Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

2:30 ނުވަވަނަ ބައި

Ushaali Level 810 Stories100 Comments100 Stories500 Comments
August 17, 2017 8 Mins Read
22 Comments

ވާނީވެސް އެހެންތާއެވެ. ރަޔާހީން ވެއްޓެން އައި މަންޒަރު އެތަނުގައި އެވަގުތު ތިބި މީހަކަށް ވިއްޔާ ވަނީ ފެނިފައެވެ. ޔަޤީނުން ވެސް އެއީ މަރުގެ އެތިފަހަރެކެވެ. ވީއިރު މިހާރު ރަޔާހީން ސިޑީމަތީގައި ސަލާމަތުން ކޮޅަށް ހުރިތަން ފެނުމުން ބަލަން ތިބި މީހުން ނުސިހޭނެ ހެއްޔެވެ؟ އެކުޑަވަގުތު ކޮޅުގައި އޭނާ ސަލާމަތްވީ ގޮތެއް ހުދު އޭނައަކަށް ވެސް ނޭނގެއެވެ. ރަޔާހީން ދެފަރާތް ބަލާލީ ފެންނަ ހިސާބުގައި ބީ ފެންނަން ހުރިތޯއެވެ. ނަމަވެސް އެހިސާބުން ބީ ގެ އެއްވެސް ނިޝާނެއް ފެންނަން ނެތެވެ. އެހެންނޫނަސް އޭނާ އާއި ބީ ބައްދަލުނުވާތާ މަހަކަށް ވުރެ ގިނަ ދުވަސްވީއެވެ. އޭނާ ސަލާމަތްވި ގޮތަކާއި މެދު އޭނާ ހިތުގައި ވެސް ވަނީ ސުވާލު އުފެދިފައެވެ.

“ހީން! ކިހިނެއް އޭރުގައި އެވީ. ރަނގަޅުތަ؟ ތަދުވިތަ އެއްވެސް ތަނަކަށް” ރަޔާހީން ކައިރިއަށް އައިސް ހުއްޓުނު އިރުފާން އަހާލިއެވެ.

“ހޫމްމް…. ނުވޭ ތަދެއް. ފައި އެޅުނު ގޮތަކުން ކަންނޭނގެ ނުވެއްޓުނީ. އަލްހަމްދުލިއްލާހި” ރަޔާހީން މޭގައި އަތް އަޅާލަމުން ބުނެލިއެވެ.

އެކަމަކު ދަރިފުޅާ. މަންމަގެ ލޮލަކަށް އަދިވެސް ޤަބޫލެއް ނުކުރެވޭ އެވީ ކަންތައް” ފީރޯޒާ ވެސް ރަޔާހީން ކައިރިއަށް އައިސް ހުއްޓެމުން އަހާލިއެވެ.

“އަޅާނުލާ މަންމާ. އުފަލަކީ އަހަރެންގެ ހީން އެ ހާދިިސާ އިން ގެއްލުމެއް ނުލިބި ސަލާމަތްވިކަން. ދެން ވެސް ބަލައިެން އުޅެއްޗެ ދޫންޏާ” އިރުފާން ރަޔާހީން ގަޔާ ކައިރިކޮށްލަމުން ބުނެލިއެވެ. އެވަގުތު ރަޔާހީންގެ ދެލޯ ދަތުރުކޮށްލީ އޭނާ އަށް ފުރަގަސްދީ ނިކުންނަން ދިޔަ ވިކްޔަން އަށެވެ. އޭނަ ވިކްޔަން އަށް ބަލަން އިރުފާންގެ މޭގައި ބޯއަޅާލައިގެން ހުރީ ހީލަން ވެސް ނޭނގިފައެވެ. ވީގޮތެއް ނޭނގި އޭނާ ވަނީ ޖެހިލުންވެފައެވެ.

 

ދަބަސް އެއްއަތުން ހިފައިގެން ވަރުބަލި ކަމާއެކު ގެއަށް ވަދެގެން އައި ނަޔާޝީން ފެނި ސޯފާގައި ޚަތިމެއް ހިފައިގެން އިން އާބިދާ ބަލާލިއެވެ. އަދި މައިދޮރާއި ދިމާލުން މަތީގައި ހަރުކޮށްފައިހުރި ގަޑިއަށް ބަލާލިއެވެ. ނަޔާޝީން ވަޒީފާ އަށް ދާން ފެށިފަހުން އަދި ދުވަހަކު ވެސް މިވަގުތު ގެއަށް އައިސްފައި ނުވާތީ އާބިދާ ޚަތިމު ލައްޕާލުމަށްފަހު ލޮލުގައިވާ ނަންބަރު އައިނު ނަގަމުން ކައިރީގައި ހުރި ކުޑަމޭޒު މަތީގައި ބާއްވާލިއެވެ. ވަގުތަކީ ރައިނީވެސް އަދި ނައުޝީން ވެސް ގޭގައި ނެތް ވަގުތެކެވެ.

“ދަރިފުޅާ މިވަގުތު. ޠަބީޢަތު ރަނގަޅުތަ؟ އާބިދާ އޭނާގެ ކައިރިއަށް ސޯފާ ގޮނޑިއަށް ވެއްޓިގަތް ނަޔާޝީން ނިތްކުރީގަ އާއި މޫނުގައި އަތްލަމުން އަހާލިއެވެ. އާބިދާ ސިހުނީ ނަޔާޝީން ހުންގަދަވެފައި ހުރި ވަރުންނެވެ. ނަޔާޝީން ހަށިގަނޑުގައި އެއްވެސް ވަރެއް ނެތް އިރު ދެލޯ ވެސް އޮތީ މެރިފައެވެ. އާބިދާ އަށް އިނދެވުނު ތަނެއް ވެސް ނޭނގުނެވެ. ތެޅިގަނެ ބިރުގަތްވަރުން ލޭވެސް މައްޗަށް ޖެހިލާނެ ކަން ކަށަވަރެވެ. ނަޔާޝީންގެ ބޭރަށް އެލިފައިވާ ދެފައި ސޯފާ މައްޗަށް އަރުވާ ބޯދަށަށް ކުޝަންއެއް ލައްވާލުމަށްފަހު ކެތްމަދުވެފައިވާ އާބިދާ ތެދުވީ ފެންތައްޓެއް ބަލާ ދިޔުމަށެވެ.

