Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

2:30 އަށްވަނަ ބައި

Ushaali Level 810 Stories100 Comments100 Stories500 Comments
August 15, 2017 8 Mins Read
35 Comments

ފީރޯޒާ އޭނާ އަށް ކަމެއް ސިއްރު ކުރާ ކަމުގައި އޭނާ އަށް ހީވި ހީވުން ޔަޤީންވީއެވެ. އޭނާ އަށް އެކަން އިތުރަށް ޔަޤީންކުރަން ބޭނުންވިއެވެ.  އެހީ ހޯދަން ބޭނުންވި ފަރާތުގެ ޚަބަރެއް ވެސް ނުވާތާ މިހާރު ދެހަފްތާވަނީއެވެ. އޭނާ ކުއްލިއަކަށް ބީ މަތިން ހަނދާންވާން ފެށިއެވެ. ރައްޓެހިންތަކަކާއި އެކު މާކިލް ވެސް ރަށުން ބޭރުގައި މިދުވަސްކޮޅު ވީކަން އެއީ އޭނާގެ ނަސީބެވެ. ނޫންނަމަ އޭނާ އުޅެންޖެހޭނެ ހާލެއް ޚިޔާލުކޮށްލަން ވެސް ދަތިވާނެއެވެ.

މާމަގެއަށް ދިޔުމަށް ކޮޓަރި ތެރޭގައި ތައްޔާރުވާން ހުރި ރަޔާހީންގެ ފަރި ހަރަކާތްތަކަށް ބަލަން އިރުފާން އެނދުގައި އޮތެވެ. މަޑުނޫ ކުލައިގެ ކަކުލުން ތިރިއަށް ހުރި ހެދުމަކާއި އެކު ކަޅު ކުލައިގެ ސްކިނީގައި ރަޔާހީންގެ ހިމަ ހަށިގަނޑު ބުދެއް ފަދައެވެ. އެންމެފަހު ކަމަކަށް ތުންފަތުގައި މަޑުމަޑުން ރަތްކުލައިގެ ލިޕްސްޓިކް ހާކާލިއެވެ. ސެންޓްފުޅި ނަގާ ކަންފަތާއި ދިމާލުން ކަރުގެ ދެފަރާތަށް ޖަހާލުމަށްފަހު ދެއަތްތިލައަށް ވެސް ކުޑަކޮށް ޖަހާލިއެވެ. ދެއަތްތިލަ އުނގުޅާލަމުން އެނދުގައި އޮތް އިރުފާނަށް ނަޒަރެއް ދިނެވެ.

“ވަރަށް ވަރަށް ލޯބި…. އާދެބަލަ ދިޔުމުގެ ކުރިން ހަގެއް ދޭން” އިރުފާން ރަޔާހީނަށް ބުނެލިއެވެ. ރަޔާހީން ފުރަތަމަ ފަހަރަށް ކަންބޮޑުވީ ހިތަށް އެރި އެއްޗަކުންނެވެ.

“ނާންނާނަންތަ… ހީން މަޑުކުރޭ މަށަށް ދެވިދާނެ” އިރުފާން އެނދުން ތެދުވެގެން ރަޔާހީނާއި ދިމާލަށް އަޅަމުންދިޔަ ކޮންމެ ފިޔަވަޅަކަށް ރަޔާހީންގެ ހިތް ތެޅެމުން ދިޔައެވެ. އެވަގުތު އޭނާ ވިކްޔަން މަތިން ވެސް ހަނދާންވިއެވެ.

“ރުޅީތަ ދޫނި… ގެއަށް ލާދެންވީ ދޯ….” ރަޔާހީންގެ ހަށިގަނޑު ގާތަށް ދަމާލަމުން އިރުފާންގެ ދެއަތް ރަޔާހީންގެ ބުރަކަށީގައި ވަށާލިއެވެ.

“ނޫން… މިރޭ ހިނގާލާފައި ދާހިތްވަނީ….އިރޭ ވެސް ގަޑިއަށް ކޮންމެސް ތަނަކަށް ދާން ބޭނުންވާ ވާހަކަ ބުނީމެއްނު. އިރުފާންގެ ގާތްކަމުގެ ސަބަބުން ރަޔާހީނަށް އުނދަގުވަމުން ދިޔައެވެ. ނަމަވެސް އިރުފާން ދީވާނާ އެއް ހެން ރަޔާހީންގެ މޫނުގައި ބޮސްދެމުން ދިޔައެވެ. މިރޭ ދެން ސަލާމަތެއް ނުވާނޭ ހިތަށް އަރަމުން ދިޔަ ރަޔާހީނަށް އިރުފާންގެ އަތް ދަށުން ސަލާމަތްވާން ގަދަ ހަދާކަށް ވެސް ނުކެރުނެވެ.

ރަޔާހީންގެ ބުރަކަށީގައި އަތް ހާކަމުން ދިޔަ އިރުފާން ސިއްސައިގެން ދިޔައީ ފަހަތުން އޭނާގެ އަތުގައި މީހަކު ހިފެހެއްޓުމުންނެވެ. އޭނާ ކަންބޮޑުވެފައި ބަލާލިއެވެ. ރަޔާހީން ގެ ދެއަތްވަނީ އޭނާގެ ހަށިގަނޑުގައި ވަށާލާފައެވެ. އިރުފާން ރަޔާހީންގެ ކަރުދަށުން މޫނު އުފުލާލާ ބަލާލިއެވެ. އެވަގުތު އިރުފާނަށް އަލިފާން ކަހަލަ ދެލޮލަކުން ބަލަން ހުރި ރަޔާހީން އާއި ސިފައިގެ ގޮތުން އެއްގޮތް ކަމެއް ހުރި އަންހެންކުއްޖާ ފެނުނެވެ. އެއީ ކާކުކަން އެނގުނު ހިނދު އިރުފާނަށް ހީވީ އޭނާގެ އަޑު ކަރުތެރޭގައި ތާށިވި ހެންނެވެ. އޭނާ އަށް ރަޔާހީނަށް ދުރަށް ޖެހިލެވުނެވެ. ރަޔާހީން ހެދުން ރީތިކޮށްލަމުން އިރުފާނަށް ބަލާލިއިރު އޭނާގެ ދެއަތް އަދިވެސް ވަނީ ބައްދާލަން ނެގި ގޮތަށް އުފުލާލާފައެވެ. އޭނާ ގޮތްގޮތަށް އަޑުލައްވަމުން ކަރު އަނބުރަމުން ދިޔައިރު ރަޔާހީން އެމަންޒަރު ބަލަން ބިރުގަތެވެ.

