Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އައިކާ (6)

Saandy Level 1010 Stories1K Comments500 Comments100 Comments100 Stories
August 6, 2017 7 Mins Read
60 Comments

“އެންމެ ރަނގަޅު.. ބުނެފާނަން.. އެކަމް ޕްރޮމިސްކުރޭ އެކަމާ ނުވިސްނާނަންކަމަށް..” ލީން ޝަރުތެއް ކަނޑައެޅިއެވެ.

“ޕްރޮމިސް..”

“ތީ އެމީހަކީ.. އަހަރެން ސަމާސާއަކަށް ނޫނޭ އެހެން ބުނީކީ.. އިއްޔެގަ އަހަރެންނަށްވެސް އެނގުނީ.. ޒިޔާ އަހަރެން ގާތު އެހީ އިއްޔެ މާ އަވަސް އަރުވާލާފަ މިގެއަށް އައީ ކީއްވެތޯ.. ދެން އަހަރެން ކިޔައިދިނީ އިކާ ޔޫޝައުއާ ރައްޓެހިވީ ވާހަކަ.. ބުނީމަ ބުނީ އެހެންވީމަ ޔާންގެ ހިތްހަލާކުވީތާއޭ.. ދެން އަހަރެން އެހީ ކީއްވެހޭ ޔާންގެ ހިތް ހަލާކުވާންވީ؟ އަނެއްކާ ޔާންވެސް އިކާދެކެ ލޯބިވަނީހޭ.. އެހީމަ ބުނީ އާނއެކޭ.. ވަރަށް ކުރީއްސުރެވެސް ޔާން އިކާދެކެ ލޯބިވެޔޯ.. އެކަމް އިކާ ގާތު ބުނަން ނުކެރިފަޔޯ.. ތިމަންނަ ކިތަންމެ ފަހަރަކު ބުނީމޯ އަވަހަށް ބުނާށޭ.. ނުބުނެ ހުއްޓާ ވަގުތު ފާއިތުވެދާނެޔޭ.. ޔާންއަށް ބުނަން ނުކެރެންޏާ ތިމަންނަ ތިކަން ކޮށްދީފާނަމޭ ބުނާ ކޮންމެ ފަހަރަކު ބުނެޔޯ ވަގުތު ޖެހުނީމަ ބުނާނަމޭ.. އަދި ޒިޔާ ބުނި ޔާން ރާއްޖެ އައުމުގެ ދެދުވަސް ކުރިން ގުޅައިގެން އުޅެމުން ބުންޏޯ މިހާރު އިކާ ގާތު ބުނާށޭ މިއުޅެނީ.. ދެން އިއްޔެގަ އަހަރެން ޒިޔާ ގާތު އެވާހަކަ ދެއްކި އަޑު ޔާންއަށް އިވުނީ.. ޔާން ބުނީ އެހެންވިއްޔާ އިކާ ގާތުވެސް ނުބުނައްޗޭ.. އެކަމް އިކާ ކުރުނުކޮށް ކިޔަން ފެށީމަ މި ކިޔައިދިނީވެސް..” ލީން ކަން ވީގޮތް އޮޅުންފިލުވައިދިނެވެ.

“އޯހ ގޯޑް!! ކީއްވެތަ އެންމެން އަހަރެންގެ ފަހަތުން އުޅެނީ؟ އަހަރެންނާ ފްރެންޑް ކޮންމެ ކުއްޖެއްހެން އަހަރެންދެކެ ލޯބިވަނީ ކީއްވެތަ؟ އަހަރެންނާ އެމީހުން ދުރުކުރަން ތަޤުދީރުވެސް ބޭނުންވަނީ ކަންނޭނގެ.. އަހަރެންގެ ގާތް އެކަކުވެސް ނުބަހައްޓަންވީ ކަންނޭނގެ..” އައިކާ އިސްތަށިގަނޑު ރީތިކޮށްލަމުން ބުނެލިއެވެ.

“ކޮންކަހަލަ ވާހަކައެއްތަ ތިދައްކަނީ؟ އެކަމާ ހެދި ތިމީހުންގެ ރިލޭޝަންއަކަށް އެއްވެސް ބަދަލެއް ނާދެއެއްނު.. ދެން ކޮބާ މައްސަލައަކީ؟” ލީން ބެލީ އައިކާއަށް ވިސްނައިދެވޭތޯއެވެ.

“ނޫނޭ.. ވަރަށް ބޮޑު ބަދަލެއް އައިސްފި.. މާޒް އަހަރެން ގާތު އެވާހަކަ ބުނިފަހުން އަހަރެމެން ދެމީހުންނަށް ދުރުވެވުނުވަރު ލީންއަށްވެސް އެނގެއެއްނު.. އޭރު އޭނައަށް ޔެސް ބުނެފާނެކަމުގެ އުއްމީދުގަ އަހަރެންނާ ވާހަކަދެއްކިޔަސް މިހާރު އޭނަގެ ހުރިހާ އުއްމީދެއް ވާނީ ފުނޑުފުނޑުވެފަ.. ދެން ނޭނގެ އަހަރެންނާ ވާހަކަދައްކާނެ ކަމެއްވެސް..” އައިކާގެ ވާހަކަ ހުރިގޮތުން ހިތްހަމަނުޖެހިފައި ލީންއަށް ބޯހޫރާލެވުނެވެ.

“ސާބަސް އިކާއަށް.. ކޮންކަހަލަ ވިސްނުމެއްތަ ތި ހުންނަނީ؟ ތިބުނަނީ މާޒް އިކާއާ ވާހަކަދައްކާ ހެޔޮކޮށް އުޅުނީ އަމިއްލަ އެދުމެއް ހާސިލްކުރާށޭ.. އެކަމް ތީ އިކާއަށް ކުރެވޭ ކުށްހީއެއް.. ނޫންނަމަ ކީއްކުރަން އިކާއަށް ފޯނާ އެއްޗެހި ދޭންވީކީ؟ އަމިއްލަ އެދުމައިގެން އުޅޭނަމަ އިކާ އޭނަ އިގްނޯރ ކޮށްލީމަ ހަމަ އަތުލަންވީނު.. ވިސްނަބަލަ.. އިކާއަށް ކޮންމެ މީހަކާ ދޭތެރޭ ގޯސްކޮށް ވިސްނޭތީ ތިހެން ތި ހީވަނީ..” ލީންގެ އަޑުންވެސް އޭނާ ހިތްހަމަނުޖެހިފައި ހުރިވަރު ހާމަވެއެވެ..

“ލީން! އަހަރެންނަކަށް ނޭނގެ ދެން..”