އެވަގުތު ފޯނެއްގައި ހުރެ ރަޔާހީން ގޭ ދޮރުން ވަތްތަން ފެނި އާބިދާ އަށް ރޮއެގަނެވުނެވެ. ރަޔާހީނަށް ވެސް ދުވެފައި އާބިދާ ކައިރިއަށް އާދެވުނެވެ. ގޮނޑީގައި އޮތް ނަޔާޝީން ޔަޔާހީނަށް ފެނުނީ ދެނެވެ. ކުޑަކަކޫމަތީ އިށީނުމަށްފަހު ނަޔާޝީނު މޫނުގައި ހިފާ ދެކޮޅަށް ތަޅުވާލުމަށްފަހު ގޮވަންފެށިއެވެ. އޭރު ފެންތަށި ހިފައިގެން އާބިދާ ރަޔާހީން ކައިރީގައި އައިސް ހުއްޓެނީއެވެ.

“މާމާ! ނަޔާ އަށް ކިހިނެއްވީ؟” ނަޔާޝީންގެ މޫނުގައި ފެންފޮދެއް ހާކާލަމުން އަހާލިއެވެ.

“ނޭނގެ މާމައަކަށް. މާމަ މިތާ އިންދަ ކުއްލިއަކަށް ވަދެގެން އައިތަން ފެނުނީ… ދެން މިތަނަށް ވެއްޓިފަ އަނބުރައިގަތީ” އާބިދާ ރޮވިފައިވާ އަޑަކުން ރަޔާހީނަށް އޮޅުންފިލުވާ ދިނެވެ. ދެލޯ ދެފަހަރަކު ތަޅުވާލުމަށްފަހު ނަޔާޝީން ދެލޯ ހުޅުވާލިއެވެ. ކުރިމަތިން ކަންބޮޑުވެފައި ތިބި ރަޔާހީނާއި މާމަ ފެނުމާއެކު ނަޔާޝީން އެހާލުގައި ވެސް ހީލެވޭތޯ ބެލިއެވެ. ތެދުވަން އުޅުމުން އާބިދާ އިށީނުމަށްފަހު ނަޔާޝީން ގަޔާ ގާތްކޮށްލިއެވެ. އެވަގުތު ރައިނީ ވެސް ނައުޝީނާއެކު ގެއަށް ވަދެގެން އައެވެ. ނައުޝީނަށް ރަޔާހީން ފެނުމާއެކު އައިސް އޮޅުލައިގަތެވެ. ނަމަވެސް ކަންބޮޑުވެފައި ހުރ ރަޔާހީން ނަޔާޝީންގެ އަނެއް ފަރާތުން އިށީނދެ ނަޔާޝީން ބޮލުގައި ފިރުމަންފެށިއެވެ.

“ކޫއްތަ ނުބުނަންތަ އެ މިރުޒާ އަކީ މީހަކު ހިތާވާ ވަރުގެ މީހެއް ނޫނޭ… ނަޔާ އަށް ކޫއްތަ ބުނި އެއްޗެއް އެއްވެސް އެއްޗަކަށް ނުވި ވިއްޔާ….” ރައިނީ އެބުނި އެއްޗަކުން ރަޔާހީނަށް ސިހުމެއް ލިބުނެވެ. މިރުޒާ އަކީ އޭނާ އަހާފައިވާ ނަމެކެވެ. އޭނާ ކުޑަކޮށް ހަނދާންކޮށްލިއެވެ. އެނަން އޭނާ އަށް އިވުނީ ކޮންތާކުންހެއްޔެވެ؟ އާނ ހަނދާންވެއްޖެއެވެ. މިރުޒާ އަކީ މާކިލް ގެ އެންމެ ގާތް އެކުވެރިޔާއެވެ. އެކަމަކު މިރުޒާ އާއި ނަޔާ ކޮންގުޅުމެއް ހެއްޔެވެ؟ ރަޔާހީން ކަންބޮޑުވެފައި ނަޔާޝީނަށް ބަލާލިއެވެ. އާބިދާ ވެސް އިނީ ނަޔާޝީނަށް ބަލަހައްޓައިގެންނެވެ.

“ވެއިޓް ކޫއްތާ! ކޮން މިރުޒާއެއް؟ ނަޔާ ބޯއީފްރެންޑެއް ނެގީ ކޮންއިރަކު؟ އެއްވެސް މީހަކު ކީއްވެ އަހަރެން ކައިރީގައި ނުބުނީ… އެނގިއްޖެ މީހަކާ އިނދެގެން އަހަރެން މިގެއިން ދިޔައިމަ މީ އެއްވެސް މީހަކަށް ނުވީ ދޯ… ބީރައްޓެއްސަކަށް ވީ ދޯ” ރަޔާހީނަށް ރޮވުނެވެ. އާބިދާ އަވަހަށް ތެދުވެ ރަޔާހީންގެ ދެލޯ ފޮހެލިއެވެ. އޭނާގެ އެއްވެސް މާމަދަރިއަކު އެގޮތަށް ރޮއެ ހިތާމަކުރާ މަންޒަރު ބެލުމަކީ އޭނާ އަށް ކުޅަދާނަ ކަމެއް ނޫނެވެ. ކުޑަދުވަހު މައިންބަފައިން ވަކިވެފައިވާ އެކުދިންނަކީ އޭނާގެ ހަށިގަނޑުގެ އެއްބައެވެ.

