ޒިޔާ…. 8
ތިޔެއް އެނގިދާނެ ! އަހަރެން ހުންނާނަން ޒިޔާ ކުއްޖަކާ ރައްޓެހިވެގެން އުޅޭގޮތް ބަލަން ..! ލޫތު އެނދުން ތެދުވަމުން ބުންޏެވެ. މަލާމާތްކޮށް ލާނަން އެދުވަހަކުން.. ހަނދާންކުރާތި..!
އެރޭ ގެ އިރު އޮއްސުނުވަގުތެވެ. ޒިޔާވެސް އެހެންއުޅެފައި ގެއަށް ދިޔަތާ އެތަށް އިރެއްވެއްޖެއެވެ. ލޫތު ކުޅެ ނިންމާލުމަށްފަހު ގެއަށް އެއައީ ހަމަދެންމެއެވެ. އޭނާ އަށް ފެންވަރާލާ ހަދާލައިގެން ނުކުމެވުނު އިރު ހުރީ އިޝާނަމާދަށް ގޮވަން ކައިރިވެފައެވެ. އެހެން ކަމުން ވަރަށްއަވަސް އަވަސް ކޮއްލައިގެން ނަމާދަށް ދިއުމަށް ޓަކާ ލޫތު ގެއިން ނުކުންނަންދިޔައެވެ. އެވަގުތު ޒީވާ އަށް ޤުރުއާން ކިޔަވައިދިނުމަށް ގޭގެ ސިޓިންރޫމުގައި އިން ލޫތުގެ މަންމަ އޭނާ އަށް ގޮވާލިއެވެ.
ދަރިފުޅާ ތިދަނީ ކޮންތާކަށް ؟ މިދަނީ މިސްކިތަށް ކިހިނެތްވީ ؟ ލޫތު ހުއްޓިފައި އަހާލިއެވެ. ”
މިސްކިތުންފައިބައިގެން އަވަހަށް އަންނައްޗޭ ! އެބައޮތް ވަރަށްބޮޑު ވާހަކައެއް މަންމަ ބުނެލަންވެފަ. އެވަގުތު އެއިވުނީ އިޝާނަމާދު ބަންގީގެ އަޑެވެ . ލޫތު އާއެކޭ ބުނެލުމަށްފަހު އަވަސްއަވަހަށް މިސްކިތާއި ދިމާލަށް މިސްރާބުޖެހިއެވެ.
ރެއަކީ ކަޅުފޮއި އަނދިރި ރެއެކެވެ. ކުއްލިއަކަށް މޫސުމް ބަދަލުވާން ފަށައިފިއެވެ. ހަވީރުއްސުރެން ވެހުމަށްތައްޔާރުވަމުން ދިޔަ ވާރޭ ހީވަނީ ދެންމެ ދެންމެ އޮއްސާލާނެހެންނެވެ. ހުޅަނގުފަރާތުން ޖެހެމުން އައި ވައިރޯޅި ވެސް ބާރުވާން ފަށައިފިއެވެ. ލޫތު މިސްކިތުން ފައިބައގެން ގެއާއިދިމާއަށް އައެވެ. ކުއްލިއަކަށް މޫސުމް ގޯސްވާހެން ލޫތު ގެ ދިރިއިޅުމަށް ވެސް ކޮންމެވެސް ކަންތައްގަޑެއް ދިމާވާން އުޅޭ ކަހަލައިހްސާސެއް ކުރުވިއެވެ. ނޭނގޭ ބިރުވެރިކަމެއް އޭނާގެ ހިތަށް ވެރިވިއެވެ. ލޫތުގެ ހިތަންއެރިއެވެ. މަންމަ އަނެއްކާ ދައްކަން އެއުޅެނީ ކޮން ވާހަކައެއް ބާވައެވެ ؟
ލޫތު ހީކުރީ މަންމަ އެއުޅެނީ ޒިޔާ ގެ ބައްޕަގެ ބަލީގެ ހަގީގަތް ޒިޔާ އަށް ފޮރުވާލާފަ ނުބާއްވާ އެވާހަކަ ކިޔައދޭށޭ ބުނަންކަމަށެވެ.
