Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޢެދެމޭ އުފާ….(8)

Dhippi Level 4100 Comments10 Stories
September 7, 2017 6 Mins Read
22 Comments

ބަނދިގޭގެ ހުރިހާ މަސައްކަތެއް ހެން ނިމިފައި ހުރުމާއިއެކު އަލްޔާވެސް ދިޔައީ ކުޑަކޮށް ޖައްސާލާނަމޭ ހިތާ އޭނަގެ ކޮޓަރިއެށެވެ. ރޭނގަ މާލަހުން ނިދުނީތީ އަލްޔާ ހުރީ ކޮންމެވެސް ވަރަކަށް ބޮލުގައި ރިއްސާފައެވެ. އެހެން ކަމުން ހަމަ ޖެހިލާފަ އެނދުގައި އޮށޯވެވުނުތަނާ އަފީފާ ފުރޭތައެއްހެން މޫނު ހަދައިގެން އައިސް ކޮޓަރި ދޮރުމައްޗަށް ހުއްޓުނެވެ. އަލްޔާ އޮތީ ބިރުން އޮތްތަނުން ތެދުވާން ވެސް ނޭނގިފައެވެ. “އާޗާ! ރީތި އެދަކާ އަރާމު ގޮނދަޑިއަކާ ލިބުނީމަ ހާދަ އޮއްތާ ހިތްވެޔޭދޯ؟ އެހެން ނޫންވާނީ ހުވަފެނެއްގައިވެސް ތިހާ އަރާމެއްގައި ނުއުޅެވޭވިއްޔާދޯ؟ ކަލޭ ހޭބަލިވެގެންތަ ނޫނީ ކީކޭ ހިތަށް އަރައިގެންތަ ވިނާން ކައިރީގައި އެހެން ބުނީ؟!” އަފީފާ އެތެރެއަށް ވަނދެ ދޮރު ލައްޕަމުން ބުނެލިއެވެ. އަލްޔާއަށް ވަގުތުން އެވީ ކިހިނެއްކަން އެނގިއްޖެއެވެ. ހެނދުނު އެވާހަކަ ދެއްކިއިރު ވެސް މިވަގުތު އަންނާނެކަން އޭނަޔަށް އިނގެއެވެ. އަލްޔާ އިތުރު އެއްޗެއް ނުބުނެ ފުއްމައިގެން އެނދުން ތެދު ވެއްޖެއެވެ. “ބަލަ ހޭބައްޔާ! ތިހިރަ ބީތާޔާ! ތި ކާޅާއޭ މިވާހަކަ ދައްކަނީ!” އަފީފާ ރުޅިއައިސް ހުރެ އަހައިލިއެވެ. ހީވަނީ ދެންމެ ދެންމެ އަލްޔާ ނޮޅާލާނެ ހެންނެވެ. “އަޅުގަނޑު… އަޅުގަނޑު