Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަލާކް… 22ވަނަބައި

Hawwu (Layaa) Level 6100 Comments10 Stories500 Comments100 Login100 Stories
August 18, 2017 4 Mins Read
33 Comments

ފާހާނާގައި ހުރި މާހިލް ސިހުނީ އެއްޗެއް ވެއްޓުން ކަހަލައަޑެއްއިވުމުންނެވެ. ވީއެންމެ އަވަހެއްކޮއްލާފައި ތުވާލިއޮޅާލައިގެން ނިކުތް އިރު އެނދުމަތީގައި ނޫރާނެތުމުން މާހިލްއަށްހީވީ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ. ހުރިހާބޮކިތަކެއްހެން އެކީޖައްސާލުމާއެކު ޓައިލްތަށް މައްޗަށް ވެއްޓިފައި އޮތް ނޫރާ މާހިލްގެ ލޮލުގައި އަޅައިގަތެވެ. ނަސީބަކުން މާބޮޑުއަނިޔާއެއް ވެފައެއްނެތެވެ. ނަމަވެސް ނިއްކުރިވަނީ ދުޅަވެފައެވެ. އެހެންވެ އަވަހަށް މާހިލް ނޫރާނަގާ އަތްދަނޑި މައްޗަށްލައިގެން ނަގާ އެނދުގައިބާއްވާލިއެވެ. އަދި ގައިމަތީގައި ފޮތިގަނޑުއަޅާލިއެވެ. ނޫރާއޮތްހާލު މާހިލްއަށް ދެނެގަނެވުނީދެނެވެ. ކުޑައިރުކޮޅެއްކުރިން މާހިލްއަށް ކަންތަށްކުރެވުނުގޮތް ހިޔާލަށް އައުމާއެކު އަވަހަށް ފެންފޮދެއްއަތަށް އަޅާލުމާއެކު ނޫރާގެ މޫނުގައި ހާކާ ލިއެވެ. އަދި “ނޫރާ.. ނޫރާ..” އޭކިޔާ ގޮވަންފެށިއެވެ.
މިޝާއަށް މަލާކްމެންކައިރިއަށް ދެވުން އިރު އެކޮޅުގައި އިރުއޮއްސެނީއެވެ. އެހެންވެ ތިންކުދިން އެކީގަހެން މީރާންގެ މަންމައާއި ވާހަކަދައްކަން ތިބެފައިވަނީ ކޮޓަރިއަށެވެ. ތިންކުދިންނަށް ވަކިން ކޮޓަރި ހަމަޖެއްސިނަމަވެސް މިޝާވެސް ބިންޔާވެސް އަދި މަލާކްވެސް ބޭނުންވީ އެއްކޮޓަރިއެއް ޝެއަރ ކުރާށެވެ. ކާންގަޑިއަށް ދާންޖެހޭނެތީ ފަހަރަކު ކުއްޖަކު ފާހާނާއަށްވަދެ ތައްޔާރުވެލައިގެން ނިކުމެ ނަމާދުކޮށް އަށެއްޖަހާއިރަށް ރެޑީވެލިއެވެ. ބިންޔާވެސް މަލާކްކައިރިއަށް ބަދަލްވީފަހުން ބުރުގާއަޅަންފެށީ ޖަޒްލާންއާއި ދެން ދިމާވާއިރު ސަޕްރައިޒްވާނެކަން އެގިހުރެ އެވާހަކަ ނުވެސް ބުނެއެވެ. އަށެއްޖަހަން ފަސްމިނެޓަށް ވެފައިވަނިކޮށް ތިންކުދިން އެކީގަހެން ނިކުތީ އެއްވެސް ވަރަކަށް އެހާބޮޑު