“އަސްލު ވީގޮތަކީ ނަޔާ ވަރަށް ފަހުން ބުނީ މިރުޒާ ކިޔާ ކުއްޖަކާއި ރައްޓެހިވެގެން އުޅޭ ވާހަކަ. އެއީ މަގުމަތީގައި ލާޗާރު ބިޗާރަށް އެނބުރޭ ފިރިހެނެއް. ހުންނާނީ ވެސް އެހާ މުޑުދާރުކޮށް. ފަޓްލޫނެއް ލިޔަސް ސޯޓެއް ލައިގެން ހުއްޓަސް ފޫކޮޅުން އޮންނާނީ ސޮހިފައި. އެހެންނުވާނީ ފޫކޮޅުގަ ނުހުރޭވިއްޔާ ކާށިކޮޅަކާއި އެކު ކާލާނެ މަސްކޮޅެއް ވެސް… ކޫއްތައަކަށް ނޭނގެ ނަޔާ އޭނާ އާއި މޮޔަވީ ކީއްވެކަމެއް…އަޅެ ހީން އަހާބަލަ… އޭނާ އާއި ގުޅުން ކަނޑާލާށޭ ބުނި ފަހުން ކަނީއެއް ނޫން. ދެން ހަށިގަނޑުގެ ވަރުދެރަވާނެދޯ….” ރައިނީގެ ވާހަކަތަކާއި އަޑު ހުރި ގޮތުން ވެސް އެކަމާއި އޭނާ ހިތްހަމަނުޖެހިފައިވާ މިންވަރު ރަޔާހީނަށް އެނގުނެވެ.

ރަޔާހީން ރައިނީ ކޮނޑުގައި ބޯއަޅާލައިގެން އޮތް ނަޔާޝީން އަތުގައި ހިފާ ނެގިއެވެ. އަދި އުނަގަނޑުގައި އަތްއަޅާލައިގެން ހުރެ ނަޔާޝީންގެ ކޮޓަރިއަށް ވެއްދިއެވެ. އެނދުގައި ނަޔާޝީން ބޭންދުމަށްފަހު ސައިޑްކަބަޑް މަތީގައި ހުރި ޖަގުން ފެންތައްޓެއް އަޅާފައި ނަޔާޝީން ގެ އަތަށް ލައިދިނެވެ. ނަޔާޝީން ފެންފޮދެއް ބޯލުމަށްފަހު ދެއަތުން ތަށީގައި ހިފާލައިގެން އިނެވެ. ރަޔާހީން މަޑުކުރީ ނަޔާޝީން އެއްޗެއް ބުނޭތޯއެވެ. އިރުކޮޅަކުން ތަބަކަށް ނޫޑްލްސް ތައްޓެއް ލައިގެން އައިސް ރައިނީ ރަޔާހީން ކައިރީގައި އެނދުގައި ބެހެއްޓިއެވެ. އަދި ނަޔާޝީން އަދި ރަޔާހީން ބޮލުގައި ފިރުމާލުމަށްފަހު އެކޮޓަރިން ނިކުމެ ދޮރު ލައްޕާލިއެވެ. ރަޔާހީން ނޫޑްލްސް ތަށިތެރެ އޮތް ސަމްސަލުން ކުޑައެތިކޮޅެއް ނަޔާޝީނަށް ލަވާލިއެވެ. ބަސްއަހާ ކުޑަކުއްޖެއް ފަދައިން ނަޔާޝީން ރަޔާހީންގެ އަތުން ކަމުންދިޔައެވެ. އެދެމެދުގައި އެއްވެސް މީހަކު އަނގައިންނެއް ނުބުނެއެވެ.

ކައިނިމުމުން ރަޔާހީން މަޑުކޮށްގެން ހުރީ ނަޔާޝީން އެއްޗެއް ބުނަންދެކަށެވެ. އޭރުން އޭނާ ދައްކަން ބޭނުންވާ ވާހަކަތައް ދައްކަން ފަސޭހަވާނެތީއެވެ. ނަޔާޝީނަށް ކެތްކޮށްލެވުނީ ކުޑައިރުކޮޅަކަށެވެ. އޭނާ އަށް ރޮވުނެވެ.

“ނަޔާ… ނުރޮއި. ދޮންތަ ވަކިވެގެން ދިޔަފަހުން ނަޔާ ގެ ވެސް އަދި ނައު ގެ ވެސް ހުރިހާ ޒިއްމާއެއްނެގީ ތިއްތައެއް ނުން. ތިއްތަ ހިއެއް ނުކުރަން ތިވަރުގެ ކަމެއް ވީއިރު ނަޔާ ތިއްތަ ކައިރީގައި ނުބުނެ ހުރެފާނެ ކަމަކަށް….” ރަޔާހީން ނަޔާޝީންގެ ބުރަކަށީގައި ފިރުމަމުން ބުންޏެވެ.

“އަސްލު ބޭނުމެއްނޫން މިރުޒާ އާއި ރައްޓެހިވެގެން އުޅޭކަށް. އޭނަ ބިރުދެއްކީ… ބުނީ ތިމަންނަގެ ބެސްޓްފްރެންޑޭ ކަލޭގެ ދައްތަގެ ދޮންދަރިއަކީ. ކަލޭ ތިމަންނަ އާއި ރައްޓެހިނުވިއްޔާ މާކިލް ލައްވާ ކަލޭގެ ދައްތަ ރޭޕް ކޮށްލާނަމޭ… މާކިލް މިހާރުވެސް އުޅެނީ އެކަން ނުވެގެންނޯ. އެކަމު މިހާރު އެކަން ކުރަން މާކިލް ހުރީ ހަމަ ހިފާފަޔޯ… ކުރިއަށް މިއޮތް އެއްމަސްތެރޭގައި އެކަން ކުރާނަމޯ…. ތިމަންނަ ނަޔާ ދެކެ ވަރަށް ލޯބިވަމޯ… ނަޔާ ރައްޓެހިވެއްޖިއްޔާ ކަލޭގެ ދައްތަ އެކަމުން ސަލާމަތްވާނެޔޯ….. ދެން ތިއްތަ ބުނެބަލަ އަހަރެން ބިރު ގަންނާނެވަރު… އަހަރެން އޭނާ އާއި ރައްޓެހިވީ ބިރުން…. އަހަރެން ހުރީ އޭނާ ސަލާމަތްވާނެ ގޮތެއް ނޭނގިފަ. އެހެންހުއްޓާ އޭނާ މާކިލް އާއި ކުރި ފޯނުކޯލެއްގަ ބުނާ އަޑު އިވުނީ ތިއްތަ ރޭޕްކޮށްލަން ގުރޫޕެއް ފޮނުވާ ވާހަކަ. އެގުރޫޕްގެ އިސްމީހަކަށް މާކިލް ހުންނާށޯ. މިފަހަރު ހޭއަރުވާލާނަމޯ…. އެހެންވެ އަހަރެން މިއައީ އެ މިރުޒާ އަށް ވަރަކަށް ބާވާލާފަ. ޖަހަންވެސް ޖަހާފަ. އެހެންވެ ބިރުގަންނަނީ…. އެމީހުން ކޮށްފާނެ ކޮންމެފަދަ ކަމެއް ވެސް. ތިއްތަ އަށް ކަމެއް ވެދާނެތީ ބިރުގަންނަނީ…..”

