Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން އަންނާށޭ ކަލާ (އެކާވީސް ވަނަ ބައި)

Rau Level 210 Stories100 Comments100 Login
September 8, 2017 3 Mins Read
18 Comments

ނިދާފައި އޮތް ޖައިޝްއަށް ބަލަހައްޓައިގެން ހުރެ ޖައިޝްގެ މޯބައިލް ފޯނު ކަންފަތުގައި ޖަހައިގެންހުރި އިނާޒާގެ ހިއްސުތައް ޑރ. ލަތީފް ދިން ޚަބަރުން ހަމައިން ނައްޓުވާލި ފަދައެވެ. ގަޔަށް ފިނިގަނޑެއް އަރައި ފައިބައިގެން ދިޔަހެން އޭނާއަށް ހީވިއެވެ. ހުވަފެނަކުން ހޭނުލެވިގެން އުޅޭ މީހަކު ފަދައިން މޭގައި އޮވެ ބާރު ބާރަށް ތެޅެމުން ދިޔަ ހިތާ ދިމާލުން މޭގައި އޭނާއަށް އަތް އަޅާލެވުނެވެ.

“ހެލޯ ޖައިޝް… އެބަ އަޑު އިވޭތަ؟ ހެލޯ…. ހެލޯ..” ޖައިޝް އަނގައިން ނުބުނުމުން ޑރ. ލަތީފް ފޯނު ކަނޑާލިއެވެ. ދެވަނަ ފަހަރަށް ގުޅަންވާއިރަށް އިނާޒާ ފޯނު ނިއްވާލިއެވެ. މިއަދު އޭނާއަށް މިއިވުނީ ހަގީގަތެއްނަމަ، އޭނާ ދާން ބޭނުންވާ މިސްރާބު،  ގެއްލުމާ ކައިރިވީއެވެ. ދުށް ހުރިހާ ހުވަފެނެއް ބިލާހަކަށް ވުމާ ގާތްވަނީއެވެ. އިނާޒާގެ އެދުމަކީ ޖައިޝްއާއި އަނުމްގެ ކައިވެންޏެވެ. އެކައިވެނީގެ ބަދަލުގައި އޭނާއަށް ލިބޭނެ ވަރަށް ބޮޑު އުފަލެއްވެއެވެ. ދިރިއުޅުމުގައި އޭނާ ހެދި ހުރިހާ ގޯހެއް ގޮސް ގުޅިފައިވާ އުފަލެވެ. އޭނާގެ އަމިއްލަ އެދުން ހާސިލް ނުވާނަމަ، އަނުމްއަކީ އޭނާއަށްޓަކައި އެއްވެސް މީހެއް ނޫނެވެ. އޭނާ ބޭނުންވާ ކަންތައް ހާސިލް ކުރަން ދެން އޮތީ ކުޑަ ދުވަސް ކޮޅެއްކަން އެނގުމުން އިނާޒާ ހާސްވާ ގޮތްވިއެވެ.

“މަންމާ…” ކުއްލިއަކަށް ބާރު އެތި ފަހަރެއް ވެއްޓި ޖެހުނު އަޑަށް ޖައިޝްއަށް ފުންމައިގެން ތެދުވެވުނެވެ. ކުރިމަތީގައި ޚަބަރު ހުސްވެގެން ވެއްޓިފައި އޮތީ އިނާޒާއެވެ. އިނާޒާ ނަގައިގަނެގެން ގޮސް އެނދުގައި ބޭއްވުމަށްފަހު އާއިލީ ޑޮކްޓަރަށް ގުޅާން އޭނާގެ މޮބައިލްު ހޯދާ ހޯދާ ނުފެނުމުން ކޮޓަރީގެ ފޯނު ލައިން އިން ޑރ. އިމާދުއަށް ގުޅިއެވެ. ޑރ. އިމާދަކީ ޒަމާނުންސުރެ އިނާޒާމެންގެ ޚިދުމަތުގައި ދެމިހުރި ޠައްޔިބާއި އިނާޒާގެވެސް ވަރަށް ގާތް ޑޮކްޓަރެކެވެ.

” ލޭގެ ޕްރެޝަރ ވަރަށް މަތި….. އަޅާ ނުލެވިއްޖިއްޔާ މިއީ ފުރާނައަށްވެސް ނުރައްކާ ވެދާނެ ކަހަލަ ކަމެއް….. އިނާޒާ ކަމަކާ ހިތާމަ ކުރަނީތަ؟…” ބޭސް ލިޔެ ދެމުން ޑޮކްޓަރު ވާހަކަ ދެއްކީ ޖައިޝްއާއެވެ. ޖައިޝްއާއެކު ކޮޓަރިތެރޭގައި ތިބި އެހެން މީހުންގެ މޫނު މަތިންވެސް ފެންނަނީ ހިތާމައިގެ އަސަރެވެ.

