ޔުނީފޯމު ލައިގެން ސްކޫލާ ދިމާއަށް ހިނގަމުން ދިޔައިރު އަޝްފާންގެ މޫނުމަތީގައިވީ ފަނޑު ހިނިތުންވުމެކެވެ. ޔުމްނާ އޭނާގެ ދެލޮލަށް ފެނުނު ހިސާބުން ފެށިގެން އެހިތުގެ ހަމަޖެހުން ގެއްލިއްޖެއެވެ. ކުލާސް ރޫމަށްވަދެ ޔުމްނާ އިންނަ ޑެސްކާ ދިމާއަށް ނަޒަރު ހިންގާލި ވަގުތު އޭނާގެ މޫނުމަތި އެއްކޮށް މިލައިގެން ދިޔައެވެ. ޔުމްނާ އިންނަ ގޮނޑި ހުރީ ހުހަށެވެ.
“އެކްސްކިއުޒް؟ ޔުމްނާ ނާންނަނީތަ މިޔަދު؟” ޑެސްކެއްގެ މަތީގައި އެހެން ކުއްޖަކާއެކު އޮލަ ވާހަކައިގައި އިން އަންހެން ކުއްޖެއްގެ ކޮނޑުގައި އަތް ޖައްސާލަމުން އަޝްފާން އަހާލިއެވެ. އެވަގުތު އެ އަންހެންކުއްޖާ އަޝްފާނާ ދިމާއަށް އެނބުރެލިއެވެ. އަޝްފާނަށް އެ އަންހެންކުއްޖާ ފާހަގަކުރަން އެނގުނެވެ. އެއީ އިއްޔެ ޔުމްނާއާ ބެހުނު ކުއްޖާކަން އެގުމުން އެމޫނުމައްޗަށް ވެރިވީ ފޫހިކަމެވެ. ވަގުތުން އޭނާ ދުރަށްދާން ހިނގައިގަތް ނަމަވެސް ޝަނާ އަވަސް ހަރަކާތަކާއެކު އޭނާގެ އަތުގައި ހިފަހައްޓައިފިއެވެ.
“އަޝްފާން ދޯ؟ ކީއްކުރަން ޔުމްނާ ތި ހޯދަނީ؟” ޝަނާ އަޝްފާންގެ އަތުގައި ހިފަހައްޓައިގެން ހުރެ ވާހަކަދެއްކިއެވެ. އަޝްފާން އެވަގުތު ޝަނާގެ އަތް ނައްޓުވާލިއެވެ. އެ މޫނުމަތިން ފާޅުވަނީ ނުރުހުންވުމުގެ އަސަރުތަކެވެ.
“އަޝްފާން އަދި އާވީމަ އެ ޔުމްނާގެ ގޮތް ނޭނގެނީ… އެއީ ކާކުކަން އަޝްފާނަށް ރަނގަޅަށް އެނގޭނަމަ އެ ކުއްޖާގެ ނަންވެސް ތި ދުލަކުން ބޭރެއް ނުކުރާނެ..” އަޝްފާން އެއްޗެކޭ ނުބުނުމުން ޝަނާ ބުނެލިއެވެ. އޭރު ޝަނާގެ ދެލޯ އަޝްފާންގެ ބޮލުން ފެށިގެން ފަޔަށް ދަތުރުކުރަމުން ދިޔައެވެ. އޭނާގެ އެ ނަޒަރުން އަޝްފާނަށް އުނދަގޫވަމުން ދިޔައެވެ.
“ޔުމްނާގެ ގޮތް ޝަނާއަށް އިނގޭތަ؟ އިނގެންޏާ އަޅެ ބުނެބަލަ.. ޝަނާމެން ޔުމްނާ ދެކެ ތިހާ ރުޅިއަންނަ ސަބަބެއް ބުނެބަލަ..” އަޝްފާން ސާބިތުކަމާއެކު ބުނެލިއެވެ. އޭރު ކުލާހުގައި ތިބި ގިނަ ކުދިންގެ ނަޒަރު އޭނާއަށް ހުއްޓިފައިވިއެވެ. ބައެއް ކުދިން ކައިރީގައި އިންނަ ކުއްޖާގެ ކަންފަތް ބުޑުގައި ސިއްރުސިއްރުން އެއްޗެކޭ ބުނެލިއެވެ.
“އަޝްފާނަކަށް ނޭނގޭނެ.. ޔުމްނާ ދެކެ މިރަށު އެންމެންވެސް ވަރަށް ރުޅި އަންނާނެ.. އެނގޭތަ އެއީ ކާކުގެ ދަރިއެއްކަން؟ އެއީ މިރަށުގައި އުޅޭ މީހުން މަރާ ރާމިޒުގެ ދަރި.. އަޝްފާނަށް ވެސް ރަނގަޅުވާނީ ޔުމްނާއާ ވީހާވެސް ދުރުން އުޅުނިއްޔާ.. އެ ރާމިޒު އަޝްފާންވެސް މަރާލަފާނެ އޭނައާ އެހާ ގާތުން އުޅެންޏާ..” ޝަނާ ބުނެލިއެވެ. އަޝްފާން ދެފަރާތަށް ބޯ ހޫރަމުން ގޮސް އޭނާގެ އިންނަ ގޮނޑީގައި ދަބަސް ބެހެއްޓުމަށްފަހު ގޮސް ހުއްޓުނީ ކުލާހުގެ ކުޑަދޮރު ދޮށުގައެވެ. ޔުމްނާގެ ބައްޕަ ކޮންމެ ކަމެއް ކުރިނަމަވެސް އެކަމުގެ ސަޒާ ޔުމްނާއަށް ލިބެން ޖެހޭހެއްޔެވެ؟ އަޝްފާން އެހެން ހުއްޓާ ސްކޫލުގެ ބޭރުން، ގޭޓު ކައިރިން ހިނގާފައި ދިޔަ ކުއްޖެއް އޭނާގެ ލޮލުގައި އަޅައިގަތެވެ. އެ ކުއްޖާގެ މިސްރާބު ހުރީ ސްކޫލު ތެރެއަކަށް ނޫނެވެ. ގޭޓު ކައިރިން އަޅާފައި އެ ކުއްޖާ ދިޔައީ އެދިމާ ގޮނޑުދޮށާ ދިމާއަށެވެ.
