Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

ހިތުގެ މިލްކުވެރިޔާ (ތޭރަ ވަނަބައި)

azzadhil Level 210 Stories100 Comments
August 6, 2017 4 Mins Read
22 Comments

” ނޭނގޭ ތިކިޔާ އެއްޗެއް” އަރުޝީގެ ޖަވާބު އިވި އާރާވްގެ ކެތްތެރިކަން ކޮޅުންލި ކަހަލައެވެ. އެހެން މީހަކަށް ނުފެންނާނެ ހެން އަރުޝީ އަތުގެ މުލައްދަނޑީގައި ހިފައިގެން ތަންކޮޅެއް ދުރު ހިސާބަކު ގޮސް ހުއްޓުނެވެ.
އަރުޝީ ވެސް އިތުރަށް ގަދަނުހެދިއެއް ކަމަކު އާރާވްގެ މިހަރަކާތުން ރުޅިއައެވެ.
” ތަދުވެޔޭ މަށައް… އާރާވްގ އަކާ ނުޖެހޭނެ އަހަރެން ގަޔަށް އަތްލާކަށް ” ރުޅި އައިސް ރަތްވެފައި އާރާވްގެ އަތް ފޮޅުވާލަމުން އަރުޝީ ބުންޏެވެ.
” ތަދުވެޔޭ އަހަންނަށްވެސް” އަރުޝީގެ ދެކޮނޑުގައި ހިފާ ގަޔާކައިރިކޮށްލަމުން ރުޅިވެރި އަޑަކުން މިހެން ބުންޏެވެ. ރަތްވެ ފެންކަޅިވެފައިވާ ދެލޮލުން އަރުޝީއަށް ބަލަމުން ދިޔައިރު އެބެލުމުގައި ރުޅިވެރިކަމެއްވެސް ވެއެވެ. ދެބުމަކައިރިކޮށްލާފައިވީއިރު ނިތަށް ރޫއަރުވާލާފައިވިއެވެ. މުޅި މީހާ ތުރުތުރުލަމުން ދިޔައީ ރުޅިއައިސްކަމެއް ނޫނީ ދެރަވެފައި ހުރުމުން ކަމެއް ބުނާކަށް ނޭނގެއެވެ. އާރާވްގެ މިސިފައަކީ ކުރިންދުވަހަކުވެސް ފެނިފައިނުވާ ސިފައަކަށް ވުމާއެކު އަރުޝީ ހުރީ ޖެހިލުންވެ ބިރުގަނެފައެވެ.
” މިއަދު އަރުޝީއަށް ކަމެއްވިނަމަ އަހަންނަށް އަމިއްލަ މީހާއަށް ދުވަހަކުވެސް މާފުނުކުރެވުނީސް.. ހިތްމޮޅުވިޔަސް ތީ ތަންކޮޅެއް ބޮޑުވަރު.. ނޭނގޭތަ އަރުޝީއަށް ކަމެއްވީނަމަ ޒިންމާ އެޅޭނީ އަހަރެންގެ އާއިލާގެ ބޮލުގަ ކަމެއް..” ރުޅިވެރި ބަރުއަޑަކުން އާރާވް މިހެން ކިޔަމުން ދިޔައިރު އަރުޝީ ބިރުން ހަލާކުވަނީއެވެ. އާރާވްގެ ދެކޮނޑުގައި ހިފާފައި ހުރިލެއް ބާރުކަމުން އެތަނަށްވެސް ތަދުވަމުން ދިޔައެވެ. ދުރުގައި ހުރި ކައިލް އަށް މިމަންޒަރު ފެނުނުކަން ނަސީބެވެ. އެހެން އެއްވެސް މީހަކަށް ފެނުމުގެ ކުރިން އާރާވް ހުއްޓުވަން އަވަހަށް އެދިމާއަށް މިސްރާބުޖެހިއެވެ. ކައިލް ގެ އެތަކެއް ނެސޭހަތަކާ އެކު އާރާވް އަރުޝީ ގައިން ދޫކޮށްލިއެވެ. އެއަށްފަހު ކައިލް އާރާވް ގޮވައިގެން ޕާކުން ނިކުންނަން ދަމުން ރިހާނީއަށް ގޮވާލާފައި އަރުޝީ ކައިރިއަށް ދިއުމަށް ބުންޏެވެ.
ދެންމެ ހިނގައިދިޔަ ކަންތަކަށްފަހު އަރުޝީއަށް ޝޮކެއްގައި ހުރި ކަހަލައެވެ. އާރާވް އެގޮތަށް އުޅެންވީ އެއްވެސް ސަބަބެއް އަރުޝީއަކަށް ނުވިސްނުނެވެ. އާރާވް އަށް އަައިސްގެން އެއުޅޭ ބަދަލުގެ ހަގީގަތަކީ ކޮބައިކަން ވިސްނަ ވިސްނާވެސް އަރުޝީއަކަށް ނޭނގުނެވެ. ލޮލުން އައިސްފައިވާ ކަރުނަތައް އަތުން ފޮހެލިއިރު އެއަތުގައި ތުރުތުރެއްވިއެވެ. ހަމަޖެހެން މަސައްކަތް ކުރަމުން އެންމެން ތިިބި ދިމާއަށް ދާން ހިނގައިގަތް ވަގުތު ރިހާނީ އައިސް ކައިރީގައި ހުއްޓުނެވެ.
” ކިހިނެއްވީ އާރޫ.. ކައިލް ބުނީ ވަރަށް އަވަހަށް އާރޫ ކައިރިއަށް ގޮސްބަލަށޭ.. ކީއްވެތަ އާރާވް މާވަރަކަށް ރުޅިއައިސްފައިހުރީ” ރިހާނީގެ ސުވާލުތައް ކުރިމަތިވާން ފެށުމުން އަރުޝީގެ ހިތްވަރު އެލުނު ކަހަލައެވެ. ރިހާނީ ގައިގާ ބައްދައިގަންނަމުން ރޯންފެށި އިރު އެރުއިމުގެ އަޑު އިވޭ ކޮންމެ މީހެއްގެ ހިތުގެ އެންމެ ފުންމިނަށް އަސަރުކުރާނެއެވެ. ރިހާނީ ވީގޮތް އޮޅުން ފިލުވަން އުޅެއުޅެވެސް ހަމަޖެހޭކަހަލަ ޖަވާބެއް ނުލިބުނެވެ. އެންމެ ފަހުން ޔަލާ ނަޒްމާއާއި ހަވާލުކުރުމަށްފަހު ރިހާނީ އަރުޝީ ގޮވައިގެން ގެއަށް ދިޔައެވެ.