ނަޔާޝީނަށް ރޮވެންފެށުމުން ވެސް ހުއްޓުވާކަށް ވެސް ރަޔާހީން ހަނދާނެއްނެތެވެ. އޭނާ އިނީ ނަޔާޝީން ދެއްކި ވާހަކަ ތަކުން ޝޮކެއް ގައެވެ. މާކިލް ހަމަ އެހާ ނުލަފައީ ހެއްޔެވެ. އެގޭގައި އޭނާ އަށް ސަލާމަތެއް ނެތީހެއްޔެވެ؟ މާކިލްގެ ދުއްޕާންތަކުން އޭނާ އަށް ރެކެވޭނެ ގޮތެއް ނެތީ ހެއްޔެވެ؟ މާކިލްގެ ވަކިތަކުގެ ޝިކާރައަކަށް އޭނާ ވާނީ ހެއްޔެވެ؟ އެކަމުން އޭނާ ސަލާމަތް ކުރާނޭ ހަމަ އެއްވެސް މީހަކު ނެތީ ހެއްޔެވެ؟ ބީހާލް ކޮބާ ހެއްޔެވެ؟ އޭނާ ވީ ވަޢުދު ހަނދާން ނައްތާލީ ހެއްޔެވެ؟ އޭނާ ދިރުއުޅުން ޤުރުބާން ކުރީ އަމިއްލަ އަށް ވިޔަސް އެހީވުމަށް ބީހާލް ވެސް ވަޢުދުވުމުންނެވެ. އެކަން ބީހާލް ހަނދާން ނައްތާލީހެއްޔެވެ؟ ޖަވާބުނުލިބޭފަދަ ގޮތްނޭނގޭ ސުވާލުތަކުން ރަޔާހީންގެ ހިތަށް އަންނަން ފެށުމުން އޭނާގެ ދެލޯ ފެންކަޅިވިއެވެ. ނޭނގޭ ބިރުވެރިކަމެއް އޭނާގެ ހަފަރާތުން ވަށާލިއެވެ. އޭނާ ސަލާމަތްކޮށްދިނުމަށް އެދި ﷲ ށް ދުއާ ކޮށްލެވުނެވެ.

“ތިއްތަ ބިރުގަތީތަ؟ އިރާދަކުރެއްވިއްޔާ ތިއްތައަކަށް ކަމެއް ނުވާނެ. އެމީހުންގެ ރޭވުން ނާކާމިޔާބު ކުރައްވާށި” ރަޔާހީންގެ ލޮލުން ވެއްޓުނު ކަރުނަތިކި ފެނި ނަޔާޝީން ބުނެލިއެވެ. ރަޔާހީން ވެސް ނަޔާޝީން ގައިގާ ބާރަށް ބައްދާލިއެވެ. އޭނާ ހިތްވަރުކުރިއެވެ. އަމިއްލަ ނަފްސަށް ވަޢުދުވިއެވެ. އޭނާ އެދިރުއުޅުން ތެރެއަށް ވަނީވެސް ނިކަން ހިތްވަރު ކޮށްފައެވެ. އޭނާ އެހެރީ ދުވަހަކު ވެސް އަންހެންކުއްޖަކު ނުވާނޭ ފަދަ ބޮޑު ޤުރުބާނީ އެއް އާއިލާއަށްޓަކައި ވެގެން ގޮހެވެ. ވީއިރު އޭނާ ހިތްވަރުދެރަ ކުރާންވީ ސަބަބެއް ނެތެވެ. އަންހެނަކަށް ވިޔަސް މާކިލް އޭނާ އަށް އަމާޒުކުރާ ކޮންމެ ތީރަކުން އޭނާ ސަލާމަތްވާނެއެވެ. ބީހާލް ގެ އެހީއެއް ނެތަސް ހެވެވެ. އޭނާ އާއި އެކުގައި ހެއްދެވި ފަރާތް ވާނެއެވެ.

 

އާއިލާ އާއެކު ގިނަ ވަގުތުތަކެއް ހޭދަ ކުރުމަށްފަހު ރަޔާހީން އެނބުރި ގެއަށް ދިޔުމަށް ގެއިން ނިކުތްއިރު ގަޑިން ރޭގަނޑު ނުވައެއްޖަހާ ބޮޑުވީއެވެ. އިރުއިރުކޮޅުން ވާރޭ ވެހުމުގެ ސަބަބުން މުޅި ދުނިޔެ ވަނީ ރޭގަނޑުގެ އަނދިރިކަމަށް ވުރެ ވެސް ބޮޑަށް އަނދިރިކަން ވަށާލާފައެވެ. މަގުގައި ދުއްވާ އެއްޗެހި ވެސް ފުދޭ ވަރަކަށް މަދެވެ. ޓެކްސީއަކަށް ގުޅައިގެން ހުރެ ވެސް އެމަގުން މަދުން ނަމަވެސް ދަތުރުމުންދާ ޓެކްސީތަކަށް އަތް ނަގަމުން ދިޔައެވެ. ފޯނެއް އަންނަން ފެށުމުން ފޫހިކަމާއެކު އެއަށް ބަލާލުމަށްފަހު ހޭންޑްބޭގަށް ވައްޓާލިއެވެ.

ކުރިއަށް ރަޔާހީން ހިނގައިގަތީ މާބޮޑަށް ލަސްވާތީއެވެ. ކުޑަ ތަންކޮޅަކަށް ދެވުނުތަނާ އޭނާ ސިހުނީ މީހަކު އަތުގައި ހިފުމުންނެވެ. ސިހިފައި ފަހަތަށް ބަލާލުމާއެކު އަތުގައި އޮތް ހޭންޑްބޭގް ތަތްކޮށްލެވުނީ މޭގައެވެ. ކުރިމަތީގައި ހުރީ އެމީހަކު ދެކެ އޭނާ އެންމެ ނަފްރަތުކުރާ އިންސާނާއެވެ. ޔަޤީނެވެ. ނަޔާޝީން ބުނި ފަދައިން މިރޭ މީ އޭނާ ރޭޕްކުރަން މާކިލް ބުނި ރޭ ކަންނޭނގެއެވެ. ރަޔާހީން ބިރުގަތެވެ. ނަމަވެސް އެކަން މޫނުމަތިން ނުދައްކާ އޭނާ މާކިލް އަށް ދެލޯ އަޅާލިއެވެ.

“އޯއެމްޖީ…. މަގޭ ސްޓެޕްމަމް އެ އަޅާލި ދެލޮލެއް. ހުވާ މަގޭ ހިތް މިތާކު ނެތް މިހާރު…. މިކަހަލަ ރެއަކު ތިކަހަލަ ކުދިންނާއި ދުރުގައި ކިހިނެއް ހުންނާނީ؟ މިރޭ މީ އެންމެ ސަޅި ރޭ…… ހިނގާބަލަ ހިނގާލަން. ހުވާކޮށްފަ މިބުނީ ނުބުނާނަން ބައްޕަ ކައިރީ…..” މާކިލް ރަޔާހީންގެ އަތުގައި ހިފަން އުޅުމުން ރަޔާހީން އެ އަތް ފޮޅުވާލިއެވެ.

“ކުރިން ވެސް ބުނީމެއްނު މީ ކަލޭގެ ދޮންމަންމަ ކަން ހަނދާނުން ފޮހެނުލައްޗޭ… ލަދެއް ނުގަނޭތަ ތިފާޑަށް އުޅޭކަށް. މިތަނުންދޭ… އެހެންނޫނީ ފުލުހުންނަށް  ގުޅާނީ” ރަޔާހީން ދޫކުރާކަށް ބޭނުމެއް ނުވިއެވެ. އޭނާ ހުރީ ހަމަ ގޮތުގައި ހިފަހައްޓައިގެންނެވެ.

“މަންމީ… އަހަރެން ބިރުގަނެއްޖެ… އަހަރެން ބަލާ ފުލުހުން އެއޮށް އަންނަނީ.. އަހަރެން ސަލާމަތްކުރޭ…. ހެހެހެ…..” މާކިލް ރަޔާހީންގެ ވަށާ ކުޑަކުއްޖަކުހެން ކުޑަވެގެން ހިނގަމުން ކިޔަމުން ދިޔައެވެ. ރަޔާހީން މަގުގެ ދެފަރާތަށް ބަލާލީ އޭނާ އެހީއަކަށް އެދޭނެ މީހަކު ކައިރި ހިސާބަކު ހުރިތޯއެވެ. އެވަގުތު އޭނާ ސިހުނީ މޭގައި ލައްކޮށްލައިގެން ހުރި އަތްދަބަސް މާކިލް ޖަހައިގަތުމުންނެވެ.

“ދެން ބުނެބަލަ ފުލުހުންނަށް ގުޅާނެ ގޮތެއް. މަށަށް ޔަޤީން ފޯނު އޮންނާނީ މީގަކަން” ރަޔާހީން ނުވިސްނާ ހުއްޓާ މާކިލް އެކުރި ކަމަކުން އޭނާ އިތުރަށް ބިރުގަންނަ ގޮތް ވިއެވެ. މިވަގުތު އޭނާ ސަލާމަތަށް އެދޭނީ ވެސް ފަހެ ކާކު ކައިރިން ހެއްޔެވެ؟ ހަމަ އެހިނދުކޮޅުގައި ވާރޭކަނި ޖަހަން ފެށުމުން ކަންބޮޑުވެފައި ރަޔާހީނަށް އުޑު މައްޗަށް ބަލާލެވުނެވެ. ދުނިޔެ ވެސް މާކިލް އާއި އެއްބައި ވަނީ ހެއްޔެވެ؟ ކުއްލިއަކަށް މާކިލް ރަޔާހީން އަތުގައި ހިފާ ކައިރިއަށް ލުއްކެއް ޖަހާލިއެވެ. އެހިނދު ރަޔާހީން ގޮސް ތަތްވީ މާކިލްގެ މޭމަތީގައެވެ. މާކިލް ޓީޝާޓުން ދުވި ސިނގެރެޓް ވަހުން ރަޔާހީން މޭބޮޑުވެ އަނގަ މަތީގައި އަތް އަޅާލިއެވެ.

“މިކަހަލަ ރެއަކު ތިކަހަލަ ހެދުމެއްގައި ބޭރަށް ނިކުތީމަ މިކަހަލަ ލަނޑެއް ދޯ ލިބޭނީ…. ތި ރީތި ހަށިގަނޑު ތިހާމަ ވަނީ ވިއްޔާ… ހިނގާބަލަ ތަންކޮޅެއް އެކޮޅަށް ދާން” ވާރެއާއި އެކުވަމުން ދިޔަ އޭނާގެ ބޯ އިސްތަށިގަނޑުގައި އަތް ހިންގާލަމުން މާކިލް ބުނެލިއެވެ.

