Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން އަންނާށޭ ކަލާ (ސާދަ ވަނަ ބައި)

Rau Level 210 Stories100 Comments100 Login
August 29, 2017 3 Mins Read
37 Comments

ރޭގަނޑު ގަޑިން އެކެއް ޖެހުމާ ގާތްވަނީއެވެ. އެއްވެސް އިންޒާރެއް ދިރުމެއްނެތި ވެހެންފެށި ހިމަފޮދު ވާރެއިން ސަލާމަތްވާންވެގެން، ސައިކަލުން ފައިބައި ގެއަށް ވަން ނަން އިމީ ދުއްވައިގަތެވެ. ދޮރާށި ހުޅުވާލުމަށް ފަހު ކުއްލިއަކަށް އެއްޗެއް ހަނދާންވެގެން ކަހަލަގޮތަކަށް އިމީ މަގުގެ ދެކޮޅު ހޯދާ ބަލައިލިއެވެ.

” މި އޮތީ ތި ހޯދާ އެތި!” އެވަގުތު އަތުގައި އޮތް ކަޅުކުލައިގެ ފައިލް އިމީއާ ދިމާއަށް ދިއްކޮށްލަމުން ހިޝާން އިމީގެ ކުރިމައްޗަށް އައިސް ހުއްޓުނެވެ. ހިސާބަކަށް ވާރެއާ ތެމުމުގެ ސަބަބުން ހިޝާންލައިގެން ހުރި މަޑު ނޫކުލައިގެ ތުނި އަތްދިގު ގަމީސްވަނީ އެ ރީތީ ފިރިހެން ވަންތަ ހަށިގަނޑުގައި ތަތްލަވާފައެވެ. ކަރުގައި އަޅުވާލާފައިވާ ޓައީގެ ގޮއް ކޫޑަކޮށް ދޫކޮށްލެވި ފައިވުމުން ރަސްމީގޮތް ކެނޑި ކެޒުއަލް “ލުކެއް” ގެނުވާފައިވެއެވެ. ހިޝާންގެ އިސްތަށިގަނޑުން ފެން ފޮޅާލަމުން އެނބުރިދާން ހިނގައި ގަތުމާއެކު އިމީ ހިޝާންގެ އަތުގައި ހިފިއެވެ. މިރޭ އޭނާގެ ނަފްސު ކުއްލިއަކަށް އޭނާގެ ކޮންޓްރޯލުން ބޭރުވެއްޖެއެވެ. ހިޝަންދެކެ ލޯބިވާ މިންވަރު އެތައް ގޮތަކަށް އޭނާ މިހާރު ހާމަކޮށްދީފިއެވެ. އެއިން އެއްވެސް ފަހަރަކު ހިޝާން އެއަށް ޖަވާބެއް ނުދެއެވެ. ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމާ ދެމެދު މިއޮއް މަދު ދުވަސްކޮޅު ހިޝަން ވަޒީފާއަދާކުރާ ހޮސްޕިޓަލުން ހިޝާނާއެކު މަސައްކަތްކުރުމުގެ ފުރުސަތު އޭނާ ހޯދީވެސް ގިނަވަގުތު ހިޝާނާއެކު ހޭދަކުރާ ހިތުންނެވެ. ބައްޕަގެ އޮފީހުން އެއަށްވުރެ ރަނގަޅު ވަޒީފާއެއް އަދާކުރާނެ ފުރުސަތު އޭނާއަށް ލިބެން އޮއްވައެވެ.

” ހިޝާން ކީއްވެތަ ބައެއް މީހުން އެދޭ ކަންތައްތައް އެމީހުން އެދޭގޮތަށް ވާއިރު، އަނެއްބައި މީހުން ބޭނުންވާ ކަންކަން ނުވަނީ؟” ދަންވަގުތެއް ކަމުން ވެހެމުން ދިޔަ ވާރޭ ބޯކުރަމުން ދިޔަ ވަރަކަށް އިމީއަށް ފިނިވެ ތުތުތުރުލާ ގޮތްވުމުން މެއާ ދިމާއިން ދެއަތް ހުރަސް ކޮށްލަމުން ސީދާ ހިޝާންގެ ފުން ދެލޮލަށް ބަލާލަމުން އިމީ ބުނެލިއެވެ.

