Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަލާކް… 21ވަނަބައި

Hawwu (Layaa) Level 6100 Comments10 Stories500 Comments100 Login100 Stories
August 16, 2017 5 Mins Read
34 Comments

އަރޫންގެ މޫނުމަތިން ފެނިގެން ދިޔަ ސީރިޔަސްކަމުން ރާމިޒާއަވަހަށް ގޮސް ނޫރާގެ ކޮޓަރީގައި ޓަކިދިނެވެ. ނަމަވެސް ހަބަރެއްނުވިއެވެ. އެހެންވެ ދެވަނަފަހަރަށް ޓަކިދިނުމަށް އަތް ހިއްލާލުމާއެކު ދޮރުހުޅުވިގެން ދިޔައެވެ. ނޫރާހުރީ ނުހަނުފުރިހަމަޔަށް ތައްޔާރުވެގެންނެވެ. އެހެންވެ އަވަހަށް ރާމިޒާ ނޫރާގޮވައިގެން އައެވެ. ނޫރާފެނުމާއެކުހެން ބަލްޤިސްގެ މޫނުމަތިން ހިނިތުންވުން ފެނިގެން ދިޔައެވެ. ހުރިހާދަތްތަކެއްހެން ދައްކާލައިގެން ހުރެ އައިސް ނޫރާގައިގަ ބައްދާލީ ” މިރޭއަދި ވަރަށް ރީތި” އޭބުނެލާފައެވެ. އެމަންޒަރުބަލަން އިން އަރޫން ގެމޫނުމަތީގައިވެސް ވީ ނުފިލާ ހިނިތުންވުމެކެވެ. ގިނައިރު ނުތިބެ ދެއާއިލާއެކުގައި ރޭގަނޑުގެ ކެއުން ނިންމާލުމަށްފަހު ޓެރަހުގެ ހިތްގައިމު މާހައުލުގައި ތިބީ ކައިވެނީގެ ކަންކަމާއި މަޝްވަރާކުރުމުގައެވެ. ނަމަވެސް އެއިން އެއްވެސް ކަމެއްގެ ތެރެއަށް ނުވަދެވި ނޫރާގެ ހިޔާލުގައިވަނީ މާހިލްއެވެ. މިހާރު މާހިލް އޭނާގެ ފޯނަށް ގުޅިއަދަދެއްވެސް ނޭންގެއެވެ. ” އަޅުގަނޑުބޭނުމީ ކައިވެނި ވީހާވެސް އަވަހަކަށް ނިންމަން.. އޭރުން ކިޔެވުން ފުރިހަމަކުރަން ދާއިރު ފަސޭހަވެސް ވާނީ.. ” އަރޫން ވަރަށް ހަމަޖެހިލާފައި އެހެންބުނެލިއެވެ. އެއާއެކު ނޫރާ އަށް ބުނާނެ އެއްޗެއްނޭންގި އިސްޖަހާލެވުނީ ދުވަހަކުވެސް އެބަސްތަށް އަޑުއަހަން ބޭނުމެއްނޫނޭ ބުނާފަދައަކުން ނެވެ. ނަމަވެސް ދެންތިބިމީހުން ހީކުރީ ނޫރާ މާބޮޑަށް ބްލަޝްވުމުން އަވަހަށް އިސްޖެހީކަމަށެވެ. ދެއާއިލާ ދެމެދުގައި އެތަކެއްވާހަކައެއް ދެކެވި ކައިވެންޏަށް ތާރީހެއް ކަނޑައެޅުމަށްފަހުގައި އަރޫންމެން އެގެއިން ނިކުތް އިރު އެގާރަ ޖަހާ ބޮޑުވެއްޖެއެވެ. އަރޫންމެން ގޮސް ކާރަށް އަރާދުއްވާލުމާއެކު ޖެހިގެން ހުރިގޯޅީގައި ސައިކްލމަތީގައި އިން މާހިލް އަރޫންގެ ލޮލުގައި އަޅައިގަތެވެ. ނަމަވެސް އެވަގުތު މަންމަ މެންތިބުމުން މަޑުކުރަން ނުހަދާ އަވަހަށް ދިޔައީއެވެ.