އިރުފާންގެ ދެލޮލަށް އެ އަންހެންކުއްޖާ ފަސްއިނގިލި އެއްކޮށް ކޮށްޕާލީ އޭނާ ހިފައިގެން ހުރި އިރުފާންގެ ދެއަތް މިނިވަން ކުރަމުންނެވެ. އިރުފާން ވޭނީ ގޮތަކަށް މަންމަ އަށް ގޮވަމުން ދިޔައިރު ރަޔާހީން ހުރީ ބިރުން މޫނުގައި ދެއަތް އަޅާލައިގެންނެވެ. އިރުފާން ރޮމުން ހޭރެމުން ކަހަލަ ގޮަތަަށް އެނދަށް ވެއްޓިގަތުމުން ރަޔާހީނަށް ދުރުގައި ހުންނާކަށް ނުކެރުނެވެ.

ރަޔާހީނަށް އަޅާވެސް ނުލާ ހުރުމުން އިރުފާން ތެޅެމުން ފޮޅެމުން ފާހާނާ އަށް ވަނެވެ. ކަންބޮޑުވެފައި އެނދުގައި އިން ރަޔާހީން އަތު ކުރީގައި އޮތް ގަޑިއަށް ބަލާލިއެވެ. މިހާރު ދާން އޮތް ގަޑިވެސް ކަޓައިގެން ގޮށްސިއެވެ. ނަމަވެސް އިރުފާންގެ ހަބަރެއް ނުވަނީސް އޭނާ އަށް އިންތަނުން ގުޑިލާކަށް ވެސް ނުކެރުނެވެ.

އިރުކޮޅަކުން ރަޔާހީންގެ ފޯނަށް މެސެޖެއް އައެވެ. “ހީން ދޭ…. މީ އެވަރު ކަމެއް ނޫން. މަންމަމެން ކައިރީގައި މިވާހަކަ ނުދައްކާތި އެނގޭ… އަމް ފައިން…. ފެންވަރާލައިގެން ބޭރަށް މިދަނީ… ހީން ގުޅީމަ ދާނަން ބަލާ” އިރުފާންގެ މެސެޖް ކިޔާލުމަށްފަހު ރަޔާހީން ދެ ވިސްނުމެއްގައި ހުރެފައި ކޮޓަރިން ނިކުމެ ދޮރު ލައްޕާލިއެވެ. އެވަގުތު އެހުރި ތަނުގައި ރަޔާހީނަށް ކަރުނަވީ ލޮލަކުން ބަލަން ހުރި ރޫހާނީ އެތި ކުޑަވަމުން ކުޑަވަމުން ގޮސް ހުދުކުލައިގެ ކުލަ ލާފައިވާ ފާރު ތެރެއަށް ގެއްލިގެން ދިޔައީ ދުންކޮޅެއް ފަދައިންނެވެ.

 

ރަޔާހީން ގެއަށް ވަނުމާއެކު އޭނާ އަށް ފުރަތަމަ ވެސް އަނގަ މަތީގައި ދެއަތް އަޅާލެވުނީ ކުރިމަތިން ފެނުނު ސޫރައަކުންނެވެ. މީ އޭނާގެ އުމުރުގައި ދެން ދުވަހަކު ވެސް ފެނިދާނެ ކަމަށް ހީކުރެވުނު ފަރާތެއް ނޫނެވެ. ރަޔާހީނަށް އެކުއްޖާ އަށް ބަލަން ހުރެވުނީ ގަބޫލު ނުކުރެވިފައެވެ.

“އޯއެމްޖީ މާމާ… ވަޓް އަ ސަޕްރައިޒް…. ހިއެއް ވެސް ނުކުރަން ނަދޫ ފެނިދާނެ ކަމަކަށް. ކޮންއިރަކު އައީ…..” ނަދާގެ ހަށިގަނޑުގައި އޮޅުލައި ގަންނަމުން ރަޔާހީން ބުންޏެވެ. ނަދާވެސް ރަޔާހީން ގައިގާ ބައްދާލިއެވެ. ޒަމާންތަކަކަށްފަހު ކުޑައިރުގެ ދެއެކުވެރިން ބައްދަލުވީއެވެ. ރަޔާހީނާއި ނަދާގެ އެކުވެރިކަން ފެށިގެން އައީ ރާއްޖޭން ބޭރުގައެވެ. އުމުރުގައި ވެސް ނަދާ ރާއްޖޭން ބޭރުން އެއައީ ތިންވަނަ ފަހަރުއެވެ.

ނަދާ އަކީ ވެސް އެ އާއިލާ އާއި ގުޅޭ އަދި އެއާއިލާ އާއި ދިމާވި ކޮންމެ އުފަލެއްގައި ވެސް އަދި ހިތާމައެއްގައި ވެސް ބައިވެރިވި މަޑުމައިތިރި ދީންވެރި ކުއްޖެކެވެ. ނަދާ ލައިގެން ހުރި ކަޅު ކުލައިގެ ޖިލްބާބް ކިތަންމެ ގަޔަށް ދޫކޮށް ހުއްޓަސް އޭނާގެ ޅަނދޮޅު ހަށިގަނޑު އެނގޭއެވެ.

“ފަހުން ފަހުން އައިސް ނަދޫގެ ހަބަރެއް ނުވާތީ ވަރަށް ދެރަވެފައި ހުރީ…. އަޅޭ އަދިވެސް ގަބޫލެއް ނުކުރެވޭ…..ނަދޫ މަންމަ ބައްޕަ އަޔަދިންތަ އެކަނި” ރަޔާހީންގެ ވާހަކަތައް ހުސްނުވާނެކަން ނަދާ އަށް އެނގޭއެވެ.