“މަންމަ އެވަރަށް އާދޭސް ކުރާ އިރުވެސް ޖައިޝް ނޫޅޭވިއްޔަ އަނުމް އާ އިންނާކަށް… ޖައިޝްއަށް ނޭނގުނަސް އެކަމާ މަންމަ ހާދަ ވިސްނައޭ…. މަންމަ އަށް ކަމެއް ވެއްޖިއްޔާ އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ޖައިޝް…..” ޑރ. އިމާދު ދިއުމުން، އެހެން ނުބުނެ މެހެރުއްނިސާއަކަށް ކެތެއް ނުވިއެވެ. މެހެރުގެ އެބަސް ޖައިޝްގެ ހިތުގައި ޖެއްސުވިއެވެ. ބައްޕަ އެހާލަތުގައި އޮއްވައި އަނެއްކާ މަންމަ ގެއްލޭކަށް އޭނާ ނޭދެއެވެ.

“މަންމާ… މަންމަ އުފާވާނީ އަހަރެން އަނުމްއާ ކައިވެނިކޮށްގެން ކަމަށް ވަންޏާ އަވަހަށް ކައިވެނީގެ ތައްޔާރީތައް ވާންފަށާ… މަންމަ ބުނާ ދުވަހެއްގަ ކައިވެނި ކުރަން އަހަރެން ތައްޔާރު….” ދެ ލޯ ހުޅުވާލައިގެން ޖައިޝްއަށް ބަލަން އޮތް އިނާޒާގެ މަގަތުގައި އިށީންނަމުން ޖައިޝް އިނާޒާގެ އަތުގައި ހިފާލިއެވެ. ޖައިޝް އެހެން ބުނެލުމުން އިނާޒާގެ ހުރިހާ އުންމީދެއް ފުރިހަމަވިފަދައެވެ. އޭނާއަށް ލިބިފައިމިވާ މަދު ދުވަސްކޮޅުގެ ތެރޭގައި ވީ އެންމެ އަވަހަކަށް ކައިވެނީގެ ތައްޔާރީތައްވާން އޭނާ ނިންމިއެވެ.

އަރާމްކުރަން އިނާޒާގެ ކޮޓަރިއަށް އިނާޒާއާއެކު އެންމެން ދިއުމުން ފޯނު ފެނޭތޯ ކޮޓަރީގެ އެކި ތަންތަން ބަލަމުން ގޮސް އެނދު ދަށް ބަލާލެވުނު އިރު ފޯނު އެނދު ދަށުގައި އޮތީތީ ޖައިޝްއަށްފެނުނެވެ. ފޯނާ ގާތުގައި އެއްކަލަ ހުދު ސިޓީއުރަވެސް އޮތެވެ. ފޯނު ހުޅުވާލަމުން ފޯނާ ސިޓީއުރަ ނަގައިގެން އެނދުގައި އިށީނދެލަމުން ޖައިޝް ވިސްނާލިއެވެ. މިސިޓީއަކީ ބަލްޚާ ދިޔަ ދުވަހު އޭނާއަށް ފެނުނު ސިޓީ އުރައެވެ. ޓޭބަލްލޭމްޕް ކައިރީ ބޭއްވި އެއްޗެއް އެނދު ދަށަށް ދިޔައީ ކިހިނެއްހެއްޔެވެ؟ ލަކްޝްމީމެން ކޮޓަރި ސާފުކުރާ އިރު ނުބަލަންޏާ ވާނީ މިހެން ނޫންހެއްޔެވެ؟ ހިތުގައި އުފެދުނު ސުވާލަށް އަމިއްލައަށް ޖަވާބު ދެމުން ޖައިޝް ސިޓީއުރަ ކަނޑާލިއެވެ. އެއީ ޠައްޔިބުގެ އަތުލިޔުމުން ސީދާ ޖައިޝްއަށްޓަކައި ލިޔެފައިވާ ސިޓީއެކެވެ.  ޠައްޔިބު ކޯމާއަށް ދިއުމުގެ ކުރިން ބުނީ މިސިޓީގެ ވާހަކަން ޔަގީންވުމުން ޖައިޝްގެ ޝައުގުވެރިކަން އިތުރުވިއެވެ. ސިޓީ ނިއުޅުވާފައި ކިޔަންފެށިއެވެ. ޖައިޝްގެ މާޒީ، ފެށުމާ ހަމައިން އެ ސިޓީގައި ޠާއްޔިބު ލިޔެފައިވެއެވެ.

******

“ވަރަށް ފުރިހަމަ….” އެމީހުންނާ ދިމާއަށް ލަދުރަކި ހިނގުމެއްގައި ލަސް ލަހުން ހިނގަމުންއައި ސަކީނާއަށް ލޮލުގެ ހިމަކޮޅުން ބަލާލަމުން ރަޝީދުގެ ކޮނޑުގައި އުޅަނބޮށި އަޅުވާލަމުން ރަޝީދުގެ ކަންފަތް ދޮށުގައި އެހެން ބުނެލުމަށްފަހު ޠައްޔިބު ފަސް އެނބުރި ހިނގައިގަތެވެ. އެނބުރި ސަކީނާއަށް ރަނގަޅަށް ބަލާލަމުންނެވެ.