މާހިލް 8 15 އިން ފެށިގެން އެތާންގައި އިނީ ނޫރާގެ ހަބަރެއްނުވުމުން ވީގޮތްނޭންގިފައެވެ. ނަމަވެސް އެފެނުނުމަންޒަރުން ވީގޮތް ރަނގަޅަށް ވެސް މާހިލްއަށް ފަހުމްވިއެވެ. ”އެންމެ ފަހުން އަރޫންމެން އެގެއަށްވެސް ދިޔައީ.. ދެން ފެންނާނީ ނޫރާ އަރޫންގެ ހައްޤަކަށްވާތަން.. ނޫން ނޫން.. ކީއްވެ ނޫރާ.. ކީއްވެ މިރޭ ތިހެން ތިހެދީ. ކީއްވެ ކުރިން އެމީހުން އަންނަވާހަކަނުބުނީ.. އެކަންތަށް އެހެންވާން އުޅޭވާހަކައޭ ނޫރާކައިރީ އަހަރެން ބުނަން ވެސް އުޅުނީ.. ” މިހުރިހާ ވާހަކައެއްވީ މާހިލްގެ ހިތުގައެވެ. އަނގައި މަޑު އާހް އެއް ބޭރުކޮށްލުމަށްފަހު މާހިލް ބޮލުގައި ހިފާއްޓާލިއެވެ.
އާދުވަހަކަށް އިރުއަރައިގެން އައި އިރުވެސް ނޫރާއަކަށް ނުނިދެއެވެ. ރޭގެ ހަތަރުދަމު މާހިލްއަށް ގުޅަން އުޅެ އެކަންވީ ބޭކާރެވެ. ފޯންނިންވާލާއިފައިވުމުން މާހިލްގެ އެއްވެސް ހަބަރެއް ނުވީއެވެ. މަޑުމަޑުން ނޫރާތެދުވީ ބޮލަށްބަރުވެފައިވާލެއް ބޮޑުލަމުންނެވެ. ނަމަވެސް ތެދުވުމާއެކު އާދަޔާހިލާފަށް ނޫރާގެ ބޯއަނބުރާ މޭނުބައިކޮށް އޯކާދެމެން ފެށިއެވެ. ފާހާނައަށް ވަދެވުނީ ހަމަކިރިޔާއެވެ. ހޮޑުލެވިއްޖެއެވެ. އެއާއެކު ނޫރާގެ ހިތުގައި ބިރުވެރިކަން ހިނގާލިއެވެ. އަވަހަށް މާގަނޑުދޮށަށްވަދެ އިސްކުރުދޫކޮށްލީ ގަތްބިރެއްގެ ބޮޑުކަމުންނެވެ. އެހެން އިންނަތާ ފަނަރަވަރަކަށް މިނެޓް ވީއިރުވެސް ނޫރާ އަށް ފިނިވާކަމަށް ވެސް ނުވިއެވެ.
މާހިލް އަށް ހޭލެވުނީ ހަވީރުވާން ވެފަ ހުއްޓައެެވެ. ރޭގަ ކަންތަށް ވީގޮތުން ނޫރާ އޭނަޔަށް ގަސްތުގައި ލަނޑުދިނީކަމަށް ނިންމައި ފޯނުވެސް ނިވާލީ ވެފައި ހުރި ދެރައެއްގެ ބޮޑުކަމުންނެވެ. ނަމަވެސް މަލާކްއަށް ވެސް ނުގުޅޭނެކަން ހަނދާންވުމުން އަވަހަށް ތެދުވެ ފޯނު ހުޅުވާލުމާއެކުހެން މާހިލްގެ ދެލޯބޮޑުވެގެން ދިޔައެވެ. ފައްސަތޭކައެއްހާ ފަހަރު ރޭގެ އެކިގަޑިތަކުގައި ނޫރާ ގުޅާފައި އެބަހުއްޓެވެ. އަދި އެހާގިނަމެސެޖްވެސް ކޮށްފައި އެބަހުއްޓެވެ. ހަމައެގޮތަށް މަލާކްވެސް ގުޅާފަ ހުއްޓެވެ. އެތަށް އިރަކު ފޯނަށް ބަލަންހުރުމަށްފަހު މާހިލް އިޖާބަދިނީ ހިތުގެގޮވުމަށެވެ. އަވަހަށް ނޫރާއަށް ޑައިލްކޮށްލީ އެތަކެއްސުވާލުތަކެއް ހިތުގައި އޮތުމުން އެޔަށް ޖަވާބުހޯދުމަށެވެ. ނަމަވެސް ދެފަހަރަށް ގުޅުމުންވެސް ފޯނެއްނުނަގައެވެ. އެހެންވެ ކަރުއެލުވާލައިގެން އިނދަ މަލާކްގުޅަން ފެށުމުން، ފޯނުނަގާ ހޫރާލެވުނީ އެއްވެސް އިހްތިޔާރަކާއި ނުލައެވެ. އެއާއެކު ތެދުވެގެން ގޮސް ފާހާނައަށްވަނީ އެންމެ ފަސޭހައިން ބޯހާސްކަންފިލާނީ ފެންވަރާލުމުންކަން ހިތަށް އައުމުންނެވެ.
