Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ދެގަޑި ތިރީސް 4

Ushaali Level 810 Stories100 Comments100 Stories500 Comments
August 10, 2017 8 Mins Read
11 Comments

 

“ބައްޕާ ފެންފޮދެއް. ބައްޕާ އުރާލަބާ….” އާއެނކެވެ. މާޒީވެ ގޮސްފައިވާ ދުވަސްތަކުން އެއްދުވަހެއްގައި ވަނީ ހަމަ އެޖުމްލަތައް އިރުފާނަށް އިވިިފައެވެ. އެކަން ހަނދާންވުމާއެކު އިރުފާން ކުރިއަށް ވުރެ ވެސް ބޮޑަށް ބިރުގަތެވެ. އޭނާ ނޭވާ ހޮޅިއަށް އެޅުނީއޭ ހީވެ ދެލޯ މެރެމުން ދިޔައެވެ.

“އިރުފާން ތިހެން ނަހަދާ…. އަހަރެން ގެއަށް ފޮނުވާލާ…. މަގޭ ދަރިންކޮޅާއެކު މަ ހިނގައިދާނަން. އަހަރެން ދޫކޮށްލާ… ހެޔޮނުވާނެ………….ބައްޕާ ފެންފޮދެއް…….ބައްޕާ ފެންފޮދެއް…….” ރޮމުން ދިޔަ އަންހެނެއްގެ އަޑާއި އެކުވެގެން އެއިވުނު ކުޑަ ދެކުއްޖެއްގެ މައުސޫމް އަޑު އިރުފާނަށް އިވެންފެށިއެވެ. އެއަޑުތަކުން އޭނާގެ ކަންފަތަށް ވޭން އަޅަމުން ދިޔައެވެ. ނަމަވެސް އޭނާ އަމިއްލަ އަށް އޭނާގެ ކަންފަތްމަތީގައި އަތް އަޅަން ވެސް ނުކުޅެދުނެވެ. އިރުފާނަށް ހަޅެއްލަވަން ފެށުމާއެކު ހޮޑުތަކެއް ލެވުނީ އޭނާގެ ހަށިގަނޑު ތެރޭގައި ހިފާ ވީދާ ކުދިކުރަމުން ދިޔަ އަތްތިލަ ކުއްލިއަކަށް ދަމައިގަތުމުންނެވެ. މިހުރިހާ ކަމެއްވާއިރު ވެސް ކައިރީގައި އޮތް ރަޔާހީނަށް އެނގުމެއް ވެސް ނުވޭއެވެ.

“އަހަރެމެން ކަލޭގެ ދިރުއުޅުން ނަރަކަ އަކަށް ހަދާލާނަން….ހަނދާންކުރާތި. އަހަރެމެން މިދަނީ… އަހަރެމެންގެ މަންމަ އަށް އަހަރެމެން ބޭނުންވެއްޖެ. ކަލޭ ވެސް އެއްދުވަހަކުން ވޭނުގައި ތަޅުވާފައި މަރާލާނަން….” ދެކުދިން އެއްފަހަރާ އިރުފާންގެ ކަރުގައި ހިފުމުން އޭނާ އަށް ކުރިމަތިން މަރު ފެންނަން ފެށި ކަހަލައެވެ. އަނގައިގެ ވާތްގެއް ނެތް އިރުގައި ވެސް ކޮންމެސް އެއްޗެކޭ އޭނާ ކިޔަމުން ދިޔައެވެ. ކުއްލިއަކަށް އިރުފާންގެ ހަށިގަނޑަށް ލުޔެއް ލިބުނު ކަހަލަ އިހުސާސެއް ކުރެވުނެވެ. އޭނާ ދެލޯ އަތުން އުނގުލާލީ ގަބޫލު ނުކުރެވިފައެވެ. އެކޮޓަރި ތެރެއިން ދެންމެ ހިނގާދިޔަ އެއްވެސް ކަމެއްގެ އަސަރެއް ފެންނާކަށް ނެތެވެ. ރަޔާހީން ވެސް ހަމަ ކުރިއެކޭ އެއްގޮތަށް ނިދާފައި އޮތެވެ. އަދި އޭނާގެ ހަށިގަނޑަށް ވެސް ގެއްލުމެއްވެފައެއް ނެތެވެ. ހަމައެކަނި އޭނާގެ ހިތް އާދަޔާހިލާފު ބާރު މިނެއްގައި ތެޅެމުންދާ ކަމެވެ.

ލޮޑުވެފައިވާ ހަށިގަނޑު އެނދުން ހިއްލާލަން ވެސް އިރުފާނަށްވީ ދަތި ކަމަކަށެވެ. އޭނާގެ މުޅި ހަށިގަނޑުގައި ވޭން އަޅަނީއެވެ. ދެލޮލުން ކަރުނަ ފައިބަނީއެވެ. ކަރުތެރެއަށް ދިލަ ނަގަނީއެވެ. އޭނާ ބޭނުންވީ ފާހާނާ އަށް ވަދެ ގައިން ތާހިރުވާށެވެ. ނަމަވެސް އޭނާ އަށް ހިތްވަރުކޮށް ފާހާނާ އާއި ހަމައަށް ދެވޭނެ ހިތްވަރެއް ހަށިގަނޑުގައި ނެތެވެ. އެވަރުން ވެސް ދުލުން ހެޔޮ އެއްޗެއް ބުނާކަށް އޭނާާ ހިތަކަށް ނޭރިއެވެ. އެވަގުތުކޮޅުގައި ވެސް ދުލުން ބޭރުވީ ހަޑި ބަހެކެވެ.

