Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

ހިތުގެ މިލްކުވެރިޔާ (ސާދަ ވަނަބައި)

azzadhil Level 210 Stories100 Comments
August 8, 2017 5 Mins Read
31 Comments

ގެއިން ނިކުމެގެން ދިޔަ ޒިވާންގެ މިސްރާބު ހުރީ އެދިމާލުގައި އޮންނަ ބޯގަސްތަކާ ދިމާއަށެވެ. އެހިސާބާ އަރާ ހަމަވުމަށްފަހު ގަހެއްގެ ނިވަލަށް ވަދެ ދެފަރާތް ހޯދާލިއެވެ. ޒިވާންގެ ފަހަތުން އަންހެން އަތަކުން ޒިވާން މެދު ހަށީގައި ހިފާލުމާއެކު ޒިވާން އެއަތުގައި ހިފާ އެއަންހެން ކުއްޖާ ކުރިމައްޗަށް ގެނެސް ގަޔާ ކައިރިކޮށްލާ ނިތުގައި ބޮސް ދިނެވެ.

މާލެ ދެވުމާއެކު ހަލުވި ކަމާއެކު ކައިވެނީގެ ކަންތައް ކުރިއަށް ދާން ފެށިއެވެ. ހަތަަރުދުވަސް ފަހުން އޮތީ ކައިވެންޏެވެ. ދުވަސް ކައިރިވަމުން ދިޔަވަރަކަށް އެހެން މީހުން އުފާކުރަމުން ދިޔައިރު އަރުޝީ ވަނީ ހަމަނުޖެހުމެއްގެ ތެރޭގައެވެ. ކައިވެނި ނުކުރާށޭ ހިތް ބުނާ ކަހަލައެވެ. ކައިވެނީގެ ދުވަސް ކައިރީވީ ވަރަކަށް ކައިސަން މަތިން ހަނދާންވާލެއްވެސް ބޮޑުވަމުން ދިޔައެވެ.
އާރާވްވެސް ހޭދަކުރަމުން ދިޔައީ މިދަފަ ހާލެއްގެ ތެރޭގައެވެ. ކައިވެނީގެ ދުވަސް ކައިރިވަމުން ދިޔަ ވަރަކަށް ހިތް ނުތަނަވަސް ވަމުން ދިޔައެވެ. އާރާވްގެ ހިތުގެ ހާލު އަރުޝީއަށް އަންގަން ބޭނުންވިއެވެ. ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތް ހެއްޔެވެ. ބޭބެ އުފާތައް ނިގުޅައިގަތުމަކީ އާރާވްއަށް ލިބިފައިވާ ހައްގެއް ނޫނެވެ. އާރާވް ޖެހޭނީ ހިތުގެ މިސިއްރު އެންމެންނަށް ސިއްރު ކުރާށެވެ. އަރުޝީއާއި ޒިވާންގެ އުފަލަށްޓަކައެވެ. އާއިލާގެ ހަމަޖެހުމަށްޓަކައެވެ.

ކައިވެނީގެ ދުވަސް އައިސް ޖެހުނު އިރު ހުރިހާ ކަމެއް ވަނީ ތައްޔާރުވެ ނިމިފައެވެ. ކައިވެނި ކުރަން ހަމަޖެހިފައި އޮތި ނަލަމާގޭގައެވެ. އެއަށްފަހު ވަލީމާ އޮތީ އާއިލާ އާއި ރަހުމަތްތެރިންނާއެކު ހަަމަ އެގޭގައެވެ. ކައިވެނީގެ ހެދުން އަޅައިގެން އެގޭ ކޮޓަރިއެއްގެ ތެރޭގައި ރީތިވާ ލޯގަނޑު ކުރިމަތީ އަރުޝީ އިށީނދެލައިގެން އިންއިރު ފަރާތް ފަރާތުން އެކި މީހުން އަރުޝީ ރީތި ކުރުމުގައި އުޅުނެވެ. އެންމެން ހުނުމާއި މަޖަލުގައި މިމަސައްކަތް ކުރަމން ދިޔައިރު އަރުޝީ މަރުވެފައިވާ މައްޔިތެއްފަދައެވެ. މީހާ ފިނިވެ ގަނޑުވާހެން ހީވިއިރު މޫނުމަތި ކަފަކޮޅެއްހާ ހުދެވެ. އެއްވެސް އުފާވެރިކަމެއް މޫނުމަތިން ފެންނާން ނެތް އިރު ހިތްވަނީ ނުތަނަވަސް ވެއެވެ.މި ކައިވެންޏަކީ ހަޔާތުގައި އެޅޭ އެންމެ ކަތި ފިޔަވަޅޭ ހިތް ބުނަމުން ދާކަހަލައެވެ. އަރުޝީ ތައްޔާރުކޮށް ނިންމާލުމަށްފަހު ކޮންމެ މީހަކުވެސް އެމީހެއްގެ ކޮޓަރިއަށް ދިޔައީ މެހުމާނުން އައުމުގެ ތައްޔާރު ވާށެވެ.