ކައިލްގެ އެތަކެއް ނަސޭހަތަކާ އެކު އާރާވްގެ ރުޅިގަނޑު މައިތިރި ވިއެވެ. އަރުޝީއާއި މެދު ކަންތައް ކުރެވުނީ އެންމެ ރަނގަޅަށް ނޫންކަން ވިސްނުމުން އަރުޝީ ކައިރިން މައާފަށް އެދެން ބޭނުންވިއެވެ. ނަމަވެސް އޭގެ ކުރިން މާތްﷲ ކިބައަށް ތައުބާވެ ހިލޭ އަންހެނެއްގައިގާ އަތްލުމުގެ ފާފަ ފުއްސެވުމަށް އެދި ދުއާ ކުރަން ބޭނުންވިއެވެ. އާރާވް އަށް އައިސްފައިވާ ރުޅި މަޑު ނުކުރެވުނީއެވެ. އެކަމާވެސް އާރާވް އެހާ ދެރަވިއެވެ. އެހެނީ ރުޅި އަކީ އަލިފާނުން ނަގާ އެއްޗެކެވެ. އެއީ ޝައިތާނާ ގެ ވަސްވާހެވެެ. އިންސާނުންގެ ތެރެއިން އެންމެ ވަރުގަދަ މީހާއަކީ ރުޅި އަންނަ ވަގުތު ރުޅި މަޑުކުރާ މީހާ ކަމުގައި ކީރިތި ރަސޫލާ މުހައްމަދުﷺ ވެސް ވަނީ އަންގަވާފައެވެ. ނަމަވެސް އެކަން އާރާވް އަކަށް ނުވިއެވެ. އެހެން ކަމުން މަގްރިބް ނަމާދަށް ބަންގި ގޮވުމާއެކު ކައިލް އާއި ދެމީހުންގޮސް މިސްކިތަށް އަރާ ނަމާދުކޮށްލިއެވެ.