އެތައް ހިތްވަރެއްކޮށް އިރުފާން ކުރި މަސައްކަތުން އޭނާ ފާހާނާ އަށް ވަދެ ފެންވެރިއެވެ. ހަޑިވި އޭނާގެ އަންނައުނުތައް ދޮވުނެވެ. އެނދުގެ ބެޑްޝީޓް ބަދަލުކުރަން އުނދަގު ކަމަކަށްވީ އެނދުގައި ރަޔާހީން ނިދާފައި އޮތުމުންނެވެ. އޭނާ ވިސްނާލުމަށްފަހު ނިދާފައި އޮތް ރަޔާހީން އަތްމައްޗަށް ނަގާލިއެވެ. އަދި އެކޮޓަރީގައި ހުރި ސޯފާގައި ރަޔާހީން ބާއްވާލިއެވެ. އަދި ބެޑްޝީޓް ބަދަލުކުރުމަށްފަހު ހަޑިވި ބެޑްޝީޓް ވެސް ދޮވެލިއެވެ. އަލުން ރަޔާހީން އޮތް ތަނުގައި ބާއްވާލުމަށްފަހު އޭނާ އަށް ވީ ޖާގައިގާ އޮށޯވެލިއެވެ. ނިތްމައްޗަށް އަތް ނަގައިގެން އޭނާ ވިސްނާލިއެވެ. އޭނާ އަށް އެވަނީ ހަމަ ވާންވީ ގޮތޭ ހިތަށް އަރަނީއެވެ. ބޮލުގައި ރިހެން ފެށުމުން އޭނާ އަރިއަކަށް ޖެހިލިއެވެ. އެވަގުތު ކައިރީގައި އޮތް ރަޔާހީންގެ މޫނުން އޭނާ އަށް އެހެން މޫނެއް ސިފަވިއެވެ. އޭނާ ބިރުގަތެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާ ހިތް ހަމައަކަށް އަޅުވާލީ އޭނާ ބިރުގަންނަ ސިފަ އާއި ރަޔާހީން އާއި ގުޅުމެއް އޮތް ކަން އެނގުމުންނެވެ. ރަޔާހީންގެ މޫނަށް އޭނާ ބަލަން އޮތެވެ. އޭނާ އާއި އިންފަހުން އެކުއްޖާ އަށް އަދި ގާތްވެވުނީއެއް ނޫނެވެ. ހަމަ ހޭގައި ނެތް އިރު ކައިވެނީގެ  ފުރަތަމަ ރޭގެ އުފާ ލިބުނެވެ. ނަމަވެސް އޭނާގެ ހަނދާނެއް ނެތެވެ. އޭނާ އިތުބާރުކޮށްގެން ހުރީ ހަމައެކަނި ރަޔާހީން ބުނި ބުނުމަކަށެވެ.

އޭނާ އަށް ވަނީ ކުށެއް ކުރެވިފައެވެ. އެކަން އޭނާ ވެސް ގަބޫލު ކުރޭއެވެ. އެއްވެސް މީހަކަށް ނޭނގޭނޭ ފަދައަކުން އޭނާ ވަނީ ކުރެވުނު ކުށްތަކަށް ފަސްއަޅާ ފޮރުވާފައެވެ. އެއްކައުވަންތަ ﷲ ށް އެއްވެސް ކަމެއް ސިއްރު ނުކުރެވޭނެކަން އޭނާގެ ބަލިކަށި ހިތަށް އެންމެ ފަހަރަކު ވެސް ނޭރިއެވެ. ވާނީވެސް އެހެންތާއެވެ. ފޮޓޯއަކުން ފެނުނު ރީތި އަންހެންކުއްޖެއްގެ ލޯބީގެ ދަލުގައި ޖެހި އެކަމުގެ ތެރޭގައި އޭނާ ބަނދެވެވުނީ އަލުން އެގޮށް މޮހާނުލެވޭނެހާ ވެސް ބާރަށެވެ.  އޭނާ އެކަން ކުރީ ހަމައެކަނި ރަޔާހީންގެ ލޯބި ހޯދުމަށްޓަކައެވެ. އެލޯތްބަށްޓަކައި އޭނަ ކޮށްފަ ނުކުރާނެ ކަމެއް އެބަ އޮތް ހެއްޔެވެ؟ ރަޔާހީނަށްޓަކައި އޭނާ ހުރީ އޭނާގެ އުފަން މަންމަ އާއި ބައްޕަގެ ފުރާނައިން އަތް ދޮވެލައިގެން ވިޔަސް އެކަން ކުރަން ހިތުގައި އަޅައިގެންނެވެ. އެހެނީ ރަޔާހީނާއި އޭނާ ގުޅެން އެންމެ ފުރަތަމަ ދެކޮޅު ހެދި ބަޔަކީ ވެސް އޭނާގެ މައިންބަފައިންނަށް ވީތީއެވެ. އެއްފާފަ ކުރުމަށްފަހު އެކަމަށް ތައުބާ ނުވެ ހުއްޓާ އެފަދަ ދެވަނަ ފާފައަކުން އޭނާ ސަލާމަތްކުރެއްވި އޯގާވަންތަ ރަސްކަލާނގެއަށް ޝުކުރުގެ ސަޖިދައެއް ޖަހާކަށް ވެސް އޭނާ ހަނދާނެއް ނެތެވެ.