އެންމެ ގާތް ރަޙުމަތްތެރިއާގެ ދިރިއުޅުމަށް ސަކީނާ ފަދަ ރީތި އަންހެން ކުއްޖަކު އައީތީ އޭނާ އުފާކުރިއެވެ. އޭނާގެ ހިތުގެ ދުޢާއިކީ ލިބިފައިވާ ރީތި ކަމާ އެއްވަރަށް ސަކީނާއަކީ ރަޝީދުގެ ދިރިއުޅުން އުޖާލާ ކޮށްލަ ދޭނެހެޔޮލަފާ އަންބަކަށްވެސް ވުމެވެ.

މުޅި މާހަވްލަށް ފެތުރިފައިވާ ރިހި ހަނދުވަރުގެ އަލީގައި ތިބެ ދިރިއުޅުމުގައި ދެމީހުން އެކުގައި ކުރިއަށް ފިޔަވަޅު އަޅަން އެރޭ ރަޝީދުއާއި ސަކީނާވެސް އެކަކު އަނެކަކަށް ވަޢުދު ވިއެވެ. ލޯބީގެ އިޤުރާރު ނާމާގައި އަބަދުގެ އަބަދަށް އެކުގައި ވުމަށް އަހުދުވަމުން ސަކީނާއާއި ރަޝީދު އެރޭގެ ބައްދަލުވުން ނިންމާލިއެވެ. މި ޒުވާން ރީތި އަންހެން ކުއްޖާ އުޅޭންޖެހިފައިވާލެއް ނިކަމެތިކަމާއި، އަނިޔާވެރިކަން ހިތަށް އަރައި އެވަކި ތަކުން ސަކީނާ ސަލާމަތްކުރަން ރަޝީދު ހުރީ ކެތްމަދު ވެފައެވެ. ރަޝިދު ފަދަ ކިޔަވައިގެންހުރި ރަނގަޅު ވަޒީފާއެއްގައި އުޅޭ ޒުވާނަކު ހަޔާތުގެ ބައިވެރިއެއްގެ ގޮތުގައި އިޚްތިޔާރުކުރަން ލިބުމަކީ އެދުވަސްވަރު މަދު ނަސީބު ވެރިއަކަށްނޫނީ ލިބޭނެ ފުރުސަތެއް ނޫނެވެ. ސަކީނާހުރީ އުފަލުންނެވެ. ނިމުމެއްނެތް އަޅުވެތި ކަމެއްގައި ބަނދެވިފައިވާކަމަށް ސަކީނާ ހީކުރިޔަސް، އާޚިރުގައި މާތްރަސްކަލާނގެ ހުރިފާ އުފަލެއް އޭނާއަށްޓަކައި އެއްފަހަރާ ގެނެސް އޭނާގެ ދިރިއުޅުން ފުރާލަ ދިނީތީއެވެ.

