Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން އަންނާށޭ ކަލާ.. (ބާރަވަނަ ބައި)

Rau Level 210 Stories100 Comments100 Login
August 25, 2017 2 Mins Read
19 Comments

“މަންމާ! ކިހިނެތްވީ؟!” ނިކަން ބާރަށް ގޮސް އިނާޒާގެ ގައިގައި ހިފަހައްޓާލަމުން ޖައިޝް ބުނެލިއެވެ.

” ދަރިފުޅާ! ބަ.. ބައްޕަ އޮފީހުން ނުކުމެ ކާރަށް އަރަނިކޮށް ބަޔަކު ބައްޕަ ގަޔަށް ވަޅި………” އިނާޒާއަށް ބުނެވުނީ އެހާ ހިސާބަށެވެ. ޖައިޝްގެ ގައިގައި އޮޅުލައި ގަންނަމުން އިނާޒާ އެހެން ބުނެލުމާއެކު، ޖައިޝްއަށް ހުރެވުނު ތަންވެސް ނޭނގުނެވެ.

“ކޮބާ ބައްޕަ…؟!” ޖައިޝް ނިކަން ހާސްވެފައި ތަންކޮޅަށް ބާރަށް ބުނެލިއެވެ. އެއިރު ބަލްޚާވެސް އައިސް އެމީހުންނާ އަރާ ހަމަކުރަނީއެވެ. ލިބުނު ހަބަރުން ދޫ ތަޅުލެވިފައި ބަލްޚާއަށްވެސް އަނގަމަތީ އަތްއަޅާލައިގެން އިރުކޮޅަކުު ހުރެވުނެވެ.

“އެވަގުތު ހިޝާންއާ ދިމާވިކަން އެއީ ނަސީބު… ބައްޕަ ހޮސްޕިޓަލަށް ގެންގޮއްސި…. ދެންވެސް ވާހަކަ ދައްކަން ނުތިބެ  ހިނގާބަލަ ދާން….އިމީ އާ ހިޝާން ވީ ހޮސްޕިޓަލުގަ” ޖައިޝްގެ އަތުގައި ހިފާ ދަމައިގަންނަމުން އިނާޒާ އެހެން ބުނެލުމާއެކު ޖައިޝްއަށްވެސް ހަމަބިމަށް އާދެވުނުހެން ކުއްލިއަކަށް ގެއިން ނުކުންނަން ދުއްވައިގަތެވެ.

ގޭގައި އޮންނަ ދެ ކާރުގެ ތެރެއިން މިވަގުތު އޮތް ކާރުގައި ބަލްޚާއާއި އިނާޒާއާއެކު ޖައިޝް ހޮސްޕިޓަލާ ދިމާއަށް މިސްރާބު ޖެހިއެވެ. ރޭގަނޑުގެ ލަސްވަގުތެއް ނަމަވެސް މާލޭގެ މަގުތަކުގެ ހަލަބޮލިކަން ވަކި ކުޑައެއްނޫނެވެ. މަގު ހިނގާ މީހުންނާއި ރާސް ލާފައި ކޮޅުކޮޅު މައްޗަށް ދުއްވާ ނަގަމުން ދިޔަ ސައިކަލުތަކުން ރެކެމުން، ގެއިން ހޮސްޕިޓަލާ ހަމައަށް ކުރި ފަސް މިނެޓެއް ހާއިރުގެ އެ ދަތުރުގައި އެއްވެސް އެއްޗެއް ނުބުނެ ތިން މީހުންވެސް ތިބީ ހިމޭންކަން އިޚްތިޔާރުކޮށްގެއްނެވެ. ކޮންމެ މީހެއްގެ ހިތްވެސް ނެގި ނެގި ފައި ޖެހެމުން ދިޔައީ ޠައްޔިބުއަށް ވާނެގޮތަކާމެދު ގަތްފައިވާ ބިރެއްގެ ބޮޑުކަމުންނެވެ.