“އަހަރެންނަށް އެނގޭ.. އެކަންކަމާ ބޯގޮއްވަން ނުހަދާ ޔޫޝައުއާއެކު ރީތިކޮށް ކުރިއަށް ދާންވީ.. އޭރުން ހިތްހަމަޖެހިގެން އުޅެވޭނީ.. އެކަންކަމާ މާބޮޑަށް ވިސްނާ ހަދަންޏާ ދުވަހަކުވެސް ހަމަޖެހުމެއް ނުލިބޭނެ..” ލީންގެ ވާހަކަތަކުން އައިކާއަށް ކުޑަ ހިތްހަމަޖެހުމެއް ލިބުނެވެ.

އައިކާ އޭނާގެ މައިންބަފައިން ގާތު ޔޫޝައުގެ ވާހަކަދެއްކީ އޭގެ ދެދުވަސް ފަހުންނެވެ. ސަނާއާއި ނާޒިމް ޔޫޝައުއާ ބައްދަލުކޮށްލަން ބޭނުން ވާހަކަ ބުނުމުން އައިކާ ޔޫޝައުއަށް ގުޅާފައި އެދުވަހުގެ މެންދުރު ކެއުމަށް އެގެއަށް އައިސްދިނުމަށް އެދުނެވެ. އަދި އެއީ ނާޒިމްމެން އޭނާއާ ބައްދަލުކުރަން ބޭނުންވެގެންކަމަށް އައިކާ ބުންޏެވެ. ޔޫޝައު ދެބަހެއްނެތި އެގެއަށް ދާނެކަމަށް ބުނެ އެއްބަސްވިއެވެ. އައިކާ ކައިވެންޏާ އެއްބަސްވީ ނަމަވެސް އައިކާގެ ބައްޕަމެން ޤަބޫލުނުވެދާނެޔޭ އޭނާގެ ހިތަށްއެރިއެވެ. ފިނިވެފައިވާ ހާލު ޔޫޝައު އެގެއަށް ދިޔައީ އައިކާގެ އުފަލަށްޓަކައިވެސް އެމީހުން އެކައިވެންޏަށް އެއްބަސްވޭތޯ ހިތާހިތުން ދުޢާކުރަމުންނެވެ.

ކައި ނިންމައިގެން ނުކުމެ ސިޓިންގރޫމުގައި ތިބެފައި ނާޒިމްއާއި ސަނާ ޔޫޝައުއާ ވާހަކަދެއްކިއެވެ. އައިކާވެސް ސިޓިންގރޫމުގައި ހުރި ސޯފާ ގޮނޑިއެއްގައި އިނީ ނާޒިމްމެން ދޭނެ ޖަވާބެއް ނޭނގޭތީ ހިތް ނުތަނަވަސްވެފައެވެ. ނާޒިމްއާއި ސަނާ އެމީހުން ބޭނުންވާ ސުވާލުތައް ކުރަމުން ދިޔައީ ޔޫޝައު ތެދުވެރިކަމާއިއެކު އެހުރިހާ ސުވާލުތަކަކަށް ޖަވާބުދެމުން ދިޔަގޮތުން ހީވީ ވަޒީފާއެއްގެ އިންޓަވިއުއަށް ގޮސް އިން މީހެއްހެންނެވެ. ޔޫޝައުގެ ވާހަކަތައް އަޑުއަހާފައި އެމީހުން ހިތުން ރުހުމުން އެގުޅުމަށް ޤަބޫލުވިއެވެ. އޭގެފަހުން ޔޫޝައު ކޮންމެ ދުވަހަކު ކޮންމެ ރެޔަކު އައިކާއާ އެގެއިން ބައްދަލުކުރެއެވެ. އޭނާ ފުރާ ދުވަސް ކައިރިވެފައިވުމާއެކު އޭނާ ބޭނުންވީ ވީހާވެސް ގިނަ ވަގުތު އައިކާއާއެކު ހޭދަކުރާށެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އައިކާއާއި ޔޫޝައުގެ ގުޅުން ވަރުގަދަވަމުން ދިޔައިރު މާޒްގެ އެކަނިވެރިކަންވެސް ދިޔައީ އިތުރުވަމުންނެވެ. މާޒް އައިކާއާ ވާހަކަދެއްކި ނަމަވެސް ކުރިން އޮންނަ ގާތްކަން ނޯންނަކަން އައިކާއަށް އިހުސާސްވެއެވެ. ކުރިން މާޒްގެ މޫނުމަތީގައިވާ ހިނިތުންވުން މިހާރަކު ނުފެނެއެވެ. އެކަމުގެ ސަބަބު އެނގިހުރެވެސް އައިކާއަށް އެކަމާ ގުޅުވާފައި އެއްޗެއް ބުނާކަށް ނުކެރެއެވެ. ނަމަވެސް މާޒްގެ އެ ދުރުކަމުން ދެރަވެސްވެއެވެ. ވާނީވެސް އެހެންތާއެވެ. މާޒްއަކީ މިދުނިޔެމަތީގައި ހުރި އޭނާއަށް އެންމެ ހެޔޮއެދޭ އެއް އިންސާނާއެވެ.

ދެހަފްތާ ފަހެވެ. ޔޫޝައު ފުރަން އެއްދުވަހަކަށް ވެފައިވަނިކޮށް މާޒް، އައިކާއާއި ޔޫޝައުއަށް ކެއުމަކަށް އެގެއަށް އައުމަށް ދަޢުވަތުދިނެވެ. އެދަޢުވަތަކީ އޭނާގެ ގާތުގައި ލިހާމް ދެއްކި ވާހަކަތަކުގައި ހުރީ ކިހާ ވަރެއްގެ ބުރަދަނެއްތޯ ބަލާލަން ލިބުނު ރަނުގެ ފުރުސަތެއްގެ ގޮތުގައި ޔޫޝައު ދުށްޓެވެ. އެހެންކަމުން އޭނާ އެއްވެސް އުޒުރަކާއިނުލާ ދާން އެއްބަސްވިއެވެ. ލިހާމް ބުނިގޮތުން ވިއްޔާ މާޒް އެދެމީހުން ދުރުކުރަން ކުރެވުނުހާ މަސައްކަތެއް ކުރާނެއެވެ. ނަމަވެސް އޭނާއަކީ އެއްވެސް މީހަކު ދައްކާހާ ވާހަކައެއް އެއްވެސް ހެއްކެއްނެތި ޤަބޫލުކުރާ މީހަކަށް ނުވާތީ އޭނާ އެވާހަކަތައް ޤަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ.