އަރޫން ވަރަށް ހަމަޖެހިލާފައި އައިސް ޔާސީންމެންގޭކައިރީގައި ސައިކަލް ޕާކްކޮށްލުމަށްފަހު ގޭޓްކައިރީގައި ހުރި މިހާއަށް އިޝާރާތް ކޮށްލިއެވެ. އެއާއެކު ގޭޓްހުޅިވުމުން އެގެއަށް ވަދެގެން ދިޔައީ އަމިއްލަ ގެއެއްފަދައިންނެވެ. ” އަހަށް.. އަރޫން..” އަރޫން ފެނުމާއެކު ޔާސީން އަވަހަށް އައިސް ވާހަކަ ދައްކަން ފެށިއެވެ. ” އަޅުގަނޑު މިއައީ ނޫރާގޮވައިގެން ބޭރަށް ގޮސްލަން ކަމަށް.. އެންމެ ރަނގަޅުތޯ.. ” އަރޫން އޭނަ އައިބޭނުން އަވަހަށް އޮޅުންފިލުވައިދިނެވެ. ” އެހެންތަ.. އެކަމަކު ކުޑައިރުކޮޅެއް ކުރިން ނޫރާ ނިކުތީ ޝޮޕިން އަކަށޭކިޔާފަ.. އަރޫން އަކަށް ނުގުޅާތަ.. ” ހައިރާންވެ ހުރެ ޔާސީން އަހާލިއެވެ. ” ލައްބަ އަޅުގަނޑަކަށް ނުގުޅާ. އެވެދާނެ އެހެންވީމަ އަންހެކުދިންގެ ހާއްސަ ޝޮޕިންއަކަށް .. ” އެހެންބުނުމާއެކު އަރޫން އަވަހަށް ނިކުންނަން ހިނގައިގަތެވެ. އެއީ ނޫރާވެސް އައިސް ވަން ވަގުތުކަމުން ދެމީހުން އެކަކު އަނެކަކަށް ހަތަރުކަޅި ހަމަވެގެން ދިޔައެވެ. އަވަހަށް އިސްޖަހާލުމާއެކު ނޫރާ އަތްފަހަތަށްލާ ފޮރުވާލީ އެއްވެސް މީހަކަށް އޭނަގެ އަތުގައި ލޭނަގާފައި އަޅާފައި އިން މަލަން ކޮޅު ފެނިދާނެތީއެވެ. “އަހަން..ދަރިފުޅާ.. ތިއައީދޯ.. މިވީ މާރަނގަޅަކަށްނު.. އަރޫން އެއައީ ދަރިފުުޅުގޮވައިގެން ބޭރަށް ގޮސްލަންވެގެން.. ކޯއްޗެއްތަ ގަނެލަން ތިދިޔައީ.. ދެންވެސް ބޭރަށް ދާއިރު އަރޫންއަށް ގުޅާލަބަލަ އޭރުން މިއަދު ތިވީހެން ވާކަށް ނުޖެހޭނު..” ޔާސީން އަށް ނޫރާފެނުމުން ވާހަކަދެއްކިއެވެ. ޓެސްޓްހަދަން ކްލިނިމަށް ގޮސްސަ އަންނަމުން ނޫރާ ފިހާރަޔަށްވަނީ ގަތީކޯއްޗެއްތޯ ސުވާލުކުރާނެކަން މާކުރިން ހަނދާންކޮށްގެން ހުރުމުންނެވެ. “މީ.. މީ.. ޗޮކްލެޓްމާބޮޑަށް ކާހިތްވީމަ ޗޮކްލެޓްކޮޅެއްގަނެލީ.. ” ނޫރާއަށް ވާހަކަދެއްކުނީ އެހާ އުނދަގުލުންނެވެ. އަރޫން ބަލަން އެހާ ގާތުގައި ހުރުމުން މިހާރު ނޫރާއަށް ވަނީ އަމަށަކު އުނދަގުލެއްނޫނެވެ. ” އެހެންތަ.. ދެންވެސް ތި އެތެރެއަށް ލާފަ އާދެބަލަ އަރޫން އެއިނީ ލަސްވެފަހެން ބައްޕަޔަށް ހީވަނީ.. ” ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު ދަމުން ޔާސީން ބުނެލިއެވެ. ނޫރާވެސް ވަގުތުގެ ބޭނުންހިފާ އަވަހަށް ގޭތެރެއަށް ވަދެގެން ދިޔައީ އަރޫންގެ ލޯމަތިން ގެއްލެން ބޭނުންވެފައިވާލެއް