Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

02:30 ފަނަރަވަނަ ބައި

Ushaali Level 810 Stories100 Comments100 Stories500 Comments
August 28, 2017 10 Mins Read
31 Comments

“މިހެން މިބުނީ މިހާރު ކަންތައްވެފައި އޮތް ގޮތުން. ހީން މިހާރު ތީ މީހެއްގެ އަންބެއްދޯ އަދި ހީން އެކަން ޤަބޫލުނުކުރިޔަސް” ރަޔާހީނަށް ވެސް އެކަން ޤަބޫލުކުރެވުނީ ކަންނޭނގެއެވެ. އިސްޖަހާލީ ތުންފަތުގައި ދަތް އަޅާލަމުންނެވެ.

 

 

“ވެއިޓް ހީން…. ކީއްވެ؟ ކީއްވެ އިރުފާން ދެކެ ލޯބިނުވަންޏާ އިނީ…. ޕްލީޒް ހީން މަށަށް ހުރިހާ އެއްޗެއް ކިޔާދީ” ރަޔާހީންގެ އަތުގައި ހިފާ ތަޅުވާލަމުން ކެތްމަދުވެފައި އިން ނަދާ ބުނެލިއެވެ.

“އެގޭގައި ކުރިން ހިނގި ހާދިސާގެ ހަގީގަތް ހޯދަން އަހަރެން ބޭނުންވީ. އެކަމުގައި މިހާރު މަށަށް ކާމިޔާބު ވަމުން މިދަނީ… މަށަށް ވަރަށް ބައިވަރު އެއްޗެހި އެނގިއްޖެ.  ހުރިހާ ކަމެއް އެނގުނު ދުވަހަކުން ނަދޫ އަށް ކިޔާދޭނަން” އެއްލޮލުން ވެއްޓ8ުނު ކަރުނަތިކު އަތުގެ 8ނުފުށުން ފޮހެލަމުން ރަޔާހީން ބުނެލިއެވެ.

“އެކަމު… ހީން ތީކީ ރަނގަޅު ގޮތެއް ނޫން. ތި ހަޤީޤަތް ހީން އަށް ހޯދުނީސް ދޯ އިރުފާންގެ އަންބަކަށް ނުވެވެސް. ވިކްޔަން އަށް ދެރައެއް ނުދީ ވެސް. ކީއްކުރަން އެވަރުގެ ބޮޑު ނިންމުމެއް ނީންމީ. އަޅެ މާމަ ކައިރީގައި ހަޤީޤަތް ހާމަނުކުރެވެންޏާ އަހަރެންނަށް ގުޅާލިނަމަ… އެކަމު.. ދެން ކީކޭ ބުނާނީ….. ހުއްޓާލަބަލަ ހީން…..” ނަދާ އަށް އޭނާގެ ވާހަކަތައް އިތުރަށް ކުރިއަށް ނުގެންދެވުނީ ރަޔާހީން އަށް ރޮވުމުންނެވެ.

“ނަދޫ އަށް އަދި ނުވިސްނޭނެ. ނަދޫ އަށް ހުރިހާ ކަމެއް އެނގޭ ދުވަހަކުން ޔަޤީން ދެންމެ ތިބުނި އެއްޗެހި ނުބުނާނެކަން. ޔަޤީން މަށަށް ތަޢުރީފްކޮށް ސާބަސް ދޭނެކަން. ދެރަވަނީ ކުރިމަތީގައި ކޭވީ އެހެންމީހެއްގެ ހައްޤަކަށް ވާތަން ބަލަން ޖެހޭނެތީ” ރަޔާހީން އޭނާގެ ދެލޯ ފޮހެލަމުން ވާހަކަތައް ކުރިއަށް ގެންދިޔައެވެ.

“އެކަމު ދެން ކުރާނެކަމެއް ނެތްތާ… އެކަމު އިރުފާނާއި އެކު ހީން….. މިބުނީ ދެމަފިރިން ވެއްޖިއްޔާ…..”

“ނޫން. އަދި ދެމަފިރިއަކު ދޭތެރެ އޮންނަ ގުޅުމެއް ނުބާއްވަން އަހަރެމެން. އިރުފާންގެ މައްސަލަތަކެއް އެބައުޅޭ… އޭނަ ބުނި އަހަރެންނާއި ކައިރިވާނީ އެހުރިހާ ކަމަކުން ސަލާމަތްވެގެންނޯ. ނަދޫ އަށް އެނގޭތަ؟ އެދުވަހު އަހަރެން ވަރަށް  އުފާވި. މިބުނީ ކައިވެނީގެ ފުރތަމަ ރޭ އިރުފާންގެ އަތްދަށުން އަހަރެން ސަލާމަތްވިރޭ. މިގުޅުމަށް އަހަރު ދުވަސްވުމުގެ ކުރިން މިގުޅުން ކަނޑާލަން އަހަރެން ބޭނުން” ރަޔާހީން ނަދާގެ އަތުގައި ހިފައިގެން އިނދެ އޭނާގެ ހިތުގެ ޝަކުވާތައް ބޭރުކުރަމުން ދިޔައެވެ. ބީހާލްގެ ވާހަކަ އެއްވެސް މީހެއް ކައިރީގައި ދައްކާކަށް ރަޔާހީން ބޭނުމެއްނުވިއެވެ. އެކަން ވެސް އެންމެފަހު ވަގުތު އެންމެންނަށް އެގިގެންދާނެކަން ޔަޤީންވާތީއެވެ.

ނަދާ ރަޔާހީންގެ އަތުގައި ހިފާލީ އޭނާ އަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. ރަޔާހީންގެ ދެލޮލުން ފޭބި ކަރުނަތައް ފޮހެލަދިނުމަށްފަހު ލޯބިން ބައްދާލިއެވެ. ދެއެކުވެރިން އެކީގައި ކޮޓަރިން ނިކުމެ ނަދާގެ މަންމަ އާއި ބައްދަލުކުރުމަށްފަހު ރަޔާހީން އެގެއިން ދިޔައީ ޓެކްސީ އަކަށް ގުޅައިގެންނެވެ.

އާދައިގެ މަތިން މިރޭ ވެސް އިރުފާން ނިދަން ޖައްސާލީ ކޮންމެހެން އޭނާ އަށް ނިދޭނެ ކަމުގެ ޔަޤީން ކަމެއް އޮވެގެނެއް ނޫނެވެ. ފަހަކަށް އައިސް ކޮންމެ ރެއެއްގެ ވެސް ދެގަޑި ތިރީސް އެއީ އޭނާގެ ހަޔާތަށް އަންނަ އެންމެ ނާމާން ވަގުތު ކޮޅަށް ވަނީ ވެފައެވެ. މިރޭ ވެސް ރަޔާހީން އެނދަށް އެރިިއިރު އިރުފާން އޮތީ ދެލޯ މަރާލައިގެން ނިދާކަމަށް ހެދިގެންނެވެ. ނިދުމުގެ ކުރިން ކިޔާ ދުޢާތައް ކިޔާލުމަށްފަހު ރަޔާހީން ދެލޯމަރާ އިރުފާނަށް ފުރަގަސް ދެމުން އަރިއަކަށް ޖެހިލިއެވެ.