“ޗީ… ތިކަހަލަ ގޮތްކުޑަ މީހަކު އަހަރެން ދުވަހަކު ވެސް ނުދެކެން. މިހުރި ފިޔަވަޅު މަތިން އެންމެ ތަންފުކެއް ވެސް އަހަރެން ނުޖެހޭނަން. ކަލޭ ތީ ބޮޑު ފިނޑިއެއް. ތީ ކަމެއްވާ މީހެއްނަމަ މީހާގެ މުޅި އުމުރު ތިގޮތަށް ބޭކާރު ކޮށްނުލާނެ. ކަލޭ ހުންނަން ޖެހޭނީ މުޅި އުމުރުގައި ވެސް ތިގޮތަށް އިންނާނެެ މީހަކު ނުލިބިފަ….. އެހެންނޫނަސް ކިތައް ދުވަހު ތިގޮތަށް އަހަރެންނަށް ބިރު ދައްކައިފިން. ވިތަ ކަމެއް؟ މިރޭ ވެސް ބަލިވާނީ ކަލޭ…..” ރަޔާހީން އެންމެ ތަންފުކެއް ވެސް މާކިލް އަށް ދޫދޭކަށް ބޭނުމެއްނުވިއެވެ. ރަޔާހީނަށް ނޭނގުނީ އޭނާ އެބުނެލި ބަސްތަކުން މާކިލް އަށް އިތުރު ހިތްވަރެއް ލިބުނު ކަމެވެ.

ރަޔާހީން އެގޮތަށް ވާހަކަދައްކަން ފެށުމުން މާކިލްގެ އެތެރެހަށީގައިވާ ލޭތައް ކެކެން ފެށިއެވެ. އޭނާ އިންތިޒާރުކުރީ ރަޔާހީނަށް ކަމެއް މި އަންހެންކުއްޖާ އަށް ނޭނގެނީހެއްޔޭ ހިތަށް އަރަމުން ދިޔައެވެ. އޭނާ ދަތްކުނޑި ވިކާލަމުން ރަޔާހީނަށް ބަލާލީ އޭނާ ތަންކޮޅެއް ފަހުން ކުރަން އަޒުމް ކަނޑައަޅައިގެން ހުރި ކަންތައް މިވަގުތުން މިވަގުތަށް ނިންމާލަންވީއޭ ހިތަށް އެރުމުންނެވެ.

ވިއްސާރައިން ސަލާމަތްވުމަށްޓަކައި މަގުމަތީގައި ހަރަކާތްތެރިވަމުން ދިޔަ މަދު މީސްކޮޅު ހޮރު ތަކަށް ވަދެ ނިވާވުމުން މާކިލް ރަޔާހީންގެ އަތުގައި ހިފާލީ ރަޔާހީނަށް ގުޑުވާ ވެސް ނުލެވޭނެ ވަރަށެވެ. ރަޔާހީނަށް ސިހުމެއް ލިބި ތެޅެންފެށީ މާކިލްގެ އަތް ދަށުން ސަލާމަތް ވުމަށެވެ. ނަމަވެސް ރުޅި އައިއްސާ ހުރި މާކިލް އެއަށްވުރެ މާ ވަރުގަދައެވެ.

ބިރުން ރޫރު އަޅަމުން ދިޔަ ރަޔާހީން އޭނާ އަރައިގެން ހުރި ބޫޓުގެ ތޫނު ކަށި މާކިލްގެ ފައިތިލަ އަށް އަމާޒުކޮށް ކޮށްޕާލުމާއެކު މާކިލް ގެ ކަރު ބުޑޫން ވޭނީ ހަޅޭއްކެއް އަޑު ނިކުތެވެ. ރަޔާހީންގެ އަތުން އޭނާ ދޫކޮށްލެވުނީ ފަޔަށް އަޅަމުން ދިޔަ ވޭނަށް ކެތްނުވުމުންނެވެ. އަނެއް އަތުގައި އޮތް ރަޔާހީންގެ އަތްދަބަސް ވާރޭ ތެރެއަށް ދޫކޮށް އޭނާ އަށޤ ހުރި ދިމާލުން ތިރީގައި އިށީނދެވުނެވެ.

ވަގުތުގެ ބޭނުންހިފާ ރަޔާހީން ތިރީގައި އޮތް އޭނާގެ ދަބަސް ނެގިއެވެ. އަދި އައިކޮޅަށް ދުއްވައިގަނެވުނީ އޭނާ އަށް މިދެވެނީ ކޮންތަނަކަށް ކަމެއް ވެސް ނޭނގިއެވެ. ހަށިގަނޑަށް އިހުސާސް ކުރެވުނު ވަރުބަލިކަމެއްގެ ސަބަބުން ރަޔާހީނަށް ކޮޅަށް ހުރެވޭނެ ކަމުގެ ޔަޤީންކަމެއް ވެސް ނެތެވެ. އޭނާގެ ނޭވާ ހީވަނީ އުފުރިއަރާ ހެންނެވެ. ގައިގަ ހުރި ބާރެއްލާ އޭނާ ދުވާތާ ކޮންއިރެއް ހެއްޔެވެ؟  ދެންމެ ދެންމެ ހިތްހުއްޓެންއުޅެނީޔޭ ހިތަށް އަރަމުން ދިޔައެވެ. ކުއްލިއަކަށް ރަޔާހީންގެ ބޮލަށް އެނބުރުންއަރާ ފެންގަނޑު ތެރެއަށް ވެއްޓުނެވެ. އެވަގުތު އެމަގުން ދުއްވާފައި ދިޔަ ޓެކްސީ އޭނާ އަށް ފެނުނަސް އެހީއަކަށް އެދޭނެ ފަދަ ހިތްވަރެއް ނުލިބޭއެވެ.