ސަޕްރައިޒެއްލިބިދާނެ ކަމަކަށް ނޫނެވެ. ތިންކުދިންނަށް އެކީގަހެން ލޯބޮޑުކޮށްލެވުނީ ކުރިމަތީގައި ތިބިމީހުން ފެނުމުންނެވެ. މައިޝާ އާއި މީރާންގެ އިތުރުން މަލާކްގެ މެންގެ ބައްޕަވެސް ހިނިތުންވެލައިގެންތިއްބެވެ. “ބައްޕާ” އޭބުނެ މަލާކްއަށް ގޮސް ހިޝާމްގައި ބައްދާލީ އެތަކެއްދުވަހެއްފަހުން ބައްޕަފެނުމުން ވީ އުފަލެއްގެ ބޮޑުކަމުންނެވެ. މިޝާ އާއި ބިންޔާވެސް އައިސް މައިޝާގައި ބައްދާލުމަށް ފަހު މީކިހިނެއްވީކަމެއްތޯ ސުވާލުކޮށްލިއެވެ.
” މިޝާއާއި އާއިއެކު އަހަރުމެންވެސް ފްލައިޓަށް އެރީ އެކަމަކު އެކަމެއް މިޝާއަކަށް ނޭންގޭނެ.. ބައްޕްބޭނުންވީ އެހާދުވަސްކޮށްފަ މަލްކޮއާއި ބައްދަލްވާއިރު ސަޕްރައިޒެއްދޭން..” “އެހެންވެ އަހަރުމެން މިޝާ ގެއަށް ދަންދެން އެއަރޕޯޓުގައި މަޑުކުރީ.. އަދި މަންމަ ކައިރީ ކާރުފޮނުވަދޭން ބުނީ .. މަލްކޮމެން ކޮޓަރިއަށްވަނީމަ މަންމަ ގުޅާފަބުނީމަ އަވަހަށް ގެއަށް އައީ.. މަންމަވެސް އަސްލު ވަރަށްމޮޅު އިނގޭ..” ކެއުމަށް އިންސާފުކުރަމުން ދިޔައިރު ހެމުން ހެމުން މީރާން އާއި މައިޝާ ކަންހިގާދިޔަގޮތް ކިޔާދިނެވެ. ” ދަރިފުޅުމުން ކޮންމެ ކުއްޖަކުވެސް އުފަލުގައި ހުރުން އެއީ މިމަންމަގެ އުފާ ހިތްހަމަޖެހުން.. މިގެއަށް އައިއްސުރެ މަންމަދެކުނީ މަލްކޮއަކީވެސް ހަމަ މަންމަގެ ދަރިއެއްގޮތުގަ.. ބިންޔާވެސް އެއީ ހަމަ އެހާ އަހްލާޤް ރަނގަޅުކުއްޖެއް އެހެންވެ މަންމަ ހަމަ އެއްވެސް ކުއްޖަކަށް ތަފާތެއްނުކޮށް އަމިއްލަ ދަރިން ފަދައިން ދެކެނީ.. ” ހިނިތުން ވުމާއެކު މީރާންގެ މަންމަވެސް އިތުރުކޮށްލިއެވެ. ” ކޮންމެކުއްޖަކުވެސް ބަސްއަހައިގެން އުޅެންޏާ ހުރިހާމީހުންގެ ލޯބި ވެސް ލިބޭނެ.. ދަރިފުޅާ މަލްކޮ ޗުއްޓީނިމެނީ ކިހާތާކު.. ” ހިޝާމްވެސް ހިތުގައި ވާއެއްޗެއް ހާމަކުރުމަށްފަހު ސުވާލުކޮށްލިއެވެ. ” ބައްޕާ އަދި އަޅުގަނޑު ކިޔެވުން ފެށެން އެބައޮތް ތިންހަފްތާ.. އެެންވެ މިހާރު ހަދަންދީފައި ހުރި އެސައިންމަންޓްތަށް ވެސް ނިމުމަކަށް އައިސްފި.. ބަކީ އޮތީ ތިން އެސައިންމަންޓް