ކައިރީގައި ވިނާން އެހީމަ ދޮގު ހަދަން ނުކެރުނީ” އަލްޔާ ބިރުން ހުރެ އަތުގެ އިނގިލިތައް މަޅަމުން ބެނެލިއެވެ. “ކަލޭ ނުޖެހޭދޯ މީހަކު އަހާ އިރަކަށް ބުނާކަށް؟! ކަލޭ ހީކުރީތަ ކަލޭ އެވާހަކަ ބުނީމަ މިގޭ ރަސްރަނި ކަމަނާއަށް ކަލޭ ވާނެޔޭ؟، ކަލޭ ހާދަ އަވަހަކަށޭ މާފެންމަތި ވެގެން ތިތެޅިގަތީ! އަދި ތިއުޅެނީ މިމާލެއެއް ހަމަ ލޮލަށް ފެނުނުތަނާ އަހަރެއް ނުވެގެން އެކަމަކު ތިހިރީ ކަލޭގެ ފެންވަރު ހުރި ހިސާބު، އަޅެ މީހަކު ހޭބައްޔެއް ނުވާނެތަ؟” އަފީފާ މަލާމަތާއިއެކު ހަޅޭއް ލަވަމުން ދިޔައެވެ. އަލްޔާ ހުރީ އިސް ޖެހުނު ގޮތަށް ހަރަކާތެއްވެސް ކޮށްނުލައެވެ. “ބަލަ ކަލޭ ކީއްވެތަ ވާހަކަ ނުދައްކާ ތިހިރީ؟ ކަލޭގެ ބޮޑު އަނގަ ގަޑު ކޮބާ؟ އެ ވާވީތަ؟ ނޫނީ ކޮޅު ހިކުނީތަ؟ ނޫނީ އާގަމަ ވީތަ؟ ނޫނީ ވާހަކަ ދައްކަން އޮންނަ ދޫ ބުރިވީތަ؟” އަފީފާ ދުލަށް އައިވަރެއް ކުރަމުން ދިޔައެވެ. އޭރުު އަލްޔާއަށް ހުރީ ރޮވިފައެވެ. “ކަލެއަށް ޓިއުޝަން ނަގާ ނުދިން ސަަބަބު ކަލޭ އިނގެން ބޭނުންތަ.؟ އަޑުއަހަން ކެތްވާނެތަ؟” އަފީފާ އަޑުގެ ނެތްތަނަށް ހަޅޭއްލަވަމުން ދިޔައެވެ. އެއަޑަށް ވިނާންވެސް އައިސް އެކޮޓަރިއަށް ވަނދެއްޖެއެވެ. ނަމަވެސް އަލްޔާ އަކަށް ވެސް އަފީފީ އަކަށް ވެސް އޭގެ ކަމެއް ރޭކާވެސް ނުލައެވެ. އަފީފާ ހުރީ ދޮރާ ދިމާލަށް ފުރަގަސް ދީގެން އަލްޔާގެ ކުރިމަތީގައި ކަމަށް ވުމުން އެކަކަށް ވެސް ވިނާންއެއް ނުފެންނާނެއެވެ.