” ކީއްވެ ތިހެން ތިބުނީ؟!” ހަށަން ބަނދެލަމުން، އިމީ ދައްކަން އުޅޭ ވަހަކަ   ނޭނގޭ ކަމަށް ހަދަމުން ހިޝާން ބުނެލިއެވެ.

” ހަމަ ނޭނގޭތަ މިބުނާ އެއްޗެއް؟!” ބޭއިޚްތިޔާރުގައި ނަމަވެސް އިމީއަށް މަޑުމަޑުން ހިޝާންގެ މޭމަތީގައި ބޯއަޅަލެވުނެވެ. އެވަގުތު އެއްވެސް ހަރަކާތެއް ނުކޮށް އިމީ އޭނަގެ މޭމަތީގައި ބޯއަޅަލަން ދީގެން ހިޝާން ހުއްޓެވެ.

” އަހަރެން ހަމަ އަސްލުވެސް ހިޝާން ދެކެ ލޯބިވޭ… ވަރަށް ލޯބިވޭ… އެންމެ އަންހެން ކުއްޖަކަށްޓަކައި މުޅި އުމުރު ތިހެން ހުސްކޮށްލާނީތަ ހަމަ؟!… ހިޝަން އަހަންނަށް ޖަވާބެއް ނުދިނަސް އަބަދުވެސް އަހަރެން ޙިޝާންދެކެ ލޯބިވާނަން…..” އެވަގުތު ހިތުގެ ޖަޒުބާތުތައް ކަރުނައިގެ ސިފަ ޚިޔާރުކުރަމުން އިމީގެ ކޯތާފަތަށް އޮހެރުމުން ދިޔައީ އިޚްތިޔާރެއް ނެތިއެވެ. އިމީ ހިޝާންދެކެ ލޯބިވާ މިންވަރު ހިޝާންއަށް ވެސް އެނގެއެވެ. އެކަމަކު އޭނާގެ ހިތްވެސްވަނީ އޭނާގެ އިޚްތިޔާރުން ބޭރުގައެވެ. ލޯތްބަކީ ގަދަކަމުން މީހަކުދެކެ ވޭވޭނެ އެއްޗެއްނަމަ، އޭނާ އިމީދެކެ ލޯބިވީހެވެ.

އިމީއާއި ހިޝާންގެ މި ޖަޒުބާތީ ވަގުތުކޮޅު، މެހެރުއްނިސާގެ ލޮލުގެ ދުރުމީއަށް ކަޝްފެއްނުވިއެވެ. އިމީ ހިޝާންގެ މޭމަތީގައި ބޯއަޅައަލިގެން އޮތް ގޮތާއި އިމީއަށް އެ އަތުގެ ހިމާޔަތް ދިނުމެއްނެތި ހިޝާން ހުރިގޮތުން އެ ދެމެދުގައިވަނީ ކޮންކަހަލަ ގުޅުމެއްކަން މެހެރުއްނިސާދެނެގަތެވެ. އެހިނދު އިމީއާދޭތެރޭ ކޮންމެވެސް މިންވަރެއްގެ ހަސަދައިގެ އޮއިވަރެއްވެސް މެހެރުއްނިސާގެ ހިތުގައި ހިނގައިގަތެވެ. ހިޝާން ފުރަތަމަ ފެނުނު ވަގުތުން ފެށިގެންވެސް މެހެރުއްނިސާއަށް ހިޝާން ކަމުގޮސްފައިވާތީއެވެ. އުމުރު ކިތައްމެ މައްޗަސް އޭނާގެ ހިތް ޒުވާނެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ނާސްތާއަށް އިންސާފުކުރަމުން ދިޔައިރު ތަފާތު މައުލޫތަކަށް ވާހަކަ ދެކެވުނެވެ.

