Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

02:30 ސޯޅަވަނަ ބައި

Ushaali Level 810 Stories100 Comments100 Stories500 Comments
August 30, 2017 9 Mins Read
27 Comments

 

އިރުފާނަށް މިހިސާބަށް ބުނެވުނު ތަނާ ކޮޓަރި ތެރެއިން އިވުނު ބާރު އަޑުފަށްގަނޑަކާއެކު ކުއްލިއަކަށް ކޮޓަރި ތެރެއަށް ފާޅުވީ މުޅިތަން ފުރާލާފައި ނުބައި ސިފައެއްގައި ހުރި އެއްޗެކެވެ. ކަޅުކުލައިގާ ހުރި އެތީގެ މޫނު ރަޔާހީނަށް ފެނުނީ އޭނައާއި ދިމާލަށް އެނބުރިލުމުންނެވެ. އަނގުރުކޮޅެއްހެން ހުރި ދެލޯ ނިކުމެގެން ގޮސް ހުރީ އިރުފާންގެ މޫނުގައި ޖެހިފައެވެ. އޭރުވެސް ދެލޮލުން ލޮނދިތަކާއެކު ދިޔާ އެއްޗެއް ފައިބަމުން ދިޔައެވެ. މުޅި ހަށިގަނޑުގައި ވެސް ވަނީ ލޮނދިތަކުން ފުރިފައެވެ. ބޮލުގައި ހީވަނީ ބޯވަ ފައިތަކެއް އަޅައިގެން ހުރި ހެންނެވެ. އޭތީގެ ހަށިގަނޑުގައި ފޭރާމެއް ހުރި ހެން ވެސް ހިއެއް ނުވޭއެވެ. އިނގިލީގެ ނިޔަފަތިތައް ދިގުވެގެން ގޮސް ހުރީ ބަޅުވެފައެވެ.  އަނގައިގަވާ ދޫ ބޭރަށްނެރެ އިރުފާންގެ ކަރުގައި އޮޅާލީ ރަޔާހީން ޝޮކެއްގައި އިންދައެވެ. ކުރިމަތިން ފެނުނު މަންޒަރުން ރަޔާހީނަށް އަޑުގަދަ ކޮށްލެނުވެ. ހަމަ އެހިނދު އޭނާ ޚަބަރު ހުސްވެގެން އެނދަށް ދެމުނެވެ.

 

އޭތި ހުރީ އިރުފާންގެ ކަރުގައި ތޫނު ނިޔަފަތިތަކާއެކު ހިފާ ފިއްތާލައިގެންނެވެ. އިރުފާން ރޯމަހެއް މަރަށް ތެޅޭހެން ތެޅެން ފެށިއެވެ. ހަމަ ކުއްލިއަކަށް އޭތި ގެއްލުނެވެ. އިރުފާނު ގުދަށް އޮވެ ކެއްސަމުން ދިޔައީ އަދިވެސް ކަރަށް ފިތޭހެން ހީވާތީއެވެ. އޭނާ ހަމައަކަށް އެޅުމާއެކު ރަޔާހީން ކައިރިއަށް އަވަސް އަވަހަށް ޖެހިލިއެވެ. މިރޭ ރަޔާހީނަށް އެފެނުނީ ދުވަހަކު ވެސް އޭނާ ރަޔާހީން ކުރިމަތީގައި ހާމަކުރަން ބޭނުންވި ކަމެއް ނޫނެވެ. ކޮންމެ ގޮތެއް ވިޔަސް ރަޔާހީނަށް އޭތި ފެނުނެވެ. އޭނާ ބިރުން ހޭނެތުނީ އޭތި ފެނުނީމައެވެ. އިރުފާން ރަޔާހީން އެނދުގައި ބާއްވާލުމަށްފަހު މޫނުގައި ފެންފޮދެއް އުނގުޅާލިއެވެ. އެވަގުތު ދެފަހަރަކު އެސްފިޔަތައް ތަޅުވާލުމަށްފަހު ރަޔާހީން ދެލޯ ހުޅުވާލިއެވެ.

“ކިހިނެއްވީ…” ކުރތިމަތިން ކަންބޮޑުވެފައި އިން އިރުފާން ފެނުމާއެކު ރަޔާހީން އަހާލިއެވެ. ކޮޓަރި ތެރޭގައި ކަމެއްވިކަން ވެސް ރަޔާހީން ހަނދާނުގައި ނެތް ކަން އޭނާ އެހެން ބުނުމުން އިރުފާނަށް ވިސްނުނެވެ. އިރުފާނަށް ހަމަޖެހުމުގެ ނޭވައެއް ލެވުނީ ރަޔާހީންގެ ހަނދާނުގައި އެކަންތައް ނެތް ކަން އެނގުމުންނެވެ.

“ނޭނގެ… ހީން ވާހަކަދައްކަން އިނދެ ނިދީނު…” ސަމާސާވެރި ގޮތެއް އަޑަށް ގެންނަމުން އިރުފާން ބުނެލިއެވެ. އެ ސަމާސައިގާ ރަޔާހީން ވެސް ބައިވެރިވެލިއެވެ. އިރުފާނަށް ނުވިސްނުނީ ރަޔާހީންގެ ހަނދާނުގައި ހުރިހާ ކަމެއް ހުރިކަމެވެ. ގަސްދުގައި އޭނާ އިރުފާނަށް އޮޅުވާލީއެވެ. ބީހާލް އެސިފައިގާ ރަޔާހީން ކުރިމައްޗަށް އައުމުން އެކަމާއި ވެސް ރަޔާހީން ހުރީ ހިތްހަމަނުޖެހިފައެވެ. އޭތި ހުރި ގޮތް ސިފަވުމުން ރަޔާހީންގެ ލޯލިތަށް ކޮޅަށް ޖެހިގެން ދިޔައެވެ. ދޮންތަ އާއި ބެހޭ ގޮތުން އިރުފާން އެގޮތަށް ވާހަކަދެއްކުމުން ބީހާލް ރުޅި އަންނާނެކަން ރަޔާހީނަށް ވެސް އެނގެއެވެ. އެހެންވިޔަސް ރަޔާހީން ކުރިމައްޗަށް އެކަހަލަ ސިފައެއްގައި އަންނަން ވެދާނެ ހެއްޔެވެ؟

ފާޚާނާ އަށް ވަދެ ދެފައި ދޮވެލައިގެން އެނދަށް ނިދަން އެރި ފީރޯޒާ ބާލީސްމަތީގައި އެއް އަރިއަކަށް ބޯދަށް އަތް ލައްވާލައިގެން ޖައްސާލިއެވެ. ކައިރީގައި އޮތް އާސިރު ވެސް އޭނާގެ ފޯނާއި ލޮލުގައި އޮތް ނަންބަރު އައިނު ނަގާ ސައިޑްކަބަޑް މަތީގައި ބާއްވާފައި ފީރޯޒާ އާއި ދިމާލަށް އެނބުރިލިއެވެ.