ބޮޑުކަމުންނެވެ. ކޮޓަރިއަށް ވަދެ އަވަހަށް ސިޓީއުރަ ކަނޑާލާ ޓެސްޓްގެ ނަތީޖާ ބަލާލިއެވެ. އެއާއެކު ހިނިތުން ވެވުނީ.. މާހިލްވެސް އެހާވަރު ބަލާނޭ ހިތަށްއެރުމުންނެވެ. ޓެސްޓުން ދައްކާގޮތުން ނެގެޓިވް ވީމަ އަވަހަށް މާހިލްއަށް ގުޅާލަން ފޯނުނެގުމާއެކު ދޮރުގައި ޓަކިދިން އަޑު އިވިގެން ދިޔައެވެ. އެހެންވެ އަވަހަށް އެއްޗެހި ގެންގޮސް ކަބަޑަށްލީ ފޯނުބަލާވެސް ނުލައެވެ. ” ދަރިފުޅާ އަވަސްކޮށްލާ އަރޫން އެބައިން ސިޓިންގް ރޫމްގަ.. ” ބޭރުން އިވުނީ ރާމިޒާގެ އަޑެވެ. ނޫރާގެ ދެބުމަ ގޮއްޖެހޭގޮތްވިއެވެ. ނަމަވެސް އިތުރުގޮތެއްނެތުމުން ފޯނު އަނެއްކާވެސް އަތްދަބަހަށް ލުމަށްފަހު ހިނގައިގަތީ..” ލައްބަ މަންމާ މިނިކުންނަނީ” އޭ ބުނަމުންނެވެ. ނޫރާ ދޮރުހުޅުވާލިއިރު ދޮރުމަތީގައި ހިރި އަރޫންފެނި ސިހުންނެވެ. އެވަގުތު ސޯފާގައި ތިބި ޔާސީން އާއި ރާމިޒާ އެކީގަހެން ހޭންފެށުމުން ބުނަންއުޅުނު ބަސްވެސް ނޫރާގެ އަރުތެރޭގައި ތާށިވެ ބޭރަށް ނުނިކުތެވެ. ” ހިނގާ ދާން.. ” ބުނުމާއެކު އަރޫންގެ ފަހަތުން ތުންފިއްތާލައިގެން ނޫރާނިކުތީ އިތުރުގޮތެއްނެތުމުންނެވެ. މަންމަ އާއި ބައްޕަ ކައިރީ ” ދަނީ..” އޭ ބުނެ އަވަހަށް ނިކުތް އިރު ސައިކަލްގައި އަރޫން އިންތިޒާރުގައި އިނެވެ. ނަމަވެސް އެއަށްވުރެ ކުރިން ސައިކަލް މަތީގައި އިން މާހިލް ނޫރާގެ ލޮލުގައި އަޅައިގަތީ އެއްލިކަޅިއަކުން ޖެހިގެން ހުރި ގޯޅިންނެވެ. ހަދާނެގޮތް ނޭންގި މީހާ ދެއަތް ދެއަތާއި މޮޑެމުން ނިކުތް ނޫރާގެ އަތުގައި ހިފާ އަރޫން ދަމާލިއެވެ. އެއާއެކު ނޫރާގެމޫނު ގޮސްޖެހުނީ އަރޫންގެ ތަނަވެސްމޭގައެވެ. އެމަންޒަރުފެނި މާހިލްގެ ލޭކެކިގެން ދިޔައެވެ. “މީދޯ މަށަށް ދަޅަައްކާފަ ގަންނަގަޑަކީ.. ” ދަަތްކުނޑިވިކާލުމަށް ފަހު ހިތާހިތުން މާހިލްކިޔާލިއެވެ. ” ހެއި.. ދެންވެސް އަރާބަލަ ސައިކަލަށް .. ” އަރޫން މަސްތުން ފުރިގެންވާ ބެލުމަކުން ބަލަންހުރެ ބުނެލިއެވެ. އޭރު ޔާސީންވެސް އެމަންޒަރު ބަލަން ދޮރުކުރިމަތީގައި ހެވިފައި ހުއްޓެވެ. އެހެންވެ އިތުރު ގޮތެއްނެތުމުން އިސްޖަހާލައިގެން ހުރިހާ އިހްސާސްތަކެއް ފޮރުވަމުން އަވަހަށް ނޫރާ ސައިކަލަށް އެރިއެވެ. އެއާއެކު އަރޫން ސައިކަލް ދުއްވާލިއެވެ. މާލޭގެ ވަށައިގެން ބުރުޖަހާލުމަށްފަހު އަރޫން ގަސްތުކުރީ ކޮފީއެއްބޯލުމަށް މަޑުކޮށްލާށެވެ. އެެެންވެ ސީހައުސް ކައިރީގައި މަޑުކޮށްލުމަށްފަހު