“ޔުމް؟” އަޝްފާނަށް އެއީ ޔުމްނާކަން ޔަޤީންވިއެވެ. ނަމަވެސް ޔުމްނާ ސްކޫލަށް ނުވަދެ އެދިމާއަށް އެދަނީ ކީއްވެގެން ހެއްޔެވެ؟ އަޝްފާން އަވަސް ހަރަކާތަކާއެކު ދަބަސް ކޮނޑުގައި އަޅުވައިގެން ކުލާހުން ނިކުމެގެން ދިޔައެވެ. އެވަގުތު ކުލާހަށް ވަންނަން އައި މުދައްރިސް ގޮވުމުންވެސް އޭނާ އަޅައެއް ނުލިއެވެ. އޭނާގެ މިސްރާބު ހުރީ ޔުމްނާ ދިޔަ ދިމާއަށެވެ. ދެފަޔަށް ލެވުނުހާ ބާރެއް ލާފައި އޭނާ ދުވަމުން ގޮސް ލޮލުކޮޅަށް ގެއްލުނު މަންޒަރު ބަލަހައްޓައިގެން ހުރި ޝަނާގެ ދެބުމަ ވަނީ ގޮށް ޖެހިފައެވެ. އަޝްފާން އެ ދިޔައީ އެ ޔުމްނާގެ ފަހަތުން ހެއްޔެވެ؟ އޭނާ އަތުގައި ނެތް އެއްޗެއް ޔުމްނާގެ އަތުގައި އޮތީ ހެއްޔެވެ؟ އޭނާއަށް ވެސް އަޝްފާން ރީއްޗެވެ. ކަމުދެއެވެ. އޭނާ ނޫން އެހެން މީހަކަށް އަޝްފާން ލިބުނަކަ އޭނާއެއް ނުދޭނެއެވެ. ޚާއްސަކޮށް އަޝްފާން ޔުމްނާއާ ވައި އެޅޭކަށްވެސް އޭނާ ބޭނުމެއް ނޫނެވެ. އައި ރުޅިއާއެކު އޭނާ އަތުގައި އޮތް ފަންސޫރު ދެފަޅިއަށް ބިންދާލިއެވެ.
“އަޝްފާން އިޒް އޮންލީ މައިން…” ޝަނާ މަޑުމަޑުން ބުނެލިއެވެ. ކޮންމެ ގޮތެއް ހަދާފައިވެސް އަޝްފާނަކީ އޭނާގެ މީހަކަށް ހެދުމަށް އޭނާ ހިތާ ހިތުން ނިންމިއެވެ.
** ** **
ގޮނޑުދޮށަށް ރާޅު ބީއްސަމުންދާ ހިތްގައިމު އަޑު މުޅި މާހައުލުގައި ހިފާލާފައިވިއެވެ. ދޭތެރެ ދޭތެރެއިން ކާޅެއް ގޮވާލާ އަޑު އިވެއެވެ. ގޮނޑުދޮށުގެ ދޮންވެލިގަނޑު މަތީގައި އިން ޔުމްނާ ދެއަތުން ދޮންވެލިގަނޑާ ކުޅެމުން ދިޔައިރު އެ މޫނުމަތިން އެއްވެސް އަސަރެއް ފާޅުވާކަށް ނެތެވެ. ރުކެއްގެ ހިޔާ ޔުމްނާ އިން ދިމާއަށް އެޅިފައިވިއެވެ. އޭނާގެ ގަތާފައިވާ ދިގު އިސްތަށިގަނޑުން ބައެއް ވެލިގަނޑުމަތީގައި ފެތުރިފައި ވިއެވެ.
“ހެޕީ ބާތް ޑޭ ޓޫ މީ.. ހެޕީ ބާތް ޑޭ ޓޫ މީ..” ވެލިގަނޑާ ކުޅެމުން ޔުމްނާ ރީތި ރާގަކަށް ކިޔަމުން ދިޔައެވެ. މިޔަދަކީ އޭނާއަށް އަށާރަ އަހަރު ފުރޭ ދުވަސް ނަމަވެސް އެދުވަހުގެ ތަހުނިޔާ އޭނާއަށް ކިޔާނީ ކާކު ހެއްޔެވެ؟ ކުޑައިރު އެހެން ކުދިންގެ މައިންބަފައިން އެކުދިންގެ އުފަންދުވަހު ޕާޓީ ބާއްވައިދޭތަން ފެނިފައި އޭނާ ދެރަވެއެވެ. ނަމަވެސް މިހާރު އޭނާ އެއީ މާބޮޑު ކަމެއް ކަމުގައެއް ނުދެކެވެ. އެއަށްވުރެ ބޮޑެތި ހިތާމަތަކާ އޭނާ މިހާރު ކުރިމަތިލާން އެބަ ޖެހެއެވެ.
ޔުމްނާ ސިއްސައިގެން ދިޔައީ ކުއްލިއަކަށް މީހަކު އައިސް އޭނާގެ ލޯމަތީގައި އަތް އެޅުމުންނެވެ. ތެޅިގަނެފައި އޭނާ ހަޅޭއްލަވައިގަންނަން އުޅުނު ވަގުތު އެމީހަކު އޭނާގެ އަނގަމަތީގައި އަތް އެޅިއެވެ.