“ހޫމްމމ.. މިތިބީ އެއްތަންވެވިފައި. ކީކޭތަ ކިޔަން އުޅުނީ” އާސިރު ބުނެލިއެވެ.

“މަށަށް ހީވަނީ އެއްކަލަ ކަންތަކުގެ އުނދަގު އިރުފާނަށް ކުރަން ފަށައިފިހެން. މިއަދު ކާމޭޒު ކައިރީގައި އުޅުނީ ވަރަށް ފާޑަކަށް. މިކަމަށް ހައްލެއް ގެންނާކަށް އާސިރަކަށް ނުފެނޭތަ” ކާމޭޒު ކައިރީގައި އިރުފާންގެ އަމަލުތައް ހުރި ގޮތާއި އަދި އޭނާ އަށް ފެނުނު ހުވަފެނުގެ ވާހަކަ ވެސް ކިޔާދިނެވެ.

“ތީ ބޮޑު ކަންތައްގަނޑެއް ހިނގަން އުޅޭ ކަމުގެ ފެށުން ކަންނޭނގެ. އަތް އުރާލައިގެން ހުންނާކަށް މަށަކަށް ނުފެނޭ. އެއްކަލަ ހުސޭނުބެ ހޯދަންވީ ދޯ. މިހާރު ހުންނާނީ ވެސް ވަރަށް މުސްކުޅިވެފަ ކަންނޭނގެ. އޭގެ ފަހުން ހާލެއް ވެސް ބަލާ ނުލެވޭ ވިއްޔާ. އޭނާގެ ދަރި ޖަޢުފަރަށް ގުޅާނަން މާދަމާ” ފީރޯޒާ ކިޔާދިން ވާހަކަތަކުގެ ބުރަދަނަށް ބަލާއިރު އެއީ ވަރަށް ބޮޑު ކަމެއްކަން އާސިރަށް އެނގުނު ހިނދު އޭނާގެ ހަށިގަނޑު ތެދުކޮށްލާ އެނދުގެ ހެޑް ބޯޑުގައި ލެގިލިއެވެ.

“މިކަން ވީހާވެސް އަވަސް ކުރަންވީ” ފީރޯޒާ ބުނެލިއެވެ.

“މަށަށް ފެންނަނީ ބޭރަށް ފުރުން އަދި މަޑުކޮށްލަން. އިރުފާނުގެ ހާލަތަށް ބަދަލެއް އާދޭތޯ ބަލާފައި ފުރަން. މައިސަރާ ކައިރީގައި ބުނަންވީނުން އެމީހުން ފުރާށޭ” އާސިރު އޭނާގެ ޚިޔާލު ފާޅުކުރުމުން ފީރޯޒާ ވެސް އެކަމަށް ތާއީދު ކުރިއެވެ. ދެމަފިރިން ވެސް ވާހަކަތައް އެހާ ހިސާބަށް މެދުކަނޑާލުމަށްފަހު ނިދަން ތައްޔާރުވިއިރު ދެމަފިރިންގެ ސިކުނޑީގައި ވެސް އެނބުރެނީ ހަމަ އެއްކަމެކެވެ.

 

ހަވީރު ސައިބޯން ކައިރީ ގެއަކުން ހެދިކާ ގަނެގެން ގޭޓުން ވަދެގެން އައި ރަޔާހީންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ފުރަތަމަ ފަންގިފިލާގެ ބެލްކަނީގައި އެކަކު އަނެކަކުގެ ލޮލަށް ގެއްލިފައި ތިބި ދެމީހުން ފެނިފައެވެ. އެވަގުތު ރަޔާހީންގެ ހިތަށް ގޮތެއްވިއެވެ. އިރުކޮޅަކުން ދެމީހުން އެކަކު އަނެކަކު ހަށިގަނޑުގައި އޮޅުލައިގަތީ އެކަމަށް ނިހާޔަތަށް ބޭނުންވެފައިވާ ދެމީހުން ފަދައިންނެވެ. ރަޔާހީން އޭނާގެ ނަޒަރު އެހެންދިމާލަކަށް ބަދަލުކޮށްލީ އޭނާ ބަލަން ބޭނުންނުވާ އެެހެން މަންޒަރެއް އޭނާގެ ލޮލަށް ފެނިދާނެތީއެވެ. ނަމަވެސް އޭނާގެ ފިޔަވަޅުތައް ކުރިއަށް އެޅޭ ގޮތެއް ނުވިއެވެ. އޭނާ ނުބަލަން ހުރެފައި ދެވަނަ ފަހަރަށް ބަލާލިއިރު ދެން ފެނުނު މަންޒަރަކުން އޭނާގެ އިޙުޞާސްތައް ހިފަހައްޓައެއް ނުލެވުނެވެ. އެދެމީހުން ތިބީ ކިސްކުރަން ކަމުގައި އެވަގުތު އޭނާގެ ހިތް ނިންމިއެވެ. އެމަންޒަރު އޭނާގެ ލޮލަށް ދެއްކެވުމުގެ ކުރިން ދެލޯ އަނދިރިވި ނަމައޭ ހިތަށް އެރިއެވެ. އޭނާގެ ލޮލުން ކަރުނަތައް އޮހިގަތީ އޭނާ އަށް އިންޒާރެއް ވެސް ނުދީއެވެ. އޭނާ ކުރިއަށް ފިޔަވަޅުތައް އަޅަމުން ގެއަށް ގޮސް ވަނީ ދެއަތުން ލޯ ފޮހެމުންނެވެ. ރަޔާހީނަށް ނޭނގުނީ އެއީ މީހަކު އޭނާ އަށް ދެއްކި މަންޒަރެއް ކަމެވެ.