ސަކީނާއާއި ރަޝީދުގެ ކައިވެނިކުރެވުނެވެ. ވަރަށް އާދައިގެ ސާދާ ގޮތެއްގައެވެ. ބަންދުވެފައިވާ ކޮށްޓަކުން މިނިވަންވި ފަދައިން ރަޝީދުގެ ގޭގައި ރަޝިދުގެ މައިންބަފައިންނާއެކު ސަކީނާ އުޅުނީ އުފާވެރި ދިރިއުޅުމެކެވެ. ރަޝީދުއާއި ސަކީނާގެ ކައިވެންޏަށް އަހަރު ވާން ގާތްވެފައިވަނިކޮށް ޠައްޔިބުވެސް ކައިވެނިކުރިއެވެ. އިނާޒާއަކީ އޭނާ އެންމެ ގަޔާވާ ހުރިހާ ސިފައެއް ލިބިފައިވާ ޒުވާނަކަށް ނުވިޔަސް، ބޭރުފުށުން ފެންނަން ހުރި ބައެއް ސިފަ ތަކާ ޠައްޔިބުއަށް ގަޔާވެވުނީއެވެ. އިނާޒާއަކީ މަލޭގެ ރައްވެސްސެއް ނަމަވެސް އެމީހުންގެ ދިރިއުޅުން ނިކަމެއްޗެވެ. ބައްޕައަކީ ވަޒީފާނެތި ލާޗާރު ބިޗާރަށް އުޅެމުންދިޔަ ގޮތެއްފޮތެއް ނެތް މީހަކަށްވާތީ، އެއްބަނޑު އެއްބަފާ ކޮއްކޮ އިންނާ މަންމައާއެކު އިނާޒާގެ ދިރިއުޅުން ހޭދަވީ ނަފްރަތާއި ރުޅިވެރިކަމުގެ ތެރޭގައެވެ. ދެއިރު ހަމައަށް ކައިނުލެވޭނެހާ ފަގީރު ކަމުގައި، އިނާޒާގެ ޅަ ޒުވާން ހިތް ވަނީ ރުޅިވެރިކަމާއި ނަފްރަތުން ފުރިފައެވެ. އާދައިގެ ނިކަމެތި ދިރިއުޅުމެއްގައި އުޅޭމުންދިޔަ ޠާއްޔިބުގެ އާއިލާއާ މެދު އިނާޒާ ކަންތައްކުރީވެސް އޭނާ ހިތު ހުރި ގޮތަކަށެވެ. ޠައްޔިބުގެ މަންމަ ހަސީނާގެ ކެތްތެރިކަން އެކަމުގައ އިސްކުރިއެވެ. މައިދައިތަ އަކަށް ޅީދަރިއަކަށް ހެޔޮވެވޭނީވެސް އެވަރަށެވެ. އިނާޒާގެ ވިޔާނުދާ އުޅުމާހެދި ކިތައްމެ ހިތްހަމަ ނުޖެހުނަސް އެކަން އޭނާ ބޭރުފުށަކުން ނުދައްކައެވެ. އިނާޒާ ބޭނުމީ ގަނޑުވަރެއްގައި ރަނިކަން ކުރަމުންދާ ރަންޏެއްގެ ދިރިއުޅުމެވެ. އެއުއްމީދު ފުރިހަމަ ކޮށްދިނުމަކީ ޠައްޔިބަށް ހުވަފެނެއްފަދަ ކަމެކެވެ. އިނާޒާ ހިތްހަމަ ޖައްސައި ދިނުމުގެ ބޭނުމުގައި ލިބޭހާ ފައިސާއެއް އިނާޒާއަށް އޭނާ ޚަރަދުކުރިއެވެ. ޠައްޔިބުގެ ބުރަ މަސައްކަތާމެދު އިނާޒާ އެއްވެސް ފަރުވާލެއް ނުބަހައްޓާ ފަދައެވެ. މީހަކާ އިނދެ ވަރިކޮށްފައި ހުރި އިނާޒާގެ އެއްބަނޑު އެއްބަފާ މެހެރުއްނިސާގެ ބެލެހެއްޓުމާވެސް އެންމެ ފަހުން އިނާޒާ ހަވާލުވިއެވެ. މެހެރުގެ އަނގަ ގަދަ ކަމާއި، ދޭތެރެ ޖެއްސުމުގެ ނުބައި އާދައިގެ ސަބަބުން އާއިލީ ގުޅުން ކެނޑެމުންދިޔައެވެ. އެދުވަސްވަރަކީ ޠައްޔިބުގެ އެއްބަނޑުގައި ހަމައެކަނި ހުރި އަންހެން ކޮއްކޮ ހަލީމާ، އިނދެގެން އުޅުނު މީހާއާ ރުޅިހަދާލުމަށްފަހު ގޭގައި އިންނަން އައިސް ހުރި ދުވަސްވަރެވެ. ހަލީމާގެ ޒާތީ ދިރިއުޅުމާމެދު އެންމެ ބޮޑަށް ގޮތްކިޔައި ފާޑުކިޔައި ހަދަނީ މެހެރުއްނިސާއެވެ. އެފަދަ ނިކަމެތި ކަމެއްގައި އުޅެމުން ދިޔައިރު، ބޭބެ ދިނީމަކައިގެން ހަލީމާ ހުންނާތީ އެކަމާ އެންމެ ނުރުހުނީ އިނާޒާއެވެ. ތާއަބަދު އެކަން ހަލީމާއަށް ހަނދާންކޮށްދިނުމުގައި އިނާޒާއާއި މެހެރުއްނިސާވެސް އެންމެ ތަންފުކެއްވެސް ދުލެއް ނުދެއެވެ. އެރުޅިވެރިކަމާއި ފުރައްސާރައިގެ ތެރޭގައި އަނިޔާވެރިފިރިއެއްގެ އަތްދަށުން މިނިވަން ނުވެވި ހުރި ހަލީމާ ބޯ ގޮވިއެވެ. މާތްރަސްކަލާންގެ ޙުރުމަތްތެރި ކުރައްވާފައިވާ ފުރާނަ އަމިއްލައަށް އޭނާ ނަގާލީ އެ ރުޅިވެރިކަމާއި ފުރައްސާރައަށް ކެތް ނުކުރެވިގެންނެވެ. ފުރަތަމަ ފަހަރަށް އިނާޒާގެ ކުރިމަތީ ޠައްޔިބުގެ އަމުރު މަޢުރޫފް ހިންގި ދުވަހަކީ އެއީއެވެ. ދިރިއުޅުމުގެ ލަގަން ހެޔޮލަފާ އަންހެނެއްގެ އަތް މައްޗަށް ދޫކޮށްލުމުން އެދިރިއުޅުން ސުވަރުގެއެއް ފަދައިން ޒީނަތްތެރި ކޮށްދޭފަދައިން، ނުބައި އަނހެނެއްގެ އަތް މައްޗަށް ލަގަން ދޫވެއްޖެ ނަމަ އެދިރިއުޅުން ނަރަކަ އަކަށްވުންވެސް އޮންނަނީ ގާތުގައެވެ. ޠައްޔިބު ދިރި ހުރިހާ ދުވަހަކު މެހެރުއްނިސާ އޭނާގެ ލޮލުގެ ކުރިމައްޗަށްވެސް ނުއެރުމަށް އަންގައި، އެދުވަހު އެނާ މެހެރު އެގެއިން ބޭރުކުރިއެވެ. ޠައްޔިބުއަށް އައި ކުއްލި ބަދަލުން އިނާޒާ އިންތިހާއަށް ބިރުގަތެވެ. ޠައްޔިބުކައިރިން ވަރިވުމަކީ އޭނާ ބޭނުންވާގޮތެއް ނޫނެވެ. މައިންބަފައިންގެ އަޅާލުންކުޑަ މި ދިރިއުޅުމަށްވުރެވެސް ނިކަމެތި އެދިރިއުޅުމުގެ ތެރެއަށް އަލުން އެނބުރި ދާން ބޭނުން ނުވާތީއެވެ. އެދުވަހު އައި ރުޅިން ޠައްޔިބު އިނާޒާ ވަރި ނުކުރީ މަންމަ ހަސީނާގެ އެދުމާ ހެދިއެވެ. އިނާޒާ ރޮއި ރޮއި ފައި އެދުނު މާފަކީ ހިތް ހެޔޮކަމުގައި މާފަށް އެދުނު އެދުމެއްކަމުގައި އޭނާއަށް ވިސްނުނީތީއެވެ.