ޖައިޝްމެންނަށް ހޮސްޕިޓަލާ ހަމައަށް ދެވުނު އިރު ޠައްޔިބު އައި.ސީ.ޔޫ އަށް ވައްދައިފިއެވެ. އައިސީޔޫގެ ދޮރު މަތިންކަހަލަ ގޮތަކަށް އަތުރާލާފައިވާ ގޮނޑިބަރީގައި އިނދެ ކައިރީގައި އިން ހިޝާންގެ ކޮނޑުގައި ބޯ އަޅާލައިގެން ގިސްލަމުން ދިޔަ އިމީގެ ތުނި އަތްތިލައިގައި މަޑުމަޑުން ހިފަހައްޓާލައިގެން އިނދެ އިމީގެ ހަލާކުވެފަައިވާ ހިތަށް ކުޑަ ނަމަވެސް ތަސައްލީއެއް ދެޥޭތޯ ހިޝާން މަސައްކަތް ކުރަމުން ދިޔައެވެ. އިނާޒާއަށް އެ މަންޒަރު ފެނުމުން ހިތް ހަމަ ނުޖެހުނަސް ވަގުތުގެ ގޮތުން އެކަން ހާމަކުރާކަށް އޭނާ މަސައްކަތެއް ނުކުރިއެވެ.

އައިސީޔޫގެ ތެރެއިން ވަރަށް އަވަސް އަރުވާލާފައި ދުވަމުން ކަހަލަ ގޮތަކަށް ނިކުތް ނަރުސް ކުއްޖާގެ މޫނުމަތީގައި ވަނީ ހާސްކަމެވެ. ބައްޕައަށް ވަމުންދާ ގޮތް ނޭނގިހުރެ ހާސްކަމުގައި ނަރުސްކުއްޖާ ހުއްޓުވަމުން ޖައިޝް، ޠާއްޔިބުގެ ހާލު އޮޅުން ފިލުވިއެވެ.

“ވަރަށް ކްރިޓިކަލް… ގައިގަ ހަ ތަނަކަށް ވަޅި ޖަހާފަ ހުރީމަ އަދިވެސް ލޭމަނާ ނުވޭ… މިހާރު އެރެޑީވަނީ އެމެޖެންސީގަ އޮޕަރޭޝަނެއް ކުރަން… ޕޭޝަންޓަށް ހެޔޮ ދުޢާ ކޮށްދީ!…”

ޖައިޝްގެ ކޮނޑުގައި އަތް ބާއްވާލަމުން ހިތް ހެޔޮ ގޮތަކަށް އެހެން ބުނެލުމަށްފަހު ހަލުވި ހިނގުމެއްގައި ނަރުސް ކުއްޖާ ގޮސް އޮބާލަން ދެން ޖައިޝް ބަލަން ހުއްޓެވެ. އިރުކޮޅެއް ނުވެ އެ ނަރުސް ކުއްޖާއާއެކު ފަސް ވަރަކަށް ޑޮކްޓަރުންގެ ޓީމެއް އައިސީޔޫގެ ތެރެއަށް ވަދެއްޖެއެވެ. އެންމެންގެ މޫނު މަތިން ވެސް ފެންނަނީ ކުއްލިޔަކަށް މި ލިބުނު ބޮޑު ހިތާމައިގެ މޮޅިވެރިކަމެވެ. އިމީ އިނީ ރޮއިރޮއި ހަލާކުވާ ވަރުވެފައެވެ. ހިޝާން އާއި ބަލްޚާ އިމީގެ ދެފަރާތުގައި އިނދެ އިމީ ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އިނާޒާވެސް ބަލްޚާއާއި ޖެހިގެން އެއްގޮނޑި ދޫކޮށްފައި އިން ގޮނޑީގައި، އަތްތިލައިން މޫނު ފޮރުވާލައިގެން އިސްޖެހި، ފާޑަކަށް ގަބުވެފައި އިނެވެ. ހާލަތުގެ ނާޒުކުކަމުން ހުރިހާ ކަމެއް، އިމްތިޙާނުކުރުވާ ވެރި ރައްބުއަށް ވަކީލުކޮށްލައިގެން އެންމެން ވެސް ތިބީ ގޮތް ހުސްވެފައެވެ. އިންސާނާގެ ބަލި ކަށިކަމާއި، އަގެއް ނެތްކަން އެނގެނީ މިފަދަ ހާލަތެއް މެދުވެރިވުމުންނެވެ.