އެންމެން ދިއުމުން މޫނު ބަލާލޯގަނޑުން އަމިއްލަ ސިފައަށް އަރުޝީ ބަލާލިއެވެ. އަރުޝީގެ އެދުމުގެ މަތިން ރިހާނީއާއި ޖަނާން ކޮށްފައިވަނީ އާދައިގެ ނެޗުރަލް މޭކަޕެކެވެ. ހުދުކުލައިގެ ބޮޑު ބެޓް ހެދުމެއްގައި އިންއިރު މޭމަތީގައި ހުދު ކުލައިގެ ވިދާ މިނާތަކަކުން ޑިޒައިންކޮށްލާފައިވެއެވެ. ހުދުކުލައިގެ ބުރުގަލެއް އެހާކުރު ނުވާ ގޮތަކަށް ޒަމާނީގޮތަކަށް އަޅާފައިވީއިރު ހުދުކުލައިގެ، ލައިގެން ހުރި ހެދުމާއި އެއްވަރުގެ ވެއިލް އެއް ބޮލުގެ މެދުން ފެށިގެން ފުރަގަހަށް ވާގޮތަށް ވައްޓާލެވިފައިވާ ވެއެވެ. ލޯގަނޑާ ދިމާއަށް ބަލަހައްޓައިގެން އިން އަރުޝީ ނަޒަރު އަމިއްލަ ސިފަ އިން ވަކިވީ ކޮޓަރިއަށް މީހަކުވަން ހެން ހީވެގެންނެވެ. ލޯގަނޑުން ދޮރާ ދިމާއަށް ބަލާލިއިރު އެތެރެއަށް ވަދެގެން އަންނަނީ އާރާވް އެވެ.
އަރުޝީއަށް އިންތަނުން ތެދުވެވުނީ އާރާވް ހުރި ގޮތް ފެނިއެވެ. ކައިވެންޏަށް އެންމެން ތައްޔާރުވަމުން ދިޔައިރު އާރާވް ހުރީ އާދާއިގެ ޓީޝާޓް ގަނޑެއްގައެވެ. އިސްތަށިގަނޑުވެސް އެގޮތް މިގޮތަށް ހޭވިފައިވީއިރު މޫނުމަތިވަނީ މިލާލާފައެވެ. އަރުޝީއަށް ބަލަން ހުރި ގޮތް ފެނި ކޮންމެ މީހެއްވެސް ހިތުގައި ރިއްސާލާނެއެވެ. މަޑުމަޑުން އަރުޝީއާއި ދިމާއަށް ހިނގަމުން އައިސް އަރުޝީއާއި ދާދި ގާތުގައި މަޑުކޮށްލިއެވެ. ފެންކަޅިވެފައިވާ ދެލޮލުން އަރުޝީ އަށް ބަލާލުމާއެކު އަރުޝީ ގައިގާ ހީބިހި ނަގައިގަތެވެ. އެލޮލުން އަރުޝީ ކައިރީ އެތައް ވާހަކައެއް ބުނެދިން ކަހަލައެވެ.
” އާރާވް……:” އަރުޝީއަށް މިހެން ބުނެވުނުއިރު ރަނގަޅަށް އަޑުވެސް ނުނިކުމެއެވެ.
” ހަމަ މެރީ ކުރަނީތަ” ކުރަކިވެފައިވާ ތުރުތުރުލާ އަޑަކުން އާރާވް އަށް ބުނެވުނެވެ. އާރާވްގެ މިޖުމްލައިން އަރުޝީގެ ހިތުގެ އެންމެ ފުނަށް އަސަރުކުރިއެވެ. ހަމްދަރުދީގެ ލޮލަކުން އާރާވްއަށް ބަލަން ހުރީ ހައިރާންވެ އަންތަރީސްވެފައެވެ.
އެންމެ ފަހުން ހިތަށް ކެތް ނުވެގެން އާރާވް އަށް ރޯންފެށުނީވެސް އަރުޝީ އެހެން ހުއްޓައެވެ. އާރާވްގެ މިއަމަލުން އަރުޝީގެ ހައިރާކަން ބޮޑުވެގެން ދިޔައެވެ. އެގޮތަށް ކުރިމަތީގައި ހުރެ ބޮޑޫ ފިރިހެނަކު ރޯތީވެ އަރުޝީވެސް ފެންކަޅިވިއެވެ. އެހިތުގެ ހާލު ކޮންމެވެސް ވަރަކަށް ފަހުމުވާން ފެށިއެވެ. އާރާވް ރޮމުން ރޮމުން ހުރިތަނަށް ތިރިވީ ގައިގެ ވަރުދޫވާހެން ހީވާން ފެށުމުންނެވެ. ރޮއެ ރޮއެ ރަތްވެފައިވާ ދެލޮލުން އަރުޝީއަށް ބަލާލުމާއެކު އަރުޝީއަށް ވެސް ރޮވިއްޖެއެވެ.
” ވަރަށް ލޯބިވޭ………” ރުއިމުގެ ތެރޭން އާރާވް މިހެން ބުނުމާއެކު އަރުޝީއަށް ލިބުނީ ކުއްލި ސިހުމެކެވެ. އަނގަމަތީގައި އަތް އަޅާލެވުނީ އެހިތުގެ ހާލު އެނގުމުންނެވެ. ލޯބިވާ މީހަކު ބީވެގެން ދިއުމުން ކުރެވޭ އިހްސާސް އަރުޝީއަށް ވުރެ ބޮޑަށް އެނގޭނީ ވަކި ކާކަށް ހެއްޔެވެ. އާރާވް އާއި ދިމާއަށް ދެވުނީ ބޭއިހްތިޔާރުގައެވެ. ނަމަވެސް ތަންކޮޅަކަށް ދެވުނުތަނާހެން ކޮޓަރިއަށް ވަން ރިހާނީގެ ސަބަބުން ހުއްޓުން އެރިއެވެ. އާރާވް އިންގޮތް ފެނި ރިހާނީއަށް ވީގޮތް އެނގެން ނެގީ މަދު ސިކުންތިކޮޅެކެވެ. އަތުގައި އޮތް ފޯނުން ކައިލް އަށް ގުޅާލުމަށްފަހު އެތަނަށް އަންނަން ބުނީ އާރާވް އަށް ނުފެންނާނެހެން ނިވާވެލަމުންނެވެ.