ކައިވެނީގެ ފަހުން ރަޔާހީނާއި އެކުގައި ލޯބިން އަނބިފިރިކަމުގެ ގުޅުން ހިންގިފައި ނުވާތީ އެކަމަށް ވެސް އިރުފާން ހުރީ ފެންބޮވައިގަނެފައެވެ. އޭނާ މިދުނިޔޭން އެންމެ ލޯބިވާ މީހާ ލިބިފައި ވާއިރު ވެސް އެކުއްޖާގެ ފަރާތުން އޭނާގެ ހޭ ހުއްޓާ އަދި ލޯބިކޮށްލެވިފައެއް ވެސް ނުވޭއެވެ. ކައިވެނީގެ ފުރަތަމަ ރޭ ވެސް އެދެމެދުގައި ކަމެއް ވިޔޭ ރަޔާހީން ބުނެފައި އޮތަސް އިރުފާންގެ ސިކުނޑި އެކަން ޤަބޫލުކުރަން ވަނީ ދެކޮޅުހަދާފައެވެ. އޭނާ ދެރަވެދާނެތީ ރަޔާހީން ދޮގު ހެދީ ކަމަށް އޭނާ ހުރީ ނިންމައިގެންނެވެ.

ނިދީގެ ތެރޭގައި އޮވެފައި ރަޔާހީން އަނެއް ފަރާތަށް އެނބުރިލިއިރު އިރުފާން ވެސް އޮތީ ހމަ އެފަރާތަށް އެނބުރިއެވެ. ރަޔާހީން ދޮން އޮމާން މޫނަށް އޭނާ ހިތްފުރޭވަރަށް ބަލާލަން ބޭނުންވިއެވެ. މި އަންހެންކުއްޖާ ކިހާ ހިތްވަރުގަދަ ހެއްޔެވެ؟ ފިރިމީހާގެ ފަރާތުން ލޯބި ބޭނުންނުވާނީ ކާކު ހެއްޔެވެ؟ އެކަމަށް ރަޔާހީން ވެސް އެދޭނެ ކަން ކަށަވަރެވެ. ވީއިރު ޝަކުވާއެއް ވެސް ކޮށްނުލާ އެއުޅެނީ ކިހާ މާތް ވީމަ ހެއްޔެވެ؟

ކުއްލިއަކަށް ރަޔާހީންގެ މުޅި ހަށިގަނޑަށް އިރުފާން ބަލާލިއެވެ. ރަޔާހީންގެ ހަށިގަނޑުގެ ވަކި ހިސާބަކަށް އިރުފާންގެ ނަޒަރު ހުއްޓުމާއެކު އޭނާ އަށް އިޙުޞާސްތައް ހިފަހައްޓަން އުނދަގުވިއެވެ. ފިރުމާލާހިތްވީ ވަރުން ރަޔާހީނާއި ތަންކޮޅެއް ކައިރިއަށް ޖެހިލިއެވެ. އަރިއަކަށް އޮތް ރަޔާހީންގެ ބުޑާއި ހަމައިން ފެށިގެން މައްޗަށް އަތް ހަރަކާތްކުރަމުން އައިސް އޭނާ ބޭނުންވި ހިސާބަށް ދެވޭތޯ މަސައްކަތް ކުރަމުން ދިޔައިރު ބީހާލް ދީފައިވާ އިންޒާރުތައް މަތިން ހަނދާނެއް ވެސް ނެތް ކަހަލައެވެ. ރަޔާހީންގެ ތުންފަތަށް ބަލާލުމާއެކު އިރުފާނަށް އޭނާގެ އަމިއްލަ ތުންފަތުގައި ދޫހާކާލެވުނެވެ. ރަޔާހީންގެ ތުންފަތުގައި އަތް ޖައްސާލުމަށް އޭނާ ގާތް ކޮށްލި އަތް ހުއްޓުނީ ނުފެންނަ އަތަކުން އޭނާގެ އަތުގައި ހިފުމުންނެވެ. ވަގުތުން އިރުފާނަށް ރޮވުނެވެ. އޭނާ ދެފަރާތް ބަލާލީ މީހެއްގެ ހިލަމެއް ވެސް ވޭތޯ އެވެ. ނަމަވެސް އޭނާ އަށް މީހަކު ފެންނަން ނެތުމުން ރުއިން ބާރު ވަމުން ދިޔައެވެ.

ވަކި ކަމަކަށް އޭނާ ހިތް އެދުނު ވަރުން ހިނދުކޮޅަކަށް ނަމަވެސް އޭނާ އަކީ ކާކު ކަން އޭނާ ހަނދާންނެތުނީއެވެ. ލޮލުގެ އެއްފަރާތުން އޭނާ އަށް ގަޑި ފެނުނު އިރު ދެގަޑި ތިރީސް ވާން އަދި ވަގުތު ކޮޅެއް ހުއްޓެވެ. ނަމަވެސް އޭނާގެ ކެތްނުކުރެވުމުގެ ސަބަބުން އެވަގުތު ކޮޅު ވެސް ބިރުވެރި ވަގުތުކޮޅަކަށް ބަދަލު ކުރަން ޖެހުނީއެވެ.

“އަހަރެންގެ ލޯބި އަހަރެންގެ އަތުން ފޭރިގަނެފައި ހީނިކުރައްޗެ އޭހާ ފަސޭހައިން ކަލޭގެ ލޯބި ކަލެއަށް ލިބިދާނެ ކަމަކަށް. ކަލޭގެ ލޯބި ވެސް މިދުނިޔެއިން ފޮހެލާކަށް އަހަރެން ފަހެއް ނުޖެހޭނަން. އޭނާއަށް އެފަދަ ނަޒަރަކުން ދެން ބަލާލިޔަސް ހަނދާންކުރައްޗެ.  ނަތީޖާ މާ ރަނގަޅެއް ނުވާނެ” މީހަކު ފެންނަން ނެތަސް އިރުފާންގެ ކަންފަތް ބުޑުގައި ބީހާލް އެދިން އިންޒާރު ގުގުމަމުން ދިޔައެވެ.

“މާފުކުރޭ..މާފުކުރޭ…..” އިރުފާން ރޮމުން ބުނަމުން ދިޔައެވެ. ކުއްލިއަކަށް އޭނާގެ އަތަށް ލުއިކަމެއް އޙުޞާސް ކުރެވުނު ހިނދު އަނެއް އަތުން އެއަތުގައި ހިފާ ގަޔާ ކައިރިއަށް ގެނެސް ފިރުމާލިއެވެ.

“އިރޭ…” ރަޔާހީންގެ އޮމާން އަޑު ކަންފަތުގައި ޖެހުމާއެކު އިރުފާން އަނެއް ފަރާތަށް އެނބުރި އޭނާގެ ދެލޮލާއި މޫނު ފޮހެލިއެވެ. އޭނާ އަށް ކަމެއް ދިމާވެގެން އުޅޭކަން ރަޔާހީނަށް އަންގަން ބޭނުންނުވާތީއެވެ.

“އިރޭ… ފިނިކަމުން ނުނިދިގެން މިއުޅެނީ. އިރުކޮޅަކާ ހޭލެވެނީ. ދެންމެ ދެބަ ދޭތެރޭގައި އޮތް އިރު މިތަނުން ބިރުވެރި އަޑެއް އިވޭހެން ވެސް ހީވި. އިރޭ އަށް އިވުނުތަ؟ ރަޔާހީނަށް ފުރަގަސްދީގެން އޮތް އިރުފާންގެ ކޮނޑުގައި އަތް އަޅުވާލަމުން ރަޔާހީން ވެސް އެއް އަރިއަކަށް ޖެހިލިއެވެ. ރަޔާހީންގެ ސުވާލަށް ޖަވާބުދިނުމުގެ ގޮތުން އިރުފާން ދެފަރާތަށް ބޫހޫރާލިއެވެ.