މާލެ ފުރުމަށް ހަމަޖެހިފައި އޮތީ އެރޭ ހުޅުމާލޭގައި މަޑުކުރުމަށްފަހު އަނެއް ދުވަހުއެވެ. އެހެން އިޝާ ނަމާދަށްފަހު ހުރިހާ ފިރިހެނުންނާއި ޖަނާން އާއި ރިހާނީ ގެ އިތުރުން ސައިހާނާ އޮލަ ވާހަކައެއްގައި ބޭރު ވިނަ ގަނޑުމަތީގައި ތިބިއިރު ރިހާނީ އާއި ރައިހާނާ އަދި ނަޒްމާވެގެން މީރު ނޫޑްލްސް ގަނޑެއް ތައްޔާރު ކުރުމުގައި އުޅުނެވެ. އަރުޝީވެސް މަރިޔަމް އަށް ކާންދީފައި އަދި ބޭސްދީ ނިންދެވުމަށްފައި ކެއްކުމުގައި ރިހާނީ މެންނާއި ބައިވެރިވިއެވެ. އެމީހުން ކައްކަން ތިބިއިރު ބޭރުގައި ވާހަކަ ދައްކަން ތިބި ގުރޫޕް ބަދިގޭ ކުޑަދޮރުން އެމީހުންނަށް ފެނެއެވެ. އެމީހުން ދައްކާ ވާހަކައިގާ ބައެއް ފަހަރު ބައިވެރިވެލާވެސް ހަދައެވެ. ހައްޕުކިޔައިގެން ހުރީ ހަމައެކަނި އަރުޝީއެވެ. އާރާވް ފެންނަ ކޮންމެ ފަހަރަކު މިއަދުގެ ހާދިސާ ހަނދާންވެ ހިތަށް ނުތަނަވަސްކަން ވެރިވެ ގަނެއެވެ.