” އިމީއާ ހިޝާންގެ އޮންނަނީ ކޮން ގުޅުމެއް؟!” އެންމެން ދައްކަމުން ދިޔަ ވާހަކައިގެ ތެރެއިން މެހެރުއްނިސާ އެންމެ ފަހުން ބުނެލިއެވެ. އެއާއެކު އިމީ ކުއްލިޔަކަށް ދެލޯ ބޮޑުކޮށްލިއެވެ. މަންމައާއި ދޮންބެއާ އެންމެން ތިއްބައި އެވާހަކަ ބުނަން އޭނާހުރީ ޖެހިލުންވެފައެވެ. އެހެންނޫނަސް ކުރިއެރުމެއް ނެތް އެ ގުޅުމުގެ ވާހަކަ ދައްކަން އަދި އިމީ ބޭނުމެއްވެސް ނޫނެވެ. މެހެރުއްނިސާ އެހެން އެހުމުން އިނާޒާ އެއްފަހަރު އިމީގެ މޫނަށް އަނެއްފަހަރު ބަލްޚާގެ މޫނަށް ބަލާލަމުން އިމީ ދޭނެ ޖަވާބެއްގެ އިންތިޒާރުގައި އިނެވެ.

” ވީ އާ ޖަސްޓް ފްރެންޑްސް….” މެހެރުއްނިސާގެ އަނގަބޮޑުކަމާއި، ހާލަތާއި ވަގުތަށް ނުވިސްނާވަރު ހިތަށް އެރުމުން އިމީ ހިތްހަމަނުޖެހޭ ގޮތްވިއެވެ.

“ޖަސްޓް ފްރެންޑްސް؟! .. ދެން ކީއްވެޔޯ ޗުއިންގަމް ކިރުގަނޑެއްހެން ހިޝަންގެ ގައިގަ ތަތްވެފަ އޮތީ…؟؟” ޖެހިލުން ކުޑަކަމާއެކު މެހެރުއްނިސާ އެހެން ބުނެލުމާއެކު އިމީ ރަކިވާގޮތްވިއެވެ. ހަމަ އެހާވަރަށް ރުޅިވެސް އާދެވުނެވެ.

” މިހާރު އެނގިއްޖެ ބައްޕަ މެހެރު އާންޓީ މިގެއަށް އަންނަން ބޭނުން ނުވާ ސަބަބު… ނުބެހޭ ކަމެއް ނޯވޭވިއްޔަ!”

“އިމީ..! އަނގަ ހިމޭނުން ލައިގެން ހުރޭ! އިމީއަށް އެނގެންޖެހޭނެ ބޮޑެތި މީހުންނާ ވާހަކަ ދައްކާނެގޮތް! ތިހާ ބޭއަދަބީ ވާކަށްނުޖެހޭ! ހަމަ މިހާރު މާފަށް އެދޭ!!!” އިމީއާ ދިމާއަށް ލޯއަޅައިގަންނަމުން އިނާޒާ ނިކަން ހަރުކަށި ކަމާއެކު ބުނެލިއެވެ.

” ބޮޑެތި މީހުންނަށްވެސް އެނގެންޖެހޭނެ ތިމާއަށްވުރެ ކުޑަ މީހުންނާ ވާހަކަ ދައްކާނެގޮތް!….” ރުޅިއައިސްގެން ކެއުންވެސް ފުރިހަމަ ނުކޮށް އެތަނުން ދާން ހިނގައިގަންނަމުން އިމީ ބުނެލިއެވެ. އިމީ އެހާ ރުޅިގަދަވެފައި ހުރުމުން ޖައިޝްއާއި ބަލްޚާވެސް ތިބީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެހެންނޫނަސް މެހެރުއްނިސާއަކީ ޖައިޝްވެސް މާ ގަޔާވާ މީހެއް ނޫނެވެ. އެވަގުތު މާހަވްލަށްވެރިވި ހިމޭންކަމާއެކު ޖައިޝްވެސް ބަލްޚާ ގޮވައިގެން އެތަނުން ހިނގައްޖެއެވެ.