އަނެއް ދުވަހެވެ. ލޯންޑްރީބައިގާ އެއްޗެހި ދޮންނަން ތައްޔާރު ކުރަމުން ރަޔާހީން ދިޔައެވެ. އެގޭގައި އިންޑިޔާ ދެ ނޯކަރުން ހުއްޓަސް އެމީހުން ލައްވާ މަސައްކަތް ކުރާކަށް ރަޔާހީން ބޭނުމެއް ނުވޭއެވެ. އެހެނީ އޭނާ ކުރާ މަސައްކަތުގައި އެހެން މީހަކު ބައިވެރިވަންޏާ ގިނަފަހަރަށް ވާހަކައިގާ ޖެހި އޮންނަނީ ކަން ކުރަންވީ އެންމެ ރަނގަޅަށް ނުކުރެވިއެވެ.

“ކޮއްކޯ ދައްތަ ބުނަނީ ކާން އަންނަން. އޯލާ ތިކަންތައް ކުރަނީ” ދޮރުމަތީގައި އައިސް މަޑުކޮށްލި އޯލާ ނޭވާނުލާ އަތްމަތި ހަރަކާތްކުރަމުން ދިޔަ ރަޔާހީނަށް ބުނެލިއެވެ.

“އޯކޭ އޯލާ… މިނިމުނީ އެއްކޮށް… އޯލާ ބުނީމެއްނު މިއަދު ކުޑަކޮށް ބޮލުގައި ރިއްސާ ވާހަކަ. ބޭސްގުޅަ ކާލިންތަ؟ އޯގާތެރިކަމާއެކު ރަޔާހީން ވާހަކަދެއްކިއެވެ.

ބަދިގޭ ފުރިޖު ކައިރީގައި ހުރެ އެގޭ ދެވަނަ ނޯކަރު ރާނޯ އާއި ފީރޯޒާ ވާހަކަދައްކަމުން ދިޔަ އަޑުން ރަޔާހީން ހުއްޓުނެވެ. ރަޔާހީނަށް ހައިރާންކަމެއް ލިބުނީ ފީރޯޒާ އެގޮތަށް އެފަދަ ގޮތަކަށް ވާހަކަދައްކަންވީ ސަބަބެއް ނޭނގުނީމައެވެ. ގޯސްކަމެއް ވިޔަސް އިތުރު މައުލޫމާތެއް އޮޅުންފިލާތޯ އޭނާ ތަނބާއި ނިވާވެލިއެވެ.

“އޭނަ އުޅެފާނެ ތި ނުބޯން… އެކަމަކު ހަނދާންކުރައްޗެ. ކޮންމެސް ބޭސްގުޅަ އޭނަގެ އަނގައިގެ އެތެރެކުރައްޗެ. ކަލޭމެންގެ ވަރަށް ބަސްއަހައެއްނު އޭނަ” ރާނޯގެ އަތަށް ތަބަކެއްގައި ހުރި ޖޫސްތައްޓެއް ދިއްކޮށްލަމުން ފީރޯޒާ ބުންޏެވެ.

ރަޔާހީން ހުރި ތަނބު ކައިރިން އަޅާފައި ރާނޯ ތަބަށް ހިފައިގެން ދިޔަވަގުތު ރަޔާހީން އެއަށް ބަލާލިއެވެ. އެއީ ހަމަ ރީތި ޖޫސްތައްޓެކެވެ. ވީއިރު އެފަދަ ގޮތަކަށް ވާހަކަދައްކަންވީ ކީއްވެ ހެއްޔެވެ؟ އަނެއްކާ މަންމަ ކަމެއް ސިއްރު ކުރަނީ ހެއްޔެވެ؟ ނޫނެކެވެ. މަންމަ އަކީ އެހާ ގޯސް މީހެއްހެނެއް ހިއެއް ނުވޭއެވެ. އެވާނީ އަހަންނަށް އިވުނު ގޮތަކަށެވެ. ރަނގަޅު ގޮތަކީ މިކަމާއި ބެހޭ ގޮތުން މަންމަ އާއި ކުޑަކޮށް ވާހަކަ ދައްކާލުމެވެ. ރަޔާހީން އޭނާގެ އަމިއްލަ ހިތުގައި އުފެދުނު ސުވާލުތަކުގެ ޖަވާބު އަމިއްލަ އަށް ހޯދައިގެން ބަދިގެއަށް ވަންނަން ދިޔައެވެ.

“ދަރިފުޅު ހީން އައީދޯ ތި” މަޑުމަޑުން ހިނގާފައި ވިސްނުމެއްގައި ހުރެ ބަދިގޭ ދޮރަށް އެރި ރަޔާހީން ފެނުމުން ފީރޯޒާ ބުންޏެވެ. އޭރު މޭޒު ކައިރިއަށް ހުރިހާ މީހުން ޖަމާވެފައި ތިއްބެވެ. ރަޔާހީނަށް އިރުފާން ލޯތްބާއެކު ބަލާލަމުން ހީލިއެވެ. ބަދަލުގައި ރަޔާހީން ވެސް ހީލުމަކުން ފުއްދާލިއެވެ. ހިމޭންކަމާއެކު އެންމެން ކަމުން ދިޔައިރު ރަޔާހީނަށް މާކިލް އިން ދިމާލަށް ބަލާލެވުނީ އޮޅުމަކުންނެވެ. ރަޔާހީން ހަމަ ބަލާލުމާއެކު މާކިލް އެއްލޯ މަރާލިއެވެ. ރަޔާހީން އެރި ރުޅިގަނޑުން އަނގަ އަށް ލާން ނެގި ރޮށިކޮޅު ވެސް މަޑުޖައްސާލިއެވެ.