“ނަދޫގެ ބެސްޓީ މަތިން ހަނދާންވާވަރުން ހަމަ ނުހުރެވިގެން މިއައީ…. ހީން އަދިވެސް ވަރަށް ރީތިކޮށް ދޯ މިހުންނަނީ… ދޯ ކޫއްތާ…. އެނގޭތަ މަންމަ ވެސް ބައްޕަ ވެސް އައޭ….އެކަމު ހީން ދެކެ ހިތްހަމަނުޖެހިފަ ތިބީ… އެނގެއެއްނު ކީއްވެކަން…..ނަދޫ ވެސް ވަރަށް ފޫހިވޭ…” ނަދާ ތުންފަތް އަރިއަކަށް ދަމާލަމުން ބުންޏެވެ.

“މާމާ! ކޫއްތާ! އަންނަންތަ ނަދޫ ގޮވައިގެން ކޮޓަރިއަށް ގޮސްލާފައި. ވަރަށް ބައިވަރު ވާހަކަ އެބަހުރި. މިއަންނަނީ ކާން….” އާބިދާގެ ފަރާތުން ޖަވާބެއް ނުލިބެނީސް ރަޔާހީން ނަދާގެ އަތުގައި ހިފައިގެން އޭނާގެ ކޮޓަރި އާއި ދިމާލަށް ދިޔައެވެ. އެމަންޒަރު ބަލަން ބާކީ ތިބި މީހުން ތިބީ ހެވިފައެވެ.

“އޯވް ނަދޫ…. އަމް ސޯ ހެޕީ….. ކޮބާ ނަދޫގެ މިސްޓަރ ހާން” ރަޔާހީން ނަދާ ގޮވައިގެން ގޮސް އެނދުގައި އިށީންނަމުން ބުންޏެވެ.

“އުޅޭ އެބަ. އެކަމު ހީން ތިކުރީ ކީތް؟ ހީން އަށް އެނގޭތަ ހީން ބޭވަފާތެރިންގެ ލިސްޓަށް ވެސް އަރައިފިކަން. ވިކީ ކިހާ ދެރަވާނެ….” މިފަދަ އުފާވެރި ވަގުތެއްގައި ނަދާ ދައްކަންފެށި ވާހަކައަކުން ރަޔާހީންގެ މުޅި ހިތް މާޔޫސްވިއެވެ. ތުންފަތުގައި ދަތް އަޅާލަމުން އިސްޖަހާލިއެވެ. ކުށްވެރިއެއް ފަދައިންނެވެ.

“މަށަށް އެނގިއްޖެ ތިމޫނަށް އެރި ކުލަވަރުތަކުން ވެސް ހީން އަދިވެސް ވިކްޔަން ބޭނުންކަން. އެކަމު ދެން ދުވަހަކު ވެސް ހީން އަކަށް ވިކީ އެއް ނުލިބޭނެ. ނަދޫ މިކޮޅަށް އަންނަނިކޮށް ވިކީ އާއި ދިމާވި އެއަރޕޯޓުން. ބުނީ ވަރަށް އަވަހަށް މެރީކުރާނަމޭ…” ނަދާގެ ވާހަކަތަކުން ރަޔާހީނަށް ޝޮކެއް ލިބުނެވެ. ނަދާ އެބުނީ ހަމަ ހަޤީޤަތެއް ހެއްޔެވެ؟

“ކުށްކުރީ ހީން. ދެން ކުރެވޭނެ ކަމެއް ނެތް. މަށެއް ނުބުނާނަން މީހެއްގެ އަންބަކަށްވެ ހުރެ ދެން އަލުން ވިކްޔަން ލިބޭނެ ކަމަށް އުއްމީދު ކުރާށެކޭ… އެއީ ގޯހެއް. އެކަމަކު މަގޭ ހިތަށް އަރާ ހީން ކީއްވެބާއޭ  އިރުފާނާއި އިނީ. ހަމަ އަސްލަށް ވެސް ލޯބިވަނީތަ އޭނަ ދެކެ. ނޯ…. އައި ޑޯންޓް ތިންކް….” އައި މީން ހީން އަށް އެނގޭނެ ދޯ އޭނަ އަކީ ކިހާވަރެއްގެ ކާކުކަން”  ކުއްލިއަކަށް ރަޔާހީނަށް އިންތަނުން ކޮޅަށް ތެދުވވުނެވެ. ނަދާ އަށް ފުރަގަސް ދިނުމަށްފަހު އަތުގައި އޮތް ޓިޝޫ ކޮޅުން މޫނުގެ އެކި ހިސާބުގައި ޖައްސާލިއެވެ. ހިމޭންކަމާއެކު އިރުކޮޅަކު ހުރުމަށްފަހު ނަދާ އަށް ކުރިމަތިވާ ގޮތަށް ހުއްޓުނެވެ.

“އައި ލަވް އިރޭ… އިރެއްގައި މަށާ ކޭވީ އާއި ރައްޓެހިވިޔަސް މިހާރު އަހަރެންގެ ހިތުގައި އޭނަގެ ނަމެއް ނުވޭ… އަހަރެން ބޭނުމީ އިރޭ އާއި އެކުގައި އުޅެން…… ނަދޫ ތީ މަގޭ ބެސްޓްފްރެންޑް…. ދެން މިކަމާއި ގުޅުވައިގެން ވާހަކަނުދައްކައިފިއްޔާ ރަނގަޅީ” ރަޔާހީން ހަށަން ބަދެލަމުން ދުރަށް ބަލާލިއެވެ. ނަދާ ކުރިމަތީގައި ރަޔާހީން އެކްޓެއް ކުރީކަން އެނގެނީ އެކަނި ރަޔާހީނަށެވެ.

“އޯކޭ ފައިން….. ނުދައްކާނަން…. ހިނގާ ކާން ވަރަށް ބަނޑުހައި” ނަދާ ހިތްހަމަނުޖެހިފައި އެހެން ބުނުމުން ރަޔާހީން ދެރަވިއެވެ. އެހެންކަމުން ނަދާގެ މޫޑް ރަނގަޅުކޮށްލުމަށްޓަކައި ނަދާ ގައިގާ ބައްދާލިއެވެ. އެކުވެރިޔާގެ އެ އަމަލުން ނަދާ ހީލިއެވެ.