“ފިނިވަނީއޭ… އާދެބަލަ ބައްދާލަން… އޭރުން ނިދޭނީ ދެން މިރޭ” މޫނުމައްޗަށް ވިހަ ހިނިތުންވުމެއް ވެރިކުރުވަމުން ރަޔާހީން އިރުފާންގެ ކޮނޑުގައި ދަތްދޮޅި އަޅުވާލަމުން ބުންޏެވެ. ރަޔާހީންގެ އެ އެދުން ފުރިހަމަކޮށްދޭން އިރުފާން އިންތިހާ އަށް ބޭނުންވިއެވެ. އެފަދަ ދަޢުވަތެއް ރަޔާހީންގެ ފަރާތުން ލިބުނު މީ ފުރަތަމަ ފަހަރެވެ. ކަމެއް ދިމާނުވިނަމަ ފަހަރެއްގައި މިރެއަކީ އޭނާ އާއި ރަޔާހީން އަށް އެގުޅުން އުފަލާއެކު ހިންގޭނެ ރެއަކަށް ވެގެން ދިޔައީހެވެ.

ބަހެއް ނުބުނެ އޮތް އިރުފާން ސިހުނީ ކުއްލިއަކަށް ރަޔާހީންގެ އަތް އިރުފާންގެ މޭމަތީގެ އިސްތަށިތަކާއި ސަމާސާ ކުރަން ފެށުމުންނެވެ. އަދި ހަމަ އެއާއި އެއްކޮށް ރަޔާހީން އިރުފާންގެ ކަންފަތަށް ފުމެލުމާއެކު އިރުފާންގެ ހުރިހާ ލޯލިތަކެއްް ކޮޅަށް ޖެހިގެން ދިޔައެވެ. މީ ކިހާ އުފާވެރި ވަގުތު ކޮޅެއް ހެއްޔެވެ؟ ރަޔާހީން އޭނާ އަށް ބޭނުންވެފައިވާ މިންވަރު މިވަގުތު ރަޔާހީންގެ ކޮންމެ އަމަލެއް ހެކިދެއެވެ. ރަޔާހީންގެ އެދުންތައް ފުއްދާދެވޭނެ ހަމައެކަނި މީހަކީ އަހަރެންނެވެ. ނަމަވެސް މާޒީގެ ތެރޭން ދުވަހެއްގައި އޭނާ އަށް ކުރެވުނު ބޮޑު ކުށަކުން އެއުފަލުން މިއަދު މިވަނީ މަޙްރޫމް ވެފައެވެ. ރަޔާހީން އެދުނަސް އޭނާ އަށް ރަޔާހީން ގެ އެދުން ފުއްދާދެވޭކަށް ނެތެވެ. އޭނާ އަށް މިއަދު މަޖްބޫރެވެ. އޭނާ އަށް ކުރެވުނު ކުށަކުން ރަޔާހީނަށް ކިތަންމެ ކުޑަ ނަމަވެސް ގެއްލުމެއް ލިބޭކަށް ބޭނުމެއް ނުވޭއެވެ. އޭނާ އޮތީ ދެލޯމަރާ ބާރުކޮށްލައިގެންނެވެ. ރަޔާހީން އޭނާގެ މޭމަތީގައި ފިރުމަމުން ދިޔަ އަތްތިލައިގަ ވެސް ހިފާލަން ހިތް އެދެމުން ދިޔައެވެ. ނަމަވެސް ހަށިގަނޑަށް ކުޑަވެސް ގުޑުމެއް ނުގެނެސް އޭނާ ބޭނުންވީ ނިދާކަމަށް ހެދިގެން އޮންނާށެވެ.

“ނިދުނީތަ” ކުއްލިއަކަށް އިރުފާން ކޮޅަށް ތެދުވީ ރަޔާހީންގެ ތުނި ހަށިގަނޑު އޭނާގެ ބުރަކަށީގައި ތަތްވި ހިނދު އިޙުޞާސްވި އަރާމަކަށް ކެތްނުވުމުންނެވެ. އެވަގުތު ރަޔާހީން ވެސް ސިހިގެން ދިޔައެވެ.

“ކިހިނެއްވީ؟ ކަމެއް ވީތަ؟ ތަނަކަށް ތަދުވަނީތަ؟ މޫނު މައްޗަށް ކަންބޮޑުވުން ގެންނަމުން ރަޔާހީން އިރުފާނާއި ސުވާލު ކުރިއެވެ. އިރުފާން ރަޔާހިންގެ މޫނަށް ބަލާވެސް ނުލާ ފާޚާނާ އަށް ދިމާލަށް މިސްރާބު ޖެހިއެވެ.

“މިރޭ މިއުޅެނީ ބަނޑު ސަކަރާތް ވެގެން. އިރުއަރާކަށް މާގިނަ އިރެއް ނެތެއްނު. ހީން ނިދާލާ… އެހެންނޫނީ ބޮލުގައި ރިއްސާނެ” ރަޔާހީން ދެރަނުވާނޭ ފަދަ ގޮތަކަށް އިރުފާން ޖަވާބުދިނީ ރަޔާހީނަށް ބަލާވެސް ނުލައެވެ. ފާޚާނާ އަށް ވަދެ އިރުފާން ތަޅުލުމުން އެނދުގައި އޮތް ރަޔާހީން ތެދުވިއެވެ. އަދި ކޮޓަރިމެދުގައި ހުއްޓުމާއެކު ފާރު ތެރެއިން ފާޅުވެގެން ބީހާލް އައިސް ހުއްޓުނީ ރަޔާހީން ކުރިމަތީގައެވެ. ހުސްކަޅު ފޭރާމުގައި ހުރި އިރު ބީހާލް ގެ ތުންފަތްމަތީގައި ވަނީ ހިނިތުންވުމެކެވެ. ރަޔާހީންގެ ތުންފަތް މަތީގައި ވެސް ހިނިތުންވުމެކެވެ.

“ބީ ބުނީމަ މިހާރު ވެސް މިހުރީ ދިރިއުޅުމުގެ ބޮޑު ކަމެއް ޤުރުބާން ކޮށްގެން. އެކަމަކު މިރޭ ތިބުނި ކަހަލަ ކަމެއް ކުރަން ނުބުނައްޗެ. ކިރިޔާ…. ހަމަ ހުވާ މިރޭ ބީ ނެތްނަމަ ނޭނގެ….” ރަޔާހީން ބުނަން އުޅުނީ ކީކޭ ކަން ބީހާލް އަށް ވިސްނުނެވެ. އަދި ބީހާލް ކުރިމަތީގައި ބަސް ފުރިހަމަ ކުރަން ރަޔާހީނަށް ނުކެރުނު ކަން ވެސް ބީހާލް ގެ ވިސްނުންތޫނު ސިކުނޑި ދެނެގަތެވެ. ހުދު އެކަންތައް ކުރަން އޭނާ ވެސް ރަޔާހީން ކައިރީގައި ބުނީ ވަރަށް ހިތްވަރުކޮށްފައެވެ. އަދި ރަޔާހީން އެންމެ ލަދުގަތީ އޭނާ އެހުރިހާ ވައްތަރެއް ޖެއްސި މަންޒަރު ބީހާލް އަށް ފެނުނުކަން އެނގުނީމައެވެ.

ފާޚާނާއިގެ ދޮރުފަތުގައި ލެގިގަނެގެން ކަކުލުގައި ބޯއަޅާލައިގެން އިން އިރުފާން ރޮނީކަން އެނގެނީ އޭނާ އެތެރެއަށް ނޭފަތް ދަމާލާ އަޑުންނެވެ. އެއަޑު ފާޚާނާއިން ބޭރަށް ގޮސް ނުނިދިފައި އޮތް ރަޔާހީންގެ ކަންފަތަށް ފޯރާފާނެ ކަމަށްޓަކައި ފާހާނާއިގެ އިސްކުރެއް ވެސް ހުރީ ދޫކޮށްލާފައެވެ. އޭރުން އެއަޑު ހުންނާނީ ތިރިއަށް ފައިބާ ފެންތަކުގެ އަޑަށް އެކުވެފައެވެ. އިރުފާން ދިޔައީ މިކަންތަކުން އޭނާ ސަލާމަތްވާނެ ގޮތަކާއި މެދު ވިސްނަމުންނެވެ.