“ބޭބީ.. މިރޭ މާޒް އެބައޮތް އަހަރެމެންނަށް ދަޢުވަތެއް ދީފަ.. އަހަރެން ބުނިން ދާނަމޭ.. ރެޑީވައްޗޭ އަށްގަޑި ބަޔަށް..” ޔޫޝައު އައިކާއަށް ގުޅައިގެން އުޅެމުން މާޒް ދިން ދަޢުވަތުގެ ވާހަކަ ބުނެލުމުން އައިކާ ބޭނުންވީ ވަގުތުން އިންކާރުކުރާށެވެ. މާޒްގެ ކުރިމައްޗަށް އަރަން އޭނާ ދެރަވެއެވެ. ނަމަވެސް ޔޫޝައުގެ ގާތުގައި މާޒްގެ ވާހަކަ ބުނާކަށްވެސް އޭނާއަކަށް ނުކެރުނެވެ. އެވާހަކަ ނުބުނެ އޭނާ އިންކާރުކޮށްފިނަމަ ޔޫޝައުގެ ހިތުގައި ސުވާލު އުފެދޭނެއެވެ. އެހެންވާކަށް އޭނާ ބޭނުމެއްނޫނެވެ. އެހެންކަމުން އޭނާ ދާން އެއްބަސްވިއެވެ.

އެރޭ އައިކާއާއި ޔޫޝައު، މާޒްގެ ގެއަށް ދިޔައިރު މާޒް އޮތީ އެގޭ ޖޯލިފަތީގައި އެމީހުންގެ އިންތިޒާރުގައެވެ. އެމީހުން ފެނުމާއެކު މާޒް ޖޯލިން ތެދުވަމުން އެތެރެއަށް އައުމަށް ބުނެލިއެވެ.

“މަންމާ! މިތިބީ އިކާމެން އައިސް..” މާޒް ގޭތެރެއަށް ވަދެ އޭނާގެ މަންމައަށް ގޮވާލަމުން ބުނެލިއެވެ. މާޒްގެ އަޑަށް ބުރުގާ އަޅަމުން ރަމްޒިއްޔާ ކޮޓަރިން ނުކުތެވެ. އަދި ބަދިގެއާއި ދިމާއަށް ހިނގައިގަތީ އަވަހަށް އެމީހުންނަށް ކާން ހަދާށެވެ. ރަމްޒިއްޔާ ދިއުމުން މާޒް ގޮސް އައިކާމެން ގާތު ޖޯލިފަތީގައި އިށީނދެ ވާހަކަދައްކަން އިނެވެ. ޔޫޝައު އިނީ މާޒްގެ ހަރަކާތްތަކަށް ރަނގަޅަށް ބަލާށެވެ. މާޒް އައިކާއަށް ބަލާލާގޮތް ތަފާތުކަން ޔޫޝައުއަށް ފާހަގަކުރެވުނު ނަމަވެސް އޭނާ އެކަމަކާ އެއްޗެއް ނުބުނެއެވެ. ނަމަވެސް މާޒްގެ ވާހަކަތައް ހުރިގޮތުންނާއި އެހުރި އޯގާތެރިކަމަކުން ޔޫޝައުއަށް ލިހާމް ދެއްކި ވާހަކަ އެހާ ހަމަޖެހޭކަމަކަށް ޤަބޫލެއް ނުކުރެވުނެވެ.

“ތިންކުދިން ކާން އަންނަންވީނު.. ކާން ހެދިއްޖެ..” ރަމްޒިއްޔާ އެހެން ބުނެލުމުން މާޒް، އައިކާމެން ގާތުގައި އަންނާށޭ ބުނެފައި އެތެރެއަށް ވަންނަން ހިނގައިގަތެވެ. އައިކާވެސް ޔޫޝައުއާއެކު މާޒްގެ ފަހަތުން ހިނގައިގަތެވެ. ތަފާތު އެކި ވާހަކަތަކުގައި ތިބެ ކެއުން ނިންމާލާފައި ނުކުމެ ސިޓިންގރޫމުގައި ވާހަކަދައްކަން މަޑުކޮށްލިއެވެ. މާޒްގެ ހިތްހެޔޮކަމުގެ ސަބަބުން ޔޫޝައުއާ ދެމީހުންގެ މެދުގައި އެކުވެރިކަން އުފެދޭކަށް މާގިނަ ވަގުތެއް ނުނެގިއެވެ..

ގަޑިން ނުވަގަޑި ބައިވުމުން ޔޫޝައު އައިކާ ގޮވައިގެން ގެއަށް ދާން ނުކުތީ އެމީހުންނަށް ދިން ދަޢުވަތަށްޓަކައި މާޒްއަށް ޝުކުރުއަދާކޮށްފައެވެ. ގެއަށް ގޮސްފައި އައިކާ އެތެރެއަށް ވަންނަން އުޅެން ފެށުމުން ޔޫޝައު އައިކާގެ އަތުގައި ހިފާ ހުއްޓުވިއެވެ.

“އިހަށް އުނދޯލީގަ މަޑުކޮށްލަން ހިނގާބަލަ.. އަހަރެން ވާހަކައެއް ދައްކާލަންވެގެން..” ޔޫޝައު އެހެން ބުނެލުމުން އައިކާ ޔޫޝައުއާއެކު ގޮސް އުނދޯލީގައި އިށީނދެލިއެވެ.

“ކޮން ވާހަކައެއް ދައްކަންތަ މިތާ މަޑުކުރަން ތިބުނީ؟”

“މާޒްއާ ލިހާމްއާ އެއްވެސް ކަހަލަ ޒާތީ މައްސަލައެއް އޮވޭތަ؟” ހީވެސް ނުކުރާ ކަހަލަ ސުވާލެއް ޔޫޝައު ކުއްލިއަކަށް ކޮށްލުމުން އައިކާއަށް ޔޫޝައުއަށް ބަލާލެވުނެވެ.

“ކިހިނެއްވީ؟” ހައިރާންވެފައި އައިކާއަށް އަހާލެވުނެވެ.

“އަނެއްހެން ކަމެއްވީކީ ނޫން.. ބުނެބަލަ! މައްސަލައެއް އޮވޭތަ އެދެމީހުން މެދުގަ؟” ޔޫޝައު ހަޤީޤީ ސަބަބު ނުބުނެ އޭނާގެ ސުވާލު ތަކުރާރުކޮށްލިއެވެ.

“ހޫމް.. އެކަމް އަސްލު އެކަމުގަ މާޒްގެ ކުށެއްނެތް.. ކުށްކުރީ އެހެން މީހެއް..”

“ތިބުނީ؟” އައިކާ އެބުނި އެއްޗެއް ފަހުމްނުވުމުން ޔޫޝައު އަނެއްކާވެސް އަހާލިއެވެ. އައިކާ އެކަން ވެގެން އުޅޭގޮތް އޮޅުންފިލުވައިދިނުމުން ޔޫޝައުވެސް އައިކާއާ އެއްބައިވިއެވެ.

