Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޒިޔާ (4)

Nax Level 110 Stories
August 14, 2017 2 Mins Read
7 Comments

”ޒިޔާ ނުރޯތި ! ލޫތު މަޑުމަޑުން ބުނެލިއެވެ. ޒިޔާ ރޯތަން ފެނުނީމަ ބައްޕަ މާކަންބޮޑުވެލައްވާނެ.” ޒިޔާ ގެ ކަންފަތްދޮށުގައި ލޫތު ބުނެލިއެވެ. ބަސްއަހާ ކުޑަކުއްޖަކު ފަދައިން ޒިޔާ ބޯޖަހަލިއެވެ. ލޯފޮހެލަމުން ލޫތުގެ މޫނަށް ބަލާލިއެވެ. ލޫތުއަކީ ޒިޔާ ގެ އެއްބަނޑު އެއްބަފާ ބޭބެއެއްގެ ގޮތުގައި ދެކެމުން އަންނަ އޭނާގެ އެންމެ  ގާތް އެކަކެވެ.

ޒިޔާގެ މޫނުމަތިން ފެންނަން ހުރި މޮޅިވެރިކަން ފެނިފައި ޒިޔާ އެއިހްސާސް ކުރަމުން ދަނީ ކޮންކަހަލަ އިހްސާސްތަކެއް ކަން ދަނެގަންނާކަށް ލޫތު އަކަށް މާދަތިކަމަކަށް ނުވިއެވެ.

އޭނާގެ މަންމަ ފަދައިން ، ބައްޕަ ވެސް އޭނާ ދޫކޮށްލާފަ މިދުނިޔެއާއި ވަކިވެގެން ހިގައިދާނެތީ ޒިޔާ ކަންބޮޑުވަނީ ކަން ލޫތުއަށްވިސްނުނެވެ.

”މާބޮޑަށް ފިކުރުނުކުރޭ! އިރާދަކުރެއްވިއްޔާ އިންޑިޔާ އަށް ގެންގޮސްގެން ބޭސް ކޮށްލީމަ ރަނގަޅުވާނެ.” ލޫތު ޒިޔާ ގެ ހިތްހަމަޖައްސައިދޭން މަސައްކަތްކުރިއެވެ.

ޒިޔާ އުފަންވުމާއެކުހެން ޒިޔާގެ މަންމަވަނީ މިދުނިޔެއާއި އަލްވަދާއު ކިޔާފައެވެ. ޒިޔާ ގެންގުޅެ ބޮޑުކުރީ އޭނާގެ މާމަ އެވެ. އެމާމަ ވެސް މީގެ އަހަރެއްހާ ދުވަސްކުރިން ވަނީ ނިޔާވެފައެވެ.

ހަމައެވަގުތު އޭނާގެ ހިތުގައި ޒިޔާ އަށްޓަކާ އުޚުވަތްތެރި ކަމުގެ ލޯތްބާއި ހަމްދަރުދީ އުތުރި އަރަން ފެށިއެވެ. ”ހިގާ ދެން ގެއަށް ދަމާ! މިހާރު ޓިއުޝަން  ޓީޗަރުވެސް އަންނާނެއެއްނު. ” ލޫތު ގަޑި ބަލާލުމަށްފަހު ބުނެލިއެވެ. އޭރު ގަޑިން ނުވައެއްޖަހަން ކައިރިވަނީ އެވެ. މިރޭ އަދި ލޫތު ކުރަން ބޭނުން ވަރަށް ޚާއްސަކަމެއް އެބައޮތެވެ. އޭނާގަސްދުކޮށްގެން ހުރީ އެކަމުގައި ޒިޔާ ގެ އެހީތެރިކަންވެސް ހޯދާށެވެ.

ރެއަކީ ލޫތު އާއި މަލްހާ ގެ ގުޅުމަށް ފަސްމަސް ފުރޭ ރެއެވެ. ކޮންމެ މަހެއް ފުރޭ ރެއަކުވެސް ލޫތު މަލް އަށް ޚާއްސަ ހަދިޔާއެއް ދޭންބޭނުންވެއެވެ. މިރޭވެސް ހަމައެފަދައެވެ. އެކަމަކު ޚާއްސަ ކޮށްލުމުގެ ގޮތުން ދޭނެވަކިއެއްޗެއް ލޫތު އަކަށް ނުނިންމުނެވެ.