ރޭގަނޑު ދެބައިވެ ފަތިސްވުމާ ގާތްވަމުންދެއެވެ. ޠައްޔިބުގެ އޮޕަރޭޝަން ކުރެވެމުންދާތާ ދެގަޑިއިރު ފާއިތުވެގެން ދިޔައީއެވެ. ހޮސްޕިޓަލުގެ ފާރުގައި ހުރި ގަޑީން ސިކުންތުކަށި ހަލުވިކަމާއެކު އަޅާ ކޮންމެ ފިޔަވަޅަކާއެކު ޠައްޔިބަށް ވާނެގޮތެއް ހިތަށް ގެނެވުމުން އެއިން ކޮންމެ މީހެއްގެ ހިތުގެ ހިނގުންވެސް ދިޔައީ އަވަސްވަމުންނެވެ. ހޮސްޕިޓަލަށް އައީންސުރެ ތަނެއްގައި ފޫ ޖައްސާނުލައި  ދެކޮޅަށް ހިނގާލަ ހިނގާލަހުރި ޖައިޝްއަށް އިމީ އިން ހާލަތު ފެނުމުން ކުއްލިއަކަށް ހިމޭންވިއެވެ. ލޯބިވާ ބައްޕަ މަރާއި ދިރި ހުރުމާ ދެމެދު ހަނގުރާމަ ކުރަމުންދާއިރު، ކެތްވާނީވެސް ފަހެ ކޮން ދަރިއަކަށް ހެއްޔެވެ؟ އެވަގުތު ޖައިޝް އިމީގެ ގާތަށް ޖެހިލުމުން ބަލްޚާ، ޖައިޝްއަށް ތަން ދެއްކުމަށްފަހު ކޮޅަށް ތެދުވިއެވެ. ކޮންމެވެސް އެއްޗެއް ކިޔައިގެން އިމީ އެތަނުން ގެއަށް ގެންދަން ޖައިޝް މަސައްކަތް ކުރިއެވެ. އިމީ އެތަނުން ދާން ބޭނުން ނުވިޔަސް، އޭނާގެ ގޯސްވަމުންދިޔަ ޠަބީޢަތުގެ ސަބަބުން އެންމެ ފަހުން ޖައިޝްގެ ބަސް އަހައިގެން ޖައިޝްއާއެކު އެތަނުން ނިކުންނަން ހިނގައިގަތެވެ. ޖައިޝްމެން ދާތަން ބަލަން އިނުމަށްފަހު، ފާހާނާއަކަށް ދާން ޖެހިގެން ބަލްޚާވެސް އެތަނާ މާދުރު ނޫން ހިސާބެއްގައި އިން ފާހާނާއާ ދިމާއަށް ހިނގައިގަތެވެ.