ދިރިއުޅުމުގައި އަބަދުވެސް ކަންތައް ދިމާވަނީ، އެންމެ ހީނުކުރާ ގޮތަށެވެ. އަލަތު ކާވެނީގައި ހަތްވަރަކަށް އަހަރު ފާއިތުވެ އުފަލާއި ހިތާމަތަކުގައި ދެ އެކުވެރިންގެ ދިރިއުޅުން ކުރިއަށް ގެންދަނިކޮށް، އެދުވަސްވަރު ރާއްޖެއަށް ކުރިމަތިވި އިޤުތިޞާދީ ދަތިކަމެއްގައި އެދެމީހުން އަދާކުރަމުންދިޔަ ވަޒީފާއިން އަތް ދޮވެލަން ޖެހުނެވެ. ކައިވެނީގެ މޭވާ ކަމުގައިވާ ދަރިއެއްގެ އިންތިޒާރުގައި ސަކީނާއާއި ރަޝީދު ނުހޯދާ ޙަކީމީ ފަރުވާއެއްނެތެވެ. އަނެއްކޮޅުން ޠައްޔިބުހުރީ އެހާ އަވަހަށް ދަރިއަކު ހޯދަން ބޭނުން ނުވެފައެވެ. އިނާޒާގެ ޒިންމާދާރުކަންކުޑަ މިޒާޖުގެ ސަބަބުންނެވެ.