“ހޫމް.. އަސްލުވެސް ތިކަމުގަ މާޒްގެ ކުށެއްނެތް.. ލިހޭއާ އެ އާއިލާ މީހުންގެ ވިސްނުން ގޯހީ.. މާޒްގެ ކާފަ ކުރި ކުށެއްގެ އަދަބު އެއާއިލާގެ އެހެން މީހުންނާ މާޒްއަށް ދިނީމަ ކިހާ ހެއްވާ ދޯ؟ އަދި ތިބުނީ މާޒްގެ ކާފަ ނިޔާވިތާވެސް އެތައް ދުވަހެއް ވެއްޖެޔޭ.. މިހާރު އޭނަގެ ސަބަބުން ގެއްލުން ލިބިފަ ތިބި އެތައް ބަޔަކު އޭނައަށް މާފްވެސް ދީފިޔޭ.. އެކަމް ލިހޭގެ އާއިލާ ދޯ.. އުމުރު ދުވަހު އެކަން ހިތުގަ ލައިގެން އުޅެވޭބާއޭ މި ހިތަށްއަރަނީ.. ޓިޕިކަލް ދިވެހިން ވިއްޔަ ދޯ.. ކީއްކުރާނީ؟” ޔޫޝައު ބޯހޫރާލަމުން އެހެން ބުނެލުމުން އައިކާވެސް އެކަމާ އެއްބަސްވެ ބޯޖަހާލިއެވެ.

“ތިއެއްނޫނޭ.. މާދަމާރޭ އަހަރެން ފުރާ ވާހަކަ ބުނީމެއްނު.. މާދަމާރޭ އަހަރެންނާއެކު ބޭރަށް ދެވިދާނެތަ؟” ޔޫޝައު އެހެން ބުނެލުމުން އައިކާ ބޯޖަހާލިއެވެ.

“ތައްޔާރުވެގެން ހުންނައްޗޭ.. އަހަރެން އަންނާނަން އަށްގަޑި ފަނަރައިގަ..” ޔޫޝައުގެ ވާހަކައަށް މިފަހަރުވެސް އައިކާ ބޯޖަހާލުމަކުން ފުއްދާލިއެވެ.

“ދެން އަވަހަށް ވަދޭ އެތެރެއަށް.. މިހާރު މާލަސްވެއްޖެއެއްނު ދޯ.. މިހާރު މަންމަ ހުންނާނެ އިކާ ލަސްވެގެން..” އެއްއަތުން އައިކާގެ މޫނުގައި ފިރުމާލަމުން ޔޫޝައު ބުނެލިއެވެ. އައިކާ ބޯޖަހާލާފައި ދާން ހިނގައިގަތްތަނާ ޔޫޝައު އޭނާގެ އަތުގައި ހިފާ ހުއްޓުވިއެވެ.

“ކިހިނެއްވީ؟ އެތެރެއަށް ވަންނާށޭ ކިޔާފަ އަތުގަ ހިފެހެއްޓީމަ ވަދެވޭތަ؟” ހިނިތުންވެލަމުން އައިކާ އަހާލިއެވެ.

“ވަކިވާއިރު ހަދިޔާއެއްގެ ގޮތުން ކިސްއެއްވެސް ނުދޭނަންތަ؟” ލާނެތް ގޮތަކަށް ހީލަމުން ޔޫޝައު އެހެން ބުނެލުމުން އައިކާ ލަދުން ދެންއޭ ބުނެފައި ޔޫޝައުގެ އަތް ފޮޅުވާލާފައި ދުވެފައި ގޮސް ގޭތެރެއަށް ވަނެވެ. ޔޫޝައު ހީލަމުން ގޮސް މައިދޮރުން ނުކުތްތަން ބަލަން އައިކާ ގޭގެ ކުޑަދޮރުން ބަލަން ހުއްޓެވެ. ޔޫޝައު ދިއުމުން އައިކާ ގޮސް އޭނާގެ ކޮޓަރިއަށް ވަނީ އަވަހަށް ނިދާލަން ކަމަށެވެ. ނަމަވެސް އެއްޗެހި ބަދަލުކޮށްގެން އެނދުގައި އޮށޯތްތަނާ ވައިބާއިން މެސެޖެއް އައުމާއެކު ޑާޓާ ޖެއްސިފައި އިންކަން ހަނދާންވިއެވެ. އަވަސްއަވަހަށް ބަލާލިއިރު އެއީ ޔޫޝައުގެ މެސެޖެކެވެ .

“ބޭބީ ލަދުގަތީތަ އަހަރެން އެހެން ބުނީމަ؟ ލަދުގަތީމަ އަދި މާރީތި..” ޔޫޝައުގެ މެސެޖް ކިޔާލާފައި އައިކާއަށް ހެވުނެވެ.

“މިއަދު އަދި ތިހެން ފިލުނަސް އަދި ނުފިލޭނެ ދުވަހެއް އަންނާނެ އިނގޭ އިރާދަކުރެއްވިއްޔާ.. އެދުވަހަކުން ބޭބީ ކިހިނެއް ހަދާނީ؟” އައިކާ އިތުރަށް ރަކިކޮށްލުމުގެ ބޭނުމުގައި ޔޫޝައު އަނެއްކާވެސް މެޖެސެއް ފޮނުވާލިއެވެ. އައިކާގެ މޫނަށް ލަދުރަކި ހިނިތުންވުމެއް ވެރިވިއެވެ.

“ހޭއި ބޭބީ.. ރުޅިއައީތަ؟” އައިކާ އޭނާ ފޮނުވި ދެ މެސެޖްވެސް ބަލާފައި އެއްވެސް އެއްޗެކޭ ނުބުނުމުން ޔޫޝައު ހީކުރީ އައިކާ ހިތްހަމަނުޖެހުނީކަމަށެވެ.

“ނޫން..” އައިކާ ކުރު ޖަވާބެއް ފޮނުވާލިއެވެ.

“ބޭބީ.. ހިނގާބަލަ ވީޑިއޯ ކޯލްއެއް ކޮށްލަން..” ޔޫޝައު އެހެން ބުނެލުމުން އައިކާ އާނއެކޭ ބުނެލިއެވެ. އައިކާ އެނދުގައި ބަންޑުން އޮށޯންނަމުން ބަނޑުދަށަށް ބާލީހެއް ލައްވާލިއެވެ. އެވަގުތު ޔޫޝައު ގުޅުމުން ހަމަޖެހިލަމުން ފޯނު ނެގިއެވެ.

“ކިހިނެއްތަ ތިއޮތީ؟ މިހާރު ނިދަން ރެޑީވީތަ؟” އައިކާ ހޫމްއެކޭ ބުނެލުމުން ޔޫޝައު އެދުނީ އޭނާ އޮތްގޮތް ދައްކާލުމަށެވެ. އައިކާ އޭނާ އޮތްގޮތް ދައްކާލުމުން ޔޫޝައު ވާއުއޭ ބުނެލިއެވެ.