ރޭގަނޑު ކައިގެން އެންމެން މޭޒު ކައިރިން ދުރަށް ދިޔުމުން ފީރޯޒާ ރާނޯ އަށް ގޮވާލުމަށްފަހު ތަބަކަށް ކާއެއްޗެހި އަޅާފައި ދިނުމުން ރާނޯ ހިނގައިގަތްތަން ޒިންކު ކައިރީގައި ހުރި ރަޔާހީނަށް ފެނުނެވެ. މިރޭ ވެސް ރާނޯ އެދަނީ އެކޮޓަރިއަށޭ ރަޔާހީން ގެ ހިތަށް އެރިއެވެ.

ފެންތަށި ބޯލައިގެން އިރުފާން ތެދުވި ވަގުތު މަޑުޖެހުނީ ފީރޯޒާ ގޮވާލުމުންނެވެ. “ދަރިފުޅާ މާދަމާ މަންމަ އަށް އެބަޖެހޭ ކަމެއް ކޮށްދޭން. މަންމަ ގެ ރައްޓެހި އެއްކަލަ އިނާއްތަ އެބައުޅޭ ބޭރުން އައިސްގެން. އެގެއަށް ގޮސް އިނާއްތަ  ދޭ އެއްޗެއް މަންމަ އަށް ގެނެސްދޭންވީ… ދަރިފުޅު ސައިކަލުގައި އުޅޭތީ މިހެން މިބުނީ” ފީރޯޒާ ވާހަކަދެއްކުމުން އިރުފާން ވިިސްނާލިއެވެ. މާދަމާ އޭނާ ކުރަންޖެހޭ އެހެން މަސައްކަތެއް އޮތުމުން ފީރޯޒާ އެކިއި ކަންތަކަށް ހުރަސް އެޅިދާނެތީ އޭނާ ކަންބޮޑުވިއެވެ. އެއީ އެއްގޮތަކަށް ވެސް އޭނާ ބޭނުންވާ ގޮތެއް ނޫނެވެ. މަންމަ ބުނި ކަމަކަށް ދުވަހަކު ވެސް އޭނާ ފުރަގަސް ދީފައެއް ނުވޭއެވެ.

ރަޔާހީން އިރުފާން އަތަށް ފޯށްތަބަށް ދިއްކޮށްލުމުން ދުފާލުމަށްޓަކައި އޭނާ ގޮނޑި ދަމާލާފައި އިށީނެވެ.

“ދެވިދާނެ މަންމާ… ކިހާއިރަކަށް ބޭނުމީ” އިރުފާން އަހާލިއެވެ.

“ދެގަޑި ތިރީސް” މަސައްކަތުގައި އުޅުނު ފީރޯޒާ ހިޔާލެއް ފިކުރެއްނެތި އިއްވާލިއެވެ. އިރުފާނަށް ހީވީ ކަންފަތްދޮށުގައި އޭނާ އަށް އުދަގުކުރަމުންދާ ރޫހާނީ އެތީގެ އަޑު އިވުނުހެންނެވެ. އޭނާ ދެލޯ ބޮޑުކޮށްލާފައި ފީރޯޒާ އަށް ބަލާލިއެވެ. އެވަގުތު އޭނާ އަށް ފީރޯޒާ ގެ މޫނު ވެސް ފެނުނީ ނުބައި އިފުރީތައެއްގެ ސިފައިގައެވެ.

ހަޅޭއްލަވާ ގަތުމަށްފަހު އިރުފާނަށް ދުފާ ތަބަށް ވެސް ހޫރާލެވުނެވެ. ރަޔާހީން މޫނާއި ދިމާލަށް ދިޔަ ތަބަށް އޭނާ މޫނުގައި ޖެހޭ ނުޖެހޭ ހިސާބަށް މަޑުޖެހުމަށްފަހު ހުރި ދިމާލުން ތިރިއަށް ވެއްޓި ފޯށްތައް ބުރައިގެން ގޮސް ބާރު އަޑުފަށްގަނޑެއް އެހިސާބުގައި ގުގުމާލިއެވެ.

އިރުފާން ދެކަންފަތުގައި އަތް އަޅައިގެން ގޮނޑީގައި ގުދަށް ކަހަލަ ގޮތަކަށް އޮތެވެ. ފީރޯޒާ ކުރަންހުރި މަސައްކަތް ހުއްޓާލުމަށްފަހު އޭނާގެ ދަރިފުޅާއި ދިމާލަށް އާދެވުނު ގޮތެއް ވެސް ނޭނގުނެވެ.

“އިރުފާން… ދަރިފުޅު… ކިހިނެއްވީ… ކިރިޔާއެއްނު ހީން ގެ ބޯ ފަޅައިގެން ނުދިޔައީ” ފީރޯޒާ އިރުފާން ކައިރީގައި ހުރި ގޮނޑީގައި އިށީންނަމުން އަހާލިއެވެ

އިރުފާން ހަމައަކަށް އެޅުމުން އޭނާ ދެލޯމަރާ ބާރުކޮށްލިއެވެ. މިއަދު މަންމަމެންނަށް އޭނާ އަށް އެދެއްކުނީ ދައްކަން ބޭނުންވާ މަންޒަރެއް ނޫނެވެ. ޔަޤީނެވެ. މިހާރު މަންމަ ހުންނާނީ ކޮންމެސް ޝައްކެއްގެ މަތީގައެވެ. އޭނާ ވިސްނާލިއެވެ. ދޭނީ ކޮންޖަވާބެއް ހެއްޔެވެ؟

“ދަރިފުޅާ….” އިރުފާން ސިހުނީ ދެވަނަ ފަހަރަށް ވެސް ފީރޯޒާގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. އޭނާ ދެލޯ ހުޅުވާލިއެވެ. ދެއަތުން މޫނުގައި އަތްހާކާލާ ތުންފަތަށް ހިނިތުންވުމެއް ވެރިކުރެވޭތޯ މަސައްކަތްކުރިއެވެ. ސަމާސާއަކަށް ހަދާފައި އޭނާ މޫނު އަރިކޮށްލާ ފުރަތަމަ ވެސް ބަލާލީ އެއްފަރާތުގައި ހުރި ރަޔާހީން ގެ މޫނަށެވެ. ރަޔާހީން ގެ ކަންބޮޑުވެފައި ހުރި މޫނަށް އިރުފާންގެ މި އަމަލުން ހަމަޖެހުން ގެނުވިއެވެ. އެއަށްފަހު ދެން ބަލާލީ ކައިރީގައި އިން ފީރޯޒާގެ މޫނަށެވެ.