“އަނހަ މިއޮށް އައީ ހީން. ދަރިފުޅާ އަވަހަށް ތައްޔާރުކޮށްލާ މޭޒުމަތި. ބޮޑުދައްތަމެން އެއަރޕޯޓަށް ދާ ވަގުތަށް ނިންމާލެވޭތޯ ވާނެ ބަލަން” ވަދެގެން އައި ރަޔާހީން ފެނުމުން އެހެން މަސައްކަތެއްގައި އުޅުނު ފީރޯޒާ ބުނެލިއެވެ. އޯލާ އާއި ރާނޯގެ އެހީތެރިކަމާއެކު ރަޔާހީން މޭޒުމައްޗަށް ސައި ހަދާލިއެވެ. އެންމެން ސައިބޯން އައުމުން ހުރިހާ އެންމެން އެކުގައި ސަޔަށް އިންސާފު ކުރަން ފެށިއެވެ. ރަޔާހީން ތުންފަތްމައްޗަށް ހިިނިތުންވުމެއް ވެރިކުރުވައިގެން ހުއްޓަސް އޭނާގެ އެތެރެ ހަށީގައި އޮތް ހިތް ރޮނީއެވެ. އޭނާ ބޭނުންވަނީ އެކަނި އިނދެ ހިތް ފުރެންދެން ރޯލާށެވެ. އިރުކޮޅަކުން ހެމުން ސަކަރާތް ޖަހަމުން ދެއަތް ގުޅުވާލައިގެން އައިސް އޭނާގެ ކުރިމަތިން ހުރަސް ކޮށްފައި އައިސް އެ އިށީނީ ވިކްޔަން އާއި އޭނާގެ ލޯބިވެރިޔާ ނިހާއެވެ. ރަޔާހީނުގެ ހިތް ހީވީ ދެފަޅިވާން އުޅުނު ހެންނެވެ. އެހެންކަމުން އޭނާ ބަދިގެ ތެރެއަށް ދެމިގަތެވެ. ޒިންކު ކައިރީގައި ހުއްޓުމަށްފަހު ފެންފޮދަކުން މޫނު ދޮވެލީ އޭނާ ރޮއެފައި ހުރިކަން އިތުރު މީހަކަށް އަންގަން ބޭނުންނުވުމުންނެވެ. ނަމަވެސް ރަޔާހީން އެނބުރި މޭޒުދޮށަށް ދިޔައީ އިރުފާން ގޮވާލި އަޑަށެވެ.

“ދަރިފުޅާ ކިހިނެއްވީ މޫނު ދޮވެފަ ތިހިރީ. އަނެއްކާ ހޮޑުލަވަނީތަ؟” ފީރޯޒާ އަށް ބަދިގެއިން ނިކުތް ރަޔާހީން މޫނުމަތި ހުރިގޮތުން ނެގުނީ މުޅިން އެހެން މާނައެކެވެ.

“އަނެއްކާ މަށަށް އެއްބަފާ ކޮއްކޮއެއް ލިބެން އުޅެނީތަ” މާކިލް ވިހަ ހިނިތުންވުމެއް ރަޔާހީނަށް ދެމުން އޭނާގެ ދުލަށް އެވަގުތު އައި ޖުމްލަ ބޭރުކޮށްލިއެވެ. އެވަގުތު ވިކްޔަން އަތުގައި އޮތް ދަނގަނޑު އޫ ތިރިއަށް ވެއްޓުނެވެ. މުށިތަކުގެ މަތީގައި އޫ ޖެހުނު ވަގުތު އިވިގެން ދިޔަ ހިތްގައިމު ތޫނު އަޑު ނުކެނޑި އިރުތަކެއް ވިއެވެ. އެވަގުތު އެކަކު އަނެކަކުގެ މޫނަށް ބަލަމުން ދިޔައެވެ. ތަނަށް ވެރިވެފައިވި ހިމޭންކަމުގައި ކައިރީގައި އިން ނިހާ ވިކްޔަންގެ މޫނަށް ބަލާލުމުން ވިކްޔަން އަށް ހީލަން ވެސް ނޭނގުނެވެ. މައިސަރާ ވިކްޔަން އަށް ބަލާލީ ދަރިފުޅަށް ހަމްދަރުދީ ވެފައެވެ.

“ދަރިފުޅާ ހީން. ވިކްޔަން އަށް އެހެން އުލެއް ގެނެސްދީބަލަ” ތަނަށް ވެރިވެފައިވި ހަމަހިމޭންކަން ފިލުވާލަމުން  ފީރޯޒާ ބުނެލިއެވެ. އިސްދަށަށް ޖަހާލައިގެން ހުރި ރަޔާހީނަށް ފީރޯޒާ އަޑު އިވުމާއެކު ދުރަށް ޖެހިލިއެވެ.

“މާކް. ކާންއިނދެ ބޭކާރު ވާހަކަނުދައްކަބަލަ” ރަޔާހީންގެ މޫނަށް ބަލާލުމަށްފަހު އިރުފާން ދެލޯ އަމާޒުކޮށްލީ ވައަތް ފަރާތުގައި އިން އޭނާގެ ދަރިފުޅު މާކިލް އަށެވެ.

“ދައްތާ. އަހަރެމެން މިކޮޅަށް އަންނަ ގޮތަށް ވިކްޔަން އާއި ނިހާ ގެ ކައިވެނީގެ ކަންތަކާ އުޅޭނީ. ވިކްޔަންގެ ބައްޕަ ވެސް ބޭނުމެއްނުވޭ ގިނަ ދުވަސްތަކެއް ދެން ކުރާކަށް” މައިސަރާ އެބުނެލި ޖުމްލަ ރުވާފައި ފޮނުވާލި ތީރެއްހެން ހެރުނީ ވިކްޔަން ކައިރިއަށް އުލެއް ހިފައިގެން އައިސް ހުއްޓުނު ރަޔާހީނަށެވެ. ރަޔާހީން ދިއްކޮށްލައިގެން ހުރި އުލުގައި ވިކްޔަން ހިފީ އޭނާގެ ސަމާލުކަން މިވަގުތު ބާކީ ތިބި މީހުން ނަގައިގަނެގެން ތިބީމައެވެ. އެހެންނޫނީ މިއަދު އޭނާ އެ އޫ ހިފާ ބިންދާލާކަށް ވެސް ފަހެއް ނުޖެހޭނެއެވެ. އޭނާގެ ހިތުގައި ރަޔާހީނާއި މެދު ވަނީ ހަމައެކަނި ނަފްރަތެވެ. ނޫނީ އެއީ އޭނާ އަމިއްލަ އަށް ދައްކައިގެން އުޅޭ ގޮތެވެ.