ޝަމާލްމެންނަށްގުޅާލިއެވެ. ނޫރާވެސް ބަހެއްނުބުނެ އަރޫންގެ ފަހަތުން އައިސް ސީހައުސްއަށް ވަދެ އެތަނުން މޭޒެއްކައިރީ އިށީނެވެ. ޝަމާލްއާއި ޖަޒްލާން އައީ ހީވެސް ނުކުރާހާ އަވަހަށެވެ. ވޭޓަރު އޯޑަރ ނަގަން އައިއިރު އެމީހުންވެސް އައިސް ހަމަޖެހިލައިފިއެވެ. ތިންމީހުން ކޮފީއަށް އޯޑަރުދިން އިރުވެސް ނޫރާ އިސްޖަހައިގެން އިނުމުން އަރޫން ނޫރާއަށް ޗޮކްލެޓް އައިސްކްރީމްއަކަށް އޯޑަރ ކުރިއެވެ. ” އަހަށް މިހާރާލައިގެން ބޭނުންވާއެއްޗެހިވެސް ދެނެގަތީދޯ.. ” އޭބުނެ ޝަމާލް އާއި ޖަޒްލާން ހޭންފެށުމުން އަރޫންވެސް އެމީހުނާބައިވެރިވިއެވެ. ނަމަވެސް ނޫރާ އިތުރަށް ތުންފިއްތާލުން ނުންކަމެއް ނުކުރެވުނެވެ.
މާހިލް އެއައި ރުޅީގައި ނޫރާމެންފަހަތުން ދުއްވާފައި އައިސް ސީހައުސްއަސް ވަންއިރު އެތާންގައި އަރޫންގެ ރަހުމަތް ތެރިންވެސް ތިބިތަންފެނި އިތުރަށް ރުޅިގަދަވިއެވެ. ވަގުތުން އެތަނުން ނިކުމެގެން ގޮސް އަބަދުވެސް ނޫރާ އާއި ބައްދަލްކުރަމުން ދިޔަ ގެސްޓްހައިސް އަށްވަދެ ހަމައެރޫމް ބޫކްކޮށްލުމަށްފަހު ނޫރާއަށް އެރޭ 8ޖަހާއިރަށް އައުމަށް ބުނެ މެސެޖްކޮށްލިއެވެ.
ކިޔެވުން ބަންދުވެފައިވީނަމަވެސް ހަވާލުކޮށްފައިވާ އެސައިންމަންޓްތަށް ނިންމުން އެއީ ހޮބީއެއްހެން ގޭތެރޭގެ ކަންކަން ކުރަމުން ބިންޔާއާއިއެކުގައި ވަގުތުހޭދަކުރަމުންވެސް މަލާކް ކުރެއެވެ. ބިންޔާވެސް މަލާކްއަށް އެކަންކަމުގައި އެނގުންމިންވަރަކުން އެހީތެރިކަން ފޯރުކޮށްދެއެވެ. މާދަމާއަކީ މިޝާވެސް ޗުއްޓީލިބުމާއެކު މަލާކް އާއި ބައްދަލްކޮށްލަން އަންނަން ހަމަޖެހިފައިވާ ދުވަސްކަމުން މަލާކްމެން ކޮޓަރިފޮޅުމުގައި އަވަދިނެތި އުޅެއެވެ. ނަމަވެސް އިރުއިރުކޮޅާ ބިންޔާ ފޯނުގައި ތާށިވެއެވެ. މިމަންޒަރުފެނި މަލާކް ބިންޔާއަށް ޖެއްސުންކޮށްވެސް ހަދައެވެ.
އިރުއޮއްސުމާއެކު އަރޫން ނޫރާގެއަށްލާފައި ދިއުމުން އަވަހަށް ކޮޓަރިއަށްވަދެ ތަޅުލީ ކެތްނުވާވަރުވުމުންނެވެ. ދުވެފައިގޮސް އެނދުމައްޗަށް ވެއްޓިގަތްއިރު ހަށިގަނޑުގައި އެއްވެސް ހަކަތައެއްނެތްފަދައެވެ. ސީހައުސްގައި އިން އިރު މަޑުމަޑުން ފޯން ނަގާބަލާލިއިރު މާހިލްގެ އެތަކެއް މިސްކޯލްއަކާއި މެސެޖްތައް ފެނި އޭރުއްސުރެ ހިތްފުރެންދެން ނޫރާހުރީ ރޯލަން ބޭނުންވެފައެވެ. ” އަޅެމާހިލް ކިހިނެއްތަ ތިވިސްނަނީ.. ” ހިތާހިތުން ނޫރާއަށް ބުނެލެވުނެވެ. އެއާއެކު މިރޭ ބައްދަލްކުރަން