“މަންމަމެން ދެކުނިންތަ އޭތި. ކިރިޔާ ހަމަ ފެއިންޓް ނުވެ މި ސަލާމަތްވީ” އިރުފާން ގޮނޑީގައި ލެގިލަމުން އެންެމްނަށް އިވޭ ވަރަށް ބުނެލިއެވެ. ފީރޯޒާ ހިފައިގެން އިން ފެންތަށި ވެސް އޭނާ ދޫކޮށްނުލެވުނީ ކިރިޔާއެވެ. އިރުފާނަށް އެއްޗެއް ފެނުނު ކަމަށް އޭނާ އަށް ޔަޤީންކުރެވުނު ވަގުތު ހިތް ހީވީ މޭފަޅާލާފައި ނިކުންނަން އުޅުނު ހެންނެވެ.

“އެ….އެއްޗެކޭ… ޔާރައްބީ…. އާސިރޫ…. މިގޭ އެއްޗެކޯ…. ސުބްހާނަﷲ…ސުބްހާނަﷲ…. ﷲ އަކްބަރު… ﷲއަކްބަރު….” މޮޔަ އެއްހެން ފީރޯޒާ ޒިކުރު ކިޔާން ފެށުމުން ދުރުގައި ހުރި ރަޔާހީނަށް ހެވުނެވެ. ނަމަވެސް ވަގުތުގެ ނާޒުކު ކަމުން އޭނާ ކަބަޑެއް ބިތްދޮށުގައި ނިވާވެލީ ސީރިއަސް ވަގުތުގައި ހޭން ބޭނުންނުވާތީއެވެ.

“މަންމާ… އެއްޗެކޭ މިބުނީ ހީން ދިން ދުފާ ތަބަކުން އަޅުގަނޑަށް ބިޗުލެއް ފެނުނީ… ސާބަހޭ މަންމާ….މިހާރު އޭތި ދުވެފިލާފާނެ” އިރުފާން ހީލަމުން ދާހިތްލާފައި އިން ފީރޯޒާގެ މޫނުގައި ފިރުމާލިއެވެ. ފީރޯޒާގެ ހިތަށް ހަމަޖެހުމެއް ލިބުނީ އިރުފާން އެތައް ފަހަރަކު އޭނާ އެބުނީ ތެދެއް ކަމަށް ބުނުމުންނެވެ.

ގަޑިން މެންދަމު ބާރަޖަހާ ދިޔައިރު ވެސް އެނދުގައި އޮތް ރަޔާހީނަށް ނިދޭ ގޮތެއް ނުވިއެވެ. މިރޭ ވަކި ކަމެއް ކުރަން ހިތުއަޅައިގެން އޭނާ އޮތީ ރަނގަޅު ވަގުތު އައިސް ޖެހެންދެނެވެ. ކައިރީގައި އޮތް އިރުފާން ނިދާ ހަރުވިކަން އެނގުމުން ގައިމަތިން ކުއިލްޓް ދުރަށް ޖައްސާލުމަށްފަހު މަޑުމަޑުން ތެދުވިއެވެ. ކޮޓަރިން ބޭރަށް ނިކުމެވުމުން މަޑުން ދޮރުލައްޕާލިއެވެ. ސިޓިންގްރޫމަށް ވެރިވެފައިވާ ފަނޑު އަލިކަމުގައި ދިރިހުރި އެއްވެސް ފުރާނައެއްގެ ހިލަމެއް އެހިސާބަކުން ނުވޭއެވެ.

ފުންނޭވައެއް ލުމަށްފަހު ރަޔާހީން މިސްރާބުޖެހީ ނައިޓީ މަތިން އޭނާ ލައިގެން ހުރި ޖެކެޓްގައިވާ ގޮށް އަޅުވާލަމުންނެވެ. ހިތްއަވަސްވެފައިވީ ވަރުން އޭނާ އަށް ކޮޓަރިން ބޭރަށް ނިކުމެވުނީ ކޮޓަރީ ދޮރު ވެސް ލައްޕާނުލައެވެ. ގޭ ފުރަތަމަ ފަންގިފިލާގައިވާ ހުރިހާ ކޮޓަރިތަކެއް ފަސްދީ ދިޔަފަހުން ރަޔާހީނަށް ހުއްޓެވުނެވެ. އޭނާގެ މަންޒިލް އެހުރީ ކުރިމަތިން ފެންނާށެވެ.

އޭނާ އަށް ކުރެވެން މިއުޅޭ ކަމެއްގެ ސަބަބުން ކުޑަކޮށް ޖެހިލުންވެފައި ވިޔަސް އޭނާ ފަހަތަށް އެންމެ ފިޔަވަޅެއް ވެސް ނާޅައެވެ. ކުރިމަތިން ފެންނަން ހުރި ނޫކުލައިގެ އާދައިގެ ދޮރަށް ބަލަހައްޓައިގެން ހުރިއިރު މަޑުމަޑުން އަތްތިލަ އެޕޯލޯ ތަޅުގައި ޖައްސާލިއެވެ. ކުއްލިއަކަށް ރަޔާހީން ސިހުނީ އޭނާގެ ކޮނޑުގައި މީހަކު އަތް ބާއްވާލުމުންނެވެ. އޭނާގެ މޭގަނޑު ހީވީ އަނގައަށް އައި ހެންނެވެ. މިހާ ސިއްރުން ކުރަން އުޅުނު ކަންތައް އެހާ އަވަހަށް ފަޅާއެރީ ހެއްޔެވެ؟

ދެލޯމަރާ ބާރުކޮށްލަމުން ރަޔާހީން ފަހަތަށް އެނބުރިލިއެވެ. ފަހަތުގައި ހުރި ރާނޯ ފެނުމުން ރަޔާހީންގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ.

