Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޒިޔާ…(7)

Nax Level 110 Stories
August 18, 2017 3 Mins Read
15 Comments

 

މި އަދު މާކެޓިން މެނޭޖަރ އެއްގެ މަގާމްގައި އެބައްޕަގެ އަިމއްލަ ވިޔަފާރި ކުންފުނީ ގައި ވަޒީފާ އަދާ ކުރަމުން މިދާ ޒުވާން ބިޒްނަސް މޭން އަކީ ލޫތު އެވެ. އޭނާގެ މި ހިތްވަރާއި މިންނެތް މަސައްކަތަށް ޒިޔާ ގެ ބައްޕަ ޝުކުރުވެރިވެއެވެ.

ލޫތު އޭނާ ގެ ދޮންބައްޕަ އެރޭ ހޮސްޕިޓަލުގައި އޮވެއެގެން ދެއްކި ވާހަތަކާއިމެދު އިތުރަކަށް ނުވިސްނައެވެ. ދޮންބައްޕަ ނެތް ދުނިޔެއެއްގައި ޒިޔާ އާއި އެނާގެ އެއްބަނޑު ކޮއްކޮ ޒީވާ ބެލުމުގެ މަސްއޫލއްޔަތަކީ ލޫތުގެ ކޮނޑުގައި އެޅިފައިވާ ކަމެއްކަން ލޫތު ދަނެވެ. ލޫތު އޭނާގެ ދޮންބައްޕަ ގެ ޓެސްޓްތައް ހައްދައިގެން ބަލީގެ އަސްލު ދެނެގަނެގެން މާލެ އައިތާ މިއަދު މީ ފަސްމަސް ފުރުނު ދުވަހެވެ.

ހުކުރު ދުވަހަކީ އަބަދުވެސް ޒިޔާ އަށް ވަރަށް ޚާއްސަދުވަހެކެވެ. މިދުވަހު އެއްކޮއްވެސް ޒިޔާ އުޅޭނީ އޭނާގެ ބައްޕަ އާއި ކޮއްކޮ ކައިރީގައި އެގޭގައެވެ. މި ދުވަހު އޭނާ މަންމަ މަތިންވެސް ހަނދާން ނުވާކަހަލެއެވެ. ޒިޔަ މަންމަ ކިޔަނީ  ޒިޔާގެ މާމަ އަށެވެ. ޒިޔާ އަށް އޭނާގެ ލޯބިވާ މަންމަ ފެނުމުގެ ނަސީބެއްނުލިބެއެވެ. އެހެނަސް ޒިޔާ ބަލާބޮޑުކުރި މާމަ ޒިޔާއަށް މަންމަ އެއްގެ ލޯބި ހޯދައިދިނެވެ. ޒިޔާ އަބަދުވެސް އެ މަންމަ  އަށް ހެޔޮދުއާކުރެއެވެ.

ހުކުރު  ދުވަހު މުޅި ގެއަށް އާދިރުމެއް ގެނެސް ދީފައިވާ ކަހަލެއެވެ. ޒީވާ ވެސް މިދުވަހަށް އަބަދުވެސް އިންތިޒާރު ކުރެއެވެ. ދޮންތި އާއި އެކު ކުޅެލެވޭތީ އެވެ. ދޮންބެ އާއި އެކު ހިގާލަން ދެވޭތީ އެވެ. މިއަދުވެސް އެހެން ދުވަސްތަކެކޭ އެއްފަދައިން ޒިޔާ އުޅެނީ އެގޭގައެވެ. އެހެނަސް ބައްޕަ ކުޑަކޮށް ބަލިކޮށް އުޅޭތީވެ ގިނަވަގުތު ހޭދަކުރީ ބައްޕަ ގެ ކޮޓަރީ ގައެވެ. ދޭ ތެރެއަކުން ބަދިގެ ފަރާތަށް ދޮންމަންމަ އަށް ކެއްކުމުގައި އެހިތެރިވެދިނުމަށް ވަދެލައެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ކޮންމެވެސް އެއްޗެކޭކިޔާފައި ޒިވާ ދޮންތި ހޯދަން ގޮވަލައެވެ. ދެކުދިން ގެ މި ގުޅުމާއި ލޯބި ފެނި ދޮންމަންމަ ޒަރިނާވެސް ޒިޔާ އަށް މާގިނަ ކަންތައްތަ ނުޖައްސާ ކޮންމެވެސް ކާއެއްޗެއް ދީފަ ޒީވާ އާއި ދެކުދިން ބައްޕަ ކައިރީ މަޑުކޮއްލާށޭ ބުނެ އަވަހަށް ފޮނުވާލައެވެ.

