Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޒިޔާ …(6)

Nax Level 110 Stories
August 16, 2017 3 Mins Read
7 Comments

ކުރީގެ އަދަދާއި ގުޅޭ……ބައްޕަ ބަލިއަޑަކުން ވާހަކަދެއްކިއެވެ. ކޮބާ ޒިޔާ ؟

ލޫތު ބައްޕަ ގެ ބޯ ދަށަށް އަތް ލެއްވުމަށްފަހު ކުޑަކޮށް އުފުލާލަމުން ފެން ބޯން ބައްޕައަށް އެހީތެރިވެދިނެއެވެ. އަދި ފެންބޮއި ނިމުމުން އެނދުގެ ބާލީސްތަށް ރަނގަޅު ކޮށްލުމަށްފަހު ބައްޕަ އަށް ފަސޭހަވާނެހެން ބާއްވާލަދިނެވެ. އެއާއިއެކު ބައްޕަ ގެ ސުވާލަށް ޖަވާބުދިނެވެ.” މިއީ ޒިޔާ ގެ ޓެސްޓް ދުވަސް ވަރު، އެހެންވެ އަޅުގަނޑު ޒިޔާ ގެއަށް ގެއަށްލާފަ މިއައީ.”  ލޫތު ދޮންބައްޕަގެ މޫނަށް ފަރުވާތެރި ކަމާއެކު ބަލާ ލަމުން ބުނެލިއެވެ. އެކަންބޮޑުވެފައިވާ މޫނުމަތިން ދޮންބައްޕަ  ޒިޔާ އާއި ދޭތެރޭ ވިސްނާވަރުދަނެގަންނަން ލޫތުއަކަށް މާ ދަތިކަމަކަށް ނުވިއެވެ.

” ޒިޔާ އާއިމެދު ކަންބޮޑުވެ  ނުލައްވާ ! އަޅުގަނޑު ޒިޔާ ގެ ކަންތައްތަށް ބަލަހައްޓާނަން. ޑޮކްޓަރު ވެސް ބުނުއްވީ ވީހާވެސް ބޮޑަކަށް ކަންތައްތަކާއި މެދު ނުވިސްނާ ވޭތޯ ބައްލަވާށޯ. ބޭބެ ދެން ނިދިކުރައްވަން ވީ ނޫންތޯ؟.. ” ލޫތު ވަރަށް ލޯތްބާއިއެކު ބުނެލިއެވެ.

ޒިޔާ ގެ ބައްޕަ އަލީ ޔޫނުސް ގެ މޫނުމަތިން ކުޑަކޮށް ނަމަވެސް ހިތްހަމަޖެހުމުގެ އަސަރު ފާޅުވިއެވެ. ވަރަށް ވިސްނުންތެރިކަމާއިއެކު ބޯޖަހައިލީ ލޫތުގެ ވާހަކަޔަށް އެއްބަސްވާ ފަދައަކުންނެވެ.” ބޭބެ އަށް އިނގޭ ލޫތު ޒިޔާއަށް ދެރަގޮތެއް ނަހަދާނެކަން. އެކަމަކުވެސް މިހިތަންއަރަނީ ބޭބެ ނެތް ދުވަހަކުން ޒިޔާ ވަރަށް އެކަނިވެރިވާނެދޯއޭ !  އަހަރެން ނެތަސް ޒިޔާ އަށް ދެރަގޮތެއްވިޔަ ނުދޭތި ! ” އަލީ ޔޫނުސް ވަރަށް މަޑުމަޑުން ވާހަކަދެއްކިއެވެ. އެއަޑު ގައި ވަނީ ރިހުމާއި މާޔޫސީ ކަމެވެ. އެއްވެސް އުއްމީދެއް ނެތް ފަދައެވެ.