ހަޔާތުގައި ފުރަތަމަ ފަހަރަށް އޭނާ އަކީ ބަލިކަށި މީހެއްގެ ގޮތުގައި އޭނާ ނިންމިއެވެ. މިކަހަލަ ކަމެއް ދިމާވާނޭ ކަން އޭރުގައި އަހަރެންނަށް ނުވިސްނުނީ ކީއްވެހެއްޔެވެ؟ ކޮންމެ ގޮތެއްވިޔަސް އޭނާ އަކީ ވެސް ވަފާތެރި މީހަކަށް ނުވިއެއް ނޫންހެއްޔެވެ؟ އަހަރެންނާއި އިނދެގެން ހުރެ އޭނާ ވެސް ދިޔައީ ޖިންނިއަކާއި ގުޅުން ބަދަހި ކުރަމުންނެވެ.      މިދަނޑިވަޅުގައި ވެސް އިރުފާން ދިޔައީ އެހެން ފަރާތެއް ކުށްވެރި ކުރަމުންނެވެ. ކުއްލިއަކަށް އޭނާގެ ސިކުނޑި އަށް އައިސް ވަނީ ޖިންނި ކަންތަކަށް ފަންޑިތަ ހަދާ އޭނާގެ ރައްޓެއްސެއްގެ ނަމެވެ. ނަމަވެސް އޭނާ އާއި ހަމައަށް އިރުފާން ދާންވެއްޖިއްޔާ ޖެހޭނީ ކަނޑެއް ހުރަސްކޮށްފައި ދަތުރެއް ކުރާށެވެ. ލައިގެން ހުރި ޓްރެކްޝޫޓްގެ ޖީބުގައި އަތް ހާކާލީ ޖީބުގައި އޭނާގެ ފޯނު އޮތް ކަމަށެވެ. ނެތްކަން އެނގުމުން ތެދުވެ މޫނު ދޮންނަތަށި ކައިރިއަށް ގޮސް ފެންފޮދަކުން މޫނު ދޮވެލިއެވެ. އަދި ތުވާލިން ފޮހެލުމަށްފަހު ފާޚާނާއިގެ ތަންޑު ނައްޓާލުމަށްފަހު އޭނާ އަށް ކޮޓަރިއަށް ވަދެ އެނދަށް ބަލާލިއެވެ. ނިދާލާފައި އޮތް ރަޔާހީންގެ މަޢުސޫމް މޫނަށް ބަލާލުމާއެކު އިރުފާންގެ ދެލޯ ފުރިގެން އައެވެ. އެއަންހެންކުއްޖާ މިރޭ ހާދަ ދެރަވާނެއެވެ. ދުވަހަކު ވެސް ހީންގެ އެދުމެއް އަހަރެންނަށް ފުއްދާ ދެވިދާނެ ހެއްޔެވެ؟ އެވަގުތު އޭނާ އަޒުމެއް ކަނޑައެޅިއެވެ. ކޮންމެ ހާލެއްގައި އުޅެން ޖެހުނަސް އޭނާ އެކަންތަކުން އަރައިގަންނަން ނިންމިއެވެ. އޭނާގެ ސިކުނޑި އޭނާ އަށް ވިސްނާދިނީ ޖިންނީންނަކީ ބަލިކަށި އެއްޗެހިން ކަމެވެ. އިންސާނުންނަށް ވުރެ ބާރުގަދަ އެއްޗެއް ނޯންނާނެ ކަމެވެ.

އެނދުގައި އިށީނުމަށްފަހު ރަޔާހީންގެ މޫނުގައި އަތް ހިންގާލިއެވެ. އަދި ބޮލުގައި ބޮސްދިނުމަށްފަހު ސައިޑްކަބަޑް މަތީގައި އޮތް އޭނާގެ ފޯނު ނެގުމަށްފަހު ކޮންޓެކްޓްސް ތަކަށް ގޮސް މަޑުޖައްސާލީ ‘ހޯރަފުށި ހާރޫން’ ޖަހާފައި ސޭވްކޮށްފައިވާ ނަންބަރަކަށެވެ. އެވަގުތު ވެސް އޭނާ ބޭނުންވީ އެނަންބަރަށް ގުޅާލާށެވެ. ނަމަވެސް އެނަންބަރުން ޖަވާބެއް ނުދިނުމުން އޭނާ ނިންމީ ދަންވަރުގެ ފަހުބައިގެ ވަގުތަށް ވުމުން ހާރޫން އޮންނާނީ ނިދާފައި ކަމަށެވެ. އެހެންކަމުން ފޯނު އޮތް ތަނުގައި ބޭއްވުމަށްފަހު އޭނާ ބާލީހުގައި ބޯއަޅާލިއެވެ. ފަތިސް ނަމާދު ބަންގި ދިނީ ވެސް އޭނާ ހޭލާ އޮށްވައެވެ. ނަމަވެސް އޭނާގެ ކަންނެތްވެފައިވާ ހަށިގަނޑު އުފުުލާލާ ހެއްދެވި ފަރާތަށް ސަޖިދައެއް ޖަހާނަމޭ އޭނާގެ ގާފިލް ވެފައިވާ ހިތަށް ނޭރިއެވެ. އެކަލާނގެ އީ  މުސީބާތްތަކަށް ވީ ޝިފާއެއް ކަމުގައި އޭނާގެ ސިކުނޑިއަކަށް ފަޅި ސިކުންތަކަށް ވެސް ނޭރިއެވެ. ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ.

 

ގަޑީގެ ކަށިތައް ވަރުބަލި ކަމެއް ނެތި ދައުރުވަމުން ގޮސް އިތުރު އެއްމަސް ދުވަސް ފާއިތުވެގެން ދިޔައީ ދާދި އަވަހަށެވެ. ފާއިތުވި ދުވަސްތަކުގައި އިރުފާނަށް ބީހާލް ގެ ފަރާތުން ވަމުން ދިޔަ އުނދަގުތައް ދެގުނަ އިތުރުވެފައި ވެއެވެ. އެކަމުން ސަލާމަތްވުމަށްޓަކައި އޭނާގެ އެކުވެރި ހޯރަފުށިި ހާރޫނު ވެސް އޭނާ އާއި އެއްބައެއް ނުވިިއެވެ. ނުވަތަ އިރުފާން ބޭނުންނުވީއެވެ. ސަބަބަކީ އޭނާގެ މާޒީވެފައިވާ ކަޅު ދުވަސްތައް ހާރޫނަށް ކިޔާދޭން ޖެހުމުން އުޒުރުވެރިވީއެވެ. އިންސާނަކު ކެތްކުރާނެ އެންމެ މަތީ ދަރަޖައަކަށް އޭނާ ކެތްކުރަމުން ދިޔައީ އިތުރު ގޮތެއް އޭނާ އަށް ނެތީމައެވެ.

ގޭ ހުރިހާ މީހުން ހެނދުނުގެ ނާޝްތާ ކުރަން ތިބި ވަގުތެވެ. ރަޔާހީނާއި ދިމާލަށް އިން މާކިލް އިރުކޮޅަކާއި ރަޔާހީނަށް ބަލާލައެވެ. އަދި ރަޔާހީން ބަލާލުމާއެކު އެއްލޯ މަރާލައެވެ. މިކަމާއި ހެދި ރަޔާހީން އިނީ އެތަނުން އަވަހަށް ތެދުވަން ބޭނުންވެފައެވެ. ދިމާވަމުންދާ އުނދަގުތަކާއި ހެދި އިރުފާން އިންނަނީ ނެގިމަޑުވެފައެވެ. އަބަދުވެސް އިންނަނީ ކޮންމެސް ވިސްނުމެއްގައެވެ.