ސިކުނޑީގައި އެނބުރެމުންދިޔަ އޮޅުންބޮޅުންގަނޑުގެ ތެރެއިން ކުޅިބައި އަތުރާލާނެ ގޮތެއް ނޭނގ،ި ވިސްނުމަކަށް ގެއްލިފައި އިނާޒާ އޮތެވެ. ބަލްޚާއާ ހިޝާންއާ ދެމެދު އޮތް ގުޅުން އޭނާއަށް ސިއްރުވެފައެއް ނުވެއެވެ. އެދުވަހު ހިޝާންއާ ބަލްޚާއާ ދެމެދު ވީ ހުރިހާ ކަމެއް އިނާޒާއަށް ފެނުނެވެ. މިއަދު ހެނދުނުގެ އިރާއެކު މެހެރުއްނިސާ އޭނާގެ ކަންފަތާ ހަމައަށް ގެނެސް ދިން ޚަބަރާއެކު އެ ހަތަރެސްކަން ލޯބީގެ ތަސްވީރު އޭނާގެ ސިކުނޑީގައި ރަނގަޅަށް ބިންވަޅު ކަނޑާ ނެގިއްޖެއެވެ. އިމީ ހިޝާން ދެކެ ލޯބިވިޔަސް ، ޙީޝާން ލޯބިވަނީ ބަލްޚާ ދެކެ ކަމެވެ. އަދި ބަލްޚާ ޖައިޝް ދެކެވާ ލޯތްބަކީ ހިޝާންގެ ލޯބިންވެސް ފަނޑުކޮށް ނުލެވޭނެހާ ވަރުގަދަ ލޯތްބެއްކަމެވެ. އިމީ އާއި ހިޝާންގެ ގާތްވަމުން ދިޔަ ގުޅުންވެސް އޭނާ ދިޔައީ ގާތުން ދެކެމުންނެވެ. އެގާތްކަން ލޯތްބަކާ ހަމައަށް ދަތުރު ކުރާކަށް އޭޏާ ބޭނުމެއް ނުވެއެވެ. ނަމަވެސް ޒުވާން ކަމަކީވެސް އަޖައިބެއް ކަހަލަ އެއްޗެކެވެ. ހިތް ބަދަލުވެ ހިތުގެ އިހްސާސްތައް ބަދަލުވާނީ ކޮން އިރަކު ކިހިނެތްކަންވެސް އެނގެނީއެއް ނޫނެވެ. ދެން އޮތީ ރަނގަޅުވަގުތަކަށް އިންތިޒާރުކުރުމެވެ. މިއޮއްހާ ދުވަހު އޭނާ ހިމޭނުން ހުރީވެސް ރަނގަޅު ވަގުތެއްގެ އިންތިޒާރުގައެވެ.  މިހާރު މިވީގޮތުން އޭނާގެ ހުރިހާ ރޭވުމެއް ފަނުފުލުން ދިއުމާވެސް ގާތްވަނީއެވެ. ހިޝާންއާއި ބަލްޚާއާދެމެދު ވީ ކަންތައް ކުރިން  އޭނާ ނުބުނީވެސް ހާލަތުގެ ގޮތުން އޭނާ ދައްކާ ވާހަކަ އެއްވެސް މީހަކު ގަބޫލުނުކުރާނެތީއެވެ. ބަލްޚާދެކެ އޭނާ އަންނަ ރުޅިއާއި، ޖައިޝްގެ ދިރިއުޅުމަށް އަނުމް ގެންނަން އޭނާ ބޭނުންވެފައިވާކަން އެއްވެސް މީހަކަށް ސިއްރުވެފައި ނުވާތީއެވެ. ދެން އޮތްހާ ގޮތަކީ ވެސް ރަނގަޅު ވަގުތަކަށް އިންތިޒާރުކުރުމެވެ. އެކަން އޭނާ ކުރާނެއެވެ. އޭނާގެ މި އަރާމު  ދިރިއުޅުމާ ހަމައަށް އައުމަށް އޭނާ ނުވަނީ ކޮން ގުރުބަނީ އެއް ހެއްޔެވެ؟ އަމިއްލަ ނަފްސުގެ އަގު ކަތިލުމަށްފަހު، އޭނާ އޭނާގެ ގޮތުގައި އެހުރީ ކިތައްމެ ހުތުރު ލައްގަނޑަކާއެކުގައި ނަމަވެސް، އޭނާއަކީ އާޚިރަތަށްވުރެ ދުނިޔޭގެ އެދުމުގެ ފަހަތުން ދުވަން އާދަވެފައިވާ މީހެކެވެ. އެވަގުތު އިނާޒާގެ ތުންފަތުގައި ކުޅެމުންދިޔައީ ވިހަ ހިނިތުންވުމެކެވެ. އެ ދެލޮލުގައި ވަނީ އަޑި ނޭނގޭނެފަދަ ނުރައްކާތެރިކަމެކެވެ.

