Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ދެގަޑި ތިރީސް 1

Ushaali Level 810 Stories100 Comments100 Stories500 Comments
August 4, 2017 8 Mins Read
36 Comments

މަޤްރިބް ނަމާދާއި އިޝާނަމާދު ދެމެދުގެ ވަގުތެވެ. އަރާމު ތަންމަތީގައި ނިދާފައި އޮތް އިރުވީން ތެޅެންފެށީ ހަމަ ކުއްލިއަކަށެވެ. ހީވަނީ ނޭވާ ނުލެވިގެން މަރަށް ތެޅެނީ ހެންނެވެ. އިރުކޮޅަކުން އަނގައިން ފާޑެއްގެ އަޑުތަކެއް ވެސް ލައްވަން ފެށިއެވެ. ވާހަކަތަކެއް ވެސް ދައްކަން ފެށިއެވެ. ނަމަވެސް އަނގައިގެ އެއްވެސް ވަރެއް ނެތި ދައްކާ ވާހަކަ ސާފެއް ނޫނެވެ. މީހާ ގެ ހަށިގަނޑުން ލޮނު ދާތަކެއް ހިއްލާ ދެލޮލަށް ރަތްކަން އަރާ އަނގަ ވެސް ހުޅުވިއްޖެއެވެ. ލޮލުގެ ދެފަރާތުން ކަރުނަ އަންނަން ފެށީ އެވޭނަށް ކެތްނުވުމުންނެވެ. ދުލުން ހެޔޮ އެއްޗެއް ކިޔާކަށް ވެސް އެވަގުތުކޮޅު އިރުވީން ހަނދާނެއްނެތެވެ. އެއަށްވުރެ ބޮޑަށް އޭނާ ވަނީ ބިރުގަނެފައެވެ. އެއީކީ އޭނާ އަށް އަލަށްވާ ކަމެއް ނޫނެވެ. މި އުނދަގުތައް އޭނާ އަށް މީގެ އެތައް ދުވަހެއް ކުރިން ވާން ފަށައިފިއެވެ. ނަމަވެސް އެގޭގައި ދިރިއުޅޭ އެއްވެސް މީހަކަށް އޭނާ އެކަމެއް ނާންގައެވެ. އެކަމުގެ ފަހަތުގައިވާ ސިއްރު އޭނާ އަށް އެނގޭތީ ކަހަލައެވެ.

“ހެޔޮނުވާނެ އަހަރެން ދޫކޮށްލާ” ދެއަޑު އެކުލެވިފައިވީ ކަހަލަ ބަރު އަޑަކުން އިރުވީންގެ އަޑު އެކޮޓަރީގައި ގުގުމައިގެން ދިޔައެވެ. ނަމަވެސް އޭނާ އަށް ވަމުންދިޔަ އުނދަގުލަށް ލުޔެއް ނުލިބޭއެވެ. އޭނާގެ ދެއަތުން އަމިއްލަ ކަރުގައި ހިފައިގެން ބާރު އަޑުން ހަޅޭއްލަވަމުން ދިޔައިރު އެކޮޓަރިން ތެރޭން އާދަޔާހިލާފު އެއްވެސް ކަމެއް ފާޅުވާކަށް ނެތެވެ. އޭނާގެ ބޮލުގެ ދެފަރާތުގައި ކުޑަ ދެއަތްތިލައިން ކަރުގައި ހިފައިގެން ތިބި ކުޑަ ދެކުދިން އިރުވީނުގެ ދެލޮލަށް ވަނީ ވަންހަނާ ވެފައެވެ. ދެކުދިންގެ މޫނުމަތިން ވެސް ހާމަވަމުން ދަނީ އެއް ކުލައެކެވެ. ނަފްރަތާއި ރުޅިވެރިކަމެވެ. ކުއްލިއަކަށް އިރުވީންގެ އަޑު ކެނޑި ތަން ހިމޭންވެގެން ދިޔައީ ކޮޓރީ ދޮރުގައި މީހަކު ތަޅަން ފެށުމުންނެވެ.

އެނދުގައި އޮތް އިރުވީން އުނދަގުލުން ތެދުވެގެން ފާހާނާއަށް ވަނީ ގުދަށް ކަހަލަ ގޮތަކަށް އޮވެއެވެ.   މޫނަށް ފެންލައިގެން ނިކުތްއިރު ކޮޓަރީ ދޮރުގައި ތަޅާ އަޑު ވަނީ ކެނޑިފައެވެ. އެމީހަކު ދޮރު ނުހުޅުވުމުން ދިޔައީ ކަންނޭނގެއެވެ. ތުވާލި ހިފައިގެން އެނދުގައި އިން އިރުވީން އޭނާގެ މޯބައިލް ފޯން ފްރަންޓް ކެމެރާއަށް އޮންކޮށްލުމަށްފަހު  އަމިއްލަ މޫނު ބަލާލިއެވެ. ދެލޮލަށް ވެރިވެފައިވި ރަތްކަން ކޮންމެސް ވަރަކަށް ކެނޑިފައިވިއެވެ.

އުމުރުން ސާޅީސް އަހަރުވެފައި ވިޔަސް އިރުވީނަކީ ލޮލަށް ބަލާލަން ފަސޭހަ ހިތްގައިމު ވެރިއެކެވެ. ދުވަސްވެފައިވީ ވައްތަރު މޫނުމައްޗަށް ފަރުވާތެރިވެ ބަލާލި މީހަކަށް ފާހަގަވާނެއެވެ. ނަމަވެސް އޭނާގެ ހަށިގަނޑު އޭނާގެ ފަންސަވީސް އަހަރުގެ ފިރިހެން ދަރިފުޅުގެ ހަށިގަނޑާއި ތަފާތެއް ވެސް ނެތެވެ. ޒުވާންކަމާއި އެއުމުރުގައި ވެސް ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށްޓަކައި ކަސްރަތުކުރާކަން ބަލާލި މީހަކަށް ފާހަގަވާނެއެވެ.