“އިރޭ! އުޅެމާ ބޭރަށް ގޮސްލަން ފްރީ ވި އިރަކުން” ރަޔާހީން ބޭނުންވީ މާކިލް ރުޅި އަރުވާށެވެ. އޭނާ ރުޅިއަންނާނެހާ ކަމެއް ކޮށްފައި އެފިރިހެނާ އިންނަންވީ އުފަލުން ހެއްޔެވެ؟ ވީ ވެސް ރަޔާހީން ބޭނުންވި ގޮތަށެވެ. މާކިލް އަށް ސިހުމެއް ލިބުނުކަން ގައިމެވެ. އޭނާ ހީކޮށްގެން ހުރީ ރަޔާހީން އާއި އޭނާގެ ބައްޕަގެ ގުޅުން ރަނގަޅު ނޫން ކަމަށެވެ.

“ބައްޕާ! މިރޭ ހިނގާބަލަ މެޗެއް ކުޅެލަން. ވިކީ ވެސް ނާންނާނެ މިރެޔަކު. އޭނަ ބޮލުގައި ރިއްސާތީ އުޅޭ ވާހަކަ މާއްކޮ ބުނި” މާކިލް ބޭނުންވީ އެއްގޮތަކުން ނޫން ވިއްޔާ އަނެއް ގޮތަކުން ވެސް ރަޔާހީންގެ އެދުން ބޭކާރުކޮށްލާށެވެ.

އެހާ ދުވަސް ފަހުން ލޯބިވާ ދަރިފުޅު އިސްވެ ވާހަކަދެއްކީތީ އިރުފާނަށް ލިބުނު އުފާ ބަޔާން ވެސް ނުކޮށްދެވުނެވެ. ކަރުނަވީ ދެލޮލަކުން އޭނާ އަށް އިނދެވުނީ މާކިލަށް ބަލަހައްޓައިގެންނެވެ. ދެން އިރުފާން ބަލާލީ ކައިރީގައި ހުރި ރަޔާހީންގެ މޫނަށެވެ. އިރުފާންގެ ކަރުނަވީ ދެލޯ ފެނުމާއެކު އޭނާ އެބުނީ ކީކޭ ކަން ރަޔާހީނަށް ފަހުމް ވިއެވެ. އިރުފާނަށް ރަޔާހީންގެ އިޝާރާތެއް ވުމާއެކު ލޯބިން ފުރިގެންވީ ބެލުމަކުން ދެން ބަލާލީ ލޯބިވާ ދަރިފުޅަށެވެ.

“ކިހިނެއްވީ ބައްޕާ! ގަބޫލު ނުކުރެވުނު ދޯ. ކުރިން ކަންތައްކުރެވުނީ ރަނގަޅަކަށް ނޫން. ސޮރީ….” މާކިލް އޭނާގެ ބައްޕަގެ ކައިރިން މާފަށް އެދުނެވެ.

“ބައްޕަ މިއަދު ވަރަށް އުފާވެއްޖެ. ދަރިފުޅު ބުނެގެން ބައްޕަ ނުކުރާނީ ކޮންކަމެއް. ޔަގީން މިރޭ ދަރިފުޅާއެކު ބައްޕަ އެއް މެޗު ކީއްކުރަން ސަތޭކަ މެޗު ވެސް ކުޅެފާނަން… އަވަހަށް ތައްޔާރުވޭ ޕްރެކްޓިސްއަށްް…” އިރުފާން އޭނާގެ ދެލޮލުން ފައިބަން ތައްޔާރުވެފައި ހުރި ކަރުނަތައް ހިންދާލަމުން ވާހަކަދެއްކިއެވެ.

ތަން ހަމައަކަށް އެޅި އެންމެން ކައި ނިމުމުން ތަށިތައް ހިފައިގެން ރަޔާހީން މަޑުކޮށްލީ ޒިންކު ކައިރީގައެވެ. ތަންވަޅުބަލާ އެތަނާއި މާކިލް ކައިރިވެލިއެވެ. އެއްވެސް މީހަކަށް ނުފެންނާނޭ ގޮތަށް ރަޔާހީންގެ ކަންފަތް ކައިރިއަށް ގުދުވެލުމަށްފަހު ފުމެލިއެވެ. އަދި ހަމަ އެވަގުތުގައި ރަޔާހީންގެ މޫނާއި ދިމާކޮށް އަނގައިން އަޑެއް ނެރެލުމަށްފަހު ވައެއް ލިއެވެ. އެހިނދު ރަޔާހީންގެ މޭނުބައިކޮށް ގަތީ މާކިލް އެ ފޮނުވާލި ވައިން ދެންމެ އޭނާ ކޭ ރިހައިގެ ވަސްގަނޑު ދުވުމުންނެވެ.