ލޫތު މިފަދަ ޚިޔާލު ތަކެއްގައި ހުރެގެން އައިސް ގެއައްވަނެވެ. އެއާއިއެކު ވާރޭ އޮއްސާލިއެވެ. ލޫތު މަންމަ ހޯދަން ބަދިގެ ފަރާތަށް ދިޔައެވެ. ނަމަވެސް ބަދިގެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. އެހެންކަމުން މަންމަ ވާނީ ޒީވާ ނިންދަވަން ކަން ލޫތުއަށް ވިސްނުނެވެ. އެއާއިއެކު މަންމަމެންގެ ކޮޓަރިއާއި ދިމާއަށް ދިޔައެވެ. ކުއްލިއަކަށް ފެނުނީ މަންމަ އެކޮޓަރިން ނިކުތްތަނެވެ.
ޒަރީނާ އަށް ލޫތު ފެނުމާއެކު ..ލޫތު އަށް ބަލާލާފައި ވާހަކަދެއްކި އެވެ. ” ދަރިފުޅާ! ހިނގާ ދޯ ބަތްކާން.” އެވަގުތު ލޫތު ބުންޏެވެ. “މިއަދު ހަވީރު ސައިބޮވުނީ ތަންކޮޅެއްލަސްވީފަހުން . އެހެންވެ އަދިއެހާބަނޑުހައެއްނޫން..! ކޮބާ ކޮއްކޮ؟ ނިދީތަ؟”
“އާން..! ޒީވާ ހަމަދެންމެ އެނިދީ !.. ކޮންމެ ހުކުރު ދުވަހަކުވެސް ޒީވާ ތަންކޮޅެއް އަވަހަށް ނިދާނެ . .. މިއަދު އެއްކޮށްވެސް އެމަންޖެ ޒިޔާ އާއިއެކު ވަރަށް ސަކަރާތްޖަހާފަ އުޅުނީ .. އެހެންވެ މާބޮޑަށް ވަރުބަލި ވީހެން ހީވަނީ. ކައިގެން އެއްޗިހި ބަދަލުކުރަންވެސް ލަސްވެފަ ހުރީ . ހަމަ އެނދުގައި ޖެހޭ އިރަށް ނިދައިފި.” ޒަރީނާ ހީނލާފައި ވާހަކަ ދެއްކިއެވެ. ލޫތުވެސް މަންމަ ގެ ވާހަކައިގައި ބައިވެރި ވަމުން ހީލިއެވެ.
އެއާއިއެކު ބަސްއަހާ ކުޑަ ކުއްޖަކު ފަދައިން މަންމަގެ ފަހަތުން މަޑުމަޑުން ހިގާލާފައި އައިސް ސިޓިން ރޫމު ގެ ސޯފާ ގައި އިށީނެވެ. ޒަރީނާ ލޫތުގެ މޫނަށްވަރަށް ފަރުވާތެރިކަމާއެކު ބަލާލަމުން ވާހަކަދަށްކަންފެށިއެވެ.” ލޫތު ! މަންމަ އަށް ހީވަނީ މިއީ މިވާހަކަ ދަށްކަން އެންމެ ރަނގަޅު ވަގުތު ހެން. މިހާރަަަކަށް އައިސް ބޭބެ އަބަދުވެސް އެއުޅެނީ ބަލިކޮށް. ބޭބެ ބޭނުމެއްނުވޭ ދަރިފުޅަށް އެއްވެސް ދެރައެއް ލިބޭކަށް . ދަރިފުޅު މީހަކަށް ހަދައިދިނީ ބޭބެ. މިހާރު ބޭބެ ފިޔަވާ މި ކުޑަ އާއިލާގެ ހުރިހާ ޒިއްމާ މިވަނީ ދަރިފުޅު ގެ ކޮނޑުގައި އެޅިފަ. ” މިހާހިސާބަށް މަންމަ ގެ ވާހަކަ ދިޔަތަނާ ލޫތު ފުންނޭވާއް ލުމަށް ފަހު ބުންޏެވެ. އަޅުގަނޑަށް ތިހުރިހާވެސް ކަމެއް ވިސްނޭ މަންމާ! .. މިހާރުވެސް މި މަސައްކަތް ކުރަނީ ވީހާވެސް ރަނގަޅަކަށް ވިޔަފާރީ ގެ ކަންތަށްތައްވެސް ކުރެވޭތޯ “… ޒަރީނާ ކުޑަކޮށް ހީލާފައި ވާހަދެއްކިއެވެ. އަސްލު މަންމަ ދައްކަންވެގެން މިއުޅެނީތިވާހަކައެއްނޫނޭ ! މީ އަސްލު ބޭބެގެ އެދިލެއްވުމެއް.. ބޭބެ ލޫތު ގާތު ކޮންމެވެސް ވަރަކަށް މިވާހަކަ ދައްކާފަދޯއޮތީ؟