ގެއަށް ވަދެގެން އައިސް ސޯފާ ގައި އިށިން އާސިރުގެ މޫނުމައްޗަށް ބަލާފައި އޭނާ އިނީ ހަމަޖެހިފައޭ ނުބުނެވޭނެއެވެ. ފެންތައްޓެއް ހިފައިގެން އައި ފީރޯޒާ އާސިރު އަތަށް ފެންތަށި ދިނުމަށްފަހު އެމޫނަށް ރަނގަޅަށް ބަލާލީ އެއްޗެއް ދިރާސާ ކުރާ ކަހަލަ ގޮތަކަށެވެ. ފެންތަށި އެއްނޭވައިން ދަމާލުމަށްފަހު އާސިރު އޭނާގެ ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި ހުސްތަށި ބެހެއްޓިއެވެ. އަދި ގޭ ދެފަރާތަށް ބަލާލުމަށްފަހު ފީރޯޒާ މޫނަށް ބަލާލިއެވެ.

“ކޮބާ މިގޭ އެހެންމީހުން” ގޭތެރެއަށް މަރުފަދަ ހިމޭންކަމެއް ވެރިވެފައި އޮތުމުން އާސިރު ފީރޯޒާ ކުރެން އަހާލިއެވެ.

“އިރުފާން ދިޔައީ ރައްޓެއްސަކާއި ބައްދަލު ކުރާށޭ ކިޔާފަ. ވިކްޔަން ވީ ދަތުރެއްގަ. ރަޔާހީން ވެއްޖެ ނަމާދުގޭގަ. ދެން އެނގެއްނު މާކލް މިގަޑީގައި ވާނީ ކޮންތާކުކަން. ވެއްޖެ ކުޅެން ގޮސް” ފީރޯޒާ ވަކިވަކި މީހުން ވީތަން ތަފްސީލުކޮށް އާސިރަށް ކިޔާދިނެވެ.

“ކިހިނެއްވެފަ. ކޮންކަމަކާ ތި ވިސްނަނީ” ފީރޯޒާ ފުރުސަތުގެ ބޭނުންކޮށްލިއެވެ.

“ވީގޮތަކީ ހުސޭނުބޭ ހޯދަންވެގެން އެއްކަަލަ ޖަޢުފަރަށް ގުޅީމަ ބުނީ ހޮސްޕިޓަލުގައޭ. ދެން ހޮސްޕިޓަލަށް ދިޔައީ. ދިޔައިރު ހުސޭނުބޭ އޮތީ އައިސީޔޫގަ. މުސްކުޅި ބަލީގަ މިހާރު މަހެއްހާ ދުވަސްވެއްޖެޔޯ. އަހަރެމެންގެ މިކަންތަކުގައި ދެން އެހީވާނެ މީހަކު ނުހުންނާނެ. އެކަމާ މި ވިސްނާލީ” އާސިރު ސޯފާގައި ލެގިލަމުން އެއްއަތުން އޭނާގެ ނިތްކުރިމަތީގައި ވިދަމުންދިޔަ ދާތައް ފޮހެލިއެވެ.

“ހުސޭނުބޭ ގަދަވެގެން އައިސް އަދި އަހަރެމެންނަށް އެހީވާނެ” ފީރޯޒާ ވިސްނުން އިދިކޮޅަށް ގެންދަން ބޭނުނުވާތީ ބުނެލިއެވެ.

“ޖަޢުފަރު ބުނީ ހުސޭނުބެއަށް މީހުން ވެސް ވަކި ނުވެއޭ. އަމިއްލަ ދަރިން ވަކި ނުވާއިރު އަދި އަހަރެމެން މީ ކޮންބައެއް” އާސިރު ބުނެލިއެވެ. ފީރޯޒާ ވެސް ވިސްނަންފެށީ ދެން އޮތް ގޮތަކާއި ދޭތެރޭގައެވެ.

“ދެން ކީތްކުރާނީ. އޭގެފަހުން އިރުފާނު އެކަހަލަ ވާހަކައެއް ނުދައްކާ. ހީވަނީ އެކަހަލަ ކަމެއް ދިމާނުވަނީހެން” ފީރޯޒާ ބުނެލިއެވެ.

“ނަސީބެއްނު. ދެން އަހަރެމެންނަށް ގާތުން ބެލިދާނެއްނު ވާގޮތް. ކަންތައް މާ ގޯސްކޮށް ދަންޏާ އަހަރެން ބަލާނަން އެހެންގޮތެއް އޮތްތޯ. އަހަރެންގެ އަމިއްލަ ފުރާނައިން އަތް ދޮވެލާން ޖެހުނަސް ހެޔޮ. މި ގެއާއި މިއާއިލާ ބަދުނާމް ވިޔަކަ ނުދޭނަން” އާސިރު އޭނާގެ ގޮތުގައި ބުނެލިއެވެ. އެހެނީ ކުރިން ވެސް އޭނާ އެކަމެއް ފޮރުވާފައިވަނީ އެގެއާއި އޭނާގެ ނަމަށް ލިބިދާނެ ހުތުރު ނަމަކަށްޓަކައެވެ. ފަހަރެއްގައި ވެސް އޭނާގެ ދަރިފުޅު ކުރި ކަންތަކަށް އެއްބާރުލުން ދިނުމަކަށް ނޫނެވެ.

ދެތިން ދުވަސް ފަހެވެ. ފީރޯޒާގެ ފައި އެއްތަނެއްގައި ހަރުނުލައެވެ. އޭނާގެ ސިކުނޑި ހާސްވެފައިވީއިރު ފާޑެއްގެ ރުޅިއެއް ވެސް އަންނަމުން ދިޔައެވެ. އަތުގައި އޮތް ފޯނަށް ބަލާލުމާއެކު އެނދުގައި އިށީނީ ކައިރީގައި ފޯނު ބާއްވަމުންނެވެ. އިރުކޮޅަކުން މޫނުގައި ނިތްކުރި އާއި އެކު އަތް ހާކާލާނެއެވެ. ތެދުވެ ހިނގާލާނެއެވެ. ދަތްކުނޑި ވިކާލާނެއެވެ. އެންމެފަހަށް އޭނާގެ ސިކުނޑި އަށް ކެތްވާވަރު ނުވުމުން އަތުގައި އޮތް ފޯނު ހޫރާލެވުނީ ކުރިމަތިން ފެންނަން ހުރި ފާރުގެ ބުޑަށެވެ. އާއެކު ބާރު އަޑުފަށްގަނޑެއް އިވި ފޯނުގެ އެކި އެތިކޮޅު އެކިތަނަށް ބުރައިގެން ދިޔައެވެ. ފާޚާނާ އިން ނިކުތް އާސިރު ހުރީ ފީރޯޒާގެ އަމަލުން ވިސްނަންވީ އެއްޗެއް ނޭނގިފައެވެ. މީގެ ކުރިން ދުވަހަކު ވެސް ފީރޯޒާ ގެ ފަރާތުން އެފަދަ އެއްވެސް އަމަލެއް ފެނިފައިނުވާތީ ފީރޯޒާ އަށް ދިމާވެގެން އެއުޅެނީ ކުޑަ ކަމެއް ނޫނޭ އޭނާގެ ސިކުނޑި ބުނެދިނެވެ.