“ހޫމް ކަލޭ ހިތްވަރެއް ހުރިއްޔާ އަޑުއަހާ، ކަލޭގެ އަމަޔާ ބަފަޔާ ދިމާވަނީ މަގުމަތިން، އޭރު އެމީހުން އަތުގަ ލޯލައިރިއެއް ވެސް ނެތް، ކުޑަމިނުން ބަނޑުފުރާ މުއްތި ކޮށްލެވޭނެހާ ވަރުވެސްނެތް، ނުހުންނާނެއެއް ނޫން! ނެތް ފެންވަރުން ވިއްޔާ މާލެ އައިސް ތަންތަން ހިފައިގެން އުޅުނީ ދެން އަތުގަ އޮތް ދެރުފިޔާ ބައިވެސް ހުސް ވާނެއެއްނޫން، އަހަރުންނާ ދިމާވެގެން ދެފައި މައްޗަށް ވެއްޓި އެދޭތި ހޭރި ސަލާން ޖެހީ، ހެޔޮ ނުވާނޭ އަހަރުން ރަށަށް ދެވެންދެން މިގޭގަ ބަހައްޓަދޭށޭ، އެންމެ ފަހުން ބޮލާ ނުކުޅަދާނެވެގެން އަހަރެން ބުނީ އެންމެ ރަނގަޅޭ މިގޭގަ ބަހައްޓާފާނަމޭ، އެހެން ކިޔާފަ މިގެއަށް ގެނައީ، އެމީހުން ހިތް ފުރެންދެން މިގޭގަ ތިބީ ލޯލާރިއެއް ވެސް ނުދީ، ދޭނީވެސް ކޯއްޗެއް؟ އަތުގައި ނެތް ވިއްޔާ އެއްޗެއް، ދެން އަހަރެން ބުނީ ކަލޭގެ ކޮއްކޮ އަމްޒާ މިގޭގަ ބަހައްޓައިދޭށޭ، ކިޔަވައިދީ ރަނގަޅު ގޮތުގައި ބަލާނަމޭ، އަހަރެން އެހެން ބުނީމަ ބުނީ މިމަންޖެއަށް ނުދެވޭނެޔޯ، އަހަރެން ބޭނުމިއްޔާ އެހެން ކުއްޖެއް ދީފާނަމޭ، ދެން ބުނީ ކީކޭކަން އިނގޭތަ؟ ކޮންމެހެން އޭނަޔަށް ކިޔަވައިދީ އިތުރު ކަމެއް ކުރާނެކަމެއް ނެތޭ، ހުރިހާ މަސައްކަތެއްވެސް އިނގޭނެޔޭ، އޭ ތިމަންނަމެންގެ ދޮށީ ދަރިޔޯ އަލްޔާއޭ ކިޔަނީ، އެންމެ ރަނގަޅު ނޫން ހެއްޔޭ، ދެން އަހަރެން ބުނިން މައްސަލައެއް ނެތޭ، ތިމީހުން ބޭނުން ގޮތެކޭ، ދެން ބުނީ ކީކޭކަން އިނގޭތަ؟ ދެން ބުނީ ތިމަންނަމެންނަށް ވެސް ކަމެއް ކޮށްދެއްޗޭ އޭރުން އަލްޔާ އެއްކޮށް ދީފާނަމޭ، ހެވޯ އެގުރިމެންޓެއް ހަދާފަ ވިޔަސް، ދެން އަހަރެން އެހީ ކޮންކަމެއްހޭ؟، ބުނީމަ އެމީހުން ބުނީ، ތިމަންނަމެންގެ ގެގަނޑު ހެދޭވަރަށް ލާރި ކޮޅެއް ދޭށޭ! އޭރުން އަފީފާ ބޭނުން ގޮތެއް ހަދަން އަލްޔާ ހުންނާނެޔޯ، ދެންބުނީ އެކަމަކު ރަށަށް ގޮސްފަ އަލްޔާ ކުރިމަތީގައި، ވާހަކަ ދައްކަން ވާނީ ވަރަށް ލޯބިން ގެންގުޅޭނަމޯ ކިޔަވާވެސް ދޭނަމޭ ކިޔާގެންށޭ، އޭރުން އޭނަ ހުންނާނީ ހެއްދިފަޔޯ، ދެން އަހަރެން ވެސް އެގޮތައް އެއްބަސްވީ، އަހަރެން ވެސް އޭރު ހުރީ މިގޭގަ ގެންގުޅެން ކުއްޖަކު ބޭނުންވެފަ، އެކަމަކު ކަލޭގެ ކޮއްކޮ ބަހައްޓަން އުޅުނީ ހަމަ ކިޔަވައިދީ ރަނގަޅަށް ގެންގުޅެން އެކަމަކު އެމީހުން ބޭނުންވީ ފާއިސާ، އެއަށް ހޭބަލި ވެގެން ކަލޭ ވިއްކާލީ! ދެން އަހަރެން އެމީހުން އެދުނު ގޮތަށް ހަތްލައްކަ ރުފިޔާ ދީފަ ކަލޭ ގަތީ!