“ދަރިފުޅާ ހީން. މަންމަ އާއި ބައްޕަ މިއުޅެނީ ބޭހަކަށް ތައިލޭންޑަށް ފުރަން. ގޭތެރޭ ހުރިހާ ކަމެއް ދަރިފުޅު ވާނެ ކުރަން. މަންމަ މެންނާއެކު ބޮޑުދައިތަ އާއި ވިކްޔަންމެންގެ ބައްޕަ ވެސް ފުރާނެ. އެހެންވީމަ ދަރިފުޅު ހުންނާނީ ވިކްޔަން ގެ ކަންތައް ކުރަން. މައިސަރާ އެދަނީ މަހާ އެކަނި ބަހައްޓަން ނުކެރުނީމަ އޭނަ ވެސް ގޮވައިގެން. ދަރިފުޅަށް ވެސް އެނގޭނެ ވިކްޔަން ގެ ބައްޕަ ޖަލުން ސަލާމަތްވީރު ހުރީ ވަރަށް ބަލިކަށިވެފަ. އެހެންވެ ބޭސްކޮށްލަން އެދަނީ. ހުރިހާ ވަގުތެއްގައި ވިކްޔަން ވެސް ކާނީ މިގެއިން” ފީރޯޒާ ގެ ވާހަކަތަކުން ރަޔާހީންގެ ހިތް އުފަލުން ނަށާލިއެވެ. އަވަހަށް ދާށޭ ހިތް ބުނެލި ކަހަލައެވެ.

“ދަރިފުޅާ މާކް. ހީންދައްތަގެ ބަސްއަހައިގެން މާމަމެން އަންނަންދެން ރަނގަޅަށް އުޅެއްޗެ. މާމަމެން ފުރާ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ ޗުއްޓީއެއްގައި ވިކްޔަން ހުންނާނީ. އެހެންވީމާ ދަރިފުޅު ގިނަވަގުތު ވިކްޔަން އާއި އެކު އުޅެއްޗެ” އާފަލެއް ކާން އިން މާކިލް އަށް ބަލާލަމުން ފީރޯޒާ ނަޞޭޙަތްދިނެވެ.

“މާމަ ވެސް ކާފަ ވެސް ހާސްނުވޭ… އަޅުގަނޑު ހީންދައްތަ ބަލާނަން ބައްޕަ އަށް ވުރެ ވެސް ރަނގަޅަށް. ހުރިހާ ވަގުތެއްގައި ކައިރީގައި ހުންނާނީ…. މަސައްކަތްތަކުގައި ވެސް އެހީވެދޭނަން” ވަށްކަޅިއަކުން ރަޔާހީނަށް ބަލާލަމުން މާކިލް ފީރޯޒާ އަށް ބަލާލިއެވެ. މާކިލް ދިން ޖަވާބުން ފީރޯޒާ ހިތްހަމަޖެހުނެވެ. ރަޔާހީންގެ ދިގު އިސްތަށިގަނޑުގައި އަތްހިންގާލަމުން ފީރޯޒާ ބަލާލީ އެހުރިހާ އިރު ވެސް ބަހެއް ނުބުނެ މަޑުން ކާން އިން އިރުފާނަށެވެ.

“ދަރިފުޅާ ހުރިހާ ކަމެއް ރަނގަޅުތަ؟ މަންމަ ދެއްކި ވާހަކަ އަޑުއެހިންތަ؟ ބަލިތަ؟ ފީރޯޒާ ދެއްކި އެއްވެސް ވާހަކައަކަށް އިރުފާން ޖަވާބެއް ނުދިނެވެ. އެޭނާގެ ސަމާލުކަން އަތުލާފައިވަނީ ކުރިމަތީގައި ހުރި ބަތްކާ ތަށިތެރެއިން އޭނާ އަށް ފެންނަމުން ދިޔަ މަޢުސޫމް ކުޑަ ދެއަންހެންކުދިންނަށެވެ. އެކުއްޖަކު އޭނާ އަށް ލޯބިން ބަލާލާިއރު އަނެއް ކުއްޖަކު ލޯއަޅާލައިގެން ހުރިއިރު ދެލޯ ހީވަނީ އަނގުރު އަލިފާން ކޮޅެއްހެންނެވެ.

އިރުކޮޅަކުން އިރުފާން ބަލަން ހުއްޓާ ތަށިތެރެއަށް ދެކުދިންގެ މުޅި ގައިން ފައިބަންފެށި ލޭތަކުން ފުރެން ފެށިއެވެ. އެހިނދު އެތަށި ތެރެއިން އިރުފާނަށް ފެންނަމުން ދިޔައީ މަރަށް ތެޅެމުންދާ ކުޑަ ދެކުދިންނެވެ.

“ބައްޕާ ފެންފޮދެއް…” އިރުފާންގެ ކަންފަތުގައި އެކުއްޖެއްގެ އަޑު ޖެހުނެވެ.

“އަން… ބޮއެބަލަ ފެން…. މިދެން ކިހާ ބޮޑު ކަމެއް… ބޮވިއްޖެއްނު ފެން…” ކުއްލިއަކަށް އިވުނު  އިރުފާނުގެ އަޑަށް އެންމެން ސިހިގެން ދިޔައެވެ. އިރުފާންގެ ޖަވާބެއް ލިބޭތޯ އޭނާގެ މޫނަށް ބަލަން އިން ފީރޯޒާ އަށް ވެސް ގޮނޑި ފަހަތަށް ޖައްސާލެވުނެވެ. މޭގައި އަތް އަޅާލެވުނީ އޭނާގެ ލޯބިވާ ދަރިފުޅަށް އަންނަމުން ދިޔަ ބަދަލުތައް ފެނުމުންނެވެ. ރަޔާހީން ވެސް އިނީ ވާނުވާ ނޭނގިފައެވެ. އެއީ ބީހާލްގެ ކަމެއް ނޫންކަން އޭނާ އަށް އެނގުނީ އިރުފާން އެފަދަ ގޮތަކަށް ބަސްމަގު ބެހެއްޓީމައެވެ.

“ދަރިފުޅާ އިރުފާން…. ކީކޭ ތިކިޔަނީ… ދަރިފުޅާ” ފީރޯޒާ އިރުފާނަށް ގޮވާލަމުން މޭޒުމަރީގައި އޮތް އިރުފާންގެ އަތްތިލަ މަތީގައި އަތް ބާއްވާލިއެވެ.

“ނޭނގެ މަށަކަށް. މީބޮޑު އުނދަގުލަކަށް ވެއްޖޭ މިހާރު… މި އެއްޗެހިންތައް ދުނިޔެ ދޫކޮށްފައި ދިޔުމުން ވެސް މަށަކަށް ހަމަޖެހޭ ދިރިއުޅުމެއް ނުލިބުނު” ކުރިމަތީގައި ހުރި ބަތްކާތަށި އެއްލާ ފާރުގައި ޖަހަމުން އިރުފާން ތެދުވެގެން ސިޑިން އަރައިގެން ދާން ފެށިއެވެ. މި މަންޒަރު ފެނި ފީރޯޒާ އިނީ ގަނޑުވެފައެވެ. އޭނާގެ ދަރިފުޅަށް ކިހިނެއްވީބާއޭ ހިތަށް އަރާފައެވެ. ދަރިފުޅަށް ކިހިނެއްވީ ހެއްޔެވެ؟ އަނެއްކާ މޮޔަވީ ހެއްޔެވެ؟ އެހާދިސާގެ އަސަރު ދަރިފުޅަށް ކުރަން ފެށީ އަދި ކިރިޔާ ހެއްޔެވެ؟ ފީރޯޒާ އިން ތަނުން ތެދުވެގެން އިރުފާންގެ ކޮޓަރި އަށް ދިޔުމުން މޭޒު ދޮށުގައި އިނީ މާކިލް އާއި ރަޔާހީން އެކަނިއެވެ. ކުއްލިއަކަށް ބައްޕަ އަށް ވީ ގޮތެއް ނޭނގުމުން މާކިލް ވެސް އިނީ ކުރިމަތީގައި ރަޔާހީން އިންކަން ހަނދާންނެތިފައެވެ. އެހެންނޫންނަމަ އޭނާ ރަޔާހީނަށް ޖެއްސުމެއް ކޮށްނުލާ އިންނާނެ ހެއްޔެވެ؟