“ޝްޝްޝް.. ޕްރިންސަސް.. މާ ބާރަށް ހަޅޭ ނުލަވައްޗޭ..” އަޝްފާން ޔުމްނާގެ ކުރިމައްޗަށް އަރަމުން ބުނެލިއެވެ. އެއާއެކު ޔުމްނާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ނަމަވެސް އަޝްފާން ސްކޫލަށް ނުގޮސް، މިގަޑީގައި މިތަނަށް އެއައީ ކީއްވެގެން ހެއްޔެވެ؟
“މިޔަދު މީ ޕްރިންސަސްގެ އުފަން ދުވަސްތަ؟” އަޝްފާން ޔުމްނާއާ ދާދި ގާތުގައި އިށީންނަމުން އަހާލިއެވެ. އޭނާއަށް ޔުމްނާ ކިޔަމުން ދިޔަ ލަވައިގެ އަޑު ސާފުކޮށް އިވުނެވެ. ޔުމްނާ އިސްޖަހާލިއެވެ. ‘ޕްރިންސަސް’ އޭ ކިޔައި އަޝްފާން އޭނާއާ މުޚާތަބު ކުރުމުން އޭނާ ލަދުގަތީއެވެ. އަޝްފާން މަޑުމަޑުން އޭނާގެ މޫނު ޔުމްނާގެ މޫނާ ކައިރިކޮށްލިއެވެ. އަދި ޔުމްނާގެ ކޮލަށް ލޯތްބާއެކު ދޮނެއް ދިނެވެ. އެވަގުތު އެ ދޮން މޫނުކޮޅަށް އަރައިގެން ދިޔަ ޖަންބު ކުލަ އަޝްފާނަށް ރީތިކޮށް ފެނުނެވެ.
“ހެޕީ ބާތް ޑޭ ޕްރިންސަސް..” އަޝްފާން ޔުމްނާގެ ކަންފަތް ދޮށުގައި ސިއްރުސިއްރުން ބުނެލިއެވެ. އެއާއެކު ޔުމްނާގެ މޫނުމައްޗަށް ވެރިވީ ކުރިން ދުވަހަކުވެސް ވެރިނުވާފަދަ ހިނިތުންވުމެކެވެ.
“ދެން ބުނެބަލަ.. ޑޫ ޔޫ ލައިކް މީ؟” އަޝްފާން އެކޮށްލި ސުވާލުން ޔުމްނާގެ ހިތް އާދަޔާ ޚިލާފަށް ބާރަށް ތެޅެން ފެށިއެވެ. ބުނަންވީ ކީކޭ ކަމެއް އޭނާއަކަށް އެވަގުތަކު ނޭނގުނެވެ.
“އަހަންނަށް ހީވަނީ ޕްރިންސަސް ވެސް އަހަރެން ދެކެ ލައިކް ވާހެން؟ މީ ތެދެއްތަ؟” ޔުމްނާ އެއްޗެއް ނުބުނެ އިންނަން ފެށުމުން އަޝްފާން އަހާލިއެވެ. މިފަހަރު ޔުމްނާ މަޑުމަޑުން ބޯ ޖަހާލިއެވެ. އެވަގުތު އަޝްފާނަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ކުރިންވެސް ޔުމްނާގެ ހަރަކާތްތައް ހުރި ގޮތުން ޔުމްނާ އޭނާއާ ގަޔާވާކަން އޭނާއަށް އެނގެއެވެ. ނަމަވެސް ޔުމްނާ ސީދާ އެކަމަށް އެއްބަސްވުމުން އޭނާގެ ހިތަށް ބަޔާންކުރަން ދަތި ހަމަޖެހުމެއް ލިބިއްޖެއެވެ.
“ދެން ބުނެބަލަ.. ޔުމްގެ އުފަންދުވަހު އަހަރެން ދޭންވީ ކޮން އެއްޗެއްތަ؟” އަޝްފާން ޔުމްނާގެ އަތުގައި ހިފާލަމުން އަހާލިއެވެ.
“ކޯއްޗެއް ދެވޭނީ؟” ޔުމްނާ މަޑުމަޑުން އަހާލިއެވެ.
“ޔުމް ބުނި އެއްޗެއް ދެވޭތޯ ބަލާނަން އިރާދަކުރެއްވިއްޔާ..” އަޝްފާން ބޯ ކަހާލަމުން ބުނެލިއެވެ. މި ކުށެއް ނެތް މައުސޫމް އަންހެންކުއްޖާއަށް މި ދުނިޔޭގައިވާ ހުރިހާ އުފަލެއް ހޯދައިދޭން އޭނާ ބޭނުމެވެ.
“އަޝްފާނަށް ފެނެއެއްނު ދޯ އެހެން ކުދިން އަހަންނާމެދު ކަންތައް ކުރާ ގޮތް؟ އެއްވެސް މީހަކު އަހަންނާ ތި ގޮތަށް ގާތްކޮށް ވާހަކައެއް ނުދައްކާ ދުވަހަކުވެސް.. އަހަރެން ބިރުގަނޭ އަޝްފާންވެސް އެހެން ކުދިން ގޮތަށް އަހަރެން ދެކެ ފޫހިވާން ފަށައިފާނެތީ… އަޝްފާނަށް ޕްރޮމިސް ކުރެވިދާނެތަ އަހަންނާއެކު ހުރުމަށް މީހަކު ކޮންމެ އެއްޗެކޭ ކިޔަސް؟” ޔުމްނާ އަހާލިއެވެ. އަޝްފާން ހުރީ އޭނާއާ ދިމާއަށް ބަލަހައްޓައިގެންނެވެ. ހީވާގޮތުން އަޝްފާން އޭނާ ދެއްކި ވާހަކައާމެދު ފުންކޮށް ވިސްނަނީއެވެ. އޭރު އަޝްފާން ދޭނެ ޖަވާބެއް ނޭނގޭތީ ޔުމްނާގެ ހިތް ބާރުބާރަށް ތެޅެނީއެވެ.
“އައި ޕްރޮމިސް…” އަޝްފާން ޔުމްނާގެ އަތުގައި ހިފާލަމުން ބުނެލީ މާނަވީ ހިނިތުންވުމަކާ އެކީގައެވެ. އޭނާގެ އެ ހިނިތުންވުމުގެ ސަބަބުން ޔުމްނާގެ ހިތަށް ބަޔާންކުރަން ދަތި ހަމަޖެހުމެއް ލިބިއްޖެއެވެ. ނިވިފައިވާ އޭނާގެ އުންމީދުގެ ހުޅުކޮޅު އަލުން ރޮއިވެއްޖެ ކަހަލަ އިހުސާސެއް އޭނާއަށް ކުރެވެން ފެށިއެވެ.