“އެކަމް ތިހެން އޮވެފަ އެހެން މީހަކަށް ނުދައްކައްޗޭ.. އޭރުން ފެންނަން ނުވާ ތަންތަންވެސް ފެނިދާނެ.. މިހާރުވެސް ފެނިއްޖެ..” ޔޫޝައު އެހެން ބުނެލުމުން އައިކާއަށް އޭނާއަށް އަމިއްލަ ހަށިގަނޑަށް ބަލާލެވުނީ ޔޫޝައު އެހެން އެބުނީ ކީއްވެގެންބާއޭ ހިތަށް އެރުމުންނެވެ. އޭނާ ބަލާލިއިރު ހެދުމުގެ ކުރިމަތިން މާބޮޑަށް ތިރިއަށް ދެމިފައިވުމުން މޭމަތިން ތަންކޮޅެއް ހާމަވެފައިވެއެވެ. އޭނާ އަވަސްއަވަހަށް ކުޑަކޮށް ހިއްލިލާފައި ހެދުން ރަނގަޅުކޮށްލިއެވެ. އޭނާ އެނބުރި ފޯނަށް ބަލާލިއިރު ޔޫޝައުގެ ތުންފަތުގައިވާ ލާނެތް ހިނިތުންވުން ފެނިފައި އޭނާ އިތުރަށް ލަދުގަންނަ ގޮތްވިއެވެ.

“އޭތް.. ތިހިރަ ބްލަޝްވާ ވަރެއް.. ހަމަ އެހާ ލަދުގަނޭތަ؟” އައިކާގެ މޫނަށް ޖަންބުކުލަ އަރާފައިވާތަން ފެނުމުން ޔޫޝައު ބުނެލިއެވެ.

“ދެން ޔޫޝް..” އައިކާ ކުސްތަޅާލިއެވެ. އަދި އަވަސްއަވަހަށް ވީޑިއޯ ކަނޑާލީ އިތުރަށް ޔޫޝައުއަށް ފެންނަން ބޭނުންނުވާތީއެވެ. އޭނާ ލަދުގަނެފައިވާކަން އެނގޭތީ ޔޫޝައު އެއުޅެނީ އިތުރަށް އޭނާ ލަދުގަންނަވާލަންކަން އޭނާއަށް އެނގުނެވެ.

“ހެހެހެ.. ބޭބީ.. ތިހާ ލަދުގަންނަންޏާ ކިހިނެއް މެރީކޮށްގެން އުޅޭނީ؟ ފަސްޓް ނައިޓްގަ ރޫމް އެއްކޮށް އަނދިރިކޮށްލައިގެން ކަންނޭނގެ ތިބެން ޖެހޭނީ ތިހާ ލަދުގަންނަންޏާ..” ޔޫޝައު ލާނެތް ސަމާސާތައް ކުރަމުން ދިޔައިރު އައިކާއަށް އޮވެވުނީ ލަދުވެތިކަމާއެކުވެސް މަޖާވެފައެވެ. އެއްވަރަކަށް ހީލަހީލާ އޮއްވާ އާފުރެން ފެށުމުންވެސް އޭނާ ފޯނު ބާއްވާ ހިތެއް ނުވިއެވެ. ޔޫޝައުގެ ސަމާސާތަކާއި ލޯބިވެތި ވާހަކަތަކުން އޭނާގެ ހިތަށް ހަމަޖެހުން ލިބޭތީއެވެ. ޔޫޝައުގެ ވާހަކަތަކަށް އާނ ހޫނ ލައްވާލަ ލައްވާލާ އޮއްވާ އޭނާއަށް ނިދުނުއިރެއްވެސް ނޭނގެއެވެ. ދެން އޭނާއަށް ހޭލެވުނީ ފަތިސް ނަމާދު ބަންޤީގެ އަޑަށެވެ. ހޭލެވުމާއެކު އޭނާ ތެދުވެ ތުވާލި ހިފައިގެން ފާޚާނާއަށް ވަނެވެ. ފެންވަރާ ތާޒާވެލައިގެން ނުކުމެ ނަމާދުކޮށްލައިގެން އޭނާ ނުކުތްއިރު ސަނާވެސް ކޮޓަރިން ނުކުންނަނީއެވެ.

“ދަރިފުޅާ! ނަމާދުކޮށްފިންތަ؟” ސަނާ ވަރަށް ލޯތްބާއެކު އަހާލިއެވެ.

“ހޫމް.. ކޮބާ ބައްޕަ؟” އައިކާ އޭނާގެ މަންމަގެ ސުވާލަށް ޖަވާބުދީފައި އަހާލިއެވެ.

“ބައްޕަ ވެއްޖެ އައުފް ގޮވައިގެން މިސްކިތަށް ގޮސް.. އިޝިކާވެސް ތެދުވެއްޖެ މިހާރު..” ސަނާ އައިކާ ގޮވައިގެން ބަދިގެއަށް ވަނީ ނާޒިމް އަންނަންވާއިރަށް ކޮފީ ހަދާށެވެ. ބަދިގެއަށް ވަދެ އިރުކޮޅެއްވީތަނާ ނާޒިމް އައުފް ގޮވައިގެން މިސްކިތުން އައިސްފިއެވެ. އެމީހުން އައިކަން އެނގުމުން ސަނާއާއި އައިކާ ނާޒިމްއަށް ކޮފީ ތަށްޓަކާއި އައުފްއަށް ކިރުތަށްޓެއް ގިރައިދިނެވެ. އައިކާވެސް ކޮފީތަށްޓެއް ގިރާލައިގެން އައިސް އައުފްއާއި ޖެހިގެން އިން ގޮނޑީގައި އިށީންއިރު އިޝިކާ އައިސް ބަދިގެއަށް ވަންނަނީއެވެ. ސަނާ އިޝިކާއަށް ކިރުތަށްޓެއް ގިރައިދީފައި އޭނާއަށް ގިރި ކޮފީތަށި ހިފައިގެން އައިސް ނާޒިމްއާއި ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ.

“ހޫމް.. ދަރިފުޅާ އައިކާ.. މިހާރު ދަރިފުޅު ތިހިރީ މިރަށުން ކިޔެވޭނެ އެންމެ ރަނގަޅަށް ކިޔެވިފަ.. ދެން ދަރިފުޅު ގަސްތުކުރަނީ ކޮން ގޮތަކަށް؟” ނާޒިމް އައިކާއާ ސުވާލުކޮށްލުމުން އައިކާ ހިނިތުންވެލިއެވެ.