ނުނިމި.. ” އުފަލުން ހުރެ މަލާކް ޖަވާބުދިނެވެ. ” އެހެންވީމަ ބައްޕައަށް ފެންނަނީ.. އެކޮޅަށް ގޮސްލަން.. ކިހިނެއްވާނެ.. މަންމަގެ ފާތިހާ ދުވަހު ހުރިހާކުދިން ހަމަޔަށް ހުރީމަ ބައްޕަ ވަރަށް އުފާވާނެ.. ” ހިޝާމް ގެ ވާހަކަ އަޑުއިވިފައި މަލާކްއަށަ އުފަލުން ރޮވޭގޮތްވިއެވެ. މަލާކް ހުރީ މާލެދާހިތުން ކެތްމަދުވެފައެވެ.
ކެއުމަށް އިންސާފުކޮށް ނިމުންއިރު އެންމެންވެސް ޖެހިގެން އޮތްހަފްތާގައި ދާގޮތަށް ނިންމިއެވެ. އެކަމާއެންމެ އުފާވީ މީރާންއެވެ. އެހާދުވަހަށްފަހު މީރާންގެ މަންމަ ރާއްޖެދާން އެއްބަސްވީ ހިޝާމްގެ އެދުމުގެ މަތީން އެގޭގައި ހުންނަގޮތަށެވެ. ކައިނިމިގެން އެންމެން ވާހަކައި ސިޓިންރޫމްގައި ތިބިނަމަވެސް މިޝާއާއި ބިންޔާ ކޮޓަރިއަށް ދިޔައީ އެދެކުދިންނަށްވެސް ފޯނެއްއައުމުންނެވެ.
ނޫރާއަށް ހޭވެރިކަންވީއިރު ނުވައެއްޖަހާބޮޑުވެއްޖެއެވެ. އޭރު މާހިލްވަނީ ނޫރާ ހަށިގަނޑު ާފުކުރުމަށްފަހު ހެދުންވެސް ލައްވާ ހަދާފައެވެ. ލޯހުޅުވާލެވުމާއެކު “މާހިލް” އޭކިޔާ މަޑުމަޑުން ގޮވާލިއެވެ. މާހިލް އޭރު ކުރެވުމުކަންތަށް އިހްސާސްވެ ރޮއިރޮއި ވަނީ ދެލޯ ރަތްވެފައެވެ. ކިތަނމެ ރުޅިއައިނަމަވެސް ދުވަހަކުވެސް ނޫރާއަށް އެހެންހަދާކަށް އޭނާ ބޭނުމެއްނޫނެވެ. ނަމަވެސް ރުޅިއަކީ ތިމާގެ އިހްތިޔާރުން ބޭރުކޮށްލާއެއްޗެއް ކަމުން މިއަދު މާހިލްއަށްވަނީ އެގޯސްވެސް ހެދިފައެވެ.
ނޫރާގެ އަޑު އިވުމާއެކު އަވަހަށަ މާހިލް ނޫރާގެ އަތުގައި ހިފާލިއެވެ. އެއާއެކުއެކެއް ފަހަރަކު މާފަށްއެދުނެވެ. އެތަކެއް ވާހަކައެއް ދެއްކުމަށްފަހު ނޫރާ ހަމަޔަކަށް އެޅުމުން.. މާހިލްއަށް ކަންކަން އޮޅުންފިލުވާދިނެވެ. އަރޫން ކައިވެނި އަވަސްކުރަން ބޭނުންކަމާއި ތާރީހެއްވެސް ކަނޑައަޅާފައިވާކަމެވެ. އަދި މިއަދު ވީގޮތުން ޓެސްޓްވެސް ހެދިވާހަކައެވެ. މާހިލްއިނީ ބުނާއެއްޗެއްވެސް ނޭންގިފައެެެވެ. އަނެއްކޮޅުމިރޭ ކަންތަށް ކުރެވުންގޮތުން ނޫރާ އިތުރަށް ޓެސްޓްހަދަން މަޖުބޫރުވާނެކަން ވެސް ހަނދާންވިއެވެ. “ސޮރީ.. ދޫންޏާ.. މިރޭކަންތަށްމިވީ ރަނގަޅަކަށްވެސްނުން.. ބޭސްއެބަހުރިތަ.. ” ހާސްވެފައި މާހިލްސުވާލުކޮށްލިއެވެ. ނޫރާ ބޯހޫރާލީ އެބުނީކީކޭކަން އެނގުމުން އިސްޖަހާލުމާއެކުގައެވެ. “އެކަމާ މާހިލްއުޅޭނަން.. ދެންހިނގާ ގެއަށްދާން އަވަހަށް މިހާރު އެހެރަގެން ދިހައެއްޖަހަނީ.. ” މާހިލް ވެފައިވާ ހާސްކަމާއެކު ގަޑިބަލާލުމަށްފަހު ތެދުވިއެވެ. ނޫރާވެސް ހަމަޔަކަށް އެޅިފައިވުމުން މަޑުމަޑުން މާހިލްއާއި އެކުގައި ނިކުތީ ގަޑިންވީއިރު އެނގުމުން ނުތަނަވަސް ވެފައިވާ ހާލުގައެވެ. ސައިކަލުގައި މާހިލްމެން މަޖީދީމަގައްނިކުތް އިރު ޝަމާލްއާއި ޖަޒްލާންގެ އިތުރުން އަރޫންއަށް ވެސް އެމީހުން ފެނުުނެވެ. ތިންމީހުން އެކީގައި ފިހާރަތަކަށް ނިކުމެއުޅުނީ އެފަދަމަންޒަރެއް ފެނިދާނެ ކަމަކަށްނޫނެވެ. އެހެންވެ އަވަހަށް ތިންމީހުން އެކީގައި ސައިކަލް ގައި މާހިލްއާއި ނޫރާއަށް ފޮލޯކުރަމުން ގެންދިޔައެވެ. ސައިކަލްގައި އިން އިރު އެތަށްފަހަރަކު މާހިލްގެ ފޯނު ވައިބްރޭޓްވެފައި ކެނޑިއްޖެއްއެވެ. ފޯން ސައިލެންޓަށް ލާފައި އޮތުމުން ނަސީބަކުން ރިންގްވާއަޑުނީވުނީއެވެ. “ޔަޤީން މަލާކް ކަން ގުޅާނީ.. ދެން ކިހިނެއްހަދާނީވެސް.. ” މާހިލް ހިތާހިތުން ކިޔާލިއެވެ. އެހިޔާލުގައި ހުއްޓަ ކުރިމަތިން ފެނުން ދެމީހުން މާހިލްމެންނަށް ބަލަމުން ދިޔަކަން ފާހަގަވިއެވެ. އެއާއެކު ކަރުބުޑުގައި ނޭވާ ތާށިވިކަހަލައެވެ.
އަރޫން ޝަމާލް އާއި ޖަޒްލާންއަށްވުރެ ކުރިން ނޫރާމެންގެ ގެކައިރީގައި މަޑުކޮށްލިިއެވެ. އަދި މާހިލްމެންނަށް ނުފެންނާނެހެން ކާރުތަކުގެ ނިވަލުގައި ހުއްޓެވެ. ހަމައެގޮތަށް ޝަމާލްއާއި ޖަޒްލާންވެސް ޖެހިގެން ހުރިގޯޅީގައި މަޑުކޮށްލީ ނޫރާ ފައިބަން ދެން ގޭޓްކުރިމަތީގައި މާހިލް މަޑުކޮށްލުމުންނެވެ.
ނޫރާގެއަށް ވަންތާވާނީ ހަމަ ހިނދުކޮޅެކެވެ. އައި ނައި ތަނެއްނޭންގި މޫނުނިވައިކޮށްގެން ތިބި ދެމީހަކު ބާރު ސްޕީޑްގައި ސައިކަލްގައި އައިސް މާހިލްއަަށް އަށް ހަމަލާދީފައި ހިނގައްޖެއެވެ.