“….. ކަލެއަށް ކިހިނެތް އެނގެނީ އޭނާ މަރުވާނެކަމެއް؟!… މަ އޭރުވެސް ބުނިން ހޮސްޕިޓަލާ ހަމައަށް އަންނަންވާއިރަށް އޭނާ އޮންނަންޖެހޭނީ މަރުވެފައޭ!…އެކަން ވިތަ؟!… ކުރަން ބުނި ކަންތައް ނިންމާފަ އައިސް ތިހާ ބޮޑު އަގެއް ކިޔާނީ…. އަހަރެން ބުނި އަގު ދެވޭނީ އޭނާ މަރުވި ކަން ޔަގީން ވީމަ؟!….” ފަސް ވަރަކަށް މިނިޓް ފަހުން ފާހާނާ ކޮށްލައިގެން މޫނުވެސް ދޮވެލައިގެން ބަލްޚާ ފާހާނާއިން ނުކުތުމާއެކު އިވުނުއަޑުން އޭނާގެ ފިޔަވަޅަށް ހުއްޓުންއެރިއެވެ. އެތަނާ ދާދި ގާތުގައި މެހެމާނުން އިށީންދެލާ ތިބެވޭނެ ގޮތަށް ހަދާފައިވާ ޕާކުތެރޭގައި ހައްދާފައިވާ ބިޔަ ގަސްތަކުގެ ހިޔަނި އެޅި މުޅި ތަނަށް ވެރިވެފައިވާ އަނދިރިކަމާ ހެދި އެއީ ކާކުކަން ވަކިވާވަރެއް ނުވިއެވެ. އެމީހާ ވާހަކަ ދައްކަމުން ދިޔައީ ވައި އަޑުންކަމަށް ވާތީ، އެއީ އަންހެނެއްކަން ނުވަތަ ފިރިހެނެއްކަން ދެނެގަންނާކަށްވެސް ބަލްޚާ އަކަށް ނޭނގުނެވެ. އެމީހުން އެދައްކަނީ ޠައްޔިބުގެ ވާހަކަ ކަން ނުވަތަ ނޫންކަން ވެސް ނިންމަން ނޭނގި ހުރި ބަލްޚާ ކުރިއަށް އަޅާލި ފިޔަވަޅާއެކު ހަދާލެވުނުގޮތަކުން، ބަލްޚާގެ އަތުގައި އޮތް ފޯނު ދޫވެގެން ވެއްޓުމާއެކު އަނެއްކާވެސް ފާހާނާ ތެރެއަށްވަދެ އޭނާ ނިވާވެލިއެވެ. އެމީހުން ދެއްކީ ޠާއްޔިބުގެ ވާހަކަކަން ޔަގީންކޮށް ބުނަން ނޭނގުނަސްް އޭނާއަށް ޔަގީން ވާ އެއްކަމެއް އެބައޮތެވެ. މިރޭ މިފަދަ އެހެން ހާދިސާއެއް ހިނގައިގެން މި ހޮސްޕިޓަލަށް ޠައްޔިބުނޫން އެހެން މީހަކު ގެނެސް ފައި ނުވާ ކަމެވެ. އޭނާއަކީވެސް ޓީވީން ހަބަރު ބަލަން އާދަވެފައިވާ މީހެއް ވިއްޔާއެވެ. އިރު ކޮޅެއް ފަހުން އެތަނުން ނިކުމެ ނިކަން ސިއްރުން އެތަނުގައި އެމީހުން ތިބިތޯ ބެލިއިރު އެތަނުން އެއްވެސް މީހެއްގެ ހިލަމެއް ނުވިއެވެ. މަޑު ހިނގުމެއްގައި ގޮސް ބަލްޚާ ގޮނޑިބަރީގައި އިށީންނަން ދިޔައިރު އިނާޒާ އިސްޖަހާލައިގެން ފިކުރު ބޮޑުވެފައި އިނެވެ. ބަލްޚާ ފެނުމާއެކު އޭނާ ބަލްޚާއަށް ބަލައިލީ ނުރުހުމުގެ ނަޒަރަކުންނެވެ. އިނާޒާގެ އެއަމަލުގެ ސަބަބުން، އިނާޒާގެ ހާލަތާމެދު ބަލްޚާ ދެރަވިޔަސް އޭނާއާ ގާތްވެލައި ހިތްވަރު ދޭކަށް ނުކެރުނެވެ. ބަލްޚާ އައި ދިމާލުން މަޑުމަޑުން ހިނގާލާފައި އައިސް ހިޝާންވެސް އެވަގުތު އެތަނުގައި އިށީނެވެ. ޝައްކުގެ ނަޒަރަކުން ހިޝާންއާ ދިމާއަށް ބަލްޚާ ބަލާލުމުން އެއްވެސް އަސަރެއް ނެތް ގޮތަށް ބަލްޚާއަށް ބަލާލަމުން ހިޝާން ބަލައިލީ ފާރުގައި އިން ގަޑިއަށެވެ. ޖައިޝް އެތަނަށް އައިސް ހުއްޓިލީ އެވަގުތުއެވެ.

” ކޮބާ އިމީ؟! ކިހިނެތް މިހާރު؟!…” ހިޝާން ޖައިޝްއަށް ބަލައިލަމުން އެހިއެވެ.