” އާރާވް.. އަހަންނަށް އެގޮތަކަށްވެސް ނޭނގޭ އާރާވް އަހަންނާ މެދު ވިސްނަނީ ތިގޮތަށް ކަމެއް.. އެހެން ނޫންނަމަ އަހަރެން މިއާއިލާއާއި މިފަދަ ގުޅުމެއް ނުބޭއްވީމުސް.. ދެބެއިންގެ ދޭތެރެއަށް ވަނުމުގެ ހައްގެއް އަހަރެންގެ ނެތް… އެކަމު ދެން މިހާރު އަހަރެން ކިހިނެއް.. ކުރިއަށް ބައިގަޑިއެއްހާއިރު ތެރޭގައި އަހަރެންގެ ކައިވެނި ކުރެވޭނެ.. އެއަށްފަހު އަހަރެން ވާނީ އާރާވްގެ ފަހަރިއަށް.. އެހެންވީމާ ރަނގަޅުވާނީ އާރާވް އަހަރެން މަތިން ހަމދާން ނައްތާލިއްޔާ..” އަރުޝީގެ ބަސްތަކުން އާރާވްގެ ހިތަށް ތޫނު ކަށިތަކެއް ހެރުނު ކަހަލައެވެ. ކަރުނަތައް ފޮހެލަމުން އިންތަނުން ތެދުވީ އުޅެވުނު ގޮތާ މެދު ލަދުގަންނަމުންނެވެ.
” ނޫން.. އަރުޝީ…. އަރުޝީގެ އެއްވެސް ކުށެއް ނެތް.. އަދި އަހަރެންގެވެސް ކުށެއް ނެތް.. އަހަރެންގެ ހިތަށް އަހަންނަށް ބާރެއް ނުފޯރުވުުނު.. އެންމެ ފުރަތަމަ އަރުޝީފެނުނު މަދު ސިކުންތިކޮޅުތެރޭގައި އަހަންނަށް އަރުޝީ ދެކެ ލޯބިވެވުނީ އަހަރެންގެ ބޭބެގެ ހޮވުމަކީ ތީކަން ނޭނގިހުރެ.. މިިހިތް އަހަރެންގެ މޭތެރޭގައި އޮތަސް މީގެ ހަގީގީ މިލްކުވެރިއަކީ ތީ.. ތިދެމީހުންގެ މެދު ހުރަހަކަށް ވާކަން އަހަރެން ނެތިން.. އަހަރެން މިރޭ މިތަނަށް މިއައީ އަރުޝީއަށް އަލްވަދާއު ކިޔަން ވެގެން.. ތިދެމީހުން އެކީ އުޅޭ މަންޒަރު ބެލުމުގެ ހިތްވަރެއް އަހަރެންގެ ކިބައަކު ނެތް.. މިރޭ ކައިވެނި ކުރެވުނުހާ އަވަހަކަށް އަހަރެން މިއުޅެނީ ރާއްޖެއިން ބޭރަށް ފުރަންވެގެން.. އެނބުރި އަންނާނެކަމުގެ ޔަގީންކަމެއް ނުދެވޭނެ..” އާރާވްގެ ބަސްތަކުން އަރުޝީގެ ހިތް ކުދިކުދިވިކަހަލައެވެ. މީހަކު އެވަރަށް މީހަކުދެކެ ލޯބިވެދާނެ ހެއްޔެވެ.