ދަނގަޑު ހިޮޅިބުރިއަކުން ބޮލުގައި ޖެހުމުން މާހިލް ސައިކަލާއެކުގައި ވެއްޓުންގޮތަށް ފަޔަށްވެސް ވަނީ އެކިވަރުގެ އަނިޔާވެފައެވެ. މަންޒަރުބަލަންތިބި ތިންމީހުނަށް ވެސް ލިބުނީ ކުއްލިސިހުމެކެވެ. އަވަސްއަވަހަށް އައިސް މާހިލް ނަގައިގަނެގެން ހޮސްޕިޓަލަށް ގެންދިޔައީ އެމީހުން އައި މަޤްސަދުވެސް ހަނދާންނެތްފަދައިންނެވެ.
އަރައިގެން އައި އިރާއެކު މަލާކް މެން ދިޔައީ އާއިލީ ޕިކްނިކްއަކަށް ދަތުރުދާން ތައްޔާރުވަމުންނެވެ. ނަމަވެސް މީރާން މާފާޑަކަށް ހުރުމުން ހިޝާމް އަވަހަށް ސުވާލުކޮށްލިއެވެ. “ބައްޕައަަށް އިނގޭނު މާހިލްކޮއްކޮ.. ރޭގަ އެކްސިޑެންޓް އެއްވެގެން އެބައޮތް ހޮސްޕިޓަލުގަ ބާއްވާފަ.. އެެެހެން ވެ މިވިސްނެނީ.. އެކްސިޑެންޓް އެކޭ ބުންޏަސް ބަޔަކު ހަމަލާދިނީއޯ.. ޖަޒްލާން ގުޅާފަބުނީ.. އެއްވެސް މީހަކަށް އަދި ނާންގާށޭބުނީމަ ނުބުނެ މިހުރީ.. ” މީރާން ދެލޮލުން ކަރުނަ ފުހެލާފައި އިސްޖަހާލިއެވެ. ” މާހިލް.. މަލާކްގެ ރަހްމަތްތެރިޔާދޯ.. ” ހިޝާމްއަށްވެސް ބުނެވުނީ އެހާވަރަށެވެ. ހުރިހާކުދިން ތައްޔާރުވެގެން ނިކުމެ ގޮވާލުމުން ދެބަފައިން އެކީގަ އަވަހަށް ހިނގައިގަތީ ދަތުރުދިއުމަށެވެ. އެހެން ނޫނީ މި އަންހެންވެރިންގެ ކިބަޔަކުން ސަލާމަތް ނުވާނެކަން އިނގޭތީއެވެ.
ނޫރާއަށް ހޭލެވުންއިރު ބޮލަށް ބަރުވެފައި ހުރުމުން ތެދުވާކަށް ނުކެރުނެވެ. އެތަށްއިރަކު އެހެން އޮތުމަށްފަހު ގަޑިބަލާލިއިރު ދިހައެއްޖެހީކަން އެނގުމުން ދެލޯބޮޑުކޮށްލެވުނެވެ. އަވަހަށް މާހިލްއަށް ގުޅާލީ ރޭގަ ފަހުންވެސް ހަބަރެއްނުވާތީއެވެ. ނަމަވެސް ދެތިންފަހަރު ގުޅިއިރުވެސް ޖަވާބެއްނުދެއެވެ. ނޫރާ އިތުރަށް ބޯހާސްވާގޮތްވިނަމަވެސް ހިތްވަރުކޮށްލާފައި ތެދުވެ ފާހާނާއަށް ވަދެ ފެންވަރާލިއެވެ.
މާހިލް ކައިރީގައި އިން ޝަމާލްއާއި ޖަޒްލާން އަށް ތިބެވުނީ އެކަކު އަނެކެއްގެ މޫނަށް ބަލަހައްޓައިގެން ބަސްހުއްޓިފައެވެ. ދެންމެ މާހިލްގެ ފޯނަށް ހަމަޔަގީނުންވެސް އެގުޅީނޫރާނުން ދެވަނަދެމީހެއްނޫނެވެ. އެހެންނޫންނަމަ އެފޮޓޯގައި މާހިލްއާއެކު ނޫރާއެއް ނުއިންނާނެވެ. އެކަމަކު “މައި ލަވިންގް