ޒީވާ ހުންނަނީ އުފަލުން ފޮޅިފައެވެ. ދެކުދިން ސަކަރާތް ޖަހަމުން ޒީވާ ދޮންތި އަތުގައި ނުޖެހި ދުވަމުން ގޮސް އެވަނީ  ދޮންބެ ލޫތުގެ ކޮޓަރި އަށެވެ. ލޫތު އަށް ހޭލެވުނީ  ޒީވާ ގެ އެ ތޫލިއަޑަށެވެ.  ދެން  ނޫން ދޮންތީ އޭ ކިޔާ ބާރުބާރަށް ގޮވަމުން ގޮސް ޒީވާ އެރީ ނިދާފައިއޮތް ލޫތުގެ އެނދަށެވެ.އެއާއިއެކު ޒީވާގެ ފަހަތުން ދުވަމުން އައި ޒިޔާވެސް އެކޮޓަރިތެރެއަށްވަނެވެ.

ލޫތު ނިދާފައި އޮތްކަން ޒިޔާއަށްވެސް އިނގެއެވެ، އެއީ އަބަދުވެސް ހުކުރުދުވަހު ލޫތުގެ އާދައެކެވެ. ހުކުރުދުވަހު ފަތިސް ނަމާދު ކޮށްލައިގެން ކޮފީ ތައްޓެއް ބޮއެގެން ލޫތު ނިދަންޖައްސާލައެވެ.  ލޫތު އަށް ހެނދުނު ގަޑީ ގައި ނިދާލަން ލިބޭ ހަމައެކަނި ދުވަހަކީ މިދުވަހެވެ. މުޅި ހަފްތާ އެއްކޮށްހެން އުޅެންގެހެނީ ވަރަށް އަވަދިނެތިއެވެ. އެހެންކަމުން، ޒިޔާމެން އަޑުގަދަ ކޮށް ކަންތައްތަ ކުރަނީވެސް ވަރަށް ބަލައިގެން ލޫތު އަށް އުނދަގޫ ނުވާވަރަށެވެ.

ނަމަވެސް  ކޮންމެ ހުކުރު ދުވަހަކުވެސް ދިހަގަޑި ބައިގަ ހޭލަން އާދަވެފައިވާ ލޫތު  މިއަދު އެއޮތީ އަދިވެސް ނިދާފައެވެ. އެހެންވެ ޒީވާ އާއި އެއްބައިވެގެން ޒިޔާވެސް އެކޮޓަރިއަށް މިވަނީ ލޫތު އަށް ޖެއްސުންކޮށް އުނދަގޫ ކޮށްގެން ވިޔަސް އޭނާ ހޭލައްވާލުމުގެ ނިޔަތުގައެވެ. ޒީވާމެން ގެ އަޑަށް ލޫތުއަށް ހޭލެވުނު ކަމުގައިވިޔަސް އަދިވެސް އޭނާ އެއޮތީ ނިދާފަ ކަމަށް ހެދިގެންނެވެ. އެހެން ކަމުން ޒީވާ ކުޑައިރުކޮޅަކު  ދޮންބެ ކައިރީ އޮތުމަށްފަހު މަޑުމަޑުން ކޮޓަރިން ނިކުމެގެން ދުއްވައިގަތެވެ. އޭނަގެ މަންމަ ގާތަށް ބަދިގެ ފަރާތަށެވެ. އެއްމެ ހައަހަރުގެ ޒީވާ ގޭތެރޭގައި އުޅޭއިރު ހީވަނީ އެ އުމުރުގެ ފިރިހެންކުއްޖެއް ހެންނެވެ. އެހާ ސިޔާސަކޮށް ތަންތަނަށް އަރާ ފުމެ ހަދާތީ ޒަރީނާ އުޅެންޖެހެނީ  އަބަދުވެސް ޒީވާގެ ފަހަތުންނުނެއްޓިއެވެ. އެ  ލޯބި ލޯބި ކުޑަކުޑަ ދޮން މޫނުމަތިން ކުރުކޮށް ކޮށާފައި އޮންނަ އިސްތަށި ކޮޅު އެއްފަރާތް ކުރަމުން ޒީވާ ބަދިގެއަށްވަނެވެ.