އެތައް ފަރުވާއަކަށްފަހު ސަކީނާ މާބަނޑުވީ ރަޝީދު ވަޒީފާއިން ވަކިވާން މަޖުބޫރުވެފައި ވަނިކޮށެވެ. ލިބެން އުޅޭ ތުއްތު ދަރިފުޅަށްޓަކައި އާމްދަނީ ލިބޭ ކަހަލަ މަސައްކަތެއް ފަށަން އޭނާއަށް ވަނީ މަޖުބޫރުވެފައެވެ. ވަޒީފާގައި އުޅެމުން ފުދިފައި އިތުރުވާނެ ވަރަށް އޭނާ ފައިސާ ރައްކާކުރިއެވެ. ވިޔަފާރިއެއްގެ ޚިޔާލަކީ މިއިން ދުވަހަކު އޭނާގެ ސިކުނޑިއަށް އައި ޚިޔާލަކަށް ނުވިޔަސް އޭނާ އެފިޔަވަޅު ކުރިއަށް އެޅިއެވެ. ޠައްޔިބަކީ ވިޔަފާރީގައި އޭނާގެ ބަރާބަރު ހިއްސާދާރަކަށް ހަދަމުންނެވެ. ދެއެކުވެރިން ވެގެން ވިޔަފާރި ފެށިނަމަވެސް، ހަގީގަތުގައި އެވިޔަފާރީގެ ހަގީގީ ވެރިއަކީ ރަޝީދެވެ. ރަޝީދުގެ ދީލަތި ކަމުން ޠައްޔިބަށް އެފަދަ ފުރުސަތެއް ފަހިކޮށްދިނީއެވެ. ބަދަލުގައި ޠައްޔިބުއަށް ރަޝިދުއަށްޓަކައި ކޮށްދެވޭނެހާވެސް ކަމަކީ ރެއެއް ދުވާލެއް ބެލުމެއްނެތި، އޭނާގެ ބުރަމަސައްކަތުން އެވިޔަފާރި ނަގައި ކޮޅަށް ޖަހައި ދިނުމެވެ. ސަކީނާ އަލަތު ދަރިފުޅަށް ބަލިވެ އިނުމާ ގުޅިގެން، އޭނާގެ ސިއްހަތަށްވަނީ، ތަފާތު ބަދަލުތަކެއް އައިސްފައެވެ. ސަކީނާއަށްޓަކައި ރަޝީދުގެ ވަގުތުތައް ހުސްކުރަން ޖާގަ ދިނުމަށްފަހު ވިޔަފާރީގައި އިސްވެ ހަރަކާތްތެރިވަމުން ދިޔައީ ޠައްޔިބުއެވެ. ޠައްޔިބުގެ ވަގުތުތައް މަސައްކަތުގައި ނަގާލާތީ، ޒުވާން އިނާޒާ ވަނީ އެކަނިވެރިވެފައެވެ. އޭނާގެ ހިތުގައި ކެކި އުތުރެމުންދާ ނަފުރަތުގެ ކަނިތައް، ފުޅާވެ އުސްވަމުން ދިޔައީ ރަޝީދާއި ސަކީނާއަށްޓަކައެވެ. އޭނާގެ ފިރިމީހާގެ ބުރަ މަސައްކަތުން ލިބުނު މުއްސަނދި ކަމުގައި އެދެމަފިރިން މަޖާ ނަގަނީކަމުގައި އިނާޒާ ހީކުރިއެވެ.

“ތި ވިޔަފާރީގެ ފަންސާސް އިންސައްތަ ބައިވެރިއަކަށް ޠައްޔިބު ވުން ހައްގެއްނޫން…. ކުޑަމިނުން ހަތްދިހަ ފަސް އިންސައްތަ ޠައްޔިބުއަށް ލިބެންޖެހޭނެ….” އިނާޒާ ވާހަކަ ދައްކަމުން ދިޔައީ އޭނާގެ ކުރިމަތީގައި  އިނދެ ހެނދުނުގެ ނާސްތާއަށް އިންސާފު ކުރަމުން ދިޔަ ޠައްޔިބުއާއެވެ. އިނާޒާގެ ދަހިވެތިކަންފެނި ދެއަތަކަށް ބޯހޫރާލަ ހޫރާލަ ހަސީނާ އިނެވެ.

” ވިޔަފާރީގެ ކަންކަމާ ބެހެން ޖެހޭ މީހެއްނޫން އިނާޒާއަކީ…. އަދި އެބައޮތް އިނާޒާއަށް އެނގެން ޖެހޭ އެއް ކަމެއް… އަހަރެން މަސައްކަތް ކުރާ ވަރު އަދިވެސް މަދު…. މި ވިޔަފާރީގެ އަސްލު މޭސްތިރިއަކީ ރަޝީދު… އެކަން ހަނދާން ނައްތާ ނުލާތި….” އިނާޒާ ފެށި ވާހަކައިން ހިތްހަމަ ނުޖެހިގެން ކެއުން ހުއްޓާލުމަށްފަހު ޠައްޔިބު އެތަނުން ނުކުންނަން ހިނގައިގަތެވެ. އެ ހަގީގަތް ގަބޫލު ކުރެވޭ ވަރަށްވުރެ އިނާޒާގެ ނަފުސުވަނީ ދަހިވެތި ކަމެއްގެ ތެރެއަށް ގެނބިފައެވެ.

*******

ޖައިޝްގެ ފޯނު ރިންގުވީ އެވަގުތުއެވެ.

“ހަލޯ……” ފޯނު ކަންފަތުގައި ޖައްސާލުމާއެކު ޑރ. ލަތީފް ދިން ޚަބަރުން ޖައިޝް އަށް އުފަލުން ފުންމައި ގަނެވުނެވެ. ދިރިއުޅުމުގެ ހަގީގަތް “އަތްމަތީގައި” އޮތް ނަމަވެސް އެހަގީގަތުގެ އެންމެ މުހިންމުބައި އޮތްގޮތަށް ބާއްވާފައި ޖައިޝް އަވަސްވެގަތީ ހޮސްޕިޓަލާ ދިމާއަށް ދިއުމަށެވެ.