ކައިލް އެކޮޓަރި ކައިރިއަށް އައުމާއެކު ރިހާނީ ކައިލް އަށް އާރަވް ދައްކާލިއެވެ. ކައިލް މަޑުނުކޮށް އާރާވް ކައިރިއަށް ދިއުމަށްފަހު އެތަނުން ދާން އެދުނެވެ. ކައިލް ފެނުމުންވެސް އާރާވްގެ ހިތްވަރު އިތުރަށް އެލުނު ކަހަލައެވެ. ކައިލް ގައިގާ ބާރަށް ބައްދާލުމާއެކު ދެލޮލުން ހޯސްލާފައި ކަރުން އަންނަން ފެށިއެވެ. ކައިލް އަތުގެ އިޝާރާތުން ރިހާނީ ކައިރީގައި އަރުޝީ ގޮވައިގެން އެތަނުން ނިކުންނަން ބުންޏެވެ. އަރުޝީ ގޮވައިގެން ރިހާނީ ދާން ހެލިލިއިރު އަރުޝީއެކޭ ޖަހާފައިވާ ބުދެކޭ އެއްގޮތެވެ. އާރާވްމެން ފަސްދީފާއި ދިޔައިރުވެސް އާރާވްއަށް ބަލާލާނެހާ ހިތްވަރެއް އަރުޝީއަކަށް ނުލިބުނެވެ.
” ގުޑްބާއި އާޝޫ…” އާރާވް މިހެން ބުނި އަޑުއިވި އަރުޝީ ހުއްޓުން އެެރިއެވެ. އެނބުރި އާރާވް އާއި ދިމާއަށް ބަލާލެވުނީ ހައިރާންވެ ހުރެއެވެ. އެހެނީ އެނަމަކީ ބައެއް ފަހަރު ކައިސަންވެސް އަރުޝީއާއި މުހާތަބުކޮށް ގޮވާ ނަމެކެވެ. ރިހާނީ އަރުޝީ އަތުގައި ހިފާ ދަމަން ފެށުމުން އަރުޝީވެސް މަޑުނުކޮށް ރިހާނީއާއި އެކު ނިކުމެގެން ދިޔައިރު އެހިތުގައި ހައިޖާނުގަނޑެއް އުފެދިފައިވާކަހަލައެވެ.