އޭނާ ކުރިން ނިންމައިގެން ހުރީ ޒިޔާ ގޮވައިގެން ބާޒާރަށްގޮސް މީރުވަސްދުވާ ސެންޓު ފުޅިއެއް ގަންނާށެވެ. އެހެނަސް މިރޭ ޒިޔާ އޭނައާއިއެކު ހޮސްޕިޓަލުން ގެއަށްދާން ނުކުތްއިރު ހުރި މޮޅިވެރިކަން ފެނިފައި ލޫތު އަށް އެވާހަކަ ދައްކާކަށް ނުކެރުނެވެ.

ޒިޔާ ގެއަށްލުމަށްފަހު ލޫތު ދިޔައީ އޭނަގެގެއަށެވެ. ގެއަށްގޮސް އަވަސް އަވަހަށް ފެންވަރާލައިގެން މަލްހާ އާއި ބައްދަލުކުރަން ދާން ތައްޔާރުވިއެވެ.

މަލްހާ އަކީ މާލޭގެ ގަދަރުވެރި ބޭފުޅެއްގެ ކުއްޖެކެވެ. އެގޭގައި ކައްކަން އުޅޭ އައިމިނަގެ ތިމާގެ ކުއްޖެކެވެ. ލޫތު މަލްހާ އާއި ގިނަފަހަރަށް ބައްދަލު ކުރަނީ އެގޭގެ ވަލުދޮރާށި ދޮށުން މަގުމަތިންނެވެ. އެއީ އެގޭގައި ގެންގުޅޭ މީހުން ވަދެ ނިކުންނަން ބޭނުންކުރާ  މައިމަގާއި އިންވެގެން ހުންނަ ހަނިގޯޅިގަނޑުގެ ތެރޭގައިހުންނަ ދޮރޯއްޓެވެ.

ލޫތުއަށް އެހިސާބައް ދެވުނުއިރު ނުވަގަޑި ސާޅީސްވަނީއެވެ. މަލްހާ އޭނަގެ އިންތިޒާރުގައި ދިހަމިނިޓް ކުރިންސުރެ ހުންނާނެކަން ހިތަން އަރާފައި ލޫތު ސައިކަލް ދުއްވަމުން އައީވެސް ވަރަށް ބާރަށެވެ. އޭނާ މީގެކުރިން ދުވަހަކުވެސް ގަޑިޖެހިފައެއް ނުވެއެވެ. އެވަރުގެ ކުޑަކަމަކާ ހުރެ ނަމަވެސް މަލްހާގެ ހިތަަށް ނުތަނަވަސް ކަމެއް ވެރިވިއަދޭކަށް ލޫތު ބޭނުމެއް ނޫނެވެ. ލޫތު އަށް މަލްހާ މެންގެދޮށަށްދެވުނުއިރު މަލްހާ ފެނަނާކަންނެތެވެ. މިހާ ދުވަސްވީއިރުވެސް ލޫތުއަށް އެކަނި އެގޭތެރެއަށް ވަންނާކަށް ނުކެރެއެވެ. އެހެން ކަމުން ސައިކަލް ނިވާނުލާ އެގޭދޮށުގައި މަޑުކޮށްލައިގެން އިނެވެ. ފަސްވަރަކަށް މިނިޓް ވީއިރުވެސް މަލްހާ ގެ އެއްވެސް ޚަބަރެއް ނުވުމުން ލޫތު ނުތަނަވަސް ވާންފެށިއެވެ.

ލޫތު އަދި މިރޭ ކުރަންޖެހިފައިވާ ކަންތައްތައް ކުރިއަށް ހުރީއެވެ.ފިހާރަ ބަންދު ކުރުމުގެ ކުރިން އެތަނަށް ދާންޖެހެވެ. އޭގެ އިތުރުން މިރޭ ހޮސްޕިޓަލްގައި އޭނާގެ ދޮންބައްޕަ ކައިރީ ހޭލާއިންނަން ޖެހެނީވެސް ހަމަ ލޫތްއަށެވެ.  ކުޑައިރުކޮޅަކު ވިސްނާލަން އިނުމަށްފަހު އެންމެ ފަހުން ލޫތު ނިންމީ މަލްހާ ހޯދަން އެގެއަށް ވަނުމަށެވެ. މި އޮއްޚާއްސަ ރޭ މަލްހާ އާއި ބައްދަލު ނުކުރެވިއްޖެނަމަ އޭނާގެ ހިތަށް ކުޑަވެސް ހަމަޖެހުމެއް ނުލިބޭނެ ކަން ޔަގީނެވެ.