ކުއްލިއަކަށް އޭނާ ސިހުނީ ކޮޓަރި ތެރެއިން ބާރު އަޑުފަށްގަނޑެއް އިވި ހިތަށް ވައިން ބިރުވެރި ކަމަކުންނެވެ. ސިހިފައި ފަހަތަށް އެނބުރުނުއިރު އަލަމާރި ކައިރިއަށް ވެއްޓިފައި އޮތް ބޮޑު ފޮޓޯ ލޯގަނޑު އޭނާގެ ލޮލުގައި އަޅައިގަތެވެ. މަޑުފިޔަވަޅުތަކެއްގައި އޭނާ ގޮސް އެފޮޓޯ ލޯގަނޑު ނަގާ ހެޔޮ ފަރާތަށް އަނބުރާލިއެވެ. އެއީ ދުވަސްވެފައިވީ ފޮޓޯ ލޯގަނޑެކެވެ. ނަމަވެސް އޭނާ އަށް ނޭނގުނީ އަލަމާރި ތެރޭގައިވާ ކަބަޑެއްގެ ތެރޭގައިވާ އެފޮޓޯ ލޯގަނޑު ވެއްޓެންވީ ސަބަބެކެވެ. އެފޮޓޯގަނޑުގައި ހިނިތުންވެފައިވީ ފުރިހަމަ އާއިލާ އަށް ބަލާލާކަށް ވެސް އިރުވީން ބޭނުމެއް ނުވިއެވެ. ފުނޑި ފުނޑިވެފައި ހުރި ބިއްލޫރި ތަކުގެ ތެރެއިން ފޮޓޯގަނޑު ވަކިން ނަގާ ފަތްޖަހާލުމަށްފަހު އަލަމާރީގައިވާ ފައިލްތަކެއްގެ ދަށަށް ކޮށްޕާލުމަށްފަހު އޭނާ ކޮޓަރިން ނިކުމެ ގޭ ނޯކަރަކަށް ގޮވާ ކޮޓރި ސާފުކުރުމަށް އެންގިއެވެ.

ސިޓިންގްރޫމް މެދުގައި ހުރި ހައިބަތުބޮޑު ސޯފާ ގޮނޑީގައި އިން އާބިދާ އޭނާގެ ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި ހުރި ކައިވެނީގެ ކާރޑްތަކަައް ބަލަން އިނީ ފިކުރެއްގައެވެ. އޭނާ ސިހުނީ މީހަކު އޭނާގެ ކޮނޑުގައި އަތްޖައްސާލުމުންނެވެ. ސިހިފައި ފަހަތަށް އެނބުރުނު އިރު އޭނާގެ އެންމެ ހަގު ދެމާމަ ދަރީން ނަޔާޝީން އާއި ނައުޝީން އޭނާގެ ދެފަރާތުން އިށީންނަނީއެވެ. ލޮލުގައި އަޅާފައި އިން ނަންބަރު އައިނު ނަގަމުން އެދެކުދިންނަށް ހިނިތުންވުމެއް ދެވޭތޯ އާބިދާ މަސައްކަތްކުރިއެވެ.

“މާމާ! ތިވަރަށް ނުވިސްނަބަލަ. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. މިހާރު އަބަދު ފެންނަނީ މާމަ ތިގޮތަށް ވިސްނާ ފިކުރުކުރާ މަންޒަރު. އަހަރެމެން ތިން ކުދިން ވެސް މާމަ ކައިރީގައި ގަދަވެ ދޯ މިތިބީ… ތިއްތަ މީހަކާ އިނީމަ އޭގެ މާނައެއް ނޫން ދޯ އެއީ އަޅުގަނޑުމެންނާ ތިއްތަ އާއި އޮތް ގުޅުމެއްވިއްޔާ ކެނޑުނީއްޔޭ”  ނަޔާޝީން މަސައްކަތްކުރީ އޭނާގެ މާމަގެ ސިކުނޑި އާއި ގުޅިފައިވީ ވިސްނުން ދުރުކޮށްދެވޭތޯއެވެ. އެހެނީ އެއުމުރުގައި އޭނާގެ މާމަ ކަންތަކާއި ވިސްނާ ފިކުރުކުރުން އެއީ ޞިއްހީގޮތުން އެތައް މައްސަލަތަކެއް ކުރިމަތިވާނެ ކަމެއް ކަމުގައި އޭނާ އަށް އެނގޭތީއެވެ.

“މާމަ ނުވިސްނަމޭ ދަރިފުޅާ… ދެން ބުރަ މަސައްކަތުން ބޮޑުކުރި ދަރިއެއް އެގޮތަށް މީހަކާ އިނދެގެން މިގެއިން ދިޔާމަ ދެރަވާނެތާ ކޮންމެ މީހަކު ވެސް. އެހެންނޫނަސް މާމަ ކަންބޮޑު ވަނީ ހީން އަށް ވުރެ މާބޮޑަށް ވެސް އުމުރުން ބޮޑު މީހަކު ހިޔާރު ކުރީމަ. މާމަގެ ހިތަށް އަރަނީ ރަޔާހީން އަނެއްކާ ލޯބިވާތީބާއޭ އެސޮރާ އިންނަނީ. އެއްގޮތަކުން ކިތަންމެހާ ވެސް ރަނގަޅު. މާލޭގެ ނަން މަޝްހޫރު ވިޔަފާރިވެރިއެއްގެ ދަރިއެއް. އެއާއިލާ ކިތަންމެހާ ވެސް ކަމުދޭ. އެކަމަކު މާޒީ އަށް ވިސްނާލަންޏާ ފަސްޖެހޭ ކިތަންމެ ހާދިސާތަކެއް ހުރީ ހިނގާފައި. އެގެއަކީ ކުރިން ވެސް ގުޅުމެއް އުފެދިފައި އޮތް ގެއެއް. މިހާރު މިދުނިޔޭގައި އޭގެ ނިޝާނެއް ފެންނަން ނެތަސް އަނެއްކާ ގުޅުމެއް މިއުފެދެނީ. ރަޔާހީންގެ ހޮވުމާއި މާމަ ކަންބޮޑު ވަނީއެއް ނޫން. އެކަމަކު މާޒީގައި ހިނގާފައި ހުރި ކަންތައް ތަކުރާރު ވެދާނެތީ މާމަ ޖެހިލުންވަނީ. އޭގެ ފަހުން ގިނަ ދުވަސްތަކެއް ވެފައިވިޔަސް މުޅި ރާއްޖެ އެއާއިލާ އަށް އިނގިލި ދިއްކުރި ދޯ އެމައްސަލައިގާ. އަނެއްކާ އެއީ ހަމަ އިރުވީން. މާމަ ބޭނުންވަނީ އެދެކުދިން ކައިވެނީގެ ފަހުން މިގޭގައި ދިރިއުޅޭން. އެކަމަކު އެހެންވެސް ނުވާނެތާ ދޯ…” އާބިދާގެ ވާހަކަތައް އަޑުއަހަން ތިބި ނަޔާޝީން އާއި ނައުޝީންގެ ދެލޯ ވެސް އެވާހަކަތަކުން ފެންކަޅި ކުރުވިއެވެ. އެދެކުދިންގެ ހިތާއި ގުޅިފައިވާ އިންސާނެއް ހަނދާނަށް އައުމުންނެވެ.