” ވަރަށް ސަކަރާތް… މި ތަނަށް އަންނަން ވެގެން އުޅެނީ… ހުން އަންނަ ގޮތްވެފަ ހުރީވެސް… ލަކްޝްމީ ކައިރީ ބުނެފަ މިއައީ އިމީ އަށް ބަލަން….. ” ދެއަތަކަށް ބޯހޫރާލަމުން މޮޅިވެރިކަމާއެކު ޖައިޝް ބުނެލިއެވެ.

“މަ ދަންތަ؟!” އިމީ ގާތަށް ދިއުމުގެ ހުއްދައަށް އެދެމުން ހިޝާން ތެދުވިއެވެ. ޖަވާބުގައި ޖައިޝް ބޯ ޖަހާލަމުން ގޮސް އިނާޒާގެ ގާތުގައި އިށީނދެލިއެވެ. ބައްޕަ އެފަދަ ހާލަތެއްގައި ވުމުން މަންމަގެ ހިތަށް ވާނެ ތަދު ޖައިޝްއަށް އަންދާޒާކޮށްލެވުނެވެ. އެއާއެކު އެ އަނިޔާވެރި ރަހުމްކުޑާ އަމަލު ހިންގި މުޖުރިމުންނަށް އޭނާގެ ހިތުގެ އަޑިން ބަދުދުޢާކުރެވުނެވެ. ބަލްޚާ، ޖައިޝްއަށް ބަލަން އިނީދެންމެ އޭނާއަށް އަޑުއިވުނު އަދި ފެނުނު މަންޒަރު ޖައިޝްއަށް ބުނެދޭންވީބާއޭ ހިތަށް އަރައަރައެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެވާހަކަ މިވަގުތު ދެއްކުން އެންމެ ރަނގަޅު ނުވާނެކަމުގައި އޭނާގެ ސިކުނޑި އޭނާއަށް ބުނެދިނުމުން ބަލްޚާ ހިމޭންވިއެވެ.

ދުނިޔެއަށް އާދުވަހެއްގެ ދަޢުވަތު ދެމުން ކަނޑުގެ ސަތަހައިން ނުކުމެ އިރުވެސް ހަމަޖެހިލައިފިއެވެ. ދުނިޔެވީ ވާޖިބުތަކާއިގެން އެންމެންގަނޑު ހޭބޯނާރައި އުޅުނަސް އައްސޭރިވިލާ ޚާންދާނުގެ އެންމެން ތިބީ މޮޅީގެ ސާލަކުން ސާލުލައިގެންނެވެ. ވަރުބަލި ކަމެއްނެތި ޠައްޔިބުގެ ހާލަތާމެދު ފިކުރު ބޮޑުވެފައި ތިއްބައި، ޠާއްޔިބުގެ އޮޕްރޭޝާން ކުރި ޑޮކްޓަރުންގެ ޓީމުގައި އެންމެ އިސްކޮށް ހުރި ޑޮކްޓަރު އޮޕަރޭޝަން ތިއޭޓަރުން ބޭރަށް ނުކުތެވެ.

” އަލްހަމްދު ލިﷲ! އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅު،،،،” އެވަގުތު ޖައިޝް ކައިރިއަށް އައިސް ހުއްޓިލުމާއެކު، ޖައިޝްގެ ކޮނޑުގައި ޖަހާލަމުން ޑޮކްޓަރު ބުނެލިއެވެ. އެއާއެކު އެންމެންގެ މޫނު މައްޗަށްވެސް ވެރިވީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ.

އޭގެ ދެ ގަޑިއިރު ފަހެވެ. ގޭގެ ބިންގަލަށް ލޮޅުންއަރުވާލި ބިރުވެރި ހާދިސާއާ ހެދި އައްސޭރިވިލާގެ ހަތަރު ފާރުން އެތެރޭގައި ވަނީ އާދަޔާ ޚިލާފު ހިމޭންކަމެކެވެ. ގޭގެ ޚާދިމުންތައް އިމީގެ ޚިދުމަތުގައި އެކި ކަންކަމާއިގެން މަޝްއޫލުވެގެން އުޅެއެވެ. ހިޝާންގެ އުނގުގައި ބޯއަޅާލައިގެން އިމީ އޮތީ ސިޓިންރޫމްގެ ސޯފާއެއްގައެވެ. އިމީގެ ހާލަތާމެދު ހަމްދަރުދީވެ ހުރެ ހިޝާން އިމީއަށް ހިތްވަރު ދެމުން ދިޔައެވެ. ގަދަޔަށް ހުން އައިސް ހުރުމުން އިމީ އޮތީ ކާ އެއްޗެއްވެސް ކާހިތް ނުވެފައެވެ.