ކައިވެނީގެ ހުތުބާ ކިޔަމުން ދިޔައިރުވެސް އަރުޝީ ވަނީ މިފަދަ ހާލެއްގައެވެ. ގާޒީކިޔާ އެއްވެސް އެއްޗެއް އަރުޝީއަށް ނީވޭ ކަހަލައެވެ. ދެފަރާތް ބަލާ ހޯދެނީ އާރާވް ފެނޭތޯއެވެ. ނަމަވެސް އެއްދިމާލަކުން އާރާވް ފެންނަ ގޮތެއް ނުވިއެވެ. ޒިވާން އަނބިގަބޫލުކުރި ކަންވެސް އެނގުނީ މީހުން އަތްތިލަ ބަޑި ޖަހާ ޒިވާން އަރުޝީގެ އަތްތިލާގައި ހިފާ އެއަތަށް ބޮސް ދިނުމުންނެވެ. މޫނުމައްޗަށް ހިނިތުންވުމެއް ވެރިކުރުވިއެއް ކަމަކު އޭގެ ފަހަތުގައި ފޮރުވިފައިވާ އެތަކެއް ހިތާމައެއް ވެއެވެ. އާއިލާ މީހުން އަރުޝީއާއި ޒިވާން އާއި ސަލާމް ކުރަމުން ދިޔައިރުވެސް އަރުޝީއަށް ހޯދެނީ އާރާވް އެވެ.
ކަޅު ކުލައިގެ ގަމީހަކާއި ހަމައެކުލައިގެން ޖިންސެއް ލައިގެން އަންނަ އާރާވް ފެނުނީ އިރުކޮޅެއް ފަހުންނެވެ. ޒިވާން ގައިގާ ބައްދާލުމަށްފަހު މަރުހަބާކީއިރު އަރުޝީއަށް ބަލާވެސް ނުލައެވެ. އެއަށް ފަހު އާރަވްގެ ފޯނު ނަގާ ހަމައެކަނި އަރުޝީގެ ފޮޓޯއެއް ނަގާލިއެވެ. ނަމަވެސް ބަލަން ތިބި މީހުންނަށް ހީވާނީ ނެގީ ދެމީހުންގެ ފޮޓޯކަމަށެވެ. އެފޮޓޯއަށް ބަލާލައި ހީލަމުން ލޮކް ކޮށްލުމަށްފަހު ޖީބަށް ލިއެވެ. އެއަށް ފަހު އެނބުރި ކޮޓަރިއާ ދިމާއަށް ދިޔައީ ފަހަތް ބަލާލުމެއްވެސް ނެތިއެވެ.
އަރުޝީ އާއި ނުވެސް ދަންނަ އަންހެން ކުއްޖަކު ހީލަމުން އައިސް ސަލާމް ކޮށްލީ ދެމީހުންނަށް އެކީ މަރުހަބާ ކިޔާލަމުންނެވެ. ޒިވާން އާއި ސަލާމްކޮށްލީ ދެމީހުން އެކަކު އަނެކަކަށް ހީލިގޮތް އަރުޝީއަށް އެހާ ކަމަކު ނުދިޔައެވެ. ކޮންމެ ގޮތެއް ވިޔަސް މިހާރު ޒިވާން އަކީ އަރުޝީގެ ފިރިމީހާ އެވެ. ހިލޭ އަންހެނުންނާ އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުމަކީ އަރުޝީ އެހާ ހިތްހަމަޖެހޭ ކަމެއް ނޫނެވެ. އަޖދި ސަފުން މިއަންހެން ކުއްޖާއަކީ ޒިވާންގެ އާއިލާ ކުއްޖެއްހެނެއް ވެސް ހިޔެއް ނުވެއެވެ. ރަތް ކުލައިގެ ގަޔަށް ބާރު ގަމީސްކޮޅަކާއި ކަޅުކުލައިގެ ފިޓް މިނީ ސްކާޓެއް ލައިގެން ހުރި މިއަންހެންކުއްޖާ އަރުޝީއަށް މާކަމުދާކަހަލަ މީހަކަށް ނުވިއެވެ.
” އަރުޝީ މީ މައިރާ.. އާރާވްގެ ނާރސް.. މީގެ ފަހުން މާމަގެ ކަންތައް ބަލަހައްޓާނީ މައިރާ.. މައިރާ މީ އަހަރެންގެ ނިވްލީ ވެޑެޑް ވައިފް އަރުޝީ” ޒިވާން އަރުޝީ އާއި މައިރާ އެކަކު އަނެކަކަށް ތައާރަފް ކޮށްދިެނެވެ.
” ސަލާމް މައިރާ.. ވަރަށް އަޑުއަހާ ނަމެއް ވައްތަރު ޖަހަނީ.. އަސްލު މާމައަކަށް ނަރސް އެއް ބޭނުންނުވާނެ.. އެކަމަކު ޒިވާން އެހާ އިންސިސްޓް ކުރީމަ އެކަމަށް އެއްބަސްވީ.. ވަރަށް އުފާވެއްޖެ މައިރާ އާއި ބައްދަލުވީތީ” ހީލަމުން މިހެން ބުނުމުން މައިރާ ވެސް އިތުރަށް ވާހަކަ ދައްކަން ނުހަދާ އެހެން މީހަކަށް ސަލާމް ކުރުމުގެ ފރުސަތު ދިނުމަށްފަހު ދުރަށް ޖެހުނެވެ.