“މިރެއަށް ރެޑީތަ…. ހަމަ އެއްކަލަ ގަޑިއަށް އެނގޭ…” ޒިންކު ތެރޭގައި ފެނާއެކު ހަރަކާތްކުރަމުން ދިޔަ ރަޔާހީންގެ އަތްތިލައިގާ ބާރަށް ހިފަހައްޓާލަމުން މާކިލް ރަޔާހީނަށް ބަލާލިއެވެ. ރަޔާހީން ރުޅިން ހީވީ ފަޅައިގެންދާ އުޅެނީހެންނެވެ. އެހެންފަހަރު ފަހަރު ރަޔާހީން ސަލާމަތް ކޮށްދޭނެ ފަރާތެއް ވިޔަސް މިފަހަރު ކާމިޔާބު ހޯދަން ޖެހޭނީ އޭނާ އަމިއްލަ އަށް ކަން އޭނާ އަށް އެނގޭއެވެ.

“މަންމާ” ސިހިފައި މާކިލް ރަޔާހީންގެ އަތް ތިލައިގެން ދޫކޮށްލުމާއެކު ރަޔާހީން ޒިންކާއި ދުރަށް ޖެހިލިއެވެ. އަދި ފަސްއެނބުރި ހުރުމަށްފަހު މާކިލް އަށް އިއްވާލިއެވެ.

“ހީނުކުރައްޗެ އަހަރެން ހިމޭނުން ހުންނަނީ އަހަރެންގެ ބަލިކަށި ކަމަކުންނޭ. ނުވަތަ އަހަރެންގެ ދުލުގަ ބާރު ނެތީމައޭ…. އަހަރެންނާއި ހަމައަށް ދެވަނަ ފަހަރަށް ފިޔަވަޅެއް އެޅުމުގެ ކުރިން ކުރީން ރެއަކު ކަންތައްވީ ގޮތާއި މެދު ވިސްނާލައްޗެ. އެރޭ ވެސް ތީ ހަމަ ތިހާ ގައްޑާވި މީހެއް…” ރަޔާހީން މަޑުކުރުމެއް ނެތި ބަދިގެ އިން ނިކުމެގެން ހިނގައިގަތެވެ.

ރަޔާހީން އެބުނި އެއްޗަކުން މާކިލް އަށް ކުޑައިރުކޮޅަކަށް ނަމަވެސް ވިސްނާލަން ޖެހިއްޖެއެވެ. އެރޭ ވީ ކަންތައް އޭނާގެ ހިޔާލަށް އައުމުން ޖެހިލުންވިއެވެ. އެރޭ ރަޔާހީން ސަލާމަތްކޮށްއެދިނީ ކާކު ހެއްޔެވެ؟ އަނެއްކާ ރަޔާހީނަކީ އިންސާނެއް ހެއްޔެވެ؟ ނުވަނަ ޖިންނީންނަށް ލިބިގެންވާ ފަދަ ބާރެއް ރަޔާހީނަށް ވެސް ލިބިފައިވަނީ ހެއްޔެވެ؟ ހިތަށް އެރި އެއްޗަކުން މާކިލް ކައިރިއަށް ހިނއައެވެ. ރަޔާހީން ޖިންނިއަކަށް ވާނީ ކިހިނެއް ހެއްޔެވެ؟ އޭނާ އަތުން ބޮލުގެ ފުށްކިބައިގާ ޖަހާލީ އެފަދަ ޤަބޫލުކުރަން ދަތި އެއްޗެއް އޭނާގެ ހިތަށް އެރުމުންނެވެ.

ހަވީރު ރަޔާހީން ގޭގައި އެކަނިވިއެވެ. އިރުފާން ރައްޓެހިންނާއެކު ކޮފީ ބޯން ބޭރަށް ދިޔުމުން ރަޔާހީން ބޭރަށް ނިކުމެލީ ކޮޓަރީގައި އެކަނި ނޯންނަން ވެގެންނެވެ. އޭނާ ކިތަންމެ ނޫންކަމަށް ހެދުނަސް ކަންތައްތައްވާ ގޮތުން ޖެހިލުންވެއެވެ.

ވިސްނިވަރަކަށް ސިކުނޑި ތެރޭގައި ފުނި ޖެހޭ ސުވާލުތައް ގިނަވާތީ އޭނާ އެ ވިސްނުންތައް އެއްފަރާތް ކޮށްލައިގެން ހުންނަނީއެވެ.

ބޭރުން އައިސް ވަން ފީރޯޒާގެ އަތުގައި ކޮތަޅަކަށް ލާފައި އޮތް ދެ ކުރުނބާ އޮތެވެ. އަދި އަނެއް އަތުގައި ފުރުޓް ކޮތަޅެއް ވެސް އޮތެވެ.

“މަންމާ! ތިޔޯ… ކާކު ބަލިވީ..” ފުން ވިސްނުމަކަށް ގެއްލިފައި އޮތް ރަޔާހީން ޖޯލިން ތެދުވީ ދޮރާށި ހުޅުވާލާފައި އެތެރެއަށް ވަން ފީރޯޒާ ފެނުމުންނެވެ. ފީރޯޒާ އަތުގައި އޮތް ކޮތަޅު އޭނާ އަށް ފެނުމާއެކު ސުވާލުކުރީ އެގޭގައި ބަލި މީހަކު ނޫޅޭކަން އެނގޭތީއެވެ. އެގެއަކުން އަބަދުވެސް ކުރުނބަލާއި އަދި އެހެނިހެން މޭވާތައް ފެންނަން ހުންނާނީ ޢާންމުކޮށް އެގެއަކު ބަލި މީހަކު އުޅެންޏާއެވެ.