ޒިޔާ އެހާފަސޭހައިން ލޫތު ނިދަން ދޫކޮއްލާފަ ދާކަށް ބޭނުމެއްނުވިއެވެ. ލޫތުގެ މަގަތުން އެނދުގައި އިށީނދެލިއެވެ. ލޫތުގެ އެތަނަވަސް މޫނު ފެންނަނީ ވަރަށްވެސް  ތާޒާ ކޮށެވެ. ހީވަނީ ހަމަދާދިދެންމެއަކު ފެންވަރާ ހަދާލައިގެން އޮތް ހެންނެވެ. މަޑު ނޫކުލައިގެ މަޑުމަޑު ބޮޑު ރަޖާ ގަޑު މުޅިގައިގައި އޮޅާލައގެން އޮތް ލޫތުގެ ފެނުމުން ޒިޔާ ގެ ތުންފަތް މައްޗަށް ލާނެތް ހިނިތުންވުމެއްވެރިވިއެވެ. އެއާއިއެކު ލޫތު ބައްދައިގެން އޮތް ބާލީސް ދަމައިގެވެ. ލޯ ނުހުޅުވަން ކެތްކޮށްލައިގެން އޮތް ލޫތު އަކަށް ދެން އެގޮތުގައި ނުއޮވުނެވެ. ޒިޔާ އޭ ކިޔާ ފުންމައިގެން ތެދުވިއެވެ. ޒިޔާ ބާލީސް ހިފައިގެން ކޮޓަރީގެ ޑުރެސިންޓޭބަލް ބަހައްޓާފަ ހުރި ދިމާއަށް ދުއްވައިގަތެވެ.

އެވަގުތު ޒިޔާގެ ލޮލުގައި އަޅައިގަތީ ޑުރެސިންގ ޓޭބަލް މަތީ ބަހަޓާފައި ހުރި ފެންޖަގުތެރޭ ބަހައްޓާފައި ހުރި ބޮޑުރަތްފިނިފެންމާ ބޮޑިއެވެ. ޒިޔާ ބަލާކަންނުހުރެ އެމާބޮނޑި ނެގިއެވެ. “ވާއު! ވަރަށް ލޯބި …! ހާދަރީތި މާ ބޮނޑިއެއް ؟ ޓު މައި ލަވް މަލްހާ!  ޒިޔާ އެ މާބޮނޑީގައި އައްސާލެވިފައިވާ ފިޔާތޮށިކުލައިގެ ކުޑަ ކަރުދާސްކޮޅު ނިއުޅާލަމުން ބާރަށް ކިޔާލިއެވެ. އަނެއްކާ މީކޮން މުނާސަބާއެއް.. ؟ ޒިޔާ ލާނެތް ގޮތަކަށް ލޫތުއާއި ދިމާއަށް ބަލާލަމުން ސުވާލުކުރިއެވެ. ލޫތު އެނދުގައި ހަމަޖެހިލައިގެން ޒިޔާއާއި ވީފަރާތަށް އޮށޯވެލަމުން ބުންޏެވެ. “މިއަދު މިއީ މަލް ގެ އުފަންދުވަސް އެހެންވެ އޭނާއަށްދޭން ގަތް މާބޮނޑިއެއް. އެކަމަކު ރޭގަ އޮފީހުންއާދެވުނުލެއްލަސްވީމަ މަލްއަކަށް ތި ނުދެވުނު. އެހާ ދަންކޮށްފަ އެގެއަށްދާންނުކެރުނީ ، އެހެންވެ ބަހައްޓާފަ ތިހުރީ.. ޒިޔާ އަށް ތި ދީފާނަމޭ ތިހާ ބޭނުންވަންޏާ…! ލޫތު ވެސް ލާނެއް ހިނިގަނޑަކާއެކު ބުނެލިއެވެ. ” ނޫން !ނޫން! ތި މާބޮނޑި ޒިޔާ އަކަށް ހައްގެއްނޫން .. ތީ އެހެންމީހެއްގެ ހައްގެއް.. އެހެންނޫނަނަސް ތިހާވަރުން އުޅޭކަންނުވާނެ. އަދި ނޭގެއެއްނުން ފަހުން ވާނެގޮތެއްވެސް.! ޒިޔާ ވެސް ލޫތުއަށް ދޫދޭކަހަލަ ޚިޔާލެއް ނުކުރިއެވެ.

“އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ.. ތީ ހަމަ ޒިޔާއަށް ހީވާގޮތް. މަލް އަހަރެންދެކެ ވަރަށްލޯބިވޭ..!އަހަރެން މި އުޅޭހެން އުޅޭނެ މީހަކު މަލްހާ އަކަށް ނުލިބޭނެ….” ލޫތު ބުނެލިއެވެ.

އާން ! ތިހާ ބޮޑަށް ދީވާނާ ވާނެ މީހަކު ނުވާނެ ކަންނޭގެ..! ޒިޔާ ހީލާފައި މިހެންހަމަ ބުނުމާއިއެކު ލޫތުގެ އަތުގައި އޮތް ބާލީސް ޒިޔާ އާއި ދިމާއަށް ހޫރާލިއެވެ.