ކައިރީގައި ހުރި މީހާ ވެސް ވަކިނުވާ ވަރަށް ބޯކޮށް ވާރޭ ވެހެމުންދިޔައިރު ކާރު އެހިސާބަށް މަޑުކޮށްލާފައި ފޭބި ވިކްޔަން ތިރިއަށް ބަލާލީ އޭނާ އަށް ކޮންމެހެން މީހަކު ވެއްޓުނުތަން ފެނިގެނެއްނޫނެވެ. ނަމަވެސް އެކަހަލަ ހީއެއް އޭނާ އަށް ވެގެންނެވެ. ބަންޑުން އޮތް އަންހެންކުއްޖާ ވިކްޔަންގެ ލޮލުގައި އަޅައިގަތުމާއެކު ދެއަތްމައްޗަށް އުފުލާލީ އިތުރު ވިސްނުމަކަށް ވެސް ނުގޮހެވެ. ކާރުގެ ފަހަތުޝީޓުގައި ރަޔާހީން ބާއްވާލުމަށްފަހު ވިކްޔަން އޭނާގެ ޝީޓުގައި މަޑުކޮށްލީ ވާރޭގެ ސަބަބުން ކާރު ކުރިއަށް ނުދުއްވޭނެތީއެވެ. އަންހެންކުއްޖެއްގެ ކުކުރުމުގެ އަޑު ކަންފަތުގައި ޖެހުމުން ފަހަތަށް އެނބުރިލިއިރު ސައިޑަކަށް އޮތް އަންހެންކުއްޖާ ކުކުރަނީއެވެ. ފިނިވެގެން ދެއަތް ދެއަތުުގައި އުނގުޅާ މަންޒަރު ފެނުމުން ވިކްޔަން އޭނާގެ ލައިގެން ހުރި ޖެކެޓް ބާލާ އޭނާ އަށް ފުރަގަސް ދީގެން އޮތް ރަޔާހީން ގައިމަތީގައި އަޅާލިއެވެ.

އެއީ ކޮންކުއްޖެއްބާއޭ ވިކްޔަންގެ ހިތަށް އަރަމުން ދިޔައެވެ. އެގޮތުން އެއްފަހަރު ރަޔާހީނަށް ބަލާލި ވަގުތު އޭނާގެ އަތުގައި އުޅަނބޮށްޓާއި ހަމައިގާ އޮތް ދަބަސް ފެނުނެވެ. އެއީ ކާކުކަން ދަބަހުން އެނގިދާނެ ކަމަށް ވިސްނާލުމަށްފަހު ރަޔާހީންގެ އަތްދަބަސް އޭނާގެ އަތަށް ލިއެވެ. އަދި މަޑުމަޑުން ހުޅުވާލިއެވެ. ދަބަސް ތެރޭގައި ނިވިފައިވާ ފޯނަކާއި ބައެއް މޭކަޕް ސާމާނުގެ އިތުރުން ދެން އޮތީ ޓޮބްލެރޯން ޗޮކްލެޓެކެވެ. މީހާގެ މައުލޫމާތު އެނގޭނޭ ފަދަ އެއްވެސް މަޢުލޫމާތެއް ހިމެނޭ އެއްވެސް އެއްޗެއް ވިކްޔަންއަކަށް ނުފެނުނެވެ.

ވާރޭ ހުއްޓާލަން ނޫޅުމުން ވިކްޔަން ޝީޓުގައި ހަމަޖެހިލި ވަގުތު އެދަބަސް ތެރޭގައި ހުރި ސީކްރެޓް ޕޮއިންޓެއް ފެނުނެވެ. ވިކްޔަން އެތަނަށް އަތްލުމުން އަތުގައި ޖެހުނީ ކަރުދާސް ގަނޑެކެވެ. އެކަރުދާސްގަނޑު ނެގުމަށްފަހު ރެވިން އޭތި ނިއުޅާލާ ބަލާލުމުން ލިބުނީ ސިހުމެކެވެ. މުޅިގަނޑު ފުރާ ‘ލަވްޔޫ ކޭވީ ، ސޮރީ ކޭވީ ، އަދި އެއްދުވަހަކުން ކޭވީ ގެ މީހަކަށް ވާނަން ، އައިލަވްޔޫ ކޭވީ، ޔުއަރ ރާޔަން’ ލިޔެފައި ބައެއް ތަންތަން ފަވާފައި ވެސް ހުއްޓެވެ. ވިކްޔަންގެ ދެލޯ ތަރަތަރަ ޖަހައިގެން ގޮސް ބަލާލެވުނީ ފަހަތުގައި އޮތް ރަޔާހީނަށެވެ. އެވަގުތު ވިކްޔަންގެ އުނގުމައްޗަށް ވެއްޓިފައި އޮތް ފޮޓޯގަނޑެއް ފެނުނެވެ. ވިކްޔަންގެ ދެލޯ މަރާލަން ޖެހުނީ އެފޮޓޯގައި އޭނާގެ އަތުތެރޭގައި ލޯބިކޮށް ހީލައިގެން އޮތް ރަޔާހީން ފެނުމުންނެވެެ. އިޚުތިޔާރަކާއި ނުލާ ވިކްޔަންގެ ދެލޯ ފެންކަޅިވެގެން އައެވެ. އޭނާ ދަބަސް ތެރެއަށް ހުރިހާ އެއްޗެއް ލުމަށްފަހު އަވަސް އަވަހަށް ކުރީ ޝީޓުން ފައިބާ ފަހަތު ޝީޓަށް ގޮސް އެރިއެވެ. ރަޔާހީންގެ ބޯ އޭނާގެ ފައިމަތީގައި ބާއްވާލުމަށްފަހު އެމޫނުގައި ލޯތްބާއެކު ފިރުމާލިއެވެ. ރަޔާހީންގެ ތުރުތުރުއަޅާ ދެތުންފަތް ފެނުމާއެކު ވިކްޔަންގެ އިނގިލިތައް ރަޔާހީންގެ ތުންފަތުގައި ބީއްސާލިއެވެ. މަޑުމަޑުން އޭނާ ރަޔާހީނަށް ގޮވަންފެށިއެވެ. އޭނާގެ އިޚްތިޔާރުން ބޭރުގައި ރަޔާހީންގެ އަތްތިލައިގައި ތުންފަތް ޖައްސާލުމާއެކު އަމިއްލަ އަށް ދުރަށް ވެސް ޖެހިލިއެވެ. އެއީ އޭނާ ކޮށްގެންވާނޭ ކަމެއް ނޫނެވެ.