“ދަރިފުޅު! މިތާތަ؟ ކޮބާ އިރުފާނާއި މާކިލް؟ ފީރޯޒާ ރަޔާހީން ކައިރިއަށް އަންނަމުން ސުވާލު ކުރިއެވެ.

“އިރޭ ވީ ކޮފީ އަކަށް ގޮސް. މާކިލް ކުޅެން ކަންނޭނގެ ދިޔައީ” ހަޤީޤަތުގައި މާކިލް ވީ ތަނެއް އޭނާ އަށް        ނޭނގޭއެވެ. އޭނާ އެ ޖަވާބުދިނީ އޭނާ އަށް ހީވާ ގޮތަށެވެ.

“ދަރިފުޅާ އިށީނދެބަލަ” ޖޯލީގައި އިށީންނަމުން ޖެހިގެން ހުރި ޖޯލީގައި ރަޔާހީން ވެސް ބޭންދިއެވެ.

“ދަރިފުޅާ މިހާރު ދަރިފުޅު ތީ މިގޭ ކަންތައްތައް އެންމެ ކައިރިން ބަލަން ވީ މީހަކީ. މަންމަގެ އިރުފާން ނޫނީ ދަރިޔަކު ހުރީކީ ނޫން. ދަރިފުޅު ތީ އިރުފާންގެ އަނބިމީހާ. ދެން ހުރީ އިރުފާންގެ ދަރިފުޅު. މިއަދު ދަރިފުޅު ތީ މާކިލް ގެ ކަންތައް ވެސް ބަލަން ހުރި މީހަކީ. މަންމަ އަށް އެނގޭ ދަރިފުޅަކީ އުމުރުން ވަރަށް ހަގު ކުއްޖެއްކަން. ދަރިފުޅުގެ ދޮން ދަރިފުޅަކީވެސް ދަރިފުޅަށް ވުރެ ދޮށީ މީހެއް ކަން. ބަލައިގަންނަން ވަގުތު ނަގާނެކަންވެސް. އުނދަގޫވެސް ވާނެ. ހިތް ނުތަނަވަސްވުންތައް ވެސް އަންނާނެ. ދަރިފުޅު ހަގަސް ގުޅުމަށް ބަލާއިރު ދަރިފުޅު ދޮށީ ވާނީ. މާކިލްގެ ކަންތައްތައް ދަރިފުޅު ވާނެ ވަރަށް ފަރުވާތެރިކަމާއެކު ބަލަން. އޭނާ ދާހާ ތަނެއް ނޭނގުނަސް އަހާލަންވާނެ. ސުވާލުކުރެވެންވާނެ. އޭނަ ގަބޫލަސް ނުގަބޫލަސް މީ ދަރިފުޅުގެ ޒިއްމާއެއް ކަމުގައި ދެކިގެން މިކަންތައް ކުރަންވާނީ…… މިހާރު ނަމާދުކޮށްގެންތަ ނިކުމެ ތިއޮތީ….” ފީރޯޒާ އެއްފައްޗަކަށް ހުރިހާ ވާހަކަތަކެއް ދައްކާ ނިންމާލިއެވެ. އޭނާ ނޭވާއެއްލީ ވެސް އެއަށްފަހުއެވެ.

“މަންމަ ތިދެއްކި ހުރިހާ ވާހަކަތަކެއް ވެސް އަޅުގަނޑަށް ވިސްނޭ. އަދި ގަބޫލުވެސް ކޮށްފިން. އަދި ތިގޮތަށް އަމަލު ކުރާނަން ވެސް މެ” ފީރޯޒާގެ އަތުގައި ހިފާލަމުން ރަޔާހީން ޔަޤީންކަން ދިނެވެ. ދެވަނަ ސިކުންތުގައި އޭނާގެ ހިތުގައި ކުރަހާލި ސޫރައަށް ވެސް ހިތާއި ހިތުން ވަޢުދެއް ވެލިއެވެ.

“އާން އަދި ހަނދާންނެތިފައޭ މީނީ. ހިނގާބަލަ މަންމަ އާއި އެކުގައި. އިރުފާންގެ ދޮންތަގެ ދަރިފުޅު އެނގެއެއްނު ދޯ ވިކްޔަން. އެސޮރު ވަރަށް ބަލިވެގެން މިއުޅެނީ. ތިން ދުވަސް ވަންދެން ބޮލެއްގައި ރިއްސާފައި މިހާރު ހުން އަންނަން ފަށައިފި. ސަރާ ވެސް ހުރީ ވަރަށް ހިތާމައިގަ. މީ އެބަޔަށް ގެންދާ އެއްޗެހި” ފީރޯޒާގެ ވާހަކަތަކުން ރަޔާހީނަށް ޝޮކެއް ލިބުނެވެ. ވިކްޔަން އަދިވެސް ރަނގަޅު ނުވަނީ ހެއްޔެވެ؟ އަނެއްކާ އެގެއިން އަހަރެން ފެނުމުން ވިކްޔަންގެ ބަލި ބޮޑު ނުވާނެ ހެއްޔެވެ؟ އަހަރެންނަކީ އެހާ ވެސް ވިކްޔަން ނަފްރަތު ކުރާ މީހެކެވެ.