ޕްރިންސެސް ” ޖަހާފައި ސޭވްކޮށްފައިނުމުން އެއަށް ޖަވާބެއް ބޭނުންވަނީއެވެ. ނަމަވެސް މާހިލްގެ ފަރާތުން ނޫނީ ނޫރާގެ ފަރާތުން ނޫނީ ޖަވާބެއް ލިބެން ވެސް ނެތެވެ. ދެމީހުން ހިޔާލިގައި ތިއްބާ އަރޫންވެސް އައިސް ވަނެވެ. ހަމަ އެވަގުތު އަނެއްކާ ނީރާގުޅަން ފެށިއެވެ. މިފަހަރު އަރޫން އަށް ވެސް ފޯންގެ ސްކްރީން ރީއްޗަށް ފެނުނެވެ. ތިންމީހުން އެކަކު އަނެކެެއްގެ މޫނަށް ބަލާލިނަމަވެސް އިތުރަށް ވާހަކައެއްނުދައްކައެވެ. އެވަގުތުއެތަނަށް މާހިލްގެ މަންމައާއި ބައްޕަ އައުމުން އަވަހަށް ބޭރަށް ނިކުތީއެވެ. ނަމަވެސް އެއްވެސް މީހަކަށް ނޭންގޭނެހެން ޖަޒްލާން ނިކުތީ މާހިލްގެ ފޯނުވެސް ހިފައިގެންނެވެ. ބޭރަށް ނިކުމެފައި ޖަޒްލާން “މިއަންނަނީ” އޭބުނެ ފޯނުކަންފަތުގަ ޖަހައިގެން ކުޑަކޮށް ދުރަށް ޖެހިލުމުން ދެމީހުން އެކީގަ “މިދަނީ ކެންޓީނަށޭ” ބުނެފައި އެދިމާއަށް މިސްރާބްޖެހިއެވެ. ފަސްވަރަކަށް މިނެޓްފަހުން ޖަޒްލާން އައިއިރު ހުުރީ ހުރިހާ ދަތްތަށް ފެންނަވަރަށް ހީގެން ނެވެ. “ހޫމް ކޯއްޗެއްފެނިގެން މާވަރަކަށް އުފާވެފަ ދަތްޕިލަ އަތަށް ލައިގެން ތިއައީ.. ” ޖަޒްލާން އައިސް އިށީންނުމާއެކު ޝަމާލް އަހާލިއެވެ. އެވަގުތު އަތުގައި އޮތްފޯނު އަންލޮކްކޮށްލާފައި ޖަޒްލާން އެމީހުނަށް ދައްކާލިއެވެ. އެވީ ކުޑަވަގުތުކޮޅުތެރޭގައި ފެންފޮދެއްބޯލާ ފަދައިން ޖަޒްލާން އެކަން ކޮއްލީ އެއީ އޭނައަށް އާކަމަކަށްނުވާތީއެވެ. ތިންމީހުން ގޮނޑިކައިރިކޮށްލާފައި އަވަހަށް ކޮފީތަށި އެއްފަރާތްކޮށްލުމަށްފަހު ފޯނުހާވަން ފެށިއެވެ. ނޫރާގެ ހުރިހާ މެސެޖްތަކުން އެމީހުނަށް އެނގުނީ މާހިލް އާއި ނޫރާގެ ލޯބީގެ ގުޅުމެވެ. ހަމައެގޮތަށް ބަލްޤިސްގެ ނަންބަރުން ގުޅާފަ ހުރުމުން އެކަމާ އިތުރު ވިސްނުމަކަށް ދާންޖެހުނެވެ. ” އެރޭ މާހިލް އަށް ހަމަލަދިން މީހުން ދުއްވި ސައިކަލްގެ ނަންބަރު އިނގޭތަ.. ” ކުއްލިއަކަށް އެއްޗެއް ހަނދާންވާ ފަދައަކުން އަރޫން އަހާލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hawwu (Layaa)