އެއާއިއެކު ލޫތު ކަންބޮޑުވެފައި  އަނެއްކާވެސް ވާހަކަ ދެއްކިއެވެ. “އަޅުގަނޑު ޒިޔާ އަށް ދެރަވާކަހަލަ އެއްވެސް ކަމެއް ވިޔަކަ ނުދޭނަން. އަޅުގަނޑު ދެކެނީ ޒިޔާ އަކީ އަޅުގަނޑުގެ އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮ އެއްގެ ގޮތުގައި.” ލޫތު ގެ ވާހަކަ މިހާހިސާބަށް ދިޔަތަނާ ދޮންބައްޕަ  އޭނަގެ ވާހަކައާއި ދެކޮޅު ހެދުމުގެ ގޮތުން ބޯ ހޫރާލިއެވެ. ” ތިހެންނުވާނެ. ދުވަސް ކޮޅަކުން ޒިޔާ އެހެންމީހަކާ އިނދެފިއްޔާ! .”  ދޮންބައްޕަ ބުނެލިއެވެ.

” ނޫން ބޭބޭ.. ! ތިހެން ހީނުކުރައްވާ ! އިރާދަކުރެއްވިއްޔާ އަޅުގަނޑު ޒިޔާ ބަލާނަން. ޒިޔާ އަކީ މިކުޑަކުޑަ އާއިލާ ގެ ހުރި ހަމައެކަނި އަންހެން ކޮއްކޮ . އަޅުގަނޑުކޮންމެ ހާލެއްގަ އުޅެން ޖެހުނު ކަމުގައި ވިޔަސް ޒިޔާ އަށް އަޅުގަނޑު ބަލާނަން. ތި ބައްޕަ އަށްޓަކާވެސް…” ލޫތު އަށް މިހާހިސާބަށް ބުނެވުނު ތަނާ އޭނާގެ އަޑު ބެދުނެވެ. ލޫތުގެ ލޮލުން ކަރުނަ ހިލުނެވެ. ހިތަށް ކުރި އަސަރެއްގެ ބޮޑު ކަމުންނެވެ. ކުއްލިއަކަށް ދޮންބައްޕަ މިފެށި ވާހަކައަކުން ލޫތުގެ މާޒީ ހަނދާންވީ އެވެ.  ލޫތު އޭނާ ގެ މޫނު އަނެއްފަރާތަން އަނބުރާ ލަމުން އޭނާގެ ލޮލުން ވެއްޓެން ދިޔަ ކަރުނަ ތިކި ސިއްރުސިއްރުން ފޮހެލިއެވެ. ދޮންބައްޕަގެ ކުރިމަތީ ގައި ލޫތު ބޭނުންވީ ވަރަށް ހިތްވަރުގަދަ މީހެއްގެ ގޮތުގައި ހުންނާށެވެ. އެބައްޕަގެ ހިތްހަމަޖައްސައި ދިނުމަށެވެ.

ލޫތު ގެ މި ޔަގީންކަމާއެކުވެސް  ދޮންބައްޕަގެ ހިތްހަމަޖެހުނު ހެނެށް ހިޔެއްނުވެއެވެ. ދެންވެސް ފެނުނީ ވަރުބަލި ގޮތަކަށް ބޯހޫރާލި ތަނެވެ. ލޫތުއަކަށް އަދިވެސް ދޮންބައްޕަ ގެ އަސްލު ބޭނުން ފަހުމް ވާގޮތެއް ނުވިއެވެ. ދެން އިތުރަކަށް އެވާހަކަ ދައްކާކަށް ބޭނުންނުވާ ކަހަލައެވެ. ނޫނީ ވަރުބަލި ކަމުން އިތުރަށް އެ ވާހަކަދައްކަން ބޭނުންނުވީ ކަންނޭގެއެވެ. ދޮންބައްޕަ ކުޑައިރުކޮޅަކު އެހެން އޮވެލާފައި ދެލޯމަރާލިއެވެ.