“ރޯޒާ އާދެބަލަ އިށީނދެބަލަ. ކިހިނެއްވީ؟ އާސިރު ލޯތްބާއެކު ފީރޯޒާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.

“އެ ބީތާގެ ހުރި ހިތްވަރެއް ނިކަން ދެކިބަލަ. އެހާ އަވަހަށް ފިޔަފަޅައިގެން އުދުއްސައިގަތީ އޭ އެ ޖަނަވާރު. ލާހިކެއް ނޫން ދެވަނަ ފަހަރަށް މަގޭ އަތުގައި ޖެހުނިއްޔާ ދުނިޔޭގެ ދެކޮޅު ދައްކާލާނަން” ފީރޯޒާ ދަތްކުނޑި ވިކަމުން ވާހަކަދެއްކިއިރު އޭނާގެ ދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.

“އާސިރު މަބުނީމެއްނުން ދެން ފެންނާނީ މިކަހަލަ ދުވަހެކޭ. އަހަރެމެންގެ މި އާއިލާ ބަދުނާމްވެ މުޅި ދިވެހިރާއްޖެއަށް ބޭޒާރުވާކަށް ދެން ނެތް މާގިނަ ދުވަހެއް. އެ ރަމްލާ އޭނާގެ ހުރި ވަރެއް ދައްކާލައިފި” އާސިރަށް ބަލާލަމުން ފީރޯޒާ ބުނެލިއެވެ. ދެލޮލުގައި ކަރުނަތައް އުފެދިފައިވީއިރު މޫނުމަތިން ފެންނަން ހުރީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމެވެ. ސިކުނޑީގެ ކޮންމެސް ދިމާލެއްގައި އިރުފާނާއި މެދު ވެސް ރުޅިވެރިކަމެއް އުފެދުނެވެ. ނަމަވެސް މިހާރު އެކަމަކީ އެދަމަފިރިން އިރުފާނަށް މާފް ކޮށްފައިވީ ކަމެކެވެ. އެނދުގައި އުއްޑުން އޮށޯތްއިރު އޭނާގެ އެއް އަތް ވަނީ ނިތް މަތީގައި ބާއްވާލެވިފައެވެ. ކައިރީގައި ފީރޯޒާ ވެސް އިނީ ބޮލުގައި ދެއަތް ވިއްދާލައިގެންނެވެ. ބޯމަތިވާން އުޅޭ ތޫފާނުން ސަލާމަތްވާނެ ގޮތެއް ދެމަފިރިން ވެސް ވިސްނަނީ ކަންނޭނގެއެވެ. ފިރޯޒާގެ ފޯނަށް ރަމްލާ ގުޅާފައި ދެއްކި ވާހަކަތަކާއި ދިން އިންޒާރުތައް އާސިރަށް ފީރޯޒާ ކިޔާދިނީ އޭގެ އިރުކޮޅެއް ފަހުންނެވެ.

ދަންވަރު ރަޔާހީން ކޮޓަރިން ނިކުމެލީ އެކޮޓަރީގައި ފެން ހުސްވެފައި ހުރުމުން ފެން ޖަގެއް ބަލާ ބަދިގެ އާއި ވީ ފަޅިއަށް ދިޔުމަށެވެ. އަނދިރިކަން ފެތުރިފައިވާ ބަދިގެއަށް ރަޔާހީން ވަދެ ފާރުގައިވާ ލައިޓްތައް ޖައްސާލުމާއެކު ރަޔާހީން ދިޔައީ ސިހިގެންނެވެ. ހަމަ އެއާއެކު ގޮނޑީގައި ވިސްނުމެއްގައި އިން ވިކްޔަން ވެސް ދިޔައީ ސިހިގެންނެވެ. ރަޔާހީން ހުރީ ވިކްޔަން އާއި ދިމާލަށް ބަލަން ބަސްހުއްޓިފައެވެ. އޭނާ އަށް ވިސްނަންވީ ކޯއްޗެއް ކަމެއް ނޭނގުނެވެ. އެތައް ސުވާލުތަކެއް އެއްފަހަރާ އޭނާގެ ސިކުނޑީގައި އެނބުރެން ފެށިއެވެ. ވިކްޔަން ވެސް އެހެން ދިމާލަކަށް ނަޒަރު ބަދަލުކޮށްލީ އެފަދަ ހާލަތެއްގައި އޭނާ ވަނިކޮށް އެންމެ ފެންނަން ނޭދޭ އިންސާނާ އަށް ފެނުމުންނެވެ. އޭނާ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލާކަށް ވެސް ހަނދާނެއް ނެތެވެ. ވާހަކަނުދައްކާ އިރުގަނޑެއް ވޭތުވުމަށްފަހު ކުރިއަށް ފިޔަވަޅެއް އަޅާލީ ރަޔާހީނެވެ. އޭނާ މަޑުމަޑުން ފުރިޖު ކައިރިއަށް ގޮސް ފިނި ފެންފުޅިއެއް ނަގާ ޖަގަށް އަޅާލިއެވެ. ހުސްފުޅި އަށް އެތަނުން  ބޮޑު ލައިފް ފެންފުޅިއެއް ކަނޑާ ފެން އެޅުމަށްފަހު އަލުން އަލަމާރިއަށް ލުމަށްފަހު ވިކްޔަން އަށް ބަލާލިއެވެ. ވިކްޔަން ހަމަ އިން ގޮތަށް އިސްޖަހާލައިގެން އިނެވެ. ނަމަވެސް ކުރިން އޭނާ ލޮލު ކައިރީގައި ހުރި ކަރުނައިގެ ނިޝާން ނެތްކަން ރަޔާހީން އަށް ފާހަގަވިއެވެ. އެހުރިހާ ކަމެއް ކުރަމުންދާއިރު ވެސް ރަޔާހީންގެ ހަރަކާތްތަކަށް ވަނީ ލަސް ކަމެއް އައިސްފައެވެ. ޖަގު ހިފައިގެން ބަދިގެއިން ނިކުންނަން އޭނާ ހިނގައިގަތުމަށްފަހު އަލުން ފަހަތް ބަލާލީ ވިކްޔަން އާއި ވާހަކަދެއްކުމަށް އޭނާގެ ހިތް އެދި ގޮވާ ވަރުންނެވެ. އެހެންކަމުން އަނބުރާލާފައި ވިކްޔަން ކައިރިއަށް ދިޔުމަށް ހިނގައިގަތުމާއެކު ގޮނޑި ދުރުކޮށްލަމުން ވިކްޔަން ރަޔާހީން ފަސްއެނބުރި ދިޔައީ ރަޔާހީންގެ ހިތުގަ ލެވިފައިވާ ޒަހަމްތަކަށް ލޮނުމިރުސް ލަމުންނެވެ. ރަޔާހީން އޭނާ ކައިރިއަށް އަންނަ ކަން އެނގިހުރެ ގަސްދުގައި އެފުރުސަތު ނުދިނީއެވެ.