Level 6100 Comments10 Stories500 Comments100 Login100 Stories

އަބަދުވެސް ވާހަކަ ކިއުމާއި އެއްވަރަށް ވާހަކަ ލިޔާހިތްވޭ.. އެހެންވެ މިސައިޓްގެ ގިނަވާހަކަތަކެއް ކިއުމަށްފަހު ހިތަށްއެރީ ކުރިން ލިޔެފައިހުރި ވާހަކަތަށް އަޕްކުރަން.. އެކަމަކު ފަހުން ވިސްނާލާފަ ސައިޓަށް އާ ލަޔާ) ހައްވި( ގެ ވެސް މުޅިން އާ ވާހަކަތަށް އެސްފިޔައިގެ ޒަރީއާއިން ތިޔަކިއުން ތެރިންނަށް މިގެނެސްދެނީ.. އުންމީދުކުރަން ހުރިހާ ކިއުންތެރިން ފަރާތުންވެސް ބިނާކުރުވަނިވި ފާޑުކިއުންތަކެއް ލިބޭނެ ކަމަށް.. ??? Email:[email protected] Instagram: hawwu_gallery

Other Articles

Previous

ބީހުން….(17 ފަހުބައި)

Next

ދުރުގައިވިޔަސް…32 ވަނަ ބައި

Next
August 18, 2017

ދުރުގައިވިޔަސް…32 ވަނަ ބައި

Previews
August 18, 2017

ބީހުން….(17 ފަހުބައި)

33 Comments!

  1. Layaa says:
    August 18, 2017 at 10:50 am

    Assalaam alaikum.. miothee vaahaka upload kohladheefa.. ? unmeedhukuran hurihaaa frnds ahvess mibaivess kamudhaanekamah.. vaahakaingey dhen baakee inee 3 part unmeedhukuran hurihaaa frndsvess inthizaaru kuraanekamah.. ly all..??❤❤

  2. maayaa says:
    August 18, 2017 at 11:08 am

    Layaa thiulheny vaahaka ninmaalaant??btw mi part ves hama v v v v v habeys. When next part???

    1. Layaa says:
      August 18, 2017 at 11:14 am

      Ninmaalan beynun nuviyass nimeynehnu dhoonyaa? btw thank you so much dear maayaa.. ??? typekuranfashaafa innanee nimunhaa avahah upkohladheynan.. insha allah..

  3. maayaa says:
    August 18, 2017 at 11:10 am

    Layaa thiulheny vaahaka ninmaalaant??btw mi part ves hama v v v v v habeys. When next part???ly too

  4. Juvey says:
    August 18, 2017 at 11:43 am

    Aww mi vaahaka vx nimenee dww ..bt v nice ..keep it up ..layaa doonee????

    1. Layaa says:
      August 18, 2017 at 3:54 pm

      Alhey thank you dear juvey? ?❤❤

  5. Navya says:
    August 18, 2017 at 11:56 am

    V vvv reethi mi part ves ? thnx avahah up kohlyma? nd hws u dear.?

    1. Layaa says:
      August 18, 2017 at 4:36 pm

      I’m fine .. ? thank you my dear Navya ??❤

  6. ??? says:
    August 18, 2017 at 12:04 pm

    Vvvv rythi mibaiii vess☺ layaa haadha avahah shey thi ninmanii ????

  7. Robin says:
    August 18, 2017 at 12:32 pm

    Nice ..layaa thanks ?☺

    1. Layaa says:
      August 18, 2017 at 4:37 pm

      Aww thank you so much my dear Robin ??

  8. Almaa says:
    August 18, 2017 at 12:37 pm

    V v nice mi part vs bt maakury thanks layaa waiting….