ދާންބުނެފައިވާކަން ހަނދާންވުމުން އަވަހަށް ނޫރާ ތައްޔާރުވާންފެށިއެވެ. ގެއަށް އައިރު މަންމަ މެންނަށް ފެނިފައިނުވުމުން އަވަހަށް ނިކުތުމުން މަންމަމެންނަށް އައިކަމެއް ނޭންގޭންތީ އެވެ. މޫނުދޮވެލާ ފްރެޝްވެލުމަށްފަހު އަވަހަށް ލުއިމޭކަޕެއްކޮށްލައިގެން ނޫރާ ނިކުމެ ޓެކްސީއެއް މަޑުކޮށް އޭގައި ދަތުރުފެށިއެވެ. ދިހަވަރަކަށް މިނެޓްތެރޭގައި ގެސްޓްހައުސްއަށްދެވުނެވެ. އަވަހަށް މާހިލް އަށް މެސެޖްކޮށްލާފައި އެވާހަކަބުނެލީ އެތާންގައި މާހިލް އެވަގުތު ހުންނާނެކަމަކަށްނޫނެވެ. ނަމަވެސް އެކޮޓަރި ހިފިގޮތަށް އެތާންގައި މާހިލް މިރޭމަޑުކުރީ ގެއަށް ދާނެހިތްވަރު ނެތުމުންނެވެ. ނޫރާގެ މެސެޖްލިބުމާއެކު މާހިލް ގަޑިބަލާލި އިރު އަދި ހަތެއްޖެގީއެވެ. “އެތެރެއަށް އާދޭ.. ” ބުނެ މެސެޖް ކޮށްލުމާއެކު މާހިލް ތެދުވެލިއެވެ. ކުޑަހިނދުކޮޅެއްގެ ތެރޭގައި ނޫރާއައިސްވަނުމާއެކު މާހިލްހީވީ މޮޔަވިހެންނެވެ. އައިސް ނޫރާއެނދުމައްޗަށް ހޫރާލީ ލުއިފަތެއް އެއްލާ ލާ ހެނެވެ. ނޫރާއަށް އަނގައިން ބުނާނެ ފުރުސަތުވެސް ނުދިނެވެ. ” އަހަރެންނޫން އެކަކުވެސް ނޫރާ ގައިގަ އިނގިލިކުރި ޖައްސާލާތަން ބަލަން ކެތެއްނުވާނެ އެހެޔޮ އަރޫން އަކަސް އެެެންމީހަކަށް.. ތީ މަގޭ ހައްގެއް.. ” ބުނުމާއެކު ނޫގެ ހަށިގަނޑުން ހެދުން ހެދުން ވަކިކޮށްލިއެވެ. އެހެން ރޭރޭއާ ހިލާފަށް މިރޭ މާހިލް ބޭނުންވީ ނޫރާ ރުހުނަސް ނުރުހުނަސް އޭނަގެ އެނދުން ފުއްދާށެވެ. ތަކުރާރުކޮށް ” މާހިލް ތަދުވޭ.. ” ބުނުން ފިޔަވާ ނޫރާއަށް ކުރެވުން ކަމެއްނެތެވެ. ވަރުބަލިވުމުން އެންމެފަހު ވާނެގޮތެއްވާން ދޫކޮށްލީއެވެ. އެތަށް އިރެއްވީފަހުން މާހިލް ނޫރާގެ ގައިމަތިން ތެދުވި އިރު މީހަ ހުރީ ދާހިއްލާފޯވެފައެވެ. ނަމަވެސް އައިސްފައިވާ ރުޅި މަތަނުވުމުން ބަލާނުލެއްވެސް ނެތި އެދިޔަގޮތަށް ފާހާނާއަށް ވަދެ ފެންވަރަން ފެށިއެވެ. ނޫރާއަށް ހިންދަމާލާ ނޭވާއެއްލެވުނީ އޭގެ ފަސްވަރަކަށް މިނެޓްފަހުންނެވެ. ހަޤީޤަތުގައިވެސް މާހިލް މިހާ ވައިލްޑްވެދާނެކަމަށް ނޫރާއަށް ހިޔަށް ގެނެވިފައިވެސް ނެތެވެ. ހަށިގަނޑުގެ އެތަން މިތަނަށް ތަދުވާގޮތް ވެފައިވީނަމަވެސް ހިތްވަރުކޮށްލާފައި ތެދުވީ ފެންވަރާލަން ދިއުމަށެވެ. ނަމަވެސް ދެފިޔަވަޅު އަޅާލެވުނުތަނާހެން މީހާގައިން ހަކަތަހުސްވެ ވެއްޓުނީއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hawwu (Layaa)