ލޫތު ހުރީ ވަރަށް ކަންބޮޑުވެފައެވެ. އަނެއްކާ ބައްޕަގެ ހާލަތު އިތުރަށް ގޯސްވާ ތަންބަލަން ލޫތު އަށް ކެތްކުރެވިދާނެ ބާވައެވެެ. ސަބަބު ތަކެއްނެތިއެއްނޫނެވެ. އެކަމަށް ހުރަސްއަޅާނީ، އޭނާ ގެ އެ ހިތި މާޒީ އެވެ . ކުއްލިއަކަށް ލޫތުގެ ހިތަށް ގޮތް ނޭގޭ ބިރުވެރިކަމެއް ވެރިވިއެވެ.

އެއީ މީގެ ދިހަ ބާރަ ވަރަކަން އަހަރު ކުރިއެވެ.އެއީ 2004ވަނަ އަހަރު ގެ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހު  މުޅިރާއްޖެ ސިއްސުވާލި ބޮޑު ސުނާމީ ކާރިޘާ އާއިއެކު ލޫތުގެ އެއުފާވެރި އާއިލާއަށް ދިމާވި ހިތާމަވެރި ހާދިޘާއެވެ. ލޫތު ގެ އެކުޑަކުޑަ އާއިލާގެ ދިރުން ކަމުގައިވި އޭނާގެ އެންްމެ ލޯބިވާ ބައްޕަ މި ފަނާވަނިވި ދުނިޔެއާއި އަލްވަދާއުކިޔާލި ދުވަހެވެ. އުމުރުން އެންމެ ދިހަ އަހަރުގައި ލޯބިވާ ބައްޕަ ލޫތު އާއި ލޯބިވާ މަންމަ ދޫކޮށްފަ ދަމުން އެމަންމައަށް އަޅާލާ އޯގާތެރިވުމަށް ކުރި ވަސިއްޔަތެވެ. އެދުވަހު އޭނަގެ ލޯ ކުރިމަތީގައި އެބައްޕަ މަރަށްތެޅުނު ހަނދާނެވެ.  ބައްޕަގެ އެންމެ ފަހު ނޭވާ ދޫ ކޮއްލި ހަނދާނެވެ.

ލޫތުގެ މި އެކަނިވެރި އާއިލާ އަށް އެހީތެރިކަމުގެ އަތެއް ފޯރު ކޮށްދެއްވި މާލޭގެ އެ ހިތްތިރި ، ނިކަމެތިންނަން އަޅާލުމުގައި ދެވަނައެއް ނުވާފަދަ ލާމަސީލު ވިޔަފާރިވެރިޔާ އެވެ. 3 އަހަރުގެ ލޯބިލޯބި  އަންހެން ދަރިފުޅެއްގެ ބައްޕަ އެކެވެ. އަލަތު ކައިވެނީގައި އެޅި މޭވާ ދޮންވެ މި ވުޖޫދަށް އައި ދުވަހު އެ ފައްކާކުރަން މިންނެތް މަސައްކަތް ކުރެއްވި ފަރާތް ވަނީ އަބަދުގެ އަބަދަށް އަލީ ޔޫނުސް އާއި ވަކިވެފައެވެ. އެތުއްތު ތުއްތު ފުރާނަ އޭނާ އާއިހަވާލު ކޮށް އަމާނާތްތެރި ކަމާއިއެކު ބަލައިދިނުމަށް ވަސިއްޔަތް ކުރަމުންނެވެ.

މުޅި އަތޮޅުގެ ހާލަތު ބައްލަވަން ށާއި ، ހާލުގައި ޖެހިފައިތިބި އާއިލާތަކަށް ދީލަތި އެހީތަކެއްވެދެއްވަން ކުރެއްވި ދަތުރެއްގައި ލޫތުގެ މަންމަ ޒަރީނާ ގެ ކައިވެންޏަށް އެދުނު ފަރާތަކީ އަލީ ޔޫނުސެވެ. ހިތާއި ދެކޮޅަށް ނަމަވެސް އެދުވަހު މަންމަ އާއި ދެކޮޅަށް އެއްވެސް ބަހެއް ނުބުނެ މަންމަ ގެ އެ ކައިވެނަޏަށް ލޫތު މަރުހަބާ ކިޔެވެ. އެހާ އަވަހަށް ލޯބިވާ ބައްޕަގެ މަތިން މަންމަ ހަނދާންނައްތާލީ ނޫން ކަން އެގިހުރެއެވެ. އެހެނަސް އެ ލޯބިވާ ބައްޕަ އެންމެ ބޭނުންވާ ކަންތައްތައް ފުރިމަ ކުރުމުގެ ނިޔަތުގައި މަންމަ އެވާ ގުރުބާނީގައި ފުރިހަމަޔަށް ބައިވެރިވުމަށެވެ.

