު ކުރުމާއެކު މުދާ ގަނޑު އަލުން އޭގެ ވެރިފަރާތަށް ރައްދު ކުރުމަށްވެސް ހުކުމް ކުރިއެވެ. އައިދަން އާއި މައިރާ އަށް އެކަމުގައި ބަައިވެރި ވުމުގެ ތުހުމަތުގައި އުމުރު ދުވަހުގެ ހުކުމެއް އިއްވުނެވެ.

….
މިރެއަކީ އަރުޝީގެ ހަޔާތަށް އަންނަ އެންމެ އުފާވެރި ރެއެވެ. މިރެއަށް ފަހު އަރުޝީއަކީ އާރާވްގެ ހައްޤެކެވެ. އަރުޝީއަށް އަލުން އޭނާގެ ލޯބިވެރިޔާ ކައިސަން ލިބުނު ފަދައެވެ. އާރާވް ކޮޓަރިއަށް ވަން އިރު އަރުޝީ އިނީ އެނދުގައި އިށީނދެލައިގެންނެވެ. އާރާވް ފެނުމާއެކު ލަދުން އިސްޖަހާލިއިރު އެދޮން މޫނަށް ރަތްކަމެއް ވެރިވެފައި ވެއެވެ. އާރާވް ތުންފަތް މައްޗަށް ވެރިވި ލާނެތް ހިނިތުންވުމާއެކު އަތުގައިވާ ކޮތަޅު ހިފައިގެން އަރުޝީއާއި ދިމާއަށް ދިޔައެވެ. އެއަށްފަހު ކޮތަޅު ތެރެއިން ކަޅުކުލައިގެ ބޮޑު އަބާޔާ ހެދުމެއް ނެގުމަށްފަހު އަރުޝީއަށް ދިއްކޮށްލަމުން އެލައިގެން އައުމަށް އަރުޝީ ކައިރީ ބުންޏެވެ. ހައިރާންވެފައި އަރުޝީ އޭގައި ހިފައިގެން ފާހާނައަށް ވެނެވެ. ފަސްމިނެޓް ފަހުން ފާހާނައިން ނިކުތީ އެހެދުން ލައިގެންނެވެ. އެއަށްފަހު އާރާވް މަޑުމަޑުން އަރުޝީ ކައިރިއަށް ޖެހިލިއެވެ. އަދި އަރުޝީގެ ބޮލުގައި އަޅާފައިވާ އާދައިގެ ކަޅު ބުރުގާ ނަގާލިއެވެ. އަރުޝީއަށް އިސް އުފުލާލާފައި އާރާވްއަށް ބަލާލާކަށްވެސް ނުކެރުނެވެ. ހަމައެވަގުތު ޒިވާން ކޮތަޅު ތެރެއިން ކަކުލައަށް ވުރެ ތިރިއަށް ދާވަރުގެ ބޮޑު ބުރުގަލެއް ނަގާ އަރުޝީ މޫނަށް ހެޔޮވަރު ކޮށްލިއެވެ. އެއަށްފަހު ކަޅު ކުލައިގެ ފޮތިގަނޑެއް ބޮލުގެ ފަހަތަށް ވާގޮތަށް އައްސާލުމަށް ފަހު މފޮތިގަނޑު މަތީބައި ބޯމައްޗަށް ނެގިއެވެ. އެވަގުތު ފެންނާން ހުރި ހަމައެކަނި އަރުޝީގެ ލޮލުން ކަރުނާ ނީރާލިއެވެ.
” އަހަރެން ބޭނުމެއް ނޫން އަހަރެންގެ އަންހެނުން އެއްވެސް ހިލޭ ފިރިހެނަކަށް ފެންނާކަށް.. ތީ ހަމައެކަނި އަހަރެންގެ ހައްގެއް” އަރުޝީގެ ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލަމުން އާރާވް ބުންޏެވެ. އަދި އަރުޝީގެ އުނަގަނޑުގައި ހިފާ ގަޔާ ކައިރިކޮށްލުމާއެކު އަރުޝީ އާރާވްގެ މޭގައި ބޯއަޅާލިއެވެ.
” އިވޭތަ އަހަރެންގެ ހިތް ތެޅޭ އަޑު” އަރުޝީ ގައިގާ އަތް ވަށާލަމުން އާރާވް އަހާލުމުން އަރުޝީ ހުމްްމް އެއް ލައްވާލިއެވެ.
” މިހިތަކީ ހަމައެކަނި އަރުޝީގެ މިލްކެއް .. މިހިތް ތެޅެމުން އެދަނީ ހަމައެކަނީ އަރުޝީއަށްޓަކާ.. މިހިތުގެ ހަމއެކަނި މިލްކުވެރިޔަކީ ތީ” އާރާވް ޖެ ޖުމްލަތަކާއެކު ކުރިއަށްވުރެވެސް ބޮޑަށް އަރުޝީއަށް އެމޭތެރޭގައި ބޮނޑިވެލެވުނެވެ. އެވަގުތު އާރާވް އަރުޝީގެ ނިތްކުރިއަށް ބޮސްދިނުމަށްފަހު ކުރިއަށް ވުރެވެސް ބޮޑަށް އަރުޝީ ބޮނޑިކޮށްލިއެވެ.