“އެކަމަކު އަހަރެން އަޝްފާން ގާތު ބުނަންޖެހޭ ބައިވަރު އެއްޗެހި އެބަހުރި… އެ އެއްޗެހި އެނގުމަށްފަހު އަޝްފާން ފަހަރެއްގައި އަހަރެން ދެކެ ފޫހިވުންވެސް އެކަށީގެންވޭ..” ޔުމްނާ ބުނެލިއެވެ. އޭނާގެ އަމިއްލަ ބައްޕަ އޭނާއަށް ހަދަމުންދާ ގޮތް އެނގިއްޖެނަމަ އަޝްފާން އޭނާ ދޫކޮށްލާފައި ދާނެކަން ޔަޤީނެވެ. ނަމަވެސް އޭނާ އަޝްފާނަށް އެ ހުރިހާ ވާހަކެއް ކިޔައިދޭން ބޭނުންވިއެވެ. އެތަށް އަހަރެން ވަންދެން ހިތުތެރޭގައި ބޮނޑިކޮށްގެން ގެންގުޅުނު ސިއްރު އަޝްފާންއާ ހިއްސާކުރަން އޭނާގެ ހިތް އެދުނެވެ. އެ ހުރިހާ އެއްޗެއް ހިތުތެރޭގައި ބޮނޑިކޮށްގެން ގެންގުޅުމަކީ ކިހާ ވޭންހުރި ކަމެއްކަން އެނގޭނެ ހަމައެކަނި މީހަކީ އޭނާއެވެ. އަޝްފާނާ ބައްދަލުވިތާ އަދި މިވީ އެންމެ ދެދުވަސް ނަމަވެސް އަޝްފާން އޭނާގެ ހިތުން ޖާގައެއް ހޯދައިފިއެވެ. އޭނާއަށް އަޝްފާނަށް އިތުބާރުކުރެވެން ފެށީ ކޮންއިރަކު ކަމެއް ވެސް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ މިހާރު އޭނާއަށް އަޝްފާން ގާތުގައި ހުންނައިރު ހިމާޔަތް ލިބޭ ކަހަލަ އިހުސާސެއް ކުރެވޭކަމެވެ.
“ޔުމް.. އަހަރެން ދުވަހަކުވެސް ޔުމްދެކެ ފޫއްސެއް ނުވާނެ.. ޔުމް ބުނަން ބޭނުން ހުރިހާ އެއްޗެއް އަހަރެން އަޑުއަހާނަން.. ޔޫ ކެން ޓްރަސްޓް މީ އިނގޭ.. ޔުމް ކޮންމެފަދަ ވާހަކައެއް ދެއްކިޔަސް އަހަރެން ޔުމް ދޫކޮށެއް ނުލާނަން..” އަޝްފާން ޔުމްނާގެ އަތަށް ފިތާލަމުން ބުނެލިއެވެ. އޭނާގެ މި ޢަމަލުން ޔުމްނާއަށް އިތުރު ހިތްވަރެއް ލިބިގެން ދިޔައެވެ.
“އަހަންނަށް އެވާހަކަތައް އަނގަ ބަހުން ކިޔައިދޭކަށް ފަސޭހައެއްނޫން.. އަހަރެން މާދަމާ ދޭނަން އަޝްފާންއަށް އަހަރެންގެ ޑައިރީ.. އޭރުން ހުރިހާ ކަމެއްވެސް އެނގޭނެ..” ޔުމްނާ ބުނެލިއެވެ. އެވަގުތު އޭނާގެ ހިތް ކުޑަކޮށް މާޔޫސްވިއެވެ. އޭނާގެ އެ ސިއްރު އެނގުމަށްފަހުވެސް އަޝްފާން އޭނާއާއެކު އުޅެދާނެ ހެއްޔެވެ؟
** ** **
“އައްދޯތް!” އާބިދާ ވޭނުން ފުރިގެންވާ އަޑަކުން ހަޅޭލަވައިގަތެވެ. އޭރު ރާމިޒު އާބިދާގެ ބޮލުގެ އިސްތަށިގަނޑުގައި ބާރަކަށް ހިފަހައްޓައިގެން ހުއްޓެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. އާބިދާ އޭރުވެސް ގިސްލަމުން ދިޔައެވެ.
“ކަލެއަށް ބޮޑުވަރު ނުކޮށްލަނީސް ބުނަންވީ އިނގޭ! ކޮބާހޭ ޔުމްނާގެ އުފަންދުވަހުގެ ސެޓުފިކެޓު؟” ރާމިޒު އާބިދާގެ އިސްތަށިގަނޑުގައި ހިފައި އެނދުމައްޗަށް ހޫރާލަމުން ހަޅޭއްލަވައިގަތެވެ. އެނދުމައްޗަށް ޖެހުނު އާބިދާގެ އަރިކަށްޓަށް ތަދެއްވެސް އެރިއެވެ. ރާމިޒުގެ ހިތުގައި އެއްވެސް ރަހުމެއް ހަމްދަރުދީއެއް ނުވާކަން އޭނާއަށް އެނގެއެވެ. ނަމަވެސް ހުރި ހަމައެކަނި ދަރިފުޅުގެ ހަޔާތް ރާމިޒުގެ ސަބަބުން ބަރުބާދުވެގެން ދިޔުމަށް އޭނާ ބޭނުމެއް ނުވެއެވެ. ރާމިޒު އެ ރާވަމުން ދަނީ މާ ރަނގަޅުކަމެއް ނޫންކަން އޭނާއަށް އެނގެއެވެ.
“ކަލޭ މަގޭ ދަރިއަށް ކިހިނެއް ހަދަންހޭ ތިއުޅެނީ؟” އާބިދާ ގިސްލަމުން އަހާލިއެވެ. އެވަގުތު ރާމިޒު ޖަހާލި ނުލަފާ ހިނިގަނޑު މުޅި ކޮޓަރިތެރޭގައި ގުގުމާލިއެވެ.