“މެޑަމް ބުނީ މިތަނަށް އެކަކު ވެސް ނާންނާށޭ.. ޙާއްޞަކޮށް ހީން އަޔަނުދޭށޭ ބުނީ…” ފަރިތަކަމާއެކު ރާނޯ ދިވެހިބަހުން ވާހަކަދެއްކިއެވެ. ރަޔާހީންގެ ދެބުމަ ގޮށް ޖެހުނެވެ. ޙާއްޞަކޮށް އަހަރެން ވަނަ ނުދޭންވީ ކީއްވެ ހެއްޔެވެ؟

“އެއީ ކީއްވެ އަހަރެން؟  އޯކޭ…… ރާނޯ ދޭ ނިދަން…. އަހަރެން އައީ ކޮންމެހެން މިތަނަށް ވަންނާކަށް ނޫން. އެހެންނޫނަސް މަންމަ އެހާ ނުގަބޫލު ކަމެއް މަށެއް ނުކުރާނަން. ފެންބޯން ބަދިގެ އަށް ދަމުން މިދިމާލުން އަޑެއް އިވުނީމަ ބަލާލީ މި” އައިކޮޅަށް ހިނގަމުން ރަޔާހީން ބުންޏެވެ. ރާނޯ ވެސް ރަޔާހީނާއި އެއްހަމައިގާ ހިނގަން ފެށިއެވެ. އެމީހުންނަށް ޙާއްޞަ ކޮޓަރި ހުރީ ވެސް އެކޮޓި އާއި ވަރަށް ކައިރީގައެވެ. ރާނޯ ފާޚާނާ އަށް ވަދެފަ ނިކުތްތަނާ ކުޑަދޮރުން ހިޏަންޏެއް ވެގެން ބަލާލީރު ރަޔާހީން އެކޮޓަރިއާއި ދިމާލަށް ދާތީ ފަހަތުން ނުކުތީއެވެ.

“ރާނޯ… އަދި ބުނަން… މާދަމާ މަންމަ ކައިރީގައި ނުބުނައްޗެ މިވާހަކަ. އޭރުން އެނގެއެއްނު ދޯ ވާނެ ގޮތް…..އޯކޭ ގުޑްނައިޓް ރާނޯ….” ކޮޓަރިއަށް ވަން ރާނޯ ރަަޔާހީނަށް ބަލާލަމުން ބޯޖަހާލިއެވެ.

ރަޔާހީން އަނބުރާ ކޮޓަރިއަށް ވަނީ އޭނާ ރާވައިގެން ހުރި މޮޅު ރޭވުންގަނޑު ކާމިޔާބު ނުވީމައެވެ. ނަމަވެސް އޭނާ އަދި މަސައްކަތްކުރާނެއެވެ. އެކޮޓަރީގެ ހަތަރުފާރު އެތެރޭގައިވާ ‘ސިއްރު’ ބަލާލާހިތުން އޭނާގެ ހަތަރެސް ފައިން ހިރުވުން ނުކެނޑެއެވެ. ބީ ގެ އެހީއެއް މިކަމުގައި ލިބުނު ނަމަ މިހާރު ރަޔާހީނަށް އެކަން ކާމިޔާބުވާނެތާ ކިތަންމެ ދުވަހެކެވެ. ނަމަވެސް ހިތާމައަކީ އޭނާ އަށް ބީ އާއި ބައްދަލުނުވާތާ މަސް ދުވަސް ވީ ކަމެވެ.

މާކިލް ބުނި ބުނުމަކަށް ވިކްޔަން އެގެއަށް އައިސް އިން ވަގުތެކެވެ. ދުވަހަކީ ހުކުރު ދުވަހަށް ވުމާއެކު ގޭ ހުރިހާ މީހުން ވެސް ހަމައަށް ތިއްބެވެ. ހުކުރުފަހުން ރަންމުތް ގޭގައި ތައްޔާރުކުރި މޮޅު ކެއްކުންގަނޑަށް އިންސާފު ކުރުމަށްފަހު ހުރިހާ މީހުން ވެސް ބޮޑު ކޮޓަރީގައި ތިބި ވަގުތެކެވެ. މާކިލްގެ ބޮލުގެ އިސްތަށިގަނޑު ކުރިއަށް ވުރެ ބޯވެފައި ވުމުން ހީވަނީ ބޯވައެއް ހެންނެވެ. އެކަމާއި ވިކްޔަން ވާހަކަދައްކަމުން ދިޔަ ވަގުތު މާކިލް ބުނި އެއްޗަކުން ހުރިހާ މީހުންނަށް ސިހުން ގެނުވިއެވެ.

“މި ބޯކޮށާނީ ހަމަ އެންމެ މީހެއްގެ ދުލުން ބުނުމުން. ހީން ބުނީމަ ނޫނީ މިކަމެއް ނުކުރާނަން” މާކިލް އާއި ޖެހިގެން އިން ގޮނޑީގައި އިން އިރުފާން އަށް ގޮނޑިން ވެސް ސީދާވެވުނެވެ. ވިކްޔަން ވެސް އިނީ ބަސްހުއްޓިފައެވެ. ފީރޯޒާ ވެސް އާސިރު އާއި ދިމާލަށް ބަލާލީ ހައިރާންވެފައެވެ. އަދި އެހުރިހާ މީހުންނަށް ވުރެ ވެސް ރަޔާހީން ގެ ހާލު ބޮޑެވެ. ދެއަތް ދެއަތާއި މޮޑެމުންދާއިރު ހީވަނީ އެއް އަތުން އަނެއް އަތްތިލަ އުފުރާލަން އުޅޭހެންނެވެ. މާކިލް އެފަދަ ވިޔާނުދާ ކަމެއް ކޮށްފާނޭ އޭނާ ހިއެއް ނުކުރޭއެވެ. މިއަދު ހުރިހާ މީހުން ކިރިމަތީގައި އޭނާ ބަދުނާމް ކުރަން އޭނާ އަށް އޮތީ ކޮން ޙައްގެއް ހެއްޔެވެ؟

އެކަކު ވެސް ބަހެއް ނުބުނުމުން މާކިލް ފަހަރަކު މީހެއްގެ މޫނަށް ވަކިވަކިން ބަލާލިއެވެ. އެވަގުތުކޮޅުގައި ވެސް ރަޔާހީންގެ މޫނަށް އޭނާ ބަލާލީ ތަފާތު ނަޒަރަކުންނެވެ.