ކައިވެނީގެ ހަފްލާ ނިމި ނަލަމާ ގޭގައި މިހާރު ތިބީ އެގޭ އުޅޭ މީހުންގެ އިތުރުން ކައިލް އާއި ރިހާނީއެވެ. އާރާވް ކޮނޑުގައި ދަބަހެއް އަޅުވައިގެން ސިޑިން ތިރިއަށް ފައިބައިގެން އަންނަ އާރާވް ރައިހާނާ އަށް ފެނުނީ ކޮޓަރިއާއި ދިމާއަށް ދާން ހިނގައިގަތް ވަގުތުއެވެ. އާރާވް ފެނި ރައިހާނާގެ އިތުރުން ޒިވާން ވެސް ހައިރާންވިއެވެ. އާރާވް ތަނަކަށް ދާ ވަހަކައެއް މީގެ ކުރިން އެއްވެސް މިހެއް ކައިރިއަކު ދައްކާފައެއް ނުވެއެވެ. އާރާވް އަންނަތަން ފެނުމުން އަރުޝީއަށް އިސްޖަހާލެވުނީ ކުށްވެރިއަކު ފަދައިންނެވެ.
” ދަރިފުޅާ ތީކޮންކަންމެއް.. ކޮންތާކަށް ދާން ތިއުޅެނީ” އާރާވް ކައިރިއަށް ޖެހިލަމުން ރައިހާނާ އަހާލިއެވެ.
” މަންމާ މީގެ ހަތަރު ދުވަސްކުރިން އޮސްޓްރޭލިއާ ޔުނިވަރސިޓީއިން މެއިލްއެއް ލިބިފައި އިން އަޅުގަނޑަށް ކޯސްލިބުނު ވާހަކަ ބުނެފަ.. މަންމަ ކައިރީ ނުބުނީ އެހާ އުފަލުން އުޅެނިކޮށް ދެރަ ނުކޮށްލަން ވެގެން.. ” އާރާވް ކަންވީގޮތް ކިޔައިދިނެވެ.
” ކިތައް އަހަރަށް ” ޒިވާން ސުވާލުކޮށްލިއެވެ. ޖަވާބުގައި އާރާވް ހަތަރު އަހަރޭ ބުނުމުން ރައިހާނާ އާއި ޒިވާންގެ އުފާވެރި މޫނު މިލައިގެން ދިޔައެވެ.
” މަންމަ ވަރަށް އުފާވެއްޖެ ދަރިފުޅު ބޭނުންވެގެން އުޅުނު ކޯސް ލިބުނީމަ.. އެކަމް މިހާ ކުއްލިގޮތަކަށް ދާތީ ވަރަށް ދެރަވެއްޖެ” ރައިހާނާ އާރާވްގެ ބުރަކަށީގައި ފިރުމާލަމުން ބުންޏެވެ.
” ދެރަ ނުވޭ މަންމާ.. އަހަރެން ގުޅާނަމޭ މަންމައަށް.. މިހާރުވެސް ލަސްވެއްޖެ.. ދަނީދެން” މިހެން ބުނެ ޒިވާން ރައިހާނާ ގައިގާ ބައްދާލިއެވެ. އެއަށް ފަހު ޒިވާން އާއި ކައިލް ގައިގާ ބައްދާލުމަށްފަހު ރިހާނީ އަށް ހިނިތުންވެލިއެވެ. އެއަށް ފަސް އެނބުރި ދޮރާ ދިމާއަށް ދާންފެށީ އަރުޝީއަށް ބަލާވެސް ނުލައެވެ. ލޮލަށް ޖަމާވަމުން ދިޔަ ކަރުނަ ތަކުގެ ތެރެއިން ގެއިން ނިކުމެގެން ދިޔަ އާރާވް އަރުޝީއަށް ފެނުނީ ފުސްކޮށެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