ގެއަށް ވަންނަން އައި ޔުމްނާއަށް އާބިދާމެން ކޮޓަރީގައި އަޑުގަދަކޮށްލައިގެން އުޅޭކަން އެނގުނެވެ. ނަމަވެސް އޭނާ އެކަމަށް ފަރުވާލެއް ނުބެހެއްޓިއެވެ. އެއީ ކޮންމެ ދުވަހަކު އެގޭތެރޭގައި ހިނގާ ކަމެކެވެ. އެހެން ނަމަވެސް އޭނާ ކޮޓަރިއަށް ވަންނަން ހިނގައިގަތްތަނާ އިވުނު އަޑަކުން އޭނާގެ ފިޔަވަޅުތައް ގަނޑުވިއެވެ. ވޭނީ އަޑަކުން އާބިދާ ހަޅޭއްލަވައިގަތް އަޑު އިވުމުން އޭނާ ހަލުވިކަމާއެކު އާބިދާމެންގެ ކޮޓަރިއާ ދިމާއަށް ދިޔައެވެ. ދޮރުގެ ތަޅުގައި ހިފައި އަނބުރާލުމާއެކު އެ ދޮރު ހުޅުވިގެން ދިޔައެވެ. އެއާއެކު ފެނުނު މަންޒަރުގެ ސަބަބުން އޭނާއަށް މަންމާއޭ ކިޔައި ހަޅޭލަވައިގަނެވުނެވެ.
އާބިދާ އޮތީ ކޮޓަރީގެ ތަރަފާލު މައްޗަށް ވެއްޓިފައިވާ ބޮޑު އަލަމާރީގެ ދަށުވެފައެވެ. އޭނާގެ އަނގައިން ވޭނީ އާހެއް އިރުއިރުކޮޅާ ނިކުންނަމުން ދިޔައެވެ. ކޮޓަރީގެ އެއްފަރާތުގައި ރާމިޒު ހަރަން ބަނދެލައިގެން ހުއްޓެވެ. އެ މޫނުމަތިން ހަމްދަރުދީގެ އެއްވެސް އަސަރެއް ނުފެނެއެވެ.
“މަންމާ!” ޔުމްނާއަށް އާބިދާއާ ދިމާއަށް ދުއްވައިގަނެވުނެވެ. އާބިދާ ގާތު ކުޑަކަކޫ ޖަހައިގެން އިނދެ އޭނާ އަލަމާރި ނަގަން މަސައްކަތްކުރިއެވެ. ނަމަވެސް އޭނާއަށް އުފުއްލޭވަރަށް ވުރެ އެ އަލަމާރި ބަރެވެ. މަންމަ އޮތް ހާލު ފެނި ޔުމްނާގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ.
“ބައްޕާ… މަންމަ ސަލާމަތްކޮށްދީ… ޕްލީސް… މަންމައަށް އެހެން ނުހަދާ…” ރޮމުން ގިސްލަމުން ޔުމްނާ ރާމިޒުއާ ދިމާއަށް ބުންޏެވެ. އޭރު އާބިދާ ދިޔައީ މަޑުމަޑުން ކުކުރަމުންނެވެ. ރާމިޒު މަލާމާތުގެ ރާގަކަށް ހީގަތެވެ.
“ބައްޕާ… އަހަރެން ބައްޕަ ބުނި ކޮންމެ ކަމެއްވެސް ކޮށްދޭނަމޭ… މަންމަ ސަލާމަތްކޮށްދީ…” ޔުމްނާ އާބިދާ ގައިގައި އޮޅުލައިގެން އޮވެ ރޮމުން ގެންދިޔަ މަންޒަރު ފެނުނު ކޮންމެ މީހެއްގެ ހިތަށްވެސް ތަދުވާނެކަން ޔަޤީނެވެ. ރާމިޒު މަޑު ހިނގުމެއްގައި އައިސް ޔުމްނާގެ ގާތަށް ތިރިވިއެވެ. އަދި ޔުމްނާގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ.
“ކޮންމެ ކަމެއް ވެސް؟” ރާމިޒު އެހެން ބުނުމާއެކު ޔުމްނާ ބޯ ޖަހާލިއެވެ. އޭރުވެސް އޭނާ ދިޔައީ ހުއްޓުމެއް ނެތި ރޮމުންނެވެ. ރާމިޒު އަލަމާރި ނަގައި ފާރުކައިރީގައި ބަހައްޓާލިއެވެ. ޔުމްނާގެ އެހީތެރިކަމާއެކު އާބިދާ ގޮސް އެނދުގައި އޮށޯތެވެ. އޭރުވެސް އޭނާގެ ހާލު މާކަ ރަނގަޅެއް ނޫނެވެ.
“މަންމަ ހޮސްޕިޓަލަށް ގެންދަން ހިނގާ..” ޔުމްނާ އާދޭހުގެ ރާގެއްގައި ބުނެލިއެވެ. އާބިދާ އޮތް ހާލުފެނި އެފަކީރުގެ ހިތަށް ވަނީ ވަރަށް ފުން އަސަރުތަކެއް ކޮށްފައެވެ.
“މަންމަ ކައިރީގައި ބުނޭ މަ ބޭނުންވެގެން އުޅޭ އެތި ދޭށޭ!” ރާމިޒު ދުރުގައި ހުރެ ހަރަން ބަނދެލަމުން ބާރަކަށް ބުނެލިއެވެ. ޔުމްނާ އާބިދާއާ ދިމާއަށް ބަލާލިއެވެ. އާބިދާ ރާމިޒުއަށް ނުދޭން އެއުޅެނީ ކޮން އެއްޗެއް ހެއްޔެވެ؟ އެހެންނޫނީ އާބިދާ އަކީ ރާމިޒު ބުނާ ހުރިހާ ކަމެއް ވަގުތުން ކުރާ މީހެކެވެ.
“ދަރިފުޅުގެ އުފަންދުވަހުގެ ސެޓުފިކެޓު… ރާމިޒުއަށް ނުދޭތި…” އާބިދާ ބަލިގޮތަކަށް ޔުމްނާ ގާތު ބުނެލިއެވެ. އެއާއެކު އާބިދާއާ ދިމާއަށް ރާމިޒު ސިންގާއެއްހެން ފުންމައިގެން އައެވެ. އެ ދެލޯ ހީވަނީ އަނގުރު އަލިފާން ހެންނެވެ. ނަމަވެސް ރާމިޒު އާބިދާ ގައިގައި އިނގިލިކުރި ޖައްސާލުމުގެ ކުރިން ޔުމްނާ އެދެމެދަށް ވަދެ ރާމިޒު ހުއްޓުވިއެވެ.