ހުރިހާ އެންމެން ކައިގެން ކޮޓަރިއަށް ވަނުމުން އަރުޝީ ބަދިގޭގައި އެކަނި ވިއެވެ. ހުރިހާ ތަށިތައް ދޮވެ ނިިންމާލުމަށްފަހު އަތް ފޮހެގެން ކޮޓަރިއާއި ދިމާއަށް މިސްރާބިޖެހި ވަގުތު އާރާވް އައިސް ބަދިގެ އަށް ވަނެވެ. އަރުޝީ އިރުކޮޅަކު ހުއްޓުން އަރާފައި ހުރީ އާރާވް އެއްޗެކޭ ބުނަން އުޅޭ ކަމަށް ހީކޮށެވެ. ނަމަވެސް އާރާވް އިތުރު ބަހެއް ނުބުނުމުން ދާން އުޅުނު ވަގުތު އާރާވް ގޮވާލުމުން ހުއްޓުނެވެ.
” ފެންތައްޓެއް އަޅާދީފާނަންތަ ” އާރާވް އަށް ފުރަސް ދީގެން ހުރި އަރުޝީއަށް އާރާވް ބުނެލިއެވެ. އެވަގުތު އާރާވް އާއި ދިމާއަށް ހަޅޭއްލަވާ ގަންނަން އަރުޝީ ހިތަށް އެރިއެވެ. ނަމަވެސް މަޑުމައިތިރިކަން އިސްކޮށް އާރާވް އާއި ކުރިމަތިލިއެވެ.
” ކީއްވެ އަހަރެން ކައިރީ ތިބުނީ.. އާރާވް އެހާ ރުޅި އަންނަ މީހެއް ކައިރީ ބުނުމުގެ ބޭނުމަކީ ކޮބާ.. އެހެންނ ނޫނަސް އަހަރެންގެ ފެންދީގެން ބޯނަންތަ..” އަރުޝީ ހިތްހަމަނުޖެހިފައި ބުންޏެވެ.
” ނުދޭނަންތަ” ހަމަޖެހޭގޮތް ދައްކަމުން އާރާވް ވެސް ކޮށްލީ ސުވާލެކެވެ. އާރާވްގެ ސުވާލުން އަރުޝީ ރުޅިއައެއް ކަމަކު ހިމޭނުން ހުއްޓެވެ. ހާދަހާވާ ފޮނިމީހެކޭ ހިތަށް އެރިއެވެ. އާރާވް އާއި ދިމާއަށް ލޯއަޅާލަމުން ފުރިޖުން ފެންފުޅިއެއް ނަގައިގެން ތައްޓަކަށް އަޅަން ފެށިއެވެ. އޭރު އާރާވް ހިނިތުންވެ ހުރެ އަރުޝީގެ ހަރަކާތް ތަކަށް ބަލަން ހުއްޓެވެ. އަރުޝީ އާރާވް އަށް ފެންތަށި ދިއްކޮށްލުމުން އާރާވް އެއްނޭވައިން ފެންތަށި ހުސްކޮށްލުމަށްފަހު އަރުޝީއަށް ދިއްކޮށްލިއެވެ. އަރުޝީ ތަށި ބަނޑުން ޖެހުމަށްފަހު އާރާވްއަށް ބަލާވެސް ނުލާ ބަދިގެއިން ނިކުމެގެން ގޮސް ބޭރުގަައި ހިއްކަން އަޅާފައިވާ އަރުޝީގެ ތުވާލި ބަލާ ބޭރަށް ނިކުތެވެ. ތުވާލި ހިފައިގެން އެނބުރުނު އިރު އަނެއްކާވެސް ކުރިމަތީގައި ހުރީ އާރާވް އެވެ. މިފަހަރުވެސް އަރުޝީ ދާން ދިމާކޮށްލުމާއެކު އާރާވް ގޮވާލިއެވެ.
” އެއްޗެކޭ ބުނަން ބޭނުންވަނީތަ.. އެހެން ނޫނީ މިފަހަރުވެސް ހަޅޭއްލަވާލަންތަ ބޭނުންވަނީ” އާރާވް އާއި ކުރިމަތިލަމުން އަރުޝީ އަހާލިއެވެ. ޖަވާބުގައި އާރާވް ދެފަރާތަކަށް ބޯހޫރާލިއެވެ. އަދި އިތުރު ބަހެއް ނުބުނެ އަރުޝީގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ.
” ތިބުނަން އުޅޭ އެއްޗެއް ބުނަންވީނު… އެހެންނޫނިއްޔާ ދަނީ” އާރާވްގެ ބެލުމުން އުނދަގޫވެގެން އަރުޝީ ބުންޏެވެ. ނަމަވެސް މިފަހަރުވެސް އާރާވް އަރުޝީ ހުއްޓުވިއެވެ.
” އަހަންނަށް މާފުކުރޭ އަރުޝީ… އަހަންނަށް އަރުޝީއާއި މެދު ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން.. އެއީ އެއްވެސް ވަރަކަށް އަހަރެން ބޭނުންވެގެން ކުރި ކަމެއް ނޫން.. އަހަންނަށް ރުޅިއާދެވުނީ ބޭއިހްތިޔާރުގަ… އަސްލު މިއަދު އަރުޝީއަށް ވީނުވީއެއް ނޭނގުނީމަ އަހަރެން ވަރަށް ބިރުގަތް.. ހިތަށް އެރީ އަހަންނަށް އަރުޝީ ގެއްލުނީއޭ” އާރާވްގެ ފަހު ޖުމްލަ އާއި އެކު އަރުޝީއަށް ސިހިފައި އާރާވްއަށް ބާލާލެވުނެވެ. އޭރު ބުނެވުނު އެއްޗަކާމެދު އާރާވް ވެސް ހުރީ ޖެހިލުންވެފައެވެ. އަރުޝީ އަވަހަށް މީހާ ހަމައަކަށް އަޅުވާލުމުން އާރާވް ވެސް ކެއްސާލަމުން ބޯކަހާލިއެވެ.