    1. Layaa says:
      August 18, 2017 at 4:39 pm

      Thank you dear Almaa.. ? ?

  9. Some one says:
    August 18, 2017 at 12:41 pm

    Aroon accidnt ah fahu memories thah gosfa tha e hunnaniiii???? I mean malaak mathin es handhain nethiii tha e ah fahun???

    1. Layaa says:
      August 18, 2017 at 4:56 pm

      Hehe vedhaane asslu thihen kamahvess.. vaagoibalaalamaadhw .. ??

  10. ????? says:
    August 18, 2017 at 12:45 pm

    Alhey layaa sis…. mi part heevey ehen part thakaa balaafa aslu vx kuruhen??? … maa kiyaa hithun ineema heevi gotheh kanneyge dhww?? …. ekamu story hama vrh salhi…… next part dhogukohlahche. …. n avas vx??????

    1. Layaa says:
      August 18, 2017 at 4:59 pm

      Alhey dhoonyaa.. ? btw thank you so much dear..? next part vess hama abadhuvess liyaavarah liyaanan insha allah.. ? yes avaaskohladheynan.. ?

  11. Adha? says:
    August 18, 2017 at 1:12 pm

    Haan alhe aroon memory loss veetha.. aroon malaak mathin handhaanves nuvey☹ no call no msg.. so sad? but story varah reethi..?
    Waiting dear❤❤❤❤

    1. Layaa says:
      August 18, 2017 at 5:03 pm

      Ohh dear adha.. ? alhe aroonah evaagotheh balamaadhw.. ? btw thank you so much dhoonyaa .. ?? ?❤

  12. Aloo says:
    August 18, 2017 at 1:29 pm

    V reethi..so intresting…?????

    1. Layaa says:
      August 18, 2017 at 5:04 pm

      Thank you so much dear Aloo??

  13. Maayaa says:
    August 18, 2017 at 1:52 pm

    Thedhekey layaa aroon memory loss vytha??

    1. Layaa says:
      August 18, 2017 at 5:06 pm

      Thisuvaaluge javaabuvess insha allah v avahah libeyne ingey dear ??

  14. sheen says:
    August 18, 2017 at 2:52 pm

    v reethi mipartves

    1. Layaa says:
      August 18, 2017 at 4:34 pm

      Thank you dear sheen ??

  15. ??? says:
    August 18, 2017 at 4:54 pm

    vaahaka ves nimeny dho?varah reethi mi vaahaka…and all thanks for layaa mihaa reethi storie eh hadhai dhineema☺?when next part dear?

    1. Layaa says:
      August 18, 2017 at 5:07 pm

      Thankyou so much dear.. for the lovely comment .. insha allah mirey 7 ga next part upkohladheynan ??

    2. Anonymous says:
      August 19, 2017 at 4:31 pm

      you are welcome dear..thanks…i all be waiting☺?

  16. purple handi says:
    August 18, 2017 at 5:26 pm

    woww layaa…. u r so lovely…egeytha mi story ga ulhey malaak sifa kurevey gothah me ah laya sifa kureveyny….

  17. Xxxx says:
    August 18, 2017 at 6:34 pm

    Wooooowwwww????????

  18. khajja says:
    August 19, 2017 at 12:09 am

    Ohhj wow masha allah stry v touching v loabi ??? alhey dhen aroon ah nooraa aa marry nukovvaane dhw ohh wow when nxt prt v kiyaalaahiyvey eba up soon ingey plx gud nyt ly????❤❤❤?????????

  19. ??? says:
    August 19, 2017 at 4:33 pm

    you are welcome dear…I will be wating for the next part☺?

  20. ?Mysha? says:
    August 20, 2017 at 3:13 pm

    Alhey layaa….
    ???
    Haadha avahakah nimmalanee thi..
    By the way , mi part ves vvvvv nice…..?

Comments are closed.

Next Episodeމަލާކް… 23ވަނަބައި←


All Right Reserved!