“މާމަމެންނަށް ކިހިނެއްވެފަ ތިތިބީ… މަށަށް ބުނަންނުވާ ވަރުގެ އެއްޗެއްތަ މިބުނެވުނީ” މާކިލް ފީރޯޒާގެ މޫނަށް ބަލާލަމުން ބުންޏެވެ.

“ދަރިފުޅު ކާކުގެ ވާހަކައެއް ދެންމެ ތިބުނީ….” ފީރޯޒާ ކޮށްލި ސުވާލުގެ ޖަވާބު އަހާހިތުން ހުރިހާ މީހުންގެ ކަންފަތްތައް ކޮޅަށް ޖެހެން ފެށިއެވެ. މާކިލް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟

“އޯވްވްވް…. ހެހެހެ…. މާމާ….. އަޅެ މާމާ މިދައްކަނީ އަހަރެންގެ ހީން މަމް ގެ ވާހަކައެއް ނޫން އެނގޭ އަނެއްކާ…. އަހަރެން މިދައްކަނީ ހީނާން ގެ ވާހަކަ. ހުރިހާ މީހުން ވެސް ލޯބިން އޭނާ އަށް ކިޔަނީ ހީން. އެންމެންނަށް ވެސް އެނގޭނެ އޭނަ” މާކިލް މީހަކަށް ޝައްކެއް ވެސް ނުވާނޭފަދަ ގޮތަކަށް ވާހަކައިގެ މިސްރާބު ބަދަލުކޮށްލިއެވެ. އެހިނދު ކައިރީގައި އިން ވިކްޔަންގެ ހިތަށް ބުނެދެން ނޭނގޭ ފޮނި ކަމެއް އިހުސާސެއް ކުރެވިގެން ދިޔައެވެ. ހިތަށް ލިބުނު ހަމަޖެހުމުގައި ރަޔާހީނަށް ވެސް ކަޅިއެއް އެއްލުނެވެ.

“ތުރާކުނު އަލީ ގެ ދަރި ހީނާން ތަ؟ އާސިރު އިނދެފައި އަހާލިއެވެ.

“އާނ ކާފާ… އެމީހުން ވަރަށް ގިނަ ދުވަހު އިންޑިޔާގައި އުޅެފައި މާލެ އައިސް އުޅޭ އެބަ. ހީން އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ. ކާފައަށް އެނގޭތަ… ހީން އަށް އަހަރެން ނުވެސް އެނގުނު. މަގުމަތިން ފެނުނީމަ ބިރުން ދުވެ ފިލީ” މާކިލް މަޖާވެފައި ވާހަކަދައްކަމުން ދިޔައެވެ.

އެއްވެސް މީހަކަށް ނޭނގުނީ އޭނާ ‘ހީން’ ނިސްބަތް ކުރީ ރަޔާހީނަށް ކަމެވެ. އޭނާ ދެންމެ ހަދަހަދައިގެން އެދެއްކީ އެއްވެސް ހަޤީޤތެއް ނެތް ވާހަކައެކެވެ. އެމައުޟޫ އާއި ގުޅުވައިގެން އެންމެން ވާހަކަދައްކަމުން ދިޔަ ވަގުތު މާކިލް ދުރުގައި ހުރި ރަޔާހީނަށް ބަލާލިއެވެ. އެވަގުތު ރަޔާހީނަށް ވެސް މާކިލް އަށް ބަލާލެވުނެވެ. މާކިލް ގެ ތުންފަތްމަތީގައިވި ވިހަ ހިނިތުންވުމުން ރަޔާހީންގެ ހިތް ބިރުން ވިރިގެން ދިޔައެވެ. އެދެލޮލުން ރަޔާހީނަށް އިންޒާރެއްދޭ ފަދައެވެ. ރަޔާހީން ނުރުހިފައި ސިޑިން އަރައިގެން ދިޔައީ މާކިލް އަށް ވަރުގަދައަށް ދެލޯ އަޅާލާފައެވެ. އެންމެފަހު ސިޑީއާއި ހަމައަށް ދެވުނުތަނާ ރަޔާހީންގެ ފައި ކައްސާލީ ހަމަ ކުއްލިއަކަށެވެ. ފަހަތަށް ވެއްޓެން ދިޔަ ރަޔާހީނަށް އަޑުގަދަ ކޮށްލެވުނީ ދެން ސަލާމަތް ނުވާނޭ ކަން އެނގުމުންނެވެ. ހުރިހާ މީހުންނަށް އެދިމާލަށް ބަލާލެވުނީ އެކުއެކީގައެވެ. އިރުފާން ހީން އާއި ދިމަލަށް ދާން ދުއްވައިގަތެވެ. ވިކްޔަން ވެސް ތެދުވެ އެދިމާލަށް ދާން އުޅެފައި ވެސް އަލުން އިށީނީ ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގެއެވެ. ކުއލިއަކަށް ހުރިހާ އެންމެންނަށް ސިހުމެއް ލިބުނީ ދެން ފެނުނު މަންޒަރު ޤަބޫލު ނުކުރެވުމުންނެވެ. އިރުފާންގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް ދުވެލިއިރު އެފަދަ އިންޒާރެއް ފީރޯޒާގެ ހިތުން ވެސް ދެމުންދިޔައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ލޯބިން އަންނާށޭ ކަލާ…