އޭނާގެ އަތުން ރަޔާހީންގެ ޢިއްޒަތާއި އަބުރު ގެއްލިގެން ވެސް ދިޔައީ އޭނާ އާއި އެކުގައި މިކަހަލަ ރެއެއްގައި އެކަނި ވަނިކޮށެވެ. އެކަހަލަ ކަމެއް ތަކުރާރު ވާކަށް ވިކްޔަން ބޭނުމެއް ނޫނެވެ. އޭރާއި މިހާރު ހާލަތު ވެސް ތަފާތެވެ. އޭރުގައި ރަޔާހީނަކީ އޭނާގެ މުޅިޖާން ވިޔަސް މިހާރު ރަޔާހީނަކީ އޭނާގެ ދޮންބޭބެގެ އަންހެނުންނެވެ. ކުރެވުނު ކަންތަކުން ވިކްޔަންގެ ލަދުގަތެވެ. އޭނާ ކާރުގެ ކުރިއަށް އެރުމަށްފަހު ދުއްވާލީ ވާރޭ ކުރިއަށް ވުރެ ވެސް ތުނިކޮށް އެހެން އުޅަނދުތައް ވެސް އެ އެއްޗެއްގެ މަންޒިލަށް ދިޔުމަށް ދަތުރުފެށިތަން ފެނުމުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ބީހުން….(16)

Next

ވަކިވެގެން ތިޔަދިޔައީ މާދުރަށް ދުނިޔެއާ 4ވަނަބައި

Next
August 17, 2017

ވަކިވެގެން ތިޔަދިޔައީ މާދުރަށް ދުނިޔެއާ 4ވަނަބައި

Previews
August 16, 2017

ބީހުން….(16)

22 Comments!

  1. Ushaali says:
    August 17, 2017 at 2:26 pm

    assalam alaikum and alhamdhu lillah 🙂 mi bai ves hiyhama jehigen kiyaalaane kamah heekuran. mistake eh iniyya buneladheche. maadhama ehen baeh geneveytho balaanan. insha allah… 🙂 🙂

    1. Aisha says:
      August 19, 2017 at 3:17 pm

      Kobatha ahle 2:30 haadha lahey

    2. lals ? says:
      August 19, 2017 at 6:55 pm

      Alhey…hadha lahey..maybe because i am really impatient….but i really want to know whats going to happen next….avahah up kohdheebaaa…..puleeeez

  2. Laii says:
    August 17, 2017 at 2:47 pm

    Its beautiful❤❤

  3. reen says:
    August 17, 2017 at 2:55 pm

    Its just awsm????

  4. ina says:
    August 17, 2017 at 3:14 pm

    Vvv reethi

  5. Ainth says:
    August 17, 2017 at 3:26 pm

    Masha Allah mi baives v rythi..Dhen vaane gothakah inthixaaru kureveny..

  6. khajja says:
    August 17, 2017 at 3:27 pm

    Wm salaam ohhh wow masha allah v rythi v furihama?? heen ah dheragothennuhadhachchey n keevvebaa heen vikyge bro aa marry kuranjehuny? Kon majboory eh ovegenbaa? Stry v habeys thanks 4 the luv ly stry n v waitin ly ushaali????❤❤❤???????

  7. ??? says:
    August 17, 2017 at 3:43 pm

    awlhey vikyan aai heen gulhuvaba…varah salhi vaane eyrun…by the way storie varah reethi…☺?

  8. Luv says:
    August 17, 2017 at 3:45 pm

    To take revenge for her sister farheens death

    1. Luv says:
      August 17, 2017 at 3:47 pm

      Khajja ge question ge answer……

  9. Aish says:
    August 17, 2017 at 4:13 pm

    ⭐⭐⭐V salhi. ?????

  10. zaul says:
    August 17, 2017 at 6:17 pm

    wow v reethiii

  11. Juvey says:
    August 17, 2017 at 7:45 pm

    Wow v nice ????

  12. Ulya says:
    August 17, 2017 at 10:08 pm

    Lovvvvveee it ?

  13. nux says:
    August 17, 2017 at 10:40 pm

    alhey can’t waite hama obiness ???????????????well done dear next part avahah up kohladhehcey plx plx??

  14. Ushaali says:
    August 18, 2017 at 12:17 am

    awwww…. thankyou comment kolli huriha kudhin <3 <3 <3

  15. lals ? says:
    August 18, 2017 at 5:57 pm

    Hey ush…i looooooooooove your stories……comment nukurany hama lazy kamun ??….baraabarah mi vaahaka ves kiyan…..this is my favourite story and you are my favourite author…varah avahah dhen oii baii ves up kurachey….i am damn sure that this story is going to be a hit….???…by the way rayaaheen aa KV gulhuvachey…….irufaanugandu hama hang kuran v???….he should pay for his crimes….eyna ah kuraa varu adhi madhu…..ebey hama dhuvas dhuvvaalan v sahaadheh…..next part avahah up kurachey…love you ushaali?❤??????????

  16. $$$$$$ says:
    August 29, 2017 at 12:02 am

    kobaa tha 1 to 7 baithah ???

  17. Sharu says:
    September 2, 2017 at 1:54 pm

    Ushaali Can’t see part 1-7. please do something

  18. Maha says:
    September 2, 2017 at 11:09 pm

    I can’t see from part 1-8
    From 9th part I can see
    Please do something ush

  19. thalpalhey ? says:
    September 9, 2017 at 3:27 pm

    Keehve part 1-7 nethee?? Btw vaahaka varah reethi Masha Allah ??

Comments are closed.

Next Episode02:30 ދިހަވަނަ ބައި←


All Right Reserved!