Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ ދިން އުފާ 4

seym Level 310 Stories100 Login100 Comments
August 25, 2017 2 Mins Read
17 Comments

އޮފީސް ކެބިންގައި އީރަމް އިނީ އެއްެވެސް މަސައްކަތެއް ކުރާހިތް ނުވެފައެވެ.ރޭ ޝޯ ނިންމާފައި ގެއައް ދިޔައިރުވެސް ނާާއިލް ގެއަކަށް ނާދެއެވެ. ފޯނުވެސް އޮތީ ނިވާލާފައެވެ. އިއްޔެ ނާއިލް އާއެއްކޮައް ފެނުނީ ކޮން އަންހެން ކުއްޖެއް ކަން ނޭނގޭތީ އެހިތް ވަނީ މާޔޫސްވެފައެވެ. ނާއިލް އާ ކުރިމަތި ލާނެހާ ހިތްވަރެއް އީރަމްގެ ނެތެވެ.ނަމަވެސް ނާއިލް ވީތަނެއް ނޭނގޭތީ ހިތް ބިރުގަންނަނީއެވެ.ފައިލް ތަކެއް ހިފައިގެން ކެބިން ކުރިމަތިން ހުރަސް ކޮއްލި ހަނާ އީރަމް އައް ގޮވާލިއެވެ.ކޮމްޕިއުޓަރ ސްކުރީނައް ބަަލަހައްޓައިން އިންއިރު ކައިރީ މީހަކު ހުރިހެންވެސް ހީނުވާކަހަލައެވެ.”އޭތް..އީމް..ކިހިނެއް ވެފަތިއިނީ..މިއަދު ކުރާނެ މަސައްކަތެއް ވެސް ނެތީތަ” އީރަމް އަތުގައި ކޮއްޓާލަމުން ހަނާ ބުނެލިއެވެ.އީރަމް ގެ ނަޒަރު ހަނާގެ މޫނައް ހުއްޓިއްޖެއެވެ.ކަމަކާ ހާސްވެފައި އިންކަން އެމޫނުމަތިން ހާމަވެއެވެ. “ނާއިލްގެ ފޯނު އޮތީ ނިއްވާލާފަ.ރޭ ވެސް ގެއަކައް ނާދޭ. ދިޔަތަނެއްވެސް ނޭނގޭ.” އީރަމް ވާހަކަ ދެއްކީ އަވަސް އަރުވާލާފައެވެ. “އަހަރެން ހަމަ ހައިރާންވޭ..އީމް ދެކެ ލޯބިނުވާ މީހަކަށް ތިހިތުގައި ތިވަރައް ލޯބިވާތީ..ކެއަރ ކުރާތީ..ނާއިލް ނޫޅޭ ވަރަކުން އުޅުމުގެ ބޭނުމަކީ ކޮބާ..އޭނާ އަކީ ވެސް ހެވާ ނުބައި ނޭނގޭ ވަރުގެ ކުޑަ ކުއްޖެއް ނޫން..އީމް ތި ހުންނަހެން އެހެެން އަންހެންކުއްޖެއް ނުހުންނާނެ..އީމް ތި ހުންނަނީ ޝަކުވާ އެއް ވެސް ކޮއްނުލާ..ނާއިލް ގެއައް އައިމަ އަހާބަލަ އިއްޔެ ފެނުނީ ކޮން އަންހެން ކުއްޖަކާ އެކީތޯ..” ހަނާ ވާހަކަ މެދުކަނޑާލަމުން އީރަމް އައް ބަލާލިއެވެ.އީރަމް އިސްޖަހާލިގޮތުން ހަނާ ވެސް ދެެރަވެއްޖެއެވެ.”އެބަ އަންނަން ފައިލްތައް ބަހައްޓާފަ..ސައިބޯން ދާން…ނާއިލް އާމެދު މާ ބޮޑައް ނުވިސްނާ..އައިމް ޝުއަރ ހީޒް ފައިން..”

 