“މާމާ ދެރަނުވޭ… ކުރިން ހިނގި އެއްވެސް ކަމެއް ތަކުރާރެއް ނުވާނެ އިރާދަކުރެއްވިއްޔާ” ނަޔާޝީން ދެއަތުން އާބިދާގެ ހަށިގަނޑުގައި ވަށާލަމުން ބުންޏެވެ.

“ކޮބާ މިހާރު ތިއްތަ…. ކޮޓަރީގައި އެބަ އުޅޭަތަ؟ ދަރިފުޅު ނައުގެ ކިޔެވުން މިއަދު މާ އަވަހަށް ނިމުނީތަ ގެއަށް ތިއައީ” އާބިދާ އޭނާގެ ދެފަރާތުގައި ތިބި ދެދަރިންނާއި މުހާތަބްކޮށް ވާހަކަދެއްކިއެވެ.

“ތިއްތަ ވީ ކޫއްތަ އާއި އެކު މެންދުރަށް ކައްކަން އެއްޗެހި ގަންނަން ގޮސް. ނައު ގެ ޓީޗަރ އެބްޒެންޓް ވީމަ މިއަދު އެހާ އަވަހަށް ގެއަށް އައީ. ކޫއްތަ ދިޔައީ ނައު ގެއަށް ލާފަ….. އެނގޭތަ! ތިއްތަގެ ވެޑިންގ އަށް މާމަގެ ހެދުން ކޫއްތަ ފަހާލާފައި އިންގޮތް ވަރަށް ރީތި….” ނަޔާޝީން ހުއްޓާނުލާ އިނދެ ދައްކަމުން ދިޔަ ވާހަކަތައް ކަނުލާ އާބިދާ އަޑުއެހިއެވެ. އެކުދިން ހުއްޓާނުލާ އަނގަތެޅި ނަމަވެސް އާބިދާ ފޫއްސެއް ނުވާނެއެވެ. އެހެނީ އެކުދިންނަކީ އޭނާގެ ދިރިއުޅުމުގެ އެއްބައެވެ.

ފަރުހީން ، ރަޔާހީން ، ނަޔާޝީން އަދި ނައުޝީނަކީ އެއްބަފާ ހަތަރު ކުދިންނެވެ. އެ ހަތަރު ކުދިންގެ ތެރެއިން ރަޔާހީންގެ މަންމަ އަކީ ރާއްޖޭން ބޭރު މީހަކަށް ވިޔަސް އާބިދާ ޅީދަރިއެއްގެ ގޮތުގައި މެލޭޝިޔާގެ ރައްޔިތެއް ކަމުގައިވާ ޝީތާ ގަބޫލުކުރީ އޭނާގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅުގެ އުފަލަށްޓަކައެވެ. ލޯބިވާ ފިރިމީހާ އަށް ވަފާތެރިވެ ކިޔަމަންތެރިވުމަށްޓަކައި ނަޔާޝީން ނައުޝީން އަދި ފަރުހީން ގެ މަންމަ ރަހުމާ ވެސް ޝީތާ ފިރިމީހާގެ ދެވަނަ އަނބީގެ ގޮތުގައި ގަބޫލު ކުރީއެވެ. އެކުދިންގެ ބައްޕަ ޒަމީން ދެއަނބިންގެ މެދުގައި ފަރަގެއް ގެންގުޅެފައެއް ނުވޭއެވެ. ދެ އަނބިންނަށް ވެސް ހަމަހަމަކޮށް ކަންތައް ކޮށްދީފައިވެއެވެ. ރަހުމާ އޭނާގެ އެންމެ ދޮށީ ދަރިފުޅު ފަރުހީން ވިހައިގެން އުޅުނު ދުވަސްވަރު އެއީ ޝީތާ އޭނާގެ ދަރިފުޅު ރަޔާހީން އަށް ބަލިވެ އިން ދުވަސްކޮޅެވެ. ވިހެއުމުގެ ތެރޭގައި ދިމާވި ސިއްހީ މައްސަލައެއްގެ ސަބަބުން ޝީތާ އަށް އިތުރު ދަރިއަކު ލިބޭ ގޮތް ނުވީއެވެ. ނަމަވެސް ފަރުހީނަށް ފަހު ރަހުމާ އަށް ވަނީ ނަޔާޝީން އަދި ނައުޝީން ލިބިފައެވެ.

ނައުޝީން ވިހެއުމަށްފަހު ލޭމަނާ ނުވެގެން ދިމާވި ކަންތައްތަކުގައި ރަހުމާ މިދުނިޔެ ދޫކުރީ އޭނާގެ ދަރިން ބެލުމަށް ގާތް ރަހްމަތްތެރިކަމެއް އުފެދުނު ޝީތާ އަށް ވަޞިއްޔަތް ކޮށްފައެވެ. ނަމަވެސް އެދުވަސްކޮޅަކީ ޒަމީންގެ ހަގު އަންހެންކޮއްކޮ ރައިނީ ވެސް ލިބުނު ދަރިފުޅުގެ ކުއްލި ވަކިވުމާއެކު ހިތާމަކުރަން ޖެހިފައިވާ ދުވަސްކޮޅަކަށް ވުމުން ކުޑަކުޑަ ނައުޝީން ރައިނީގެ އަތަށްް ލައިދިނީ ޝީތާ އަދި އާބިދާގެ ވެސް ރުހުމާއި އެކުގައެވެ. އެހެންކަމުން ނައުޝީން އަބަދުވެސް ދެކެނީ އޭނާގެ މަންމަ އަކީ ރައިނީ ކަމުގައެވެ. ރައިނީވެސް ނައުޝީން ބަލާބޮޑުކުރީ އަމިއްލަ ދަރިފުޅު ދުނިޔޭގައި ހުރިނަމަ އެކުއްޖާ ވެސް ބަލާނެހާ ލޯބިންނެވެ. ރައިނީ އާއި އޭނާގެ ފިރިމީހާ ލާމިއު އާބިދާ ކައިރީގައި ދިރިއުޅެނީ އުފަލާއެކުގައެވެ. އާބިދާ ދެކެނީ ލާމިއު އަކީ އޭނާގެ ގެއްލިގެން ދިޔަ ފިރިހެންދަރީގެ ގޮތުގައެވެ.