“އަދި އިތުރަށް ކިޔަވަން ބޭނުން.. އޭލެވެލް ކިޔެވިއްޔާ ބޮޑަށް ރަނގަޅުވާނެއެއްނު ދޯ ބައްޕާ.. ރަނގަޅު ވަޒީފާއެއް ހޯދަން އުޅޭއިރު ރަނގަޅު ނަތީޖާއާ މަތީ ފާސް ހުރިއްޔާ ފަސޭހަވާނެއެއްނު ވަޒީފާ ހޯދަން..” އައިކާގެ ވާހަކަ އަޑުއަހާފައި ނާޒިމް ހިނިތުންވެލިއެވެ.

“ހޫމް.. ރަނގަޅު ވާހަކައެއް ދަރިފުޅު ތިބުނީ.. ދަރިފުޅު ކުރިއަށް ދާން ބޭނުންވަނީ ކޮން ރޮނގަކުން؟”

“ޓީޗަރަކަށް ވާން ބޭނުންވަނީ.. އެކަމް އިތުރަށް ކިޔަވަންޏާ މާލެ ދާން ޖެހޭނީ.. މަންމަމެންނާ ވަކިން ކިހިނެއް މާލެ ގޮސް ހުންނާނީ؟” އައިކާ އެހެން ބުނެލުމުން ސަނާ ނާޒިމްއަށް ބަލާލިއެވެ.

“ދަރިފުޅު ތިކަމާ ހާސްނުވޭ.. ދަރިފުޅު ކިޔަވަން ހުރިއްޔާ އިރާދަކުރެއްވިއްޔާ ބައްޕަމެން ދަރިފުޅަށް ކިޔަވައިދޭނަން.. ބައްޕަމެންނަށް ނުދެވުނަސް ދަރިފުޅަށް ރަނގަޅު ތަނެއްގައި ހުރެ ކިޔެވޭނެގޮތް ބައްޕަ ހަމަޖައްސާނަން.. އެންމެ ރަނގަޅެއްނު..” ނާޒިމް އެހެން ބުނެލުމުން އައިކާ ވަރަށް އުފަލުން ބޯޖަހާލިއެވެ. ނަމަވެސް މަންމަމެންނާ ދުރަށް ދާން ޖެހޭތީ ދެރަވެސްވިއެވެ.

ކޮފީ ބޮއިގެން އައިކާ ނުކުތީ ގޯތިތެރެއާއި މަގުމަތި ކުނިކަހާށެވެ. އޭރު ކޮންމެވެސް ވަރަކަށް މަގުތަކުން މީހުން ފެންނަން ފަށައިފިއެވެ. އެކި މަސައްކަތައް ދާމީހުން އެމީހުންގެ މަސައްކަތަށް އެނބުރި ދަނީއެވެ. އައިކާ ގޯތިތެރެ ކުނިކަހާލާފައި މަގުމައްޗަށް ނުކުތްއިރު އަލިވާން ފަށައިފިއެވެ. ކުނިކަހަން އޮއްވާ ކުއްލިއަކަށް ފަހަތުން މީހެއްގެ ހިޔަނި އެޅުމުން އައިކާއަށް ސިހިފައި ތެދުވެވުނެވެ.

“ޔޫޝް.. ބިރޭ ގަތީ..” އައިކާ އެހެން ބުނެލިގޮތުން ޔޫޝައު ހީލިއެވެ.

“ހާދަ ފިނޑިފިނޑި ކުއްޖެކޭ ދޯ މީ.. ހިޔަންޏެއްދެކެ ބިރުން ވިއްޔަ ތިއުޅުނީ..” ޔޫޝައު އައިކާއާ ދިމާކޮށްލިއެވެ.

“ހުހް.. ވަރަށް ފޫހިވޭ.. ދާންއުޅޭ މިތަނުން.. ކުނިކަހަން ނުކުމެފަ ކުނި ނުކަހާ ހުއްޓާ މަންމައަށް ފެނިއްޖެއްޔާ ރުޅިއަންނާނެ..” އައިކާ އެހެން ބުނެލުމުން ޔޫޝައު ބޭނުންވީ އައިކާ ރުޅިއަރުވާލާށެވެ.

“އަޅެ އަހަރެން މަންމައަށް ގޮވާލާފަ އަހާލަންތަ ރުޅިއަންނާނަންތޯ؟ މަންމާ..” ޔޫޝައު ކުއްލިއަކަށް އެގޮތަށް ކަންތައް ކުރުމުން އައިކާއަށް ތެޅިގެންފައި ޔޫޝައުގެ އަނގަމަތީ އަތްއެޅުނެވެ.

“ޝްޝްޝް.. މަންމައަށް އާދެވިއްޖެއްޔާ ކީކޭ ހީކުރާނީ؟” އައިކާ މަޑުމަޑުން ބުނެލިގޮތުން ޔޫޝައުއަށް ހެވުނެވެ. އައިކާ ދެއުކުޅުގައި އަތް ވިއްދާލާފައި ޔޫޝައުއަށް ލޯއަޅާލިއެވެ. މިކަންވީ ޔޫޝައުގެ ހުނުން އިތުރުވި ކަމަކަށެވެ. އެހެންކަމުން އައިކާ ޔޫޝައުގެ ކަންފަތުގައި ހިފާ އަނބުރާލިއެވެ.

“އައްދޯއި.. މީ ހަމަ ކުޑަކުޑަ ބޭބީއެކޭ ދޯ.. ކުޑަކުދިން ކުރާކަހަލަ ކަންކަންވިއްޔަ ތިކުރަނީ..” ކަންފަތުގައި ފިރުމާލަމުން ޔޫޝައު އެހެން ބުނެލުމުން އައިކާ ހީނގަތެވެ. އައިކާގެ ހުނުމުގައިވެސް ޖާދޫއެއްވާހެން ޔޫޝައުއަށް ހީވިއެވެ. ކަޅިޖަހާނުލާ އައިކާއަށް ބަލަން އޭނާއަށް ހުރެވުނެވެ. އޭނާ އެގޮތަށް ބަލަން ހުއްޓާ އައިކާއަށް ޔޫޝައުއާ ދިމާ ބަލާލެވުނެވެ. ޔޫޝައު އޭނާއަށް ބަލަން ހުރިގޮތް ފެނުމުން ކުއްލިއަކަށް އޭނާގެ ހުނުން މެދުކެނޑުނެވެ. އެދެލޮލުގައި އެވަނީ ކޮންފަދަ ބާރެއްބާއޭ އައިކާގެ ހިތަށްއެރިއެވެ. އޭނާގެ ހިތް އެދުނީ އެދެލޮލުގެ ތެރެއަށް ގެނބިގެންދާށެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވެފައި އިރުކޮޅަކު ތިބބެވުނުއިރު ނަޒަރުން އެތައް ވާހަކައެއް ދައްކަމުން ދިޔައެވެ. ލޮލުން އެތައް ވާހަކައެއް ދައްކަމުން ދިޔައިރު ދެމީހުންނަށްވެސް މަޑުމަޑުން ގާތްވެވެމުން ދިޔައެވެ. ނަމަވެސް އިން ފަހަނައަޅާ ނުދަނީސް ޔޫޝައުއަށް ހަމަބިމަށް އާދެވުނެވެ. އޭރު އައިކާއަށް ވަނީ ގާތްގަނޑަކަށް ޔޫޝައު ގައިގައި ތަތްވެވިފައެވެ.