ދޮރުގެ ބެލް އަޑު އިވުމާއެކު ސިޓިންގްރޫމުގައި މަދަހަ ފޮތެއް ހިފައިގެން އޮތް މަހާ ދޮރުހުޅުވާލިއެވެ. ކުރިމަތީގައި ތިބި ފީރޯޒާ އާއި ރަޔާހީން ފެނުމާއެކު މަހާ ހީލިއެވެ. އަދި ފުރުޓް ކޮތަޅު ހިފައިގެން ހުރި ރަޔާހީންގެ މެދުހަށީގައި ބައްދާލިއެވެ. މަހާ ގެ އެ އަމަލުން ރަޔާހީނަށް ހުއްޓުމެއް އައެވެ. އޭނާ ވިސްނާލުމުން މަހާ އޭނާ އަށް އެހާ ގާތްކަމެއް އެދިނީ ކީއްވެކަމާއި މެދު ގާތްގަނޑަކަށް ޔަޤީން ކޮށްލެވުނެވެ.

“މާއްކޮ. ކޮބާ ދަރިފުޅު މަންމި….. ހީން ދަރިފުޅު ދޭ މިއެއްޗެހި މޭޒުމަތީގައި ބަހައްޓަން” ދުރުގައި ހުރި މޭޒަށް އިޝާރާތް ކުރަމުން ރަޔާހީނަށް ފީރޯޒާ ބުންޏެވެެ. އަދި ކަނާތްފަރާތުގައި ހުރި ކޮޓަރި އާއި ދިމާލަށް ދިޔައީ އެކޮޓަރިން ވިކްޔަންގެ ކެއްސުމުގެ އަޑު އިވުމުންނެވެ.

“ދަރިފުޅު މާއްކޮ… ހީންދައްތަ ކައިރީގައި މަޑުކޮށްލައްޗެ” ފީރޯޒާ ހިނގައިގަތުމުން މަހާ ބަލާލީ ދުރުގައި މަޑުކޮށްލައިގެން ހުރި ރަޔާހީނަށެވެ. އަދި ރަޔާހީން އަތުގައި ހިފައިގެން ގޮސް ސޯފާގައި ބޭންދިއެވެ.

“ދޮންބެދައްތާ….” މަހާ ރަޔާހީނަށް މުހާތަބް ކުރި ނަމަކުން ރަޔާހީންގެ ދެލޯ މުދުނަށް އަރައިގެން ދިޔައެވެ. ވާނީވެސް އެހެންތާއެވެ. މަހާ ގެ ދޮންބެއަކީ ވިކްޔަން އެވެ. ވީއިރު އޭނާ ރަޔާހީނަށް އެނަމުން މުހާތަބް އެކުރީ ކީއްވެ ހެއްޔެވެ؟

“އިރުފާންބެ އަށް ވެސް އަޅުގަނޑު ކިޔަނީ ދޮންބެ. އެކަމަކު އެއީ ބޮޑުދޮންބެ. މަންމަ ބުނި ރަޔާހީން ދައްތަ އަށް ދޮންބެދައްތަ ކިޔާށޭ. އަސްލު އަޅުގަނޑުގެ ދޮންބެ އަކީ ވިކްޔަން. އަޅުގަނޑުގެ ދޮންބެ ވަރަށް ބަލިވެފައި އޮތީ. ކޮންމެސް ކުއްޖެއް ދޮންބެ ވަރަށް ދެރަކޮށްފި. އެހެންނޫނީ އަޅުގަނޑުގެ ދޮންބެ އަކީ އެހާ ވީކް ކުއްޖެއްނޫން…” މަހާ އަށް ރޮވުނެވެ. އެކުއްޖާގެ ވާހަތަކުން ރަޔާހީން އިނީ ކަންބޮޑުވެފައެވެ.

މަހާ ރޯތަން ފެނުމުން ރަޔާހީނަށް ދުރުގައި އިންނާކަށް ނުކެރުނެވެ. މަހާ ކައިރިއަށް އައިސް އެކުއްޖާ ގައިގާ ބައްދާލިއެވެ.

“ދެރަނުވޭ މާއްކޮ. މާއްކޮގެ ދޮންބެ ވަރަށް އަވަހަށް ރަނގަޅުވާނެ…. މާއްކޮއަށް ކިހިނެއް އެނގުނީ މާއްކޮގެ ދޮންބެ ބަލިވީ ކުއްޖަކު ދެރަކޮށްލީމަ ކަމެއް” ރަޔާހީން އޭނާގެ ހިތުގައި އޮތް ސުވާލު ބޭރުކޮށްލިއެވެ.