ރަހުމާގެ ވަކިވުމާއި ހަމައިން ޝީތާ އޭނާގެ ދިރިއުޅުން މާލެ ބަދަލުކުރީ އެއާއިލާ އަށް އޭނާގެ ބޭނުން އިންތިހާ އަށް ބޭނުންވާނެކަން އަމިއްލަ އަށް ވިސްނުމުންނެވެ. ރަޔާހީން އާއި ފަރުހީން އަދި ނަޔާޝީން ތަފާތެއް ނުކޮށް ލޯތްބާއެކު އެކުއެކީގައި ބޮޮޑުވަމުން އައިރު ރައިނީގެ ލޯތްބާއެކު ނައުޝީން ވެސް ހިތްހަމަޖެހުމާއެކު މަޑުމަޑުން ބޮޑުވަމުން އައެވެ.

އާބިދާގެ ފިރިމީހާ މުހައްމަދުފުޅު މަސްވެރިކަން ކުރަން އުޅުމުގެ ތެރޭގައި މާވަހަރެއް ހޮވިކަން އެއީ މާތްﷲ އެއާއިލާ އަށް އެދުވަސްކޮޅު ލެއްވި ރަހުމަތެކެވެ. ފަގީރުންނަށް ސަދަގާތްކޮށް ހާލުބޮޑު ބަލިމީހުންނަށް ލާރިބަހާ މުސްކުޅިވުމުގެ ކުރިން ދެމަފިރިން ޒަމީންއާއެކު ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށްފަހު ދުނިޔޭގައި ތިބި ދަރިންނަށް ދަތިނުވާނޭހެން ގެވެސް ހަދާ ވަނީ ބަހާފައެވެ. ދުނިޔެ އުމުރު އަނބިމީހާ އާއި ދަރިންނަށް ލާރީގެ ދަތިކަމެއް ދިމާނުވާނޭ ފަދަގޮތަކަށް މުހައްމަދުފުޅު ފަށާފައިވާ ވިޔަފާރި ވެސް މިއަދާއި ހަމައަށް ނުވެއްޓި ކުރިއަށް ދެޢެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ޝޮޕިންގްމޯލްތައް ހިންގާ އާބިދާގެ ނަމުގައި މާލޭގައި ކޮލެޖެއް ވެސް ބިނާ ކުރިއެވެ. ނަމަވެސް މުސްކުޅި ބަލީގައި މުހައްމަދުފުޅު ނިޔާވެގެން ދިއުން އެއީ ދެވަނަ ފަހަރަށް އެއާއިލާ އަށް ލިބުނު ހިތާމައެކެވެ. އެހާ ހިސާބުން ލޯބިވާ މަންމަގެ ހުރިހާ ޒިންމާއެއް ބޮލުގައި އެޅީ ޒަމީންއެވެ. ލާމިއު އާއި އެކީގައި މަޑުމަޑުން ހިތްވަރާއެކު ކުރިއަށް ގޮސް މާލޭގެ އިތުރުން ރާއްޖޭން ބޭރުގައި ވެސް ވިޔަފާރި ހިންގަން ފެށީއެވެ.

ނަމަވެސް އެއާއިލާ އަށް ކޮޅެއްނެތް ހިތާމައެއް އަނެއްކާ ވެސް ލިބިގެން ދިޔައީ އިންޑިޔާ އަށް ޝީތާ އާއި ޒަމީން އެކުގައި ކުރި ދަތުރެއްގައި އެމީހުން ދަތުރުކުރި ބަސް ފުރޮޅާލުމުގެ ސަބަބުން ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ޒަމީން ދުނިޔެ ދޫކުރިއިރު ޝިތާ ޒަހަމްތަކާއި އެކު ސަލާމަތްވެ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ދުނިޔެ ދޫކުރުމުންނެވެ. އެހަބަރުން އާއިލާ ހުރިހާ މީހުން ވެސް ލިބުނު ޝޮކުން އަރައިގަންނަން އެތައް ދުވަހެއް ބޭނުންވިއެވެ. ނަމަވެސް އެއްވެސް ކުއްޖެއްގެ ދުލުގެ ކުރިއަށް ޝަކުވާއެއްގެ ޒައްރެއްގެ މިންވަރު ވެސް ނުގެނެއެވެ.

މާތްﷲގެ މިންވަރުފުޅަށް ޝުކުރުކޮށް އެއާއިލާ ހިތްވަރާއެކު ކުރިއަށް ދެވޭތޯ މަސައްކަތްކުރަމުން ދިޔައެވެ. އެންމެ ބޮޑަށް ހުރި ފަރުހީން ކިޔަވާ ނިމިގެން ލޯބިވާ މާމަ އަށް ހިދުމަތްކޮށްދޭން ގޭގައި މަޑުކުރީ ކުޑަ ދުވަސްކޮޅެއް ފަހުން ވަޒީފާ އަށް ނިކުންނަން ހިތުނިޔަތް ގަނެގެން ހުރެއެވެ. ޝީތާގެ އެއްބަނޑު ބޭބެގެ އެދުމުގެ މަތިން ރަޔާހީން ނަޔާޝީން އަދި ނައުޝީން ރާއްޖޭން ބޭރަށް ދިރިއުޅުން ބަދަލުކުރީ ރަނގަޅު ތަޢުލީމެއް ހޯދުމަށްޓަކައެވެ. އަދި ދުނިޔެ ދޫކޮށްފައިވާ މައިންބަފައިންނަށްޓަކައި ކިޔަވައިގެން މޮޅު ކުއްޖަކަށް ވުމަށްޓަކައެވެ.