ރަޔާހީން ލަސް ފިޔަވަޅުތަކެއްގައި ކޮޓަރިއަށް ވަންނަން ދިޔައިރު ވެސް އޭނާގެ ހިތާއި ސިކުނޑި ވަނީ ސުވާލުތަކުން ފުރި ބާރު ވެފައެވެ. ވިކްޔަން މިފަދަ ވަގުތެއްގައި އެތާ އެކަނި އިނުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ވިކްޔަން ލޮލުން ފައިބަމުން ދިޔަ ކަރުނަތަކުގެ ސަބަބަކީ ކޮބާ ހެއްޔެވެ؟ އަނެއްކާ ނިހާ އާއި މައްސަލައެއް ޖެހުނީ ހެއްޔެވެ؟ ވިކްޔަން ހަމަ ނިހާ ދެކެ އެހާ ލޯބި ވަނީ ހެއްޔެވެ؟ ވިކްޔަން އާއި މެދު ހިތަށް އެރި ގޮތަކަށް ވިސްނަމުން ދިޔަ ރަޔާހީންގެ ފިޔަވަޅުތައް މަޑުޖައްސާލީ ޖެހިގެން ދެތިން ކޮޓަރި ދޫކޮށް ހުންނަ މާކިލް ގެ ކޮޓަރިން ނިކުތް މީހެއް ފެނިފައެވެ. އަނދިރީގެ ތެރެއިން ވެސް އެއީ އަންހެންކުއްޖެއްކަން ރަޔާހީން ދެނެގަތެވެ. ރަޔާހީން އަވަސް އަވަހަށް އެތަނުން ތަނބަކާއި ނިވާވެލީ އެ އަންހެންކުއްޖާ އަށް އޭނާ ދާދި ކައިރީގައި ހުރިކަން ނާންގަން ވެގެންނެވެ.

އިރުކޮޅަކުން އެކޮޓަރިން ނިކުތް މާކިލް ފެނުމުން ރަޔާހީން މޭގައި އަތް އަޅާލިއެވެ. ރަޔާހީން ސިއްރުން އެދިމާ ބަލާލިއިރު ދެން ފެނުނު މަންޒަރަކުން އެމީހުން އެކުރަނީ ކޮންދަފަ ނުބައި އަމަލެއްކަން ރަޔާހީނަށް އެނގުނެވެ. ސީދާ މަންޒަރު ސާފުކޮށް ލޮލަށް ނުފެނުނަސް ދެމީހުންގެ ހަށިގަނޑު ހަރަކާތްކުރާ ގޮތުންނާއި އަތް ހަރަކާތްކުރާތަން ފެނި ދެހަށިގަނޑު އެއް ހަށިގަނޑަށް ވެފައި ތިބުމުން ރަޔާހީނަށް ލަދުން ލޯ މަތީގައި އެއް އަތް އަޅާލިއެވެ. މާކިލް ދެކެ އެހާ ރުޅި ވެސް އާދެވުނެވެ. އެމީހުން އެކުރާ ކަމެއް ކޮޓަރީގެ ހަތަރުފާރުން އެތެރޭގައި ނުކުރެވުނީ ހެއްޔެވެ؟ ނޫނީ މިހާރު އެތިބި ތަން މާ ރައްކާތެރީ ހެއްޔެވެ؟ މާކިލް ގެ ހުންނަ ގޮތެއް ނެތް ކަމެވެ. އޭނާ އެއް އިނގިލި ކަންފަތަށް ކޮށްޕާލީ އަހަން ބޭނުންނުވާ އަޑެއް އިވިދާނެތީއެވެ. އެތަނުން ނިކުމެ ދާދި ކައިރީގައި ހުރި ކޮޓަރި އަށް ވަންނަން ރަޔާހީން ބޭނުންވިއެވެ. ނަމަވެސް އޭނާ މިހާރު އެހުރި ގޮތް ނޫން އިތުރު ގޮތަކަށް ހަށިގަނޑަށް ކުޑަ ގުޑުމެއް ގެނެޔަސް އެތަނުގައި އޭނާ ހުރި ކަން މާކިލް އަށް އެނގޭނެއެވެ. އެހެންކަމުން ރަޔާހީން ކުދިކިޔާލަ ކިޔާލަ އެތަނުގައި ހުއްޓެވެ.

ކޮޅަށް ހުރެ ހުރެ ރަޔާހީންގެ ދެފައި ވަރުބަލިވާން ފެށުމުން އޭނާ ފުން ނޭވައެއް ދޫކޮށްލިއެވެ. އެދިމާލަށް ބަލާލިއިރު ދެމީހުން ތިބީ ތަންކޮޅެއް ދުރުގައި ކަން ރަޔާހީނަށް އެނގުނެވެ. އެންމެފަހުން ރަޔާހީން ހިތްވަރުކޮށްފައި ފާރުގައި އަތް ހާކާލަމުން އެދިމާލު ސުވިޗު ޖައްސާލިއެވެ. ތަން އަލިވެގެން ދިޔުމާއެކު މާކިލް އާއި އަންހެންކުއްޖާ އަށް ސިހުމެއް ލިބި ތަންތަން ހޯދަން ފެށިއެވެ.  އަންހެންކުއްޖާ އޭނާ ޓީޝާޓްކޮޅު ރީތިކުރަމުން ސިޑިން ފައިބައިގެން ތިރިއަށް ދިޔުމުން ރަޔާހީނަށް ރީތިކޮށް މާކިލް އަށް ބަލާލެވުނެވެ. އެހިނދު ލަދުން ރަޔާހީން އަނެއް ފަރާތަށް އެނބުރުނެވެ. މާކިލް ލައިގެން ހުރި ކިރިޔާ ނިވާވާ ވަރުގެ ބޮކްސާކޮޅު ހަށިގަނޑަށް ހިފާލާފައި ހުރުމުން ރަޔާހީން ރުޅި އައިސް ރަތްވިއެވެ. އަތުގައި ހުރި ފެންފުޅިން މާކިލްގެ މޫނު މަތީގައި ޖަހާ ފިސްކޮށްލަފާނަމޭ ހިތަށް އެރިއެވެ. ގޮތްކުޑަޔަސް ބޮޑުވަރެވެ.