Level 6100 Comments10 Stories500 Comments100 Login100 Stories

އަބަދުވެސް ވާހަކަ ކިއުމާއި އެއްވަރަށް ވާހަކަ ލިޔާހިތްވޭ.. އެހެންވެ މިސައިޓްގެ ގިނަވާހަކަތަކެއް ކިއުމަށްފަހު ހިތަށްއެރީ ކުރިން ލިޔެފައިހުރި ވާހަކަތަށް އަޕްކުރަން.. އެކަމަކު ފަހުން ވިސްނާލާފަ ސައިޓަށް އާ ލަޔާ) ހައްވި( ގެ ވެސް މުޅިން އާ ވާހަކަތަށް އެސްފިޔައިގެ ޒަރީއާއިން ތިޔަކިއުން ތެރިންނަށް މިގެނެސްދެނީ.. އުންމީދުކުރަން ހުރިހާ ކިއުންތެރިން ފަރާތުންވެސް ބިނާކުރުވަނިވި ފާޑުކިއުންތަކެއް ލިބޭނެ ކަމަށް.. ??? Email:[email protected] Instagram: hawwu_gallery

Other Articles

Previous

ޒިޔާ …(6)

Next

އައިކާ (9)

Next
August 16, 2017

އައިކާ (9)

Previews
August 16, 2017

ޒިޔާ …(6)

34 Comments!

  1. Layaa says:
    August 16, 2017 at 5:24 pm

    Surprise .. ? unmeedhukuran layaage surprise hurihaa frnds ah vess kamudhaanekamah.. rangalhukuran fennakan kamah kiyaa kiyaa Kinney faadukiumakahvess ufalaaeku maruhabaakiyaanan.. ly.. all
    My sweet frnds ??

    1. Saa says:
      August 16, 2017 at 9:34 pm

      Abadhuvx migothah avahah upkohlabala

  2. ??? says:
    August 16, 2017 at 5:37 pm

    Yeyy…thanks avahah up koh dhineema…me first dho?☺?

    1. Layaa says:
      August 16, 2017 at 5:44 pm

      Yes dear.. first.. btw thank you so much ??❤

  3. ??? says:
    August 16, 2017 at 5:50 pm

    thanks layaa for the suprise…asluves varah happy…love you dear☺?