ރައިނީ ވެސް ނައުޝީނާއި ބައްދަލުކުރުމަށް މަހަކު އެއްފަހަރު މަތިން މެލޭޝިޔާ އަށް ލާމިއު އާއެކު ދަތުރުކުރޭއެވެ. ގޭގައި ހުރެ ފޫހިވާން ފެށުމުން އާބިދާ އަދި ރައިނީގެ އެދުމުގެ މަތިން ފަރުހީން ވަޒީފާ އަކަށް ނިކުންނަން ފެށިއެވެ. އެއާރޕޯރޓްގައި ވަޒީފާ އަދަންކުރަން ފެށީ ފަރުހީންގެ ހަޔާތަށް އެންމެ ފުރަތަމަ އައި ފިރިހެނެއްގެ ސަބަބުން އޭނާގެ މުޅި ދިރިއުޅުން ބަދަލުވިއެވެ. ނަތީޖާ އަކަށްވީ އުމުރުން އަށާރަ އަހަރު ވުމާއެކު  އޭނާގެ ހިތުގެ ރާޖާ އޭނާގެ ލޯބި ނަމުން ނަމަ ‘މޯޑް’ އާއި ކައިވެނިކުރަން އާއިލާގައި އެދުނު ކަމެވެ. ބޮޑުވެފައި ހުރި އަންހެންދަރިއަކު މީހަކާ އިންނަން ބޭނުންވެގެން އެކަމަށް އެދުމުން ދެކޮޅު ހަދާކަށް އާބިދާ ވެސް އަދި ރައިނީ ވެސް ބޭނުމެއް ނުއްވެވެ. އެހެންކަމުން ފަރުހީން ގެ އަލަތު ކައިވެންޏަށް ތައްޔާރުވާން ފެށިއެވެ. މޯޑްގެ އާއިލާ އަކީ މާލޭގެ ފޯރާ އާއިލާ އަށް ވުމާއެކު އާބިދާ ދެކުނު ގޮތު އޭނާ ވިސްނާކަށް ނުޖެހުނެވެ.

މެލޭޝިޔާގައި ތިބި ފަރުހީންގެ ކޮއްކޮމެންގެ ތެރެއިން އެކައިވެނީގައި ބައިވެރި ނުވެވުނީ ހަމައެކަނި ރަޔާހީން އަށެވެ. އޭނާ ތަފާތު އެއްޗެއް ކިޔަވާތީ ބައިވެރިވެވޭ ގޮތް ނުވީއެވެ. އެއްބަނޑު އެއްބަފާ ދައްތަގެ ކައިވެންޏަށް ނަޔާޝީން އާއި ނައުޝީން އެނބުރި މާލެ އައީ އެދުވަސްކޮޅު އެކުދިން ޗުއްޓީގައި ތިބީމައެވެ.

 

ހިޔާލުތަކެއްގެ ކަނޑަށް ޤަރަގުވެފައި އިން އާބިދާ ސިހުނީ ރަޔާހީން އޭނާ އަށް ގޮވާލުމުންނެވެ. ސިހިފައި އަތުގައި އޮތް ތަސްބީހަފަތި އެނދުގެ ސައިޑްކަބަޑުގައި ހުރި ވަތްގަނޑު ދަމާލާފައި އޭގެ ތެރެއަށް ތަސްބީހަފަތި ލަމުން ދޮރުން ވަދެގެން އައިސް އެނދުގައި އޭނާ ކައިރީގައި އިން ލޯބިވާ މާމަދަރިފުޅަށް ބަލާލިއެވެ.

“ނަޔާ ބުނި މާމަ ދެރަވެގެން އުޅޭ ވާހަކަ. މާމަ ކީއްވެތަ ދެރަވަނީ. މާމަ ތިހާ ދެރަވަންޏާ އަޅުގަނޑު ކިހިނެއް ކައިވެނިކޮށްގެން އުފަލުގައި ހުރެ އެހެން ގެއަކަށް ދާނީ” ރަޔާހީން އާބިދާގެ ރޫ ޖެހިފައިވާ އަތްތިލަ އޭނާގެ އަތަށް ލައިގެން އިނދެ ވާހަކަދެއްކިއެވެ.

“މާމަގެ ދަރިފުޅަށް އުފަލެއް ލިބޭ ހިނދު މާމަ ކިހިނެއް ދެރަވެފަ ހުންނާނީ. ދަރިފުޅުމެންގެ އުމުރުން ކިތަންމެެ މައްޗަށް ދިޔަސް ތީ މާމަގެ ކުދިކުދި ދަރިން. ދަރިފުޅުމެން މާމައަކަށް ބޮޑެއްޗެއް ދުވަހަކުވެސް ނުވާނެ” ރަޔާހިންގެ މޫނުގައި ފިރުމާލަމުން އާބިދާ ބުންޏެވެ.

“މާމާ!އަޅުގަނޑު މީހަކާ އިންނަން މިއުޅެނީ އަމިއްލަ އަށް ވިސްނިގެން. އަޅުގަނޑު ގަބޫލުކުރަން އިރޭ އަޅުގަނޑަށް ވުރެ އުމުރުން ކިތަންމެ ތަނެއް ދޮށި ކަން. އެކަމަކު މާމާ. އިރޭ އަޅުގަނޑުދެކެ ވަރަށް ލޯބިވޭ. އުމުރުން ދޮށީ މީހަކު ހަޔާތުގެ ބައިވެރިއެއްގެ ގޮތުގައި ހިޔާރުކޮށްފިއްޔާ ވަރަށް ލޯބިވާނޭ މީހުން ބުނާތީ އަހަން. އަޅުގަނޑަށް ޔަގީން އިރޭ އަޅުގަނޑު ވަރަށް އުފަލުގައި ގެންގުޅޭނެކަން. އަޅުގަނޑު ހަނދާން އެބަހުރި ދޮންތަ އަށް ދިމާވިގޮތް. ދުވަހެއްގައި ވެސް އެހާދިސާ އަކީ އަޅުގަނޑުގެ ހިތުން ފިލައިގެންދާނެ ހާދިސާއެއް ނޫން..” ފަރުހީންގެ ވާހަކަ ދައްކަން ފެށުމާއެކު ރަޔާހީނަށް ވަރަށް ފަސޭހައިން ރޮވިއްޖެއެވެ. އާބިދާ ރަޔާހީންގެ މޫނުގެ ފިރުމާލާ ލޯތްބާއެކު ކަރުނަތައް ފޮހެދީ ނިތުގައި ބޮސްދިނެވެ.