-ނިމުނީ-

Share Article

Follow Me Written By

azzadhil

Level 210 Stories100 Comments

Other Articles

Previous

ލޯބިން އަންނާށޭ ކަލާ (އެކާވީސް ވަނަ ބައި)

Next

02:30 އެކާވީސްވަނަ ބައި

Next
September 8, 2017

02:30 އެކާވީސްވަނަ ބައި

Previews
September 8, 2017

ލޯބިން އަންނާށޭ ކަލާ (އެކާވީސް ވަނަ ބައި)

23 Comments!

  1. Minha says:
    September 8, 2017 at 5:52 pm

    Woow??

  2. maroon says:
    September 8, 2017 at 5:54 pm

    Wow. Amazing. Outstanding.. ❤

  3. ?shi? says:
    September 8, 2017 at 5:55 pm

    yey me 1st dhw.. v Reethi

  4. azzadhil says:
    September 8, 2017 at 5:57 pm

    alhamdulillah. varah masahkathun vaahaka ninmaalevijje. mi vaahakayah support dhin hurihaa kudhinnah jazakallah khair.. ummedhu kuran in sha allah adhi bahdhaluvaane kamah.. fee amanillah hurihaa kudhin.. lwbivey hurihaa kudhin dhekeves :* :*

  5. Anm says:
    September 8, 2017 at 5:58 pm

    V reethi

  6. Axu says:
    September 8, 2017 at 6:05 pm

    v salhi vaahaka eh❤❤

  7. Juvey says:
    September 8, 2017 at 6:11 pm

    Wow v reethi. .???

  8. Adam says:
    September 8, 2017 at 6:17 pm

    Wow alhe hama nimuneetha???

  9. zuvan A Z U says:
    September 8, 2017 at 6:51 pm

    i m speech less.. azza ur super b

  10. Shaaa says:
    September 8, 2017 at 6:54 pm

    Maasha allah v reethi?????
    Fee amaanillaahi azza ah vs n to oll.

  11. Shifu says:
    September 8, 2017 at 6:58 pm

    Shifu ah eyruves heeviyey. Alhe v reethi v furihama.

  12. Reet says:
    September 8, 2017 at 7:05 pm

    V reethi mikahala kiyaahithvaa vahaka eh fonuvaane kamah heekuran

  13. khajja says:
    September 8, 2017 at 7:22 pm

    Ohhh wow???? v v v nice masha allah?? hithavves nugeneveyfadha gothakah aaraav thikanthah kury I luv nigaab stry v v v habeys thanks 4 the luvly stry dear thank u sooo much

  14. Snow says:
    September 8, 2017 at 7:45 pm

    Wow…v loabi story eh. Maasha allah…❤ glad to get to read such a lovely story…

  15. song joong ki..KOREAN says:
    September 8, 2017 at 9:36 pm

    wowww. haadha salhiey vaahaka. welldone 😀 😀

  16. Xxxx says:
    September 8, 2017 at 11:02 pm

    Woooooowww..v.beautiful story…nice ending.thank u..??????????keep it up…

  17. Mysh says:
    September 8, 2017 at 11:50 pm

    Wowwwww..maasha allah..v rythi stwry eh..adhives mikahala stry eh kiyaaleveyne kamah unmeedhu kuran❤

  18. Kuda Kamana says:
    September 9, 2017 at 9:42 am

    Vaahaka v hiygaimu..

  19. Arushy says:
    September 9, 2017 at 12:30 pm

    Vaahaka varah reethi ❤ Masha Allah ❤

  20. Imtoa? says:
    September 9, 2017 at 12:59 pm

    awlhe storie varah reethi…I totally love it??

  21. click a shot ? says:
    September 9, 2017 at 4:35 pm

    Varah salhi vaahaka…??☺️

  22. Sharey says:
    September 23, 2017 at 11:41 am

    Omg…very nice..an amazing story..adhi ehfaharu beynun kiyaalan..❤❤❤???

  23. Sham says:
    January 27, 2018 at 9:36 pm

    The best??

Comments are closed.



All Right Reserved!