Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޒިޔާ …(5)

Nax Level 110 Stories
August 15, 2017 2 Mins Read
12 Comments

އެއާއެކު  ލޫތު އަށް ފެނުނީ ލޫތުައާއި ދާދި  ގާތުން އޭނާގެ ހިތުގެ މަލިކާ ކޮންމެވެސް އެހެންޒުވަާނެއްގެ އަތުގައި ހިފައިގެން ނުކުމެގެން ދިޔަ ތަނެވެ. މި ނުދަންނަ ޒުވާނައާއި މަލްހާ އާއި ދެމެދުވާ ގުޅުން މަލްހާ ގެ ހަނދެއްފަދަ މޫނު މަތިން މިފެނުނުނު ކުލަވަރު ތަކުން ބަލާމީހަކަށް ސާފު ކޮށް އެގެއެވ.  މަލްހާ ގެ އުފަލުންފޮޅިފައިވި މޫނު ކިތަންމެހާވެސް ރިތިކޮށް ލޫތު އަށް ފެނުނެވެ. ލޫތު ކެޔޮ ގަހުގެ ފަތަކާއި  ނިވާވެލިއެވެ . ލޫތު އަށް މިފެނުނު މަންޒަރަކުން ވަރަށް ދެރަވިއެވެ. މާޔޫސް ވިއެވެ. މަލްހާ ދެކެ ރުޅިވެސް އައެވެ. މީހާ ހަމަޔަކަށް އެޅެން ދެތިން ސިކުންތުވަރު ނެގިއެވެ.  ލޫތު މިގެއަށް މިއައީ މިކަހަލަ ކަމަކާ ކުރިމަތިވެދާނެ ކަމަކަށްވެސް ނޫނެވެ.

މި ފެނުނމަންޒަރުން ލޫތު ގެ ހިތް ކުދިކުދި ވިކަހަލައެވެ.ާމާޔޫސްވިއެވެ. އިންތިހާއަށް ދެރަވިއެވެ. މި ކެހިވެރި ދުނިޔެ މަތިން ފޫހިވިއެވެ. މިވީ ފަސްމަސް ދުވަސް ތެރޭ ލޫތު އަށް ނޭގި މަލްހާ ލޫތުގެ ދިރިއުޅުމާއި މިކުޅެލީ ހާދަހާވާ މޮޅަށޭ ލޫތުގެ ހިތަން އެރިއެވެ.

ލޫތު ހުރި ތަނުން ކުޑަކޮށް ބޭރަށް ފިޔަވަޅެއް އަޅާލިއެވެ. އެއާއެކު ލޫތް ހުރިތަނަށް ގަނޑުވި ކަހަލައެވެ. ލޫތުއަށް ހޭވެރިކަންވީ މަލްހާ އައިސް ލޫތުގެ އަތު ގައި ހިފުމުންނެވެ. މަލްހާ ހުރީ ވަނުވާ ނޭނގޭ ހާލު ލޫތުގެ ހައިރާންވެ ކަންބޮޑުވެފައިވާ ދެލޮލައް ބަލަހައްޓައިގެންނެވެ. މަލްހާ މަޑުމަޑުން ގޮވާލިއެވެ. ލޫތު ދިޔައީ ސިއްސައިގެންނެވެ.  މަލްހާ ހީނލިއެވެ. އަދި ވާހަކަދައްކަން ފެށިއެވެ.

” ލޫތު! އިނގޭ ލޫތު ކައިރީގަ އަދި އެވާހަކަ ނުބުނެވޭ ކަން . މިއަދު ތަންކޮޅެއް އަވަދިނެތި އުޅެން ހަދައިގެން ދޮންތި އައިސްގެން އުޅޭ ވާހަކަ ނުބުނެވުނީ.” ލޫތު ތިހާ ހައިރާންވެފަ މަލް އަށް ތިބަލަނީ މަލް މިއީ ޖިންނިއެއް ނޫނޭ! މަލްހާ އޭނަގެ ދޮން އެ މަޑު އަތްތިލައިން ލޫތުގެ އެ ބާރުގަދަ މުލައްދަނޑީ ގައި ހިފާލަމުން ލޫތުގެ ގާތަށް ޖެހިލިއެވެ. އާނ! ދެންމެ ލޫތުގެ ކައިރިންލާފަ ،  އެދިޔައީ މަލްގެ ދޮންތިއާއި ދޮންތިބެ. މަލް  ދޮންތި އައްވުރެ ކުޑަވާނީ އެންމެ ބައިގަޑިއިރަށް. މަލްހާ އާއި މައިހާ އަކީ އެއްމާބަނޑު ދެބެއިންނެވެ. މަލްހާ އާއި މައިހާ އާއި ދެކުދިން އެއްކޮށް ފެނިއްޖެނަމަ ދެކުދިން ވަކިކުރާކަށްވެސް ނޭގެނެއެވެ. އެހާވެސް ވައްތަރެވެ. މިރޭ ލޫތުއައްވެސް މި ވީ އެހެންނެވެ.