*****

ގަޑިން މެނދުރު ބާރަޖެހުމަކާ ގާތްވަނީއެވެ. ގަޑީގެ ކަށި ހިނގަމުން ދިޔަ ވަރަކަށް ޖައިޝްއާއި ބަލްޚާ ހިތުގެ ހިނގުންވެސް ދިޔައީއަވަސްވަމުންނެވެ. އަތުގައި އޮތް މެޑިކަލް ރިޕޯޓުތަކަށް ބަލާލުމަށްފަހު ޖައިޝްގެ މޫނަށް ބަލްޚާ ބަލަމުން ދިޔައީ މާޔޫސްކަމާއެކުގައެވެ. ޖަވާޒީ ހަޔާތުގެ އަޑި ގުޑަން ގިނަ މި ދަތުރުގައި ހަތަރު އަހަރު ފާއިތުވެގެން ދިޔައިރުވެސް ޖައިޝްއާއި ބަލްޚާ ވަނީ ދަރިއެއްގެ ލޯބިން މަހުރޫމްވެފައެވެ. މަންމައަކަށް ނުވެވުމަކީ ބަލްޚާގެ ކުށެއްކަމުގައި އިނާޒާ މި ފާއިތުވި ހަތަރު އަހަރެއްހާ ދުވަހު ދިޔައީ ވިސްނައި ދެމުންނެވެ. ރުވާފައި ދޫކޮށްލާ ވިހަ ތީރެއްހެން ބަލްޚާގެ ހިތަށް އިނާޒާގެ އެ ވިހަ ބަސްތައް ހެރެމުން ދިޔައިރުވެސް އޭނާ ކެތްތެރިވިއެވެ. ދެމީހުންގެ ޓެސްޓް ހެދުމަށްފަހު ރިޕޯޓްތައް ލާފައިވާ ސިޓީއުރަތައް ނުކަނޑައި ދެމީހުން ތިބީ،ވެސް އެ “އައިބަ”ކީ ކާކުގެ ކިބައިގައިވާ “އައިބެއް”ކަން އެނގެން ބޭނުންނުވާތީއެވެ. ޖައިޝްއަކީ ޕީޑިއަޓްރިޝަންއެއް ކަމުގައި ވާތީ، ކުޑަކުދިންނާމެދު އާދަޔާ ހިލާފް ލޯތްބެއް އޭނާގެ ހިތުގައި ވެއެވެ. ނަމަވެސް ބަލްޚާއާއި އޭނާއާ ދެމެދުވާ ސާފު ތެދުވެރި ލޯތްބަށް އޭނާގެ އެ އެދުމުގެ ސަބަބުންވިޔަސްް އެއްވެސް ކިލަނބު ކަމެއް އަންނާކަށް އޭނާ ބޭނުމެއް ނުވެއެވެ. މި ޓެސްޓް ހަދަން ޖައިޝްއަށް މަޖުބޫރުވީ އިނާޒާއާހެދިއެވެ. މާމަ ދަރިއަކަށް އޭނާ ކުރާ އިންތިޒާރުގެ ސަބަބުން އިނާޒާގެ ހާލަތު ގޯސްވަމުން ދާތަން ޖައިޝްއަށް ފެނެއެވެ. ޖައިޝްއަށް ނޭނގުނީ އިނާޒާގެ ހިތުގެ އަޑީގައި ރާވަމުންދިޔަ ކުޅިގަނޑެވެ. މިއަދުގެ ނަތީޖާ ދައްކާ ގޮތުން އެ ދިރި އުޅުމަށް ކޮންމެ ފަދަ ބަދަލެއްވެސް ގެންނަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. އެކަކު އަނެކަކާ އަނގައިންވެސް ނުބުނެ ހިމޭންނުން ތިއްބައި އެމީހުންގެ ނަންބަރާޖެހުނެވެ.