ރަޔާހީން ގޭ މައިދޮރުން ނިކުމެގެން އަނެއް ފަރާތަށް ގޮސް ދިއްގާ ގަސްދޮށު ހުއްޓުނީ އޭނާ އަށް ނޭނގޭ ކަންތައްގަނޑެއް އުޅެޔޭ ހީވުމުންނެވެ. މިދުވަސް ކޮޅަކީ ބީހާލް ވެސް އޭނާގެ ބައްޕަގެ އެދުމުގެ މަތިން ރާއްޖޭގެ އުތުރަށް ގޮސް ވީ ދުވަސްކޮޅެކެވެ. ސަބަބެއް ރަޔާހީން އޮޅުންނުފިލުވީ ޖިންނި އަކަށް ވިޔަސް ބީހާލް ވެސް އޭނާގެ އަމިއްލަ މަސައްކަތް ކުރަން ހުންނާނޭ ހިތަށް އެރުމުންނެވެ. ނަމަވެސް މިވަގުތު އޭނާ ބީހާލް ކައިރީގައި ހުންނަން ބޭނުންވިއެވެ. އިރުފާނަށް އިތުރު އުނދަގުލެއް ވަންޏާ އެއީ ކޮންކަމެއްތޯ އޮޅުންފިލުވުމަށް އޭނާ ބޭނުންވިއެވެ.

“ބީ” ރަޔާހީންގެ ދެތުންފަތް ދޭތެރެއިން އެނަން ނިކުތީ ކޮންމެހެން އެވަގުތު އެތަނަށް ބީހާލް ފާޅުވެދާނޭ ކަމަކަށް ނޫނެވެ.

“ކިހިނެއްވީ” ރަޔާހިންގެ ފަހަތުން ބީހާލް އަޑު އިމާއެކު ރަޔާހީން އެނބުރިލިއެވެ. ހަމަޖެހިފައިވާ ބީހާލް ގެ މޫނު ފެނުމުން ރަޔާހީނަށް ހީނލެވުނެވެ.

“އޭނަ އަށް ފަރޫގެ އުނދަގުލެއްއެބަވޭ. އަދި ކުދިންގެ ވެސް. އޭނަ އަށް ސަލާމަތެއް ނެތް އެއްކަމަކުން ވެސް. އޭނާ މިކުޅިވަރު ފެށީ އޭނާ އަށް ކާމިޔާބު ލިބޭނެކަމަށް. އެކަމަކު އޭނާ ޖެހޭނީ ޤަބޫލުކުރަން. ކުށް ގަބޫލުކޮށް އަދަބު ލިބިގަންނަން” ބީހާލް ރަޔާހީންގެ ލޮލަށް ބަލާލުމާއެކު އޭނާ ރަޔާހީންގެ ހިތުގައި އޮތް އެއްޗެއް ދެނެގަތެވެ. އަދި ރަޔާހީން އެހުމަކާއި ނުލާ ސުވާލަށް ޖަވާބުދިނެވެ.

“މިވަގުތު މިތާ ހީން ހުރުން އެހާ ރަނގަޅެއް ނޫން. ދޭ އަވަހަށް. މިވަގުތު އެމީހުން ހީންގެ އެހީ ބޭނުންވާނެ” ބީހާލް ކުއްލިއަކަށް ލޯމަތިން ގެއްލުމާއެކު ރަޔާހީން އެނބުރި ގެއަށް ވަނެވެ.

 

އެނދުމަތީގައި ދެކަކުލުގައި އަތް ވިއްދާލައިގެން ދެއަތްތިލަ ގުޅުވާލާފައި ގެނެސް ނިތްކުރީގައި ޖައްސާލައިގެން އިން އިރުފާން އިނީ ވިސްނުމެއްގައެވެ. ދެންމެ އޭނާ އަށް ކަންތައް ކުރެވުނު ގޮތާއި މެދު ކަންބޮޑުވެފައެވެ. އާއިލާ ކުރިމަތީގައި އެވައްތަރަށް އުޅެން ޖެހުމުން ލަދުވެތިކަމެއް އިޙުޞާސް ވެފައެވެ.

“ދަރިފުޅާ އެއްވެސް ކަމެއް އުޅެންޏާ މަންމަ ކައިރީގައި ބުނޭ. އެކަންތައް ފެންނަނީތަ؟ ބަލަ ތިކަމުން އަދި އަހަރެމެންނަށް ސަލާމަތް ވެވިދާނެ” ކައިރީގައި އިން ފީރޯޒާ އިރުފާންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.

“މަންމަމެން ތިހީކުރާ ކަހަލަ ކަމެއް ނުވޭ. ރޭގައި ފެނުނު ހުވަފެނަކުން އެވަގުތު އެހެން ބުނެވުނީ” އިރުފާން މޫނުމތަިން އަތް ނަގަމުން މަންމަ އާއި ހަތަރުކަޅި ހަމަކޮށްލިއެވެ.

“ހުވަފެނުގައި ކޯއްޗެއް ފެނުނީ” ފީރޯޒާ އެ ހުވަފެނަކީ ކޮބާތޯ ބަލަން ބޭނުންވީ އޭނާ ހީކޮށްގެން ހުރި ކަންތަކާއި އެހުވަފެން ގުޅުމެއް ހުރިތޯ ބެލުމަށެވެ.

“އޭނަ އަންނަނީ. ކުދިންނާއެކު. ބަދަލުހިފާނަމޯ” އިރުފާން މަޑުމަޑުން ބުންޏެވެ. ފީރޯޒާގެ ހިތަށް ހީވީ ކަށިތަކެއް ހަރާލިހެންނެވެ. އެންމެފަހުން އޭނާ ހީކުރި ގޮތް މިއޮތީ ވެފައެވެ. މޫނުމައްޗަށް ދާތިކިތައް ޖަމާވީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ނަމަވެސް އޭނާ ހާސްވިކަން ދަރިފުޅަށް އަންގާކަށް ބޭނުމެއް ނުވިއެވެ.

“ސާބަސް ދަރިފުޅާ. ހުވަފެނަކީ ބިލާހެއް. ތިވާނީ ޝައިތާނާ ދަރިފުޅަށް ދެއްކި ހުވަފެނެއް ކަމަށް. އެކަމާ ވިސްނަނީ ދޯ މާބޮޑަށް” ފީރޯޒާ މޫނުމައްޗަށް ހަމަޖެހުން ގެންނަމުން ބުނެލިއެވެ. އެވަގުތު އިރުފާނަށް އޭނާގެ މަންމަ ކޮނޑުގައި ބޯއަޅާފައި ރޮއެގަނެވުނެވެ.

“މަންމާ! މަންމަގެ މިދަރިފުޅު ވަރަށް ބަލިކަށިވެއްޖެ. މަންމަ އާއި ބައްޕަ މުސްކުޅިވެފައި ހުއްޓަސް ތި ދެމަފިރިންނަށް ވުރެ ވެސް އަޅުގަނޑު މާ ބަލިކަށި. ކުދިކުދި ކަންތަކާއި ބިރުގަންނަނީ” އިރުފާނު ބުނެލިއެވެ. ފީރޯޒާ އޭނާގެ ރޫޖެހިފައިވާ އަތުން އިރުފާންގެ ދެލޯ ފޮހެދިނެވެ.