” އަހަރެން ސުވާލެއް ކޮށްލަންތަ” ވާހަކަ އޮޅުވާލަން މަސައްކަތް ކުރަމުން އަރުޝީ އަހާލިއެވެ. އާރާވް ހްމްމް އެކޭ ބުނުމުން އަރުޝީ ސުވާލައިގެން ކުރިއަށް ދިޔައެވެ.
” އާރާވް ރުޅި އަންނަވަރުގެ ކޮންކަމެއްތަ އަހަންނަށް ކުރެވުނީ.. ” އަރުޝީ ސުވާލުކޮށްލުމުން އާރާވް ގޮތަކަށް ހީލިއެވެ.
” ކުށް ކުރެވުނީ އަހަންނަށް ” އާރާވްގެ މިޖަވާބުންވެސް އަރުޝީގެ ހިތުގައި އެތަކެއް ސުވާލެއް އުފެދިގެން ދިޔައެވެ.
” ކޮބާތަ އެކުށަކީ” އަރުޝީ މިސުވާލުކޮށްލުމުން ޖަވާބުދޭން އާރާވް ފަސްޖެހުނެވެ.
” ޖަވާބު އަޑުއަހާނެހާ ހިތްވަރެއް އަރުޝީގެ ނުހުންނާނެ” އާރާވް މިހެން ބުނުމުން އަރުޝީ އިތުރަށް އެނގެން ބޭނުންވިކަހަލައެެވެ.
” ހިތްވަރެއް ނުހުންނަ ނަމަ މައެއް ބަފައެއް ނެތި ފިރިމީހާ ނިޔާވެ ޅައުމުރު ހުވަފަތްވުމުންވެސް މިހުރި ގޮތަކަށް ނުހުންނާނެ” އަރުޝީގެ ޖަވާބުން އާރާވްގެ ހިތުގެ ސިއްރު ފާޅުކުރާން އާ ހިތްވަރެއް ލިބުނު ކަހަލައެވެ.
” އަރުޝީ.. މީ އަހަރެން ބޭނުންވެގެން ކުރި ކަމެއް ނޫން.. އަހަންނަށް ވެވުނީ..” އާރާވްއަށް ބުނެވުނެވެ.
” ކޯންްޗެއް” ތެޅި ތެޅި އޮތް ހިތަކާ އެކު އަރުޝީއަށްވެސް އަހާލެވުނެވެ.
” އަރުޝީ އަހަރެން… އަހަރެންް.. އަރުޝީ.ދެ..” އާރާވް އަކަށް ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. އާރާވް އަށް ޒިވާން ގޮވާލި އަޑަށް ދެމީހުންވެސް ސިހިފައި އެދިމާއަށް ބަލާލިއެވެ.
” ދެމީހުން މިތާ ކީއްކުރަނީ” ނިތަށް ރޫއަރުވައިގެން ހުރެ ޒިވާން ސުވާލުކޮށްލިއެވެ.
” މިދެން އަރުޝީ އާއި ކުޑަކޮށް ވާހަކަ ދައްކާލީ.. ނިދަން މިދަނީ” މިހެން ބުނެ އާރާވް އިތުރަށް މަޑުނުކޮށް އެއްކަޅިން އަރުޝީއަށް ބަލާލުމަށްފަހު ގޭތެރެއަށް ވަދެގެން ދިޔައެވެ.
” އަރުޝީވެސް ދާންވީނު ނިދާލަން.. މާދަމާ ހެނދުނު އަވަހަށް ހޭލަން ޖެހޭނު” މިހެން ބުނަން ޒިވާން ގެއިން ނިކުންނަން ދިޔައެވެ. އެވަގުތު އަރުޝީ ދަނީ ކޮންތާކަށް ދޯ އަހާލުމުން ނިދިނާންނާތީވެ ބޭރުގައި ކުޑަކޮށް ހިނގާލަން ދަނީ ކަމުގައި ބުނެ ގެއިން ނިކުތެވެ.
ގެއިން ނިކުމެގެން ދިޔަ ޒިވާންގެ މިސްރާބު ހުރީ އެދިމާލުގައި އޮންނަ ބޯގަސްތަކާ ދިމާއަށެވެ. އެހިސާބާ އަރާ ހަމަވުމަށްފަހު ގަހެއްގެ ނިވަލަށް ވަދެ ދެފަރާތް ހޯދާލިއެވެ. ޒިވާންގެ ފަހަތުން އަންހެން އަތަކުން ޒިވާން މެދު ހަށީގައި ހިފާލުމާއެކު ޒިވާން އެއަތުގައި ހިފާ އެއަންހެން ކުއްޖާ ކުރިމައްޗަށް ގެނެސް ގަޔާ ކައިރިކޮށްލާ ނިތުގައި ބޮސް ދިނެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