، މަގޭ އަތުން ލާރިދީފަ ކަލޭ ގަނެފަ ތިހިރީ! ކަލެއަށް ސާފުތަ؟ އަދިވެސަ ބުނަން ވީތަ؟ އެހެންވީމަ ކަލޭ ޖެހޭނީ، އުމުރު ދުވަހު މަގޭ އަޅެއް ގޮތުގައި ހުންނަން، މަ ބޭނުން ވިދުވަހަކުން، ކަލޭ ފޮނުވާލާނީ!” އަފީފާ އަރައިފަ ހުރި ރުޅިން އަލިފުން ޔާއަށް ހުރިހާ އެއްޗެއް ކިޔައިދިނެވެ. އަލްޔާ ފަކީރު ހުރީ ރޮއެރޮއެ ދެލޯ ދުޅަ އަރާފައެވެ. އެވަރު ވާނެތާއެވެ. އޭނާ ހުރީ ހިތް ކުދި ކުދި ވެފައެވެ. އަފީފާ ދެއްކި ވާހަކަ އަޑު އިވި ވިނާން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. “ކޮންކަހަލަ މައިން ބަފައިންނެއްތައޭ؟ ހާދަ ރަހުމެއް ނެތޭ، އެމީހުންނަށް ވުރެ މަގޭ މަންމަގެ ކަންތައް ވެސް ވަކި ކުޑައެއް ނޫން ޕިސް ޕިސް، އިންސާނުންނޭ ކިޔާފަ އެޅެ ވަލުޖަނަވާރުންތައޭ؟!” ރުޅިއައިސް ތުން ފިއްތާގެން ހުރެ ހިތާހިތުން ވިނާން ކިޔާލިއެވެ. އޭރު ވެސް އަލްޔާ ގިސްލަ ގިސްލާ ރޮނީއެވެ. “އެހެންވީމަ ދެންވެސް ކަލޭ އުޅެން ޖެހޭނީ ކަލޭގެ ސައިޒުން!” އެހެން ކިޔާ އަފީފާގެ އަތަށް ލެވުނު ބާރެއްލާ އަލްޔާގެ ކަންފަތް މަތީ ދެތިން އެތިފަހުރު އެޅިއެވެ. އެވަގުތު ވިނާންއަށް އެމަންޒަރު ބަލަން ކެތްނުވެގެން މަންމާއޭ ކިޔާ ބާރަށް ހަޅޭއްލަވައިގަތެވެ. އެއަޑަށް އަފީފާ ދިޔައީ ސިއްސައިގެންނެވެ. އަލްޔާއަށް ވެސް ވީ ހަމަ އެވަރެވެ. ވިނާން އަފީފާއަށް ގޮވުމުން އަލްޔާ ދިޔައީ އިތުރަށް ބަޑި ފަޅައިގެންނެވެ. ހަގީގަތުގައި މިހާރު އަލްޔާ އެރޮނީކީ ޖެހީމައެއް ނޫނެވެ. އޭނަގެ މަންމަމެން ކަންތައް ކުރި ގޮތް އެނގުނީމައެވެ. “މަންމާ ކީއްވެ އަލްޔާއަށް އަނިޔާ ތިކުރަނީ؟ އެއީވެސް ހަމަ އަހަރުން ކަހަލަ އިންސާނެކޭ ވަލު ޖަނަވާރެއް ނޫނޭ!!” ވިނާން އަފީފާއާ ގާތަށް ޖެހެމުން ބުނެލިއެވެ. އޭރުވެސް އަލްޔާ ރޮނީއެވެ. “މިއީކީ ވިނާން އާބެހޭ ކަމެއްނޫން! މަންމަ ނުދަނެހުރިން މިތާގަ ވިނާންއާ ބެހޭ ކަމެއް ހިނގާ ކަމެއް!؟” އަފީފާ ރުޅިއައިސް ބުނެލިއެވެ. “ވަރަށް ރަނގަޅު ވާހަކައެއް މަންމަ ތިބުނީ، އެކަމަކު ބޮޑު ސިންގާވެފަ ހުރި އަންހެނެއް ގައިގަ ތަޅާކަށް ނުވާނެ!” ވިނާން ކިތަންމެ ރުޅި އައިސް ހުއްޓަސް ރީތި ކޮށް ބުނެލިއެވެ. “ވިނާން ބުނަން ރަނގަޅު ވާހަކައެއް، މަންމައަށް ރަނގަޅީ ވިނާން މިކަމުގެ ތެރެއަށް ނުވަނިއްޔާ!” އަފީފާ ވަރަށް ބާރަށް ބުނެލިއެވެ.