ސަކީނާގެ ގޯސްވަމުންދިޔަ ޠަބީޢަތުގެ ސަބަބުން ބަލްޚާ ހުރީ ގެއަށް ދާން މަޖުބޫރުވެފައެވެ. އަނެއްކޮޅުން ޑރ.ލަތީފް ޖައިޝްއަށް ޠައްޔިބުގެ ޚަބަރު ދީފައިވާތީ ޖައިޝްއާއެކު އިނާޒާވެސް މިހާރު ހޮސްޕިޓަލާ ދިމާއަށް ދަތުރުކުރާނެކަމަށް ގަބޫލުކުރެވި އޭނާހުރީ އެތަނުން ދާން ކެތް މަދުވެފައެވެ. އިނާާޒާ ދެއްކި ވާހަކަތަކުން ބަލްޚާގެ ހިތުގައިވަނީ ޖައިޝްއާ މެދު ކޮންމެވެސް ވަރެއްގެ ފޫހިކަމެއް އުފެދިފައެވެ. އެހާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ މަތިން މުޅީން ހަނދާން ނައްތާލައި ދިރިއުޅުމުގެ އާ ބާބަކާ ކުރިމަތިލުމަށް ޖައިޝް ތައްޔާރުވެފައިވާތީއެވެ. ޠައްޔިބު ކައިރިއަށް ވަރަށް އަވަހަށް އަންނަނެ ކަމުގައިބުނެ ވަޢުދުވަމުން ބަލްޚާ އެތަނުން ނިކުންނަން ހިނގައިގަތެވެ. ޑރ. ލަތީފްގެ ހަވާލަށް ޠައްޔިބު ދޫކޮށްލާފައެވެ. އަތުގެ އިޝާރާތުން ބަލްޚާ ނުދިއުމަށް ޠައްޔިބު އެދުނު ނަމަވެސް އެކަން އެތަނުގައި ތިބި އެކަކަށްވެސް ނުފެނުނެވެ.

ރޭގަނޑު ދެބައިވެ އެންމެން ނިދީގެ ހިމޭންކަމުގެ ތެރެއަށް ގެއްލިފައިވީނަމަވެސް، ސަކީނާގެ ލޮލާ ނިދި ރުޅިވެފައިވާ ފަދައެވެ. އުފާވެރިކަމާއެކު އާބާދުކުރަމުންދިޔަ އޭނާގެ ދިރިއުޅުން ބަރުބާދުކޮށްލި ޠައްޔިބުއާ ދިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން ބައްދަލުކޮށްދެއްވުމަށް އެދި މާތްރަސްކަލާންގެ ޙަޟްރަތަށް އޭނާ ދުޢާ ނުކުރާ އެންމެ ދުވަހެއްވެސް ނުދާނެއެވެ. ދީލަތި ރަޙުމަތްތެރިޔާގެ އިހްސާންތެރިކަމުގެ ބަދަލުގައި މިފަދަ ބޮޑު އަދަބެއް ރަޝީދުއަށް ޠައްޔިބު ދިނީ ކީއްވެކަން ބެލުމަށް ސަކީލާވަނީ ކެތްމަދުވެފައެވެ. ހިޔާލާ ފިކުރުން ސިކުނޑި ވަށާލުމުން ސަކީނާގެ ބޮލުގައި ރިއްސާގޮތްވުމުން ދެލޯމަރައި ބާރުކޮށްލިއެވެ. އެވަގުތު އޭނާގެ އުފާވެރި ދިރިއުޅުން ބަދަލުކޮށްލި އެ ބިރުވެރިރޭގެ ހަނދާންތަކުން ސަކީނާގެ ސިކުނޑީގެ ލޯ ހުޅުވާލަދިނެވެ.