“ދެން އެވާހަކަ ނުދައްކާ…. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ. އެހާދިސާގެ ފަހުން އިރުވީނާއި އަދި އެއާއިލާއި މެދު މާމަ ހިތްހަމަނުޖެހުނަސް މިހާރު ހަމަ ހިތުގައި އެކައްޗެއް ވެސް ނެތް. މާމަގެ ހިތް ސާފު. މާމަގެ ދަރިފުޅު ލޯބިވާ މީހެއްދެކެ މާމަ ވެސް ލޯބިވޭ….” އާބިދާ ރަޔާހީންގެ ހަށިގަނޑު އޭނާގެ އަތުން ވަށާލަމުން ބުންޏެވެ.

“އޯވް… ތެންކިއު މާމާ… އައި ލަވް ޔޫ ސޯ މަޗް……” އާބިދާގެ ރޫޖެހިފައިވާ ކޯތާފަތުގައި ތުންފަތް ޖައްސާލަމުން ރަޔާހީން ބުންޏެވެ. އޭނާގެ އެ އަމަލުން އާބިދާ އަށް ހެވުނެވެ.

“މިހާރު ބޮޑުބޭބޭ އައީތަ. ދަރިފުޅު މަންމަގެ ފަރާތު ދުނިޔޭގަ ހަމައެކަނި ހުރި މީހަކީ އެއީ… އެމީހުން މިކޮޅަށް ގެންނަން ވާނެއްނު” އާބިދާ ލޯތްބާއެކު ވާހަކަދެއްކިއެވެ.

“މާމާ! ކީއްކުރާނީ. ބޮޑުބެއަކަށް ނާދެވޭނެ. އެކަމު ވީޑީއޯ ވަގުތުން ފެންނަ ގޮތް ހަދާނަން. ނަޔާ އާއި ނައު އަޅުގަނޑަށް ކޮންމެ  ކަމެއްގައި ވެސް އެހީވާނެ… އެހެންނޫނަސް މިގޭގައި މިއުޅެނީ އަޅުގަނޑުގެ އާއިލާ. އެމީހުން ހަމައަށް ބައިވެރިވީމަ އަޅުގަނޑަށް ނިމުނީ” ރަޔާހީން ހީލާފައި އާބިދާގެ ކޮލުގެ ދެފަރާތުގައި މަޑުމަޑުން ޖަހާލަމުން ބުންޏެވެ.

 

 

ކޮޓަރީ ބެލްކަނީގައި ސިނގިރެޓެއް ރޯކޮށްލައިގެން ހުރި މާކިލް ނަޒަރު ސީދާކޮށްލައިގެން ހުރީ ކުރިމަތިން ފެންނަން ހުރި މާލޭގެ ބޮޑެތި އިމާރާތް ތަކަށެވެ. ހުސް ބޮކްސާ ކޮޅުގައި ހުރީއިރު އޭނާގެ ހަތައެއްހެން ބޯކޮށް އޮތް އިސްތަށިގަނޑުވެސް އެއްވެސް ތަރުތީބެއް ނެތި ވަނީ ދޫކޮށްލެވިފައިއެވެ. ވަގުތަކީ ހެނދުނުގެ ވަގުތަކަށް ވުމާއެކު ކައިރީގައި ހުރި ކުޑަމޭޒުމަތީގައި އާވި އަރާހުރި ކޮފީ ތައްޓެއް ވެސް ހުއްޓެވެ. ސަރަހައްދުގައި ކޮފީގެ ހިތްގައިމު ވަސް ހިފާފައި ހުއްޓެއް ކަމަކު އެވަހުން ވެސް މާކިލް އަށް އުނދަގުވަމުން ދިޔައެވެ. ރުޅިވެރިކަމާއެކު އޭނާ ކޮފީތަށި އަތަށް ނެގުމަށްފަހު ދެން ފެނުނީ އަތުގެ ކޮޅަށް ކޮފީތަށި ހުރާލިތަނެވެ.

ކޮޓަރިއަށް ވަދެގެން އައި އިރުވީނަށް އެމަންޒަރު ފެނުމާއެކު އޭނާގެ ބޮޑުވެފައި ހުރި ފިރިހެން ދަރިފުޅާމެދު ހަމްދަރުދީ ވިއެވެ. އޭނާ މީހަކާ އިންނަ ވާހަކަދެއްކި ހިސާބުން ފެށިގެން އެކުއްޖާ އަށް އައިސްގެން އެއުޅޭ ބަދަލެއް ވިސްނާ ވިސްނާ ވެސް ނޭނގުނެވެ. އެދަރިފުޅު އެގޮތަށް އުޅޭތީ މާކިލްގެ މަންމަ ޔާޝާ މަތިން ވެސް އިރުވީން ހަނދާންވެއެވެ.

“ދަރިފުޅާ!…. ދަތްއުނގުޅައިގެންތަ ތިހުރީ…. ކިތަށް ސިނގިރެޓް ހުސްކޮށްފިން މިހާރު” އިރުވީން ބެލީ މާކިލް އާއި ލޯބިން ވާހަކަދެއްކޭތޯއެވެ. ނަމަވެސް މާކިލް ހުރީ އިރުވީނަށް ކަޅިއަޅާލައިގެންނެވެ. އިރުވީނަށް ދެލޯ އަޅަމުން ރުޅިއައިއްސާ މާކިލް ކޮޓަރިއަށް ވަނެވެ. އަދި އެނދުމަތީގައި އޮތް ތުވާލި ހިފައިގެން ފާހާނާ އަށް ވަދެ ބާރަށް ދޮރުލެއްޕީ އައިއްސަ ހުރި ރުޅީގައެވެ. އޭނާގެ ދަރިފުޅުގެ ފަރާތުން ލިބޭނީ އެކަހަލަ ޖަވާބެއްކަން މާކުރިން ވެސް އިރުވީނަށް އެނގޭއެވެ. އެހެންކަމުން އިތުރަށް މަޑުނުކޮށް އޭނާ އެކޮޓަރިން ނިކުތެވެ. މާކިލް އަށް ވަގުތު ދެމުންނެވެ.