ނަމަވެސް އެވަގުތު މާކިލް އަމަލު ކުރާނެ ގޮތެއް ނޭނގޭތީ ރަޔާހީން ހިތް ބާރަށް ތެޅެން ފެށިއެވެ. ކުއްލިއަކަށް ރަޔާހީން ނުވިސްނާ ހުއްޓާ މާކިލް ރަޔާހީންގެ  އަނގަމަތީގައި އަތް އަޅައިގެން އުފުލާލައިގެން ގޮސް ކޮޓަރިއަށް ވައްދާ ތަޅުލިއެވެ. މާކިލް ހުށިޔާރު ކަމާއެކު ރަޔާހީން އަތުގައި ހުރި ފެންޖަގު ވެސް އަތުލިއެވެ. އެއި އޭގެން އޭނާ އަށް ހަމަލާއެއް އައިސްދާނެ ކަމަށްޓަކައެވެ. ރަޔާހީން ހުރީ އެތަނުގެ ލައިޓް ޖެއްސުނު މޮޔަ ހިތަށް އަރާފައެވެ. ރުޅި އައިއްސާ މާކިލް އަށް ބަލަން ހުރި ގޮތުން ހީވަނީ މޫނުމަތީ ލޭކޮށާލާފަނެ ހެންނެވެ.

ރަޔާހީން ހުރިލެއް މަޢުސޫމް ކަމުން މާކިލް ކައިރިއަށް ހިނިއައެވެ. މާކިލް އޭނާ ލައިގެން ހުރި ބޮކްސާގެ ދެއަތުން ހިފާ ތިރިއަށް ޖައްސާލުމާއެކު ރަޔާހީން އަނބުރައިނުގަތީ ކިރިޔާއެވެ. އަނެއްފަރާތަށް އެނބުރެވުނު އިރު އޭނާ އަށް ރަނގަޅަށް ވެސް ރޮވިއްޖެއެވެ. މާކިލް މިރޭ އޭނާ ނޮޅާ ކާނެއެވެ. އިންޒާރު އޮތީ ކުރިން ވެސް ދީފައެވެ.

“އައްޗީޑި. ކީއްކުރަން ތިއުޅެނީ…” ރަޔާހީން ރުޅިއައިސްފައި އިއްވާލިއެވެ. އޭނާ ބިރުން ކުޑަވެފައި ހުރި ކަން އެދަނޑިވަޅުގައި ވެސް އަންގާކަށް ބޭނުމެއް ނުވިއެވެ.

“ހެހެހެ… ދެން އެނގެއެއްނު…… ކީއްކުރަން މަށަށް ޖެއްސުން ކުރަން ލައިޓްތައް ޖެއްސީ…. ކުޑައިރުކޮޅަކު މަޑުކޮށްލިނަމަ….. މިރޭ ހީން ވާނީ އެކަމަށް ޕޭ ކުރަން…. މަށަށް އެނގޭ ނުބުންޏަސް ބޭނުންވެގެން ކަން އެހެން ހެދީ” މާކިލް ގެ އަޑު ގާތުން އިވުމުން ރަޔާހީން އޭނާ ގާތްވަމުން އަންނަ ކަން އެނގުނެވެ.

“އައްޗީޑި… ދައްކާ ހަޑި ވާހަކަ….. ލަދެއްވެސް ނުގަނޭތަ؟….. މިހާރު ދޮރު ހުޅުވަންވީ… އަހަރެން މިތަނުން ނިކުންނަން ވެއްޖެ” ރަޔާހީން ވާހަކަދެއްކީ މާކިލް އަށް ފުރަގަސްދީގެން ދެލޯ މަރާލާއިގެން ހުރެއެވެ. އެހެންހުރި އިރު ވެސް އޭނާގެ ހިތް އާދަޔާޚިލާފް ބާރު މިނެއްގައި ތެޅެމުން ދިޔައީ މާކިލް އޭނާ އަށް ކޮށްފާނެ ކަމެއް ނޭނގޭތީއެވެ. ކުއްލިއަކަށް މާކިލް ރަޔާހީންގެ ފަހަތުން ބައްދައިގަނެ އޭނާގެ ދެއަތުގެ ތެރޭގައި ރަޔާހީން ހައްޔަރުކޮށްލީ ނޭވާ ވެސް ނުލެވޭހާ ބާރަށެވެ. ކުރިމަތިން ފެންނަން ހުރި ކިންގް ސައިޒްގެ ބޮޑު އެނދަށް ރަޔާހީން ބާބުޅާ ގަނޑެއް ހުރާލީ ނުބައި ޒާތަކަށް ހިނިގަނޑެއް ޖަހާލަމުންނެވެ. އެނދު ކައިރީގައި ތުވާއްޔެއް އަނދެގެން ހުރި މާކިލް ގެ ހަތައެއްހެން އޮތް އިސްތަށިގަނޑާއެކު ރަޔާހީނަށް ފެންނަނީ ބިރުވެރި ސިފައެއްގައެވެ.

ރަޔާހީންގެ ހިތަށް ބީހާލްގެ ނަން އައިސް ވަނީ ހަމަ ކުއްލިއަކަށެވެ. އޭނާ ބީހާލަށް ގޮވާލަން އަނގަ ހަރަކާތްކޮށްލި ވަގުތު މާކިލް ހުށިޔާރު ކަމާއެކު ރަޔާހީންގެ އަނގައަށް ފޮތިތަކެއްކޮށްޕާ އެއްޗަކުން ބަނދެލިއެވެ. ރަޔާހީން ދުވަހަކު ވެސް މިހާ ބިރުގަތް ވަގުތެއް ނާދެއެވެ. އޭނާ ދެލޯ ބޮޑުކޮށް މާކިލް އަށް ބަލާލީ ކިޔަން ލައްކަ އެއްޗެއްހި ހިތަށް އަރުވައިގެންނެވެ. ނަމަވެސް އޭނާގެ އަނގައިން އެންމެ ބަހެއް ވެސް ނުކިޔުނެވެ. ރޮވިފައިވާ ދެލޮލުން މާކިލް އަށް ބަލަން ހުރެވުނީ އާދޭސްކުރާ ހާލުގައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ޢިބާދާ (ހަތަރުވަނަ ބައި)