azzadhil

Level 210 Stories100 Comments

Other Articles

Previous

ޒާރާ (7)

Next

ދިހައެއް ( އަށްވަނަ ބައި )

Next
August 8, 2017

ދިހައެއް ( އަށްވަނަ ބައި )

Previews
August 8, 2017

ޒާރާ (7)

31 Comments!

  1. Maroon says:
    August 8, 2017 at 2:27 pm

    mi first

    1. azzadhil says:
      August 8, 2017 at 2:36 pm

      yes you first 🙂

  2. Aki says:
    August 8, 2017 at 2:34 pm

    v reethi mi part ves

    1. azzadhil says:
      August 8, 2017 at 2:36 pm

      jazakallah khair Aki 🙂

  3. Shahoo says:
    August 8, 2017 at 2:49 pm

    Wowowowoowow????

    1. azzadhil says:
      August 8, 2017 at 2:58 pm

      jazakallah kahir shahoooo 🙂

  4. Xxxx says:
    August 8, 2017 at 2:56 pm

    Woow…Mi part v.touching n reethi..?????.??????????good job dear.. waiting 4 next part…

    1. azzadhil says:
      August 8, 2017 at 2:59 pm

      alhamdulilaah!! jazakallah khair Xxxx :* 🙂

  5. annoying reader says:
    August 8, 2017 at 3:08 pm

    hmph mi zivaan gandu miulheni badhal hifan dhw slap eh libunyma last time. varah foohi vey mi marriage kurevunyma. i want aarav and arushi to be together :'(

    1. azzadhil says:
      August 8, 2017 at 3:13 pm

      :'( lets see wht happns next.. do keep reading engey 🙂

  6. Adha? says:
    August 8, 2017 at 3:15 pm

    Maira akee dw mi zivan gengulhey girl…? alhey axxa.. arushee nd aaraav gulhuvadhy pls❤ varah reethi mi part ves?
    Waitingss ❤❤❤❤

