Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޒިޔާ

Nax Level 110 Stories
August 12, 2017 2 Mins Read
10 Comments

ޒިޔާ! ފެންޑާގެ ދޮރުމައްޗައް ހުއްޓުނު މީހަކު ގޮވާލި އަޑަށް އޭނާ ދިޔައީ ސިއްސައިގެންނެވެ. އެއާއެކު ޒިޔާ އެދިމާއަށް ބަލާލިއެވެ. އެ ދޮރުމަތީގައި ހުރީ ލޫތު ކަންއެގުމުން ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. ލޫތުއާއި ދިމާލަށް ބަލާލާފައި ހިނިތުންވެލިއެވެ.

އަހަރެންގެ ދުޢާ އިޖާބަކުރައްވައިފި ! އާދެބަލަ މިސުވާލުގެ ޖަވާބު ހޯދަން. އުޅެއުޅެ ނުފެނިގެން މިއުޅެނީ! ޒިޔާ އުފާވެލާފަ ބުނެލިއެވެ. “ހިއުމަން ބައޮލޮޖީ” އަކީ ޒިޔާ އެއްމެ ކިޔަވާހިތްވާ އެކަމަކު އޭނާ އަށް އެންމެ އުނދަގޫ އެއް މާއްދާ އެވެ.

މިއައީ ޒިޔާ ބަލާ! ލޫތު ބޯހޫރާލާފައި ބުންޏެވެ. ލޫތުގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރުތައް ފާޅުވޭވެ، ހުއްޓެވެ. ބައްޕަ ބަލިވެގެން……..

ލޫތް ! ޒިޔާ ކުއްލިއަކަށް އިންތަނުން ތެދުވެގެން ލޫތުގެގާތަށް އައެވެ.

އަނެއްކާ ކިހިނެތްވީ ؟ މަގޭ ބައްޕަ އަށް ކިހިނެތްވީ ؟ ޒިޔާ ވަރަށް އަވަސް އަރުވާލާފަ ވާހަކަދެއްކިއެވެ. އަދި ލޫތު އާއިއެކު ދިއުމައްޓަކައި ބޭރަށް ނުކުންނަން މަސައްކަތް ކުރިއެވެ. ލޫތު ޒިޔާ ގެ އެ މަޑު އަތްތިލާގައި ހިފާލަމުން ވާހަކަ ދެއްކިއެވެ.

ޒިޔާ އިހަށް މަޑުކޮށްބަލަ. އެހާ އަވަސް އަރުވާނުލިޔަސް ދެވިދާނެއެއްނު. ކޮބާ ކުޑާއްތަ؟ ކުޑާއްތަ ކައިރީގަވެސް ބުނެފައެއްނުން ދާންވާނީ. ލޫތު ދިމާކުރީ ގޭތެރެއަށް ވަންނާށެވެ.

އެހާހިސާބުން ޒިޔާ އަށްވެސް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. މާބޮޑު ކަމެއް ނުވޭދޯ! ނަސީބެއްނު ، ޒިޔާ މޭގައި އަތްޖައްސާލަމުން ވާހަކަދެއްކިއެވެ. ލޫތު އިތުރު އެއްޗެއް ނުބުނެ ، ޒިޔާ އާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. ދޭ ކުޑަކޮށް ތައްޔާރުވެލައިގެން އަންނަން ، ލޫތު ބުނެލިއެވެ.

ޒިޔާ ކޮޓަރިއާއި ދިމާއަށް ދިޔައެވެ. ލޫތު ދިޔައީ ބަދިގެ ފަރާތަށެވެ.  ޒިޔާ ގެ ބޮޑުދައިތަ އާލިޔާ ފެނޭތޯއެވެ. ޒިޔާ އަށް އޮޅުންފިލުވައި ނުދިނެއްކަމަކު ޒިޔާ ގެ ބޮޑުދައިތައަށް ވީގޮތް ރަނގަޅަށް ކިޔައި ދޭން ޖެހޭނެކަން އޭނާއަށް އެގެއެވެ.

ބޭބެ ވަރަށް ބަލިވެގެން މިއުޅެނީ! ލޫތު އާލިޔާ އަށް އޮޅުންފިލުވައި ދިނެވެ.

ކިހިނެތްވީ ؟ އާލިޔާ ރޮށި ދެމުން ހުއްޓާލާފަ ސުވާލުކުރިއެވެ.