ލޫތު ހުރީ ވާނުވާ ނޭނގިފައެވެ.” ކޮންވާހަކައެއްތަ؟ ލޫތު ސުވާލު ކުރިއެވެ. “ޒިޔާ ގެ ވާހަކަ !.. މިހެން ބުނެފައި މަންމަ ހުއްޓާލިއެވެ. އެހެން ނަމަވެސް ލޫތު އަށް އެއީ ކޮންވާހަކައެއް ކަމެއް ރޭކާލާ ގޮތެއްނުވިއެވެ.” އެކަމަކު ބޭބެ ބުނުއްވި ލޫތު ގެ ގާތު ޒިޔާ ގެ ވާހަކަ ދެއްކީމޭ… ” ބޭބެ ނެތް ނެތްދުވަހަކުން ޒިޔާ.” އާން..! ތިވާހަކަ ދޯ .! ލޫތު އޭނާގެ މަންމަ ގެ ވާހަކަ މެދުކަނޑާލަމުން ބުންޏެވެ. ދެން މަންމަ އަށްވެސް އެގޭނެ އަހަރެން ޒިޔާ އަށް ވަކިދެރަގޮތެއް ނަހަދާނެކަން. އަހަރެން އޭނަ ބަލާނަމޭ.. އަހަރެން ދެކެނީ އެއީ ހަމަ ޒީވާހެން އަރެންގެ އެއްބަނޑު ކުއްޖެއްގެ ގޮތުގައި.. ލޫތު އޭނަގެ މަންމަގެ މޫނަށް ބަލާލިއެވެ. އެ މަންމަ ގެ މޫނުމަތިން ފެންނަން ހުރި އަސަރުތަކެއް ލޫތުއަކަށް ދަނެގަންނާކަށް ނޭގުނކަހަލައެވެ. ޒިޔާ އަކީ އަހަރެން ގެ އަސްލު ކޮއްކޮ ނޫން ކަމެއް ހަނދާނެއްވެސް ނުހުރޭ. ލޫތު އަނެއްކާވެސް ބުނެލިއެވެ. މަންމަ އަށް ހީވަނީ މިވާ ގޮތުން އެކަން ހަނދާން ކުރަންހެން ޖެހޭނީ..! ޒަރީނާ މަޑުމަޑުން ބުނެލިއެވެ.
އެއީ ..؟ މަންމަ ކީއްވެ ތިހެން ތިބުނީ ..؟ ލޫތު ހައިރާން ކަމާއެކު ސުވާލު ކުރިއެވެ. އޭނާ އަކަށް ވާހަކަ މިދާ މިސްރާބު އެއްގޮތަކަށް ވެސް ނުވިސްނުނެވެ.
“ދަރިފުޅަށް އެނގޭނެ ބޭބެ ޒިޔާދެކެ ލޯބި ވާ މިންވަރު.. ބޭބެ މިފަހަރު ބަލިވީއްސުރެން ވަކިން އަދި ކަންތައް ބޮޑުވެފައެހުންނަނީ . މަންމަ ބުނެލިއެވެ. އަބަދުވެސް ޒިޔާ އާއިދޭތެރޭ އެވިސްނަނީ… . އެހެންވެ ބޭބެ ބޭނުންވެ ލައްވަނީ ދަރިފުޅާއި ޒިޔާ އާއި ދެކުދިން ގެ ކައިވެނި ކުރުވަން…….! ބޭބެ ދުނިޔޭގަ ހުއްޓާ ޒިޔާ އަށް ރަނގަޅު ބައިވެރިއަކު ހޯދައިދޭން. ބޭބެ ލޫތުއަށް ވަރަށް އިތުބާރު ކުރޭ…މިއީ ބޭބެ ލޫތުގެކިބައިންއެދޭ އެންމެފަހުގެއެދުންކަންނޭގެ..” ޒަރީނާގެ ހިތްހަޖެހުމުގެ ނޭވާ އެއް ލިއެވެ.