އިމީގެ ފޯނަށް ކޯލެއް އައީ އެވަގުތުއެވެ. ފޯނު ނެގުމާއެކު ލިބުނު ޚަބަރުން އިމީއަށް، ފުންމައިގެން ތެދުވެވުނެވެ.

“ބައްޕަ ހޭއަރައިފިއޯ… ހިނގާބަ އަހަރެން ގޮވައިގެން ހޮސްޕިޓަލަށް….” އިމީގެ ހުދު ދަތްތައް ފެންނަވަރަށް ހިނިތުންވެލައިގެން އިންއިރު އައިސްފައި ހުރި ހުންވެސް ފިލައިގެން ދިޔަ ކަހަލައެވެ. ކުއްލިއަކަށް ތެދުވެގެން ހިނގައިގަތުމާއެކު އޭނާ އަރި އަޅާލާގޮތްވިއެވެ. އެއާއެކު ހިޝާން އޭނާގެ ވަރުގަދަ ދެއަތުން އިމީ ވެއްޓުނަ ނުދީ ހިފެހެއްޓިއެވެ.

“ކާއެއްޗެއް ކައިގެން ދާނީ….” ހިޝާން އެހެން ބުނެލަމުން އެ ގޭގައި މަސައްކަތްކުރާތާ އެންމެ ގިނަ ދުވަސްވީ ލަކްޝްމީ ކައިރީ ބުނެގެން އިމީއަށް ސައި ތައްޔާރުކުރުވިއެވެ. ލުއިގޮތަކަށް ސައި ބޮއިގެން، ފެންވަރާ ތާޒާވެލައިގެން އިމީ އައިއިރު އެމޫނު މަތީގައިވާ ވަރުބަލިކަން އެއްކޮށް ފިލާގޮސްފައިވާފަދައެވެ. ހިޝާން، އިމީގޮވައިގެން ހޮސްޕިޓަލަށް ދާން ނުކުތެވެ.

އޮޕަރޭޝަނަށްފަހު ޠައްޔިބުގެ ހާލު ރަނގަޅުކަމަށް ނިންމައި އޭނާ ހޮސްޕިޓަލްގެ ޕްރައިވެޓް ރޫމަކަށް ބަދަލުކުރެވުނެވެ. ހިޝާންއާއި އިމީއަށް ހޮސްޕިޓަލްއަށް ދެވުނުއިރު ޠައްޔިބުގެ ވިޔަފާރީގަ ރައްޓެހިންނާ ގާތްތިމާގެ މީހުންނާއި ފުލުހުންވެސް އެ ރޫމްގައި ތިއްބެވެ. އެމީހުންގެ އިތުރުން ދެން އެތަނުގައި ހުރީ އަނުމްއެވެ. އަނުމް ނޫން އެންމެން ދިއުމުން ޠައްޔިބުގެ އެދުމަށް އެ އާއިލާގެ ހުރިހާމެންބަރުން އެއްތަންވިއެވެ.

” އަހަރެން ވަރަށް ބޮޑު ކަމެއް ނިންމަން ބޭނުން މި އޮއް ފަސްވަރަކަށް ދުވަސްތެރޭގައި…” ފުން ނޭވާއެއް ބޭރުކޮށްލަމުން ޠައްޔިބު ބުނެލިއެވެ،

“ކޮން ކަމެއް؟!” ޠާއްޔިބުގެ އެންމެ ގާތުގައި ހުރި އިނާޒާ އެހިއެވެ.