ނޭނގެ ، ފެންވަރުއްވައިގެން ނުކުންނެވި ތަނާ ވެއްޓުނީޔޯ، މިހާރު ހޮސްޕިޓަލުގައި ބާއްވާފަ، ޑޮކްޓަރ ބުނީ ހިތުގެ ކަމެކޯ، އޮކްސިޖަން ވެސް ގުޅި. ލޫތު ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ.

ޔާރައްބީ ! އާލިޔާ އަށް އަނގަ މަތީ އަތް އެޅުނެވެ.

އެހެންވެ ޒިޔާ ބަލާ މިއައީ، އޭނާއަކަށް ވެގެން އުޅޭ ގޮތެއް ކިޔައެއް ނުދެން. ލޫތު ގެ ވާހަކައަށް އާލިޔާ ބޯ ޖަހާލިއެވެ. އެވަގުތު ޒިޔާ ވެސް ހެދުން ބަދަލު ކޮށްގެން ދާން ތައްޔާރުވެގެން އެތަނަށް އަތުވެއްޖެއެވެ.

ޒިޔާ ގޮވައިގެން ލޫތު ސައިކަލުގައި ހޮސްޕިޓަލާއި ދިމާލަށް މިސްރާބު ޖެހިއެވެ.

ކޮންތާކަށް ތިދަނީ ؟ ގެއަކަށް ނޫންތަ ؟ ތަންކޮޅަކަށް ދެވުމުން ޒިޔާ ސުވާލު ކުރިއެވެ.

ބައްޕަވީ ހޮސްޕިޓަލުގައޭ ލޫތު ވަރަށް އާދައިގެ ގޮތަކަށް ބުނެދެވޭތޯ ބެލިއެވެ.

އެއީ! ގައިމު ބުނީމެއްނު މާބޮޑުކަމެއް ނުވެޔޭ ! ޒިޔާ އަނެއްކާވެސް ކަންބޮޑުވިއެވެ.

ލޫތު އެއްވެސް ޖަވާބެއް ނުދީ ހޮސްޕިޓަލް ދޮށަށް ސައިކަލް މަޑުކޮއްލިއެވެ. އިންދިރާގާންދީ މެމޯރިއަރް ހޮސްޕިޓަލުގެ ބޮޑު ދޯރާށިން ވަދެވުމާ އެކު ޒިޔާ ލޫތު ގެ އަތުގެ މުލައްދަނޑީގައި ހިފާލިއެވެ………

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nax

Level 110 Stories

Other Articles

Previous

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (އެގާރަވަނަ ބައި)

Next

ދިހައެއް ( ބާރަވަނަ ބައި )

Next
August 12, 2017

ދިހައެއް ( ބާރަވަނަ ބައި )

Previews
August 12, 2017

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (އެގާރަވަނަ ބައި)

10 Comments!

  1. Ram says:
    August 12, 2017 at 3:35 pm

    Salhi.. waiting for next part.. dhn myhun dhahkaa vaahaka hunna jumla thakuga komaa koalhi jehyma readers ah kiyan faseyha vaane.. igeyy… ragalhu kohlahcheyy.. ekm storyy hama habbu ❤❤

  2. lyn says:
    August 12, 2017 at 4:25 pm

    Haadha kurey.. but story v reethi vaane henn heevey…next part dhigukohlahchey plx

  3. Xxxx says:
    August 12, 2017 at 4:57 pm

    Nice dear ??

  4. khajja says:
    August 12, 2017 at 6:28 pm

    Masha allah rythi mi prtves ekam haadhakurey nxt prt dhigukollachchey when nxt prt avahah up kollabala ??❤???

  5. click a shot ? says:
    August 12, 2017 at 6:32 pm

    Pic ga aee kon rashege beach eh tha….btw mi aperture ves varah salhi?

    1. click a shot ? says:
      August 12, 2017 at 8:34 pm

      *Part

  6. Anonymous says:
    August 12, 2017 at 10:31 pm

    This is GA. Mamendhoo thundi.

  7. Zaain says:
    August 12, 2017 at 10:35 pm

    Nice…. Kyp it up…. bodudaitayah kiyaafa in nan tankolhey lhaee….. asluvs…. e nan change kohlaafihya v furihama vaane… dn vagutuvyvarakun readers ge comment takah rply deychey…. otherwise feeling boring….

  8. Nax says:
    August 12, 2017 at 10:54 pm

    Thanks for yours comments. I will try to improve. By the way it’s true. This is my lsland…GA. Mamendhoo thundi ge pic eh. ☺

  9. Shahy says:
    August 13, 2017 at 8:35 pm

    Reethi. Ekam maa kureee.

Comments are closed.

Next Episodeޒިޔާ… (3)←


All Right Reserved!