“މަންމާ! އެކަމަކު މަންމައަކީވެސް އަންހެނެކޭ، މަންމަ އަންހެނަކަށް ވެހުރެ އަންހެނަކަށް ތިވަރު ކުރާއިރު ހަމަ އަންހެނެއްގެ އިހުސާސްތައް ނޭނގެނީތަ؟! މަށަށް ހަމަ ޔަގީން މަންމައަކީ އެވަރު ނޭނގޭނެ މީހެއް ނޫން، އަޅެ މަންމަ ބުނެބަލަ މަންމައަށް ހަމަ ނޭނގިތަ ތިވަރު ތިކުރަނީ؟!” އަފީފާއަށް ވިސްނާދެވޭތޯ ވިނާން ބުނެލިއެވެ. “މަށަށް އިނގޭތޯ ނޭނގޭތޯ ބަލާކަށް ވިނާންއެއް ނުޖެހޭނެ! މަ ކަންތައް ކުރަންވާ ގޮތް އިނގޭނީ މަށަށް ކޮންމެހެން މަށަށް ގޮތް ކިޔާދޭނެ ކަމެއް ނެތް!!” އަފީފާ ރުޅިއައިސްގެން ނިކުމެން ހިނގައްޖެއެވެ. އަފީފާ ދިއުމުން އަލްޔާ ކައިރީގައި ވިނާން އިށީނދެއްޖެއެވެ. އަލްޔާ ހުރީ އިވުނު އަޑުތަކުން ގަބު އަރާފައެވެ. ވާނީވެސް އެވަރުތާއެވެ. “އަލް ދެން ހުއްޓާލާ، ވިނާންއަށް އިނގޭ އަލްއަށް ތިހިރީ ވަރަށް އަސަރު ކޮއްފަކަން، ވިނާންއަށް އިހުސާސްވޭ އަލްގެ ހިތަށް ކުރާނެ އަސަރު! އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅު ވާނެ” އަލްޔާއަށް ހިތްވަރު ދެމުން ވިނާން ބުނެލިއެވެ. “ނޫން ވިނާން އަހަންޏަށް މިނޫން ދުވަހެއް ނެތް!” އަލްޔާއަށް އެހެން ބުނެވުނުތަނާ އެނާ ދިޔައީ އަނެއްކާވެސް ބަޑި ފަޅައިގެންނެވެ. އެވަގުތު އަލްޔާއަށް އިހުތިޔާރަކާ ނުލާ ވިނާންގެ ކޮނޑުގައި ބޯއަޅައިލެވުނެވެ. އެވަގުތު ވިނާންއަށް އާދަޔާ ހިލާފު ގޮތްތަކެއް ވިއެވެ. “އަލް ތިހެން ނުބުނޭ އަދި ކޮންމެވެސް އެއްދުވަހަކުން ހުރިހާ ކަމެއްވެސް ރަނގަޅު ވާނެ ތިއީވެސް ހަމަ އަހަރުން ކަހަލަ އިންސާނެއް، އަދި ްއެއްވާހަކަ، މިރޭ ނުވައެއް ޖަހާއިރު ޓިއުޝަން އޮންނާނެ، ފޮތާ ގަލަމާ ހުންނާނެ ބަނދިގެ ކަބަޑުގައި ހަނދާންކޮށް އެ ގަނޑިއަށް ރެޑީވާތީ” އެހެން ކިޔާފަ ވިނާންގެ ދެ އަތުން ހިފާ އަލްޔާގެ ބޯ ކޮނޑާ ދުރު ކޮއްލިއެވެ. އަލްޔާއަށް ކިރިޔާ އަދި އެކަން އިހުސާސްވެސް ވީއެވެ. އޭނަ ދެރަވެފަ ހުރިވަރުން ހުރީ ވިނާންގެ ކޮނޑަށް ވެއްޓިގެން ކަން ވެސް ނޭނގެއެވެ. “އިޓްސް އޯކޭ އަލް ވިނާންއަށް އިނގޭ މިކަހަލަ ވަގުތެއްގައި ކޮންމެ މީހަކަށް ވެސް ވާނީ ތިހެންކަން “އަލްޔާ ލަދު ގަތް ކަން އެނގިގެން ވިނާން ބުނެލިއެވެ. “ދެން އަވަހަށް ފެންވަރައިގެން ރީތިވެލާ ހަނދާންކޮށް މިރެއަށް ރެޑީވާތީ” އެހެން ކިޔާފަ ވިނާން ނިކުމެގެން ހިނގައްޖެއެވެ. އަލްޔާ ހުރީ ދެން ހަދާނެގޮތެއް ނޭނގި ބޯހާސް ވެފައެވެ. ވާނީ އެހެންތާއެވެ. އެބުނާ ޓިއުޝަނެއް ނެގޭނެ ކަމާއިމެދު އޭނާ ހުރީ ޝައްކެއްގައެވެ. މިއަދު ވެސް އެވަރު އެ ކޮއްލީ އެ ޓިއުޝަނަކީ ހެދި ވިއްޔާއެވެ. އޭރު ވެސް އަލްޔާގެ ކަންފަތް ގުގުމަމުން ދިޔައީ އަފީފާގެ ބަސް ތަކެވެ. ނުވިތާކަށް އޭނަގެ މަންމަމެންގެ ބަސްތަކެވެ. ފާހާނާޔަށް ވަނދެ މޫނު ދޮވެލައިގެން ނިކުތީ ހަވީރު ސައިގަނޑިއަށް ސައިބޯ އެއްޗެހި ހަދާށެވެ. އެއީ ކޮންމެ ދުވަހުކު ވެސް އެގޭ ކަންތައް ހަމަ ޖެހިފައި އޮންނަ ގޮތެވެ.