“އަހަރެންގެ އުފަންދުވަހުގެ ސެޓުފިކެޓު އޮތީ އަހަރެން އަތުގަ… އަންނާނަން ހިފައިގެން..” ޔުމްނާ އެހެން ބުނެލުމާއެކު ރާމިޒު މައިތިރިވިއެވެ. ޔުމްނާ އެ ކޮޓަރިން ނިކުމެގެން ދިއުމާއެކު އެ މޫނުމަތީގައި ދުވެލީ ކާމިޔާބުގެ ހިނިތުންވުމެކެވެ.
“އޭނައަށް ދެން ހަދާނީ އަހަރެން ބޭނުން ގޮތެއް…” ރާމިޒު އާބިދާއަށް ބަލާލަމުން ބުނެލިއެވެ. އޭރު އާބިދާގެ ދެލޯ ފުރިގެން އައިސްފިއެވެ. އޭނާގެ ދަރިފުޅަށް ކުރިމަތިވާން އެއުޅެނީ ކޮންފަދަ ބޮޑު މުސީބާތެއް ކަން ވެސް އޭނާ އަކަށް ނޭނގެއެވެ.
** ** **
ކޮޓަރި ތެރެއަށް ވެރިވެފައިވަނީ ނިދާ ބޮކީގެ އޮރެންޖު އައްޔެވެ. އޭސީގެ ފިނިކަން ހިފާލާފައިވާ އެ ކޮޓަރީގެ އެނދުމަތީގައި އާރިކް އޮތެވެ. އޭނާއާ ޖެހި ފިތިގެން އޭނާގެ ހަށިގަނޑުގައި އޮޅުލައިގެން އޮތް އަންހެންކުއްޖާއަށް އޭނާގެ ނަޒަރު ހުއްޓިފައިވިއެވެ. ދޮން ބައްޓެއް ފަދަ އެ ކުއްޖާގެ ހަށިގަނޑުގައި އެއްވެސް ފޭރާމެއް ނުވެއެވެ. ދެލޯ މެރިފައިވީއިރު އެ ކުއްޖާގެ ލޮލުގެ އެސްފިޔަތަކުގެ ބޯކަން ހާމަވެއެވެ. އާރިކަށް އެ އަންހެން ކުއްޖާ އެއޮތީ ނިދާފައިކަން ޔަޤީންވުމާއެކު އޭނާ މަޑުމަޑުން އެކުއްޖާ އޭނާގެ ހަށިގަނޑާ ދުރަށް ޖައްސާލުމަށްފަހު އެނދުން ތެދުވިއެވެ. ހަމައެކަނި ބޮކްސާގައި ހުރިއިރު އެ ފިރިހެންވަންތަ ހަށިގަނޑު ވަނީ ހާމައަށެވެ. ރަނގަޅަށް މަސްއަރާލާފައިވާ މޭމައްޗާއި ހިނދިފައިވާ ބަނޑުން އޭނާއަކީ ޤަވާއިދުން ކަސްރަތުކޮށް އުޅޭ މީހެއްކަން ދޭހަވެއެވެ. އޭނާ މަޑު ހިނގުމެއްގައި ގޮސް އަލަމާރި ހުޅުވާލިއެވެ. އަދި ރީތިކޮށް އިސްތިރިކޮށްފައިވާ ހުދުކުލައިގެ ގަމީހެއް ނެގިއެވެ. އެވަގުތު އޭނާގެ ފޯނު ވައިބުރޭޓުވާން ފެށިއެވެ. ގަމީސް އަލަމާރި ތަޅުގައި އަޅުވާލުމަށްފަހު އޭނާ ރީތިވާ މޭޒުމަތީގައިވާ ފޯނު ނެގިއެވެ.
“ކޮބާތަ ކަލޭ؟ ކޮން އިރަކުންތަ އަންނަނީ؟” އާރިކް ފޯނު ނެގުމާއެކު އެއިވިގެން ދިޔަ އަޑުން އޭނާއަށް ހިނިތުންވެލެވުނެވެ. އެވަގުތު އޭނާގެ ކަނާއަތު ކޮލަށް އެޅިގެން ދިޔަ އަޑިކޮޅުގެ ސަބަބުން އެ ފިރިހެންވަންތަކަން ދެގުނަކޮށްދީފިއެވެ. ކަޅު ކުލައިގެ ފަން އިސްތަށިގަނޑުގައި އަތް ހާކަލަމުން އޭނާ ވާހަކަދައްކަން ފެށިއެވެ.
“މުނީރު؟ ކަލޭ ދޯ ތީ؟ އަނެއްކާ ނަންބަރު ބަދަލުކުރީ؟” އާރިކް ލާނެތް ގޮތަކަށް އަހާލިއެވެ. މުނީރަކީ އޭނާގެ ވަރަށް ގާތް އެކުވެރިއެކެވެ.
“ކޮން އިރަކުންހޭ ކަލޭ މިކޮޅަށް އަންނަނީ..؟ މަށަށް އަންގާވެސް ނުލާވިއްޔަ ކަލޭ ފުރައިގެން ދިޔައީ..” މުނީރު އެކޮޅުން ބުނެލިއެވެ.
“ދާނަން މި ހަފްތާ ތެރޭގަ.. ކޮންތާކުން މަގޭ ނަންބަރު ހޯދީ..؟ އަނެއްކާ ހާދަ ހެނދުނަކާއޭ ތި ގުޅާލީ..” އާރިކް ބުނެލިއެވެ.
“ކަލޭ ކޮއްކޮ އަތުން ނަންބަރު ހޯދީ.. އަނެއްކާ މާ ނުގަޑިއެއްގަތަ މި ގުޅާލެވުނީ؟ މަށަށް ޔަގީން މިހާރުވެސް ކަލޭގެ އެނދުގަ ކޮންމެވެސް ރީތި އަންހެނެއް އޮންނާނެކަން..” މުނީރު ލާނެތް ގޮތަކަށް ބުނެލިއެވެ. އާރިކް ހެމުން އެނދުގައި ނިދާލާފައި އޮތް އަންހެންކުއްޖާއަށް ބަލާލިއެވެ. އަދި ރަޖާގަނޑަކުން އެ އަންހެންކުއްޖާގެ ހަށިގަނޑު ނިވާކޮށްލިއެވެ.