މެންދުރު ކެއުމަށް ގޭގައި އުޅޭ ނޯކަރުންނާއި އެކު އަތްމަތި ހަލުވިކަމާއެކު  ހަރަކާތްތެރި ވަމުންދިޔަ ފީރޯޒާ އޭނާގެ ފިރިމީހާ އަދި ކުދިންނަށް އެކުދިން އެންމެ ކާން ބޭނުންވާ އެއްޗެއް ތައްޔާރުކޮށްދިނުމަށް މަސައްކަތްކުރަމުން ދިޔައެވެ. އޭނާގެ އެއްބަނޑުއެއްބަފާ ކޮއްކޮ މައިސަރާ އާއި އޭނާގެ ދެދަރިން  ކަމަށްވާ 24 އަހަރުގެ ވިކްޔަން އާއި 10 އަހަރުގެ މަހާ ގޮވައިގެން އެބަޔަަށް އައުމަށް ވަނީ ދައުވަތު ދީފައެވެ.

 

މައިސަރާ އާއި ފީރޯޒާ އަކީ ކުޑައިރު މައިންބަފައިން ނިޔާވެފައިވާ ނިކަމެތި ކަމުގައި ދިރިއުޅުނު އެކަކު އަނެކަކު ދެކެ ނިހާޔަތަށް ލޯބިވާ ދެބޭންނެވެ. ދެމީހުން ވެސް މީހުންނާއި އިނދެގެން ދިރިއުޅެންފެށީ އެމީހުންގެ ކާފަގެ ގޯތީގައެވެ. އޭރުގައި ދެމީހުންގެ ފިރިން ކުރަންފެށި މަސައްކަތް މަޑުމަޑުން ކުރިއަރުވާ ގޯތި ހަދާ ކުދިން ބޮޑެތި ވާންވާއިރަށް އެގޯތި ވަނީ ގަނޑުވަރެއް ފަދައިން ތައްޔާރުކޮށް ނިމިފައެވެ. ދެބޭންނަށް ވީ ބައި ޖެހިޖެހިގެން ހަދާފައި ހުރިއިރު ގޭތެރެއިން އެކަކު އަނެކަކުގެ ބަޔަށް ވަދެވޭ ގޮތަށް ހުރީ ގުޅުވާލާފައެވެ. ދެބޭންގެ ދިރިއުޅުމުގައި މިއަދާއި ހަމައަށް ވެސް އަރާރުންވުމެއް ނެތްކަން އެއީ އެކަކު އަނެކަކު ދެކެ އިންތިހާ އަށް ލޯބިވާކަމުގެ ހެއްކެކެވެ.

“ދައްތާ! މަށަށް ހީވަނީ އަހަރެމެންގެ މާކިލްގެ ކައިވެނި ވެސް ކުރުވަންވީހެން….. ހުސްއެކަނި އިރުވީންބެ މީހަކާއި އިނީމަ އެވީއެއް ނޫނެއްނު..” މައިސަރާ އަށް އެހެން ބުނެވުނު ވަގުތަކީ މާކިލް އެހިސާބާއި ހަމަވީ ވަގުތެވެ. މައިސަރާގެ ކަނާތް ފަރާތުގައި އިން ވިކްޔަން ވެސް އިނީ ފާޑަކަށް މާކިލް އަށް ބަލާށެވެ. މާކިލް ގެންގުޅޭ ރުޅިއަކީ ކިހާވަރެއްގެ ރުޅިގަނޑެއްކަން ވަރަށް ރަނގަޅަށް ވިކްޔަން އަށް އެނގޭއެވެ.

“އަހަރެން މީހަކާއި ނީނަސް ކޮބާ މައްސަލައަކީ. މީހަކާ އިންނަން އެންމެ އެކަށީގެންވާ މީހާއެއްނު މިރޭ ޅަކުއްޖަކާ އިންނަން އެއުޅެނީ” ކާމޭޒު ކައިރީގައި އިން އޭނާގެ ބައްޕަ އަށް ދެލޯ އަޅާލަމުން މާކިލް ބުންޏެވެ. ތުނބުން ކޮފީތަށި ނައްޓާލަމުން އިރުވީނަށް އޭނާގެ ދަރިފުޅަށް ބަލާލެވުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ބީހުން….(6)

Next

ރީޝަމް

Next
August 4, 2017

ރީޝަމް

Previews
August 4, 2017

ބީހުން….(6)

36 Comments!

  1. aff says:
    August 4, 2017 at 1:07 pm

    Alheyyy .. Yayyyy .. magey ushaali is backkk . . Adhi nus kiyaala miulheny . Kiyaalaafa comenteh vahtaalan ingey .☺☺☺

    1. ushaali says:
      August 4, 2017 at 2:33 pm

      awwwww….. thankyou so much aff…. kiyaalafa kamudhanya bunahche engey…. 🙂 🙂

    2. aff says:
      August 4, 2017 at 5:01 pm

      Story hama v nice .ekam nan thah olhey .i think iruveen e ee girl eh kamah .enme fahu baai keema mi iguny firiheneh kan. Hehe?? gudluck darl. .

  2. Si Na says:
    August 4, 2017 at 1:48 pm

    Nuuri Wishrrm

    1. Nuuri Wishrrm says:
      August 4, 2017 at 1:49 pm

      Biruveri?

    2. ushaali says:
      August 4, 2017 at 2:31 pm

      thanks sina 🙂

  3. maroon says:
    August 4, 2017 at 2:28 pm

    Have a feeling this story is going to be awesome and v v biruveri.. kon dhuvasthakegga up vany?