އޮފީސް ނިންމާލުމައްފަހު ހަވީރު ލާމިހް ގެއައް އައިއިރު ލޫނާ އިނީ އާނާ ގޮވައިން ސޯފާގަައި ކާރޓޫން ބަލާށެވެ. ‘ހުންނާނެ ސައިހަދާފަ.”ލޫނާ ގޮވާލީ ކޮޓަރިއައް ވަތް ލާމިހް އައް އަޑުއިވޭ ވަރަށެވެ.” “ހުސެން އާއެކީ އޮފީސް ނިންމާފަ ސައިބޮއިގެން މިއައީ” ލާމިހް ދޮރުން ބޭރަށް ބޯ ދިއްކޮއްލަމުން ބުނެލިއެވެ.އެއްޗެހި ބަދަލުކޮއްލައިން ލާމިހް ޖައްސާލީ ވަރުބަލިފިލުވާލުމަށެވެ.ފޯނުން ރޭ ނެގި ފޮޓޯއައް ފަރުވާތެރިކަމާއެކު ބަލާލިއެވެ.އެ އަންހެންކުއްޖާގެ ފަހަތުން ޝޯނިމުމާއެކު ލާމިހް ދިޔައެވެ.ނަމަވެސް މީހުން ގިނަކަމުން ވަކިހިސާބަކުން ދިޔަ ދިމާލެއް ނޭނގި ގެއްލުނީއެވެ.ނުވެސް ދަންނަ ކުއްޖަކާ މެދު ހިތުގައި ޝައުގުވެރިކަން އުފެދެންވީ ސަބަބެއް ލާމިހް އަކަށް ނޭނގެއެެވެ.ބޭނުންވަނީ އެންމެ ފަހަރަކުނަމަވެސް ވާހަކަދައްކާލާށެވެ.ފޮޓޯއައް ބަލަހައްޓައިން އޮއްވާ ލާމިހް އައް ނިދުނީއެވެ.

ރޭގަނޑުގެ ކެއުން ތައްޔާރުކުުމައްފަހު އީރަމް ޓީވީ ހުޅުވާލިއެވެ.ސޯފާގައި އިށީންނަމުން އަދިވެސް އެއްފަހަރު ނާއިލް ގެ ފޯނައް ގުޅާލިއެވެ.ނިވާލާފައެވެ.ކެތްތެރިކަން ކުޑަވެފައި އިން މީހެއް ފަދައިން ގަޑިއައް ބަލާލިއެވެ.އަށްގަޑި ބައިވަނީއެވެ.ދޮރުހުޅުވާލި އަޑައް އީރަމް ގެ ނަޒަރު ވަދެގެން އަންނަ ނާއިލްއައް ހުއްޓިއްޖެއެވެ.ކައިރީ ހުރި އަންހެންކުއްޖާ ފެނުމާއެކު އީރަމް އައް އިން ތަނުން ތެދުވެވިއްޖެއެވެ.އެއީ އިއްޔެ ނާއިލްއާއެކީ ފެނުނު އަންހެންކުއްޖާކަން ދެނެގަންނާކައް އުނދަގުލަކައްނުވިއެވެ.އީރަމް ބަލާލީ ނާއިލްއަށެވެ.އެ މޫނުމަތިން ފެންނަނީ އުފާވެރި ހިނިތުންވުމެކެވެ.”މަނާލް..ދިސް އިސް މައި ވައިފް..އީރަމް..” ނާއިލް މަނާލްއައް އީރަމް ތައާރަފް ކޮއްދިނެެވެ.ނަމެއްގައި އީރަމް އެއީ އޭނާގެ އަންހެނުންނެވެ.ހިނިތުންވެލަމުން މަނާލް ދިއްކޮއްލި އަތުގައި އީރަމް ހިފާލިއެވެ.މަނާލްގެ އެ ހިނިތުންވުމުން އީރަމް އަކީ ކާކުކަން ކުރިންވެސް އިނގޭކަން ދޭހަކޮއްދެއެވެ.މަނާލް ކައިރީ އެބައަންނަން ކަމައް ބުނެ ނާއިލް ހިނގައިގަތީ ކޮޓަރިއަށެވެ.އީރަމް އިށީނުމާއެކު ކައިރީ މަނާލްވެސް އިށީދެއްޖެއެވެ.”ނާއިލް ނުބުނޭ ދޯ އަހަރެން މީ ކާކުކަމެއް..އަހަންނަކައް ނުވިސްނުނުުުުު އީރަމް ނާއިލްެއާއެކީ އުޅެން ބޭނުންވާ ސަބަބެއް..ނާއިލް ގެ ވާހަކަތަކުން އިނގެނީ ނާއިލް އީރަމް ދެކެ ލޯބިނުވާކަަން..އުޅެން ބޭނުންނުވާކަން..ވަރަށް އަވަހައް ނާއިލް އީރަމް ޑިވޯސް ކުރާނެ..” އީރަމް އައް ހިވީ ހިތުގެ ހިގުން މަޑުޖެހިލިހެންނެވެ.ހީވި ހީވުންތައް ޔަގީން ވެއްޖެއެވެ.މަނާލް ގެ ދުލުން އެހެން ބުނާ އަޑު އިވުމުން އެހިތައް ކުރި އަސަރު މާ ފުނެެވެ.އަންހެނަކައް ވެ ހުރެ އެހެން އަންހެނެއްގެ ދިރިއުޅުން ހަލާކުގެ ތެރެއައް ވައްޓާލުމައްފަހު ފާޅުގައި އެގޮތައް ވާހަކަދައްކަން މަނާލް ކަހަލަ އަންހެންކުދިންނައް ހިތްވަރުލިބެނީ ކިހިނެއްބާވައެވެ. އީރަމް އައް ބުނާނެ އެއްޗެއް ނޭނގުނެވެ.އެދުވަހެއް އަނަންދެން އީރަމް ނާއިލް އައް ވަފާތެރިވާނެއެވެ.ނާއިލް ކޮޓަރިން ނުކުމެގެން އައިސް ކާމޭޒު ކައިރީ އިށީނދެ މަނާލް އައް ގޮވާލުމުން މަނާލް ގޮސް އިށީނީ ނާއިލް އާ ޖެހި ފިތިގެންނެވެ. އެމަންޒަރު ބަލަން ހުރި އީރަމް ތެދުވެގެން ގޮސް ވަނީ ކޮޓަރިއަށެވެ.ދޮރު ލެއްޕުމާއެކު ހިފަހައްޓައިގެން ހުރި ކަރުނަތައް އެ ރީތި ދެލޮލުން ފައިބައިގަތެވެ.މޭގައި އަތްއަޅާލި ގޮތުން ނުރޯން މަސައްކަތްެކުރާކަން އިނގެއެވެ.އެމީހުން ނުކުމެގެން ދިއުމުން އީރަމް ނުކުތީ ބަނޑުހައިވެގެންނެވެ. މޭޒުމަތީ ހުރި ތަށިތަކުން ނާއިލް އާ މަނާލް ދިޔައި ކައިގެންކަން އިނގެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