” ޖައިޝްއާ ބަލްޚާގެ ކައިވެނި” ޠާއްޔިބުގެ އެޖުމަލްއިން އިނާޒާއާއި އަނުމް އަދި ހިޝާންއަށްވެސް ލިބުނީ ޝޮކެކެވެ. އިމީއާއި ޖައިޝް އަދި ބަލްޚާވެސް ޠައްޔިބުގެ އެ ނިންމުމަށް އުފަލާއެކު މަރުހަބާކިޔެވެ. މީހަކަށް ނޭނގުނަސް ޠައްޔިބުގެ އެ ނިންމުމުގައި ފޮރުވިފައިވާ ވަރަށް ބޑު މަގުސަދެއް ވެއެވެ. ލިބުނު ހަބަރުން އެންމެ ފުން އަސަރެއްކުރީ އަނުމްއަށެވެ. ހިޝާންއާ ގާތްވާ އޭނާ ހިތު ނިޔަތް ގަންނަ ކޮންމެ ފަހަރަކު ވަނީ މިވަރެވެ.

ޠައްޔިބު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮންނަތާ ފަސްވަނައަށްވީ ދުވަހެވެ. ހޮސްޕިޓަލުގެ ވެރިންނަކީ ޠައްޔިބުގެ ގާތް ރަހުމަތްތެރިން ކަމަށްވާތީ، ކައިވެނި ކުރުމުގެ ހުރިހާ އިންތިޒާމެއް އެ ޕްރައިވެޓް ރޫމުގައި ކުރެވޭގޮތަށް ހަމަޖައްސާދީފައިވެއެވެ. ބައްޕަގެ އެދުމާއެއްގޮތަށް އޭނާގެ ހިތުގެ އެދުންވެސް މިފަދަ ގޮތަކަށް މިފަދަ ތަނެއްގައި ހާސިލްވެގެން ދިއުމުން ޖައިޝްހުރީ އުފަލުންނެވެ. ކައިވެންޏެއް ބާއްޖަވެރި ކުރުމަށްޓަކައި އަގުބޮޑު ވަލީމާތަކާއި އަގުބޮޑު ކާވެނީގެ ހެދުންތަކެއް މުހިންމު ނޫންކަމުގައި ޖައިޝްއާއި ބަލްޚާވެސް ގަބޫލުކުރިއެވެ. އަބަދުގެ އަބަދަށްޓާކައި އެ ދެ ލޯބިވެރިން އެކަކު އަނެކެއްގެ މީހަކަށް ވެގެން ދިޔައީއެވެ. ލޯބީގެ ދަތުރުގައި އެއަށްވުރެ ވަކި އުފާވެރި އެހެންކަމެއް އޮންނާނެހެއްޔެވެ؟ ޖައިޝްއާއި ބަލްޚާވެސް ތިބީ އުފަލުންނެވެ. ނަގަންއޮތް ރާޅުގެ ބިޔަ ކަމާއި ބިރުވެރިކަން ހިތަށް ނުގެނެވުނަސް ދިރިއުޅުމުގެ ހިޔާލީ ޗާޓް އެމީހުންވަނީ މާކުރިންވެސް ކުރަހާ ނިންމާފައެވެ.

ބައްޕަގެ ހާލު ރަނގަޅުވެލަންދެން ޖައިޝްއާއި ބަލްޚާވެސް ނިންމީ ކައިވެނީގެ ފޮނި މީރުކަން ލިބިގަތުން ފަސްކޮށްލާށެވެ. އައްސޭރިވިލާގައި ހެނދުނުގެ ސަޔަށް އެންމެން އިންސާފުކުރަމުން ދިޔައިރު، ޖައިޝް އިނީ  ހޮސްޕިޓަލްގައި ބައްޕަގެ ޚިދުމަތުގައެވެ. ކުއްލިއަކަށް ނޭވާނުލެވިގެން ޠައްޔިބު ތެޅިގަތީ އެވަގުތުއެވެ. ޖައިޝް ޑޮކްޓަރަށް ގޮވަން އަވަސްވެގަތެވެ.

” ބަ… ބަ… އް ޕަ… ކަ…ބަޑު….. ސިޓީ……………………………………..”

(ނުނިމޭ)

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Rau

Level 210 Stories100 Comments100 Login

ވާހަކަ ލިޔުމަކީ ރައުގެ ޕެޝަންއެކެވެ ކިޔުންތެރިންގެ ޚިޔާލަކީ ވާހަކަ ލިޔުމަށް ރައު އަށް ލިބޭ ވަރަށްބޮޑު ހިއްވަރެކެވެ..