“މާ އަނގަ ގަދަ ނުކޮށް ހުރޭ އިނގޭ.. އަހަރެން މިހާރު ނުގެންގުޅެމޭ ތި ބުނާގޮތަށް އަންހެން ކުދިންނެއް..” އާރިކް ބުނެލިއެވެ. އެކޮޅުން މުނީރު ހިނިގަނޑެއް ޖަހާލި އަޑު އިވިގެން ދިޔައެވެ.
“ކަލޭ ކޮންތާކު މިހާރު ތި ހުރީ؟ މެލޭގަ؟” އިރުކޮޅެއްފަހުން މުނީރު އަހާލިއެވެ.
“ނޫން.. އިންޑިޔާގަ.. އޭ ދެން ބޭއްވީ އިނގޭ.. މަ ތިކޮޅަށް ގޮސްފަ ގުޅާނަން..” އާރިކް އެހެން ބުނެލުމަށްފަހު ފޯނު ބޭއްވިއެވެ. އެވަގުތު ނިދާފައި އޮތް އަންހެންކުއްޖާ ދެފަހަރަކު މޯޅިއަކަށް ދެމިލުމަށްފަހު ލޯ ހުޅުވާލިއެވެ.
“ޖެނީ.. އަހަރެން ދާން ވެގެން މި ދަނީ.. ޖެނީ ދާންވީމަ ތަޅުދަނޑި ރިސެޕްޝަނާ ހަވާލުކޮށްލާ އިނގޭ..” އާރިކް އިނގިރޭސިބަހުން އެ ކުއްޖާއަށް ބުނެލިއެވެ. އަދި ތުވާލި ހިފައިގެން ފާހާނާއަށް ވަނެވެ. އޭނާ އެނބުރި އައި އިރު ޖެނީ ހުރީ ހެދުމެއް ލައިގެންނެވެ.
އާރިކް ޖިންސު ލުމަށްފަހު ގަމީސް ލިއެވެ. ރީތިވާ މޭޒުގެ ކުރިމަތީގައި އޭނާ ގަމީހުގެ ގޮށްތައް އަޅުވަން ހުއްޓައި ޖެނީ ފަހަތުން އައިސް އޭނާގެ ހަށިގަނޑުގައި އޮޅުލައިގަތެވެ.
“ދެން އަހަރެމެން ކޮން އިރަކުން ދިމާވާނީ؟” ޖެނީ ލޯތްބާއެކު އަހާލީ އިނގިރޭސި ބަހުންނެވެ. އެވަގުތު އާރިކް މަޑުމަޑުން ހީލިއެވެ. ޖެނީގެ އަތުގައި ހިފައި ދުރުކޮށްލުމަށްފަހު އޭނާ ގެންގުޅޭ ބުރީފްކޭސް އަލަމާރިން ނަގައި އަތަށް ހެޔޮވަރުކޮށްލިއެވެ.
“ދެން އަހަރެމެން ދިމާއެއް ނުވާނެ.. ވީ އާރ އޯވާރ..” އާރިކް ހަމަޖެހިގެން ހުރެ އެހެން ބުނެލިއެވެ. އަދި އެ ކޮޓަރިން ނިކުމެގެން ދިޔައީ ޖެނީއާ ދިމާ ބަލާލުމެއް ނެތިއެވެ. އޭރު ތިރީ ތުންފަތުގައި ދައިގަނެގެން ކޮޅަށް ހުރި ޖެނީގެ ދެލޮލުން ފެންނަމުން ދިޔައީ ޝަކުވާއެވެ.
** ** **
އެނދުމަތީގައި ދެފައި ވަށްކޮށްލައިގެން އިން ޔުމްނާގެ އަތުގައި އޮތީ ކުޑަ ފޮތެކެވެ. ގަލަމަކުން އެ ފޮތުގައި އެއްޗެއް ލިޔަން އިންއިރު އެ މޫނުމަތިން ފެންނަމުން ދިޔަ އަސަރު ދެނެގަންނަން އުނދަގުލެވެ. ޔުމްނާ ސިހިގެން ދިޔައީ އެ ކޮޓަރީގެ ތަޅުގައި މީހަކު ހިފާލުމުންނެވެ. އޭނާ އަވަސް ހަރަކާތަކާއެކު އެ ފޮތް އަލަމާރިތެރެއަށް ލައި ފޮރުވިއެވެ. އަދި އެނދުގައި އޮށޯވެލިއެވެ. އެވަގުތު ކޮޓަރިއަށް ވަދެގެން އައި ރާމިޒަށް ޔުމްނާ ފެނުމާއެކު ހިނިތުންވެލިއެވެ. ކޮޓަރީގެ ދޮރު ތަޅުލުމަށްފަހު އޭނާ ޔުމްނާއާ ދިމާއަށް އަންނަން ފެށިއެވެ. ތުނި ނިދާ ހެދުމުގެ ތެރެއިން ފެންނަމުން ދިޔަ ޔުމްނާގެ ހަށިގަނޑަށް އޭނާ ބަލަމުން ދިޔައީ ދަހިވެތިކަމާއެކީގައެވެ. މައްޗަށް ނަޒަރު ހުއްޓާލައިގެން އޮތް ޔުމްނާ ރާމިޒާ ދިމާއަށް އެއްފަހަރުވެސް ބަލާނުލައެވެ.
ލައިގެން ހުރި ޓީޝާޓު ބާލައި ތަޅުންގަނޑު މައްޗަށް ވައްޓާލުމަށްފަހު ރާމިޒު އޭނާގެ ފަޓުލޫނުގެ ގޮށްތައް ނައްޓަން ފެށިއެވެ. ފަޓުލޫނުވެސް ތަރުފާލި މައްޗަށް ދޫކޮށްލުމަށްފަހު އޭނާ ޔުމްނާގެ ގައިމައްޗަށް އަރައި ޔުމްނާ ލައިގެން ހުރި ހެދުމުގައިވާ ގޮށްތައް ނައްޓުވަން ފެށިއެވެ. މިއިން އެއްވެސް ކަމެއް ހުއްޓުވާކަށް ޔުމްނާއެއް ނޫޅުނެވެ. ބަސްއަހާ ކުއްޖެއް ފަދައިން އޭނާ އޮތް ގޮތަށް އޮތީއެވެ. ރާމިޒުގެ އެދުންތަކަށް އިޖާބަ ނުދީފިނަމަ ދެންވާނީ ކިހިނެއްކަން އޭނާއަށް ރަނގަޅަށްވެސް އެނގެއެވެ. އޭނާގެ މަންމައަށް އެއްވެސް އަނިޔާއެއް ވާތަން ދުށުމަކީ އެހިތަށް ކުޅަދާނަވެގެންވާ ކަމެއް ނޫނެވެ.