ލޫތު ސައިކަލް ޕާކްކޮށްފައި ހިގައިގަތެވެ. މަލްހާ އަށް ގެނަައި މާ ބޮނޑި ފުރަގަހަށް ލައިގެން މަޑުމަޑުން އެގޭ ދޮރާށި ހުޅުވާލާފައި އެތެރެއަށް ވަނެވެ. އެތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ލޫތު އެތެރެއަށް ދެތިން ފިޔަވަޅު އެޅުމަށްފަހު ހުއްޓުނެވެ.

ބަދިގެ ފެންޑާގައި  ދިއްލާފައިވާ ފުޅިބައްތީގެ އަލީގެ އެހީގައި މަލްހާގެ ކޮޓަރި ދޮރުހުޅުވާފައި ހުރިތަން ޝިހާމްއަށް ފެނުނެވެ. އެގެއަކީ އާންމުކޮށް ރާއްޖެތެރޭ އެކިރަށްރަށުމީހުން އައިސް ތިބޭ ގެއެކެވެ.އެހެން ކަމުން އާންމުގޮތެއްގައި އެގޭ ޖޯލިފައްޗާއި ބަދިގެ ފެންޑާގައި ހުންނަ ބޮޑު އަށީގައިވެސް މިހަކު ނެތް ވަގުތެއް ވަރަށްމަދުވާނެވެ. އެހެންނަމަވެސް އެހެން ރޭރެއާއި ޚިލާފަށް މިރޭ އެއިން އެއްވެސް ތާކުންވެސް މީހަކު ފެންނާކަން ނެތެވެ. ލޫތު ސަލާމް ގޮވާލަންއުޅެފަ ޚިޔާލު ބަދަލުވިއެވެ.

ކެޔޮފީނި ގެ ހިޔަނިއެޅިފައިވާ ހިސާބުން މަޑުމަޑުން ކުރިޔަށް ހިގައިގަތެވެ. ތަންކޮޅަކަށް ނުދެވެނީސް ލޫތް އަށް އޭނާގެ ފަހަތުން ފިޔަވަޅެއްގެ އަޑުއިވޭހެން ހީވެގެން ފަސްއެނބުރި ބަލާލެވުނެވެ……………………………….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nax

Level 110 Stories

Other Articles

Previous

ދިހައެއް ( ސާދަވަނަ ބައި )

Next

ލޯބިން އަންނާށޭ ކަލާ…

Next
August 14, 2017

ލޯބިން އަންނާށޭ ކަލާ…

Previews
August 14, 2017

ދިހައެއް ( ސާދަވަނަ ބައި )

7 Comments!

  1. ???? says:
    August 14, 2017 at 6:01 pm

    Alhey nax???? plx thankolheh dhigu koh up kohdheeba….. hama kuda kuda thankolheh kiyaalaa irah nimifa?????so sad….. waiting for the next part n hope next part will be long

  2. khajja says:
    August 14, 2017 at 7:16 pm

    Alhey haadhakurukonneythigenes dheny thankolheh dhigukon genesdheyn vejje ennu plx plx?? stry rythi ekamaku maabodavves kurukon thigenesdheny ?? hyvany stry nimidhaanethy ulheyhen ??

  3. zurry says:
    August 14, 2017 at 8:48 pm

    “viremundhaa hith” mi vaahaka aa haadha vahhtharey. copy ehh tha

  4. Zaain says:
    August 14, 2017 at 10:14 pm

    Story nice…. but maakury maakury…. ehvs saugey nufedey…. pls dont do that Nax…. story ah furihamayah vadeven vaairah ti nihmaalany….

  5. siu says:
    August 15, 2017 at 3:55 am

    Nice

  6. Nax says:
    August 15, 2017 at 3:55 pm

    Thanks for your comments. Will try to improve……thanx for helping me to move on with the story. Actually I’m very busy these days… So can’t write more… dhaa dhigukoh nugenesdheveney Midhuvaskolhu busy veema. But I don’t want stop it. So that trying to upload daily ….

  7. Nax says:
    August 15, 2017 at 4:00 pm

    *ehaa dhigukoh *

Comments are closed.

Next Episodeޒިޔާ …(5)←


All Right Reserved!