ލޫތުއަށް ހިތްހަމަޖެހުމުގެ ނޭވާ އެއްލެވުނެވެ. އެއާ އެކު މަލްހާގެނެސް މެޔާލާ ބޮނޑިކޮއްލެވުނެވެ. ދުވަހަކުވެސް ވަކިނުވާށޭ ބުނާ ފަދައަކުންނެވެ. ލޫތުގެ މި ކުއްލި ހަރާކާތަށް ނުވިސްނާ ހުރި މަލްހާ އަށް ލިބުނު ސިހުމާއި އެއްވަރަށް އުފާވެސް ވިއެވެ. މަލްހާވެސް ލޫތު ގެ މި ހަރާކާތަށް މަރުހަބާ ކިޔާލީ ނުހަނު ލޯއްބާއިއެކުއެވެ. ލޫތު ގެ އެތަނަވަސް މޭމަތީ ބޯއަޅާލިއެވެ. ކުޑައިރުކޮޅަކަށް ދެމިގެން ދިޔަ މި ލޯބިވެތި ވަގުތު ކޮޅު މުޅިއުމުރަށްވެސް ދެމިގެން ދާނެ ނަމައޭ ލޫތުގެ ހިތަން އެރިއެވެ.

ނަމަވެސް ކީއްވެގެން ހެއްޔެވެ. މިހާރަކަން އައިސް ލޫތުގެ ހިތް ބިރުގަންނަނީ އެވެ. ކުރީ ރެއަކު ހުވަފެނުން ވެސް ފެނުނީ މަލްހާ ލޫތު ދެކެ އިންތިހާއަށް ރުޅިއައިސްގެން އުޅޭ ތަނެވެ. ހަމަ އެހެންމެ މިރޭ ނޭނގުމެއްގެ ތެރެއިން ވިޔަސް ، އިރުކޮޅަކަށް ނަމަވެސް ލޫތު ގެ ހިތް މަލްހާ އާއި މެދު ކިލަނބުވިއެވެ. ލޫތު ބޭނުން ވަނީ މިހުރިހާ ކަމެއް ހަނދާން ނައްތާލާށެވެ.

ކުއްލިއަކަށް ކަމެއް ހަނދާންވި ކަހަލަގޮތަކަށް މަލްހާ ލޫތު އާއި ސުވާލުކުރިއެވެ. މިރޭ ލަސްވީ ކީއްވެތޯ އެހިއެވެ. ލޫތު އޭނަގެ ދޮންބައްޕަ އެދުމަތިކުރެވިފައިވާ ވާހަކަ ބުންޏެވެ. އަދި މިރޭ އޭނަ ހޭލާ ހުންނަން ޖެހޭ ވާހަކަ އާއި ބައްޕަގެ ބަލީގެ ވާހަކަ ކުރުގޮތަކަށް މަލްހާ އަށް ކިޔައިދިނެވެ. އަދި ވަރަށް ދެރަވެލާފައި މިރޭ މަލް ގާތު އެހާ ގިނައިރު ނުހުރެވޭނެ ވާހަކަވެސް ބުންޏެވެ.

” ދެން އަޅާނުލާ! އެއީ މިއަދު ލޫތުގެ ޒިއްމާ އެއްކަން އަހަންނަން އެގޭ. ބައްޕަ ބަލިވުމުން ލޫތުގެ އެހީތެރިކަން އެބައްޕަ އަށް ނުހަނު ބޭނުން ވާނެ. އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތް. ” މަލްހާ ނުހަނު ލޯތްބާ އެކު ބުނެލިއެވެ. ލޫތުގެހިތައް ހަމަޖެހުމެއް ލިބުނެވެ. މަލްހާ ފަދަ އެހެންމީހުންނާއި މެދު ވިސްނާ ކުއްޖެއް ލޫތު ގެ ހަޔާތަށް އައީތީއެވެ. ލޫތު ބޭނުންވީ ވީހާވެސް އަވަހަކަށް ހޮސްޕިޓަލަށް ދިއުމަށެވެ. ލޫތު ފިހާރައަށް ގޮސް ހިސާބު ނިންމާލުމަށް ފަހު ދިޔަ އީ ހޮސްޕިޓަލަށެވެ.