“ބިރުނުގަނޭ ދަރިފުޅާ. އެކަން ހިތުން ފޮހެލާ. މަންމަ އަށް ފެންނަނީ އަރާމުކޮށްލަން. މިއަދު އެހެދި ގޮތް ދެން ނަހަދައްޗޭ. ރަޔާހީން ވެސް އިނީ ކަންބޮޑުވެފަ.  އެއީ މާޒީ. އެންމެ ރަނގަޅުވާނީ މާޒީ ހަނދާންނައްތާލިއްޔާ. ތި ހުވަފެން އަސްލަކަށް ވިޔަސް ދަރިފުޅަށް އެއްވެސް ގެއްލުމެއް ވާކަށް ނުކެރޭނެ. ބައްޕަ ރައްޓެހި ހުސޭނުބޭ އަދިވެސް ދުނިޔޭގައި ހެޔޮހާލުގައި އެބަހުރި. އެހަޤީޤަތް މިއާއިލާ ބޭރުން އެނގޭނީ ވެސް ހަމައެކަނި ހުސޭނުބޭ އަށް. ހުސޭނުބޭއަށް އިތުބާރު ކުރޭ” ފީރޯޒާގެ ވާހަކަތަކުން އިރުފާންގެެ ހިތަށް ކުޑަކުޑަ ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. މިދަނޑިވަޅުގައި އޭނާ އަށް ދިމާވެފައިވާ ރޫޙާނީ އެތީގެ ވާހަކަތައް ވެސް މަންމަ އަށް ކިޔާދޭން ބޭނުންވިއެވެ. ނަމަވެސް އެމަންމަ އިތުރަށް ބިރުގަނެފާނެތީ އެވާހަކަށް އޮށްބާލިއެވެ.

އެކޮޓަރި ތެރޭގައި ދެކެވުނު ވާހަކަތައް އަޑު އަހަން ބޭރުގައި ރަޔާހީން ހުރިކަމެއް އެމީހުންނަކަށް ނޭނގެއެވެ. ރަޔާހީން ހުރީ އެމީހުން ދެކެ އިންތިހާ އަށް ރުޅިއައިއްސައެވެ. ހާދަ ރަޙްމެއްނެތް ބައެކޭ ހިތަށް އަރަމުން ދިޔައެވެ. ފީރޯޒާ ނިކުމެގެން ދިޔުމުން ރަޔާހީން ކޮޓަރިއަށް ވަނެވެ. އެނދުގައި އިން އިރުފާން ރަޔާހީނަށް ބަލާލިއެވެ. ނަމަވެސް ރަޔާހީން ފެންނަކަމަށް ނަހަދާ ގޮސް އަލަމާރި ހުޅުވާލިއެވެ. އަދި ތަޅުލާފައި އޭނާ އަށް ޙާއްޞަކޮށްފައިވާ ބައިން އަލްބަމެއް ހިފައިގެން އައިސް އެނދުގެ އަނެއްފަރާތުގައި އިރުފާނަށް ފުރަގަސްވާހެން އިށީނެވެ. އެމަންޒަރު ފެނުމުން އިރުފާން އެނދުމަތިން ފުރޮޅިލާފައި ގޮސް ރަޔާހީން ކައިރީގައި އިށީނެވެ. އެވަގުތު ރަޔާހީން ހުޅުވައިގެން އިން އަލްބަމްގައި ފެންނަން ހުރި ފޮޓޯއަށް އިރުފާންގެ ނަޒަރު ގޮސް ހުއްޓުނެވެ. ރަޔާހިންގެ ގައިގާ ބައްދާލައިގެން ހެވި ދިލިފައި ހުރި ފަރުހީންގެ މޫނުމަތީގައި ރަޔާހީން އަތުގެ އިނގިލިތަކުން ފިރުމާލިއެވެ. އިރުފާން އަވަސް އަވަހަށް އެހެން ދިމާލެއް ބަލަންފެށިއެވެ.

“ދޮންތަ މަތިން ވަރަށް ވަރަށް ހަނދާންވޭ…. ދޮންތަ އާއި ޓޫބޭބީސް އަށް ސުވަރުގެ ދެއްވާށި……” ރަޔާހީނަށް ވުރެ ކުރިން އިރުފާން އާމީން ކިޔާލިއެވެ. ރަޔާހީން އަލްބަމް ލައްޕާލަމުން އިރުފާނަށް ބަލާލިއެވެ.

“ތިގޮތަށް ފޮޓޯ ބެލީމަ މާބޮޑަށް ހަނދާންވާނެ. ތި ބާއްވަމާ… ހިނގާބަލަ އެދުވަސްތަކުގެ ވާހަކައެއް ފަށަމާ ދޯ” އިރުފާން ބޭނުންވީ ރަޔާހީންގެ ސަމާލުކަން އޭނާ އަށް ލިބުމަށެވެ. އެހެންކަމުން އަލްބަމް ސައިޑްކަބަޑްމަތީގައި ބޭއްވުމަށްފަހު ރަޔާހީން އޭނާ އަށް ކުރިމަތިވާ ގޮތަށް އަނބުރާލިއެވެ. މިހާރު ރަޔާހީން އިނީ ދެފައި ވަށްކޮށްލައިގެން އިރުފާންގެެ މޫނަށް ބަލާށެވެ. އެހެންއިންއިރު އިރުފާނުގެ މޫނުމަތީ ލޭކޮށާލާފަނަމޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ.

“ކުރިން ނުވެސް އެނގޭ ހީން އާއި ފަރޫ އެއްބަފާ ކަމެއް. ފަރޫގެ ކައިވެނީގެ ރޭ ވެސް ހީން އެއް ނުއެއްފެނޭ ވިއްޔާ. އެކަމު އަބަދު ފަރޫ ކިޔާނެ ވަރަށް ލޯބިވާ ކޮއްކޮއެއް ބޭރުގައި ކިޔަވަން ހުންނަ ވާހަކަ. އެއީ ހީން ކަމެއް ނޭނގޭ. ހާދަ ފަހުންނޭ އެނގުނީ. އަސްލު ފަރޫ އޭނާގެ ތިން ކޮއްކޮ ދެކެ ވެސް ވަރަށް ލޯބިވޭ.. އަބަދު ކިޔާނެ ތިމީހުންގެ ވާހަކަ” އިރުފާނަށް ފަރުހީންގެ ނަން ދުލުން ކިޔަން އުނދަގުވިޔަސް މިވަގުތު އުދާސްވެފައި އިން ރަޔާހީންގެ އެއުދާސްކަން ފިލުވާލަން ވެސް ބޭނުންވިއެވެ.

“އިރޭ ދުވަހަކު ވެސް ލޯބިވިންތަ ދޮންތަ ދެކެ” ރަޔާހީންގެ ސުވާލުން އިރުފާނަށް ހީވީ އޭނާގެ މޫނުމަތީގައި މީހަކު އެތިފަހަރެއް އަޅުވާލިހެންނެވެ.