” އައިއެމް ސޮރީ ބަލްޚާ… ރިޕޯޓް ދައްކާގޮތުން މައްސަލަހުރީ ބަލްޚާގެ……….” ޑޮކްޓަރުގެ ވާހަކަ އެހާ ހިސާބަށް ދިއުމުން ވީ ދެރައިން ބަލްޚާ ފެންކަޅިވިއެވެ. ދެން ކުރިމަތިލާން ޖެހޭ ކަންތަކުގެ ބޮޑުކަމާ ދޭތެރޭ ވިސްނާލެވުމުން ޑޮކްޓަރު ދެއްކި ވާހަކަވެސް އޭނާ އަކަށް އަޑެއް ނީވުނެވެ. ހޮސްޕިޓަލުން ނުކުންނަން ދިޔައިރުވެސް ޖައިޝް އާއި ބަލްޚާ ތިބީ އެކަކު އަނެކަކާ ވާހަކަ ނުދައްކައި ހިމޭންކަން ޚިޔާރުކޮށްގެންނެވެ. ބަލްޚާގެ ނަފްސު އަޅުވެތި ކަމެއްގައި ބަނދެވިފައިވާ ފަދައެވެ. ހޮސްޕިޓަލުން  ނުކުންނަން އެޅިފުރަތަމަ ފިޔަވަޅާއެކު ކުއްލިއަކަށް ކަމެއް ހަނދާންވިހެން، ބަލްޚާ ކާރުގައި ގެއަށް ދިއުމަށް ބުނުމަށްފަހު ޖައިޝޤ ހޮސްޕިޓަލުގެ ތެރެއަށް ވަދެގެން ހިނގައްޖެއެވެ.

އިރުކޮޅެއް ފަހެވެ. ހޮސްޕިޓަލުގެ ތަންކޮޅޭއް އެތެރެއަށް ކަހަލަގޮތަކަށް އިން ޕްރައިވެޓް ކޮޓަރީގެ ދޮރު ހުޅުވާލުމަށް ފަހު ޖައިޝް އެ ކޮޓަރީގެ ތެރެއަށް ވަނެވެ. ކުރިމަތީގައި ހިނމޭން “ނިންޖެއްގައި” ދެ ލޮލުގެ ކަޅި މައްޗަށް ހުއްޓާލައިގެން އޮތީ ޠާއްޔިބުއެވެ. މި ހަތަރު އަހަރުތެރޭ އޭނާގެ ސިފައާއި ރޫފައަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. ދެލޯ ވަޅުވަދެ އެދެ ތުންފަތް ހިކިފައިވެއެވެ. ބޮލުގެ އިސްތަށިގަނޑު ހުދުވެ އަސްލު ޢުމުރަށްވުރެ މުސްކުޅިކަމަށް ދައްކައެވެ. ހަށިގަނޑަށް ގުޅަފައިވާ މެޝިނަރީތަކުގެ އަޑު މެދުކެނޑުމެއްނެތި އިވެމުން ދިޔައެވެ. އެންމެންގެ ލޯތަކަށް ޠައްޔިބު “މަރު” ވެފައި ވީނަމަވެސް، މި ބޮޑު އޮޅުވާލުން އޮޅުވާލަން ޖައިޝްއަށް މަޖުބޫރުވީއެވެ.