“ދޮންބެ ބުނީ…. އަޅުގަނޑަކީ ދޮންބެގެ ބެސްޓްފްރެންޑް. އަޅުގަނޑަށް އެނގޭ ދޮންބެ ދެރަކޮށްލީ ކާކުކަން… ދޮންބެ އަތުން ފޮޓޯ ފެނުނީ. ދޮންބެ ފޮޓޯތައް އަންދާލައިފި. ފޯން ވެސް ފާރުގައި ޖަހާފައި ފިސްކޮށްލީ. ދޮންބެ ބުނި އެއީ ސިއްރެކޭ. މަންމި ކައިރީގައި ވެސް ނުބުނޭ” މަހާ ގެ ވާހަތަކުން އަނެއްކާ ވެސް ރަޔާހީނަށް ޝޮކެއް ލިބުނެވެ. ބިރުގަންނަން ވެސް ފެށިއެވެ. ކޮނޑާއި ހަމައަށް އަރާ މަހާގެ ފަން އިސްތަށިކޮޅުގައި ފިރުމާލަ ފިރުމާލަ އިން ރަޔާހީން އަނެއްކާ ވެސް ސުވާލެއް ކޮށްލިއެވެ.

“އެ… އެހެންތަ؟ އާނ… ކުދިން ބުނާ ސީކްރެޓްސްތައް ނުވާނެ އަނެއް މީހާ ކައިރީގައި ކިޔާކަށް…. މާއްކޮގެ ދޮންބެ ނުބުނޭތަ އެކުއްޖާގެ ނަމެއް. އެނގޭނަމަތާ ދޯ އެކުއްޖާ ކައިރިއަށް ގޮސް ބުނެވޭނީ ދޮންބެ ބަލިވެއްޖޭ” ރަޔާހީން ބޭނުންވީ އޭނާގެ ހިތުގައި އުފެދިފައިވާ ސުވާލު ގެ ޖަވާބެވެ. އެޖަވާބު ދެވޭނީ ހަމައެކަނި މަހާ އަށް ވީތީ އޭނާ އިނީ ކެތްތެރިކަމާއެކު މަހާ ދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ.

“އެނގޭތަ! އެކުއްޖާ އަށް ވެސް ކިޔަނީ ހީން….. ދޮންބެ ބުނީ އެކުއްޖާ އަށް އެނގޭނޭ ދޮންބެ ބަލިކަން. އެކަމަކު ރަނގަޅީ ގޮވާލަން ވެސް ނައިއްޔާއޭ…. ދޮންބެ މިހާރު ބޭނުމެއްވެސް ނޫނޯ… ދޮންބެ ފޫހިވެޔޯ…. ދޮންބެ ބަލި ރަނގަޅުވީމަ މާއްކޮ އަށް އެހެން ދައްތަ އެއް ގެނެސްދޭނަމޯ” މަހާ ގެ ވާހަކަތައް އަހާފައި ރަޔާހީނަށް ރޮވުނީ ކީއްވެ ކަމެއް ނޭނގޭއެވެ. އޭނާ ހިތުގައި ނުފިލާ ރިހުމެއް އުފެދުނުކަން ގައިމެވެ. ނަމަވެސް މަހާ ކައިރީގައި އިނދެ އެގޮތަށް އުޅެން ނުވާނޭކަން އެނގުމުން އޭނާ އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލިއެވެ. ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި އެއްބައި ބޮއެފައި ހުރި ފެންތަށި ނަގާ ބޯންފެށީ އޭނާ އަށް ބަދަލެއް އައިކަން މަހާ އެނގުނަ ނުދިނުމަށެވެ. ކުއްލިއަކަށް ރަޔާހީން ސިހިގެން ގޮސް ކޮށިއެރީ މަހާ ބުނި އެއްޗަކުންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ދިހައެއް ( ނުވަވަނަ ބައި )

Next

ބީހުން….(11)

Next
August 10, 2017

ބީހުން….(11)

Previews
August 9, 2017

ދިހައެއް ( ނުވަވަނަ ބައި )

11 Comments!

  1. Saa says:
    August 10, 2017 at 9:09 am

    Reethi

  2. warah vaahaka says:
    August 10, 2017 at 9:37 am

    alhe waahaka warah reethi <3
    dhen ihn part wes awahah upkohdhybaa

  3. nux says:
    August 10, 2017 at 9:46 am

    v reethi mi partvess ???next part avass kohlahchey plx keep it up dear ??????

  4. 1997women says:
    August 10, 2017 at 10:43 am

    Alhugandu ge hiyyalu balai nugaikan faahaga kuran.. So i quit!!!

  5. Lucifer says:
    August 10, 2017 at 12:29 pm

    Vikyan ah hageegai adhi engeyne kaneyge. Finally e dhemeehun kaneyge gulheynee. V reethi vaahaka. Waiting for next part

  6. click a shot ? says:
    August 10, 2017 at 12:36 pm

    Varah loabi mi part ves☺️

  7. khajja says:
    August 10, 2017 at 2:03 pm

    Ohh wow amazing?? masha allah v rythi adhi mi adhu eh prt up kolladhybala plx plx plx plx???❤❤❤????

  8. Psenhi says:
    August 10, 2017 at 2:44 pm

    Nice story dhagoi. Interesting . . . good luck

  9. Anonymous says:
    August 11, 2017 at 12:21 am

    Nice …mi story ga kithah prt indheytha

  10. ushaali says:
    August 11, 2017 at 8:35 pm

    vahaka ah comment kolla dhin huriha kudhinnah varah bodah shukuriyya 🙂

  11. Aishath says:
    February 16, 2019 at 11:34 pm

    Mi story ge 3 vanah Bai kobaa

Comments are closed.

Next Episodeދެގަޑި ތިރީސް 5←


All Right Reserved!