އަލްޔާ ބޭރަށް ނިކުތްއިރު އެއްވެސް މީހަކު ފެންނަން ނެތުމުން ހަމަޖެހުމުގެ ނޭވާއެއް ލަމުން ވަނީ ބަނދިގެއަށެވެ. އޭރު ޖަޔާ މަސް ރޮށި ފިހަން ވެގެން މަސްހުނި ގަނޑު މޮޑެގެން ތައްޔާރު ކުރަނީއެވެ. “އަލް ކޮއްކޮ ހާދަ ލޯރަތޭ، ކޮންވަތްތަރު ފޭސް ވޮޝް ބޭނުން ކުރަނީ؟!” އަލްޔާ އެތަނަށް ހުއްޓުމުން ޖަޔާ ހައިރާން ވެފަ އަހައިލިއެވެ. “ހެހެ… އެއީ ނިދީމާ ވީގޮތެއް” އަލްޔާ ހީލަމުން ބުނެލިއެވެ. “އެެހެންތަ؟ އެކަމަކު މޫނު ބަރާބަރު ދުޅަ ހުންނަނީ، އަލް ކޮއްކޮ މާގިނަ ނިދަނީދޯ؟” ޖަޔާ ހިނިގަނޑަކާއިއެކު ބުނެލިއެވެ. އަލްޔާވެސް އާއޭ ކިޔާ ބޯޖަހައިލިއެވެ. ދެމީހުން ވެގެން އަތްމަތި ނިކަން އަވަސް ކޮއްލައިގެން ފަހެއް ޖަހަން ވާއިރަށް ހަވީރުގެ ސައި ތައްޔާރު ކޮއްލިއެވެ. މޭޒުމައްޗަށް ސައި އަރުވައި ނިމުނުތަނާ ސައުދުއާ ވިނާން އައިސް އިށީނދެއްޖެއެވެ. އެވަގުތު ވިނާން މިއަދު ވީ ހުރިހާ ކަމެއްހެން ސައުދުއަށް ކިޔާދެމުން ދިޔައެވެ. ސައުދު އިނީ ވީ ދެރައިން އިސް އުފުލާލަން ވެސް ނުކެރިފައެވެ. ޖަޔާއަށް އެއަޑު އިވުމުން އެތެރެއަށް ވަނދެ ވަގުތުން އެށަކުވާ ކުރަން ފެށީ އަލްޔާއާ ދިމާލަށެވެ. ޖަޔާ ޝަކުވާ ކުރަން ފެށުމުން ބޮލަށް އުނދަގޫ ވެގެން އަލްޔާ ބުނީ އެކަހަލަ ވާހަކަ ދައްކާ އެއްޗެއް ނޫން ކަމަށެވެ.