    1. ushaali says:
      August 4, 2017 at 2:36 pm

      thankyou maroon. 🙂 dhe dhuvahun eh dhuvahu up kureveytho balaanan. vaki miveni dhuvahekey bunaakah nenge. 🙂

  4. ushaali says:
    August 4, 2017 at 2:29 pm

    assalaam alaikum huriha kudhin. huriha kudhinge haalu ves rangalhu vaane kamah ushaaly umeedhu kuran. mi site ah ushaaly liyaa 4 vana vahaka ‘ dhe gadi thirees ‘ furathama episode miothy….. huriha kudhin ves kiyaalaafa rangalhu kollan jehey kameh oi nama ekan fahagakolla dhinun edhen. kiyuntheringe faadu kiyumakee ushaaly ge emme bodu hiyvvaru…. vahakaige dhe vana episode saturday ga genesdheynan. insha allah. 🙂 🙂 🙂

  5. azzadhil says:
    August 4, 2017 at 2:36 pm

    masha allah first episode is awesome thithaa.. ibaaraaiy kurun hama obi.. waiting for next episode :*

    1. song joong ki..KOREAN says:
      August 4, 2017 at 4:11 pm

      hey u both are sisters????? amazing 🙂 😀

    2. song joong ki..KOREAN says:
      August 4, 2017 at 4:15 pm

      Alhugandakee v biruveri vaahaka kiyaa hiyyvaa kuhjeh. n varah ginain liyan biruveri vaahaka. so this story will be a treasure for me 🙂 vv furihama feshun vx, hope upcoming episodes would be nice.. good luck dear 🙂

  6. Kamana says:
    August 4, 2017 at 2:53 pm

    Hihihi.. ushaali n azzadhil me eggeaku dhekudhin dho… anekkaa mulhi family ves mee vaahakaige thereyga ulhey baehtha.. ? btw aharen me v biru ganna kujjeh veema biruveri vaahaka eh nukiyan.. ?

    1. ushaali says:
      August 4, 2017 at 3:00 pm

      yes kamana azza is my sister…. n thankyou…. vahaka nukiyas comment kollyma. 🙂

  7. naaanu says:
    August 4, 2017 at 3:21 pm

    Faruhyn and rayaahyn olhun varah.nanthah maa ehgoi veema kanne dho.kiyaaleema ok vedhaane kamah mibalany.mulhin thafaathy story eh hen heevany.ushaali liyaa type nun aneh type eheheh ?so best of luck with the story

  8. Shii says:
    August 4, 2017 at 3:44 pm

    V salhi story

  9. Juvey says:
    August 4, 2017 at 3:49 pm

    Wow v interesting story eh hen heevanee first part awesome. .????

  10. Azu says:
    August 4, 2017 at 4:27 pm

    Ma sha allah….vv reethi vaanehen heevanee….aneh part ge inthizaaruga hurin….??

  11. click a shot ? says:
    August 4, 2017 at 4:33 pm

    Wow varah intresting stry eh…haasakoh biruverivyma….daily koh up kohdhechey ?

  12. click a shot ? says:
    August 4, 2017 at 4:40 pm

    Wow varah unique stry eh…love it….bodah biruveri kohlachey……I love biruveri strys a lot..?

  13. Hello says:
    August 4, 2017 at 6:32 pm

    Vaahaka reethi
    Ekam nan thah varah olhey
    And what is a kootha?

  14. Shaa says:
    August 4, 2017 at 9:07 pm

    Vaahaka reethi.. ekam nanthakun anheneh firiheneh neyge

  15. ... says:
    August 4, 2017 at 9:48 pm

    suparb.. varah varah reethi.. heevey ushaalige kuryge vaahakahen mivaahakavex varah reethivaanehen.. best of luck dear..

  16. Aif says:
    August 4, 2017 at 11:41 pm

    First i thought iruween was a woman?.. Feshun reethi.. Waiting fo next part?

  17. nux says:
    August 5, 2017 at 12:10 am

    ooh yes biruveri story eh i love it, v nice story, interesting, daily kon upkohla dhehchey plx plx waiting 4 next part well done dear ly?????

  18. Ish says:
    August 5, 2017 at 12:23 am

    Saabaheyy ???????varah salhi???????? My fav biruveri vaahaka ????????

  19. 1997women says:
    August 5, 2017 at 12:26 pm

    Nan thakun anheneh firihene vaikkeh nuvey ???

    1. neena says:
      August 23, 2017 at 11:47 am

      asluves. ehaa ehgoih nan thakeh

  20. Ulya says:
    August 5, 2017 at 1:33 pm

    Interesting ❤

  21. Merr says:
    August 5, 2017 at 1:54 pm

    Varah salhi ?❤
    Mudhunukendi vaahaka nimen dhn vx genesdheyne kamah ummeedhy kuran ?
    Waiting for the next part ??

  22. naz nax says:
    August 5, 2017 at 3:41 pm

    Vvv nice. N love it. aslu biruveri vaahaka v v kiyaahihvaa kujjeh me. Ushaali ge story thah abadhuves kiyaa kuhjeh. Feshun v nice.

  23. Aisha says:
    August 5, 2017 at 5:08 pm

    Haadha kudhin tha gina ey mivaahakiga.. dhn vrh confusing .. kiyan feshyma rangalhu vrrne kan neynge. i hope yh will continue writing this story . m a horror story fan.Looking forward for more .

  24. SHAMY says:
    August 5, 2017 at 8:30 pm

    wow! it is very nyc story.. Adi ma bodah biruveri vaane kamah heekuran. I love to ready these kind of stories.. Nan tha ehgoh kamun kudakohn olheny.. ekamuves varah reethi hama.. Next episode ge intizaaru ga huhnanan… Good luck dear 😀 😀

  25. rosee says:
    August 23, 2017 at 11:45 am

    pis pis pis.haadha undhangu nan thakekey. neyge vaanunaa eh, alhe thankolheh faseyha ammu koh meehun nah dhiyaa ulhey nan beynun kuraa nam.kobaa beynumakee thihaa undhagu nan kiyumuge, kiyaa hiy ves nuvey.olhun araa varun

  26. Lovel says:
    November 8, 2018 at 3:44 pm

    Hama obi

  27. Vahfancoolo says:
    May 31, 2019 at 11:29 pm

    haadha kairyga eyy vihany m confused brahh

Comments are closed.

Next Episodeދެގަޑި ތިރީސް 2←


All Right Reserved!