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Rau

Level 210 Stories100 Comments100 Login

ވާހަކަ ލިޔުމަކީ ރައުގެ ޕެޝަންއެކެވެ ކިޔުންތެރިންގެ ޚިޔާލަކީ ވާހަކަ ލިޔުމަށް ރައު އަށް ލިބޭ ވަރަށްބޮޑު ހިއްވަރެކެވެ..

Other Articles

Previous

އަވްލީން (4ވަނަ ބައި)

Next

ތި ލޯތްބަށްޓަކައި (2)

Next
August 29, 2017

ތި ލޯތްބަށްޓަކައި (2)

Previews
August 29, 2017

އަވްލީން (4ވަނަ ބައި)

37 Comments!

  1. Some says:
    August 29, 2017 at 8:55 am

    Wooooowww. Tayyib mareh nuveytha. Kihineh tha mi vee. V interesting. V kiyaa hivejje next part. Plsssssss Ava’s kohdheeb

    1. ރައު says:
      August 29, 2017 at 2:12 pm

      yes dear insha allah nxt part 2mrw

  2. Ifaaaa says:
    August 29, 2017 at 8:59 am

    Sissaigen dhiya e Fahuthankolhu kiyaafa , shauguverikan hama dhamigenfi, vvvv reethi sifa kurunthakaa ibaaraithah.

    1. ރައު says:
      August 29, 2017 at 2:21 pm

      owwww… thanx dear 😉

  3. . says:
    August 29, 2017 at 9:14 am

    Nice

  4. ihoo says:
    August 29, 2017 at 10:37 am

    Wow v reethi kuriyagh huribaithakah kehtherikameh nethi inthizaaru kuran rau thanks and keep it up ??????

    1. ރައު says:
      August 29, 2017 at 2:15 pm

      thanx dear
      love u 🙂

  5. Balkha says:
    August 29, 2017 at 11:27 am

    Alheyyyyyy v reethi mi part.
    Yeyyyyyyy thayyib mareh nuvey.

  6. Xiu says:
    August 29, 2017 at 11:29 am

    Vrh vrh reethi mi part vx. Keep it up rau

    1. ރައު says:
      August 29, 2017 at 2:20 pm

      thanx dear 😉

  7. aisha says:
    August 29, 2017 at 11:41 am

    wow vrh vrh loabi
    waiting for the next part so pls make it quick

  8. sha says:
    August 29, 2017 at 11:41 am

    wow vrh vrh loabi
    waiting for the next part so pls make it quick

  9. isha says:
    August 29, 2017 at 11:42 am

    wow vrh vrh loabi
    waiting for the next part so pls make it quick

    1. ރައު says:
      August 29, 2017 at 2:16 pm

      thanx dear nxt part 2mrw insha allah

  10. pls says:
    August 29, 2017 at 11:44 am

    alhe nxt avas kohdibala RAUUUUUUUUUUUUU

    1. ރައު says:
      August 29, 2017 at 10:47 pm

      yes Dear… now innaane up kuran fonuvaafa

    2. Pls says:
      August 30, 2017 at 3:52 pm

      Rau adhives up eh nuve ehnu.
      Reyga fonuvi bai adhives up nuvanytha.
      Rau send vitho balaaba 🙁 :'(