ބައްޕަގެ އުއްމީދު ތައް ހާސިލުކުރުމުގެ ނިޔަތުގައެވެ. އެދުވަހު ލޫތު ގެ މުސްތަގްބަލަށް ޓަކައި އެ މަންމަގެ އަތުގައި ހިފީ އަލީ ޔޫނުސެވެ. ލޫތު އަށް ގެއްލިފައިވާ ބައްޕަ އެއްގެ ލޯތްބާއި ކުލުނު ހޯދައިދިން ފަރާތަކީ އޭނައެވެ. ލޫތު މީހަކަށް ހަދައިދިނީ މި ބައްޕައެވެ. އެހެން ކަމުން ލޫތު މި ބައްޕަގެ އެއްވެސް އެދުމެއް ބޮލާލާ ނުޖަހަނެކަން އެ ބައްޕަ އަށް ޔަގީނެވެ. މި ހާރުވެސް ދޮންބައްޕަގެ އެދިލެއްވުމަކަށް އެއާއިލާގެ ހުރިހާ ކަމެއްހެން އެ ބަލަހައްޓަނީ ލޫތެވެ. ޚާއްސަ ގޮތެއްގައި ދޮންބައްޕަގެ އެ ދުވަސްވީ ވިޔަފާރީ ގެ ހުރހާ ކަމެކެވެ.

މި އަދު މާކެޓިން މެނޭޖަރ އެއްގެ މަގާމްގައި އެބައްޕަގެ އަމއްލަ ވިޔަފާރި ކުންފުނީ ގައި ވަޒީފާ އަދާ ކުރަމުން މިދާ ޒުވާން “ބިޒްނަސް މޭން” އަކީ ލޫތު އެވެ. ……..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nax

Level 110 Stories

Other Articles

Previous

މަލާކް… 20 ވަނަބައި

Next

މަލާކް… 21ވަނަބައި

Next
August 16, 2017

މަލާކް… 21ވަނަބައި

Previews
August 16, 2017

މަލާކް… 20 ވަނަބައި

7 Comments!

  1. ??? says:
    August 16, 2017 at 3:25 pm

    Haadha kurey…dhigukoh up kobba??

  2. ??? says:
    August 16, 2017 at 3:47 pm

    Pls digukolaba me loabi GE vaahakaetha reethi pic eh laaba pls pls pls pls pls pls pls ??

  3. aloo says:
    August 16, 2017 at 5:05 pm

    nice….bt adhi dhigukoh genesfiyyaa reethi vaane…. 🙂 🙂

  4. khajja says:
    August 16, 2017 at 8:25 pm

    Masha allah stry rythi ekam maabodavves kuru mivaahaka up koh dheyleh plx mistry miavvure dhigukongenesdhybalaasheyyyyyyyyy plxxxxxxxx???

  5. Ethan says:
    August 16, 2017 at 8:48 pm

    alhe’ thankolheh dhigukoh genes dhevidhaane’ tha??? varah loabin mi ahaalee … evarun ves dhigokoh liyaathw .. .

  6. Zaain says:
    August 16, 2017 at 10:19 pm

    Sahaadey…. mivarakun nuvaane…. feeling boring…..

  7. shiu says:
    August 17, 2017 at 12:23 pm

    Vaaloabi ingeynama kalaa….vvv vahtharu…. reeth….good luck….

Comments are closed.

Next Episodeޒިޔާ…(7)←


All Right Reserved!