ލޫތު އިނީ ހާސްވެ ކަންބޮޑުވެފައެވެ. ކުއްލިއަކަށް މިވީ ކިހިނެތް ހެއްޔެވެ.؟ މިކަހަލަ އެއްވެސް ކަމަކަށް ނުވިސްނާ ހުއްޓާ އޭނާގެ ހަޔާތަށް މިކުރިމަތިވީ ކޮންފަދަ ބޮޑު އިމްތިހާނެއް ހެއްޔެވެ..؟ ލޫތު އިރުކޮޅަކު އިސްޖަހައިގެން އިނުމަށްފަހު ވަރަށް ލަސްލަހުން ވާހަކަ ދައްކަންފެށިއެވެ.” ….މަންމާ ! އަޅެކިހިނެތް އަހަރެން ތިކަންކުރާނީ…؟
އަހަރެން ޒިޔާ އާއިމެދު ދެކެނީ ކޮއްކޮ އެއްގެ ގޮތަށް…! ދެން ކިނެތް ބޭބެ ތިޔަ އެދުނުކަންތަށް އަހަރެން ކޮށްދޭނީ…؟އަހަރެން ބޭބެ ހޮސްޕިޓަލުގައި އޮތްއިރުވެސް ޒިޔާ އަށް އަޅާލާ އެހީތެރިވެދޭނަމޭ ބުނިން… އެއީ ދުވަހަކުވެސް ތިޔަފަދަ ގޮތަކަށް ނޫން..! އަބަދުވެސް އަރެން ޒިޔާ އަށް އަޅާލާނަމޭ ބޭބެ ކައިރީ އޮންނާނީ ބުނެފަ.. މަންމާ..! އަބަދުވެސް އަހަރެން ޒިޔާ ބަލާނަމޭ..!” ލޫތު ގޮތް ހުސްވެފައިވާ މީހަކުފަދައިން ވާހަކަ ދެއްކިއެވެ.ހުރިހާ ވާހަކައެއް ފަށްޗަކަކަށް އަމުނާލި ކަހަލައެވެ. ލޫތު ގެ ހިތުގައި ޒިޔާ އަށްޓަކާ އުފެދިފައި މިވަނީ އުޚުއްވަތްތެރި ކަމުގެ ކުލުނެވެ. އެ ފަދަ ލޯތްބެކެވެ. އެވަގުތު މަންމަ ބުނެލިއެވެ.މަންމައަށްވެސް އިނގޭއޭ ތިކަން.. މަންމަ އުއްމީދުކުރި ޖަވާބަކީވެސް ހަމަ ތިއީއެވެ.” އެއްގޮތަކަށްވެސް މިއީ މަންމަ ދައްކާ ވާހަކައެއް ނޫނެވެ. މިއީ ބޭބެ ގެ އެދިލެއްވުމެކެވެ. ދަރިފުޅު މިކަމާ ވިސްނާނެ ކަމަށް ހީކުރަން “މިހެން ބުނެލުމަށްފަހު ޒަރީނާ ބަދިގެ ފަރާތަށް ދިޔައެވެ. ….
ލޫތު އިރު ކޮޅަކު އެހެން އިނުމަށްފަހު މާޔޫސް ކަމާއިއެކު ގޮސް އެވަނީ އޭނާ ގެ ކޮޓަރި އަަށެވެ. ދިރިއުޅުމޭ މިކިޔާ ހަނގުރާމައާއި
ކުރިމަތިލާން މިޖެހެނީ އެކިފަހަރު އެކިގޮތަށެވެ. މިއަދު އުފަލުން ފޮޅިފައިވާ ހިތްތަށް މާދަމާ ހިތާމަވެރި ކަމާއި މާޔޫސީކަމުން މޮޅިކޮށްލައެވެ. މިއީ ޤުދުރަތީ ޤާނޫނެވެ. ކޮންމެ މީހަކަށްވެސް ދިރިއުޅުމުގައި އުފަލާއި ހިތާމަ ލައްވާފައިވެއެވެ. އަޑިގަޑަކަށްފަހު އުސްގަޑެއް އަންނާނެއެވެ. ދިރިއުޅުން ކާމިޔާބު ކުރެވޭނީ މިކަންކަމާއިކެރިގެން ކުރިމަތިލައިގެންނެވެ.