ސައުދުއާ ވިނާން ސައި ބޯން ތިއްބާ އަފީފާ މެންދުރު ކާޅެއްހެން އަނގަ ހަދައިގެން އައިސް އިށީނދެއްޖެއެވެ. އޭރުވެސް އޭނަގެ މޫނުމަތިން ރުޅިގަނޑު އެގެން ހުއްޓެވެ. “މަށޭ ކިޔާގެން މިހާރު ކޯއްޗެއްތަ ތިކިޔަނީ؟” އަފީފާ އިށީންނަމުން އަހައިލިއެވެ. “އަފީފާ އެކޭ މީހަކު ނުކިޔާ!” ފާޑަކަށް ހުރެ ސައުދު ބުނެލިއެވެ. “އޭތެދެއް މަންމާ، މިތާ މަންމައެކޭ ނުކިޔާ، އަހަރުން މިދައްކަނީ މިރޭ އަލްޔާއަށް ޓިއުޝަން ނަގާދޭން ޓީޗަރެއް އަންނަވާހަކަ!” އަފީފާގެ މޫނަށް ބަލަން ހުރެ ވިނާން ބުނެލިއެވެ. “ކިހާ ދެރަކަމެއްދޯ؟ ކަލޭމެންނަށް ކީއްތަ؟ އޭނަ ކިޔެވިޔަސް ނުކިޔެވިޔަސް އަޅެފަހެ މީހަކު މޮޔަވެދާނެއެއްނޫން “އަފީފާ ރުޅި އައިސްގެން ބުނެލިއެވެ. “ކަމެއް ވަނީކީނޫން އަހަރުމެން އެމަންޖެ ގެނައީ އެގޮތަށް އެއްބަސް ވެގެންވިއްޔާ، އެހެންވީމަ އަހަރުން ޖެހޭނެއެނޫން އެކަން އެހެން ކުރަން “ސައުދު ގަސްތުގައި އެމައުލޫއަށް ވާހަކަ ދައްކަން ބޭނުން ވާތީ ބުނެލިއެވެ. ވިނާންގެ ފަރާތުން ހުރިހާ ކަމެއް އެނގިފަ ވާތީ ސައުދު ބޭނުންވީ އަފީފާ އެފަދަ ބޮޑު އޮޅުވާލުމެއް އޮޅުވާލީތީ އެވާހަކަ ދައްކާ އޭނަޔަށް ވެސް އެކަން އެނގުނު ކަން އަންގާށެވެ. “ކޮންމެހެން ނުޖެހެޔޭ އެއްބަސް ވައިހައި ކަމެއް ކުރާކަށް” އަފީފާ ކުރު ޖަވާބެއް ދިނެވެ. “ތިއީދެން އަޖައިބެއް، ބަލަ އަފީފާ އިންސާނާގެ ދުލުން ބުނާ ބަހަކީ ހާދަ އިތުބާރެއް އޮންނަ އެއްޗެކޭ، އަފީފާއަށް އެވަރު ނޭނގޭތަ؟” އަފީފާއަށް ވިސްނައި ދެވޭތޯ ސައުދު ބުނެލިއެވެ. “ކޮންމެެހެން މަށަށް ވިސްނަދޭން އުޅޭނެ ކަމެއް ނެތް މަކަންތައް ކުރަންވީ ގޮތާއި ނުކުރަން ވީގޮތް އިނގޭނީ މަށަށް” އަފީފާ ރުޅިއައިސް ހުރެ ބުނެލިއަވެ. “އެހެންވީމަ ދެން ޖެހޭނީ އަލްޔާ ފޮނުވާލަން އޭރުން އެނިމުނީނޫން!” ސައުދު ވެސް ރުޅި އައިސް ބުނެލިއެވެ. “ނުފޮނުވޭނެ! ކީއްވެތަ އޭނަ ފުނުވާލަންވީ؟ މަބޭނުން ދުވަހަކުން އޭނަ ފޮނުވާނީ!” އަފީފާ މިފަހަރުވެސް ރުންކުރުވި ޖަވާބެއް ދިނެވެ. “އެއީތެދެއް ބައްޕާ މަންމަ އޭނައެއް ނުފޮނުވާނެ މަންމަގެ އަތުން ދިޔަ ލާރިގަނޑުގެ އަގުހަމަ ނުވަނީހެއް!” ވިނާންއަށް އަނގަ މަނޑު ލައިގެން ނުހުރެވިގެން ބުނެލިއެވެ. އެވަގުތު އަފީފާ ހައިރާން ވެފަ ވިނާންގެ މޫނަށް ބަލައިލިއެވެ.