އެއީ ކަޅުފޮއި ތޫފާނީ ވިއްސާރައެއްގެ ބިރުވެރިކަން ލައިގަނެފައިވާ ރޭގަނޑެކެވެ. އިރާކޮޅުވެހެން ފެށި ވާރެއާއެކު އައި ބާރު ކޮޅިގަނޑުގައި ގަސްތައް މުލުންލުހެވި އޮފިތައް އިރަ އިރައިގެންދާއަޑުން ކައިރިގޭގެއިން ތުއްތު ދަރީން ރޯއަޑު މެދުކެނޑުމެއްނެތި އިވެމުންދިޔައެވެ. ވިހައިގެން ހަތް ދުވަސްވެސް ނުވާ ސަކީނާ، ތުއްތު ފިރިހެންދަރި އަތްދަނޑި މައްޗަށް ލައިގެން މަސަލަސް ކުރެވޭތޯ މަސައްކަތް ކުރަމުންދިޔައެވެ. ސަކީނާ ވަރުބަލިވުމުން ރަޝިދުވެސް އެކަމުގައި ސަކީނާއަށް އެހީތެރިވެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ގަދަފަދަ ތޫފާނެއްގެ އިންޒާރު ދެމުން ދިޔަ ފަދައިން ތުއްތު ދަރިފުޅު އަޑުން އަޑު ނަގައި ރޮމުން ގެންދަނީއެވެ. ކިރު ފޮދެއް ދެވޭތޯ ސަކީނާ ކުރަމުންދިޔަ މަސައްކަތްވެސް ވަނީ ނާކާމިޔާބުވެފައެވެ.ސަކީނާ އޭނާގެ މަސައްކަތުގައި އަވަދި ނެތި ވެފައި ވަނިކޮށް، ލަޓިބުރިއެއްގެ ބާރު ހަމަލާއިން، ރަޝީދު ޚަބަރު ހުސްވެގެން ވެއްޓުނު މަންޒަރު އޭނާއަށް ފެނުނެވެ. ދެވަނަ ހިނދުކޮޅުގެ ތެރޭގައި އެ ހަމަލާ ސަކީނާގެ ބޮލަށް އަމާޒުވުމާއެކު ތުއްތު ދަރިފުޅު އޭނާގެ އަތުން ދޫވެއްޖެއެވެ. އޭނާ ވެއްޓެމުން ދިޔަ އިރު، ހަނިގޮތަކަށް ތިން މީހެއްގެ ހިޔަނި އޭނާގެ ލޮލު ކުރިމަތިން ހާމަ ވަމުން ދިޔައެވެ.

ނުނިމޭ

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Rau

Level 210 Stories100 Comments100 Login

ވާހަކަ ލިޔުމަކީ ރައުގެ ޕެޝަންއެކެވެ ކިޔުންތެރިންގެ ޚިޔާލަކީ ވާހަކަ ލިޔުމަށް ރައު އަށް ލިބޭ ވަރަށްބޮޑު ހިއްވަރެކެވެ..

Other Articles

Previous

ތި ލޯތްބަށްޓަކައި (5)

Next

ހިތުގެ މިލްކުވެރިޔާ (ފަހުބައި)

Next
September 8, 2017

ހިތުގެ މިލްކުވެރިޔާ (ފަހުބައި)

Previews
September 8, 2017

ތި ލޯތްބަށްޓަކައި (5)

18 Comments!

  1. Dhaleyka says:
    September 8, 2017 at 12:33 pm

    Awesome story…..can’t wait to read next part…

    1. Rau says:
      September 8, 2017 at 2:57 pm

      thank u dear

  2. Xahi IvanovIc says:
    September 8, 2017 at 1:14 pm

    Cccg

    1. Rau says:
      September 8, 2017 at 2:58 pm

      ???

    2. Rau says:
      September 8, 2017 at 3:00 pm

      sorry angry face levifa einy olhumakun… hahah sorry dear ?

  3. Hafeez says:
    September 8, 2017 at 1:55 pm

    Lovely Story. Can’t wait to read next part.

    1. Rau says:
      September 8, 2017 at 3:01 pm

      thnk u dear ?

  4. shaa says:
    September 8, 2017 at 2:05 pm

    Vvv reethi story eh mee when next part. Next part varah kiyaahiyy vehje rau pls avahah up kohdheythi

    1. Rau says:
      September 8, 2017 at 3:02 pm

      yes maadhan insha allah ?

  5. Aki says:
    September 8, 2017 at 2:07 pm

    anum aa jaish marry kuriya nudheythi pls pls … v reethi mi part ves

    1. Rau says:
      September 8, 2017 at 3:03 pm

      heheh Aki lets see dhw ??

  6. Shahoo says:
    September 8, 2017 at 2:10 pm

    Waiting??

    1. Rau says:
      September 8, 2017 at 3:03 pm

      thnx dear

  7. Shai ? says:
    September 8, 2017 at 4:50 pm

    Jaish aky sakyna nd rashydh ge dharifulhu dhw.. reethii

  8. Aikko says:
    September 8, 2017 at 6:10 pm

    Rau aneh part thankolheh avahah upload kohdheeeba plx. mi part ves v salhi ingey <3

  9. ihoo says:
    September 8, 2017 at 6:33 pm

    v reethi mi part ves next part ves hama mihaara reethi vaane dho rau waiting for the next ???????

  10. Anonymous says:
    September 9, 2017 at 1:14 pm

    jaish aee sakeena ge dharufulhu dhw. mi part ves v reethi miadhu upcohdheynan dhw next part. aslu upkuraane time neygeythyve hama iru iru kolhun balaaleveny up kohfithw. dhn hithah ehry comment eh kohlaany ey. I’m eagerly waiting for the story. sakeena ge dhaarifulhaky kaakukan ehgeyne dhw next part in

    1. Rau says:
      September 9, 2017 at 2:45 pm

      yes dear…. nw innaane up kuran fonuvaafa…. n its end of the story ??

Comments are closed.

Next Episodeލޯބިން އަންނާށޭ ކަލާ (ފަހުބައި)←


All Right Reserved!