Other Articles

Previous

ގޮއްޔެ (ބާބު2) ފަސްވަނަ ބައި

Next

ޒިޔާ(9 )

Next
August 25, 2017

ޒިޔާ(9 )

Previews
August 25, 2017

ގޮއްޔެ (ބާބު2) ފަސްވަނަ ބައި

19 Comments!

  1. It's me says:
    August 25, 2017 at 10:48 am

    Nice?

    1. ރައު says:
      August 25, 2017 at 1:52 pm

      thnx dear

  2. aloo says:
    August 25, 2017 at 11:32 am

    woooooooooooooooow…waiting.. 🙂 🙂

    1. ރައު says:
      August 25, 2017 at 1:52 pm

      thanx dear

  3. Greeny says:
    August 25, 2017 at 12:12 pm

    Me first dhw

    1. ރައު says:
      August 25, 2017 at 1:51 pm

      hehehe… greeny … greenyge comment approve vi leh lasvee dhw ……

  4. Haww says:
    August 25, 2017 at 12:24 pm

    Vvvvvvvvvv salhi. New twist dhow. Lv this stry

    1. ރައު says:
      August 25, 2017 at 1:53 pm

      thankkkk uuuuuu hawww…………. 🙂

  5. Asl says:
    August 25, 2017 at 12:29 pm

    OMG. Tayyib ah gotheh vejiyyaa balkhaa ah vaanee kihineiy. Inaza ah chance libeyne dho balka AAA jassaaalan. Adhi anum ves ehunany chance akah bala balaa.
    Dhen suspect akee kaakubaa.
    Baivaru suvaalu ufediyjje.
    Plx nxt pt Ava’s kolladheeba

    1. ރައު says:
      August 25, 2017 at 1:50 pm

      lets see dhw vaane goi balan……

  6. . says:
    August 25, 2017 at 12:43 pm

    V salhi

  7. Nittu says:
    August 25, 2017 at 12:50 pm

    Rauha he vaahaka that abadhuves reethi. Kureega mash hooru online noohakah liyunu kuruvaahaka thah mathin adhives handhaan ebahuri.
    Evaahaka thaaa balaafa mivaahakaiga ibaaraai thakaa sifakurunthahves kuda. Ekamakuves mivaahaka v reethi. Kuruvaahaka thakuge fenvarah ibaaraaithah fashuvi kohlahchey.
    _rau ge friend eh_ 😀

    1. ރައު says:
      August 25, 2017 at 1:47 pm

      hahaha…. nittu
      thanx 4 commenting.. balaanan rangalhu kureveytho….

  8. Adha? says:
    August 25, 2017 at 1:09 pm

    Varah salhi❤❤❤❤
    Waitingss ?

    1. ރައު says:
      August 25, 2017 at 1:48 pm

      thanx adha 🙂 <3 <3 <3

  9. Rai says:
    August 25, 2017 at 1:55 pm

    Vaahaka gai veenuvee eh neyngunu…rangalhuakah jumla thakuge nimumeh nufene…

    1. ރައު says:
      August 25, 2017 at 2:17 pm

      Hi, Rai…
      jumlathah hama nujehenytha… noony load nuvanytha?…. jumla thah nimmaafa hunnaany… 🙁

    2. Rai says:
      August 25, 2017 at 8:40 pm

      Nooney jumla thah hama jehey…rai ah nufennany jumla thakuge nimun..akuruthah hunnany gellifa..

  10. khajja says:
    August 26, 2017 at 12:22 am

    Wow??? masha allah v rythi ?? thayyibu ah dheragothennuhadhachchey ehen vejje nama balkhaa ah vaany kihineiy?? thayyib ah hama laadhin myhun jaish ah engen dhen viyas thayyib ah dhers ennudhybala stry v habeys when nxt prt avaskollabalaaa ly gud nyt keep it up??❤❤????

Comments are closed.

Next Episodeލޯބިން އަންނާށޭ ކަލާ… (ތޭރަ ވަނަ ބައި)←


All Right Reserved!