azzadhil

Level 210 Stories100 Comments

Other Articles

Previous

ޔާރު މިވަނީ ލޯތްބޭ ހަޤީގީ (އަށްވަނަ ބައި)

Next

އެ ތޫފާނީ ރޭ (ފަހުބައި)

Next
August 6, 2017

އެ ތޫފާނީ ރޭ (ފަހުބައި)

Previews
August 6, 2017

ޔާރު މިވަނީ ލޯތްބޭ ހަޤީގީ (އަށްވަނަ ބައި)

22 Comments!

  1. Aki says:
    August 6, 2017 at 11:00 pm

    vaahaka up veytho bala balaa intha thi up kohla dhinee . thanks…..

    1. azzadhil says:
      August 6, 2017 at 11:07 pm

      jazakallah khair aki 🙂

    2. Aki says:
      August 6, 2017 at 11:10 pm

      zivaan ulhey gothe dho haadha foohi vey

  2. Sidhu says:
    August 6, 2017 at 11:16 pm

    V salhi sidhu ah mi story

    1. azzadhil says:
      August 6, 2017 at 11:19 pm

      alhamdulillah.. jazakallah khair dear sidhu 🙂

  3. Aishath Lewsher says:
    August 6, 2017 at 11:32 pm

    Reethi abadhuves reethi

    1. azzadhil says:
      August 7, 2017 at 5:23 am

      Jazakallah khair sister ??

  4. Xxxx says:
    August 6, 2017 at 11:34 pm

    Story v.v.nice dear n rangalhu message thakeh ves genesdheefa hureema v.rangalhu???keep
    it up ……zivaan ves dhoo……aarav v.cute?

    1. azzadhil says:
      August 7, 2017 at 5:24 am

      Alhamdulillah.. Jazakillah khair.. ❤️?Dhogeh noon zivaan dhw.. ?

  5. khajja says:
    August 7, 2017 at 12:38 am

    Masha allah stry v rythi v furihama?? mihaaru dhen arushy ah engenvejje dhw aaraav ge hithuge opperation eh koh aaraav ge innany arushyge firi myhaage hiykan arushyah neyngey iru kail mennah engenvejje ennu kail avviyya mihurihaa kameffennanyves aaraav ge kanthah engenyves kail ah ehen v ma ehcheh visni handhaanvaan vejje kail ah dhw n zivaan e gengulheny kon anhenkujjebbaa aee kuryga arushyge husband gen gulhun kamah ebunaa kujjaa avvumakyves ekashygen vaakameh dhw stry v habeys when nxt prt ly gud nyt???❤❤❤???????

    1. azzadhil says:
      August 7, 2017 at 5:27 am

      Dear a lot of things is going to happen before that so eBai ehaa avahah gennesdheveykah nei.. But keep reading in sha Allah adhi ehdhuvahun ekan ves engeyne.. Jazakallah khair ly2 ?????❤️❤️❤️❤️❤️❤️

  6. maroon says:
    August 7, 2017 at 6:29 am

    Zivan dheke rulhi aisfi.. arvav and arushee. Story as amazing as usual

    1. azzadhil says:
      August 7, 2017 at 10:12 am

      maroon hahaha… jazakallah khair dear :*

  7. Reader says:
    August 7, 2017 at 7:27 am

    Zivaan haadha goahey zivaan bust kollaba. Asluves kaisan ves arushee ah olhuvaaly tha hama?? arushee and aarav dw??❤

    1. azzadhil says:
      August 7, 2017 at 10:13 am

      adhi in sha allah thikanves waane.. kaisan ge gotheh neynge adhi hama..

  8. Shifu says:
    August 7, 2017 at 7:29 am

    V reethi anehbai avas kohladhee

    1. azzadhil says:
      August 7, 2017 at 10:14 am

      jazakallah khair shifu. avas kohladheynan in sha allah 🙂

  9. Adha? says:
    August 7, 2017 at 10:15 am

    Love this part too❤❤❤waitingss ?

    1. azzadhil says:
      August 7, 2017 at 10:20 am

      keep waitingss.. hehe

  10. Kamana says:
    August 7, 2017 at 10:32 am

    Zivaan haadha goahey.. ma kurin heekury aarav kama goahy.. huh v foohi vey zivaan gandu dheke..

    1. azzadhil says:
      August 7, 2017 at 11:14 am

      keehkuraanee.. heekuraahaa gothakah hurihaa kameh nuvaanu 🙁 but still keep reading engey 🙂 adhi reethi vaane 🙂

  11. Wishy says:
    August 7, 2017 at 8:45 pm

    Ohh shit.. Xivaan is such a cheater.. Acting up as he’s good but evil inside.. Varah salhi ingey story..

Comments are closed.

Next Episodeހިތުގެ މިލްކުވެރިޔާ (ސާދަ ވަނަބައި)←


All Right Reserved!