“މިއީ އަހަންނަށް ތި ރީތިކަމުގެ އުފާ ލިބޭ ފަހު ފަހަރު…” ރާމިޒު އެހެން ބުނެލުމުން ޔުމްނާ އޭނާއާ ދިމާ ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. ރާމިޒު އެއުޅެނީ އޭނާ އެހެން ތަނަކަށް ފޮނުވާލަން ހެއްޔެވެ؟ ހިތުގައި ތަފާތު ސުވާލުތައް ފުނި ޖެހުނު ނަމަވެސް އޭނާ އަނގައިން އެންމެ ބަހެއްވެސް ބޭރެއް ނުކުރެއެވެ.
ރާމިޒު އޭނާ ކުރާކަމެއް ކޮށް ނިންނުމަށްފަހު ބޭރަށް ދާން ހިނގައިގަތީ ޓީޝާޓު ބޮލަށް މަހާލަމުންނެވެ. އޭރު އެނދުމަތީގައި އެއްވެސް ފޭރާމެއްނެތި އޮތް ޔުމްނާގެ ދެލޮލުން ރޮނގަކަށް ކަރުނަ ފާބައިފައި ހުރިނަމަވެސް އެ މޫނުމަތިން އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. ނިކުންނަން ވެގެން ދޮރުގެ ތަޅުގައި ހިފާލި ރާމިޒު ކަމެއް ހަނދާންވާ ފަދައިން އަނެއްކާވެސް ޔުމްނާއާ ދިމާއަށް އެނބުރެލިއެވެ.
“ބައްޕަ ހަނދާންނެތީއޭ މި ވާހަކަ ބުނަން.. ބައްޕަ ދަރިފުޅު ސްކޫލުން ކަނޑާލައިފިން.. އެހެންވީމަ މާދަމާ ސްކޫލަށް ދާކަށް ނުޖެހޭނެ..” އޭނާ މަޑުމައިތިރި ކަމާއެކު އެހެން ބުނެލިއެވެ. އަދި ކޮޓަރިން ނިކުމެގެން ދިޔައެވެ. އޭރު ޔުމްނާ އެދިމާއަށް ބަލަހައްޓައިގެން އޮތީ ޝަކުވާގެ ނަޒަރަކުންނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
30 Comments!
Comments are closed.







Salaam hurihaa kudhin! Mi othy 3rd part up kohlaafa. 🙂
Kiyaalaafa hurihaa kudhin ves comment eh kollahchey! <3
And about ANDHIRIFARAAI season 2. Liaa ah eyge S2 nuliyevigen miulhenii aslu midhuvaskolhu ehaa free noon veema. E story akee v plot thah hama jassaigen liyeveyne story eh. So it requires a lot of concentration. Thats the reason behind it. Ekamaku VINDHU LOBIN JEHI HETHEHGAA nimmaafa dhen emme avahah up kohdheynii Darkside S2 🙂
Hope u all understand! <3
Mi story ge 4th part up vaanii WEDNESDAY ga
Me first dhw… V nice mi part ves…
yes. Maii first 🙂
Thankyw
Varah reethi ❤
Shukuru Merr <3
Nice……?
Thankyw Roo 🙂
Very nice n interesting… waiting
Thankyw Xxxx 🙂
V nice .????
Shukuru Juvey <3
Alhey hadha dheragotheh thivany yumna ah story v reethi
Shukuru Any. 🙂
Yes. Yumna dhw 🙁
Mi story ga kitha part indheytha
Gal 🙂 Neynge e gothah bunaakah.
Thankyw fr reading!
Alhey yum school in kandaalyma dhen ashfasn aa meet vaany kihineh.. liaa knmes emeehun meet kohdheythi ingey…❤❤
Waitingss ❤❤
Thankyou Adha dear <3
Lets see dhw wat happens! 🙂
Adhi ehurihaa kameh ekuhja ah kohfa bappa ey kiyaigen vaahaka dhahka ehnu eba.. insaanehge sifaiga huri haivaaneh. ??
yeah dhw 🙁
Alhey yum ah eynage bappa hadhaagoi..I feel so sad for her… Yum avahah salaamaiy kohdhechey ethanun… Ashfaan fonuvaigen namaves.. Like Superman to the rescue.. Hehe ??btw mi part ves varah salhi.. Keep it up.. Liyaa.. Love you.. Tc
Nice mi part vx….☺
Pis pis mives bafaeh dhw…hithah araa hama koshaalanvey mikahala meehun…mashaa Allah v reethi mivaahaka ?????
Alhey yum ah eynage bappa hadhaa goi.. I feel sad for her.. Eyna ethanun save kohdhechey liaa….ashfaan save kohdheyn anaanenama dhw.. Like a Superman.. Hehe.. Btw mi part ves varah salhi
Ohh sorry..eh comment eh repeated vefa
Masha allah stry v rythi v inteligent?? konkahala bappa eththa aee ladhuhayaathuge kanfulhevves neiy kykkuraany hisaabavvure janavaarukan boduvyma vaagoiy dhw?? abadhu yum ah hithaama nudhybala ashfaan aa yum meet kolladhybala n ashfaan yum ethanun salaamaiy koh dhybala vaguthu ovvaa?? when nxt prt avas kollaabala ??❤❤????????
varah loabi vaahakaeh waiting for 4th part varah nice igey
varah salhi ingey
next part ah inthizaaru kuran
dhen vaany kihineh baa!!!
Wow v reethi mi partves yum ah dheragolhen nahadhachey….waiting for next part…