  11. Obi says:
    August 29, 2017 at 11:46 am

    Oh my God. :O v bodu kanthah gandeh vaane hen heeevanee. 🙂
    Rau suspense hifahattan v molhu. U r hama real vaahaka liyuntherieh.
    Ly Rau 😉 😀

    1. ރައު says:
      August 29, 2017 at 2:22 pm

      ohhh… thnx a lot dear obi… 🙂

  12. , says:
    August 29, 2017 at 11:56 am

    Reethi vvvv

  13. Hafeez says:
    August 29, 2017 at 1:28 pm

    Thayyib Mareh nuveytha. Thihen vee iru thayyib jaish gaathu e bunan ulhunu sirru vess mi inguneethaa. When next part

    1. ރައު says:
      August 29, 2017 at 2:20 pm

      yes hafeez dear… esirruves falhaa araanethaa dhw…. hehehhehe

  14. @ says:
    August 29, 2017 at 2:02 pm

    aan dho hafeez. ekam tayyib coma ga ehnoontha otheee???????btw vaahaka vara reethi

  15. ރައު says:
    August 29, 2017 at 2:18 pm

    Hi, hurihaa kudhin… thanx mivaahaka kiyumah thibahattaa shauquverikamah… varah ufaavejje mihaa loabi comment thakeh libifa hurithan fenunyma….
    varah bodah shukuriyyaa hurihaa kudhinnahves.
    miss u khajja

  16. curious says:
    August 29, 2017 at 2:40 pm

    alhlheeeyyy raooooooooooooooooooooooo v dhahivaa gothaka thi ninmaaaalee
    vvvv curious vehje dhen vaagoi balan. please maadhan up koddeebala please

    1. ރައު says:
      August 29, 2017 at 6:22 pm

      heheh insha allah 2mrw next part ingety…

  17. naja says:
    August 29, 2017 at 3:12 pm

    waiting for next part

  18. kareena kapooor says:
    August 29, 2017 at 3:15 pm

    wa wa wa kyaaa bat hai. bohot achi hai

  19. > says:
    August 29, 2017 at 3:17 pm

    salhi

  20. Adha? says:
    August 29, 2017 at 3:55 pm

    Inaaza raavaane kameh raavaba dhen…. thayyibu adhi annaane rangalhuvegen…
    Varah reethi mi part ves
    Waitingss

    1. ރައު says:
      August 29, 2017 at 6:18 pm

      thanx dear…. 😉 adha n khajja ge comment komme dhuvahaku ves fennaathy v ufaavey…

  21. © says:
    August 29, 2017 at 4:42 pm

    So happy thayyib maraa nuleema. V reethi mivaahaka

  22. khajja says:
    August 29, 2017 at 5:08 pm

    Ohh my god?? thayyib marennuvey dhw alhamdhulillah ohh ya thayyibu bunan ulhun sirru ves mihaaru jaish ah engeyne ehen v ma dhw meegethereyga v bodu kanthaggandeh eba hingaa ehen v ma meherunnishaaves hishaan dheke loabiveyo hehe eynage dharin age ge kujjeh dhw kykeybunaany!! masha allah stry v rythi v furihama whn nxt prt avaskolladhevidhaanetha? V v v waiting ly ????❤❤???????????❤

    1. ރައު says:
      August 29, 2017 at 6:20 pm

      oh khajjaaaaa…. 2 days fahun dhw habareh mivee… heheh missed u 😉

  23. Natlree says:
    August 29, 2017 at 5:42 pm

    Omg v salhi mi part ves

    1. ރައު says:
      August 29, 2017 at 6:23 pm

      tnx dear 😉

  24. Hana says:
    August 29, 2017 at 11:41 pm

    Wow.nxt mirey up vaanerha

Comments are closed.

Next Episodeލޯބިން އަންނާށޭ ކަލާ (ފަނަރަ ވަނަ ބައި)←


All Right Reserved!