“މިހާރު ތިހުރިހެން ހުއްޓާ ފެނިއްޖެއްޔާ ހަމަ ގައިމުވެސް މަންމަ ރުޅިއަންނާނެ..” ޔޫޝައުގެ އަޑަށް ސިހިފައި އައިކާއަށް ދުރަށް ޖެހިލެވުނެވެ. ލަދުގަތްވަރުން މޫނަށް ޖަންބުކުލަ ވެރިވެގަތީ ބަސްބުނާހާ ހިނދުންނެވެ.

“ދެން ދޭ.. މިތަން ކަހާ ނިންމާލަން ވެއްޖެ..” އައިކާ ދުރަށް އެނބުރި ހުރެ ބުނެލިއެވެ.

“އަހަރެން ހުއްޓަކަސް ކެހިދާނެއެއްނު..”

“ދެން ދޭބަލަ.. އަހަރެން ފަހުން ގުޅާނަމޭ..” އައިކާ ޔޫޝައުއާ ދިމާއަށް އެނބުރެމުން ބުނެލިއެވެ.

“ކިސްއެއް ދީ.. މިތަނަށް.. އޭރުން އެއްވެސް ބަހަނާއެއް ނުދައްކާ ދާނަން..” ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލަމުން ޔޫޝައު ލާނެތް ގޮތަކަށް ހީލާފައި އެހެން ބުނެލުމުން އައިކާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އައިކާ ޔޫޝައުއާ ދިމާއަށް އިލޮށިފަތި މަޅައިގަތުމާއެކު ޔޫޝައު ދުއްވައިގަތެވެ. އައިކާވެސް ޔޫޝައުގެ ފަހަތުން އިލޮށިފަތި ހިފައިގެން ދުއްވައިގަތެވެ. ދެމީހުން ދުވަމުން ގޮސް ޔޫޝައު އުޅޭ ގެ ހުންނަ މަގަށް ލަނބާލިތަނާ އެމަގުން ނުކުތް މީހެއްގެ ގައިގައި ލައިގެންފައި ޔޫޝައުއާ އެމީހާއާއެކު ވެއްޓުނެވެ. އައިކާވެސް އައި ބާރުމިނުގައި ކޮންޓްރޯލް ނުކުރެވި ޔޫޝައުގެ ގައިގައި އަޅައިގެންފައި ވެއްޓުނީ އަނެއްމީހާގެ ގައިމައްޗަށެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saandy

Level 1010 Stories1K Comments500 Comments100 Comments100 Stories

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

ބީހުން….(8)

Next

ދެގަޑި ތިރީސް 2

Next
August 6, 2017

ދެގަޑި ތިރީސް 2

Previews
August 6, 2017

ބީހުން….(8)

60 Comments!

  1. Xxxx says:
    August 6, 2017 at 7:14 am

    Wooooowww…v.Nice ???????????????????????

    1. Saandy says:
      August 7, 2017 at 10:30 am

      ThanQ Xxxx 🙂

  2. nux says:
    August 6, 2017 at 7:48 am

    wow sifa kurun v furihama heevany hama fennahen storyga ulhevayhen well done saandy n all the best ??????????

    1. Saandy says:
      August 7, 2017 at 10:31 am

      ThanQ nux 🙂

  3. Mifu says:
    August 6, 2017 at 7:58 am

    Woww v nice mi part ves❤❤ keep it up saandy❤❤ waiting for the next part ???❤❤❤

    1. Saandy says:
      August 7, 2017 at 10:32 am

      ThanQ Mifu.. Next part maadhamaa.. Insha Allah 🙂

  4. aish says:
    August 6, 2017 at 7:59 am

    Maaz dhw aika a eky vehthuni.. Vahaka vvv salhi…

    1. Saandy says:
      August 7, 2017 at 10:33 am

      ThanQ Aish 🙂

  5. khajja says:
    August 6, 2017 at 8:52 am

    Hahahaha??? wow masha allah v nice??? sifakuruves v obi hyvany stry thereyga ulheveyhen ehaaves interesting n maaz noony yaan dhw aee bodah hyvany yaan hen aee eynaves jogin ah gossa kanneynge e annany dhw aammukon docters v sihhathah balaa kasrathukure ennu fathihuhingangos ekahala kamegga gossa kanneynge dhw n yaan ah vejjenama efakyrah kihaavareh vaanebaa ikaa eyna gaimachchah jehunyma dhw n ikaa ves v blush vaane?? stry obiness to the max hama v super when nxt prt avaskollachchey plxplx plx ly???❤❤❤????????

    1. Saandy says:
      August 7, 2017 at 10:35 am

      ThanQ Khajja.. Next part maadhamaa.. Insha Allah 🙂

  6. azza says:
    August 6, 2017 at 9:25 am

    wow salhi .waiting for next part

    1. Saandy says:
      August 7, 2017 at 10:39 am

      ThanQ Azza.. Next part maadhamaa.. Insha Allah 🙂

  7. Xna says:
    August 6, 2017 at 9:57 am

    Woooow❤. V v v salhi. All r good in their position..?. .kaakuba villain akee..I think ushau ge frst wife wll b?…grate work Saandy??. Wishing u all the best .I love this stry

    1. Xna says:
      August 6, 2017 at 1:30 pm

      Saandy GE Previous comments kiaaleema heevey bad boy akah maaz vaane hen?….dhw?