seym

Level 310 Stories100 Login100 Comments

Bookworm. ? 23. ? ~ Because i am in love with the world in my head.~ ?

Other Articles

Previous

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ސަތާރަވަނަ ބައި)

Next

ގޮއްޔެ (ބާބު2) ފަސްވަނަ ބައި

Next
August 25, 2017

ގޮއްޔެ (ބާބު2) ފަސްވަނަ ބައި

Previews
August 24, 2017

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ސަތާރަވަނަ ބައި)

17 Comments!

  1. seym says:
    August 25, 2017 at 1:03 am

    After a long break here is the fourth part.. A bit short as usual. but the upcoming parts will be longer.. feel free to point out the mistakes..let me know if you like the story or not.. ❤️?

  2. Petite says:
    August 25, 2017 at 1:41 am

    I was waiting 4 this story. . ❤ ❤ ❤ Hope u will finish the story. . ? Best of luck. . V reethi mi bai ves ?
    Next part kn irakun up kohddheynee??

    1. seym says:
      August 25, 2017 at 1:52 am

      Thankew ? Insha Allah will try to upload on sunday. ?

  3. naan says:
    August 25, 2017 at 1:54 am

    Nice……Hope u will finish d story

    1. seym says:
      August 25, 2017 at 6:07 pm

      Thankyou. ?

  4. ♥♥♥♥♥♥♥♥♥ says:
    August 25, 2017 at 8:38 am

    Nice

    1. seym says:
      August 25, 2017 at 11:00 pm

      Thanks ?

  5. ??? says:
    August 25, 2017 at 9:38 am

    Nice u r back whn next part????

    1. seym says:
      August 25, 2017 at 11:01 pm

      already uploaded.

  6. Fizzzy says:
    August 25, 2017 at 11:01 am

    Make it a bit longer ? this part is habbu

    1. seym says:
      August 25, 2017 at 11:02 pm

      Thankyou.. ❤️

  7. Afy says:
    August 25, 2017 at 11:59 am

    V salhi ???????

    1. seym says:
      August 25, 2017 at 11:03 pm

      Thankeww ?

  8. Nin says:
    August 25, 2017 at 12:54 pm

    Mee aharaku ehfaharu up waa story ehtha?

    1. seym says:
      August 25, 2017 at 11:04 pm

      Will try to update here after regularly. Insha Allah ?

  9. Liu? says:
    August 25, 2017 at 1:11 pm

    Ehaa kuru koh hurihaa baehves hury.garuneh kohfa up kuraa iru midhen boduvaru.kiyaa meehunves hiyhamajehey gothah kuraa kameh kureveytho balaanama.kiyunterin gaimu hiyhama jeheyne dho? Vaahaka v reethi heekurah gavaidhun kiyaa lah miyah vure dhigukoh libeynekamah.

    1. seym says:
      August 25, 2017 at 11:05 pm

      Noted. ? Thankyou. ❤️

Comments are closed.

Next Episodeތިޔަ ދިން އުފާ 5←


All Right Reserved!