މެންދަމުގެ ވަގުތެވެ. ލޫތު އެކަނިމާއެކަނި އޭނާގެ ދޮންބައްޕަގެ ކައިރީ ގައި އިނެވެ. ބައްޕަ އަށް ނިދިފަ އޮތުމުން ލޫތު ބޭރަށް ނުކުމެލިއެވެ. ކުޑައިރުކޮޅަކު މަޑު ކޮށްލުމަށްފަހު އަނެއްކާވެސް ލޫތު ބައްޕަ ކައިރިއަށް އައެވެ. ލޫތު ކައިރިއަށް އައުމާއެކު ވަރުބަލި ގޮތަކަށް ބައްޕަ ލޯ ހުޅުވާ ލިއެވެ. އެއާއިއެކު ބައްޕަ އެއްވެސް އެއްޗެއް ބޭނުން ތޯ ލޫތު އަހާލިއެވެ. ފެންފޮދެއް.! ބަލި އަޑަކުން ބައްޕަ ވާހަކަދެއްކިއެވެ. އެނދު ކައިރީ ހުރި ކުޑަ ކަބަޑުގެ މަތީ ހުރި ފެންފުޅިން ބިއްލޫރިތަށްޓައް ފެން ފޮދެއް އަޅާލުމަށްފަހު ބައްޕަ ކައިރިއަށް ޖެހިލިއެވެ. އެއާއެކު ބައްޕަ ސުވާލުކުރިއެވެ. ކޮބާ ޒިޔާ؟…….

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nax

Level 110 Stories

Other Articles

Previous

ދިހައެއް ( ފަނަރަވަނަ ބައި )

Next

ވަކިވެގެން ތިޔަދިޔައީ މާދުރަށް ދުނިޔެއާ 3ވަނަ ބައި

Next
August 16, 2017

ވަކިވެގެން ތިޔަދިޔައީ މާދުރަށް ދުނިޔެއާ 3ވަނަ ބައި

Previews
August 15, 2017

ދިހައެއް ( ފަނަރަވަނަ ބައި )

12 Comments!

  1. Seema says:
    August 15, 2017 at 7:06 pm

    Mivarun dhen vaahaka nuliyan vejje nun..konme faharaku dhe folhuvathaa bai????

    1. Vaahaka liyan neyngey says:
      August 15, 2017 at 7:20 pm

      Awn dhw midhen hama boduvaru dhw seems nuliyeveyvaru liyanii kyhkuran ??dhen nuliyaathi vaahaka ???

  2. Vaahaka liyan neyngey says:
    August 15, 2017 at 7:21 pm

    Seems**??

  3. Ainth says:
    August 15, 2017 at 8:25 pm

    Aaan…dhw

  4. Ethan says:
    August 15, 2017 at 8:34 pm

    Hi Nax..thankolheh dhigukoh liyeba…konme’ faharaku thigothah hadhaathee story kiyaa hithehves nuvey… hope next part will be long enough..

  5. Zaain says:
    August 15, 2017 at 9:43 pm

    This is too much Nax…. now no interest… im v boring…. realy….

  6. Navya says:
    August 15, 2017 at 9:54 pm

    Assluves v kuru… kiyan fashaa irah nimey.. v dhera.. thankolheh dhigukon genes dheynvynu kanmanaa… v reethi mi part ves. ..tc

  7. zurry says:
    August 15, 2017 at 9:59 pm

    hama yageen “viremun dhaa hith” mi vaahakaige copy ehh mee nann thah badal kohlaafa mi hureee

  8. khajja says:
    August 16, 2017 at 12:01 am

    Alhey kamanaa haadha kurey miavvure dhigukon hama nugenesdheveynetha? ?? noony kommedhuvahaku 2 noony 3 prt up koh dheynvynu maabodavves stry kuru stry rythi up kuraaleh kury nxt prt in feshigen dhigukuraane kamah ummydhukuran noony dhuvaalaku prtakavvura ginain up kuraane kamah ummydhukuran gud nyt

  9. Naaz says:
    August 16, 2017 at 10:21 am

    kuru ekamuves reethi waiting for the next part. love u Nax

  10. ???? says:
    August 16, 2017 at 10:22 am

    Hama kithanme varakah comment kuriyas ehchekey nubunanee keehve tha……. gaimu rulhi ais gen vaahaka dhigu nukoh dhinas thee thankolheh boduvaru. …

  11. Nax says:
    August 16, 2017 at 12:43 pm

    Hurihaa kiyuntherinnanh varah bodah shukuriyyaa. And thanks for your comments. We can learn through mistakes only. Thanks for your cooperation. I will try to improve and hope you all will enjoy with my story.

Comments are closed.

Next Episodeޒިޔާ …(6)←


All Right Reserved!