ތިޔެއް އެނގިދާނެ ! އަހަރެން ހުންނާނަން ޒިޔާ ކުއްޖަކާ ރައްޓެހިވެގެން އުޅޭގޮތް ބަލަން ..! ލޫތު އެނދުން ތެދުވަމުން ބުންޏެވެ. މަލާމާތް ކޮއްލާނަން އެދުވަހަކުން.. ހަނދާންކުރާތި..!

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nax

Level 110 Stories

Other Articles

Previous

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ސާދަވަނަ ބައި)

Next

އަގެއްނެތްލޯބި 1 ވަނަ ބައި

Next
August 19, 2017

އަގެއްނެތްލޯބި 1 ވަނަ ބައި

Previews
August 18, 2017

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ސާދަވަނަ ބައި)

15 Comments!

  1. ??? says:
    August 18, 2017 at 11:19 pm

    Hey me first dhw nice but haada kurey

  2. Shaa says:
    August 18, 2017 at 11:33 pm

    Thedheh haadha kurey

  3. khajja says:
    August 19, 2017 at 1:11 am

    Stry v rythi ekam kurukamun dhw abadhu mivarah kiyaa iruves mi stry liyaa nax hithah hama ekachchevves naarany baa ey hithan araa ehen myhennama hithan undhagoovegen viyas mi avvureves dhigukollaane kan yageen kykkuraany mivaru ok vaane kanneynge stry nuliyunas ???????????

  4. Wonder girl says:
    August 19, 2017 at 1:53 am

    Is this vaa loabi engeynama ge copy eh??

    1. pinkish says:
      August 19, 2017 at 3:49 am

      Same story hen heevanee name change kohfa dhw

  5. Zaain says:
    August 19, 2017 at 3:52 am

    Story nice….. but kuruvma v foohivey…. readers ge comment takahvs ehvs samaalukamey nudey writters eh ta mi??? v foohi dn aslu… writter ah libey kohme kurierumeyge fahatuga tibeyny readers dho… ekm Nax ekamey gaboolukuraa heney hiyey nuvey…. alhe dogeyta readers???

  6. Nern says:
    August 19, 2017 at 9:25 am

    haadha kurey thankolheh dhigukoh liyelabala varah reethi????

  7. Nax says:
    August 19, 2017 at 6:28 pm

    Sorry dear zaain . Actually I too want write more, it’s not I am not bothered about yours comments. I am happy to have a readers like you. Thanx . Dear The thing is these days l am v busy so that not getting enough time to write my story. Sorry for that. Hopefully next part I will upload little bit long. Ok

  8. Nax says:
    August 19, 2017 at 6:38 pm

    Thanks Zaain. Actually it’s not that I don’t want to write more But the thing is after starting of my story, that week onwards I was v busy. Actually I am writing this story @ my work place when ever getting a free time. So That now a day’s v busy , not getting enough time to write more. Aney ways hope fully from next part I will try to upload long. Okay. Thanks for your comments. Thanks readers.

  9. Zaain says:
    August 19, 2017 at 8:07 pm

    Mihaaru ufaaveyje…. Bxy ya bxy vaahakavs vaane bunelan… eyrah dho story kiyaalaa kudinnah ingeyney miveni sababakaa hurekan Story digukoh nuliyeveny…. k thanks Nax…. n kyp it up….

  10. naaaz says:
    August 19, 2017 at 9:17 pm

    Nihaa vaahaka vaa loabi egeynama film ge copy

  11. Nax says:
    August 20, 2017 at 4:25 am

    Hehehe. Really I am v happy that some are telling about thi film ge story aai v vahttharu vaahaka. But Actually I didn’t see that film and I didn’t know about it… It’s a coincidence if my idea and that films are vatharu vumakee. Hehehe. The thing is I am not interested to watch movies specially I didn’t see dhivehi films. And then also Thiya bunaa film Akaka vatharu veema now v balaahiyvehjje. Thanks for comments

  12. Nax says:
    August 20, 2017 at 4:30 am

    I wonder hama mi story ga me hushahalhaa haadhisaa thah Baaayee thiya bunaa film have fennanee.

  13. Naaz says:
    August 20, 2017 at 8:59 am

    last part hama same but dhen vaagoy kiyaeh nudheveyne eyrun kiyaakudhin foohivaane dho ok will see. keep it up

  14. aloo says:
    August 20, 2017 at 5:59 pm

    lowbi…waiting.. 🙂 🙂 🙂

Comments are closed.

Next Episodeޒިޔާ…. 8←


All Right Reserved!