    1. Layaa says:
      August 16, 2017 at 9:24 pm

      Well come dear… ? and thank you so much.. ly2 ??❤

  4. sheen says:
    August 16, 2017 at 5:56 pm

    v nice mi partves, me 1st dw

    1. Layaa says:
      August 16, 2017 at 9:25 pm

      Thank you dear sheen ? .. Binet mifaharudhen 3rd kamah balamaadhw? dhenfaharakun firstdhw?❤

  5. ????? says:
    August 16, 2017 at 5:59 pm

    Thanks layaa. …. ur surprise is so good….. hope kuran gina ginain mikahala surprise libeyne kamah…????

    1. Layaa says:
      August 16, 2017 at 9:28 pm

      Well come dear 5sunflower.. thank you for the lovely comment.. ??

    2. Reader says:
      August 18, 2017 at 2:01 pm

      I agree with u ?????

  6. ??? says:
    August 16, 2017 at 6:01 pm

    and your welcome dear☺?

  7. Yaal says:
    August 16, 2017 at 6:07 pm

    Asluves Sarah surprise vefa mihiree. Thanks layaa

    1. Layaa says:
      August 16, 2017 at 9:31 pm

      Ehentha dear ? btw thank you so much dear yaal? ?

  8. ??? says:
    August 16, 2017 at 6:09 pm

    Rythi??

    1. Layaa says:
      August 16, 2017 at 9:32 pm

      Thank you my dear ??

  9. Adha? says:
    August 16, 2017 at 6:51 pm

    Varah suprised vejhe?.. nd varah reethi mi part ves..❤❤ can anyone tell kn iraku aroon nd malaak breakup vee? Huss fake dw e..

    1. Layaa says:
      August 16, 2017 at 9:36 pm

      Alhey adha thank you so much.. ? vaagoibalamaadhw.. ??❤

  10. khajja says:
    August 16, 2017 at 8:16 pm

    Wow???? thanks layaa suprise v habeys ??masha allah stry v v v rythi?? ohhh nooraa hyvany preg hen test ge nathyjaa eyothy kommes gothakun olhifa noony olhuvaalaafa v v wait when nxt prt v kiyaahiyvey eba thanks 4 the luvly stry layaa ly??❤❤❤??????????????

    1. Layaa says:
      August 16, 2017 at 9:39 pm

      Assluvesstha khajja ? thank you for the lovely.. comment ..? dhenvaagoi balamaahingaadhw.. ? ly 2 ??❤

  11. Xxxx says:
    August 16, 2017 at 10:00 pm

    Woow.v.Nice dear??

    1. Layaa says:
      August 17, 2017 at 12:15 am

      Thank you dear Xxxx ??

  12. someone says:
    August 17, 2017 at 2:17 pm

    Varah reethi. Thank you for the lovely surprise layaa. Seriously v v bodah surprise vejje

    1. Layaa says:
      August 18, 2017 at 10:10 am

      Aww ur well come dear some one??

  13. someone says:
    August 17, 2017 at 2:20 pm

    Kurinves mi vaahaka kiyan. Ekamaku adhi kiriyaa comment mi kurevunyyy. ??

    1. Layaa says:
      August 18, 2017 at 10:12 am

      Ehentha ? hardha rangalhey. Thank you so much my dear someone??

  14. love says:
    August 17, 2017 at 3:56 pm

    Mivaahaka up kurany kn dhuvx dhuhaaakuthaa???

    1. Layaa says:
      August 18, 2017 at 10:17 am

      Type koh nimunhaa avahah upload kohladhen ingey love ??

  15. Robin says:
    August 17, 2017 at 7:25 pm

    Varah reethi❤?

    1. Layaa says:
      August 18, 2017 at 10:14 am

      Thank you my dear robin ?❤?

  16. m says:
    August 17, 2017 at 8:09 pm

    layaaa..next part ihnaany kndhuvahakun

    1. Layaa says:
      August 18, 2017 at 10:13 am

      Insha allah Miadhu up kohladheynan ??

  17. Navya says:
    August 18, 2017 at 8:58 am

    Wow? reyga story kiyan feshy ves… mi e vvv intrestin story eh? avahah up kurahchey dear… ohh layaa ge haalu ves ahaalaa hiyvey? Tc…??

    1. Layaa says:
      August 18, 2017 at 10:16 am

      Ehentha.. ? v ufaavejje.. ? layaa insha allah rangalhu ? btw thank you so much my dear Navya ???

Comments are closed.

Next Episodeމަލާކް… 22ވަނަބައި←


All Right Reserved!