….ނުނިމޭ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dhippi

Level 4100 Comments10 Stories

My name is Athifa Adam (Dhippi). I like to read and write stories. I am from K.Mal'e. I'm a woman. I'm 35 years old.

Other Articles

Previous

ލޯބިން ހިނިތުންވެލާށޭ 1

Next

ވިންދު ލޯބިން ޖެހި ހިތެއްގައި (8)

Next
September 8, 2017

ވިންދު ލޯބިން ޖެހި ހިތެއްގައި (8)

Previews
September 7, 2017

ލޯބިން ހިނިތުންވެލާށޭ 1

22 Comments!

  1. Reet says:
    September 7, 2017 at 8:11 pm

    First dhw reethi egy

    1. Adam says:
      September 7, 2017 at 8:13 pm

      Hehe ya Thanks reet

  2. mary says:
    September 7, 2017 at 8:49 pm

    V reethi konirakun next Part dhn vinaan rahtehi vaanee al aa dhw

    1. Adam says:
      September 7, 2017 at 9:48 pm

      Thanks marry insha Allah maadhanrey

  3. shaa says:
    September 7, 2017 at 9:08 pm

    V reethi

    1. Adam says:
      September 7, 2017 at 9:49 pm

      Thanks shaa

  4. crazy says:
    September 7, 2017 at 9:13 pm

    nice

    1. Adam says:
      September 7, 2017 at 9:50 pm

      Thanks crazy

  5. naayaa says:
    September 7, 2017 at 9:28 pm

    I like it. Asluves vr furihama igey 🙂 🙂 🙂 🙂

    1. Adam says:
      September 7, 2017 at 9:51 pm

      Thanks naayaa

  6. ®@@ñ! says:
    September 7, 2017 at 9:42 pm

    Mi prt vx varah nice???

    1. Adam says:
      September 7, 2017 at 9:52 pm

      Thanks @@n

  7. Hawwi says:
    September 7, 2017 at 10:08 pm

    v reethi

    1. Adam says:
      September 7, 2017 at 10:14 pm

      Thanks hawwi

  8. Juvey says:
    September 7, 2017 at 10:32 pm

    V reethi. .hama rovihjje al ah hadhaa gothun

    1. Adam says:
      September 7, 2017 at 11:16 pm

      Ohh ya assu ves dhw bt don’t cry adhi fahun maa sad vaane thanks juvey

  9. Aikko says:
    September 8, 2017 at 12:21 am

    Next part thankolheh avahah update kohdhehchey ingey. Pls. Nd mi part v salhi ❤

    1. Adam says:
      September 8, 2017 at 1:32 am

      Thanks aikko

  10. khajja says:
    September 8, 2017 at 2:44 am

    Ohhh wow masha allah stry v v v awsome v v v salhi???? when nxt prt avas kolladhechchey, alhey afeefaa mi ee konkahala anhenetha? Mayakavves huri huthureh dhw aee heyonuvaane ennu alyaa ah ehen hadhan vinaan annarulhyga alyaa aa marry kurey dhen eyrunthaa afeefaa adhi foarihunnaany dhw??? stry v v v obi gud nyt ly??❤❤❤????

    1. Adam says:
      September 8, 2017 at 10:09 am

      Dhw thanks khajja

  11. Amin says:
    September 8, 2017 at 10:46 am

    Bandhige eh noon. Badhige kiyanee.. Story is nice.. Keep going

  12. Navya says:
    September 9, 2017 at 1:03 pm

    V reethi mi part ves ?

Comments are closed.

Next Episodeއެދެމޭ އުފާ (9)←


All Right Reserved!