ލޫތު ކޮޓަރިއަށް ވަދެވުމާއިއެކު އެނދުމައްޗަށް ވެއްޓިގަތެވެ. ގޮތްހުސްވެފައިވާ މީހަކު ފަދައިންނެވެ. ތަފާތު އެތަށް ޚިޔާލުތަކަކުން ލޫތުގެ ހިތްނުތަނަވަސް ކުރުވިއެވެ. ލޫތު އަކީ އެހާގިނަ ރަހުމަތްތެރިން ގެންގުޅޭ މީހެއް ނޫން ކަމުން ހަޔަތުގައި ދިމާވާ މިފަދަ ކަންކަމާއިމެދު ވާހަކަ ދައްކާލާނެ ފަރާތެއްވެސް ނުހުރެއެވެ. ލޫތުގެ އެއްމެ ގާތް ރަހުމަތް ތެރިޔަކީވެސް ހަމަ ޒިޔާ އެވެ. އެހެންކަމުން ޒިޔާ އާއި މިފަދަ ގުޅުން ހުރި ވާހަކައެއް ޒިޔާއާއި ހިއްސާކުރާނީވެސް ކިހިނެތް ހެއްޔެވެ؟ ލޫތު އަށް މިދިމާވި ކަންތައްތަކު ސަބަބުން އިތުރަށް ބޯ ހާސްވިއެވެ. އެހެނަސް ޒިޔާ އަށް މިކަންތަށް އެގިއްޖެނަމަ އޭނާ އާއި ކުރިމަތިލާނީވެސް ކިހިނެތްހެއްޔެވެ. ޚާއްސަކޮށް މަލްހައާއި ގުޅުނުފަހުން ލޫތުއާއި މަލްހާގެ މި ލޯބީގެ ގުޅުން ފެށުނީވެސް ޒިޔާގެ އެއްބާރުލުމާއި އެހީތެރިކަމާއެކުއެވެ. ލޫތު މަލްހާ ދެކެ ވާ ލޯބި އެންމެ ގާތުން ފެންނާނީ ވެސް ހަމަ ޒިޔާއަށެވެ. ކިރިޔާވެސް ދެމީހުންގެ ދޭތެރޭ މައްސަލައެއް ޖެހިއްޖެނަމަވެސް އެކަން ހައްލު ކޮށްދޭން ހިތްވަރު ދީ އެ ލޯބި ދަމަހައްޓަން އެހީތެރިވާ ފަރާތަކީ ވެސް ހަމަ ޒިޔާ އެވެ. އެހެނަސް މިއަދު މިވަނީ ކިހިނެތް ހެއްޔެވެ. ލޫތު އަށް އޭނާގެ އެންމެ ގާތް އެކުވެރިޔާ އަދި އޭނާ ގެ ހިތުގައި ކޮއްކޮ އެއްގެ މަގާމް ދެވިފައިވާ ފަރާތާއެކު ދިރިއުޅުމެއް ފެށިދާނެ ހެއްޔެވެ ؟ އޭނާ އެންމެ ލޯބިވީ ފަރާތާއި މުޅިއުމުރަށް ވަކިވެވިދާނެ ހެއްޔެވެ. މަލްހާ ގެ އެއްވެސް ކުށެއްނެތި އޭނާގެ ހިތުގައި ޖެއްސުމަކީ ލޫތުއަށް ކުރެވިދާނެ ކަމެއް ބާވައެވެ. މިއީ އިންސާފެއް ހެއްޔެވެ؟ …….
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.


Nice. Waiting for the next episode.
story v reethi.
??
vaa loabi engeynama kala film ge story hen heevani. viremun dhaa hiy kiya vaahaka akah bina koh onna film eh ei. eyga ves dhon bappa beynun vani huri enme anhen kujja marry kuran like looth. i hope it turns different though
Exactly.. I also hope though the same thing is happening something different is going to happen in this story..
Mi vaahaka ga vanii ……afeefa ge furathama filmu ga vaagothah .??..?????
Mii vaalobi egey nama kalaa film hama
vvvv reethi..waiting
V.v.nice?????? waiting
Thanks readers… Thanks for your comments…..
Thanks readers…..Thanks for your comments..
Mee copy story eh hen heevaathy kurinves comment kohfin. Adhi ehen readers ves eba ehen kiyaa… mikamah hama ehves reply eh nudheynantha?
Vaaloabi engeynama kalaa ge story miee hama
vvvvvvvvvv reethi mi part vex………
I dont knw which story…. story nice….. kyp it up Dear….