Next

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ވިހިވަނަ ބައި)

Next
August 30, 2017

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ވިހިވަނަ ބައި)

Previews
August 30, 2017

ޢިބާދާ (ހަތަރުވަނަ ބައި)

27 Comments!

  1. Ushaali says:
    August 30, 2017 at 6:03 pm

    asslama alikum and alhamdhulillah…. mi bai ves huriha kudhinnah kamudhaane kamah heekuran. 🙂 next part ves varah avahah genesdheynan. insha allah. 🙂 mi partun ves mistake eh fenijjenama ekan fahaga kolla dhinun edhen. 🙂 🙂

  2. mal-mal says:
    August 30, 2017 at 6:14 pm

    yayy!! I’m the first today!! ???
    thanks for the update. ❤❤❤❤

    1. Ushaali says:
      August 30, 2017 at 8:06 pm

      yes mal-mal thee first 🙂

  3. someone says:
    August 30, 2017 at 6:17 pm

    varah reethi…when next part.

    1. Ushaali says:
      August 30, 2017 at 8:21 pm

      thanks someone. soon. insha allah 🙂

  4. Reem says:
    August 30, 2017 at 6:26 pm

    V reethi mi baives when next

    1. Ushaali says:
      August 30, 2017 at 8:23 pm

      thanks Reem. soon. insha allah 🙂

  5. ??? says:
    August 30, 2017 at 6:34 pm

    Oh what will happen really maakil been tape kolaanytha bee ah been salaam a the nukuraanetha pls nxt part avahah up kobba kihaahitun keymaduvefa pls maadan up kodhevey me that pls pls pls pls vvvv reethi ❤❤❤

    1. Ushaali says:
      August 30, 2017 at 8:33 pm

      thankyou dear 🙂 dhn engidhaanethaa vaagotheh dhw…

  6. mal-mal says:
    August 30, 2017 at 6:35 pm

    OMA!!! seriously,I’ll strangle Maakil to death if killing is not haram!! ????
    when is the next update??

    1. Ushaali says:
      August 30, 2017 at 8:35 pm

      haadha rulhi eh mal-mal…. hingaa balam maakil hadhaa gotheh 🙂

  7. Juvey says:
    August 30, 2017 at 7:47 pm

    Avahah bee ahnanaane nama heen salaamaiyy kuran..waitting ..nxt part avahah up kohdhehchey ushaa doonee ? ?

    1. Ushaali says:
      August 30, 2017 at 8:36 pm

      bee inee promise vefa dhw heen ah rakkaatherikan dheyn. hingaa balama bee aadheytho….. thankyou juvey 🙂 🙂

  8. mal-mal says:
    August 30, 2017 at 8:13 pm

    hey, Ushaali, mi part ge title einy ragalhakah noonennu. u wrote 02:03 instead of 02:30 ??

    1. Ushaali says:
      August 30, 2017 at 8:37 pm

      aan dhw… alhey… avas kuran hadhaigen vee goi.. sorry… mihaaru innaany rangalhu kollaafa 🙂

  9. ?shi? says:
    August 30, 2017 at 8:25 pm

    story Ge name change v tha

    1. Ushaali says:
      August 30, 2017 at 8:41 pm

      nooney shi…. e’ee mistake eh… rangalhu kollaifin mihaaru and thanks 🙂

  10. Nern says:
    August 30, 2017 at 8:30 pm

    alhey kiyaahithun indha enimunee varah avhah aneh bai up koh dheebala ?

    1. Ushaali says:
      August 30, 2017 at 8:41 pm

      varah avahah genesdheynan. insha allah. and thanks Nern 🙂

  11. scheww says:
    August 30, 2017 at 9:00 pm

    varah reethi mi part ves… thankolheh avahah aneh part genesdhehcheyy.. cant wait to read the whole story…

    1. Ushaali says:
      August 30, 2017 at 11:19 pm

      thankyou schew 🙂

  12. mal-mal says:
    August 30, 2017 at 10:16 pm

    heheehee. ey aslu mee rulhi gadha kuhjeh nooney. E Maakil gadaa hedhi vaa gothey mee! ok, let’s see what happens next. egidhaanethaa mifaharu Maakil ge varugadhakan. ?????
    Kobaatha Bee?? Heen salaamaiy kohdheyn aadhebala avahah!

    1. Ushaali says:
      August 30, 2017 at 11:20 pm

      hehehee…. bee promise uvaalaaneheneh hiyeh nuvey…. dhn nenge dhw…. balamaa… emme heenukura gothah ves vedhaane 🙂

  13. ushaaa says:
    August 30, 2017 at 11:00 pm

    v reethi mi stry. ushaali ge stry mashah v reethi. alhe mi stryge first episod feshigenn 7 episod me ah nufeny.. plx kihineh hedhyma fennaani.

    1. Ushaali says:
      August 30, 2017 at 11:23 pm

      alhey so sorry ushaaa 🙁 aslu e nufennany ushaali dhe login akun liyunyma. aslu mihaaru mi liyanee aslu login ga. part 1 to 7 ah innaany roadha mahu kuru vahaka liyan open kuri login ga. alhe dheyba biruveri bayah un faharegga fenidhaane kannenge 🙂 🙂 🙂

  14. nux says:
    August 30, 2017 at 11:35 pm

    alhey ushoo kuraa kanthah hama kiriyaa nuhuhthuny heen ah dhera gotheh nuhadhaathi mifaharu heen protect kuran kv aadheba ayrun v habayse vaane??? well done dear mi partvess obiness ingey next part ge inthixaaruga mihury nw starting time???avahah up kohla dhehchey loabivaa?????? luv n have a grt nite??????

  15. khajja says:
    August 31, 2017 at 12:30 am

    Ohh wow masha allah v rythi v furihama ??? whn nxt prt avs kolladhechchey ushaali n barakaaiytheri hajju dhuvahuge heyo edhumaai thahuniyaa hurihaa kudhinnah ariskollan ?☺ maakil haadha gothevves nethey dhw ? kobaatha b? Eynaves mikahala vaguthuga naadheytha? Eyna avves gothen hedhyky noonbaa!!! V habeys mi stry kuri ah gendhaa goiyves gud nyt ly????❤❤❤??????

Comments are closed.

Next Episode02:30 ސަތާރަވަނަ ބައި←


All Right Reserved!