    2. Saandy says:
      August 7, 2017 at 10:40 am

      ThanQ Xna.. Let’s see dhw vaagotheh 🙂

  8. shabaa says:
    August 6, 2017 at 11:17 am

    nice

    1. Saandy says:
      August 7, 2017 at 10:40 am

      ThanQ Shabaa 🙂

  9. Anonymous says:
    August 6, 2017 at 11:24 am

    Vvv nice…whn nxt prt …..mi storyga kithah prt indheytha

    1. Saandy says:
      August 7, 2017 at 10:41 am

      ThanQ Anonymous.. Adhi neynge kithah part kameh bunaakah.. Next part maadhamaa.. Insha Allah 🙂

  10. Zaain says:
    August 6, 2017 at 11:25 am

    waauuu…. This part v nice…. heevany bodah yaan hen… Sifakurunvs nice… gud…. kyp it up Saandy…

    1. Saandy says:
      August 7, 2017 at 10:42 am

      ThanQ Zaain 🙂

  11. Ish says:
    August 6, 2017 at 11:57 am

    Salhi ingey

    1. Saandy says:
      August 7, 2017 at 10:42 am

      ThanQ Aish 🙂

  12. Appy says:
    August 6, 2017 at 1:19 pm

    Hahahah varugadha shot akun thi nimmaaly mi bai …kaaku ge dhuvahehtha e dhuhvaaly. .. ???

    1. Saandy says:
      August 7, 2017 at 10:43 am

      ThanQ Appy.. Next part kiyaaleema en’geyne kaakukan.. Balamaa dhw kaakuthoa 🙂

  13. Nas says:
    August 6, 2017 at 2:02 pm

    Nice ?

    1. Saandy says:
      August 7, 2017 at 10:43 am

      ThanQ Nas 🙂

    2. Nas says:
      August 7, 2017 at 3:24 pm

      GWS maadhan de part ves Liyaanantha?? its OK if u can’t
      But take care
      Waiting ???

  14. Adha? says:
    August 6, 2017 at 2:20 pm

    Hehe..? varah majaa mi part.. nd varah majaa thankolhakun thi ninmaalyves.. heevany yaan gaimahchahen ikaa e vehtuny..
    Waitingss ❤❤❤❤

    1. Saandy says:
      August 7, 2017 at 10:44 am

      ThanQ Adha.. Heeves nukuraa meehakah vumakeeves hama vedhaane kameh.. Balamaa dhw kaakuthoa.. Next part maadhamaa.. Insha Allah 🙂

  15. Some one says:
    August 6, 2017 at 2:37 pm

    Wow! V salhi!!! V v v v v v v kiyaaahithun mi stry mi kiyaniii!!!! V intrstin!!! I think e vettunii maax gayah thwche? alhe maax ah aikaa nulibunas plx eyna gws nukuraga plx

    1. Saandy says:
      August 7, 2017 at 10:45 am

      ThanQ Some one.. Balamaa dhw vaagotheh 🙂

  16. click a shot ? says:
    August 6, 2017 at 7:43 pm

    Hama speechless mi part ves….Hama v.salhi??

    1. Saandy says:
      August 7, 2017 at 10:46 am

      ThanQ click a shot 🙂

  17. XAAN says:
    August 7, 2017 at 8:22 am

    koba vaahaka v kiyaahithun mi inny

    1. Saandy says:
      August 7, 2017 at 10:47 am

      ThanQ Xaan.. Saandy athah thadhuvegen type kuran neendhevey ehaa ginairaku.. Ehenve miadhu up nukurevuny.. Ekam maadhamaa up kolladheynan.. Insha Allah 🙂

  18. Saandy says:
    August 7, 2017 at 10:49 am

    V bodah sorry hurihaan kudhin.. Saandy athah thadhuvegen mi ulheny.. Fothehga part liye nimifa othy.. Ekam athuga rissaathy ehaa ginairu type kuraakah neendhevey.. Ehenve upkoh nudhevuny.. Ekam maadhamaa up kolladheynan.. Insha Allah!! Ummeedhu kuran inthizaaru kuraane kamah adhi understand vaane kamah 🙂

    1. Ish says:
      August 7, 2017 at 12:14 pm

      Ok… GWS…??

    2. Adha? says:
      August 7, 2017 at 2:17 pm

      GWS dear?

    3. Mai says:
      August 7, 2017 at 2:55 pm

      Gws ?

    4. Appy says:
      August 7, 2017 at 4:44 pm

      Avas shifa akahh edhen dear ….

    5. Saandy says:
      August 8, 2017 at 11:30 pm

      ThanQ @Ish @Adha @Mai @Appy

  19. Rachel Green says:
    August 7, 2017 at 1:09 pm

    hindi drama stars cover ga inyma kada

    1. Saandy says:
      August 8, 2017 at 11:30 pm

      ThanQ Rachel Green 🙂

  20. cha,, says:
    August 7, 2017 at 2:14 pm

    Nice story i lik it?

    1. Saandy says:
      August 9, 2017 at 1:39 am

      ThanQ cha,, 🙂

  21. XAAN says:
    August 7, 2017 at 2:44 pm

    OK GWS SAANDY

    1. Saandy says:
      August 9, 2017 at 1:46 am

      ThanQ XAAN 🙂

  22. Some one says:
    August 7, 2017 at 4:48 pm

    Alheh eyoh kiyaa hithun indha! Its owkey! Saandii ah avas shifaa akh edhen?

    1. Saandy says:
      August 9, 2017 at 1:49 am

      ThanQ Some one.. Maadhamaa 7th part up kolladheynan.. Insha Allah 🙂

  23. Nas? says:
    August 8, 2017 at 12:36 pm

    Adi ves hama badly tha pls Kuda thankolheh type kolaba
    ✍✍

    1. Saandy says:
      August 9, 2017 at 1:57 am

      ThanQ Nas.. Yes.. Adhives ekkoh ran’galhu nuvey.. Ekam eki faharu mathi type kuramun gos innaane 7th partge bodu baeh type kohfa.. Maadhamaa up kolladheynan.. Insha Allah 🙂

  24. Mai says:
    August 8, 2017 at 7:58 pm

    Alhe adhi vx saandy aii rangalhu nuvey tha… vrh miss vey stry… shafaakAllah…

    1. Saandy says:
      August 9, 2017 at 1:59 am

      ThanQ Mai.. Yes adhives nuvey.. Ekam maadhamaa 7th part up kolladheynan.. Insha Allah 🙂

  25. messi says:
    August 8, 2017 at 11:25 pm

    saandy haadha habareh nuvey kobaa tha next part mi buny 7

    1. Saandy says:
      August 9, 2017 at 2:15 am

      ThanQ messi.. Kudakoh balikoh mi ulheny.. Ehenve khabareh nuveveny.. Ekam maadhamaa 7th part up kolladheynan.. Insha Allah 🙂

  26. Aki says:
    August 9, 2017 at 10:23 am

    saandy kobaatha vaahaka

    1. Saandy says:
      August 9, 2017 at 3:47 pm

      ThanQ Aki.. Mihaaru up kollaafa innaany 🙂

  27. summer says:
    August 9, 2017 at 12:11 pm

    nice

    1. Saandy says:
      August 9, 2017 at 3:47 pm

      ThanQ summer 🙂

Comments are closed.

Next Episodeއައިކާ (7)←


All Right Reserved!