    1. azzadhil says:
      August 8, 2017 at 3:17 pm

      hmmm visnaanan thikamaa.. hhehhhehe… jazakallah khair adha .. keep waiting 🙂 <3 <3

  7. No name says:
    August 8, 2017 at 3:29 pm

    Aslu miulhey aarav ah kaishan ge hih transfer hadhain dhww

    1. azzadhil says:
      August 8, 2017 at 3:32 pm

      may be 🙂

  8. click a shot ? says:
    August 8, 2017 at 3:41 pm

    Varah reethi mi part ves☺️

    1. azzadhil says:
      August 8, 2017 at 3:47 pm

      jazakallah khair click a shot 🙂

  9. khajja says:
    August 8, 2017 at 5:55 pm

    Wow masha allah v rythi v interesting?? Maairaa aky zivaan gengulhey zivaange loabiveriyaa dhw dhen kyvve Arushy aa marry e kury? Hmm aee badhalu hifan dhw eynage moonu mathyga Arushy jehyma o god miee reyvumeh dhw zivaan aa maairaage v hyvey but arushy ah dhera ennudhechchey plx arushy ah dhera eh libumuge kurin aaraav ah ekan engi arushy himaayai koh dhehchchey plx stry v supper when nxt prtn thank u so much 4 the luvly stry??❤❤❤?????????

  10. azzadhil says:
    August 8, 2017 at 6:02 pm

    Khajjaaa… V molhu vaane story kiyaaladhen.. Hehe.. Jazakallah khair keep waiting
    ❤️❤️❤️?❤️??❤️❤️❤️

  11. Shifu says:
    August 8, 2017 at 9:34 pm

    V dhera vehje aarav ah arshee nulibuneema. Ekamaku v kiyaa hihvey

  12. azzadhil says:
    August 8, 2017 at 9:38 pm

    Shifu dheraviyas kiyaalahche in sha Allah adhi rangalhuvaane ?☺️

  13. Kamana says:
    August 8, 2017 at 10:36 pm

    Alhe arushee dhookollaafa dhaneetha. Nulafaa zivaan gandaa ey thi havaal kuree..

    1. azzadhil says:
      August 9, 2017 at 12:19 pm

      Adhi fahun rangalhuvaane in sha Allah keep reading

      ???

  14. Adam says:
    August 8, 2017 at 11:49 pm

    Aarav ah arushee dhee Eyrun salhi vaanee zivaan mihaaru ves vagu gf eh e gengulhenee

    1. azzadhil says:
      August 9, 2017 at 12:21 pm

      Visnaanan engey thikama Adam.. Hehe…

  15. Saeedha Mohamed says:
    August 9, 2017 at 5:39 am

    Miee varah reethi asaru ghadha vaahakaeh. Vvv kihihve a?????????

    1. azzadhil says:
      August 9, 2017 at 12:23 pm

      Alhamdulillah!! Jazakallah khair saeedha
      Keep reading ?❤️❤️?❤️

  16. Ram says:
    August 9, 2017 at 10:16 am

    Nehyyyy ????

    1. azzadhil says:
      August 9, 2017 at 12:24 pm

      Nehyyyy.. Don’t cry ram… In sha Allah adhi rangalhuvaane ?️☺️☺️

  17. Aki says:
    August 10, 2017 at 10:42 pm

    koniraku tho up kohla dhey nee

  18. Shahoo says:
    August 10, 2017 at 11:51 pm

    Wen nxt part! Plx up kohdhyba

  19. Reader says:
    August 11, 2017 at 1:28 pm

    Azza❤ kn iraku next part up vany vr waiting. Zivaan ge goiy avahah aarav and arushee ah angahchey ?

Comments are closed.

Next Episodeހިތުގެ މިލްކުވެރިޔާ (ފަނަރަ ވަނަ ބައި)←


All Right Reserved!