“އާން…. ގަބޫލުނުކުރެވުނީތ؟ ފަރޫ މިގޭގައި އުޅުނީ ވަރަށް އުފަލުގަ. އެއީ ހަމަ ބަގީޗާއެއްގައި މިނިވަންކަމާއެކު އުދުހިފައި އުޅުނު ކޮކާލެއް. އެކަމަކު ބަލާބަލަ ކުރި ކަންތައް. ހިއެއް ވެސް ނުކުރަން ފަރޫ އެކަހަލަ ކަމެއް ކޮށްފާނެ ކަމަކަށް. އަޅެ މައްސަލައެއް އުޅޭ ނަމަވެސް އަހަރެން ކައިރީ ބުނެލަނަމައެއްނު….. ފަރޫ އަސްލު ވަރަށް ގޯސްކޮށް ކަންތައްކުރީ. އަޅެ އަހަރެންގެ ކުޑަކުޑަ ދެކުދިން އެކަމުގައި ޝާމިލް ކުރީ ކީއްކުރަން. އެއީ ހަމަ ފަރޫ އަމިއްލަ އަށް ކުރި ކަމެއް”

އިރުފާނަށް މިހިސާބަށް ބުނެވުނު ތަނާ ކޮޓަރި ތެރެއިން އިވުނު ބާރު އަޑުފަށްގަނޑަކާއެކު ކުއްލިއަކަށް ކޮޓަރި ތެރެއަށް ފާޅުވީ މުޅިތަން ފުރާލާފައި ނުބައި ސިފައެއްގައި ހުރި އެއްޗެކެވެ. ކަޅުކުލައިގާ ހުރި އެތީގެ މޫނު ރަޔާހީނަށް ފެނުނީ އޭނައާއި ދިމާލަށް އެނބުރިލުމުންނެވެ. އަނގުރުކޮޅެއްހެން ހުރި ދެލޯ ނިކުމެގެން ގޮސް ހުރީ އިރުފާންގެ މޫނުގައި ޖެހިފައެވެ. އޭރުވެސް ދެލޮލުން ލޮނދިތަކާއެކު ދިޔާ އެއްޗެއް ފައިބަމުން ދިޔައެވެ. މުޅި ހަށިގަނޑުގައި ވެސް ވަނީ ލޮނދިތަކުން ފުރިފައެވެ. ބޮލުގައި ހީވަނީ ބޯވަ ފައިތަކެއް އަޅައިގެން ހުރި ހެންނެވެ. އޭތީގެ ހަށިގަނޑުގައި ފޭރާމެއް ހުރި ހެން ވެސް ހިއެއް ނުވޭއެވެ. އިނގިލީގެ ނިޔަފަތިތައް ދިގުވެގެން ގޮސް ހުރީ ބަޅުވެފައެވެ.  އަނގައިގަވާ ދޫ ބޭރަށްނެރެ އިރުފާންގެ ކަރުގައި އޮޅާލީ ރަޔާހީން ޝޮކެއްގައި އިންދައެވެ. ކުރިމަތިން ފެނުނު މަންޒަރުން ރަޔާހީނަށް އަޑުގަދަ ކޮށްލެނުވެ. ހަމަ އެހިނދު އޭނާ ޚަބަރު ހުސްވެގެން އެނދަށް ދެމުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ނަވާރަވަނަ ބައި)

Next

ޢެދެމޭ އުފާ….(2)

Next
August 28, 2017

ޢެދެމޭ އުފާ….(2)

Previews
August 28, 2017

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ނަވާރަވަނަ ބައި)

31 Comments!

  1. Juvey says:
    August 28, 2017 at 6:15 pm

    Wow bala bala in dhaa thi up kury ..????

  2. Ushaali says:
    August 28, 2017 at 6:16 pm

    assalam alaikum and alhamdhulillah…. mi bai ves huriha kudhinnah kamudhaane kamah heekuran. mistakes hurumaky ekasheegenvaa kameh….. enjoy…. 🙂 🙂 🙂

  3. Juvey says:
    August 28, 2017 at 6:18 pm

    Miadhu juvey first dww ??

    1. Ushaali says:
      August 29, 2017 at 12:02 am

      ya miadhu first thi libuny juvey ah… congra…. 🙂

  4. Juvey says:
    August 28, 2017 at 6:35 pm

    V nice mi part ves ????

    1. Ushaali says:
      August 29, 2017 at 12:03 am

      thanks juvey 🙂

  5. Ria says:
    August 28, 2017 at 6:52 pm

    Wow.. varah reethi… when next part?

    1. Ushaali says:
      August 29, 2017 at 12:03 am

      thanks Ria 🙂 varah avahah insha allah

  6. Kitty says:
    August 28, 2017 at 7:01 pm

    MI story ga innany 20 parts tha?

    1. Ushaali says:
      August 29, 2017 at 12:04 am

      nooney. keevveba ehen thi heevee… yagynun ves 20 ah vure gina vaane 🙂

  7. nux says:
    August 28, 2017 at 7:05 pm

    wow v reethi mipartves inthixaaruga huhthaa thi up kohladhiny tnx dear next part avass kihladhehchay ly????????

    1. Ushaali says:
      August 29, 2017 at 12:06 am

      thanks nuxu 🙂 varah ufaa vehjje nuxu inthizaaruga huhtta up kohdhevunyma… next part varah avahah genes dheynan. insha allah 🙂

  8. click a shot ? says:
    August 28, 2017 at 7:28 pm

    Mi part ves varah salhi.. When next part
    I’m waiting
    Love you
    Tack care ☺?

  9. Aimi says:
    August 28, 2017 at 7:37 pm

    Wow! V reethi. Koniraku Tha next part ?

  10. Aimi says:
    August 28, 2017 at 7:40 pm

    Alhey haadha reechey. Keeve Tha mihaaru lahun up vany

  11. Manna says:
    August 28, 2017 at 8:14 pm

    Vrh. Reethi story eh maasha allah
    .

  12. Shii says:
    August 28, 2017 at 9:02 pm

    Wow

    1. Ushaali says:
      August 29, 2017 at 12:06 am

      thanks shii 🙂

  13. sheww says:
    August 28, 2017 at 9:08 pm

    i love this storyy… next part thankolheh avas kohlahchey….
    owkiii….

    1. Ushaali says:
      August 29, 2017 at 12:10 am

      thanks sheww. hama sheww buni gotheh 🙂 🙂 🙂

  14. Prince says:
    August 28, 2017 at 10:24 pm

    Den kon iraku nxt episode upload kurani

  15. khajja says:
    August 28, 2017 at 11:07 pm

    Ohhh wow wow just wow??? masha allah v v v rythi mi stry?? v wait kuraa stry enmiee I luv this stry???❤ ushaali hama inthizaaru mikurevuny ushaali ah v v v missvey u n ur stries ushaali ah kamevvykaman hykoh v dheravefa mi inyves afternoon gaves balaalevun up vitho ehaaves inthizaaru kurevey mi stry ah when nxt prt avaskolladhybala luv ❤❤ gud nyt.ly ????❤❤???❤❤❤??????

    1. Ushaali says:
      August 29, 2017 at 12:12 am

      awwww… thankyou so much khajja 🙂 mi bai lasvee dhiriuluhuma ehen kanthah ves hunna gothun. ekamu vaguthu v varakun hama varah avahah genesdhemenu dhw…. sorry khajja ehaa wait kuran jehunyma…good nite 🙂 🙂 🙂

  16. merr says:
    August 28, 2017 at 11:17 pm

    mi part varah reethi. when is the next part dear

    1. Ushaali says:
      August 29, 2017 at 12:13 am

      thanks merr 🙂 soon. insha allah

  17. yoon.37 says:
    August 28, 2017 at 11:27 pm

    Varah reethi. Iam waiting for next party.

    1. Ushaali says:
      August 29, 2017 at 12:13 am

      thankyou yoon37 🙂

  18. azeen says:
    August 29, 2017 at 9:09 am

    wow v v v reethi asluves..

  19. Ainth says:
    August 29, 2017 at 10:04 am

    V rythi. Avahah anebai up kohdhy..kiyaa hiyvany

  20. Anonymous says:
    August 30, 2017 at 2:40 pm

    1 to 7 kobaatha..Alhe nufeneyy..kihineh hedhymatha ebaithah kiyaalan libeyny…plx plx plx kommevx meehaku bunedhybala..plx

  21. Sheru says:
    September 22, 2017 at 10:01 pm

    V furihama

Comments are closed.

Next Episode02:30 ސޯޅަވަނަ ބައި←


All Right Reserved!