Next

މިހިތް އެބަ ތެޅޭ ހަމަ ކަލާއަށް ހުވާ -3

Next
August 15, 2017

މިހިތް އެބަ ތެޅޭ ހަމަ ކަލާއަށް ހުވާ -3

Previews
August 15, 2017

ލޯބިން އަންނާށޭ ކަލާ…

35 Comments!

  1. Ushaali says:
    August 15, 2017 at 9:12 am

    assalam alaikum and alhamdhulillah 🙂 vrah baajjaveri dhuvahakah edhen…. mi bai ves thi huriha kudhinnah kamudhaane kamah heekuran. alhuganduge lolah nufenna kusheh liyumuga inumakee ekasheegenva kameh. evves kuhjjakah ekan faahagavi nama bunela dhinun edhen. alhugandumen liyuntheringe huriha ves hiyvarakee thiya kiyuntherin 🙂 🙂 🙂

    1. Mee says:
      August 16, 2017 at 9:36 pm

      Part 1 to 7 nufene

    2. Tho says:
      August 17, 2017 at 3:22 pm

      Logins tha 1_7 kiyaany

    3. afafasdf says:
      September 28, 2017 at 12:37 pm

      alhe part 1akun 7 akah nei fennaakah

    4. roosh says:
      September 30, 2017 at 11:20 am

      USHAALI alhe 1-7 libeyne goiy hadhaa dheeba pleaseeeeeeeeee.. link akun viyas ok please i want it soo badly…. hope kuran mi comnt ah reply eh dheyne kamah

    5. sadness says:
      April 25, 2018 at 9:50 am

      Alhe 1 to 7 Kobaatha. Dhn bunela dhybala plzzzzz

  2. ??? says:
    August 15, 2017 at 9:13 am

    me first…varah reethi mibives…next part kon iraku?

    1. ushaali says:
      August 15, 2017 at 12:11 pm

      Next part soon.. Thank you ?

    2. Ushaali says:
      August 15, 2017 at 2:48 pm

      thankyou dear 🙂 maadhama insha allah

  3. ??? says:
    August 15, 2017 at 9:39 am

    varah intresting…heen ah veekihineh baa???

    1. Ushaali says:
      August 15, 2017 at 3:37 pm

      dhn in bain engeyne heen ah vee goi 🙂

  4. Saadhu says:
    August 15, 2017 at 9:41 am

    Alhey ushaali haadha molhey vahakaliyan.v v v reethi.adhi kiriyaa reethi biriveri vahakaye mikiyaa levenee.kondhuvahaku next part genes dhenee.kiyaahithun hureveneee ky nu.

  5. Haidhar says:
    August 15, 2017 at 10:28 am

    Mi part v intresting? next part avahah up kurahche

  6. Shii says:
    August 15, 2017 at 10:37 am

    Wow v salhi

  7. nuxu says:
    August 15, 2017 at 11:08 am

    alhey?? thick? thick? thick?tok ?tok? can’t waiting next part dear miadhu eh part kiyaalan libeynama??
    well done ushoo???ur the best ingey???mi part vess v furihama???????next partah v inthizaaru eba kurevay keep it up dear luv
    ushoo????????? ????❤?have a grt day tc

  8. siyaa says:
    August 15, 2017 at 12:02 pm

    v reethi mipartvess well done dear

  9. Iylak says:
    August 15, 2017 at 12:38 pm

    Kobaa kuryge parts miadhu mi vaahaka kiyan fashan balaali iru iny trailer n 8 vana episode ??

  10. Ulya says:
    August 15, 2017 at 1:31 pm

    Masha Allah Masha Allah varah reethi…..

  11. khajja says:
    August 15, 2017 at 1:47 pm

    Ohhh wow??? masha allah v rythi stry v furihama?? bee heen vettuna nudhy hifehetty dhw e bee haadha rangalhey dhw masha allah well done ushaali well done?????? when nxt prt plx thankolhen avahah nxt prt up kolladhybala v waiting keep it up ly??❤❤❤?????????

  12. Juvey says:
    August 15, 2017 at 3:39 pm

    Wow haadha nice ey mi part vx ..thi pic vx haadha biruveri ey ..love ushaa doon?????????

  13. zaul says:
    August 15, 2017 at 4:51 pm

    V REETHI MI PART VES

  14. Enaash says:
    August 16, 2017 at 10:56 am

    Next part kobaa

  15. jelly says:
    August 16, 2017 at 2:40 pm

    V nice

  16. Sanii says:
    August 16, 2017 at 9:48 pm

    Nufene part 1 to 7 eh.. why.? Pls say sumthn

  17. Ainth says:
    August 17, 2017 at 7:31 am

    Kobaa next episode… Plx avahah genesdhybala…kiyaahiyvany

  18. Enaash says:
    August 17, 2017 at 11:32 am

    Konirakun tha next part up kurany

  19. Reddy says:
    August 17, 2017 at 2:46 pm

    Love 1 to 7…. Logan beynun .. by nufeney…

  20. Neera says:
    August 17, 2017 at 3:52 pm

    Kobaa 1 to 7

  21. yahibi says:
    August 17, 2017 at 11:54 pm

    kujjekey. Part 1-7 ah Vee gotheh angaaladheeba! ???

  22. dhaadu says:
    August 28, 2017 at 11:58 pm

    kobaa 1 _7 ????

  23. Naash says:
    September 2, 2017 at 11:42 pm

    Mi vaahakai ge 1-7 kobaaa?????

  24. azeen says:
    September 3, 2017 at 7:41 pm

    WOW

  25. ebaulhey says:
    September 23, 2017 at 3:11 pm

    ebunaahen kobaatha mi vaahakaage 1to 7 … alhe

  26. Fathimath says:
    September 25, 2017 at 10:32 am

    Aharenge nan minoon vaahakayakun nudheken mivaahakain fenuneema v majaavi. ekamu maama akahthikee (Feeroza)

  27. NaXy says:
    October 11, 2017 at 1:41 pm

    1 to 7 nufeney. Alhe e part thah libeyne gotheh neh tha

Comments are closed.

Next Episode2:30 ނުވަވަނަ ބައި←


All Right Reserved!